Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 10

hygge Level 510 Stories100 Comments100 Login500 Comments
May 26, 2018 15 Mins Read
39 Comments

ޒިވާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ރައިފާގެ ހިތުގައި ބަދަލު ހިފުމުގެ ރޫޙު އެވަނީ ހާދަވަރަކަށެވެ. ރައިފާއަށްތަކައި އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މިފަހަރުވެސް އޭނާ ހަމްދަރުދީ ވިއެވެ. ނަމަވެސް ހިތާމައަކީ ރައިފާއަށް އެއިން ކަމެއް ރޭކާވެސް ނުލާ ކަމެވެ. އަމިއްލަ ދަހިވެތިކަމުގައި އޭނާ އެވަނީ ބެހިގެން ގޮސް މާ ދުރަށް ގެއްލިފައެވެ. އަތު އަޅުވާލަންވެސް އުނދަގޫވާ ހިސާބަށް ގޮއްސައެވެ. ނަމަވެސް ޒިވާ ﷲގެ ހަޟްރަތުން އުންމީދު ކަނޑައެއް ނުލައެވެ. ރައިފާއަށްވެސް އަދި ކޮންމެވެސް ދުވަހަކުން ވިސްނޭނެ ކަމަށް އޭނާ ޤަބޫލު ކުރެއެވެ.

ޒިވާ އަނެއްކާވެސް ސަލާމަތް ވުމަށްޓަކައި ގަދަ ހަދާން ފެށިއެވެ. އެވަގުތު ރައިފާ އަތުން އިޝާރާތެއް ކޮށްލުމާއިއެކު ފަހަތުގައި ހުރި މީހަކު ޒިވާގެ އަނގައިން ދޫކޮށްލިއެވެ. ޒިވާ ދާން ވެގެން ދުއްވައިގަންނަން އުޅެނިކޮށް ރައިފާ އޭނާގެ އަތުގައި ހިފެހެއްތިއެވެ. “އަނހަ ހަ.. އަދިއެއް ނޫން.. މިއަދު ޒިވާ މިގެނައީ އަނބުރާ ފޮނުވާލާކަށް ނޫނޭ.. އެހެން ވީމަ ހަމަ މަޑުމަޑުން ބަސް އަހައިގެން މިތާ މަޑުކޮށްލާ..” ވިހަ ހިނިތުން ވުމަކާއިއެކު އަނެއްކާވެސް ރައިފާ ޒިވާ އަށް ބުނެލިއެވެ. ޒިވާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވޭވޭ ހުއްޓެވެ.

“ރައި ޕްލީޒް.. ހެޔޮނުވާނެ.. ޒިވް އަށް ގޯސްކޮށް ކަމެއް ކުރެވިފަ ވާނަމަ ވަރަށް ބޮޑަށް މާފަށް އެދެން.. އެކަމަކު ޕްލީޒް.. ޒިވް ދޫކޮށްލަބަލަ..” ޒިވާ އާދޭހާއިއެކު އެހެން ކިޔަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނަ ހިލެމުން ދިޔައެވެ. ކޮންފަދަ ނުބައި އަންހެން ކުއްޖެއް ހެއްޔެވެ؟ އެއީވެސް އަންހެން ކުއްޖެއް ވިއްޔާއެވެ. އޭނާއަށްވެސް ޒިވާގެ އިޙުސާސްތައް ދެނެގަނެވެން ވާނެ ނޫންހެއްޔެވެ؟ ޒިވާ އެވަރަށް އާދޭސް ކުރިއިރު ރައިފާ ހިރުވާތާ ކަހާވެސް ނުލިއެވެ. ނަމަވެސް އޭނާގެ ރުޅި ވީ ހައްތަހާ ގަދައެވެ. “ގޯސްކޮށް ކަމެއް ކުރެވިފަ ވާނަމައޭ؟ ކަލެއަށް ގޯސްކޮށް ކިތަން ކަންތައް ކުރިން މަށާއި ދޭތެރޭ.. އޭނ؟ ދެން ތިބުނީ މާފޭ.. ކަލެއަށް މާފު ޙައްޤުތަ؟ ލަދެއްވެސް ނުގަނޭތަ ތިހެން އަހާކަށް؟” ޒިވާގެ އާދޭހުގެ ބަސްތައް ވީ ރައިފާގެ ރުޅީގެ އަލިފާނަށް އެޅުނު ދަރުތަކަކަށެވެ. ހުޅުގަނޑު ފަޅައިގެން ދިޔައީ އިސާހިތަކުއެވެ. ރައިފާގެ ނަޒަރުގައި ކުއްވެރިޔަކީ ޒިވާއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އޭނާ ވަނީ ޔައީޝްގެ ލޯތްބަށް ފެންބޮވައިގަނެފައެވެ.

ރައިފާ އޭނާގެ އަތަށް ކުއްލިޔެއް ޖަހާލުމާއިއެކު ޒިވާ އޭނަޔާއި ވީ ފަރާތަށް އަނބުރާލިއެވެ. އަދި އެ އަތުގެ ހޫނު ހަމަލާއެއް ޒިވާގެ މޫނުމައްޗަށް އަރުވާލިއެވެ. “މިއީ ކަލޭ މަށަށް ވުރެ ކިޔެވުމުން ކުރި ހޯދީމަ.. މަޑުން ހުރި ނަމަ މިހެން ނުވީހެއްނު..” ދަތްކުނޑި ވިކާލައިފައި ރައިފާ ވާހަކަ ދެއްކިއެވެ. އަނެއްކާވެސް އެ އަތުގެ ބާރު ޙަމަލާއެއް ޒިވާގެ މޫނުމައްޗަށް ފޮނުވާލިއެވެ. މިފަހަރު ޒިވާގެ ތުންފަތް ކައިރިން ތަންކޮޅެއް ފަޅައިގެން ގޮސް ލޭވެސް އަޔެވެ. ނަމަވެސް އެ ހަރު ހިތަކަށް އޭގެން ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟ އެމަންޒަރު ބަލަން ހުރި މީހެއްގެ ހިތަކަށް ގައިމު ކެތެއް ނުވާނެއެވެ. ނަމަވެސް އެއީ އިންސާނިއްޔަތުކަން ހުރިނަމައެވެ. ކައިރީގައި އެ ހުރިހާ މަންޒަރެއް ބަލަން ހުރި ފިރިހެން ކުއްޖާއަށް އަސަރެއް ނުކުރީ އޭނާގެ އިންސާނިއްޔަތުކަން ނެތީމައެއް ނޫންހެއްޔެވެ؟ ދެ ޖީބަށް އަތް ޖަހާލައިގެން ކުޅިވަރު ބަލަން އޭނާ ހުރި އިރު އެއްޗެކޭ ބުނަން ހިތަށްވެސް ނާރުވާ ކަހަލައެވެ. ކޮންފަދަ ނުބައި ބައެއް ހެއްޔެވެ؟

ތިންވަނަ ފަހަރަށްވެސް އެ މޫނުމަތީގައި ޖަހަން ރައިފާ ހިއްލާލި އަތް ގުޑުވައެއް ނުލެވުނެވެ. އޭނާގެ އަތުގައި ކޮންމެވެސް މީހަކު ހިފަހައްޓައިފިއެވެ. “އިނަފް..” ނުހަނު ގާތުން މީހަކު ހަޅޭތް ލަވައިގަތުމުން ރައިފާ ދިޔައީ ސިހިގެންނެވެ. އިސްދަށަށް ޖަހައިގެން ރޮވިފައި ހުރި ޒިވާވެސް އެވަގުތު ސިހުނެވެ. އިސްއުފުލާލައި ބަލައިލެވުނީ ބޭ އިޚްތިޔާރައެވެ. ކައިރީގައި ރުޅިން ފަޅައިގެން ދާން ގާތްވެފައި ވި ޔައީޝް ފެނިފައި ރައިފާއަށް ދެލޯ ބޮޑުކޮށްލައިފައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. “އިނަފް އިޒް އިނަފް.. ވަރަށް ކެތް ކޮށްފިން މިގޮތަށް.. އެކަމަކު ދެން ކެތެއް ނުވާނެ.. ރައިފާއަށް ހީވީތަ މަ ރައިފާއާއި ރައްޓެހި ވި ލޯބިންނޭ؟ ހަހަ.. އެހެން ވިއްޔާ ތިއީ ވަރަށް ބޮޑު ކުއްހީއެއް.. ތި ރައިފާ ދެކެ މަ ދުވަހަކުވެސް ލޯތްބެއް ނުވަން.. އަދި ނުވެސް ވާނަން.. އިން ޝާ ﷲ..” ޔައީޝް ހީވަނީ ރުޅި އައިސް ހުރި ވަރުން ރައިފާގެ ގަޔަށް ބޮލަށް އަރައިފާނެހެންނެވެ. އޭނާ ރުޅި އައިސް ހުރި ވަރުން ވާހަކަ ދެއްކުނީވެސް މީގެ ކުރިން ވާހަކަ ދައްކާ ގޮތަކަށް ނޫނެވެ. ކައިރީގައި ޔައީޝްއަށް ބަލަހައްޓައިގެން ހުރި ޒިވާ ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ބުނާނެ އެއްޗެއް ނޭގިފައެވެ. ޔައީޝް އެ ދައްކާ ވާހަކައެއް އޭނާއަކަށް އެއްގޮތަކަށްވެސް ފަހުމެއް ނުވެއެވެ.

“އާން.. މަ ކަލޭ ދެކެ ލޯތްބެއް ނުވޭ.. ކަލެއާއި ރައްޓެހި ވީވެސް ނުހަނު ބޮޑު މަޤްސަދެއްގަ.. މި ނިކަމެތި އަންހެން ކުއްޖާ ތި އަނިޔާވެރި ވަކިތަކުން ސަލާމަތް ކުރަން ވެގެން.. ހަ މަސް.. ހަ މަސްދުވަސް މަ މިގޮތަށް މި ކެތް ކުރީ.. އެކަމަކު ދެނެއް ނޫން.. ދެން ނުވާނެ.. ތަންކޮޅެއް ކުރިން އެއްދުވަހު މަށަށް ރައިފާ އާއި ދޭތެރޭ ޝައްކު ކުރެވުނު.. ޒިވް އަށް މިހެން ހަދަނީ ކާކުތޯ ވިސްނަނިކޮށް އެއީ.. އެ ހިސާބުން އެކަން ހޯދަންވެގެން ރައިފާއާއި މި ޔައީޝް ރައްޓެހި ވީ.. އިތުރު އެއްވެސް ބޭނުމަކު ނޫން.. ޒިވް އާއި ދިމާލަށް އެއްޗެއް ކީ ނަމަވެސް އެއީ ތި ދެލޮލުގަ އެޅުވި އަނދުނެއް.. ހިތް މަތީ އަތް އަޅައިގެން ހުރެގެން ކޮންމެފަހަރަކު އެ ހުރިހާ އެއްޗެއް ކިޔަނީ.. ތި ހިތަކަށް ނާރާތަ އަންހެން ކުއްޖަކާ ދިމާލަށް އެވަރަށް އެއްޗެހި ކިޔާ ޖެއްސުން ކުރާއިރު އޭނާގެ ހިތަށް ވާނެ ތަދެއް؟ އޭނ؟ ޔައި އަށްވެސް ކެތް ވެގެންނެއް ނޫނޭ ޒިވް އަށް އެހެން ހެދީ.. މި ނޫން ގޮތެއް ނެތީމަ އެ ފަކީރާއި ދިމާލަށް އެހާ އެއްޗެހި ކީ.. ބަލަން ހުރޭ.. ދެންވެސް ތި ރައިފާ އަކަށް ނުވިސްނޭނެ.. އެކަމަކު ބުނަން؟ ރައިފާއަކަށް ދެން ޔައީޝްގެ ރުހުމެއް ދުވަހަކުވެސް ނުލިބޭނެ.. ދުވަހަކުވެސް..” ޔައީޝް އެ ހުރިހާ އެއްޗެއް ކިޔާ ނިންމާލީ ހިތާމައާއި ރުޅިއާއި އެކީއެވެ.

ނިންމާލި އިރު އޭނާގެ ލޮލުން ކަރުނަ ފާޅުވާން ހުއްޓެވެ. ނަމަވެސް ހިތްހަމަ ޖެހުން ލިބިފައިވީ ލައްކަ ދުވަހު ކެތް ކޮށްގެން ހުރެފައި އެ ހުރިހައި ކަމެއް ހިތުން ނެރެ އެއްލާލެވުމުންނެވެ. އޭނާގެ ހިތުގެ ރާނީއާއި ދިމާލަށް އެތަކެއްޗެއް އަމިއްލަ ދުލުން ބޭރުކުރެވޭއިރު ދެރަ ނުވާނީ ފަހެ ކޮން ފިރިހެން ކުއްޖެއް ހެއްޔެވެ؟ އޭނާގެ ލޮލުން ކަރުނަ ދެކެން ބޭނުން ވާނީ ކާކުހެއްޔެވެ؟ ޔައީޝްގެ ސަބަބުން ޒިވާއަށް އެހާލު ޖެހުނީތީ އޭނާ ރުއީ ކިތަށް ރޭ ކަމެއް ދެނެވޮޑިގެން ވަނީ މާތް ﷲ އެވެ. އޭނާގެ އެ މަޖުބޫރީ ޙާލަތު އަވަހަށް ނިންމެވުމަށް އެދި ދުޢާ ކުރެވުނީވެސް ކިތަށް ފަހަރުކަމެއް ޚުދު ޔައީޝްއަކަށްވެސް ނޭނގެއެވެ. އޭނާ މިހާރު އެހުރީ ޒިވާ އޭނާއަށް މާފުކޮށްފާނެ ކަމާމެދުވެސް ޝައްކެއްގެ މަތީގައެވެ.

ބަސް ހުއްޓިފައި ހުރި ޒިވާއަށް އިތުރަކަށް އެންމެ އެއްޗެއްވެސް ނުބުނެވުނެވެ. އޭނާއަށްޓަކައި މި ފިރިހެން ކުއްޖާ އެ ވީ ހާދަހާ ބޮޑު ޤުރުބާނީއެކެވެ. ޔައީޝް އޭނާއަށްޓަކައި އެ ކެތް ކުރީ ބައި އަހަރު ދުވަހުއެވެ. އޭނައަށްނަމަ އެކަން ހަމަ ގައިމުވެސް ނުވީހެވެ. ޒިވާގެ ލޮލުން ކަރުނަ ނީރާލީ ބޭއިޚްތިޔާރުގައެވެ. ޔައީޝް އާއި ދޭތެރޭ ނުބައިކޮށް ދެކެވުނީތީ އަމިއްލަ ނަފްސަށް ރުޅި އާދެވުނެވެ. ލަދުގަތެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އެއިރު އޭނާ ނޫނަސް ކޮންމެ މީހެއް ނަމަވެސް ޔައީޝް ދެކެ ރުޅި އާދެވޭނެއެނެ.

“ދެން އިނގޭތަ؟ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މިހިރަ ފިރިހެނާ އާއި ބައްދަލު ކުރަން އެ ފަޅުގެއަށް ދާއިރު ހީކުރަން ދޯ އެއްވެސް މީހަކަސް ނޭނގޭނެޔޭ؟ ނޫން.. މަށަށް އެކަމުގަ އެންމެ ބޮޑަށް އެހީތެރިވެދިނީ އަދްޔަން އާއި ޒަޔާން.. އެ ދެމީހުންގެ އެހީގައި އަހަންނަށް އެކަން އެނގުނީ… އެ ދެމީހުން ކައިރީ މަ ދެއްކިން ރައިފާ ގެ ވާހަކަ.. ރައިފާއަށް ޝައްކު ކުރެވޭ ވާހަކަ.. އެ ފަހުން އަހަރެމެން ޕްލޭން އެއް ހެދީ.. އެ ޕްލޭން ގެ ދަށުން މި ހުރިހާ ދުވަހު ހުރިހާ ކަމެއް މިވީ.. މިރޭ މިތަނަށްވެސް އެ ދެމީހުން އަދި އަންނާނެ.. އެންމެ ފުރަތަމަ ދުވަހު އެކަންތައް ވީ އިއްތިފާގަކުން.. ޒަޔާން އަށް އެދުވަހު އެގޭ ކައިރި ހުރި ޕާކުގަ ހުރެވުނީ.. އޭނާ ގެޔަށް އަންނަންވެގެން ހިނގައި ގަތް ވަގުތު ފެނުނީ އެގޭ ފުރަގަހުން އަންހެން ކުއްޖެއް ވަންނަނިކޮށް.. ރަނގަޅަސް ބެލި އިރު މި ވީ ތި ރައިފާ އަށް.. އެވަގުތު އޭނާ މަށަށް މެސެޖު ކޮށްފަ ބުނީ ރައިފާ އެތަނަށް ވަތް ވާހަކަ.. ދެން އަހަރެމެންނަށް ޔަގީންވީ މި ހުރިހާ ކަމެއްގެ ފަހަތުގަ ވާ މީހަކީ ތީ ކަން.. ރަނގަޅަށް ވިއްޔާ ޒިވް ގެ އަތް މަށައިގެން ދިޔަ ކަންތަކުގެ ފަހަތުގަ ވާ މީހަކީވެސް ތީ ކަންނޭނގެ.. ނޫންތަ؟ ބުނޭ.. މިރޭ މަ ކައިރީ ހުރިހާ ވާހަކައެއް ކިޔައިދީފަ ނޫނީ މިތަނަކުން ދާކަށް ލާހިކެއް ނޫން….” ޔައީޝްވެސް ހުރި ދޫދޭކަށް ނޫނެވެ. އޭނާގެ ރުޅި އައިއްސަ ހުރިވަރުން ހީވަނީ ގާތުގައި ހުރިއްޔާ ހުރި އެއްޗަކަށް ގެއްލުން ދޭން އުޅޭ ހެންނެވެ. ނަމަވެސް ގާތުގައި ހުރި ފިރިހެން ކުއްޖާ ހުރީ ބަސް ހުއްޓިފައެވެ.

“އާން… އާން މަގޭ އެކަންތައް ކުރީ.. އަޑު އިވިއްޖެތަ؟ މި ރައިފާއޭ އެކަންތައް ކުރީ.. ހުރިހާ ކަމެއްވެސް.. އަޅެ ތިހިރެ ފެންނަ އަންހެނާ ކޮންމެ ފަހަރަކު ކޮންމެ ކަމަކުން މަށަށްވުރެ ކުރި ހޯދައޭ.. ދެން މަ ހުންނަންވީތަ އަދިވެސް ހެވިދިލިފަ؟ އޭނ؟ ބުނެބަލަ.. މަ ވެސް މީ އިންސާނެކޭ.. ކެތް ކުރެވޭނީ ވަކި ވަރަކަށްނު.. އެ ދުވަހު ޒިވާއަށް ނޭނގޭ ގޮތަށް އޭނާގެ ފައިގަ އަލުވާލައިފަ އެތަނުން މަ ދުވެ ފިލީ.. އެކަމަކުވެސް އެ މޮޔަ ސިކުނޑިއަށް އެކައްޗެއްވެސް ނޭނގުނު.. ހެހެ… އެހެންވެޔޭ މަ އޭނަޔާއި ދިމާލަށް ކިޔަނީ ބޮލެއް ހަމައެއް ނުޖެހެޔޭ… އަދިވެސް ޔައީޝް އުޅޭނެ އެކަހަލަ މޮޔައިން ފަހަތުން.. ދެން އޭނާ ބޭޒާރުވި ކަންތައް ދޯ.. އެވެސް މަ ކުރި ކަމެއް.. މަށާއި މީނަޔާއި ކުރި މެސެޖުތަކެއް އެއީ.. ނަން ބަދަލުކޮށްފަ އެންމެނަށް އޭތި އާންމު ކުރީ.. ހަހަ.. އެކަމަކުވެސް އެކަށްވެސް ނޭނގުނެއްނު..” ރައިފާ ހީހީފަ އެވާހަކަ ދެއްކި ގޮތުން ހީވަނީ މޮޔަވެފަ ހުރި ހެންނެވެ. “ރައިފާ..” ޔައިޝް ބާރަކަސް ހަޅޭއް ލަވައިގަތެވެ. ޒިވާއަށްވެސް ސިއްސައިގެން ގޮސް ފަހަތަށް ޖެހިލެވުނެވެ. ޔައީޝް އެހާ ރުޅިއައިސް ހުއްޓާ އޭނާޔަށް ފެނުނު އަދި މިއީ ފުރަތަމަ ފަހަރެވެ. އެހެންޏާ ޔައީޝްއަކީ ރުޅި އިސްކުރާ މީހެއް ނޫނެވެ. އަބަދުވެސް ފެންނާނީ ކޮންމެވެސް ސަކަރާތެއްގަ އުޅެނިކޮށެވެ.

ޔައީޝް ރުޅި އައިސްގެން ހަޅޭތް ލަވައިގަތުމަށްފަހު ރައިފާގެ މޫނުމަތީގައި ޖަހަން މަޅާލި އަތް އެތާ ހުރި ފިރިހެން ކުއްޖާ ހިފެހެއްޓިއެވެ. އެއަށްފަހު ޔައީޝްގެ އެއަތް އޭނާ ފޮޅުވާލިއެވެ. އެއީ އޭނާ އަލިގަނޑަށް ނިކުތް ވަގުތު ވެސް މެއެވެ. ޒިވާއަށް ސިހުން ލިބުނީ އެ ފިރިހެން ކުއްޖާ ފެނުމުންނެވެ. އެއީ މިކަމުގެ ތެރޭގައި އުޅެފާނެކަމަށް އޭނާ ހީވެސް ކުރި ފަރާތެއް ނޫނެވެ. ޔައީޝްއަށް މާ ބޮޑު ހައިރާން ކަމެއް ނުލިބެއެވެ. އޭނާއަށް ކުރިންވެސް އޮތީ އެ ފިރިހެން ކުއްޖާ އެއީ ކާކުކަން އިނގިފައެވެ. “ކިހިނެއް ވެގެންތަ މިއުޅެނީ؟ ކޮންމެވެސް މީހަކު ކިޔައިދީބަލަ..” ދުވަމުން އައި މައިހާ އާއި އަޔާނީ އަދި އަދްޔަން އާއި ޒަޔާން ވެސް އެވަގުތު އެތަނަށް އައިސް ހުއްޓިލިއެވެ.

އެމީހުންގެ މޫނުމަތިން ފެނުނީ ނުތަނަވަސް ކަމެވެ. އެކަކަށްވެސް މިވަނީ ކިހިނެއް ކަމެއް ނޭނގެއެވެ. އަޔާނީ އާއި މައިހާ ވަގުތުން ޒިވާ އާއި ދިމާލަށް މިސްރާބު ޖެހިއެވެ. “ވެގެން އުޅޭ ގޮތް ކިތަންމެ ރަނގަޅަކަށްވެސް ކިޔައިދިފާނަން.. މިޔޮށް ހުރިހާ ދުވަހު ރައިފާ އާއި އެކީ މިކަމުގެ ފަހަތުގައި ހުރި މީހަކީ މިއީ.. މައިހާގެ ލޯބިވާ ނާއިޝް.. ޤަބޫލު ކުރިޔަސް ނުކުރިޔަސް މަށަށް ވަރިހަމަ.. ޙަޤީގަތަކީ އެއީ.. ހަ މަސްދުވަސް ވާންދެން އެ ރައިފާ އާއި އެކީ މަ ކެތް ކުރީވެސް މި ހުރިހާ ކަމެއް ފަޅާ އަރުވާލުމަށްޓަކައި.. މިރޭ މިތަނަށް އައީވެސް އެ ބޭނުމުގަ.. އުޅެނިކޮށް މިކަމެއް މި ވީވެސް.. ރައިފާއަށް ވަކިން ޕާޓީގެ އިންވިޓޭޝަން ކާޑް މަ ދިނީވެސް ހަމަ މި ބޭނުމުގަ..” ޔައީޝްގެ އަޑު މިހާރު ކުރިޔަށްވުރެ މަޑުވާހެން ވެސް އެބަ ހީވެއެވެ. އެހިތަށް ލިބިފަ ވަނީ ބަޔާން ކުރަން ދަތި ވޭނެކެވެ. އެކަކުވެސް އޭނާއަށް މާފުކުރާނެ ކަމެއް އެނގެނީކީ ނޫނެވެ.

ލިބުނު ބަޔާންކުރަންދަތި ޚަބަރުގެ ސަބަބުން މައިހާއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ހުރިތަނަށް އޭނާ ގަނޑުވިއެވެ. އެކަންތައް އޭނާ ދޮގުކުރާނިވެސް ކިހިނެއް ހެއްޔެވެ؟ ނާއިޝް އެހުރީ މިތާ ރައިފާ ގާތުގައެވެ. އަނެއްކޮޅުން އޭނާގެ މޫނުމަތީގައިވެސް އެއްވެސް އަސަރެއް ނުވެއެވެ. އިރުކޮޅެއް ވާންދެން އެހެން ހުރުމަށްފަހު އޭނާ ނާއިޝް އާއި ދިމާލަށް ބަލައިލިއެވެ. ކީއްވެހެއްޔޭ ބުނާފަދަ ގޮތަކަށެވެ. މަޑުމަޑުން އޭނާ ނާއިޝް އާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެއަށްފަހު އޭނާގެ ކުރިމައްޗަށް އަރާ އެ މޫނުމަތީގައި ބާރަކަށް ޖެހިއެވެ. ނާއިޝްވެސް ކޮލުގައި އަތް އަޅާލީ ތަދުވި ވަރުންވެ. “ތީ ކޮންކަހަލަ ފިރހެނެއް؟ ނާއިޝްދެކެ މައި ލޯބިވާ ވަރު ކޮން އިރަކު ހަނދާން ނެތުނީ؟ ކީއްވެ އެހެން ހެދީ؟ އެ ދެލޮލުގެ ސަބަބުންތަ އެ އަންހެނާ ގާތަށް ދިޔައީ؟ އޭނ؟ ބުނެބަލަ..” މައިހާ ދެރަވެގެން ގޮސް ރޮވެން ފެށިއެވެ. އޭނާ އެންމެ ލޯބިވީ އެއް ފަރާތް މިއޮށް ހުރިހާ ދުވަހު އޭނާއަށް ކެހި ދިނީއެވެ. ނާއިޝްއަށް މިހާރު އޭނާއަށް ކުރީގަ ހާ އެއްވަރަށް ފޯނުންވެސް ނުގުޅޭ ސަބަކީ މިއީ ތާއޭ އޭނާގެ ހިތަށް އެރިއެވެ. އެހިނދުވެސް މޭގައި އަތް އަޅާލެވުނީ ދެރަ ވީ ވަރުންނެވެ.

“މައިހާ ދެކެ ލޯބި ނުވާތީ މަ އޭނާ ގާތަށް ދިޔައީ.. މިއޮށް ހުރިހާ ދުވަހުވެސް ބްރޭކްއަޕް ނުވެ މަ ހުރި ކަމަށްޓަކައިވެސް ޝުކުރުކޮށްބަލަ.. އެވަރުވެސް ނުވިސްނުނު ދޯ ތި ސިކުނޑިއަކަށް؟” މައިހާގެ އާދޭހަށްފަހު ނާއިޝްގެ ފަރާތުން އޭނާއަށް ސީދާވީ ބަހުގެ ހޫނު ޙަމަލާއެކެވެ. މައިހާއަށް އަނެއްކާވެސް ނާއިޝްއާއި ދިމާލަށް ފުން ނަޒަރެއް ހިންގާލެވުނީ ތީ ހަމަ އޭނާގެ ނާއިޝްހޭ އަހާލަ ފަދަ ގޮތަކަށެވެ. ނަމަވެސް އެފަދަ ނުބައި ނުލަފާ އިންސާނަކާ ދޭތެރޭ އޭނާ ކަރުނަ އަޅަން ވީ އެއްވެސް ސަބަބެއް ނެތެވެ. ކިތަންމެ ދުވަހެއްގައި ރޮއެ ނާއިޝްއަށް އިންތިޒާރު ކުރިޔަސް އެފަދަ މީހަކަށް ދެވަނަ ފުރުސަތެއް ދެވޭނީ ކިހިނަކުން ހެއްޔެވެ؟ މައިހާ އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލީ ދެން ނާއިޝް އާއި ހެދި ނޫޅުމަށް އެހިތުގައި ޢަޒުމް ކަނޑައަޅަމުންނެވެ. އެއަށްފަހު އެއްޗެކޭވެސް ނުބުނެ އޭނާ އެތަނުން ދާން ހިނގައިގަތެވެ. އެކަކަށްވެސް އާޅާލުމެއް ނެތިއެވެ. އަޔާނީ ޒިވާ ގާތު އެބަ އަންނަމޭ ބުނުމަށްފަހު މައިހާގެ ފަހަތުން ދިޔައެވެ. އެއިރު ޒަޔާން މާޔޫސީ ގޮތަކަށް މައިހާ ދިޔަ ދިމާލަށް ބަލަން ހުއްޓެވެ.

އަބަދުވެސް އޭނާގެ ހިތުގައި ރަނިކަން ކުރަމުން ދާ ފަރާތަކީ މައިހާއެވެ. ނަމަވެސް މައިހާ ނާއިޝް އާއި ރައްޓެގިވެގެން އުޅޭތީ އޭނާ ކެތްކޮށްލައިގެން ހިތުގައި އަތް އަޅާލައިގެން ހުންނަނީއެވެ. އަނެއްކޮޅުން އެ ދެމެދުގައި ވީ އެކުވެރިކަމަށް ބުރޫއަރާ އެއްވެސް ކަމެއް އޭނާ ކުރާކަށް ބޭނުމެއް ނޫނެވެ. “ޔައީޝް.. ޒިވާ.. ހީ ނުކުރާތި ދެންވެސް މަ މަޑުން ހުންނާނެޔޭ.. މަ އަދި އެނބުރި އަންނާނަން.. ބަލަން ހުންނާތި..” ދަތްކުނޑި ވިކާލުމަށްފަހު ޝަހާދަތް އިނގިލި ދިއްކޮށްލައިގެން ހުރެ ޔައީޝް އާއި ޒިވާ އާއި ދިމާލަށް ރައިފާ އިންޒާރެއް ދިނެވެ. އެއަށްފަހު އެތާ ހުރި ނާއިޝްގެ އަތުގައި ހިފައިގެން ދުން ޖަހައިފައި އެތަނުން ދިޔައެވެ.

ޔައީޝް ޒިވާއާއި ދިމާލަށް އެވަގުތު ބަލައިލިއެވެ. އެއިރު ޒިވާ ހުރީ ސީދާ އެ މޫނުމައްޗަށް ބަލަހައްޓައިގެން ކަމުން ދެމީހުންގެ ހަތަރު ކަޅި ބައްދަލު ވިއެވެ. އޭނާއަށް އެ ދެލޮލުގައި ކަރުނަތައް ވިދަނިކޮށް ފެނުނެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ޔައީޝްއަށް ސަމާލުކަން ދެވުނީ ޒިވާގެ ދެލޮލުން ކިޔައިދެމުން ދިޔަ ޝަކުވާއެވެ. “ޒިވް.. އައި ނޯ ވަޓް އައި ޑިޑް ވޯސް ނޮޓް ރައިޓް.. ޒިވްގެ މާފެއްވެސް ޔައި އަކަށް ޙައްޤެއް ނޫން.. އެކަމަކުވެސް މިހެން ހުރެވޭކަށް ނެތް.. ވަރަށް ބޮޑަށް ސޮރީ ޒިވް.. ތިހާ ރަނގަޅު ރައްޓެއްސެއް ލިބުނީމަވެސް ޔައި އަކަށް ނޭނގުނު ރަނަގަޅަށް ކަންތައް ކޮށްދޭކަށް.. ފެށުނީއްސުރެ އަދި އަދަށް ދާންދެންވެސް ޒިވް ޔައި އަށް ރެސްޕެކްޓް ކުރި.. ދުވަހަކުވެސް ޔައި ރުޅި އަންނަ ފަދަ ކަމެއް ނުކުރޭ.. ޖެއްސުމެއް ނުކުރޭ.. ކަމަކާއިމެދު ޝައްކެއްވެސް ނުކުރޭ.. އެކަމަކު ބަލާ ޔައި އަށް.. ހެހެ.. އޭގެ އިދިކޮޅު.. ހުރިހާ ގޮތަކުންވެސް ޒިވް އަށް ދެވުނީ ހިތާމަ…” ހިތި ހިނިތުން ވުމަކާއިއުކު ޔައީޝް ޒިވާ ގާތުން މާފަށް އެދުނެވެ. އެ ނުލިބޭނެކަން އެނގި ހުރެވެސްމެއެވެ. އޭނާ އިސްދަށް ޖަހާލީ ކުރެވުނު ކުށުގެ ބޮޑުކަމުން އެކަން އިޙުސާސް ވީ ވަރުންނެވެ.

“ޔަ.. ޔައީޝް..” ޒިވާއަށް އަދިވެސް ދިޔައީ މަޑުމަޑުން ގިސްލެވެމުންނެވެ. ނަމަވެސް އޭނާ ހިތްވަރު ކޮށްފައި ޔައީޝް އާއި ވާހަކަ ދެއްކޭތޯ ބެލިއެވެ. އިސްދަށަށް ޖަހައިގެން ހުރި ޔައީޝް އިސްއުފުލާލީ އޭނާގެ ހިތުގެ ރާނީ އޭނާއަށް ނުހަނު އޯގާތެރިކަމާއެކު ގޮވާލުމުންނެވެ. “ޔައީޝް ނު.. ނުޖެހޭ ޒިވް ގާތު މާ.. މާފަށް އެދޭކަ.. ކަށް.. އައިމް ސޮރީ.. ޒިވް އަށް އެވަރު ވިސްނުނު ނަމަ ދޯ ކު.. ކުރިން.. ކީއްވެ ޔައީޝް؟ ކީއްވެ އެހާ ބޮ.. ބޮޑު ޤުރުބާނީ އެއް ޒި.. ޒިވް އަށްޓަކައި ތި ވީ؟” ކަރުނުން ބަރާވެފައިވީ ދެލޮލާއިއެކީ ޒިވާ ޔައީޝް ގާތު އަހާލިއެވެ. ޔައީޝް އެ ސުވާލުގެ ޖަވާބު ދޭނީ ކިހިނެއް ހެއްޔެވެ؟ ޒިވާ ގާތު އޭނާއަށް ޒިވާ ކަމުދާ ވާހަކަ ބުނާނީ ކިހިނެއް ހެއްޔެވެ؟ އެ ހިތްވަރު އޭނާގެ ހުރިކަމެއްވެސް އޭނާއަކަށް އެނގެނީކީ ނޫނެވެ.

“ލުކް ޒިވް… އައި ހޭޑް ޓު.. ތިއީ ޔައި ގެ ބެސްޓް ފްރެންޑް އެއް ކަހަލަ ކުއްޖެއް.. ތިހާ ގާތް އެކުވެރިޔަކަށް އެހާލު ޖެހިގެން ދާއިރު އެކަން އިނގޭ މީހަކަށް ނުހުރެވޭނެ ދޯ މަޑަކުންނެއް.. ޒިވް އެއް ނޫން މާފަށް އެދެން ޖެހެނީކީ.. ކޮންމެ މީހެއް ނަމަވެސް އެ ޙާލުގަ އެކަންތައް އަންޑަސްޓޭންޑް ވާނީ ކިހިނެއް؟ ޔައި އޭ ކުއްވެރިޔަކީ.. ޔައި އަށް މާފުކޮށްދީ ޒިވް..” ޔައީޝްއަށް ހުރިތަނަށް ތިރިވެވުނީ ކެތް ނުކުރެވިގެންނެވެ. ފިރިހެން ކުއްޖެއް ކަމަކު އޭނާވެސް ދެރަވެއެވެ. ކެތްކުރަން ދަތިވެއެވެ. ނަމަވެސް އޯގާތެރިއެއްގެ އަތެއް ދިތްކޮށްލުމުން އިތުރަށް ބަލިކަށި ވީއެވެ.

ޒިވާއަށް ހުރެވުނީ ޔައީޝްއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާގެ އިޚްތިޔާރުން ބޭރުގައި އޭނާގެ ދެ އަތް ޔައީޝް އާއި ދިމާލަށް ގެންދެވުނެވެ. އެއަށްފަހު ޔައީޝްގެ ދެ ކޮނޑުގައި ހިފާ އޭނާ އެތަނުން ނަގަން މަސައްކަތް ކުރިއެވެ. އޭނާ ދެކޮނޑުގައި ހިފެހެއްޓެމުން ޔައީޝްވެސް އަމިއްލައަށް ތެދުވެއްޖެއެވެ. “ޒި.. ޒިވް ޔައީޝްއަށް މާފު ކޮށްފިން..” ޒިވާ އުނދަގުލުން ނަމަވެސް ޔައީޝް ގާތު ބުނެލިއެވެ. އެއިރު އޭނާގެ ދެއަތް ވަނީ ޔައީޝްގެ ކޮނޑުން ނައްޓާލެވިފައެވެ. ޒިވާއަށް އިނގިގެންނމަ އޭނާ އަމިއްލައަށް ފިރިހެން ކުއްޖެއް ގައިގަ އިނގިލި ކުރިވެސް ޖައްސާނުލީހެވެ. ނަމަވެސް ޖަޒްބާތުގައި ޖެހިފައި ވީ ވަރުން އެގޮތަށް އޭނާއަށް ކަންތައް ކުރެވުނީއެވެ.

އިސްދަށަށް ޖަހައިގެން ހުރި ޔައީޝްއަށް ކަރުނައިގެ ދެލޮލާއިއެކެ ޒިވާއަށް ބަލައިލީ ޤަބޫލު ނުކުރެވިގެންނެވެ. ކޮންފަދަ މާތް ކުއްޖެއް ހެއްޔެވެ؟ އޭނާ އެވަރު ކުރުމުންވެސް އޭނައަށް އެ ދިނީ މާފެވެ. ޒިވާގެ އެ އިޙްސާން ތެރިކަން އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. އެ ދެމީހުންގެ ޙަރަކާތްތައް ބަލަން ކައިރީގައި އަދްޔަން އާއި ޒަޔާންވެސް ހުރީ ހިނިތުން ވެފައެވެ. ޔައީޝް މިޔޮށް ހުރިހާ ދުވަހު ކުރި ކެތް ފެންނާނީ އެ ދެމީހުންނަކަށް ނޫން ހެއްޔެވެ؟ ޒިވާ އޭނާއަށް މާފުކުރުމުން އެ ދެމީހުންވެސް ތިބީ ނުހަނު ހިތްހަމަ ޖެހިފައެވެ.  “ޒިވް… ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ… ދުވަހަކުވެސް ޒިވްގެ ތި ޢަމަލު މިހިތުން ފިލައިގެން ނުދާނެ.. އިން ޝާ ﷲ.. ތޭންކް ޔޫ ސޯ މަޗް.. ޒިއްޕުޑިން..” ކަރުނައިގެ ތެރެއިންވެސް ޔައީޝް ބެލީ މިވަގުތު ޒިވާ ގެ މޫނުމަތިން ހިނިތުން ވުމެއް ފެނޭތޯއެވެ. އެކަން އޭނާއަށް ކާމިޔާބުވި ވެސް މެއެވެ. އިރުކޮޅެއް ވާންދެން އެތާ ތިބުމަށްފަހު އެމީހުން އަނބުރާ ޕާޓީއަށް ދިޔައެވެ.

“ޔައީޝް.. އަދްޔަން.. ޒަޔާން.. ކޮބާތަ ޔާނީމެން؟ ކޮންތާކަށްތަ ދިޔައީ؟” ލިބުނު އުފާވެރިކަމުގެ ސަބަބުން ޒިވާ ހުރީ އޭނާގެ އެންމެ ގާތް އެކުވެރިން މަތިން ވެސް ހަނދާން ނެތިފައެވެ. ދެން ތިބި ތިން ފިރިހެން ކުދިންނަށްވެސް އެކުދިން އެމީހުން ގާތުން ދިޔަ ހަނދާން އާވީ އަދި ކިރިޔާއެވެ. ހަތަރު މީހުން ހަތަރު ދިމާލަށް ގޮސް އަތްފުނާ އަޅަން ފެށީ އެޔޮށް ބޮޑު ޕާޓި ތެރެއިން އެދެކުދިން ފެނޭތޯއެވެ. މީހުންގެ ތެރެއިން ހިނގާ ހިނގާ ހުރެފަ އެއް އަރިޔަކަށް ޖެހިލި ގަޑީގައި ޒިވާއަށް އަންހެން ކުއްޖެއްގެ ގިސްލުމުގެ އަޑު އިވުނެވެ. އަޑު އަންނަނީ ކުޑަކޮށް އަނދިރިވެފަ ހުރި ތަންކޮޅަކުންނެވެ. ޖެހިލުންވެފައި ހުރި ނަމަވެސް ބިރު އެއްފަރާތް ކޮށްލައިފައި މަޑުމަޑުން އެތެރެއަށް ދިޔައެވެ. އެ އަންހެން ކުއްޖަކަށް ގިސްލެވޭވަރުން އަނގައިންވެސް ބުނެލެވޭ ވަރެއް ނޫނެވެ. ގާތުގައި އަދި އެހެން އަންހެން ކުއްޖެއްވެސް އިނެވެ. ހީވާ ގޮތުން އޭނާ އަނެއް ކުއްޖާއަށް ނަސޭޙަތްތެރިވަނީއެވެ. ޒިވާ އަދިވެސް އެތެރެއަށް ވަދެގެން ދިޔައެވެ.

“އަމް.. އެކްސް ކިއުޒް..” ޖެހިލުން ވެފައި ހުރެ ޒިވާ ގޮވާލިއެވެ. އެހިނދު އެތާ އިން އަންހެން ކުއްޖާ އާއި ރޯން އިން ކުއްޖާ އޭނާއާއި ދިމާލަށް ބަލައިލިއެވެ. ފަނޑުފަނޑު އަލީގެ ތެރެއިން އެ ދެކުދިންގެ މޫނު ޒިވާއަށް ފާހަގަ ވިއެވެ. “ޒިވް..” އަޔާނީ ޒިވާއަށް ގޮވާލިއެވެ. އެހިނދު ޒިވާ އަވަސްވެގަތީ އެ ދެކުދިން ގާތަށް ދިޔުމަށެވެ. ފިލާބުރިއެއް މަތީ މައިހާ ރޯން އިން އިރު ގާތުގައި އަޔާނީ އޭނާއަށް ހިތްވަރު ދެމުން ދިޔައެވެ. “މައި.. ހުއްޓާލާ ދެން..” މައިހާއަށް ރޮވޭވަރުން ވާހަކަ ދެއްކުން ވީ ދަތި ކަމަކަށެވެ. އޭނާ އެޔޮށް ހުރިހާ ދުވަހު އެމީހަކަށް އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އިތުބާރުކުރި ފިރިހެން ކުއްޖާ މިއަދު އޭނާއަށް އެދިނީ ކިހާ ބޮޑު ކެއްސެއް ހެއްޔެވެ؟ އަންހެން ކުއްޖަކަށް އެފަދައިން ކަންތައް ކުރަން ކެރޭނީ އެއްވެސް ވަރަކަށް ރަހުމެއް ކުލުނެއް ނެތީމައެއް ނޫން ހެއްޔެވެ؟ “ޒި.. ޒިވް… ޔާން.. ނީ.. މައި ކި.. ކިހިނެއް ދެން ހަދާނީ؟ ހާދަ.. ހާދަހާ ބޮޑަކަ.. ކަށް މައި ނާއިޝްއަށް އިތުބާރު ކުރީ.. މޭ.. ވަރަށް ބޮޑަށް ލޯބި.. ވިން އޭނަ ދެކޭ.. އެކަމަކު.. ކިހިނެއް އޭނަ އެ.. އެ ހެދީ؟” މައިހާ އާދޭހާއިއެކު ޝަކުވާ ކުރިއެވެ.

މައިހާއަށް ވިސްނައިދިނުން ވީ ޒިވާ އަށާއި އަޔާނީ އަށް ވަރަށް ބޮޑު ކަމަކަށެވެ. އެ ދެކުދިން ކިޔާ ކިޔާވެސް މައިހާ ހަމަޔަކަށް އެޅޭ ގޮތެއް ނުވިއެވެ. “މައި.. ޕްލީޒް ދެން ހުއްޓާލާ.. ޒިވް އަށް ޓަކައި.. ޔާނީ އަށްޓަކައި.. ޕްލީޒް… މި ޕާޓީގަ މައި ރުއީމަ ދެން ޒިވްމެން ކިހާ ދެރަ ވާނެ؟ ތުއްތުމެން ވެސް ދެރަ ވާނެއްނު؟ މައި މެންނަށް ތުއްތު އަމިއްލަޔަށް އިންވައިޓް ކުރީވެސް.. އެއީ ތުއްތުވެސް މައިމެން ދެކެނީ އަމިއްލަ ކޮއްކޮއެއް ގޮތަށް.. ތުއްތު ބޭނުންވާނެތަ މިރޭ މައި ތިހެން ރޯތަން ފެންނަން؟” ޒިވާ އަދިވެސް ބެލީ މައިހާ އަށް ވިސްނައިދެވޭތޯއެވެ. މައިހާވެސް ރުއިން ހުއްޓާލެވޭތޯ އެތަކެއް މަސައްކަތެއް ކުރިއެވެ. ނަމަވެސް ކެތް ނުވީއެވެ. ވަރަށް ހިތްވަރުން މިފަހަރު އޭނާ ރުއިން ހުއްޓާލިއެވެ. ނަމަވެސް އަދިވެސް ކުޑަކޮށް ގިސްލެވެއެވެ. އޭނާ ހަމަޔަކަށް އެޅޭނީ އިރުކޮޅަކުން ކަން ޒިވާ އާއި އަޔާނީވެސް ޤަބޫލު ކުރިއެވެ.

“ދެން މިތާތަ ތިބެނީ؟ އައުޗް.. އަނދިރީގަ ތިބެންޏާ މަދިރިވެސް ހަފާނެ.. ހިނގާ އަވަހަށް މިތަނުން ނިކުމެވޭތޯ.. އަނހާ.. އަދި ޒިވް ހަނދާން ނެތިފަ މި އިނދެވެނީ.. ޕިސް ޕިސް.. ޔައީޝް އާއި އަދްޔަން އާއި ޒަޔާން އުޅޭނެ މިހާރު ތި ދެމީހުން ހޯދަން.. ޒިވް މި އިންނަނީ އެމީހުން ގާތު މައި އާ ޔަން ފެނުނު ވާހަކަވެސް ނުބުނެ.. ނޭނގެ އެމީހުން މިހާރު ރަށުގެ ވަލުތެރެ ހޯދަން ނުދުވާ ކަމެއް.. އަވަހަށް ހިނގާ މިތަނުން ދެންވެސް ނިކުންނަން.. ހެހެ..” ޒިވާ އޭނާގެ އެކުވެރިންނާއި ސަމާސާ ކޮށްލިއެވެ. ޙަޤީގަތުގައިވެސް އޭނާ ހުރީ ޔައީޝްމެން މަތިން ވަގުތުގެ ގޮތުން އެއިރު ހަނދާން ނެތިފައެވެ.

ހިނިތުން ވަމުން އެތަނުން އަނެއްކާވެސް ޕާޓީގެ ތެރެއަށް އެ ތިން ކުދިން ނިކުތެވެ. ޒިވާ ތަންކޮޅަކަށް ހިނގާލިތަނާ މީހުންގެތެރެއިން ތަންތަން ހޯދަމުން ދިޔަ ޔައީޝް އާއި އަދްޔަން އަދި ޒަޔާން ފެނުނެވެ. އޭނާގެ ގާތަށް އައީ ހިންޏެވެ. އަވަހަށް އެ ތިންކުދިން ގޮސް އެމީހުންނާއި އަރާ ހަމަ ކުރިއެވެ. “އަހް.. ނަސީބެއްނު ފެނުނު ކަން.. އަހަރެމެން މިހާރު ދާހިއްލާ ފޯވެއްޖެ ތި ދެމީހުން ހޯދަން އަތް ފުނާ އަޅާ އަޅާ.. މިތާ ހުރި ގަސްގަހުގެ ފަތްތަކަށް ދާންދެން ބަލައިފިން ތިމީހުން ފެނޭތޯ.. ބަނޑުހައިވެސް ވެއްޖެ މިހާރު.. މައިހާމެންނާއި ހެދި މީހަކަށް އަނގަޔަށް ކާއެއްޗެއް ލެވޭވަރެއްވެސް ނޫން ވިއްޔަ… ކަމެއް ވާއިރަށް ދުވެ ފިލަނީ.. މިހެން ވާން ވެއްޖެނަމަ ކޮބައި ސަލާމަތެއް؟ ކިރިޔާވެސް ކަމެއް ވާއިރަށް ރާއްޖޭންވެސް ފިލައިފިއްޔާ ދެން ގައިމު އަހަރެމެންނަށް އަދި ހޯދަން މާ އުނދަގޫ ވާނެ…” ޔައީޝް ބަނޑުގައި އަތް ހާކާލަމުން ބުންޏެވެ. އެހިނދު އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. މައިހާވެސް ފާޑަކަށް ތުން ދަމާލިއެވެ. މައިހާގެ އެ ޢަމަލު ބަލަން ޒަޔާން ހުރީ ހިނިތުން ވެލައިގެން ދެޖީބަސް އަތް ޖަހާލައިގެންނެވެ. އޭނާ ހީވަނީ ދީވާނާ ވެފައިވާ މީހެއް ހެންނެވެ. ޒިވާ އާއި ޔައިޝްގެ ސަމާސާތަކުން މައިހާ މިހާރު ހަމަޔަކަށް އެޅިލައިފިއެވެ.

ޕާޓީ ނިމިގެން ދިޔައީ މިރޭ އެއްވެސް ކަމެއް ވީކަން އެ ހަކުދިން ފިޔަވާ އިތުރު އެކަކަށްވެސް ނޭނގިއެވެ. ރައިފާ ފަހުން އެ ޕާޓީއިން ނުފެންނާތީވެސް އެކުދިން ތިބީ ހަމަޖެހިލައިފައެވެ. ނަމަވެސް އެމީހުންނަށް ނޭނގުނު ކަމަކީ ކިތަންމެ ދުވަހެއް ވިޔަސް ރައިފާ ހުރީ ގޮތް ދޫ ނުކުރާ ގޮތަށް ކަމެވެ.

*** 2 އަހަރު ފަސް ***

“ތިއްތު ތިއްތު ތިއްތޫ…” އެނދުމަތީގައި ލެޕްޓޮޕަށް ގެއްލިފައި އޮތް ޒިވާ ސިހިގެން ދިޔައީ ކުޑަ ކުޑަ ނަވާރް ދުވެފައި އޭނާގެ ކޮޓަރިއަށް ވަދެގެން އައުމުންނެވެ. ނަވާރް އަކީ ނައިޝަމް އާއި ޔަންހާގެ ދަރިފުޅެވެ. އޭނާގެ ކުޑަކުޑަ އަޑުން ޒިވާއަށް ގޮވަމުން އައި ގޮތުން އޭނާގެ ހިތް ލޯބިން ފުރިގެން ބަންޑުން ވިއެވެ. ކަކުލާ ހަމަޔަށް އަރާވަރުގެ ރަތްކުލައިގެ ލޭސްފޮތިން ޖަރީކޮށްފައިވި ތިރީބައި ކުޑަކޮށް ފުއްޕާލައިފައިވި ހެދުމުގައި އެކުޑަކުޑަ އަންހެން ކުއްޖާ ފެންނަ އިރު ހާދަ ލޯތްބެވެ. އެފަދަ ފަށްބޯ ފަން ފަން ކަޅުކަންގަދަ އިސްތަށިކޮޅު ކޮނޑާއި ހަމަޔަށް ކޮށާލައިފައި ވީއިރު ބޮލުގައި ރަތްކުލައިގެ ބީޑްސް ތަކަކުން ރީތިކޮށްފައިވި ބޭންޑެއް އަޅާލައިފައިވީ ގޮތުން އެހާ ރީއްޗެވެ. އެކުޑަ ކުޑަ ތުންފަތަށް ވެރިވެފައިވި ހިނިތުންވުމުން އެ ލޯބިލޯބި މޫނުމަތި އިތުރަށް ފުރިހަމަ ކޮށްދެއެވެ. އޭނާގެ ގައިގައިވީ ދޮންކަމުން އަދި އެޔަށްވުރެ ލޯތްބެވެ. ޒިވާ ހަށިގަނޑު ތެދުކޮށްލަމުން ކުޑަކުޑަ ނަވާރް ދުވެފަ އައި ތަން ފެނުނު ވަގުތު އޭނާގެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. އޭނާއަށް ކުރިޔަކުން ނައިޝަމް އާއި ޔަންހާ އެގެއަށް އަންނަ ކަމެއް އެނގިފަކާ ނެތެވެ.

“ނަވޫ… ތިއްތުގެ ލޯބި ލޯބި ކިއުޓީ ޕައި… މާ ޝާ ﷲ.. ހާދަ ރީއްޗޭ މިއަދު..” ނަވާރް އައި ގޮތަށް އައިސް ޒިވާގެ އަތުތެރެއަށް ވަތް ގަޑީގައި ޒިވާވެސް އެ ކުޑަކުޑަ ހަށިގަނޑު ގައިގައި ބައްދާލީ ނުހަނު ލޯބިންނެވެ. އޭނާ ވާހަކަ ދައްކަން ފެށި ވަގުތު ނަވާރް ނުހަނު ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. “ތެތީ އާއި މަންމި އާއި އެކީ ނަވޫ މި އައީ.. ތިއްތު އަށް ސަޕްރައިޒެއް ދޭން ވެގެން..” ނަވާރް ‘ތެތީ’ އޭ ބުނެލި ވަގުތު ޒިވާއަށް ހިނި އާދެވުނެވެ. ނަވާރްގެ އެކަހަލަ މަޖާ ބަސްތަކުންވެސް އޭނާގެ ހިތަސް ހަމަޖެހުން ގެނެސްދެއެވެ. “އެހެންތަ؟ އަސްލުވެސް ތިއްތު ވަރަށް ސަޕްރައިޒް ވެއްޖެޔޭ.. މިހުރީނު މިހާރުވެސް ސަޕްރައިޒްވެފަ..” ޒިވާ އެހެން ބުނެ ދެލޯ ބޮޑު ކޮށްލަމުން އަނގަ މަތީ އަތް އެޅީ ނަވާރްއަށް އޭނާ ސަޕްރައިޒް ވީކަން އަންގަދޭށެވެ. ޒިވާގެ އެ ޢަމަލުން ނަވާރްގެ ކުޑަކުޑަ ތުއި އަޑުން ހޭން ފެށިއެވެ.

ޒިވާ ނަވާރް އާއި އެއްކޮށް ސަކަރާތް ޖެހުމުގައި އުޅުނެވެ. “ނަވޫ.. ކިއުޓީ ޕައި ކޮބާތަ ޑެޑީ؟ މޮމީ ވެސް.. ނުވެސް އާދެޔެއްނު ނަވޫ ބަލާލާކަށްވެސް ތިއްތުއާއި އެކީ އުޅޭ ގޮތެއް..” ޒިވާ ނުހަނު ލޯބިން ނަވާރް އާއި ސުވާލު ކޮށްލިއެވެ. “ނޫނޭ.. ދަރިޔާ ފަހަތުގައޭ މިހުރީ…” ޔަންހާ އައިސްހުރީ ޒިވާގެ ފަހަތުގައެވެ. އޭނާ މިޔޮށް ހުރިހާއިރު އިނީ ކޮޓަރީގެ ދޮރަށް ފުރަގަސްދީގެން ކަމުން އެ ކޮޓަރިއަށް ޔަންހާ ވަދެގެން އައި އިރު ނުފެނުނީއެވެ. “ދޮންތާ…” ޒިވާ އުފަލުން ހުރެ ތެދުވަމުން ޔަންހާ ގައިގަ ކުޑަކޮށް ބައްދަލިއެވެ. ދުވަސްކޮޅަކަށްފަހު ދިމާވުމުން އުފާވީވަރުންނެވެ. އެވަރުގެ ރަނގަޅު ފަހަރިއެއް ލިބުނީތީ ﷲއަށް އޭނާ ޙަމްދުކޮށްނުލާ ދުވަހެއް ނުދާނެއެވެ. އެހެން ކަމުން އޭނާ ޔަންހާ ދެކެ ނައިޝަމް އެކޭ އެއްވަރަށް ލޯބިވެއެވެ.

ޒިވާ ކިޔަވާ ނިމުމުން ނޫރީންވެސް ޒައިފްގެ އެދުމުގެ މަތިން މާލެ ބަދަލުވީ މިއަހަރުއެވެ. އެހެން ކަމުން ޔަންހާވެސް މާލެ ބަދަލު ވީ ނޫރީން މެންނާއި އެއް ފަސްގަނޑެއްގައި އުޅުމުގެ ބޭނުމުގައެވެ. އަނެއްކޮޅުން ނަވާރް އަށް ރަނގަޅު ތައުލީމެއް ހޯދައިދިނުމާއިއެކު ނައިޝަމް ކޮންމެފަހަރަކު ފުރުމުން އޭނާ އެކަނި ނުވާނެތީވެސް މެއެވެ. ނައިޝަމް އާއި ވިހާވެސް ފަސޭހައިން ބައްދަލު ވާނީ އޭނާ މާލޭގަ އުލޭ ކަމަށް ވަންޏާއެވެ. “ދޮންތަ ނުވެސް ބުނެ ވިއްޔަ މިއަދު ތި އައީ… ތިއްތުގެ ކިއުޓީ ޕައިވެސް މިއަދު ތިއްތު ހަމަ ރަނގަޅަށްވެސް ސަޕްރައިޒް ކޮށްލައިފިޔޭ… ދޯ” ޒިވާ ނަވާރްއަށް ދޯ ޖަހާލުމާއިއެކެ ނަވާރް އޭނާގެ ކުދި ކުދި ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިނިތުން ވެލިއެވެ. ޔަންހާވެސް އެވަގުތު ނަވާރް ގާތަށް ގުދުވެލައި އޭނާގެ އިސްތަށިކޮޅު ރީތިކޮށްލަދިނެވެ.

“ނަވޫ ރެޑީނުވެގެންނޭ ދޯ އެހާ ލަހުން މި އާދެވުނީ.. ހަތަރެއް ޖެހި އިރަށް އަންނަންވެގެން އުޅުނީ.. އެކަމަކު މި ގޮއްޔަ ޑެޑީ އާ އެކީ ސަކަރާތް ޖަހަން ހަދައިގެން ހަތަރެއް ޖެހިއިރަށް އަދި ވަދެވުނީ ފާޚާނާއަށް.. ދެން ކިހާ އަވަހަކަށް އާދެވޭނެ ދޯ؟” ޔަންހާ އެހެން ބުނެލި ވަގުތު ޒިވާވެސް ހޭން ފެށިއެވެ. އެއިރު ކުޑަކުޑަ ނަވާރް މައްޗަށް ބަލަހައްޓައިގެން ހުރި އިރު އަނގަމަތީ ދެއަތްތިލަ ހުރަސްކޮށްލައިގެން ހުރެގެން ހެނީއެވެ. ޒިވާވެސް އޭނާގެ ބޮލުގައި ކުޑަ ކުޑަކޮށް ޖަހާލީ ސަމާސާ ކޮށްލުމުގެ ގޮތުންނެވެ. “ދޮންތަ ކޮބާތަ ތުއްތު؟ ދައްކާވެސް ނުލައި މިއަދު.. ޔަގީނޭ އެއްޗެއް ދޭން ކިޔައިފާނެތީކަން ޒިވް އަށް ނުފެނި އެ އުޅެނީ..” ޒިވާ މަޖާވެލައިފައި ޔަންހާ އާއި ސުވާލު ކޮށްލުމުން ބުނީ ނައިޝަމް ބޭރު ސޯފާގައި އެބަ އިން ކަމުގައެވެ. ބާރުބާރަށް ޒިވާ ގޮސް ކޮޓަރިން ނިކުތް އިރު ޔަންހާވެސް ފަހަތުން ނިކުތެވެ.

“ތުއްތު ގަނޑާ… ދަހިކަމުން އެއްޗެއް ދޭން ޖެހިދާނެތީ ދޯ ތި އިންނަނީ ޒިވް އަށް ފިލައިގެން؟” ޒިވާ އައިސް ނައިޝަމް ގާތު އިށީންނަމުން މަޖާވެފައި އިނދެ ފާޑަކަށް ހަޅޭތް ލަވައިގަތެވެ. “އައްދިއްޔޯތް.. ދޮންތަ މީނަޔަށް ކޯންޗެއް ކާން ދިފަ މިހުރީ؟ ބާރަކަށް ހަޅޭތް ލަވަންވެސް ދަސްކޮށްފި… އާނ، ކަންފަތު ތޫރި ފަޅައިގެން ދިޔަ ހެން ވިއްޔަ ހީވި..” ނައިޝަމް ބުނެލި ވާހަކައިން އެންމެންވެސް ހޭން ފެށިއެވެ. ކާމޭޒުދޮށުގައި އެކުދިންގެ ޙަރަކާތްތައް ބަލަން ނޫރީން އިނީ ހެވިފައެވެ.

“ކާކުތަ މީ ދޮންތާ؟ ހަނދާން ނެތިއްޖެ… ތާކުން ފެނުނު ކުއްޖެއް ވައްތަރު ޖަހާ.. އެކަމަކު ކާކުކަމެއް ހަމަ އެއްގޮތަކަށްވެސް ހަނދާނެއް ނެތް..” އެވަގުތު ޔަންހާ އައިސް ނައިޝަމްގެ ބޮލު ފުށްކިބައިގައި ޖަހާލިއެވެ. އަދި ޒިވާ ހަށަން ބަނދެލަމުން ތުން އަނބުރާލިއެވެ. “ފޮނި ބޮކި.. މިއީ ޒިވާ.. ޒިވާ ޒައިފް.. އިނގިއްޖެތަ މިހާރު؟” ޒިވާ ނުރުހުންތެރިކަން ފާޅުކުރަމުން ބުނެލިއެވެ. “އާނ ޒިވްކޮ ދޯ މީ.. ހަނދާން ވެއްޖޭ މިހާރު.. ނޭނގޭނެއްނު ތިހުންނަނީ ދެފުށް ޖެހިފަވިއްޔަ މިހާރު.. ނުކަން ދޯ މިހާރު.. އެއްޗިއްސާ އެއްޗެހި ގެނެސްދޭނެ ކަމެއް ނެތޭ ނުކާ މީހުންނަކަށް.. އަޅެ މީ ދޮގެއްތަ ދޮންތާ؟ މީ ދޮގެއްތަ ޔަން؟” ނައިޝަމް އޭނަގެ ލޯބިވާ ދޮންތަ އާއި އަންހެނުންނަށް ދޯ ޖަހާލިއެވެ. ގާތުގައި ކުޅި ބަލަން ހުރި ނަވާރް ހުރީ އޭނާގެ ބައްޕަ އާއި ތިއްތަގެ ސަކަރާތް ގަނޑުން މަޖާވެފައެވެ.

“ހޫން ވަރިހަމައޭ… އަޅަނުލާ ތުއްތު ކިޔާ އެއްޗިއްސަށް.. ޒިވްކޮ ދޭބަ ރެޑީވެގެން އަންނަން.. ހިނގާލަން ދާންވެގެން… ގޮއްސަ ގަނެވިދާނެއްނު ތި ބޭނުންވާ އެއްޗެއް… އަވަހަށް ދޭ..” ޔަންހާ ނައިޝަމްގެ ދިމާކުރުންތައް ހުއްޓުވުމަށްފަހު ޒިވާގާތު ތައްޔާރު ވާން ދިޔުމަށް އެދުނެވެ. އެވަގުތު ޒިވާ އިން ތަނުން ތެދުވަމުން ނައިޝަމް އަށް ވައްތަރެއް ޖައްސާލިއެވެ. “ކޮބާ ހީވޭ.. އެހެންވެޔޭ ޒިވް ދޮންތަ ދެކެ ލޯބިވަނީ.. ތުއްތު އަބަދު ހުންނާނީ ޒިވް އާއި ދިމާކުރަން..” ޒިވާ ޔަންހާއަށް ތައުރީފުކޮށްލަމުން އައިސް ޔަންހާގެ ކަރުގައި ފަހަތުން ބައްދާލިއެވެ. “ކަލޭނޭ މީހަކު މޮޔަވޭ އެބަ ރަނގަޅު ފަހަރިއެއް ލިބިގެން.. ދެން ދާންވީ ތަތްކަމަނަ އަނގަ ނުތަޅުވާ..” ނައިޝަމް އަނެއްކާވެސް ޒިވާއާއި ދިމާކޮށްލިއެވެ. ޒިވާ މިފަހަރު ނައިޝަމްގެ ގައިގައި ބޮނޑިއެއް އަޅާލުމަށްފަހު ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ފަނަރަ ވަރަކަށް މިނެޓަށްފަހު ޒިވާ ތައްޔާރު ވެލައިގެން ކޮޓަރިން ނިކުތެވެ. ކަޅު ކުލައިގެ ދޫ އަބާޔާއެއްގައި ހުރި އިރު އަޅައިގެން ހުރީވެސް މިއަދު ކަޅުކުލައިގެ ޝޯލްއެކެވެ. އާދައިގެ ޕިން ފިޔަވާ އިތުރު އެއްޗެއް އޭނާ އެ ޝޯލްގައި ބޭނުން ކޮށްފައި ނުވެއެވެ. އެ ދޮން މޫނުމަތި ފެން ވަރާލުމުން ތާޒާވެފައި ވިއިރު ފުށް ޖަހާލުން ފިޔަވާ އިތުރު އެއްޗެއް އެ މޫނުމަތީގައި ބޭނުން ކޮށްފައި ނުވެއެވެ. ކަނާތް އަތުގައި އޮތީ އޭނާގެ އައި ފޯނެވެ. އެއީ އޭނާ ޓޮޕް ޓެން އިން އެއްވަނަ ޙާސިލް ކުރުމުން ޔަންހާ އާއި ނައިޝަމް އޭނާ އަށް ދިން ހަދިޔާއެކެވެ. އެހެންވެ ތަފާތު ކޮށްލައިފައި ނޫރީން އާއި ޒައިފް އޭނާއަށް ހަދިޔާއެއްގެ ގޮތުން ދިނީ އޭނާ ދާހިތްވާ ގައުމަކަށް ޗުއްޓީ ހޭދަކޮށްލަން ދިޔުމުގެ ފުރުސަތެވެ. ތަނަވަސް ނަމަވެސް އެ ޢާއިލާއަކި އެއްވެސް ވަރަކަސް ބޮޑާކަން ދަންނަވެސް ބައެއް ނޫނެވެ. އެހެން މީހުންނަށްވެސް އެހާ ހިތްހެޔޮ ވާނެއެވެ.

“އަވަހަށް ދާ ތާކަށް ދެވޭތޯ ހިނގާ.. ތަތްކަމަނަ ދައްކާލައިފި.. ދޮންތަ އަޅެ ކިހިނެއް މީނަ ގޮވައިގެން އުޅެނީ؟ އެއް ގަޑިއިރު ވަނީ މިހާރު އެ ކޮޓަރިއަށް ވަތް ފަހުން..” ޒިވާ އައި ގޮތަށް އައިސް އެވަގުތު ކޮޅަށް ތެދުވި ނައިޝަމް ފަހަތުން ކޮށްޕަމުން ދިޔައެވެ. އެވަރުންވެސް އޭނާގެ އަނގަ ހުއްޓާލާކަށް ޤަސްދެއް ނުކުރިއެވެ. ނޫރީން މިއަދު އެމީހުންނާއި އެކީ ނުދާތިވެ ހިނގާލަން ދިޔައީ ހަމައެކަނި އާއި ޔަންހާ އަދި ނަވާރް އާއި ޒިވާއެވެ.

ކާރު އޮތެއް ކަމަކު ހިނގާލަން ދާތީވެ އެ އޮތް ތާ ބޭއްވުމަށްފަހު އެމީހުން ހިނގާލައިފައި ދިޔައީ ފައިމަގުގައެވެ. ނައިޝަމް ނަވާރް އުރާލައިގެން ދިޔައިރު ފަހަތުން ޒިވާ އާއި ޔަންހާ އާދެއެވެ. ޒިވާ ހުރީ ޔަންހާގެ އަތުގައި ހިފާލައިގެންނެވެ. އެއިރުވެސް ނަވާރް އިރުކޮޅަކާ އެއްޗެކޭ ބުނެލައެވެ. އެމީހުން ހިނި އަންނަނީ ނަވާރް ކޮށްލާ މަޖާ ސުވާލުތަކުންނެވެ. އަދި އެ ސުވާލުތަކަށް ނައިޝަމް ދޭ ޖަވާބުތަކުންވެސް މެއެވެ. އެމީހުންގެ މިސްރާބު ހުރީ ރަސްފަންނާ ދިމާލަށެވެ.

“ސުބުޙާނައްﷲ.. މިތަނަށް ދާނަންތަ؟ ނޭވާއެއް ލެވިއްޖެއްޔާ ވަރިހަމަ އެތަނުގަ ތިބެގެންވެސް..” ރަސްފަންނަށް ނަޒަރު ހިންގާލަމުން ޔަންހާ ބުނެލިއެވެ. ތެދެކެވެ. މިއަދަކީ ބޮޑު ބަންދުގެ ފަހު ދުވަސްކަމުގައި ވިޔަސް ތަން އޮތީ ފުރިފައެވެ. ހީވަނީ ހަކުރުކޮޅަކަށް ހިނިތަކެއް އަރައިގެން އުޅޭ ހެންނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޒިވާވެސް އެމީހުންނާއިއެކީ އެތަނަށް ވަދެގެން ދިޔައީ އެތަނުގައި ހިނގާލުމުގެ ބޭނުމުގައެވެ. އޭނާއަށް މިއީ އެހާ ފަސޭހަވެސް ކަމެއް ނޫނެވެ. އެހާ ގިނަ މީހުންގެ ތެރެއަށް ނިކުންނަން ވުމުން އޭނާ ހުރީ ލަދުގަނެފައެވެ.

“ތެތީ.. ބަލާބަ.. ކޮކީ ބޭނުން.. ނަވޫ ބޭނުން ތެތީ…” މޫދުގެ ރާޅުޖަހާ ފަށުގަ ތިބި ކުދިންތަކެއް ދައްކާލަމުން ނަވާރް އެތަނަށް ދަން ބޭނުންވާކަމަށް ނައިޝަމް ގާތު ބުނެލިއެވެ. “ނޫނޭ ނަވޫ.. އެހެން ދުވަހަކުން ދޯ އަންނާނީ.. ތެތީ ލާސްޓް ނައިޓްގަ ނަވޫ އަށް ގެނެސްދިން ހެދުމެއްނު ތީ.. ހެދުން ހަޑި ވީމަ ތެތީވެސް ދެރަ ވާނެއްނު.. ކޮކީ ދެރަ ނުވާނެތަ؟” ވިސްނައިދޭ ފަދައަކުން ޔަންހާ ނުހަނު އޯގާތެރިކަމާއިއެކު ނަވާރްގެ ގާތަށް ޖެހިލަމުން ބުނެލިއެވެ. “ނަވޫ.. ކޮކީ ބޭނުންތަ ބެލޫން؟” ނައިޝަމް ނުހަނު ފުޅާ ހިނިތުން ވުމަކާއެކު ނަވާރް ގާތު އެހެން ބުނެލީ ނަވާރް އުފާވާނެ ވަރު އެނގި ހުރެއެވެ. މައުސޫމު ކަމާއިއެކު ހިނިތުން ވަމުން ނަވާރް ބޯ ޖަހާލީ ބޭނުމޭ ބުނާ ފަދައަކުންނެވެ. އެހިނދު ނައިޝަމް އޭނާގެ ލޯބިވާ ދަރިފުޅު ޔަންހާ އަތަށް ދިނުމަށްފަހު އެތާނާ ތަންކޮޅެއް ދުރަށް ދިޔައީ ފުއްޕާހަން ވިއްކާ މީހެއް އެތާ ހުރުމުން އެމީހާ ގާތަށެވެ.

އަދި އައި އިރު ފަސް ވަރަކަށް ހީލިއަމް ބެލޫން އޭނާގެ އަތުގައި އޮތެވެ. ނަވާރް ހީވީ އުފަލުން ގޮސް ޔަންހާގެ އަތުން ފުންމައިގަނެފާނެ ހެންނެވެ. ޒިވާ ޔަންހާ ގާތުގައި ހުރެފައި ނަވާރް ގައިގައި ހިފަހައްޓާލީ ނަވާރް އުފަލުން ޔަންހާގެ އަތުގައި އިނދެ ފުންމަން ފެށުމުންނެވެ. ނައިޝަމް އައިސް ނަވާރް އުރާލުމަށްފަހު އޭނާގެ އަތަށް އެ ހީލިއަމް ބެލޫންތަށް ދިނެވެ. ނަވާރްވެސް އުފަލުން ހުރެ ނައިޝަމްގެ ކަރުގައި ބައްދާލުމަށްފަހު އޭނާގެ ކޮލަށް ދޮނެއް ދިނެވެ. “ލަވް ޔޫ ތެތީ..” ނަވާރް ހީވަނީ އުފަލުން މޮޔަ ވެދާނެހެންނެވެ. “ޑެޑީ ލަވްސް ޔޫ މޯ..” ނައިޝަމްވެސް ހިނިތުން ވެލަމުން ނަވާރްގެ ކޮލަސް ދޮނެއް ދިނެވެ. ޔަންހާގެ މޫނު ނުފެނުނަސް އޭނާގެ ދެލޯ ހަނިވެފައި ވީގޮތުން އޭނާ ހިނިއައީ ކަން އިނގެއެވެ. ޒިވާވެސް އެމީހުންނަށް ބަލަން ހުރީ އުފަލުންނެވެ.

އުފާވެރި ވަގުތު ކޮޅަކަށްފަހު އިރުއޮއްސެން ގާތް ވުމުން އެމީހުން ގެއަށް ދާން މިސްރާބު ޖެހިއެވެ. އައި މަގުމަތީގައި ވެސް ނަވާރްގެ ލޯބިވެތި ވާހަކަތައް ނުހުއްޓެއެވެ. އެމީހުންވެސް ހިނިތުން ވެލަނީ އާއިލާ އަށް އައިސް އޮތް ބަހާރު މޫސުމުގެ އުފާ ޙާސިލް ކުރުމުގެ ގޮތުންނެވެ. ނައިޝަމް އާއި ޔަންހާގެ ފަހަތުން ގެއަށް ވަތް ޒިވާވެސް ހިނިތުން ވެލައިގެން ހުރެ ގެއަށް ވަނީ އެ އުފާވެރިކަން މިގޮތުގައި ލެހެއްޓެވުމަށް އެދި ހިތާހިތުން ދުޢާ ކުރާ ޙާލުއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ހޯދޭތޯ މަންޒިލެއް…

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 10

Next
May 26, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 10

Previews
May 26, 2018

ހޯދޭތޯ މަންޒިލެއް…

39 Comments!

  1. Shimko says:
    May 26, 2018 at 6:47 pm

    Masha Allah vvv Reethi

  2. thoo says:
    May 26, 2018 at 6:47 pm

    yeh me first dhw

    1. noor says:
      May 26, 2018 at 6:59 pm

      yesss.. thoo dear mifaharu first.. 🙂 congrats dear.. 🙂 and i hope that you liked this part.. 🙂

    2. Thoo says:
      May 26, 2018 at 7:53 pm

      Nothing To say????????

    3. noor says:
      May 26, 2018 at 8:42 pm

      jazakillah khairan thoo dear.. 🙂

  3. noor says:
    May 26, 2018 at 6:57 pm

    assalaamu a’laikum readers..:-) al’hamdhulillah! miothy iruthakakah fahu 10th episode up vefa.. hehe.. 🙂 vrh vrh vrh bodah sorry ingey mi part las v ma.. noor ah hurihaa kudhin ves maaf kohdhehchey.. 🙂 dhn mi part ga new charecter eh introduce vaane.. 🙂 noor ummeedhu kuran mi part ves thikudhinnah kamudhaane kamah.. 🙂 LY all.. 🙂

  4. Mate says:
    May 26, 2018 at 7:29 pm

    Vrh reethi mi part vx. Looking forward for next part?????

    1. noor says:
      May 26, 2018 at 8:43 pm

      jazakillah khairan Mate.. :-).. hehe.. 🙂

  5. Maya says:
    May 26, 2018 at 7:38 pm

    Yey me second dhww ???☺️vvvvvv reethii no more words in my dictionary.. Vv interesting and awesome ????maya ah eyru ves hyviyey Yaeesh raifa aa rahtehi vy e secret thah hoadhan vegenney????????????????and 2 years later koba ba Yaeesh men and ziv ge besties.. ??? next part avahah up kohdhehchey noor u r the best…….. ???????????????

    1. noor says:
      May 26, 2018 at 8:46 pm

      alhey dear mifaharu second ey mi libuny.. 🙂 hehe.. asluvestha? jazakillah khairan dear… 🙂 hehe.. ehn tha.. hingaa dhw balamaa ekudhin kobaatho.. awww… haadha ufaavehjey dear thihen bunelyma.. no more word in my dictonary too, to say thank you.. hehe.. 🙂 in sha allah, i’ll try to.. ingey dear.. 🙂

  6. Nakhla says:
    May 26, 2018 at 7:40 pm

    Wonderful dear. Keep it up

    1. noor says:
      May 26, 2018 at 8:47 pm

      jazakillah khairan Nakhla dear.. 🙂 vrh ufaavehje dear thihaa supportive v ma.. 🙂

  7. Malaak says:
    May 26, 2018 at 7:49 pm

    Koba yaeesh

    1. noor says:
      May 26, 2018 at 8:49 pm

      hingaa dhw balamaa yaeesh filaa oiyy thaneh.. hehe.. 🙂 and i hope that you liked this part.. 🙂

  8. friends says:
    May 26, 2018 at 7:59 pm

    v v v reethi

    1. noor says:
      May 26, 2018 at 8:49 pm

      jazakillah khairan friends dear.. vrh vrh happy vehje ingey noor.. 🙂

  9. mal says:
    May 26, 2018 at 8:12 pm

    vvv reethi mi part ves. i love it. keep it up

    1. noor says:
      May 26, 2018 at 8:51 pm

      jazakillah khairan mal dear.. 🙂 vrh vrh vrh ufaavehje noor.. dear ge comment kiyalaafa.. 🙂

  10. No one says:
    May 26, 2018 at 8:58 pm

    Vr vr vr rythi… Hama bas huhvehje… Maasha allah.. keep up the hard work noor dear..♥️♥️

  11. Maya says:
    May 26, 2018 at 9:32 pm

    Wow. Varah reethi mi part . ….Waiting for the next part…..

    1. noor says:
      May 26, 2018 at 11:32 pm

      jazakillah khairan dear… 🙂

  12. Sana says:
    May 26, 2018 at 10:04 pm

    Wow!???❤❤❤???????????
    Waiting for the next part…

    1. noor says:
      May 26, 2018 at 11:33 pm

      jazakillah khairan Sana dear.. 🙂

  13. Alisha says:
    May 26, 2018 at 10:24 pm

    Two years fahun yaeesh and ziv ge friends fileetha
    Mi part ves varah reethi?
    Waiting for next part❤❤❤

    1. noor says:
      May 26, 2018 at 11:34 pm

      hehe.. hingaa dhw balamaa dhn vaa gotheh.. 🙂 jazakillah khairan dear.. 🙂

  14. Zelll says:
    May 26, 2018 at 10:30 pm

    vrhhhhhhh salhi eyyyyyy

  15. ira says:
    May 26, 2018 at 11:22 pm

    v reethi mi part ves…..i like this…

    1. noor says:
      May 26, 2018 at 11:35 pm

      jazakillaah khairan ira dear.. 🙂

  16. kairaa says:
    May 27, 2018 at 12:39 pm

    hey! this is my first comment to this story.but i did read all the part ngeyh…. wrh furihama, aneh part kiyaa hithun maruvanee avahah up kohdheccheyh… noor you are the best….

    1. noor says:
      May 27, 2018 at 3:22 pm

      hey kairaa dear.. 🙂 ehentha? jazakillah khairan dear.. 🙂 hehe.. 🙂 vrh ufaavehje noor, dear thihen bunelyma.. 🙂

  17. Handi says:
    May 27, 2018 at 12:45 pm

    Nooorkoba next part? Mi story kiyaa hithun nuves nidhey huvafenuga vx fehnnsny zyv and yai

    1. noor says:
      May 27, 2018 at 3:23 pm

      dear, e part hama on the way ga… 🙂 ehentha? hehe.. 🙂

  18. mishy says:
    May 27, 2018 at 1:25 pm

    Alheyy…. navaar dhooni is soooo cute…♥♥♥♥♥♥… wowww…♥♥♥♥ vrh vrh reethi… raifaa ah visneyny alhe kn dhuvahakun???? Whn nxt? Curiously waitinnn….♥♥♥♥♥♥♥♥♥♥

    1. noor says:
      May 27, 2018 at 3:26 pm

      🙂 aww mishy.. jazakillah khairan mishy dear.. 🙂 noor ves hithah ara ey ehn.. in sha allah adhi raifa ah ves visneyne.. 🙂 in sha allah miadhu nxt part up vaane.. 11th episode ves on the way ga hama.. 🙂

  19. Rash says:
    May 27, 2018 at 1:32 pm

    WoW mi story ge hurihaa part thah ves v v v reethi waiting for next part ❤️

    1. noor says:
      May 27, 2018 at 3:28 pm

      asluvestha? al’hamdhulillaah! jazakillah khairan Rash dear.. 🙂

  20. Gud says:
    May 27, 2018 at 2:52 pm

    Waiting for next part

    1. noor says:
      May 27, 2018 at 3:29 pm

      on the way ga hama 11 vana bai.. hehe.. 🙂 jazakillah khairan Gud dear.. 🙂

  21. Kiyara says:
    May 27, 2018 at 5:12 pm

    Noor miadhuga up kohdheynanatha? Hama kiyaa hithun mi ahaaly

Comments are closed.

Next Episodeހުޅުކޮޅު 10←


All Right Reserved!