Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުުޅުކޮޅު 14

hygge Level 510 Stories100 Comments100 Login500 Comments
May 30, 2018 9 Mins Read
50 Comments

އެހުރިގޮތަށް ހުރެ އޭނާ އެއްފައި މައްޗަށް ތިރިވިއެވެ. އެއަށްފަހު މޫނުމަތިން އެ މާބޮނޑި ނެގިއެވެ. ޒިވާ ސިހުނީ ކުރިމަތީގައި އެހުރި ސޫރަ ފެނިފައެވެ. އޭޏާއަށް ޤަބޫލުކުރަންވެސް ދަތިވިއެވެ. އޭނާ އެފަދަ ކަމެއް ކޮށްފާނެކަމަށް ޒިވާ ހުވަފެނުންވެސް ދެކެފައި ނުވެއެވެ. އޭނައަށް ހައިރާން ކަމާއެކު ބަލަހައްޓާއިގެން ހުރެވުނެވެ.

“ޒިވާ.. ފުރަތަމަ ނަޒަރުން ވެސް އަހަންނަށް ޒިވާދެކެ ލޯބިވެވުނު.. ކުރިންވެސް އެހެން އަންހެން ކުދިން އަހަންނަށް ފެނޭ.. އެކަމަކު ޒިވާ ފެނުމުން ކުރެވެނީ ތަފާތު އިޙުސާސެއް.. އަންހެން ކުއްޖަކާއި ދޭތެރޭ މިގޮތަށް ވިސްނުނު މީ ފުރަތަމަ ފަހަރު.. ތި ދޮން ދޮން މޫނާއި ކުޑަކުޑަ ތުންފަތް އަދި ތި ރީތި ދެލޯ މިހިތުން ފިލައިގެން ނުދާނެ.. މިއޮށް ހުރިހާ ދުވަހުވެސް އަހަރެން މިވާހަކަތައް އެންމެންނަށްވެސް ސިއްރުކޮށްގެން އުޅުނީ.. އެކަމަކު ދެނެއް ނޫން.. މިއަދު އަހަންނަށް ޒިވާގެ އިޝާރާތެއް ވީމަ އެނގިއްޖެ ޒިވާވެސް އަހަރެން ދެކެ ލޯބިވާކަން.. އަހަރެން ޒިވާއަށް ގޮވާލިމަ އެހެން ކުދިންނާއި ޚިލާފަށް ޒިވާ ފެށީ ހޭން.. އެހެންނު؟” ޒިވާ ހުރީ އަދިވެސް އަނގައިން ބުނަން ނޭނގިފައެވެ. “ޒިވާ.. ވިލް ޔޫ ބީ މައި ގާލްފްރެންޑް؟” ނިކަން ފިލްމީ ގޮތަކަށް ލަމާން ޒިވާއަށް ބަލަން ހުރެ ބުނެލިއެވެ.

ޒިވާއަށް އެ ހައިރާންކަންމަތީ ގަބު ކައިފާ ހުރެވުނީއެވެ. އެތާ ތިބި އެންމެންވެސް ތިބީ ޒިވާގެ ޖަވާބަކަށް އިންތިޒާރުކުރާށެވެ. ލިމްޔާ ފިޔަވައެވެ. އޭނާ ހުރީ ލަމާން އަށް ކަމުދިޔައީ ޒިވާ ކަމުން ރުޅިގަދަވެފައެވެ. “ވަރަށް ބޮޑަށް މާފަށް އެދެން ލަމާންގެ ފަރާތުން.. މިއަދު ލަމާން ޒިވްއަށް ގޮވާލީމަ ހޭންފެށީ އެއްގޮތަކަށްވެސް އިތުރު އެހެން މާނައެއްގައެއް ނޫން.. ލަމާން ކުރާ ކަންތައް ޒިވްއަށް މަޖާ ވެ ޒިވްއަށް އަބަދުވެސް ހެވެނީ… ލަމާން.. ވަރަށް ބޮޑަށް މާފަށް އެދެން… ޒިވް އަކަށް ތިކަހަލަ ގުޅުމަކަށް އާންބަސް ނުބުނެވޭނެ.. ތިއީކީ އެހާ ރަނގަޅު ކަމެއް ނޫން ކުރާކަށް..” ޒިވާ އެހެން ބުނީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. މަޑުން ބުންޏަސް ކޮންމެވެސް ވަރަކަށް އެ އަޑުގައި ހަރުކަށިކަން ވިއެވެ.

ލަމާން އިނީ ހައިރާންވެގެން ގޮސް ބުނާނެ އެއްޗެއް ނޭނގިފައެވެ. މިއޮށް ހުރިހާ ދުވަހު އޭނާއަށް މި ފެނުނީ ލޯތްބެއް ނޫންބާވައެވެ؟ ދެން މިއަދު މިވީ ކިހިނެއް ހެއްޔެވެ؟ ލަމާންގެ އަތުން މާބޮނޑި ވެއްޓުނީ އޭނާގެ އިޚްތިޔާރަކާއި ނުލައެވެ. އޭނާއަށް އިސްޖަހާލެވުނު އިރު ކަރުނަތައް އެ ދެލޮލުތެރޭގައި ބޮނޑިވެގަތެވެ. ދެކަކޫ ބިންމަތީގައި ޖަހައިގެން އޭނާ އިނީ ތެދުވަންވެސް ބޭނުންނުވެފަ ކަހަލައެވެ. ޒިވާ އާއި އަޔާނީ އެތަނުން ދިޔައީ މާޔޫސްވެ ހުރެއެވެ. ޒިވާ އެއްވެސް ގޮތަކުން މީހަކަށް ދެރައެއް ދޭކަށް ބޭނުމެއްނޫނެވެ. އެހެން ނަމަވެސް މިއަދު ކަންތައް އެވީގޮތުން އޭނާއަށް ލަމާން އާއި ދޭތެރޭ ރަނގަޅަށް ދެކެން ވަރަށް އުނދަގޫ ވާނެއެވެ. އޭނާ ލަމާން ދެކެ ނުރުހުންވެފަ އެހުރީ ދުވަހަކުވެސް މީހެއްދެކެ ނުރުހުން ނުވާ ވަރަށެވެ.

ޒިވާ އާއި ލަމާން ދިޔަތަން ކަރުނައިގެ ތެރެއިން ލަމާން ބަލައިލިއެވެ. އެވަގުތު ލޮލަށް ބަރާވެފައިވި ކަރުނަތައް ނުހިފެހެއްޓިގެން ކޮލުގައި ބޮސްދެމުން ފައިބަން ފެށިއެވެ. އެއިރު އެހެން ކުދިންތައްވެސް އެތަނުން ގޮއްސިއެވެ. “ލަމާން..” ލިމްޔާ ބާރަށް އައިސް ލަމާން ގާތު ކުޑަކަކޫ ޖަހާފަ އިށީނެވެ. އަދި އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އޭނގެ ބޭބެއަށް އެހެން ހެދުމުން ލިމްޔާގެ ހިތުގައި ޒިވާ އާއި ދޭތެރޭވީ ނަފްރަތު ވަނީ ދެގުނަ ވެފައެވެ. “ލަމާން..” އަނެއްކާވެސް ލިމްޔާ ލަމާން އަށް ގޮވާލިއެވެ. ނަމަވެސް ލަމާން އޭނާއާއި ވާހަކަ ދައްކާކަހަލަ ޚިޔާލެއް ނުކުރިތާ އޭނާއަށް ބަލައިވެސް ނުލިއެވެ. އިރުކޮޅަކުން އިވެން ފެށީ ލަމާން މަޑުމަޑުން ރޯން ފެށި އަޑެވެ.

“ކީއްވެ؟ ކީއްވެ މިހެން ވާންވީ ލިމް؟ ކުރިން އަހަންނަށް ޒިވާގެ ފަރާތުން އެ ފެނުނީ ލޯތްބެއް ނޫންތަ؟ ދެން މިއަދު ވަކި ކީއްވެ؟” ލަމާން އަށް އެ ކަންތައް ޤަބޫލުކުރަން ދަތިވިއެވެ. އޭނާގެ ހިތްއެދި ގޮވަމުން ދަނީ ޒިވާ އަށެވެ. ނަމަވެސް އޭނާއަކަށް ޒިވާއެއް ނުލިބުނެވެ. ލަމާން ހިތާހިތުން ދުޢާ ކޮށްލަ ކޮށްލާ ހުރީ މިއީ ބިރުވެރި ހުވަފެނަކަށް ވުމަށެވެ. ނަމަވެސް ޙަޤީގަތް ބަދަލުކުރެވޭނެ ހެއްޔެވެ؟ ޙަޤީގަތް އެޔޮތީ އޭނާގެ ކުރިމަތީގައެވެ.

“ލަމާން..” ލިމްޔާ ލަމާން ހުއްޓުވަން އުޅެ އުޅެ އޭނާއަށް އަޑުނެހީމާ ލިމްޔާ ކުޑަކޮށް ހަޅޭތް ލަވައިގަތެވެ. އެވަގުތު ލަމާންވެސް ސުވާލުގެ ނަޒަރަކުން ލިމްޔާއަށް ބަލައިލިއެވެ. “އައިމް ސޮރީ.. އެކަމަކު ލިމް މި ދައްކާ ވާހަކަވެސް އަޑުއަހާބަލަ ލަމާން..” އެންމެ ފަހު ބަހަށް ދަމާލުމަށްފަހު މާޔޫސްވެހުރެ ލިމްޔާ ލަމާން ގާތު އާދޭސް ކޮށްލިއެވެ. އޭނާގެ ކުރިމަތީގައި ބޭބެ ރޯތަން ބަލަން އޭނާއަކަށް އެއްގޮތަކަށްވެސް ކެތެއް ނުވާނެއެވެ. “ތި ހީކުރާކަހަލަ ކުއްޖެއް ނޫނޭ އެއީ.. ލަމާން އެވަރުން އޭނާއަށް ތިގޮތަށް ޕްރޮޕޯޒް ކުރީމަވެސް އޭނާ ޤަބޫލު ނުވީ އޭނާގެ އެ ހުންނަ ފޮނިކަމަކުން.. ލަމާން ކުރިން ލިމް ގާތު ބުނެލި ނަމަ ލަމާން ލޯބިވާ ކުއްޖަކީ ކާކުކަން.. މިއަދު މިހެން ނުވީސް އެއިރުން.. ލިމް އަށް ވަރަށް ރަނގަޅަށް އިނގޭ އެ ޒިވާގެ ގޮތް.. އޭނާ ލަމާން އަށް އެހެން ހެދީ ހަމަ ގަސްދުގަ.. ލަމާން ދެރަކޮށްލަންވެގެން.. އޭނާ ކުރިމަތީ ފިރިހެން ކުއްޖަކު ލައްވާ އާދޭސް ކުރުވަން.. އެކަމަކުވެސް އެކަމެއް ލަމާން އަކަށް ނޭނގުނެއްނު.. ބަލާ އެންމެ ފަހުން އެ ވީގޮތް.. އެއީ އެކަހަލަ މީހުންގެ ގޮތޭ.. އޭނާ ބޭރުފުށުން ނިކަން ރީތިވާނެ.. ނިކަން ދީންވެރިވާނެ.. އެކަމު އެތެރެ ނިކަން ނުބައި ވާނެ.. އެކަހަލަ އެންމެންވެސް އުޅޭ ގޮތް އެއީ.. އޭނަ ނިކަން ވާހަކަ ދައްކާނެ ޔައީޝް އާވެސް.. ޔައީޝް އާއި ރައްޓެހިވެގެން އުޅެނީ ނޫން ކަމެއްވެސްނޭނގެ.. އެކަމަކު އެހެންވެސް ނުއެއް ބުންޏެއްނު ފޮނިކަމުން..”

ލިމްޔާ އޭނާގެ ހިތުގައި ވީގޮތް ވާހަކަ ހަދަމުން ނަމަވެސް ލަމާން އަށް ކިޔައިދިނެވެ. ބޭނުމަކީ ލަމާންގެ ހިތުގައި ޒިވާއާއި ދޭތެރޭ ނަފްރަތު އުފެއްދުމެވެ. ލިމްޔާގެ ވާހަކަތައް އަޑުއަހަން އިން ލަމާންގެ ދެއަތް މުއްކެވުނެވެ. ލޮލުން ކަރުނަ ފުހެލީ އެކަހަލަ މީހަކާއި ދޭތެރޭ އޭނާ ކަރުނައެއް ނާޅާނަމޭ ބުނާ ފަދަ ގޮތަކަށެވެ. އޭނާގެ ހިތުގައި މަޑުމަޑުން ޒިވާ އާއި ދޭތެރޭ ނަފްރަތު އުފެދެން ފެށިއެވެ. އެއީ އޭނާ ޒިވާދެކެ ވީ ލޯބި ހެއްޔެވެ؟

ލަމާން އެހެން އިނދެ ލިމްޔާ އާއި ދިމާލަށް ބަލައިިއެވެ. “ހިނގާ ގެއަށް.. މިތާ ތިބުމުގެ މާނައެއް ނެތް..” ލަމާން އިންތަނުން ތެދުވަމުން ހަރުކަށި ރާގެއްގައި ލިމްޔާއަށް ބުނެލިއެވެ. ލިމްޔާގެ ހިތުގައި ހިތްހަމަޖެހުމެއް ވިއެވެ. އެއީ ޒިވާއާއި ދޭތެރޭ މީހެއްގެ ހިތުގައި ނަފްރަތު އުފެއްދުމުގެ މަސައްކަތް ކާމިޔާބު ވާހެން ހީވި ކަމުގެ ހިތްހަމަ ޖެހުމެވެ. ދެން ލިބުނީ އޭނާއަށް ޒިވާއާއި ދިމާލަށް އެއްޗެހި ކިޔާލެވުމުން ލިބުނު ހިތްހަމަ ޖެހުމެވެ. އެ ދެކުދިންނަށް ނޭނގުނު ކަމަކީ އެ ދެކުދިންގެ މަންޒަރުތައް ބަލަން އަނދިރި ގަނޑުގައި މީހަކު ހުރިކަމެވެ. އެމީހާގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. “ލިމްޔާ..” ލިމްޔާއާއި ލަމާން އެތަނުން ނިކުތުމަށްފަހު ތަންކޮޅަކަށް ހިނގާލިތަނާ ލިމްޔާއަށް ކޮންމެވެސް ކުއްޖަކު ގޮވާލިއެވް. އޭނާ ބަލައިލިއިރު ހުރީ ކުރިންވެސް އޭނާއާއި ދިމާވި ކުއްޖާއެވެ.

“ލަމާން ދޭ.. ލިމް އެބަދަން އިރުކޮޅަކުން.. ހިނގަމުން ދިޔަ ލަމާން އާއި އެއް ހަމަ ކުރުމަށްފަހު ލިމްޔާ އޭނާގާތު ބުނެލިއެވެ. އެހެންބުނުމުން ލަމާންވެސް އިތުރު ވާހަކައެއް ނުދައްކާ އެތަނުން ގޮސް އެމީހުންގެ ކާރަށް އެރިއެވެ. ލިމްޔާއަކީ އެމީހުންގެމުއްސަނދި ކަމާހުރެ ނިކަން ބޮޑާވާ ކުއްޖެކެވެ. ނަމަވެސް ލަމާން އޭނާއާއި ޚިލާފެވެ. އެހެން ނަމަވެސް ސުވާލަކީ ދެން އޭނާއަށް އެ ސިފަ އެގޮތުގައި ހިފަހައްޓާލެވިދާނެބާވައެވެ؟

“ހުމްމް.. މިގަޑީގަ ކީއްކުރަނީ ސްކޫލްގަ؟” ލިމްޔާ އެކުއްޖާ ކައިރިއަށް ގޮސް ހެވިލައިފައި ސުވާލު ކޮށްލިއެވެ. “އާން.. ލިމްޔާމެން ކުޅުނު އިރުވެސް އޭގެ ކުރިންވެސް އަހަރެން މިތަނަށް އައިސް އިނީ.. ސްކޫލްގަ މަސައްކަތްކުރާތީވެ ކުދިން ކުރާ ކަންތައް ބަލާލަންވެގެން ހަމަ އައީ..” އޭނާ ނިކަން ހެވިލައިފައި ލިމްޔާގާތު ބުނެލިއެވެ.

“ޒިވާ ދެކެ ވަރަށް ރުޅި އާދޭ ދޯ؟” އޭނާ އެހެން ހުރެލައިފައި ދެން ބުނެލީ ލިމްޔާގެ ހިތުގެ އަޑެވެ. އެހިނދު ލިމްޔާ ފުސްމޫނު ހަދާލައިފައި ބޯ ޖަހާލިއެވެ. “ހެހެ.. އަބަދުވެސް އޭނާގެ ގޮތް އެއީ.. މަށަށްވުރެ ރަނގަޅަށް އޭނާގެ ގޮތް ނޭނގޭނެ ލިމްޔާއަށްވެސް..” އެ އަންހެން ކުއްޖާ ހިނިތުން ވުމަކުން ފެށި ވާހަކަ ނިމުނު އިރު އެ އަޑުގައި ނުރުހުންތެރިކަން ވިއެވެ. ލިމްޔާވެސް ހައިރާންވެ ހުރެ އޭނާއަށް ބަލައިލިއެވެ. އެވަގުތު އެ އަންހެން ކުއްޖާގެ މޫނުގެ ކުލަވަރު އަވަސް އަވަހަށް ބަދަލުކޮށްލީ އެކަކަށްވެސް އެކަން އަންގަން ބޭނުން ނުވާތީއެވެ. “ތީނައަށް އިނގޭތަ ޒިވާ ކުރިން؟ ދޮގު ނުހަދައްޗޭ.. ޕްލީޒް..” ލިމްޔާ ދެން ކޮށްލީ އެ އަންހެން ކުއްޖާ އެންމެ ޖަވާބުދޭން ބޭނުން ނުވި ސުވާލެވެ.

އޭނާވެސް ދޮގު ނުހަދާންވެގެން އެންމެ ފަހުން ބޯ ޖަހާލިއެވެ. “އެހެން ވިއްޔާ މަށަށް އެހީތެރިވެދީ ވެދީ މިކަމުން ސަލާމަތް ވާތް.. އެ ޒިވާ ގާތުން ސަލާމަތް ވާން.. އޭނަ ލިމްގެ ހުރިހާއެއްޗެއް އަތުލައިފި.. ކޯޗްވެސް އޭނާދެކެ މިހާރު މާ ލޯބިވޭ.. އޭނާ މާ މޮޅުވެގެން އުޅެނީ ބާސްކެޓްބޯލް ކުޅެންވެސް..” ނުވިސްނިފައި ތިބި ލިމްޔާ އާއި އަނެއް އަންހެން ކުއްޖާގެ ސިކުނޑި ހުރީ ޝައިޠާނީ ވަސްވާސްތަކުން ފުރިފައެވެ. ޒިވާއަށް ލަނޑެއް ދޭން އެދެމީހުން ތިބީ ފެން ބޮވައިގަނެއަފައެވެ.

“އިހަށް މަޑުކޮށްބަލަ.. ކޮން ނަމެއްތަ ކިޔަނީ؟” އެ ދެމީހުން އެތަނުން ދާން އުޅެފައި ލިމްޔާ އެ އަންހެން ކުއްޖާ ގާތު ބުނެލިއެވެ. އޭނާ އިރުކޮޅެއް ވާންދެން ލިމްޔާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ޖަވާބުދިނެވެ. “ރޫޔާ..” އޭނާގެ ޖަވާބު އަޑުއެހުމަށްފަހު ލިމްޔާ ހިނިތުންވެފައި އެތަނުން ދިޔައިރުވެސް ރޫޔާގެ ދެލޮލުގައި ވި ސިއްރުވެރިކަމެއް އޭނާއަށް ދެނެނުގަނެވުނެވެ.

ގެއަށް ވަދެގެން އައި ޒިވާގެ މޫޑު ހުރީ ޚަރާބުވެފައެވެ. “ޒިވް.. ކިހިނެއް މިއަދު ޕްރެކްޓިސްގެ ކަންތައްތައް؟” ޒިވާ ކޮޓަރިއަށް ދާން މިސްރާބު ޖަހަނިކޮށް ނޫރީން އޭނާއާއި ސުވާލު ކުރިއެވެ. ޒިވާ މިވަގުތު އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުންނުވި ކަމުގައި ވިނަމަވެސް އޭނާއަށް އެކަން ކުރަން މަޖުބޫރެވެ. “ހަމަ ބަރާބަރު.. ކޯޗް ބުނީ ވަރަށް ރަނގަޅޯ ޒިވް.. ދެން ބުނީ މާދަންވެސް ގަޑިއަށް ޕްރެކްޓިސް އަށް އަންނާށޯ ހުރިހާ ކުދިންވެސް..” ޒިވާ ވަރަށް ވަރުބަލިވެއްޖެމަށްބުނެ ދެން އިތުރަށް ވާހަކަ ނުދައްކާ ނޫރީންގެ ހުއްދަ ހޯދުމަށްފަހު ކޮޓަރިއަށް ދެމިގަތެވެ. އޭނާ ފެންވަރާ ނިމުމަށްފަހު އައިސް އެނދުގައި ޖައްސާލިއެވެ. އެ ސިކުންތުކޮޅުގައި މިއަދު ވީ ކަންތަން މަތިން އަނެއްކާވެސް ޒިވާއަށް ހަނދާން ވިއެވެ. އެވަގުތުގެ ފަހުން އޭނާގެ ސިކުނޑިތެރޭގައި އަބަދު އެކަންތައް އެނބުރެނީއެވެ. އެއީ އޭނާ ކިތަންމެ ބޭނުންނުވިޔަސްމެއެވެ. އޭނާއަށް ނޭނގުނު ކަމަކީ އޭނާއަށް މިއަދު ކަންތައް މި ކުރެވުނު ގޮތުން ކުރިމަތީގައި އޮތް ތޫފާން އިތުރަށް ގަދަވެދާނެކަމެވެ.

ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ގޮސް މުބާރާތްތައް ފެށިއްޖެއެވެ. ޒިވާގެ ފުރަތަމަ މެޗުންވެސް އޭނާގެ ހުނަރުވެރިކަން އެތައް ބަޔަކަށް ފެނިގެންދިޔައެވެ. އެންމެންގެ ތައުރީފް އޭނާއަށް އޮހެމުން ދިޔައީތީ ލިމްޔާއަށް ހުރީ ކެތްކުރަން ދަތިވެފައެވެ. ނަމަވެސް ތަނުގެ މަސްލަހަތައްޓަކައި އެކަން އޮއްބާލަނީއެވެ. މެޗު ނިމުނީ އެމީހުންގެ ޓީމް މޮޅުވެގެންނެވެ. މެޗު ނިންމުމަށްފަހު ނޫރީން އާއި އަޔާނީގެ މަންމަ އަފްރާ ގާތު ބުނުމަށްފަހު އެމީހުން، ފުޓުބޯޅަ ކުޅޭ ދަނޑަށް ދިޔައެވެ. މައިހާ ހުރުމާ އެއްކޮށް މިއަދު ކުޅެނީވެސް މައިހާމެންގެ ހައުސް އާއި އެހެން ހައުސް އަކަށް ވާތީއެވެ.

“ނޫން..” އެތަނަށް ގޮސް ހުއްޓުނު ތަނާ މައިހާ ކުޑަކޮށް ހަޅޭތް ލަވައިގަތެވެ. އެތަނުގައި ސަޕޯޓަރުންގެ އަޑުގަދަކަމުން އެ އަޑުތެރެއަށް މައިހާގެ އަޑު ފޭދިގެން ދިޔައީއެވެ. އެހެން ނަމަވެސް ގާތުގައި ހުރި ޒިވާއަށާއި އަޔާނީއަށް އެ އަޑު ނިކަން ރީއްޗަށް އިވުނެވެ. “މައި ކިހިނެއް ވީތަ؟” ޒިވާ ހާސްވެ ހުރެ މައިހާ ގާތު އަހާލިއެވެ. އެހިނދު އޭނާ ދައްކާލީ ސްކޯ ބޯޑެވެ. “މައި މެން ހައުސް ބަލިވެފައޭ… ކޮބާތަ އެ ޔައީޝްގަނޑު.. ނިކަން ގޯލެއް ޖަހާލަދީބަލަ.. ޒަޔާން އެއްވެސް ނުފެނެޔޭ އަދި..” މައިހާ އެހެން ހުރެ ކުދިކިޔަމުން ދިޔައިރު ވީގޮތް އެނގުމުން އަޔާނި އާއި ޒިވާ ހުރީ ހޭށެވެ. މައިހާ ކަންތައް ކުރި ގޮތުން އެދެކުދިންނަށް މަޖާ ވީއެވެ. މެޗު ނިމިގެން ދިޔައީ މައިހާމެންގެ ހައުސް އެއް ގޯލްގެ ތަފާތުން ބަލިވެގެންނެވެ. އޭނާ ދެރަވެގެން ގޮސް ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ.

އެމީހުން އިރުކޮޅެއް ވާންދެން އެތާ ތިބުމަށްފަހު ދާން އުޅެނިކޮށް ޒިވާގެ ލޮލުގައި އަޅައިގަތީ މާޔޫސްވެހުރެ މަޑުމަޑުން ހިނގާލައިފައި އައި ޔައީޝްއެވެ. “މައި.. ޔާނީ.. ޒިވް އެބަދަން އިރުކޮޅަކުން އިނގޭ.. ފަސް މިނެޓު..” ޒިވާ އެހެން ބުނެ އެ ދެކުދިން ފޮނުވާލިއެވެ. އެއަށްފަހު ޔައީޝް އަންނަންދެން މަޑުކޮށްލއިެވެ. “ކޮބާ ކިހިނެއް ވީ މެޗު؟” ޔައީޝް ޒިވާ އާއި އަރާ ހަމަވުމުން ވީގޮތް އެނގިހުރެމެ ޒިވާ ސުވާލުކޮށްލިއެވެ. އިސް އުފުލާލައި ބަައިލި ތަނުން ޔައީޝްއަށް ފެނުނީ ޒިވާގެ ހިނިތުން ވެފައިވައި މޫނެވެ. “ހިނގާބަލަ އޭނި ބެންޗަށް..” ޒިވާ އެތަނުން ބެންޗަކަށް އިޝާރާތް ކޮށްލުމަށްފަހު ބުންޏެވެ. އިސްދަށަށް ޖަހާލައިގެން ހުރެ ޔައީޗް ވެސް ގޮސް އެ ބެންޗުގައި އިށީންދެލިއެވެ.

“ޔައީޝް ދޯ ދޯ ދޯ… މިއީ އަދި މުބާރާތް ފެށުމޭ.. ފުރަތަމަ މެޗު މިއީ… ދެން ތިހާ ދެރަ ވާން ވާނެތަ؟ އަދި ކިތަށް މެޗު ކުޅެން އެބޮތް؟ އޭނ؟ އެ މެޗުތަކުން ހަމަ މިއަށްވުރެ ރަނގަޅު ނަތީއްޖާއެއް ނެރެވިދާނެއެއް ނޫންތަ؟ މިއަދު މެޗުގަ ހެދުނު ގޯސްތައް ރަނގަޅު ކޮށްފަ އެ މެޗުގަ ހިތްވަރާއި އެކު ކުރިމަތި ލާބަލަ.. އިން ޝާ ﷲ ކާމިޔާބު ވާނެ.. ތިހާ އަވަހަށް އުންމީދުގެ ހުޅުކޮޅު ނިއްވާ ނުލާބަލަ.. އުއްބައްތިއެއްގަވެސް ހުޅުކޮޅު ދިއްލިފަ ހުންނަނި އޭގާ ރޯކުރުމަށްފަހު ދޯ.. ވައި ޖެހުމުން އެ ނިވޭ ފަހަރުވެސް އާދެ… އަނެއްކާވެސް އެ ރޯކުރުމުން ހަމަ ހުޅުކޮޅު ބޮޑުވެފަ އިނދޭ… ދެން އޭތި ދެކޮޅަށް ހެލިލަ ހެލިލާ އެހެން ކިހާ އިރެއް ވާންދެންއިނދޭ؟ ހުޅުކޮޅު ކުޑަވީމަ އަނެއްކާވެސް އަހަރެމެން މަސައްކަތުން އޭތި ބޮޑުކުރަނީނު؟ އެވެސް ޖެހޭ ވަޔާއި ހުރިހާ އެއްޗިއްސަށް ކެތް ކޮށްގެނެއްނު އެ އިންނަނީ މިނިވަން ކަމާއެކީ.. ހަމަ އެގޮތް ވާނެއް ނޫންތަ އަހަރެމެންނަށްވެސް؟ އަހަރެމެންގެ ޙަޔާތުގައިވެސް އެކި ކަހަލަ އިމްތިޙާން ކުރެވޭނޭ.. އެ އެއްވެސް ފަހަރަކު އުންމީދުގެ ހުޅުކޮޅު ނިތްވާލާކަށް ނުވާނެ.. ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑާލާކަށް ނުވާނެ.. އާ ހިތްވަރަކާއި އާ އުންމީދަކާ އެކީ އަނެއްކާވެސް އަލުން ކަންކަމާއި ކުރިމަތިލާން ވާނެ.. އެންމެ ދަތި އުނދާގޫ އިމްތިޙާންތައް މާތް ﷲ ކުރައްވަނީ އެކަލާނގެ އެންމެ ލޯބިވެ ވޮޑިގެންވާ އަޅުން ދެކެ…” ޒިވާ ހިނިތުން ވުމަކާއެކު ވާހަކަ ދައްކާ ނިންމާލިއެވެ. އަދި ދަނީކަމަށްބުނެ އެތަނުން ތެދުވެގެން އޭނާ ދިޔައެވެ.

ޔައީޝްއަށް އިސްދަށަށް ޖަހައިގެން އިނދެ ބަލައިލެވުނީ ޒިވާ ދިޔަ ދިމާލަށެވެ. ހާދަ ތަފާތު ކުއްޖެކެވެ. މިޒަމާނުގައި ނުފެންނާނެފަދަ ރަނގަޅު ކުއްޖެކެވެ. ޔައީޝްގެ ހިތުގައި ޒިވާއަށް ދެވިފައިވީ ޤަދަރު އިހުނަށްވުރެ އިތުރުވެގެން ދިޔައީ އެވަގުތުއެވެ. ނަމަވެސް ނޭނގޭ ސަބަބަކާހުރެ އޭނާގެ ހިތް މިހާރަކަށް އައިސް ހަމަ ނުތަނަވަސް ވަނީއެވެ. އޭނާއަށް މާލެ އައި ފަހުން ބަރާބަރަށް ނަމާދުވެސް ނުކުރެވެއެވެ. ބޭރުގައި ހޭދަކުރެވޭ ވަގުތު ގިނަވެއެވެ. ދޮންތަ ކުރިމަތީ ބޭޒާރުވެދާނެތީ ދޮންތަ އެހުމުން ނަމާދުކުރާކަމަށް ބުނެ ދޮގުހެދެއެވެ. އޭނާއަކީ ކޮންފަދަ ނުބައި މީހެއް ހެއްޔެވެ؟ ކުރިންވެސް މިކަހަލަ ޙާލަތަކަށް ގޮއްސަ އޮށްވާ ﷲގެ ރަޙްމަތުން އޭނާއަށް ހިދާޔަތް ލިބުނީއެވެ. މިފަހަރު އެކަމުގެ މެދުވެރިޔަކަށް އެވީ ޒިވާގެ އެ ވާހަކަ ކޮޅެވެ. ﷲގެ ކުޅަދުން ވަންތަކަން ދެކިބަލާށެވެ.

ޔައީޝް އެތަނުން ތެދުވެގެން ސްކޫލުން ނިކުންނަން ދިޔައިރު ނައިޝަމް ކާރުގައި އައިސް އޮތެވެ. އޭނާ ފަހަތު ސީޓަށް އެރީ ނަވާރް އެތާ އިންތަން ފެނުމާއެކު އެއްވެސް މީހަކާ ވާހަކަ ދައްކާހިތް ނުވެފަ ހުރުމުންނެވެ. ގެޔަށް ދިޔަ މަގުމަތީގައިވެސް މުޅި ކާރުތެރެއަށް ވެރިވެފައި ވަނީ މަރުފަދަ ހިމޭން ކަމެކެވެ. ޔައީޝް މާ މަޑުން އިންނާތި ނަވާރްގެ ކުޑަކުޑަ ސިކުނޑިއަށްވެސް އެކަން ދެނެގަނެވުނެވެ. އެހެންވެ އޭނާވެސް ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލައިގެން އިނީ ވާހަކަ ނުދައްކާނަމޭ ބުނާ ފަދަޔަކުންނެވެ. ގެއަށް ކާރު ހުއްޓާލުމާއެކު ޔައީޝް އަވަސް އަވަހަށް ކާރުން ފައިބައިގެން ގެޔާއި ދިމާލަށް ދުވެފަ ވަދެގެން ދިޔައެވެ. އެއަށްފަހު ލިފްޓަށްވެސް އެރުމެއް ނެތި އޭނާ ދުވެފައި ދިޔައީ ސިޑިންނެވެ. ތިންވަނަ ފްލޯ އަށް އެރުނު އިރު އޭނައަށް މައިނޭވާ ލެވެއެވެ. ދޮރުގައި ކުޑަކޮށް ބާރަށް ޓަކި ޖަހައިގަތީ ވަރުބަލިވެފައި ހުރި ވަރުން އަވަހަށް އަރާމު ކޮށްލަން ބޭނުންވާތީއެވެ.

ޔަންހާ ދުވެފައި އައިސް ދޮރު ހުޅުވާލީ މީހަކު މާ ވަރަކަށް ޓަކި ތަޅާތީ ބިރުން ހުރެއެވެ. ޔައީޝް ހުރިތަން ފެނި ދެބުމަ ގާތް ކޮށްލުމަށްފަހު އޭނާ އަވަހަށް ދޮރު ހުޅުވާލިއެވެ. އެވަގުތު ޔައީޝްގެ ފަހަތުން ލިފްޓުން ފޭބީ ނައިޝަމް އާއި ނަވާރް އެވެ. ޔައީޝް އެތެރެއަށް ވަދެގެން ދިޔައީ ދެފައި ކާއްތަމުންނެވެ. އެއަށްފަހު ދިޔަ ގޮތަށް ގޮސް ސޯފާއަށް ވެއްތިގަތެވެ. އޭނާއަށް ނޭވާވެސް ލެވެމުން ދިޔައީ ނުހަނު އަވަހަށެވެ. “އައްޗީ ކުވޭ.. ސޯފާ އައްޗި ވާނެ ކުވޭ ތިތާ އޮށޯތީމަ..” ނަވާރް އައި ގޮތަށް އައިސް ޔައީޝްގާތު ހުއްޓުމަށްފަހު ބުނެލިއެވެ. އެއިރު ޔަންހާ އާއި ނައިޝަމް އެހެން ސޯފާއެއްގައި އިށީންދެ އިނދެ އެ ދެމީހުންގެ ޙަރަކާތް ތަކަށް ބަލަން ތިއްބެވެ.

“އައްޗި ނުވާނޭ ނަވޫ.. ކުވޭ ވަރަށް ވަރުބައްޔޭ.. ނަވޫ ނުދިޔަ ވިއްޔަ ކުވޭ އަށް ސަޕޯޓް ކުރަންވެސް.. އެހެންވެ ކުވޭ ނަވޫ ކައިރީ ކުވޭމެން ޓީމް މޮޅުވި ވާހަކަ ބުނަން ވެގެން ކުޅެ ކުޅެ ކުވޭ މިހުރީ ވަރަށް ބޮޑަށް ވަރުބަލިވެފަ.. އިރުކޮޅަކުން ކުވޭ ދާނަމޭ ފެންވަރަން.. އޯކޭ އެއްނު؟” ޔައީޝް އޮތް ގޮތަށް އޮވެ ނަވާރްއާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. “ނަވޫ ދާނޭދޯ މާދަން ކުވޭ ކުޅޭތަނަށް… މިއަދު މަންމި ވެސް ތެތީވެސް ބިޒީވިއްޔޭ ދޯ.. އެހެންވެ ނުދެވުނީ..” ޔަންހާ ނަވާރް އޭނާއާއި ގާތް ކޮށްލަމުން ބުނެލިއެވެ.

“ދޮންތަމެން ނުދިޔައީމަ ޔައި މެން މޮޅެއްވެސް ނުވިއޭ.. ދޮންތަ ކުރާނެ އެކަހަލަ ކަންތައް..” ޔައިޝް އެންމެނާއި ސަމާސާ ކޮށްލިއެވެ. “ބަލައިބެލަ މޮޅު ސޮރު.. އަވަހެއްނު އަހަރެމެން ބޮލުގަ ކަންކަން އަޅުވާލެއް…” ނައިޝަމްވެސް ފޯރިއަރައިގެން ޔައިޝްގެ ސަމާސާގައި ބައިވެރިވެލިއެވެ. އެންމެނާއި ވާހަކަ ދައްކާލުމަށްފަހު ޔައީޝް އޭނާގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ. ފެންވަރައިގެން އައި ގޮތަށް އެނދުގައި ޖައްސާލިތަނާ އޭނާއަށް ނިދުނެވެ.

“ޒިވް.. ހުޅުވަބަލަ ދެން..” ޒިވާއަށް ނިދިން ހޭލެވުނީ ދޮރުގައި ނޫރީން ޓަކި ޖަހާ އަޑަށެވެ. ބަރު ފިޔަވަޅު ތަކުގައި ގޮސް އޭނާ ދޮރު ހުޅުވާލިއެވެ. އަދި އޭނާ އަނގަމަތީ އަތް އަޅާލުމަށްފަހު އާފުރިލިއެވެ. “ނިދުނީ ދޯ ވަރުބަލިވެގެން ގޮސް.. ދެން ދޭ ފާޚާނާއަށް.. ބަންގި ގޮވައިފި.. ނަމާދުކޮށްލައިގެން ތައްޔާރުވެބަލަ ތާކަށް ދާން.. ބައްޕަގެ ރައްޓެއްސަކާއި އޭނާގެ ޢާއިލާ އާއެކީ މިރޭ އެބޮތް ކެއުމެއް.. ޒިވް އަށް އެންމެ މީރު އެއްޗެހި ހުންނަ ރެސްޓޯރަންޓްއަށް ދަނީވެސް… އިޝާ ނަމާދުކޮށްލައިގެން އަށްގަޑި ފަނަރައަށް ދަނީ.. އެހެންވެ ކުރިން މި ބުނެލީ..” ޒިވާ ބަރު އެސްފިޔަތަކުގެ ތެރެއިންވެސް ހިނިތުން ވެލުމަށްފަހު ބޯ ޖަހާލައިފައި ދޮރު ލައްޕާލިއެވެ. އެއަށްފަހު ފާޚާނާއަށް ވަދެ ދަތް އުނގުޅާލައި ހަދައިގެން ވުޟޫ ކޮށްލުމަށްފަހު އައިސް މަޣްރިބް ނަމާދު ކޮށްލިއެވެ. އެއަށްފަހު ދިޔަ ގޮތަށް ގޮސް ފާޚާނާއަށް ވަނީ ފެން ވަރާލާށެވެ. ފެން ވަރާލައިގެން ނިކުތުމަށްފަހު ގަދަ ފެހި ކުލައިގެ ދޫ އަބާޔާއެއް އޭނާ ލިއެވެ. އަދި އެއާއެކީ ކްރީމް ކުލައިގެ ޝޯލްއެއް މޭމަތި ފޮރުވޭވަރަށް އަޅާލައިފައިވީ ގޮތުން ނުހަނު ފުރިހަމައެވެ. އެއްވެސް މޭކަޕަކާއި ނުލައިވެސް ޒިވާ ހީވަނި ޕަރީއެއް ހެންނެވެ. އެހާ ސާދާއެވެ. އޭނާއަށް ތައްޔާރުވެ ނިމުނު ތަނާހެން ބަންގި ގޮވައިފިއެވެ. އެހެން ކަމުން ނަމާދުކޮށްލައިގެން އޭނާ ކޮޓަރިން ނިކުތީ އެތަނަށް ދާންޖެހޭ ގަޑިވެސް ކައިރިވުމުންނެވެ.

ޒިވާ ކޮޓަރިން ނިކުތް އިރު ނޫރީން އަދި ކޮޓަރިން ނުނިކުމެއެވެ. އެހެން ކަމުން އޭނާ ފޯނު ނެގުމަށްފަހު ވައިފައި ޖައްސާލައިފައި ފޭސްބުކަށް ވަދެލިއެވެ. އެކި އެއްޗެހި ބަލަމުން ދަނިކޮށް ނޫރީން ކޮޓަރި ދޮރު ހުޅުވާލި އަޑަށް ފޯނުން އޭނާ ނަޒަރު ވަކި ކޮށްލިއެވެ. ނޫރީން ކޮޓަރިން ނިކުމެގެން އައިސް ޒިވާ ގާތު އިށީންދެލިއެވެ. “އާޗާ… މަންމަ ސަޅިއޭ..” ޒިވާ ނޫރީން އަށް ތަޢުރީފް ކޮށްލީ ސަމާސާ ރާގަކަށް ނަމަވެސް އެއީ އޭނާގެ ހިތުގައި ހަމަ އޮތްގޮތެވެ. “ކިހިނެތް ވީ މަންމަ މިތާ ތި އިށީނީ؟” ޒިވާ އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ. “ބައްޕަ އަދި ނާދޭ މިސްކިތަށް ދިޔަ ގޮތަށް.. ބައްޕަ އައީމަކާނު ދެވޭނީ.. ކާރުގައޭ ދަނީ.. މިތަނާ ނުލާހިކު ދުރުވާނެ އެ ރެސްޓޯރަންޓް.. މިހާރު އަންނާނެ ކަންނޭނގެ ބައްޕަވެސް…” ނޫރީން އެހެން ބުނެ ނިމުނު ތަނާ ގޭގެ ދޮރު ހުޅުވާލުމަށްފަހު ޒައިފް އެތެރެއަށް ވަދެގެން ދިޔައެވެ. ހިނިތުން ވެލުމަށްފަހު ޒިވާމެންނާއި އެކީ ގެއިން ނިކުމެގެން ގޮސް ކާރަށް އަރައި މަންޒިލަށް ދިއުމަށް ދުއްވާލިއެވެ.

ރެސްޓޯރަންޓްގެ ކުރިމައްޗަށް ކާރު ހުއްޓާލުމަށްފަހު ޒިވާ އާއި ނޫރީން ފޭބުމުންގޮސް ކާރު ޕާކުކޮށްލުމަށްފަހު ޒައިފް އައިސް ނޫރީންމެން ގޮވައިގެން ރެސްޓޯރަންޓް އަށް ވަދެގެން ދިޔައެވެ. ބަލައިލައިފި ކޮންމެ ދިމާލަކުން ފެނިގެން ދަނީ މުއްސަނދި ކަމެވެ. އެތަނުގެ މެދުގައި އެލުވާފައިވާ ބޮޑު ޗާންދަލިއާ އިންވެސް އެކަން ހެކިވެއެވެ. ޝާހީ ގަނޑުވަރަކާއި އެތަނެއްވެސް ވަކި ދުލެއް ނުކުރެއެވެ.

މުޅި ތަނުން އިވެނީ ތަށި ސަމްސަލުގެ އަޑެވެ. ޒިވާވެސް އޭނާގެ މަންމަ ފަހަތުން ގޮސް ސިޑިން އަރަމުން ދިޔައެވެ. ޒިވާ އިސްޖަހާލައިގެން ދިޔައީ އެހާ ގިނަ މީހުން ތިބި ތަނެއްގައި އޭނާއަށް އުނދަގޫ ވާތީއެވެ. އެހުރި ގޮތަށް ގޮސް އޭނަގެ މަންމަ ގާތު ޖެހިގެން އިން ގޮނޑީގައި އިށީނެވެ. އެއަށްފަހުވެސް އޭނާ އިސްއުފުލާލާކަހަލަ ޚިޔާލެއް ނުކުރިއެވެ.

“ޒިވް… އެއީ ލަތީފްބެ އާއި ލަތީފްބޭގެ އަންހެނުން ރުފްޝާ… ދެން ތި ތިބީ ލަތީފްބޭމެންގެ ދެކުދިން..” ޒައިފް އޭނާގެ ދަރިފުޅު ޒިވާއަށް ގޮވާލުމަށްފަހު ކުރިމަތީގައި ތިބި މީހުން ކިޔައިދިނެވެ. ޒިވާ އިސްއުފުލާލަން މަޖުބޫރުވުމުން އެވަގުތު ކުރިމަތީގައި ތިބި ބަޔަކަށް ނަޒަރެއް ހިންގާލިއެވެ. އެތާ ތިބި މީހުން ފެނި އޭނާގެ ހިތް ބާރު ބާރަށް ތެޅެން ފެށީ އެޔެއް މިޔެއް ބަލައިފައެއް ނޫނެވެ. އޭނާއަށް ހިން ދިރުވާލެވުނީވެސް ވަރަށް ވަރުންނެވެ. އެއީ އޭނާ މިތަނުން ދެކެން ބޭނުންވި ސޫރައެއް ނޫނެވެ. އެއްގޮތަކަށްވެސް ދެކެން ބޭނުންވި ސޫރައެއް ނުނެވެ. އަނެއްކާ މިއީ އޭނާއަށް ހިވާ ގޮތެއް ނޫންބާވައެވެ. ޒިވާ އޭނާގެ އަތުގައި ކުޑަކޮށް ނިޔަފަތިން ހިފާލީ އެއީ ޙަޤީގަތެއްތޯ ބަލައިލުމަށެވެ. ކަންތައް ވީ އޭނާ އެންމެ ބޭނުން ނުވި ގޮތަށެވެ. އޭނާގެ ކުރިމަތީގައި އެޔޮތީ ހަމަޙަޤީގަތެވެ. އޭނާ ކިތަންމެ ބޭނުން ނުވިޔަސް އޭނާ ކުރިމަތިލާން ޖެހިފަ އެޔޮތީ ހަމަ އެ ޙަޤީގަތާއެވެ. އެސްފިޔަ ޖަހާލަންވެސް ނޭނގިފައި ޒިވާއަށް އިނދެވުނީއެވެ. ކުރިމަތީގައި ތިބި ކުދިންނަށްވެސް ވީ ހަމަ އެވަރެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އުޖާލާވެގެންދިޔަ ޙަޔާތް (5)

Next

For my beloved readers

Next
May 30, 2018

For my beloved readers

Previews
May 30, 2018

އުޖާލާވެގެންދިޔަ ޙަޔާތް (5)

50 Comments!

  1. ? says:
    May 30, 2018 at 3:40 pm

    Yay me first

    1. noor says:
      May 30, 2018 at 8:41 pm

      hehe.. yess.. dear first.. congratss and i hope that you liked this part.. 🙂

  2. Let me know says:
    May 30, 2018 at 3:43 pm

    Yay me first dho

    1. noor says:
      May 30, 2018 at 8:42 pm

      alhey dear mifaharu second ey.. 🙂 i hope that you liked this part.. 🙂

  3. Shin says:
    May 30, 2018 at 3:49 pm

    Ehn v ma mifaharu shin dhw first

    1. noor says:
      May 30, 2018 at 8:43 pm

      nooney shin dear.. mifaharu dear third ey dhw.. 🙂 dhn faharakun try kollaany ingey.. i hope that u liked this part.. 🙂

  4. ? says:
    May 30, 2018 at 3:55 pm

    Story is wonderful…anekkaa kaaku tha? Limyaa aa lamaan tha?. Curiously waiting for next part??

    1. noor says:
      May 30, 2018 at 8:44 pm

      jazakillah khairan dear.. 🙂 mi comment eyru neynguny ingey.. hehe.. 🙂 hingaabala dhw balailan aee kon kuhjeh tho.. 🙂

  5. unique says:
    May 30, 2018 at 4:49 pm

    oh!!! yayy up vejje dhw

    1. noor says:
      May 30, 2018 at 8:45 pm

      yess dear.. 🙂 hehe

  6. eekko says:
    May 30, 2018 at 4:51 pm

    aneykaa kaakuba so curiuos can’t wait for the next episode…story hama varah reethi

    1. noor says:
      May 30, 2018 at 8:50 pm

      hingaa dhw balamaa aee kaakutho.. 🙂 jazakillah khairan dear.. 🙂

  7. Sana says:
    May 30, 2018 at 5:08 pm

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ??????????
    Waiting for the next part

    1. noor says:
      May 30, 2018 at 8:51 pm

      jazakillah khairan dear.. 🙂 maa sha allah, haadha reethi comment ekey.. vrh colorful.. 🙂

  8. Alisha says:
    May 30, 2018 at 5:15 pm

    Masha Allah varah furihama mi part ???
    Kaakubaa eyy ???
    Limyaa and lamaan tha??
    Waiting for next part ?

    1. noor says:
      May 30, 2018 at 8:52 pm

      jazakillah khairan Alisha dear.. 🙂 hingaaba dhw aee kaakutho balailan.. hehe.. 🙂

  9. unique says:
    May 30, 2018 at 5:20 pm

    ……..vvvvvvv reethi cant wait for next part

    1. noor says:
      May 30, 2018 at 8:53 pm

      jazakillah khairan unique dear.. 🙂

  10. Taely says:
    May 30, 2018 at 6:04 pm

    Wow.. amazing???
    Waiting for next part
    Comment nukuriyas abadhu ves mi story kiyan..??
    Varah reethi.
    MASHA ALLAH???

    1. noor says:
      May 30, 2018 at 8:56 pm

      jazakillah khairan Taely dear.. 🙂 oh, it’s ok.. 🙂 aw, jazakillah khairan dear.. 🙂

  11. Mishy says:
    May 30, 2018 at 7:01 pm

    Wowwww…????????masha allah… this prt is wndrfl..??????.jst amazing..??????????.. vrh vrh obi…❤❤❤❤
    ❤❤❤….whn nxt? Curiously waitinn…. ???????⚘⚘⚘⚘⚘⚘⚘??????

    1. noor says:
      May 30, 2018 at 8:59 pm

      jazakillah khairan Mishy dear.. 🙂 liyevunuhaa avahakah in sha allah up kohdheveytho mi balany noor.. 🙂

  12. Marshy melloww says:
    May 30, 2018 at 7:04 pm

    ???saaaabas. …keep it up 🙂 !???❤?????? maasha allah. ..my fav story ever in esfiya

    1. noor says:
      May 30, 2018 at 9:00 pm

      jazakillah khairan Marshy melloww dear.. 🙂 vrh vrh vrh ufaavehje noor, dear thihaa supportive v ma aa thihen bunelyma.. 🙂

  13. nunnu says:
    May 30, 2018 at 7:05 pm

    wonderful
    v reethi mi part ves
    masha allah
    ey limaan and limyaa dho
    kurin kiyaalaafa comment kuranikoh phone nivunee
    ehenve mihaar mikuree
    dhenkon irakun aneh port genesdheynee
    thanks noor
    vaahaka genesdhinumah thikuraa bura masakkathah
    allah thi masakkathugai barakaai lavvaashi
    again vvv reethi mi part

    1. noor says:
      May 30, 2018 at 9:03 pm

      jazakillah khairan nunnu dear.. 🙂 alhey, hingaabala dhw aee kaakutho balailan.. hehe.. 🙂 oh, it’s ok dear.. 🙂 in sha allah, noor ah hama liyevunuhaa avahakah up kohdheveytho try kurany mee.. 🙂 marhabaa dear.. 🙂 aameen.. maaiyy allah thibaa ge faafa fussavaa thibaa ah heyo rahmaiyy lavvaashi.. aameen.. 🙂 aww, again jazakillah khairan dear.. hehe.. 🙂 dear mn thihaa supportive v ma aslu vrh ufaavey noor.. 🙂

  14. Marshy melloww says:
    May 30, 2018 at 7:05 pm

    ???saaaabas. …keep it up 🙂 !???❤?maasha allah. ..my fav story ever in esfiya

  15. shaha says:
    May 30, 2018 at 7:23 pm

    Varah reethi

    1. noor says:
      May 30, 2018 at 9:04 pm

      jazakillah khairan dear.. 🙂

  16. Felix says:
    May 30, 2018 at 7:55 pm

    Wow! Varah habeys vaahaka eh ???
    Masha Allah ?
    Kobaatha raifaa??
    Limyaa aa vaahaka dehkee raifaa tha?
    Big big question mark ?
    Waiting for the next part

    1. noor says:
      May 31, 2018 at 6:43 pm

      jazakillah khairan Felix dear.. 🙂 hingaabala dhw balamaa.. hehe.. 🙂 nxt part on the way ga.. 🙂 in sha allah mirey ves up veytho noor mi ummeedhu kurany.. 🙂

  17. maya says:
    May 30, 2018 at 8:27 pm

    vv reethi ….limyaa and lamaan dhw eii..???????anyway vv reethi obiness to the maxx>3>3>3 masha allah…..

    1. noor says:
      May 30, 2018 at 9:06 pm

      al’hamdhulillaah! 🙂 hingaabala dhw aee kon kudhibaeh tho balailan.. 🙂 hehe.. asluvestha? jazakillah khairan dear.. vrh vrh ufaavehje dear thihen bunelyma.. 🙂

  18. maul says:
    May 30, 2018 at 9:58 pm

    wowwwwwwwwwwwwwwwww love it alhee pls avahah up kurachey

    1. noor says:
      May 31, 2018 at 6:46 pm

      jazakillah khairan maul dear.. 🙂 alhey dear, noor ah kudakoh bxy vegen miadhu dhuvaalu up nukohdhevuny.. vrh vrh bodah maafah edhen ingey.. 🙂 mirey up veytho mi balany dhen.. on the way ga hama.. in sha allah.. 🙂

  19. malaak says:
    May 30, 2018 at 10:48 pm

    varah reethi.enme fahu baaga eii laman aai leem tha? cant wait for the next part.maasha allah noor . keep it up!

    1. noor says:
      May 31, 2018 at 6:48 pm

      al’hamdhulillah! jazakillah khairan malaak dear.. 🙂 hingaaba balailan aee kaakutho.. hehe… 🙂 jazakillah khairan dear.. 🙂

  20. Ira says:
    May 30, 2018 at 11:04 pm

    Masha Allah………. ohhh..
    Noor sis….. Really mi story vvvvvvvv reethi…..
    I cant wait for next……….

    1. noor says:
      May 31, 2018 at 6:50 pm

      jazakillah khairan ira dear.. 🙂 asluvestha dear? al’hamdhulillaah! ehntha? hehe.. 🙂

  21. love it says:
    May 31, 2018 at 12:29 am

    same here!! love the story so much!!!but can any one tell me kon iru iraku tha mi story up vaneeeeeee////

    1. noor says:
      May 31, 2018 at 6:54 pm

      jazakillah khairan dear.. 🙂 alhey dear, mirey up veytho noor ves mi balany.. noor miadhu dhuvaalu kudakoh bxy v.. ehnve dhuvaalu up nukurevuny… 🙁 in sha allah, mirey faharegga up vedhaane nxt part.. 🙂

  22. Nuha says:
    May 31, 2018 at 4:08 pm

    Maasha allah…….story v furihama??????……dear when is next part???

    1. noor says:
      May 31, 2018 at 6:55 pm

      jazakillah khairan Nuha dear.. 🙂 mirey, in sha allah.. 🙂

  23. noor says:
    May 31, 2018 at 7:01 pm

    alhey readers.. :-(:-(:-( vrh vrh vrh dhera gotheh vegen miulheny.. noor ge mi story ge 15th episode iny ehn author egge namuga publish vefa.. 🙁 noor vrh vrh vrh dhera vefa mihury.. ehn v ma dear menge comments thakah rep nukuevidhaane.. 🙁

    1. noor says:
      May 31, 2018 at 7:03 pm

      ehn author ehge namuga inas aee hama noor ge story ingey readers.. 🙂

  24. runner says:
    June 1, 2018 at 6:58 pm

    its ok noor dear…..dhen rangalhukollaannyy……e ee evves kameh noon…ekamuge sababun noor ge vaahaka thakakah burooeh naaraane….
    insha allah…….hmm..ekan ingeyy dear…….

  25. runner says:
    June 1, 2018 at 7:01 pm

    ehenthr..its ok.that not a bg pro….noor dear dheranuveyyyy……

  26. runner says:
    June 1, 2018 at 7:03 pm

    oopppss..vrh bodah sry..hehehe… dhefaharah ekacheh liyevunyma…..

  27. runner says:
    June 1, 2018 at 7:04 pm

    nufonuvey kamah heekoh dhevana faharah fonuvunii…

  28. Shaakko says:
    June 19, 2020 at 4:03 pm

    Good series?

Comments are closed.

Next Episodeހުޅުކޮޅު 14←


All Right Reserved!