ހުޅުކޮޅު 12
“ކިހާ ހިތްފަސޭހަ މިތަން.. އެ ރަސްފަންނަށް ގޮއްސިއްޔާ ސައްވީސް ގަޑިއިރު ކޮށްޅަން ހުންނަން ޖެހޭނީ.. އިށީންނާނެ ތަންކޮޅެއް ނުލިބޭނެ..” ޒިވާ އޭނާގެ ޕްލޭން ކާމިޔާބު ވުމުން ނިކަން ހެވިލައިފައި ބުންނެވެ. އެކުދިން އެކި ވާހަކަ ތަކުގައި އެތާ ތިބެ ހިނގައި ގަތް އިރުވެސް އެމީހުންނަށް ބަލަހައްޓައިގެން އެޔޮށް ހުރިހާއިރު އެތަނުން ބެންޗެއްގައި މީހަކު އިން ކަމެއް ނޭނގެއެވެ. އަނެއްކާ އެއީ ކީއްކުރާ މީހެއް ބާވައެވެ؟ އޭނާގެ އޮތީ ކޮންބޭނުމެއް ބާވައެވެ؟
އަމާން ކަމާއިއެކު އެކުދިންނަށް ގެޔާއި ހަމައަށް ފޯރިއެވެ. ގެއަށް ވަދެވުނު ތަނާ ވައިފައި ކަނެކްޓް ވުމުގެ ސަބަބުން ވައިބަރ އިން މެސެޖުތައް ފުލުފުލުން އަންނަން ފެށިއެވެ. އެކި ގުރޫޕް ތަކުން އަންނަ މެސެޖުތަކާއި ބައެއް ރައްޓެހި ކުދިން ކޮށްފަ ހުރި މެސެޖުތަކެވެ. އޭނާ އެ މެސެޖުތައް ކިޔާލުމަށްފަހު އެޔާއި ކުޅެކުޅެ ހުއްޓާ ވައިބަރ އިން ކޮންޓެކްޓްސް އަށް ދެވުނެވެ. އެހިނދު އޭނާއަށް ފެނުނީ ޔައީޝްގެ ނަމުގައި ސޭވް ކޮށްފައި އިން ނަންބަރެވެ. އެއް ފަރާތަކަށް ބަލަހައްޓައިގެން އެކި ޕެޓާންތައް ހުރި އަތްދިގު ޓީޝާޓެއްގައި އޭނާ ހުރި އިރު ނުހަނު ފުރިހަމައެވެ. ވަކި ވަރަކަށް އެ ޓީޝާޓުގެ އަތް އޮޅާލައިފައިވުމުން އަދި މާ ފުރިހަމަ ކަމަށް ދައްކައެވެ. އެ ފޮޓޯ ފެނުނު ތަނާވެސް ޒިވާއަށް ހިނިތުން ވެލެވުނެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އޭނާގެ ހިތުގައި އެތަކެއް ޝުއޫރުތަކެއް އެހިނދުގައިވެސް އުތުރި އަރައިގަތެވެ. ދެން ޒިވާއަށް ބަލައިލެވުނީ ޔައީޝް އޮންލައިންގައި އިންތޯއެވެ. ޔައީޝް އޮންލައިންގައި އިންތަން ފެނި އޭނާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ނަމަވެސް އޭގެ ދެވަަ ސިކުންތުގައި އެ ހިނިތުންވުން ފޭދިގެން ދިޔައެވެ. އެއީ އެހާ ރަނގަޅު ކަމެއްހެން އޭނާއަށް ހީނުވީއެވެ. އެހެން އިންދާ އޭނަ ސިހުނެވެ. ކޮންމެވެެސް މީހަކު މެސެޖެއް ކުރީއެވެ.
މައިހާ އާއި އަޔާނީ އަދި ޒިވާ ހިމެނިގެން ތިން ކުދިން ހަދާފައިވި ގުރޫޕަށް އެ ދެކުދިން މިއަދުގެ ފޮޓޯތައް އަޅަން ފެށިއެވެ. ކަންތަކާ ޖެހުނީއޭ ޒިވާގެ ހިތަށް އެރިއެވެ. އެ ދެމީހުން ހިތްފުރޭވަރު ވުމުން ހުއްޓާލައިފިއެވެ. ޒިވާވެސް ދެން އަޅާނުލައި ހުރި ތަނުން ފިޔަވަޅު ގުޑުވާލުމަށްފަހު ގޮސް ކާމޭޒުމަތި ފޯނު ބާއްވާލިއެވެ. އެއަށްފަހު ކަރުހިއްކުން ފިލުވާލުމަށްޓަކައި ފެން ފުޅިއަކާއި ތައްޓެއް ހިފައިގެން އައިސް ކާމޭކައިރީ އިށީނދެލިއެވެ. އޭނާ ދެތިން ފެންތަށި ބޯލުމަށްފަހު ތަށިދޮވެލުމަށްފަހު އެތަނުން ތެދުވެގެން އޭނާގެ މަންމަމެން ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. “މަންމަ ހަމަ އެކަނިތަ؟ ކޮބާ ބައްޕަ؟” ޒިވާ އެ ކޮޓަރިއަށް ވަތް އިރު ނޫރީން ހަމަ އެކަނި ކިންގް ސައިޒްގެ އެނދުގައި ދެފައި ދަމާލައިގެން ހެޑްބޯޑުގައި ބުރަކަށި ޖައްސާލައިގެން އިނީ ފޯނާއި ކުޅޭށެވެ.
“ހުމްމްމް.. ބައްޕަ ވީ ބިޒްނަސް ގެ ކޮންމެވެސް ކަމަކު މީޓިންގް އަކަށް ގޮއްސަ.. ދެން ޒިވް އަށް އެނގެޔެއްނު ބައްޕަ އެއީ އެއްތާ ދެފައި ހަރުލާ މީހެއް ނޫންކަން..” ނޫރީން އެހެން ބުނެލުމުން ޒިވާ ގާތަށް ހިނި އައެވެ. އެއަށްފަހު ހީހީފައި ގޮސް ނޫރީންމެން އެނދުމަތީގައި ބަނޑުވަތައް ވާ ގޮތަށް އޮށޯވެލުމަށްފަހު ތެފައި ތަޅުވާލަ ތަޅުވާލަ އޮތީ ފޯނާ ކުޅޭށެވެ. “ކޮންތާކަށްތަ ދިޔައީ މިއަދު؟ ކޮން ކުދިންނަކާއި އެކީތަ ދިޔައީ؟” ނޫރީން ފޯނުން ނަޒަރު ވަކި ކޮށްލުމަށްފަހު ޒިވާއަށް ސަމާލުކަން ދިނެވެ. އަދި ސުވާލު ބޮނޑި ބަނދެލިއެވެ. “ރަސްރަނި ބަގީޗާއަށް ދިޔައީ.. ރަސްފަންނު އޮންނާނީ ފުރިފަވިއްޔަ… ދެން ކީއްކުރަން އެތަނަށް ދާންވި..” ތުން ދަމާލާފައި މޫނަށް ވައްތަރެއް ޖައްސާލަމުން ޒިވާ ބުނެލިއެވެ. “މަންމައަށް އިނގޭތަ؟ ޔާނީ އާއި މައި ޒިވް ގާތު ނުވެސް ބުނެ މާލެ އައިސް އެ އުޅެނީ.. ޒިވް މެން ސްކޫލަށޭ ދަނީވެސް.. އިއްޔެ ޒިވްއަށް ގުޅާފަ ބުނި އެބައޮތޯ ސަޕްރައިޒް އެއް.. ދެން މިއަދު ސްކޫލުން ދިމާވީ.. ދިމާވެފަ ބުނީ ސަޕްރައިޒް ކިހިނެއް ހޯ.. ހެހެހެ.. އެމީހުންނާ އެކީ ދިޔައީ މިއަދު..” ޒިވާ މަޖާވެލައިފައި ވާހަކަ ދެއްކިއެވެ. “ޔައީޝްވެސް ދޮގު ހަދައިފަ އައިސް އުޅެނީ.. ދޮންތަވެސް ތުއްތުވެސް ނުބުނެޔެއްނު.. ނަވާރުވެސް ގަދައޭ.. އެކުއްޖާފުޅުވެސް ނުބުނޭ..” ޒިވާ ވާހަކަ ދެއްކި އިރު ނޫރީން ވެސް އޭނާއާއި އެއްބައި ވަމުން ދިޔައެވެ.
“ދެން ކީއްވެ ޒިވް އެމީހުން ގޮވައިގެން ނައީ؟ ގެއަށް އެކުދިން ގެނައި ނަމައެއްނު ސައިދޭން..” ނޫރީން ޒިވާ ގާތު ޝަކުވާ ކޮށްލިއެވެ. “މަންމާ ހަނދާން ނެތުނިއްޔޭ.. ގުޅަންތަ..” ޒިވާވެސް ދެރަވެލައިފައި ބުނެލިއެވެ. ނަމަވެސް މިހާރު އިރުއޮއްސެން ގާތްވެފައި ވުމުން ދެން ގެންނާނެ ކަމެއް ނެތް ކަމަށް ނޫރީން ބުނެލިއެވެ. ޒިވާވެސް އޭނާގެ މަންމައާއި އެއްކޮށް ސަކަރާތް ޖަހާލާ ހެދުމަށްފަހު ބަންގި ގޮވަން ގާތް ވާތީ އޭނާގެ ކޮޓަރިއަށް ދިޔައެވެ. ޝޯލް ބޭލުމަށްފަހު ހެދުން އަޅުވާ އެތީގައި އަޅުވާލިއެވެ. އެއަށްފަހު ފާޚާނާއަށް އޭނާ ދިޔައީ ވުޟޫ ކޮށްލާށެވެ. ޒިވާ އަށް ފާޚާނާއިން ނިކުމެވުނީ ހަމަ ބަންގިއާއި އެއްކޮށްކަމުން އޭނާ އަވަހަށް ތުވާލިން އަތް ފައިން ފެން ހިއްކާލުމަށްފަހު މުސައްލަ ނަގާ ޤިބްލައަށް ކުރިމަތި ލުމަށްފަހު ނަމާދަށް ތައްޔާރު ވިއެވެ.
ނައިޝަމް އާއި އެކު ޔައީޝްވެސް ދިޔަ ގޮތަށް ގޮސް މަސްޖިދުލް ސުލްތާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް އަށް ވަދެގެން ދިޔައީ މަޢްރިބް ނަމާދު ޖަމާޢަތުގައި ކުރުމަށެވެ. އެ ދެމީހުންގެ ނަސީބު ރަނގަޅު ކަމުން އެކަން ވެގެން ދިޔައެވެ.
ދުވަސްތައް ހަލުވިކަމާއިއެކު މާޒީއާއި އެކުވަމުން ދިޔައެވެ. ޒިވާވެސް ކިޔެވުމުގައި ހިތްވަރު ކުރަމުން ދިޔައީ ނަތީއްޖާތައް ރަނގަޅު ކުރަމުންނެވެ. ޔައީޝްވެސް އޭނާގެ ނަތީއްޖާ ރަނގަޅު ކުރުމައްޓަކައި އެތަކެއް މަސައްކަތްތަކެއް ކުރަމުން ދިޔައެވެ. އަޔާނީ އާއި މައިހާވެސް ދިޔައީ ހިތްވަރު ލަމުންނެވެ. އާދައިގެ މަތިން ޒިވާ ކްލާހުގައި އިނީ ވަރަށް ހަމަޖެހިލައިގެންނެވެ. ފިޒިކްސް ގަޑިކަމުން އޭނާ އިނީ ވަރަށް ބޮޑަށް ސަމާލުކަން ދީގެންނެވެ. އެއީ އޭނާ އެންމެ ކިޔަވާ ހިތްވާ މާއްދާއެވެ.
އޭނައާއި މައިހާ އަދި އަޔާނީ ސައިންސް ކިޔަވާއިކު އެމީހުންނާއި ޚިލާފަށް ޔައީޝްއާއި ޒަޔާން އަދި އަދްޔަން ކިޔެވީ ބިޒްނަސް އެވެ. އިންޓަރވަލް ގަޑި ޖެހުމުން ޒިވާ އަވަސް އަވަހަށް ކްލާހުން ނިކުތެވެ. ކްލާސް ކައިރީ މަޑުކޮށްލުމަށްފަހު ދެފަރާތް ހޯދާލީ އެކުވެރިން ފެނޭތޯއެވެ. އެކުވެރިންނާއި ބައްދަލު ކޮށްލާހިތުން ކޮންމެ ދުވަހެއްގެވެސް އެގަޑީގައި އޭނާ ހުންނަނީ އަވަދިވެފައެވެ.
އިސާހިތަކު ދެކޮޅުގަ ހުރި ދެ ކްލާހުން ނިކުމެގެން މައިހާ އާއި އަޔާނީ އަންނަ ތަން ފެނުނެވެ. ޒިވާގެ ހިނިތުންވުން ފުޅާވިއެވެ. “ހިނގާ އަވަހަށް.. ވަރަށް ބަނޑުހައި..” އަޔާނީ އޭނާގެ ބަނޑުގައި އަތް ކާއްތާލަމުން މޫނަށް ވައްތަރެއް ޖައްސާލިއެވެ. ކާނެ އެއްޗެހި ނަގައިގެން އައިސް ބެންޗެއްގައި އިށީންދެލީ އުފާވެރި މޫނުތަކާއިއެކުއެވެ. “ޔާނީ ކޮބާތަ މިހާރު ޔާނީގެ ލޯބިވާ އަލްޔަން؟” ހިނިތުން ވެފައި އިނދެ އަނގަޔަށް ލައިލައި އިން އެތިކޮޅުވެސް ތަށީގައި ބާއްވާލީ މައިހާ އޭނާއާއި ކޮށްލި ސުވާލުންނެވެ. ވަގުތުން އޭނާގެ މޫޑު ޚަރާބުވިއެވެ. އޭނާ މިހާރު އެވާހަކަ ދައްކާހިތްވެސް ނުވަނީއެވެ. މައިހާވެސް އޭނާއަށް ބުނެވުނު އެތި އަނބުރާ ގެންދަން ބޭނުންވިއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ފާއިތުވެއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ.
ޒިވާ މައިހާ ގައިގައި ކޮއްޓާލުމަށްފަހު މަޑުމަޑުން ކީއްހޭ ތިކުރީ އަދި ކިހިނެއް ވީހޭ އަހާލިއެވެ. މައިހާ ވެސް ހަމައެކަނި ދެކޮނޑު އަރުވާލީ ނޭނގެއޭ ބުނާ ފަދައަކުންނެވެ. “އައިމް ސޮރީ ބަޓް ކިހިނެތް ވީތަ ޔާނީ؟ އަހަރެމެން ގާތު ޔާނީ ނުބުނާ ވާހަކައެއް އެބައޮތް… ނޫންތަ؟” މައިހާ އަޔާނީ ގާތު އޯގާތެރިކަމާއިއެކު އަހާލިއެވެ. ޒިވާވެސް އަޔާނީގެ އަތްތިލައިގައި އަތް ބާއްވާލީ އަޔާނީ އާއިއެކު އޭނާވެސް ވާކަން އަނގަދިނުމަށެވެ. އަދި ދެލޯ ކުޑަކޮށް މަރާލައިފައި ބޯ ޖަހާލިއެވެ.
“ހުމްމް.. މި ވާހަކަ އަދި ޔާނީ ނުބުނަން ތި ދެމީހުން ގާތު… ބުނާ ހިތް ނުވީ އަސްލު.. މިހާރު އަލްޔަން އާއި ޔާނިގެ އެއްވެސް ގުޅުމެއް ނޯންނާނެ.. ވަރަށް ރުޅި އާދޭ އޭނާގެ ނަން ބުންޏަސް..” އަޔާނީ ދަތްކުނޑި ވިކާލިއެވެ. އަދި އަނެއްކާވެސް ވާހަކަޔައިގެން ކުރިޔަށް ދިޔައެވެ. “އޭނަ އާއެކީ އުޅޭއިރު ޔާނީ ދެން ވީ އޭނާ ބުނާހާ ގޮތެއް ހަދަން.. އޭނާ ހެދިހާ ގޮތެއް ހެދިގެން ހުންނަން.. އެހެން ވާނެތަ؟ ޔާނީ މިއީ އޭނާ އިނދެގެން އުޅޭ މީހާއެއް ނޫންވިއްޔަ.. އެހެން ނަމަ މައްސަލައެއް ނެތް އެވައްތަރަށް ކަންތައް ކުރަން… ދެން އެހާ ރުޅިގަދަ.. ޔާނީ އަށް ކޮން ޔަގީން ކަމެއް އޮތީ ފަހުންވެސް އޭނާއާއެކީ އުފާވެރި ދިރިއުޅުމެއް އުޅެވޭނެކަމުގެ؟ ދެން ފަހުން ފަހުން އަދި މާ ކަންތައް ބޮޑުވި.. އެހެންވެ ޔާނީއަށް ކެތް ނުކުރެވިގެން ބްރޭކްއަޕް ވީ..” އަޔާނީ މާޔޫސް ކަމާއެކު ކިޔައިދިނެވެ. “ދެން ނުވާނަން އެކަކާވެސް ރައްޓިއްސެއް.. ކީއްކުރާކަށް.. ލޮލުން ފެނި އަތުން ހިފައިފަ މިބުނަނީ.. ޔާނީއަށް ފެނޭ ޒިވް އުޅޭ ގޮތް.. ކިހާ ބޮލަށް ފަސޭހަ… ޔާނީ ދެން ހަމަ މިހެން ހުރެފަ މީހަކާ އިންނާނީ.. އިން ޝާ ﷲ.. އަޚްލާޤް ރަނގަޅު ދީންވެރި ޒުވާނެއް ލިބިއްޖެއްޔާ އިން ޝާ ﷲ އެމީހަކާ އިންނާނީ.. އެކަމަކު، ކިޔަވާ ނިންމާފަ ޖޮބަށް ގޮއްސަ… ހެހެހެ..” އަޔާނީ މަޖާވެލައިފައި ކިޔައިދިނެވެ.
ޒިވާ އާއި މައިހާވެސް އަޔާނީގެ އެވާހަކައިން ހޭން ފެށިއެވެ. “ކާކު މީހަކާ އިންނަނިއްޔޭ؟” އެމީހުން ނިކަން ފޯރީގައި ކޮންމެވެސް ވާހަކައެއް ދައްކަން ފެށުމުން އަނގައެއް ތަޅުވާލާނަމޭ ހިތާ ޔައީޝްވެސް އެތަނަށް ދިޔައެވެ. އަދި އެމީހުންނާއި ނުހަނު ކައިރިވެފައި ވަނިކޮށް “އިންނާނީ” އޭ ބުނެލި އަޑު އިވުނެވެ. “މީހަކު މީހަކާ އިންނާކަށް ނޫޅޭ… މިކިޔަނީ ޔާނީ ދެން މީހަކާ ރައްޓެހި ނުވާނަމޭ.. ސީދާ ކައިވެންޏާ ދިމާލަށޭ ދާނީ ދާން ވީމަ..” އަޔާނީ ހިނި އައިސް ބުނެލިއެވެ.
“އާން.. އެއިރުވެސް ހީވިއޭ މި އަ.. ޔާ.. ނީ.. ކަން މީހަކާ އިންނަހިތުން ކެތް ނުލަވައިގެން މިއުޅެނީ..” އަޔާނީގެ ނަމުގެ އަކުރުތައް ވަކި ވަކިން ކިޔާލުމަށްފަހު ޖެއްސުމަށް ޔައީޝް ބުނެލިއެވެ. އަޔާނީވެސް ތުން އޫ ކޮށްލިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ޔައީޝްއަށް މީހަކަށް ޖެއްސުމެއް ނުކޮށްލެވިއްޖެއްޔާ ހަމަ ނޭވާވެސް ނުލެވެއެވެ. “އޭ މިހާރު ހުރެޔޭ އިންނާނެ މީހުން ހޯދާ ބައިވަރު ޕޭޖްތައް.. އެއިން އެއްޗެއްގައި ޖަހާލަނިކޮށް އިންނާނެ މީހަކު ވެދާނެ.. ހާސް ނުވޭ.. މިޒަމާނުގަ ގޮތް ހުސްވެގެން އުޅޭކަށް ނުޖެހޭނެ..” ޔައީޝް އެހެން ބުނެލި އިރު މައިހާ އާއި ޒިވާ ހަމަ ހެނީއެެވެ. އަޔާނީ ދެލޯ ބޮޑުކޮށްލުމަށްފަހު ދަތް ވިކާލީ ނުރުހުން ވެގެންނެވެ. “އަދި މި ދެ އަތުން ނުޖަހައިގެން ދޯ ތި އުޅެނީ؟” އަޔާނީ ރުޅިއައިސްފައި ޔައީޝް އާއި ދިމާލަށް ބުނެލިއެވެ. ޔައީޝްއަށް މީހަކު އެބަ އެއްޗެކޭ ކިޔައޭވެސް ހިތަކަށް ނޭރިއެވެ. އޭނަ ހެވިލައިފައި ހުރީއެވެ.
“ކިހާ މަޖާ ތި ތިން މީހުން އެއްކޮށް އުޅޭއިރު.. ޒަޔާން މެންވެސް ފޮނިކަމުން ނައި ވިއްޔަ އިތުރަށް ކިޔަވާކަށް.. ފޮނި ބައެއް އެއީ ސަހާދެ..” ޔައިޝް އެތަނުގައި ހުރި ގޮތަށް ހުރެ ޒަޔާން އަށާއި އަދްޔަން އަށް ކުދި ކިޔާލިއެވެ. އޭނާގެ އެންމެ ގާތް އެކުވެރިން ނެތުމުން އޭނާ ވަނީ އަމަށަކު ފޫއްސެއް ނޫނެވެ. ފުރަތަމަ ދެތިން ދުވަހު އޭނާ ހުރީ މޮޔަވާން ގާތް ވެފައެވެ. ފޫހިވާ ވަރުންނެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއްނެތެވެ. އޭނާގެ ކްލާހުގައި އުޅޭ ކުދިން އޭނާއާއި ގިނައިން ވާހަކައެއްވެސް ދައްކަނީއެއް ނޫނެވެ. އެހެންކަމުން އޭނާ އިންނަން ޖެހެނީ އަނގައިގައި ތަޅު އަޅުވައިގެންނެވެ.
އުފާވެރި ވަގުތުކޮޅަކަށްފަހު ހަތަރު މީހުން އެމީހުންގެ ކްލާސްތަކަށް ދާން މިސްރާބު ޖެހިއެވެ. ޒިވާއާއި އެއްކޮށް އޭނާގެ އެންމެ ގާތް ދެ އެކުވެރިންވެސް އިންތަނުން ތެދުވެގެން ކްލާހާ ދިމަލަށް ދާން މިސްރާބު ޖެހިއެވެ. ކެންޓީނުން ނިކުމެ ނިކުމެ ހުއްޓާ ކޮންމެވެސް ކުއްޖަކު ކައުންޓަރ އިން އެނބުރިލީ ގަޑީގައި އޭނާގެ އަތުގައި ހުރި ކާ އެއްޗެހި ޒިވާގެ ޔުނީފޯމުގައި ހޭކުނެވެ. “ސޮރީ.. އައިމް ރިއަލީ ވެރީ ސޮރީ..” އެކުއްޖާ ވަރަށް ދެރަވެލައިފައި ޒިވާގެ ގާތުން މާފަށް އެދުނެވެ. އަދި ޒިވާ އެއީ މައްސަލައެއް ނޫން ކަމަށްބުނެ ފާޚާނާއަށް މިސްރާބު ޖެހިއެވެ. އަޔާނީ އާއި މައިހާ ތިބީ އެކުއްޖާގެ އެ ޢަމަލުން ކުޑަކޮށް ހިތްހަމަ ނުޖެހިފަ ނަމަވެސް ޒިވާގެ ހިތްހެޔޮ ކަމުން އެމީހުންގެ ހިތްވެސް މަޑު ކަފަކޮޅަކަށް ވެގެން ދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ.
އެކުއްޖާ ޒިވާމެންނާއި ދިމާލަށް ބަަމުން ބަލަމުން ދިޔައެވެ. ނަމަވެސް ޒިވާމެން ތިބީ އެކުއްޖާއަށް ފުރަގަސް ދީގެން ކަމުން އެކަމެއް އެމީހުންނަކަށް ރޭކާވެސް ނުލައެވެ. ޒިވާމެންނަށް ކްލާހަށް ވަދެވުނީ ހަމަ ކިރިޔާއެވެ. ބެލް ޖެހީ އެމީހުން ކްލާހަށް ވަދެފަ ދެތިން ސިކުންތުވެސް ނުވަނީހެވެ. ފުން ނޭވާއެއް ލަމުން ޒިވާ އޭނާގެ ގޮނޑީގައި ހަމަޖެހިލީ ގާތުގައި އިން ހުދާ އަށް ހިނިތުން ވުމެއް ހަދިޔާ ކޮށްލަމުންނެވެ.
ޔައީޝް އޭނާގެ ގޮނޑީގައި އިނީ ފޫހިވެގެން ގޮސް ހަލާކުވާ ވަރުވެފައެވެ. ދެން އޮތީ ދިވެހި ގަޑިކަމުން އޭނާ މޮޔަވާ ވަރުވިއެވެ. އެ ގަޑި އެއީ އޭނާ އެންމެ ފޫހިވާ ގަޑިއެވެ. ކިޔަވަދޭން އަންނަ އަދުހަމް ސަރ އަންނާނީ ގަޑިއަށް ތައްޔާރު ނުވެއެވެ. ދެން އެކި އަނގަ ތަޅުވާލަ ތަޅުވާލައި ހުރެފަ ގަޑި ނިމުނީމަ ކްލާހުން ގޮސްދާނެއެވެ. ވާހަކަ ދައްކާނީވެސް އެހާ ލަހުންނެވެ. ޔައީޝް އަށް ކަޅި މައްޗަށް ހިންގާލެވުނީ ފޫހިވީވަރުންނެވެ. އޭނާ ބޭނުންނަމަ އެގަޑީގައި ނިދާވެސް ލެވޭނެއެވެ. ނަމަވެސް އެހެން ކުދިން އަޑުގަދަ ކުރާތީ އެކަމެއްވެސް ވާކަށް ނޯވެއެވެ. އެހެން އިންދާ ދިވެހި މުދައްރިސް ކްލާހަށް ވަދެގެން އައި ތަން ޔައީޝް އަށް ފެނުނެވެ. އަދި ސަލާމް ގޮވުމުން ހުރިހާ ކުދިން ވެގެން ސަލާމް ބަލައިގަތެވެ. ޔައީޝްވެސް އޭގައި ބައިވެރިވިއެވެ. އަދުހަމް އައި ގޮތަށް އައިސް ޑެސްކުގެ އަރި މަތީގައި ކުޑަކޮށް އިށީނދެލިއެވެ. ދެން އެ ފަށަނީ ބޮޑޫތަކުރުފާނު ވާހަކައޭ ޔައީޝްގެ ހިތަށް އެރިއެވެ. އެހެންވެ އޭނަ މޭޒުގައި ބޯ އަލާލިއެވެ.
ޔައީޝްއަށް އެގަޑީގެ ފަހުން އެހެން ގަޑިއެއްވެސް ކިޔަވާހިތުން ނުކިޔެވެއެވެ. ނަމަވެސް ޒިވާ ގަޑިތައް ނިންމަމުން ދިޔައީ ފޫހިކަމެއްނެތި ހިތްހަމަ ޖެހިލައިގެންނެވެ. ސެޝަން ނިމި ގެއަށް ދާން ވެގެން ކްލާހުން ނިކުންނަނިކޮށް ޒިވާއަށް މަޑުކޮށްލެވުނީ ސްކޫލުން ކޮންމެވެސް އެނައުންސްމެންޓެއް ގޮވާ އަޑު އިވިގެންނެވެ. މި މަހަކީ ސްކޫލުގެ ސްޕޯޓްސް މަންތް ކަމުން ކުރިއަށް އޮތް ދެހަފްތާގަ އެކި ކުޅިވަރުތައް ފެށިގެން ދާނެ ވާހަކަ ކިއެވެ. އަދި އެކި ކުޅިވަރުތަކުގައި ބައިވެރިވާން އެދޭ ކުދިން ފޯމު ހުށަހެޅުމަށްވެސް ބުންޏެވެ.
ޒިވާވެސް ބާސްކެޓްބޯލްގައި ބައިވެރިވާނަމޭ ހިތާ ކްލާހުން ނިކުތެވެ. އެއިރު މައިހާ އާއި އަޔާނީ ވެސް ދަބަސްތައް އަޅުވަމުން އެދިމާލަށް އަންނަނީއެވެ. “ޔާނީއާ މައި ބައިވެރި ނުވާނަންތަ އެއްޗެއްގަ؟” ޒިވާ އެ ދެކުދިންނަށް ބުނެލިއެވެ. “ނޫން.. ޔާނީ ބައިވެރި ވާނަން.. ޒިވް ބައިވެރި ނުވަންތަ؟” އަޔާނީ ބަދަލުގައި ސުވާލެއް ކޮށްލިއެވެ. ޒިވާ ޖަވާބުދޭން އަނގަ ހުޅުވާލަނިކޮށް މައިހާ އޭނާގެ ޚިޔާލުވެސް ފާޅު ކޮށްލިއެވެ. “ކީއްކުރަން ބައިވެރިވާ އެއްޗެއް.. ނުވާނެ… ދެން އުޅެން ޖެހޭނީ އެހަފްތާ ހޭބޯނާރާ.. ފިލާވަޅުތަކާއި ކުޅިވަރުތަކާ.. މައި އަކަށް ނުވާނެ..” މައިހާ ފޫހިވެފައި މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. “މައި ވެސް… ޔާނީ އާއި ޒިވްވެސް ބައިވެރި ވަމޭ.. ވަރަށް މަޖާ ވާނެ… މައި ވެސް ދެން މިފަހަރު ބައިވެރި ވާން ވީނު.. ޕްލީޒް.. މައި އެކަންޏޭ ބައިވެރި ނުވަނީ.. އަހަރެމެން ދެމީހުންނަށްޓަކައި ބައިވެރިވެބަލަ ދެން.. ޕްލީޒް މައި.. ޕްލީޒް..” ޒިވާ މައިހާ ގާތު އާދޭސް ކުރަން ފެށިއެވެ.
ޒިވާ އާއި އަޔާނީގެ އާދޭހަށް ކެތް ނުކުރެވިގެން މައިހާ އެންމެ ފަހުން ޤަބޫލު ވިއެވެ. އެކަމަކު އޭނާ ޝަރުތެއްގެ މަތިންނޭ ބުނުމުން ޒިވާ އާއި އަޔާނީގެ މޫނުގެ ކުލަ އޮއްސުނެވެ. އަދި އެއީ ކޮން ޝަރުތެއްތޯ ދެމީހުންވެސް އެއްފަހަރާ ސުވާލު ކޮށްލިއެވެ. “އެންމެންވެސް އެކައްޗެއްގަ ބައިވެރިވަނިކޮށް މައި އަށް މައްސަލައެއް ނެތް…” އެހެން ބުނުމުން ދެމީހުންވެސް ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު ކަންތައް ކުރާނީ އެގޮތަށް ކަމަށް ބުންޏެވެ. އަދި ބައިވެރި ވާނޭ ކުޅިވަރަކާއިގެން މަޝްވަރާ ކުރަމުން ސިޑިން ފައިބައިގެން ދިޔައެވެ. “ބާސްކެޓްބޯލް..” އަޔާނީ އާއި ޒިވާއަށް އެއްފަހަރާ ބުނެލެވުނެވެ. ކުޅިވަރު ކަނޑައަޅަން ޖެހުނީ އެދެމީހުންނަށްކަމުން ދެމީހުންނަށްވެސް އެއް ޚިޔާލަކަށް އިއްތިފާގުން ތާއީދު ކުރެވުނެވެ. އެހެން ކަމުން ލަސް ނުކޮށް ސްކޫލް އޮފީހަށް ދިޔައީ ފޯމު ނަގާށެވެ.
“އަނހަ.. ކޯންޗެއްގަ ތިން މީހުން ބައިވެރި ވަނީ..” އޮފީހަށް ވަންނަށް ދިމާކޮށްލި ތަނާ އެމީހުންނަށް ޔައީޝް އާއި ދިމަވިއެވެ. ޔައީޝްވެސް އެއުޅެނީ އެތަނުން ފޯމެއް ނަގަން ގޮހޭ ޒިވާގެ ހިތަށް އެރިއެވެ. “ބާސްކެޓްބޯލްގަ ބައިވެރިވަނީ އަހަރެމެން.. ޔައީޝް ކޮން އެއްޗެއްގަ؟” ޒިވާ ހެވިލައިފައި ހުރެ ޔައީޝް ގާތު އެހިއެވެ. “ދެން އިނގޭނެއްނު ދޯ ޔައި ފުޓްބޯލް ނޫން އެހެން އެއްޗެއްގަ ބައިވެރި ނުވާނެކަން.. އިނޓަރ ހައުސްކޮށް އޮތީވެސް..” ޔައީޝް އެހެން ބުނެލުމުން ހައުސް މަތިން ޒިވާމެންނަށް ހަނދާން ވީ އަދި ކިރިޔާއެވެ. އެކަކު އަނެކަކަށް އަދި އެމީހުން އެމީހުންގެ ހައިސްތަށްވެސް ނުކިޔައިދެއެވެ. “މައި ކުރެދި..” މައިހާ ހެވިލައިފައި ބުންޏެވެ. “ޔާނީ ނިކަ..” އަޔާނީ ވެސް ބުނެލިއެވެ. އެވަގުތު ޒިވާ އުފަލުންގޮސް އަޔާނީ ގައިގައި ބައްދާލީ މިފަހަރުވެސް އެދެމީހުން އެއް ހައުސް އަކަށް ލައްވާލުމުންނެވެ. ޔައީޝް ބުނި ގޮތުގައި އޭނާވެސް ކުރެދި ހައުސް އެވެ. މައިހާ އުފަލުން ހުރީ އޭނާވެސް ވަކި ބާކި ނުވުމުންނެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. ޒިވާމެންވެސް އެ ދުވަހު ހަވިރު ބާސްކެޓްބޯލް ޕްރެކްޓިސް އަށް ދާންވެފައި ވުމުން ތިން ކުދިން އެއްކޮށް ސްކޫލަށް މިސްރާބު ޖެހިއެވެ. ސްކޫލުގެ ބާސްކެޓްބޯލް ކޯޓަށް މަޑުވެސް ކޮށްނުލައި އެމީހުން ވަދެގެން ދިޔަ އިރު އަދި އެއްވެސް ކުއްޖަކު ނާދެއެވެ. އެހެން ކަމުން އެމީހުން އެކަނި އަމިއްލައަށް ޕްރެކްޓިސް ކުރަން ފެށިއެވެ. ޒިވާއަކީ ކުޅިވަރަށްވެސް މޮޅު ކުއްޖެއް ކަމުން އޭނާ ދިޔައީ އޭނާއަށް އެނގުނު އެއްޗެއް ވިއްޔާ ދެން ތިބި ދެ ކުދިންވެސް ކިޔައިދެމުންނެވެ. އެގޮތުގައި އިރުކޮޅެއް ވާންދެން އެމީހުން ތިއްބާ ކުދިންތައް އަންނަން ފެށިއެވެ. މިއަދު މިއީ ޓީމް ނަގާ ދުވަސް ކަމުން މިއަދު އެ ތިން ކުދިންވެސް ތިބީ ކުޑަކޮށް ނުތަނަވަސްވެފައެވެ. އެހެން ނަމަވެސް އެކަން ފިލުވާލީ ﷲ މަތިން ހަނދުމަ ކޮށްލަމުންނެވެ.
ހިނދުކޮޅެއްގެ ތެރޭ އެކި ހައުސްތަކުން ކުދިންތައް ބަހާލުމަށްފަހު ފަހަރަކު ޓީމަކުން ކުދިންތައް އަރުވަމުން މެޗުތަކެއް ކުޅެން ފެށިއެވެ. ކުދިން އެހާ ގިނައިން ބާސްކެޓްބޯލްގައި ބައިވެރިވެފައި ނުވި ނަމަވެސް ހައުސްއަކުން ދެޓީމު ނޫނީ އެއްޓީމަށްވުރެ ދެތިން ކުދިން ގިނަކޮށް ތިއްބެވެ. އެހެން ކަމުން އެކަންތައް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މައިހާ އާއި އަޔާނީވެސް ތިބީ ނުހަނު ހިތްހަމަ ޖެހިފައެވެ. އެމީހުންގެ އެންމެ ރަނގަޅު ކުޅުން ދައްކާލެވުނީތީއެވެ. ޓީމް ބެހި އިރު ޒިވާ އާއި އަޔާނީ ދިޔައީ ދެޓީމަށް ކަމުން ޒިވާގެ ޓީމު ކުޅުނު އިރު އަޔާނީ އާއި މައިހާވެސް ތިބީ ބަލާށެވެ.
ޒިވާ ކުޅެމުން ދިޔަލެއް މޮޅުކަމުން އެންމެންގެ ތައުރީފުގެ ބަސްތައް އޭނާއަށް އޮހެމުން ދިޔައެވެ. އޭނަގެ ދެ އެކުވެރިންވެސް އެމަންޒަރުތައް ބަލަން ތިބީ އުފާވެފައެވެ. ނަމަވެސް ހަސަދަވެރިކަމުގެ ލޯތައްވެސް އޭނާއާއި ދިމާލަށް އަމާޒުވެފައިވީ މަދެއްކޮށެއް ނޫނެވެ. ޒިވާއަކީ އެއްވެސް ކަމެއްގައި ހިތްވަރު އެލުވާލާ ކުއްޖެއް ނޫންކަމުން އޭނާ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ކަށިން ހިތްވަރު ނެރެގެން ކުޅެމުން ދިޔައެވެ. އެއީ މިއަދުގެ އެންމެ ފަހު ޓެސްޓް މެޗު ކަމުން އެކުދިން ނިމުމުން ހުރިހާ ކުދިންވެސް ގެއަށް ދިޔައެވެ. ޒިވާވެސް ދަބަސް ނަގައިގެން މައިހާ އާއި އަޔާނީ އާއިއެކު ބާސްކެޓްބޯލް ކޯޓުން ނިކުމެގެން ގޭޓާއި ދިމާލަށް ދިޔައެވެ.
“އޭތް..” އެ ތިންކުދިންވެސް ހުއްޓުނީ ފިރިހެން ކުއްޖަކު އެކުދިންނަށް ގޮވާލުމުންނެވެ. ފަހަތަށް އެނބުރިލައި ބަލއިލި އިރު ދުވަމުން އެދިމާލަށް އައީ ޔައީޝް ނޫން ދެވަނަ މީހެއް ނޫނެވެ. “ކޮންކަމަކާ ހާދަ އުފާވެފަ؟” މައިހާ ޔައީޝް ގާތު އަހާލިއެވެ. “އުފާ ނުވާންވީ ކީއްވެ؟ ޔައި ހޮވުނޭ ޓީމް އަށް.. އަނެއް ކޮޅުން އަނެއް އުފާވެރި ޚަބަރު.. ޒަޔާން މި ސްކޫލަށް ޖޮއިން ކޮށްފި.. ދިމާވެސް ނުވޭ ދޯ އަދި ކަލޭމެންނާ.. އިއްޔެ ދިމާ ނުވީމަ ނުބުނެވުނީ.. އޭނަ ޖޮއިން ކުރީމަ ވަރަށް އުފާވެފަ މިހުރީ އަހަރެމެން ޓީމް ހޮވާއިރު އޭނާ ބޭނުންވީ ވަރުން.. އަލްޙަމްދުލިއްލާހް! އޭނަވެސް އަހަރެމެން ހައުސް އޭ.. އުފާ ނުވާނެތަ؟” ޔައީޝް އުފަލުން ގޮސް ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. މަައިހާ އެއްބުމަ އަރުވާލަމުން އެއީ ދެން އެވަރުގެ ކަމެއް ހެއްޔޭ އަހާލިއެވެ. އެހިނދު ޒިވާއަށާއި އަޔާނީ އަށްވެސް ހެވުނީ ޔައީޝްގެ އަނގަ ސަކަރާތް ވީގޮތުންނެވެ. އޭނާ ހަމަ ރަނަގަޅަށްވެސް ކަޑަ ވެއްޖެއެވެ.
“ދެން އަދްޔަން ނާދޭތަ؟” އަޔާނީ ސުވާލުގެ ނަޒަރަކުން ބަލައިލުމަށްފަހު ޔައީޝް ގާތު އެހެން އަހާލިއެވެ. “ހުމްމް.. ނާދޭ.. ބަޔަކު އޭނާއަށްޓަކައި އުފާކޮށްފާނެތީ ފޮނިކަމުން ނާދޭ.. އޭނާ ހުރި އެގާރަ ބާރަވެސް ނުކިޔަވަން.. އިނގެޔެއްނު ދެން އޭނާގެ ގޮތް.. އެކަމަކު އޭނަގެ ބައްޕާފުޅާ ހެދި ނުހުރެވުނު.. އެންމެ ފަހުން އެހެން ސްކޫލަކަށް ދާ ވާހަކަ ބުނި.. މިތަނަކަށް ނޫން..” ޔައީޝް ފޯރިއާއެކު ވާހަކަ ދައްކަން ހުއްޓާ ސްކޫލު ދޮރުމައްޗަށް ހުއްޓާލި ކަޅުކުލައިގެ ކާރު ފެނުނެވެ. އެ އައީ ޔަންހާ އެވެ. ނައިޝަމް ފުރުމުން މިއަދު ޔައީޝް ބަލާ އެ އައީ ޔަންހާއެވެ. “ޔައި..” އަތުން ހަނާ އަޅާލުމަށްފަހު ޔަންހާ ޔައީޝްއަށް ގޮވާލިއެވެ. ޔައީޝް ކާރު ކައިރިއަށް ދިޔަތަނާ ޒިވާމެން މަތިން ހަނދާންވެގެން އެމީހުން ކައިރީވެސް އަންނާށޭ ބުނަންވެގެން އެވާހަކަ ޔަންހާ ގާތު ބުންޏެވެ.
“ހެވޭ ނުބުންޏަކަސް.. މި ދަނީއޭ.. ޔައީޝްއަށް ހީވޭތަ ދޮންތަ އައިމަ އަހަރެމެން މިހެން ހިނގައިފަ ގޮސްދާނެހެން؟” ޒިވާ އެމީހުންނާއި އަރާ ހަމަކޮށްފައި ބުނެލިއެވެ. ޔައީޝް ކާރުގެ ކުރީ ދޮރުފަތް ހުޅުވާލިއިރު އެ ސީޓުގައި އިނީ ނަވާރް އެވެ. ގަދަ ނޫކުލައިގެ ވަށް ތިރިއެއް ލައިފައިވި ކަކުލާ ހަމައަށް އަންނަ ވަރުގެ ހެދުމެއް ނަވާރް ލައިގެން ހުއްޓެއެވެ. އަދި ހެދުމާއި ގުޅޭ ގޮތުން ބޮލުގައިވެސް އެކުލައިގެ ބޭންޑެއް އަޅައިފައިވިއެވެ. “ކުވޭގެ ސީޓް މިއަދު ކޮކީ އަށް..” އެހެން ބުނެ ނަވާރް އޭނާގެ ކުދި ކުދި ދަތްތައް ދައްކާލައިފައި ހިނި އައެވެ. “ނޫނޭ.. ކުވޭ ގެ އުނގުގަ ކޮކީ އިންނަން ޖެހޭނީ..” ނަވާރް ނެގުމަށްފަހު ނަވާރް އޭނާގެ އުނގަށް އަރުވަމުން ޔައީޝް ބުނެލިއެވެ. އެވަގުތު ނަވާރް އޭނާގެ ކުޑަކުޑަ އަތުން އޭނާގެ ނޭފަތުގައި ހިފާލިއެވެ. “މަންމި ކޮކީ ނުބޭނުން މިތާ އިންނަން… ކުވޭ އައްޗި..” ނަވާރް އެހެން ބުނުމުން ޔައީޝް އޭނާއަށް އިތުރަށް ޖެއްސުން ކޮށްލިއެވެ.
އެވަގުތު ޒިވާމެން ފަހަތު ދޮރު ހުޅުވާލުމަށްފަހު ސީޓުގައި އިށީންތަން ފެނިގެން ނަވާރް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “މަންމީ.. ކޮކީ ތިއްތު ކައިރިއަށް..” ނަވާރް ޔަންހާ ގާތު އާދޭސް ކުރަން ފެށުމުން ޔަންހާ ހެމުން މައްސަލައެއް ނެތޭ ބުނެލިއެވެ. “ހޫން.. ވަރިހަމައޭ.. ކުވޭ އަށް އުނދަގޫ ނުކޮށް އަވަހަށް ދޭ..” ޔައީޝް ކާރުގެ ދޮރު ހުޅުވާލުމަށްފަހު ޒިވާ އަތަށް ނަވާރް ދިނެވެ. އެވަގުތު އެންމެންވެސް ހީލިއެވެ.
އުފާވެރި ދަތުރަކަށްފަހު އެންމެންނަށްވެސް އަމާންކަމާއިއެކު ގެއަށްް ދެވުނެވެ. “ޒިވް ކޮބާ ކިހިނެތް ވީ މިއަދު؟ ރަނގަޅަށް ކުޅެވުނުތަ؟” ޒިވާ ގެއަށް ވަދެގެން އައި ތަން ފެނި ނޫރީން ޓީވީއިން ނަޒަރު ވަކިކޮށްލުމަށްފަހު ޒިވާއަށް ބަލަަހައްޓައިގެން ހުރެ ބުނެލިއެވެ. ޒިވާ އައި ގޮތަށް އައިސް ސޯފާގައި އިށީނދެލިއެވެ. ވަރުބަލި ވެގެންނެވެ. ކާރުގައި އައި ނަމަވެސް އަދިވެސް ވަރުބަލި ނުފިލާތީއެވެ. “އާހް.. މަންމާ ހާދަ ވަރުބައްޔޭ.. ހުމްމް.. މިއަދު އަދި ޓީމް ނުހޮވާ.. މާދަން ސްކޫލަށް ދިޔައީމަ އަންގާލާނަމޯ ބުނީ ކޯޗް.. ދެން ޒިވް އަކަށް ނޭނގެ ރަނގަޅަށް ކަމެއް ކުޅޭވުނީ.. ޒިވް ހިތުން ޒިވް ހިތްހަމަ ޖެހޭ ވަރަށް ކުޅެވިއްޖެ… ދެން ބަލަން ތިބި މީހުންނަށް އެނގޭނީ އެމީހުންނަށް ފެންނަ ގޮތެއް..” ޒިވާ އެހެން ބުނީވެސް މައި ނޭވާ ލަމުންނެވެ. ދެބަހުން އެއް ބަހުން ހުއްޓަމުންނެވެ. އެއީ އޭނާގެ މަންމައަށް ވެފައި ހުރި ވަރުބަލި ދެއްކުމަށްޓަކައި ޖައްސާލި މޮޅު އެކްޓެެވެ.
ނުރީންވެސް ހެމުން ހެމުން “ސާބަހޭ” އޭ ބުނެ ބަދިގެއަށް ވަނީ ޒިވާއަށް ލުނބޯހުތު ފަނިތައްޓެއް ގިރައިދޭށެވެ. “އަން.. މީ ބޮއެބަލަ ދެންވެސް.. މީހާ ތިއޮތީ ވަރުބަލިވެގެން ގޮސް ގުޑިނުލެވޭ ވަރުވެފައެއްނު.. ދެންވެސް އަވަހަށް ދޭ މި ބޮއެގެން ފެންވަރައިގެން އަންނަން..” ނޫރީން ފަނިތަށި ޒިވާއަށް ދިއްކޮށްލަމުން ބުނެލިއެވެ.
އާ ދުވަހަކަށް އިރު ފެނުން ތޮޅެލުމާއިއެކު ޒިވާވެސް ސްކޫލަށް ދާން ތައްޔާރުވެގެން ކޮޓަރިން ނިކުތެވެ. އޭނާއަށް ހައިރާންކަން ލިބުނީ ގޭތެރެއިން ޒައިފް ފެނުމުންނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ މާލޭގައި އުޅޭތާ މިހާރު ދުވަސްގަނޑެއް ވީއިރުވެސް ބައްޕަ ފެންނަނީ ހާހަކުން ފަހަރަކުއެވެ. “ހިނގާ މިއަދު ބައްޕަ އާއި އެކީ ކާރުގަ ދާން… ޓެކްސީގަ ދާނެކަމެއް ނެތެއްނު ބައްޕަ ހުއްޓަކާ..” ޒައިފް ހިނިތުން ވެލައިފައި އެހެން ބުނުމުން ޒިވާވެސް ބޯ ޖަހާލިއެވެ. ސައިބޮއެގެން އަވަހަށް ދަބަސް ކޮނޑުގައި އަޅުވާލަމުން ޒިވާ އޭނާގެ ބައްޕަގެ ފަހަތުން ގެއިން ނިކުތެވެ. ޒައިފް ހުރީ އަޅިކުލައިގެ ގަމީހެއް ލައިފައި ކަޅު ކުލައިގެ ފަޓުލޫނެއްގައެވެ. އަދި ބެގީކޮށްލައިފައި ޓައީ އަޅައިފައި ވުމުން ވަރަށް ރަސްމީ ވައްތަރު ޖަހައެވެ. އޭނާގެ ބޯ އެއްފަރާތަކަށް ސްޓައިލް ކޮށްފައިވީގޮތުން އުމުރުން ސާޅީސް އަހަރު ވީއިރުވެސް ޒުވާންކަން ފާނޑުނުވާ ފަދައެވެ.
“މަންމަ ބުނި ދަރިފުޅު ބާސްކެޓްބޯލްގަ ބައިވެރިވެގެން އުޅޭ ވާހަކަ.. ކިހިނެއް ކުރިޔަށް ދަނީ؟” ކާރުގައި އިނދެ ޒައިފް ހިނިތުންވެލައިފައި ޒިވާ އަށް ސުވާލު ކޮށްލިއެވެ. އޭނާ އުޅެން ޖެހިފައިވާ ގޮތުން ދަރިފުޅުގެ ހާލެއްވެސް ބަލައިލެވެނީ ހާލަކުން ފަހަރަކުއެވެ. “ލައްބަ.. ހަމަ ބަރާބަރު.. މިއަދު އިނގޭނި ހޮވުނު ކުދިން.. އެހެންވެ ނާވަސް ވަނީ..” ޒިވާ ވެސް ހިނިތުން ވެލައިފައި އިޙްތިރާމާއިއެކު އޭނާގެ ބައްޕައަށް ބުނެލިއެވެ. “ކީއްކުރަން ނާވަސް ވާންވީ؟ ﷲ މަތިން ހަނދުމަ ކުރޭ… އެކަލާނގެ ފަރާތުން އުންމީދު ކަނޑާލާކަށް ނުވާނެ.. އުންމީދުގެ ހުޅުކޮޅު ނިންވާލަކަށް ނުވާނެ އެއްގޮތަކަށްވެސް.. އިނގޭ ދަރިފުޅާ..” ޒައިފް ނިކަން ލޯތްބާއިއެކު އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށް ވިސްނައިދިނެވެ. ޒައިފް އެހެން ބުނުމުން ޒިވާވެސް ހިނިތުން ވެލަމުން ބޯ ޖަހާލިއެވެ.
ސްކޫލަށް އާދެވުމުން ޒިވާ އޭނާގެ ބައްޕަ ގާތު ދަނީކަމަށް ބުނެ ހިނިތުން ވެލައިގެން ހުރެ ކާރުން ފައިބައިގެން ދިޔައީ ދެން ވާނީ ކިހިނެއް ކަމާމެދު ކުޑަކޮށްވެސް ވިސްނާލުމެއް ނެތިއެވެ. ޒައިފްވެސް ހިނިތުންވެފައި ކާރުގައި އިރުކޮޅެއް ވާންދެން އޭނާގެ ލޯބިވާ ދަރިފުޅު ދިޔަ ތަން ބަލަން އިނެވެ. އެއަށްފަހު އަތުކުރީ ގަޑިއަށް ބަލާލުމަށްފަހު އޭނާގެ ކަޅުކުލައިގެ ކާރު ސްޓާޓް ކޮށްލައިފައި އެތަނުން ދިޔައެވެ.
(ނުނިމޭ)
22 Comments
Comments are closed.
me dhw first yeyy vv reethi
yess.. unique dear first.. 🙂
Ma Sha Allah.. V reethi waahaka eh mee
jazakillah khairan Shaai dear.. 🙂 vrh ufaavehje thihen bunelyma.. 🙂
Oh yes…..up vy…….maasha allah mi part ves ham super…..maasha allah…maai allah thi kuraa bura massakathu gai barakaai lahvaashi…..aameen
dear….wen is nxt prt???
hehe.. yess.. up vehje dhw dear.. 🙂 jazakillah khairan dear.. 🙂 vrh ufaavehje dear thihaa supportive v ma.. 🙂 aameen.. maaiyy allah thibaage faafa fussavaa thibaa ah heyo rahmaiyy lavvaashi… aameen.. 🙂
alhey dear. noor dhnme comment fonuvaali iru adhi thi comment mathin handhaan nethuny.. hehe.. miadhu in sha allah, noor balaanan nxt episode up kohdheveytho.. 🙂
Masha Allah vvv reethi….
jazakillah khairan Shiman dear.. 🙂
Vvvvvvvv nice ………….. Noor sis.. I m waiting for next…… plx…..a as koh dheebala……..no or sis
jazakillah khairan ira dear.. 🙂 aww.. keep waiting dear.. alhey dear.. hama mi ready vany in sha allah, nxt bai up koh dheveytho.. ingey ira sis.. 🙂
Varah reethi…
jazakillah khairan Faathimath dear.. 🙂
Varah reethi. Next part avas kohdheeba
jazakillah khairan Malaak dear.. 🙂 dear, noor hama avas kohdheveytho mi try kurany ingey.. 🙂
heyyy noor dear..this story is awesome dear hama varah reethi ingey…waiting for the next part keep it up girl
jazakillah khairan suty dear.. 🙂
Nooraa
…
Hey noor.. This part hama perfect. Adhi kiriyaa mi kiyuni.. ???vvv reeethi I luv it ??????????
jazakillah khairan Maya.. 🙂 it’s ok dear.. 🙂 jazakillah khairan dear.. 🙂