Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 11

hygge Level 510 Stories100 Comments100 Login500 Comments
May 27, 2018 10 Mins Read
54 Comments

އުފާވެރި ވަގުތު ކޮޅަކަށްފަހު އިރުއޮއްސެން ގާތް ވުމުން އެމީހުން ގެއަށް ދާން މިސްރާބު ޖެހިއެވެ. އައި މަގުމަތީގައި ވެސް ނަވާރްގެ ލޯބިވެތި ވާހަކަތައް ނުހުއްޓެއެވެ. އެމީހުންވެސް ހިނިތުން ވެލަނީ އާއިލާ އަށް އައިސް އޮތް ބަހާރު މޫސުމުގެ އުފާ ޙާސިލް ކުރުމުގެ ގޮތުންނެވެ. ނައިޝަމް އާއި ޔަންހާގެ ފަހަތުން ގެއަށް ވަތް ޒިވާވެސް ހިނިތުން ވެލައިގެން ހުރެ ގެއަށް ވަނީ އެ އުފާވެރިކަން މިގޮތުގައި ލެހެއްޓެވުމަށް އެދި ހިތާހިތުން ދުޢާ ކުރާ ޙާލުއެވެ.

ގެއަށް އައިސް ވަތް ޒިވާ އަވަހަށް ކޮޓަރިއަށް ވަނީ ބަންގީގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ނަމާދަށް އެރޭތޯ އޭނާ އަވަސްވެގަތެވެ. އެ ހިނދު ނައިޝަމްވެސް ގެއިން ނިކުމެގެން ދިޔައީ ނަމާދަށް ޖަމާޢަތަށް ދެވޭތޯއެވެ. ޒިވާ ވުޟޫ ކޮށްލައިގެން ނިކުތް އިރު ޔަންހާވެސް ނަމާދުކުރުމަށްޓަކައި ވުޟޫ ކުރުމުގެ ގޮތުން ބުރުގާ ބާލަނީއެވެ. ގާތުގައި ކުޑަ ކުޑަ ނަވާރް ހުއްޓެވެ. “ނަވޫ ދަރިފުޅު އާދޭ މަންމިއާއި އެކީ ވުޟޫ ކުރަން.. ނަމާދުކުރަން ވާނެއްނު ދޯ.. އެއިރަށް ބަސް އަހާ ކުއްޖަކަށް ވާނީ.. ކޮކީ ބުނަމެއްނު ދޯ ކޮކީ ބޭނުމެއް ނޫނޭ ޖަހައްނަމް އަށް ދާކަށް؟ ޖަހަންނަމްއަށް ދާން ބޭނުން ނޫން ނަމަ ނަމާދުކުރަން ވާނެ އިނގޭ.. އާދޭ އަވަހަށް..” ޔަންހާ ނަވާރް އާއި އެއް ހަމައެއްގައި ދެކަކޫ ޖަހާލަމުން އިށީނުމަށްފަހު ނަވާރް އަސް ނަސޭޙަތް ތެރިވިއެވެ. ޔަންހާއާއި ނައިޝަމްގެ ދީނީ ތަރުބިއްޔަތުގެ ސަބަބުން ނަވާރް ބޮޑުވަމުން އައީ ނުހަނު ބަސްއަހާ ކުއްޖެއްގެ ގޮތުގައެވެ. ހަމަ ޒިވާ ހެންނެވެ. ނަވާރްވެސް ބޯ ޖަހާލުމަށްފަހު ޔަންހާ އާއި އެއްކޮށް ފާޚާނާއަށް ވަދެގެން ދިޔައެވެ.

މި މަންޒަރު ބަލަން ހުރި ޒިވާގެ ތުންފަތުގައި ނުހަނު ރީތި ހިނިތުން ވުމެއް ދުވެލިއެވެ. އޭނާވެސް ދަރިއެއް ލިބޭ ދުވަހުން އިރާދަކުރެއްވިއްޔާ އެގޮތަށް ބަސް އަހާ ކުއްޖެއްގެ ގޮތުގައި ދަރިފުޅު ތަރުބިއްޔަތު ކުރާނަމޭ އޭނާގެ ހިތަށް އެރިއެވެ. އެހިނދު އެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. އޭނާ ކުޑަކުދިންދެކެ ވަނީ އަމަށަކު ލޯތްބެއްވެސް ނޫނެވެ. އެކުދިންގެ ކިތަންމެ ކުޑަކުޑަ ޢަމަލެއްވެސް އޭނާ ބަލައިގެންނަނީ ހިނިތުންވެ ހުރެ ލޯތްބާއިއެކީއެވެ. އެއްވެސް ޝަކުވާއެއް ނެތިއެވެ.

ޒިވާ ނަމާދު ފޮށާ އަލައިގެން ޔަންހާ މެންނަށް ވާންދެން މަޑުކޮށްލިއެވެ. އެއަށްފަހު ތިން މީހުން އެކީ ނަމާދުކުރަން ފެށިއެވެ. ނަވާރްވެސް އޭނާގެ މަންމައާއި ތިއްތަ ކަންތައް ކުރާގޮތް ބަލަމުން ޙަރަކާތްތަކެއް ކުރަމުން ދިޔައެވެ. ނަމަވެސް އިތުރު ޙަރަކާތެއް އޭނާ ނުގެނެއެވެ. އޭނާވެސް ނަމާދުގައި ވީހާވެސް ބޮޑަކަށް ޚުޝޫއަތްތެރިވެވޭތޯ ބެލިއެވެ. އެ ކުޑަ ސިކުނޑިއަށްވެސް އެވަރު ވިސްނެއެވެ. މާ ޝާ ﷲ!

އިރުކޮޅެއް ވާންދެން އުޅެލުމަށްފަހު ނައިޝަމްމެން އެގެއިން ދާންވެގެން ފަހުގެ ސަލާމްތައް ކުރިއެވެ. “ތިއްތޫ.. ކޮކީ ދަނީ އިނގޭ… އަދި އަންނާނަން އެއް ދުވަހަކުން… އިން ޝާ ﷲ..” ނަވާރް އައި ގޮތަށް އައިސް ޒިވާގެ ކޮލަށް ދޮނެއް ދިނެވެ. ޒިވާވެސް ބަދަލުގައި ނަވާރް އުރާލުމަށްފަހު ލޯބިކޮށްލިއެވެ. ހާދަހާ ލޯބި ކުއްޖެކެވެ. “މާމާ.. ކޮކީ ދަނީ އިނގޭ.. ލަވް ޔޫ މާމާ..” ނޫރީން އަށް ނަވާރް ކިޔަނީ މާމައެވެ. އޭނާ ކުޑައިރުއްސުރެވެސް މާމައެއްގެ ގޮތުގައި ބައްޕަގެ ފަރާތުން ފެންނަނީ ނޫރީން އެވެ. ނޫރީންވެސް ނަވާރްގެ ގައިގައި ބައްދާލުމަށްފަހު އޭނާގެ ނިތަށް ބޮސް ދިނެވެ. އެއިރު ހެވިފައި އެ މަންޒަރުތައް ބަލަން ނައިޝަމް އާއި ޔަންހާ ތިއްބެވެ.

ނައިޝްމް މެން ދިޔުމުން އިރުކޮޅެއްވީތަނާ ނޫރީން އޭނާގެ ކޮޓަރިއަށް ދިޔައެވެ. ނަމަވެސް ޒިވާ އިރުކޮޅެއް ވާންދެން ސިޓިންގް ރޫމުގައި މަޑުކޮށްލަން ނިންމިއެވެ. އެހެން އިންދާ އޭނާ ސިހުން ވީ ފޯނު ވައިބްރޭޓް ވުމުންނެވެ. ބަލައިލި އިރު އައިއްސަ އިނީ ޔައީޝްގެ މެސެޖެކެވެ. އޭނާއަށް ހިނިތުން ވެލެވުނީ ބޭ އިޚްތިޔާރުގައެވެ. ޔައިޝް ނުފެންނަތާވެސް ދުވަސްގަނޑެއް ވެއްޖެޔޭ އޭނާގެ ހިތަށް އެރިއެވެ. “ޒިއްޕުޑިން.. ކޮބާ ކިހިނެއް؟ ސްކޫލް ފެށެނީ ކޮން ދުވަހަކު؟” އެ މެސެޖުގައި ޔައީޝް ބުނެފައި ވެއެވެ. ޔައީޝް އަދިވެސް އެ ނަން މަތިން ހަނދާން ނުނެތޭ ބާއޭ އޭނާގެ ހިތަށް އެރިއެވެ. “ހެހެ.. އަލްޙަމްދުލިއްލާހް.. ހަމަ ރަނގަޅު.. ޔައީޝް ކިހިނެއް؟ ސްކޫލް ފެށެނީ މާދަން.. ޔައީޝް އެގާރަ ބާރަ ނުކިޔަވަން؟” އެއް މެސެޖުގައި އެތަކެއްޗެއް ލިޔުމަށްފަހު ޒިވާ ޔައީޝް އަށް ފޮނުވާލިއެވެ.

ޔައީޝް ބުނި ގޮތުގައި އެގާރަ ބާރަ ކިޔަވާކަށް އޭނާ ކޮންމެހެން ބޭނުމެއް ނޫނެވެ. ވީހާވެސް އަވަހަކަށް އޭނާ އެއުޅެނީ އެމްއެންޑީއެފް އަށް ވަންނަންށޯލައެވެ. ޒިވާވެސް ޗޮއް ކަނޑާލުމަށްފަހު އެހެން ހެއްޔޭ އަހާލީ ޔައީޝްވެސް ޒިންމާދާރު ވާހެން ހީވުމުން އުފާވެ ހުރެއެވެ. އިރުކޮޅެއް ވާންދެން ދެމީހުން ވާހަކަ ދައްކަން ތިބުމަށްފަހު ޔައިޝް ނަމާދަށް ދަނީ ކަމަށް ބުނުމުން ޒިވާވެސް ހިނިތުން ވެލީ އުފާވެ ހުރެއެވެ. ނަމަވެސް އެހިނދުކޮޅުވެސް އޭނާގެ ހިތް ނުތަނަވަސްވިއެވެ. ފިރިހެން ކުއްޖަކާ މިގޮތަށް ވާހަކަ ދެއްކުން މީ އޭނާއަށް ކުރެވޭ ރަނގަޅު ކަމެއް ބާއެވެ؟ ދެފަރާތަށް ބޯ ހޫރުވާލުމަށްފަހު އިންތަނުން ތެދުވެގެން ގޮސް އޭނާވެސް އޭނާގެ ކޮޓަރިއަށް ވަނެވެ. ތަނަވަސް ކޮޓަރިއެކެވެ. ރަށުގައި ހުރި އޭނާގެ ކޮޓަރިހާ ބޮޑު ނޫނަސް މި މާލެއައި ބަލައިފަ އެ ކޮތަރި ނުހަނު ބޮޑެވެ.

ޒިވާ އޭނާގެ އެނދު ކައިރީ އިން ސޯފާ ވައްތަރުގެ އަރާމު ގޮނޑީގައި އިށީނދެލީ ޤުރުއާން ކިޔަވާލުމުގެ ބޭނުމުގައެވެ. އަދި ބަރާބަރަށް އޭނާއަށް އިޝާ ނަމާދަށް ބަންގި ގޮވަން ވާއިރަށް ޤުރުއާން ކިޔަވާލެވޭނެއެވެ. ޒިވާ ޤުރުއާން ކިޔަވަމުން ދިޔަ އިރު ދިޔައީ މާންވެސް ކިޔަމުންނެވެ. ހާދަހާ ފުރިހަމަ އާޔަތް ތަކެކެވެ. ރެއާއި ދުވާލު ނުނިދާ ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ނަމަވެސް އިންސާނަކަށް މިއީ ވުމާއި ގާތްވެސް ވާނެ ކަމެއް ނޫނެވެ. އާޔަތްތަކުގެ މާނައިގެ އަސަރު ގަދަ ކަމުން ޒިވާގެ ހިތަށްވެސް އަސަރު ކުރަމުން ދިޔައެވެ. ލޮލުން އޮހޮރިގެން ދިޔަ ކަރުނަ އެކަމުގެ ހެއްކަކަށް ފުދޭނެކަން ގައިމެވެ. އޭނާ ޤުރުއާން ކިޔަވާ ކޮންމެ ފަހަރެއްގެވެސް ޙާލަކީ މިއީއެވެ. ނަމާދުގައި އޭނާއަށް އެހާ ބޮޑަށް އެޔަށް ސަމާލުކަން ދެވޭ ސަބަބަކީވެސް އެއީއެވެ. އޭނާ ޤުރުއާން ހިތުދަސްކުރަމުން އެދަނީވެސް އެ މޫރިތި އާޔަތްތަކުން އޭނާއަށް ލިބޭ ހިތްހަމަޖެހުމާއިއެއްކޮށް ލިބޭ ސަވާބުގެ ވެސް ބޮޑު ކަމުންނެވެ.

އޭނާގެ ލޮލުން ކަރުނަ ފޮހެލި ވަގުތު ފޯނަށް ގުޅަމުން ދިޔަ މީހެއްގެ ނަން ފެނި އޭނާގެ ތުންފަތަށް ފުޅާ ހިނިތުން ވުމެއް ވެރިވިއެވެ. “ޔާނީ ގަނޑާ… ކޮންތާކުތަ ތިއުޅެނީ.. އައި މިސްޑް ޔޫ ސޯ މަޗް… މައި ކޮބާތަ؟ ޚަބަރެއް ވެސް ނުވާތާ ދުވަސްކޮޅެއް ވެއްޖެ..” ޒިވާ އުފަލުން ގޮސް އެއްތާ ދެފައި ހަރުލަނީ އެއް ނޫނެވެ. އޭނާ އުފަލުން ގޮސް ކޮޓަރިތެރޭ ފުމެލަ ފުމެލަ ހުއްޓެވެ. އެތަން ފެނިއްޖެ މީހަކު ނަމަ މިހާރު ހީހީ ބަލި ވާނެއެވެ. “ޔާނީގެ ޒިވް ގަނޑާ.. ޔާނީވެސް ވަރަށް މިސްވެޔޭ… މާދަން އޮންނާނެ އިނގޭ އެކަމަކު ސަޕްރައިޒް އެއް.. މައި އާއި ޔާނީގެ ފަރާތުން.. ވަރަށް ބޮޑު.. އެކަމަކު ނާހާތި އިނގޭ އެއި ކޯންޗެއްތޯ.. ސަޕްރައިޒް އެއް އެއީ..” އަޔާނީ އެހެން ބުނުމުން ޒިވާ އެއީ ކޮން އެއްޗެއްކަން ހޯދުމުގެ ޝައުޤުވެރިކަން އުތުރި އަރައިގަތީ އެޔެއް މިޔެއް ބަލައިފައެއް ނޫނެވެ. ނަމަވެސް ކެތްތެރި ވެލީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި އޭނާގެ ސިކުނޑި އޭނާއަށް ވިސްނައިދިނުމުންނެވެ.

އާ ދުވަހަކަށް އިރު ފެނުން ތޮޅެލީ ޒިވާގެ ހިތް އުފަލުން ނަށާލައިފައެވެ. އާ ސްކޫލަށް ދާތީ ހިތް ކުޑަކޮށް ނުތަނަވަސް ވީ ނަމަވެސް ﷲ މަތިން ހަނދުމަ ކޮށްލަމުން އެކަންތައް ހަމަޔަކަށް އަޅުވާލިއެވެ. ކަޅުލައިގެ ސްކަރޓް އާއި ހަމަ އެކުލައިގެ ފަޓުލޫނު ނުވަތަ ހަރުވާޅާ އެއްކޮށް ޒިވާ ލައިގެން ހުރީ މަޑު ނޫކުލައެއްގެ ގަމީހެކެވެ. އެ ޔުނީފޯމުގައި ބެގީ ކޮށްލާފައިވީއިރު އަޅައިގެން ހުރި ކަޅު ކުލައިގެ ބުރުގަލުގެ ސަބަބުން އިތުރަށް އޭނާގެ ރީތިކަން އިތުރު ކުރުވައެވެ. ކަޅުކުލައިގެ ބެކްޕެކް ކޮނޑުގައި އަޅުވާލައިގެން ކަޅު ބޫޓެއްގައި އޭނާ ގެއިން ނިކުތީ ސްކޫލަށް ދާށެވެ. ކިތަންމެ ހިތްވަރު ނެރުނަސް ސްކޫލް ދޮރުމަށްޗަށް އެރުނު ތަނުން އަތްފައި ފިނިވާން ފެށީ ކީއްވެކަމެއް އޭނާއަކަށްވެށް ނޭނގެއެވެ.

ކޮންމެޔަކަސް އެހެން ކުދިންނާއިއެކު އޭނާވެސް އެތެރެއަށް ވަދެގެން ދޔައެވެ.  ވަރަށް ޙާލުން ޒިވާ ބައެއް ކުދިން ކައިރިން އޮޅުން ފިލުވަމުން ދިޔައީ ސްކޫލުގައި ކަން ހިނގާ ގޮތާއިމެދުއެވެ. އޭގެ ތެރޭގައިވެސް ގިނައީ އަލަށް އައިސް އުޅޭ ކުދިންނެވެ. އެކި ކުދިން ތެރެއިން ފުރޭނެމުން ގޮސް އޭނާއަށް ނިކުމެވުނީ ހޯލަށެވެ. އެއިރު ކްލާސް ތަކުގެ ނަން ބޯޑުތައް ހިފަހައްޓައިގެން ސަފުތައް ހަދައިގެން ކުދިން ތިއްބެވެ. ޒިވާވެސް އޭނާގެ ކްލާސް ކުދިން ތިބި ލައިން އަށް އެރިއެވެ. އިރުކޮޅެއް ފަހުން އެކުދިން ދާން ފެށި ދިމާލަށް އެމީހުންފަހަތުން ޒިވާވެސް ދިޔައެވެ. ހިނގަމުން ގޮސް ވަދެވުނީ ފުދޭވަރެއްގެ ބޮޑު ކްލާސް ރޫމަކަށެވެ. ޖުމުލަ ފަންސަވީސް ކުދިން އުޅޭ ކްލާހެކެވެ. ޒިވާއަށް މިއީ އާ ކަމަކަށް ނުވީ ކުރިން އޭނާ އުޅުނު ކްލާހުގައިވެސް ކުދިން ގިނަ ކަމުންނެވެ.

ކިޔެވުން ފެށިގެން ކުރިޔަށް ދިޔައެވެ. ޒިވާ ހީކުރި ވަރަށްވުރެ ކްލާސްތެރެ މާ ހަލަބޮއްޔެވެ. ކެތް ކޮށްލެވޭކަން ނަސީބެކެވެ. އޭނާ ހިތްވަރު ކުރަމުން ދިޔައެވެ. އޭނާގެ ގާތުގައި އިން އަންހެން ކުއްޖާއާއި މަދުމަދުން ވާހަކަ ދައްކަމުން ދިޔައެވެ. އެކުވެރިކަން އުފެއްދޭތޯއެވެ. އިންޓަރވަލް ގަޑިއަށް ބެލް ޖެހުމުން ޒިވާވެސް ބައެއް ކުދިންނެކޭ އެއްފަދައިން ކެންޓީނަށް ދާން މިސްރާބު ޖެހިއެވެ. ކްލާހުން ނިކުމެގެން ދިގު ކޯރިޑޯއިން ލައިފައި އޭނާ ދިޔައީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. ސިޑިން ފައިބައިގެން ގޮސް ކެންޓީނަށް ވަތް އިރު ނަސީބަކުން އަދި ކުދިން އެހާ ގިނައެއް ނޫނެވެ. ސްކޫލުގައި ކުދިން ގިނަ ވުމުގެ ސަބަބުން ދެ ކެންޓީނެއް އިނދެއެވެ. އޭގެ ތެރެއިން ޒިވާ ދިޔައީ އެމީހުންގެ ކްލާސްރޫމޮ ހުރި ސިޑިބަރި އިން ފަޅިއާވީ ކެންޓީނަށެވެ. ކެންޓީނަށް އެއްޗެހި އޯޑަރ ކުރުމަށްފަހު އެއްޗެހި ހިފައިގެން އައިސް ޒިވާއެތަނުން ބެންޗެއްގައި ހަމަ ޖެހިލިއެވެ. ނަމަވެސް ކައުންޓަރގަ އިން ކުއްޖާ އޭނާގެ ބާކީވި ރުފިޔާ ހުރި ކަމަށް ބުނުމުން އެ ބަލާ ތެދުވިއެވެ.

އެހެން ނަމަވެސް ދެންވީ އޭނާ ޚިޔާލަށްވެސް ގެނައި ކަމެއް ނޫނެވެ. ކޮންމެވެސް މީހެއް ގައިގައި ޖެހުނު ގޮތަށް އޭނާ ދޔައީ ވެއްޓެށެވެ. ދެލޯ ފިއްތާ ބާރުކޮށްލައިގެން ހުރީ ވެއޓުމުން ވާނެ ތަދު އިޙުސާސް ވީ ފަދައަކުންނެވެ. ނަމަވެސް އޭނާ ނުވެއްޓުނެވެ. ކޮންމެވެސް މީހަކު ހުރީ އޭނާގެ އުނަގަނޑުގައި ހިފަހައްޓާލައިފައެވެ. އޭނާގެ ހަނދާނަށް އައީ އޭނާ ގްރޭޑް ނުވައެއްގައި އުޅެނިކޮށް އެއްދުވަހަކު ހަމަ މިކަހަލަ ގޮތަކަށް ވީ ކަމެކެވެ. އެދުވަހު ޔައީޝް އޭނާ ހިފެހެއްޓިއެވެ. އަނެއްކާ މިފަހަރު އެއީ ކާކުބާއެވެ؟ ޒިވާ މަޑުމަޑުން ފިއްތާލައިގެން ހުރި ދެލޯ ހުޅުވަމުން ދިޔައެވެ. ނަމަވެސް ކުރިމަތިން ފެންނަން އެހުރި ސޫރަ ފެނި ޒިވާއަށް ލިބުނީ ޝޮކެކެވެ. ހައިރާންވެ އަންތަރީސްވީ އެހާ ވަރަށެވެ. އޭނާ ވެއްޓެން ދިޔުމުން ހިފަހައްޓާލައިގެން އެހުރީ ޔައީޝް އެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ މިއީ އަނެއްކާ އޭނާއަށް ފެންނަ ހުވަފެނެއް ނޫންބާވައެވެ. ޒިވާއަށް ޔައީޝްގެ ދެލޮލަށް ބަލަހައްޓައިގެން އޮވެވުނީއެވެ.

ޔައީޝް އަށް ސިހުން ގެނުވީ އޭނާ ގައިގައި ކުއްޖަކު ޖެހި ވެއްޓެން ދިޔުމުންނެވެ. ހުށިޔާރު ކަމާއިއެކު އެކުއްޖެއްގެ އުނަގަނޑުގައި ހިފާ އޭނަ އެކުއްޖާ ވެއްޓުމުގެ ކުރިން ހިފެހެއްޓިއެވެ. ދެވަނަ ސިކުންތުގައި ހައިރާން ވީ ކުރިމަތިން ފެންނަން އޮތް ޒިވާ ފެނިފައެވެ. އޭނާ އެ އޮތީ ހަމަ ކުރިންވެސް ޔައީޝް ޒިވާ ހިފެހެއްޓި ދުވަހު އޮތް ގޮތަށް ދެލޯ ފިއްތާލައިގެންނެވެ. ހާދަ ލޯތްބެވެ. ހަމަ އެ މައުސޫމު މޫނުމައްޗެވެ. ޔައީޝް އަށް އެ މޫނުމައްޗަށް ބަލަހައްޓައިގެން ހުރެވުނީ ބޭއިޚްތިޔާރުގައެވެ. އެ ހިނދު ޒިވާ އޭނާގެ ދެލޯ ހުޅުވާލިއެވެ. ޒިވާގެ ދެލޯ ފެނި ޔައީޝް އަށް އެ ދެލޮލާ ހަތަރު ކަޅި ހަމަ ކޮށްލެވުނެވެ. ދެމީހުންނަށްވެސް ދެމީހުންގެ ލޯ ތެރެއަށް ގެނބެމުން ދިޔައީ ނޭނގުމެއްގެ ތެރެއިންނެވެ.

އެގޮތުގައި ތިބި ޔައީޝް އާއި ޒިވާއަށް ކައިރީގައި ބަޔަކު ތިބި ކަމެއްވެސް އިޙުސާސް ނުވެއެވެ. ދެމީހުންވެސް ވަނީ އަމިއްލަ ދުނިޔެއެއްގައެވެ. އެ ދެމީހުންނާއި ދިމާލަށް ބަލަހައްޓައިގެން އެކި ހިސާބުތަކުގައި އެކި ކުދިން މަޑުކޮށްގެން ތިއްބެވެ. ނަމަވެސް އެކަމެއް އެ ދެމީހުންނަކަށް ރޭކާވެސް ނުލައެވެ. އިރުކޮޅެއް ވީ ތަނުން ދެމީހުންނަށްވެސް ހޭވެރިކަމެއް ވީ ކުއްޖެއްގެ އަތުން ތައްޓެއް ވެއްޓުނު އަޑަށެވެ. އެހެން ކުދިން ބަލަން ތިބިކަން އެނގިގެން ޒިވާ ލަދުން އިސްދަށަށް ޖަހާލިއެވެ. ޔައީޝްވެސް އޭނާގެ އިސްތަށިގަނޑުތެރެއަށް އަތް މަހާލިއެވެ. “ޔައިޝް” “ޒިވް” ދެމީހުންނަށް އެއްފަހަރާ ދެމީހުންނަށް ގޮވާލެވުނެވެ. “ފުރަތަމަ ޒިވް ވާހަކަ ދައްކާނަން.. ދޮގު ހަދާ މީހެއް ތީ.. ޒިވް ކައިރި ކުރިން ބުނީމެއްނު އެގާރަ ބާރަ ނުކިޔަވަމޭ.. މިހާރު ކީއްވެޔޯ ތިހުރީ އައިސް؟” ޒިވާ ހަށަން ބަނދެލަމުން އެ ބުމަ އަރުވާލަމުން ޔައީޝް އާއި ދިމާލަށް ބުނެލިއެވެ. “ހެހެ.. ވިސްނުން ބަދަލުވެދާނެއްނު.. އެހެން ނޫނަސް ހަމަ މިއަހަރު ދެން އަނެއްކާވެސް ކިޔަވާލާ ހިތް ވި.. ޒިއްޕުޑިންވެސް ތި ކިޔަވަނީނު.. ކިޔެވުމަކުން ވާނެ ގެއްކުމެއް ގައިމު ނޯންނާނެ.. ދެން ޒިއްޕުޑިން ގާތު ފަހުން މިވާހަކަ ބުނެލަންވެގެން މަޑުކޮށްލީ..” ޔައީޝް އޭނާގެ ދެއަތް ޖީބަށް ޖަހާލަމުން ބުނެލިއެވެ. ޔައީޝްގެ ހަށިގަނޑު މިހާރު ދެމިލައިފައި ބައިމަތިވެސް ކުރިއަށްވުރެ ފުޅާވެފައިވުމުން އޭނާގެ ފިރިހެން ވަންތަކަން އިތުރުކޮށްދެއެވެ. އަދި މަޑު ނޫކުލައިގެ ގަމީހުގެ އަތުރުކުރީ ގޮށްވެސް އަޅުވާލައިފައިވުމުން ނިކަން އޮފީސް ވައްތަރު ޖަހައެވެ. އެ ވަރުގަދަ ރީތި އިސްތަށިގަނޑުން އަދި އެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. “ދޮގެއް ވެސް ނޫން.. އެކަމު ދޮންތަވެސް ވާ ރަނގަޅު އިނގޭ.. ނުވެސް ބުނޭ ޒިވް ކައިރީ ޔައި އަންނަ ކަމެއް..” ޒިވާ އަރައި ހުރި ފޯރީގައި ނޭނގި ނަމަވެސް ޔައީޝް އާއި މުޚާތަބު ކުރެވުނު ގޮތުންވެސް ޔައިޝްގެ ހިތް އިތުރަސް އެ އަންހެން ކުއްޖާއަށް ލެނބިގެން ދިޔައެވެ. ދެމީހުން ވާހަކައިގަ ޖެހިގެން ދިޔަގޮތަށް އިންޓަރވަލް ބޯން ވެސް ތިބީ ހަނދާން ނެތިފައެވެ. “އެހެމް.. އެހެމް..” ދެމީހުންވެސް ސިހިގެން ދިޔައީ ނުހަނު ގާތުން މީހަކު ކަރުކެހިލުމުންނެވެ.

ޔައީޝް ގެ ކުރިމައްޗަށް ވާ ގޮތަށް އެމީހަކު ހުރިއިރު ޒިވާ ހުރީ އެމީހަކަށް ފުރަގަސް ދީގެން ކަމުން އެމީހެއް އޭނާއަކަށް ނުއެއް ފެނެއެވެ. ނަމަވެސް ޔައީޝް ދެލޯ ބޮޑުކޮށްލި ގޮތުން އޭނާވެސް ފަހަތަށް އެނބުރިލީ ނިތްމައްޗަށް ރޫ އަރުވާލުމުންނެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އޭނާ އުފަލުން ފުންމަން ފެށިއެވެ. އުފާ ނުވާންވީ ކިއްވެހެއްޔެވެ؟ ނުވެސް އެނގި އައިސް އޭނާގެ ކުރިމަތީ އެހުރީ މައިހާ އާއި އަޔާނީ އެވެ. “ސްޕްރައިޒް!” ދެމީހުން އެއްފަހަރާ ބުނެލިއެވެ. “ކިހިނެއް ވަނީ މި ސަޕްރައިޒް ޒިވް؟” އަޔާނީ ހިނިތުން ވެލައިގެން ހުރެ ޒިވާ އާއި ސުވާލު ކުރިއެވެ. ޒިވާ ދިޔަގޮތަށް ގޮސް އެމީހުންގެ ގައިގައި ބައްދާލިއެވެ. މައިޙާ އާއި އަޔާނި ވެސް އެ އައީ އެގާރަ ބާރަ ކިޔަވަން ހަމަ ޒިވާމެން އުޅޭ ސްކޫލަށެވެ. އިއްތިފާގުން ޔައީޝް އާއި އެމީހުންނާއި އެ އް ސްކޫލަކަށް އާދެވުނު ނަމަވެސް އަޔާނީ އާއި މައިހާ އެ ސްކޫލަށް ވަނީ ގަސްދުގައެވެ. ޒިވާ އާއި އެއްކޮށް އުޅުމުގެ ބޭނުމުގައެވެ. ނަމަވެސް ތިން މީހުންނަށް އެއް ކްލާހަކަށް ނުދެވުނެވެ. އެކަން ޒިވާއަށާއި ދެން ތިބި ދެކުދިންނަށްވެސް ވެގެން ދިޔައީ ބޮޑު ވޭނަކަށެވެ. އެހެން ނަމަވެސް އެމީހުން ކެތް ކުރާނެއެވެ.

ޒިވާ އުފަލުން އެ ދެކުދިން ގައިގައި ބައްދާލިއިރު ޔައީޝް އެމަންޒަރުތައް ބަލަން ހިނިތުން ވެފައި ގާތުގައި ހުއްޓެވެ. އޭނާގެ ގާތް ދެ އެކުވެރިންވެސް މިވަގުތު އެތާ ހުރިނަމައޭ ހިތަށް އެރީ ކިތަށް ފަހަރު ކަމެއްވެސް ނޭނގެއެވެ. “ބޮޑުބޭބެ ކޮން ކްލާހެއް؟” ޒިވާ އެހެން ބުނުމުން އެންމެންވެސް ތިބީ ވާނުވާގައެވެ. “ނޭނގުނީ ދޯ؟ ތިއީ މިހާރު ބޮޑުބޭބެއެކޭ.. ހަނދާން ނެތުނީތަ އެހާ އަވަހަށް؟ ނަވާރްގެ ބޮޑޫބޭބެއެއްނު ތީ.. ހެހެ..” ޒިވާ ވަރުގަދަ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. އޭނާގެ އެކުވެރިން އައުމުން ޒިވާ ހުރީ އެކަމުގެ އުފަލުގައި ތަންކޮޅެއް އަނގަވެސް ގަދަވެފައެވެ. އެވަގުތު ޔައީޝްވެސް ހިނިތުން ވެލިއެވެ. “ކޮންމެސް ދުވަހަކުން އިރާދަކުރެއްވިއްޔާ ޒިވް ވާނެ އަދި ނަވޫގެ ބޮޑުދައިތައަކަށް.. އިން ޝާ ﷲ..” ޔައީޝް ހިތާހިތުން ކިޔާލިއެވެ. “ކީއްކުރަން ކްލާސް ބަލަނީ؟ ހެހެ.. ކޮންމެ ގޮތެއް ވިޔަސް އަހަރެމެން އެއް ކްލާހެއް ނޫންކަން އެނގެޔެއްނު.. ހިނގަމުން ދާއިރަށް ފެނިއްޖެއްޔާ ދައްކާލާނަން..” ޔައީޝް އެހެން ބުނެލުމުން ޒިވާ ޔައިޝް އާއި ދިމާލަށް ހާދަ ފޮނިވެސް ވެއްޖެޔޭ ބުނެލިއެވެ.

އެ ހަތަރު ކުދިން އެކި ސަކަރާތުގައި ތިބި އިރު އެމީހުންނަށް ނޭނގުނު ކަމަކީ ދުރުގައި މަންޒަރު ބަލަން މިހަކު ހުރި ކަމެވެ. ނަމަވެސް އެމީހާ އިރުކޮޅެއް ވާންދެން އެހެން ހުރުމަށްފަހު އެތަނުން ގޮއްސިއެވެ. އެ ހަތަރު ކުދިންވެސް ބެލް ޖެހުމުން އަނބުރާ އެމީހުންގެ ކްލާސްތަކަށް ދިޔައެވެ. ގަޑިއަކަށްފަހު ގަޑިއެއް ނިމެމުން ދިޔައީ ހަލުވި ކަމާއިއެކުއެވެ. ސްކޫލު ނިމިގެން އަނބުރާ ގެއަށް ދާން ވީ އިރު ޒިވާއަށް އެކުވެރިންވެސް ލިބިއްޖެއެވެ. އޭނާއަށް އެކުވެރިން ހޯދަން އެހާ ފަސޭހަވީ އެއް ސަބަބަކީ އޭނާ އަކީ އަބަދުވެސް ކުދިންނާއި ވަރަށް ގުޅޭ ކުއްޖަކަށް ވުމެވެ. ހިތް ހަމަ ޖެހުމާއިއެކު ޒިވާ އޭނާގެ ކްލާހުން ނިކުމެގެން ކޯރިޑޯއިން ލައިފައި ދިޔައީ މަޑުމަޑުން ހިނގާލައިފައެވެ. ނަމަވެސް ސިޑިއާއި ނުހަނު ގާތް ވެފައި ވަނިކޮށް އެތަނާއި އެންމެ ގާތުގައި ހުރި ކްލާހުން ނިކަން ބާރަށް ކުއްޖަކު ނިކުތެވެ. އެކުއްޖާ ނިކުތް ގޮތަސް ޒިވާ ގައިގައި ޖެހި އޭނާ އަރިއަޅާލައިގެން ގޮސް ސިޑިން ވެއްޓެން ދިޔަ ނަމަވެސް ސިޑީގެ އަރިމަތިން ތަނެއްގައި ހިފަހައްޓާލެވުމުން އޭނާ މިފަހަރު ސަލާމަތް ވި އެވެ. ﷲ އަށް ޙަމްދުކޮށްލެވުނީ މަރުގެ އެތިފަހަރަކުން އޭނާ ސަލާމަތް ވުމުންނެވެ.

“ޒިވް.. ޒިވާ ކިހިނެއް ތި ހެދީ؟” އެވަގުތު ޒިވާ ތެދުވަން އުޅެނިކޮށް ގާތުގައި އައިސް ހުއްޓިލީ މައިހާ، އަޔާނީ އަދި ޔައިޝް އެވެ. އޭނާއަށް އަދި އެމީހުންގެ ކްލާހަކީ ކޮބައިކަމެއް ނޭނގެއެވެ. އެހެން ނަމަވެސް ޔަގީނުންވެސް އެކުދިންގެ ކްލާސް ވާނީ އެބަރީގައި ކަން ޔަގީނެވެ. އޭނާއަށް ދެންމެ އެ ވީ ކަންތައް އެކުދިންނަށް ފެނުނީ އެހެންވެއެއް ނޫން ހެއްޔެވެ؟ “ޒިވް.. ތަންކޮޅެއް ބަލައިލައިގެން އުޅެބަލަ.. ކިތަށް ފަހަރަށް ތިގޮތަށް އަނިޔާވީމަތަ އަމިއްލަ ނަފްސަށް ކުޑަކޮށްވެސް ބަލާލައިގެން އުޅޭނީ؟” އަޔާނީ ނުރުހުން ވެލަމުން އެހެން ބުނެ ޒިވާ ތެދުވަން އެހީވެދިނެވެ. ޔައިޝް އަދިވެސް ހުރީ ހިޔާލަކަށް ގެއްލިފައެވެ. އެ ޚިޔާލުން ބޭރުވެވުނީ ޒިވާ ތެދުވެ އޭނާއަށް ގޮވާލުމުންނެވެ. އަޅާނުލުމަށްބުނެ އަނެއްކާވެސް އެމީހުން ތިރިއަށް ދާން ފޭބިއެވެ.

އެކުދިންނަށް ސްކޫލުން ނިކުމެވުނު އިރު ނައިޝަމް ކާރުގައި ޒިވާމެން ބަލައި އައިސް އޮތެވެ. ހަތަރު ކުދިން ކާރުގައި ގެއަށް ލައިދީފައި ނައިޝަމް އެންމެފަހުން ދިޔައީ ޔައީޝް ގޮވައިގެން އެމީހުންގެ ގެއަށެވެ. ޔައީޝް ހުންނަނީ ޔަންހާ ގާތުގައި ނައިޝަމް މެން އުޅޭ އެޕާރޓްމެންޓްގައެވެ. ދެފަރާތަށް ހޫރެމުން ހުރެމުން އެތެރެއަށް ވަދެގެން ގޮސް ޔައީޝް އޭނާގެ ކޮޓަރިއަށް ވަނެވެ. އެމަންޒަރު ފެނުނު ނައިޝަމް ހިނި އައިސް ހުރެ ދެފަރާތަކަށް ބޯ ހޫރުވާލިއެވެ. ކޮޓަރިއަށް ވަތް ގޮތަށް ދަބަސް ސްޓަޑީ ޓޭބަލް މަތީ ބޭއްވުމަށްފަހު އެނދުގައި ޔައީޝް ޖައްސާލީ ވެފައި ހުރި ވަރުބަލި އިހަށް ފިލުވާލާށެވެ. “ކުވޭ.. ކުވޭ..” ޔައީޝް އަށް ނިދި ޖެހިޖެހި އޮށްވާ ނަވާރް އައިސް އޭނާގެ ގައި މައްޗަށް އެރިއެވެ. މި ޖެހުނީ ބޮޑު ތާނގައޭ ޔައީޝްގެ ހިތަށް އެރިއެވެ. އެހެން ނަމަވެސް އޭނާ ނަވާރް ދެކެ ނުލާހިކު ލޯބިވެއެވެ. “ކުވޭ.. އަވަހަށް ތެދުވޭ.. މިގަޑީގަ ނަމާދު ނުކޮށް ނިދާކަށް ނުވާނެ.. ކޮކީވެސް މިއައީ ނަމާދުކޮށްގެންނޭ.. ކުވޭ ޖަހަންނަމް އަށް ދާން ބޭނުންތަ؟ އެހެން ނޫނިއްޔާ ނަމާދަށް..” ނަވާރް އޭނާގެ އުނަގަނޑުގައި ދެއަތް އަޅުވާލައިގެން ހުރެފަ ދާން އިޝާރާތް ކޮށްލުމުގެ ގޮތުން ޝަހާދަތް އިނގިލި ފާޚާނާއާ ދިމާލަށް ދިއްކޮށްލިއެވެ. ނަވާރް ގެ އެ ޢެމަލުން ޔައީޗްގެ ގާތަށް ހިނި އައެވެ.

“އޯކޭ ނަވޫ… ކުވޭ ދަނީ މީ.. އެކަމް ކޮކީ ކުވޭ ގައިމަތިން ފޭބީމައެއްނު ކުވޭއަށް ދެވޭނީވެސް..” އެހެން ބުނުމުން ނަވާރް އޭނާގެ ކުދި ކުދި ދަތްތައް ފެންނަވަރަށް ހިނިތުން ވެލައިފައި ޔައީޝްގެ ގައިމަތިން ފައިބަން އުޅުނެވެ. އެވަގުތު ޔައީޝް އޭނާގެ ބާރުގަދަ ދެއަތުގެ އެހީގައި އެ ކުޑަކުޑަ ނަވާރް ތިރިއަށް ބޭލުވިއެވެ. ނަވާރް އޭނާ ގެންގުޅުނު ކޮންމެވެސް ކުޅޭ އެއްޗެއް ހިފައިގެން އެއާއި ކުޅެލަ ކުޅެލާ ޔައީޝްގެ އެނދުގައި އިނީ ޔައީޝް ނަމާދުކުރާތަން ބަލާށާ އެއްކޮށެވެ.

ނަވާރް އެހެން އިނުމަށްފަހު އަނބުރާ އެކޮޓަރިން ނިކުތީ ޔައިޝްގެ އަރާމު ނިދި ނަގާލައިފައެވެ. އޭނާ ނިދަން އުޅެ އުޅެވެސް އެއްގޮތަކަށް ނަވާރް އާ ހެދި ނުނިދުނެވެ. މޫޑުވެސް ޚަރާބުވީއެވެ. އޭސީގެ ފިނި ކުރިޔަށްވުރެ ގަދަ ކޮށްލީ އަނެއްކާވެސް ނިދި އާދޭތޯއެވެ. މިފަހަރުގެ މަސައްކަތް އިސާހިތަކު ކާމިޔާބު ވެއްޖެއެވެ. އޭނާ އެނދުގައި އެހެން އޮށްވާ އަރާމު ނިންޖެއްގެ ތެރެއަށް ޣަރަޤުވެގެން ގޮއްސިއެވެ.

“ދަރިފުޅާ.. ދެން ހޭލަބަލަ.. މިހާރު ވާވަރަށް ނިދިފަ ދެން ހުންނާނި.. ފޯނަށް ކޮންމެވެސް މީހަކުވެސް އެބަ ގުޅާ.. މަންމައަކަށް ނޭނގެ ފޯނު އޮތީ ކޮންތާކު ކަމެއްވެސް.. ހަމައެކަނި އަޑު އިވެނީ..” ނޫރީން ޒިވާގެ ކޮޓަރީގެ ބޭރުގައި ހުރެ ދޮރުގައި ތަކި ތަޅަމުން ކިޔަމުން ދިޔައެވެ. ކަންނެތް ކަމާއިއެކު ބަރުވެފައިވި ދެލޯ ހުޅުވާލަމުން ޒިވާ އޭނާގެ ސްޓަޑީ ޓޭބަލް އާއި ދިމާލަށް މިސްރާބު ޖެހީ އޭނާގެ ފޯނު އޮތީ އެތާ ކަމުގައި ވާތީއެވެ. ބަރުވެފައިވި އެސްފިޔަ ތަކާއިއެކުވެސް ޒިވާ ފޯނު ނަގާ ކަންފަތުގައި ޖައްސާލި ކާކުތޯވެސް ބަލައިނުލައެވެ. އެމީހަކު ޒިވާ އަނގައިން ބުނެލި ތަނާ ފޯނު ކަނޑާލިއެވެ. އޭނާ އެއީ ކާކުތޯ ބަލާކަށްވެސް ނޫޅުނެވެ. އަނެއްކާވެސް ދެފައި ކާއްތަމުން ގޮސް އެނދަށް ޖެހިގަތެވެ. ވެފައި ހުރި ވަރުބައްޔާއި ނިންޖާއި އެއްވުމުން ދެން އެ އެނދުމަތިން އޭނާ ތެދުވާހިތްވެސް ނުވީއެވެ.

އެހެންނަމަވެސް އަނެއްފަހަރު އެނދުން ބޯ ހިއްލާލަން މަޖުބޫރުވީ ފުލުފުލުން ފޯން ކޯލް އަންނަން ފެށުމުންނެވެ. މޫނަށް ވައްތަރެއް ޖައްސާލަމުން ޒިވާ ގޮސް އަނެއްފަހަރު ފޯނު ނަގާ ކަންފަތުގައި ޖައްސާލީ ކާކުތޯވެސް ބަލއިނުލައެވެ. ހަމަ ކުރީފަހަރެކޭ އެއްގޮތަށެވެ. “ހަލޯ..” ޒިވާ ނިދިގަނޑުގައި ހުރެގެން އާފުރެމުން ދަމާލައިފައި ބުނެލިއެވެ. އަޑުއަހާ މީހަކަށް ހީވާނީ އޭނާ އެހުރީ މަސްތުވެގެން ހެންނެވެ. “ކޮން ހަލޯއެއް ބަލޯ އެއް ކިޔާކަށް… ނިދަނީ ދޯ އަދިވެސް… ހަމަ މިހާރު ތެދުވެގެން ގޮސް ފާޚާނާއަށް ވަދޭ… ހިނގާލަން ދާންވެގެން މިއުޅެނީ.. މައި ވެސް އެބަހުރި.. އަވަސް… ޒިވް ބުނާ އެޑްރެސް އަކަށް އަހަރެމެން ދާނަން..” ޒިވާގެ އަރާމު ނިދިކޮޅުވެސް އެއްޗެއް ވެއްޓި ތެޅުމުން އެތިކޮޅު ބުރައިގެން ދާ ފަދައިން މާ ދުރަށް ބުރައިގެން ހިނގައްޖެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އަޔާނީ ފުރަތަމަވެސް ހަޅޭތް ލަވައިގަތިއެވެ.

ކޮންމެޔަކަސް ޒިވާ ކޮޓަރިން ނިކުމެގެން ގޮސް އޭނާގެ މަންމަ ގާތުން ހުއްދަ ހޯދައިގެން އައިސް ތައްޔާރުވާން ފެށިއެވެ. އޭނާ މިއަދު ލައިގެން ހުރީ ކަޅު ކުލައިގެ ބަޓަފްލައި ހެދުމަކާއި މެރޫން ކުލައިގެ ޝޯލް އެކެވެ. އޭނާގެ އެ ކަޅު ހެދުމުގެ ސަބަބުން ވެސް އޭނާ އިތުރަށް ދޮން ކަމަށް ދައްކައެވެ. އަވަސް އަވަހަށް ފޯނު ނަގާ އަޔާނީ މެންނަށް ގުޅާލައިފައި އަންނަން ވީ ތަން ބުނެލިއެވެ. ފަސް މިނެޓު ނުވަނީސް އެމީހުން ޒިވާއަށް ގުޅާލައިފިއެވެ. އޭނަ ހައިރާންވެސް ވިއެވެ. އެހާ އަވަހަށް އައީމައެވެ. ޒިވާ ނޫރިން ގާތު ބުނެލައިފައި ދުވަމުން ގޮސް ލިފްޓަށް އަރައިގެން ގޮސް ގެއިން ނިކުތެވެ. އެއިރު ދޮރުމަތީގައި މައިހާ އާއި އަޔާނީ ތިއްބެވެ. އަޔާނީ ވެސް ހުރީ އާދައިގެ ދޫ ކަޅު އަބާޔާއަކާއި ވަޅުފެހިކުލައިގެ ޝޯލް އެއްގައެވެ. މައިހާ މިއަދު އެހެން ދުވަސް ދުވަހާއި ވަރަށް ތަފާތެވެ.

ޒިވާ އޭނާއާއި ދިމާލަށް ބަލާތީވެ މައިހާ ސުވާލު ކުރިއެވެ. “ބެލުނީ ހަމަ ތަފާތު ކަމުންނެއްނު… އެހެންޏާ ތިކަހަލަ ހެދުމެއް ލާންވިޔަސް ބޮޑުކަމަކަށް ވެފަ ހުންނަ މީހެއް ވިއްޔަ ތީ.. ދެން މިއަދު މީ ކޮންކަމެއް.. އެކަމަކު އަސްލު ބުނަންތަ؟ މައި އަބާޔާ ލިމަ ވަރަށް ރީތި..” ޒިވާ މައިހާ އަށް ތައުރީފް ކޮށްލިއެވެ. މައިހާ ހުރީ އޭނގެ ދެ އެކުވެރިންނެކޭ އެއްފަދައިން ކަޅުކުލައިގެ އަބާޔާއަކާއި ދަނބު ކުލައިގެ ޝޯލް އެއްގައެވެ. ތިން ކުދިން ކަޅު ހެދުމުގައި ތިބިއިރު ނުހަނު ރީއްޗެވެ. “ދެން މީގަ މައްސަލައެއް ނެތެއްނު.. މައި މާ ލާހިތްވީ މިކަހަލަ ހެދުން.. ޙަގީގަތުގަ ވެސް ޒިވް އާއި ޔާނީ ބުނަނީ ތެދު ވާހަކައެއް.. މިކަހަލަ ހެދުން ލީމަ މާ ފަސޭހަ އުޅެން.. މިބުނީ މަގުމަތިން ދާއިރުއާ އެގޮތަށް… އެހެން ނޫނަސް އަހަރެމެންނަށް އަންގަވާފަ އޮތީ ވީހާވެސް ބޮޑަކަށް ނިވާވެގެން އުޅެން ދޯ.. އެހެންވެ ހަމަ ހިތަށް އެރީ މީގެ ހެދުމަށް ބަދަލު ކުރާނީއޭ.. މިހާރު އެއްކޮށްވެސް މީގެ ހެދުން..” މައިހާ އޭނާއަށް ވީ ގޮތް ކިޔައިދިނެވެ.

“އޭ ތިއެއް ނޫނޭ.. އަހަރެމެންނަށް މަޖާ ކަމެއް ވެއްޖެޔޭ ދެންމެ.. ޓެކްސީއަށް އަރާފަ މިބުނީ މ.ފްލާވ ގާޑެން އަށް ދާށޭ.. ބުނި ތަނާ އެމީހާވެސް ހިނިގަނޑެއް ޖަހާލީ.. ދެން އަހަރެމެން ތިބީ ވާނުވާ ނޭނގިފަ.. ތަންކޮޅަކަށް ދުއްވާލާފަ މީނާ ކާރު ހުއްޓާލައިފި.. ދެން އަހަރެމެން ބުނީ ކިހިނެއް ވީހެއްޔޭ.. ލަސްވެޔޭ އެބަ.. ބުނީމަ ބުނީ ނުފައިބާނަންހޯ.. މިހުރިއްޔޯ ގެ.. ބުނީމަ ބަލައިލީ.. އެހެން ނޭނގޭނެއްނު.. މައި މެން ގޭ ތިހުރީ.. ޔާނި މެން ގޭ އެހުރީ.. އިއްތިފާގުން އެންމެންނަށްވެސް މިއުޅެވެނީ އެއްތާކު..” ތިން ކުދިން ހެމުން ހެމުން އެމީހުންގެ މަންޒިލަށް ދާން މިސްރާބު ޖެހިއެވެ. ޒިވާ އާއި ހެދި ރަސްފަންނަށް އެމީހުންނަށް ދެވޭގޮތެއް ނުވިއެވެ. އެހެން ވެގެން ދެން އެމީހުންގެ މިސްރާބު ޖެހީ ރަސްރަނި ބަގީޗާއަށެވެ.

“ކިހާ ހިތްފަސޭހަ މިތަން.. އެ ރަސްފަންނަށް ގޮއްސިއްޔާ ސައްވީސް ގަޑިއިރު ކޮށްޅަން ހުންނަން ޖެހޭނީ.. އިށީންނާނެ ތަންކޮޅެއް ނުލިބޭނެ..” ޒިވާ އޭނާގެ ޕްލޭން ކާމިޔާބު ވުމުން ނިކަން ހެވިލައިފައި ބުންނެވެ. އެކުދިން އެކި ވާހަކަ ތަކުގައި އެތާ ތިބެ ހިނގައި ގަތް އިރުވެސް އެމީހުންނަށް ބަލަހައްޓައިގެން އެޔޮށް ހުރިހާއިރު އެތަނުން ބެންޗެއްގައި މީހަކު އިން ކަމެއް ނޭނގެއެވެ. އަނެއްކާ އެއީ ކީއްކުރާ މީހެއް ބާވައެވެ؟ އޭނާގެ އޮތީ ކޮންބޭނުމެއް ބާވައެވެ؟

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ސިއްރުު 14

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (36)

Next
May 27, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (36)

Previews
May 27, 2018

ސިއްރުު 14

54 Comments!

  1. shaha says:
    May 27, 2018 at 7:23 pm

    Nice

    1. noor says:
      May 27, 2018 at 10:01 pm

      jazakillah khairan shaha dear.. 🙂

  2. Shiman says:
    May 27, 2018 at 7:29 pm

    Masha Allah vvvvvvvvvvv reethi

    1. noor says:
      May 27, 2018 at 10:02 pm

      jazakillah khairan shiman dear.. 🙂

  3. Dhonthxxx says:
    May 27, 2018 at 7:40 pm

    Masha Allah varah reethi need dhonthxxx ge first comment bt regular koh mi story kiyan…..♥♥♥
    I’m a big fan of u Noor……
    N mi stry enmme reethivaa sababaky dheeny v ma??

  4. Zelll says:
    May 27, 2018 at 7:59 pm

    Me third?✌♥♥ vrh reethi noor vrh interesting❤?

  5. Zelll says:
    May 27, 2018 at 8:01 pm

    Vrh reethi noor asluves

    1. noor says:
      May 27, 2018 at 10:02 pm

      aww.. jazakillah khairan zelll dear.. 🙂

  6. Fai says:
    May 27, 2018 at 8:26 pm

    Raifaa aee dho anehkaaves
    V reethi mi vaahaka keep it up ??????????

    1. noor says:
      May 27, 2018 at 10:04 pm

      hingaa dhw balamaa aee kaakutho.. 🙂 jazakillah khairan Fai dear.. 🙂

  7. Mate says:
    May 27, 2018 at 8:28 pm

    Nice… keep it up?????

    1. noor says:
      May 27, 2018 at 10:04 pm

      jazakillah khairan Mate dear.. 🙂

  8. ira says:
    May 27, 2018 at 8:29 pm

    ohhhhh……..noor sis i like this too……vvvvvvv reethi ……….. mi part ves……..noor sis keep it up…

    1. noor says:
      May 27, 2018 at 10:05 pm

      aww.. jazakillah khairan ira sis.. 🙂 jazakillah khairan dear.. 🙂

  9. Twingirl says:
    May 27, 2018 at 8:45 pm

    Wowowowo. …. vvv rythi story ?????

    1. noor says:
      May 27, 2018 at 10:06 pm

      jazakillah khairan Twingirl dear.. 🙂

  10. Mai says:
    May 27, 2018 at 8:47 pm

    Noor.. I think theres a big mistake.. Like naish akah neyngeyne dhw yaish aa rahtehi vegen kameh ulheny eh.. N erey hurihaa kameh yaish bust kuramun ehurihaa vaahakaeh dhehki iru naaish ge ehvx reaction eh naima vaahaka ehkoh hadi vehje.. Hyvany naaish ah ok hen side in eyna gengulhunas.. Ethankolhu varah bodah alhaigain.. Ethankolhu rangalhu nama mi story ah ehisaabuga eyah vuren bodethi goih glih vaane.. Maybe u forgot about dat part dhw..

  11. Anonymous says:
    May 27, 2018 at 8:59 pm

    Wowwww….. ♥♥♥♥♥♥♥… this is awesome… vrh vrh obi… masha allah… again tht raifaa…. I hate yuh…. whn nxt?? Curiously waitinn…. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. noor says:
      May 27, 2018 at 10:08 pm

      jazakillah khairan dear.. 🙂 i think you’re mishy.. right? hingaa dhw balamaa aee kon kuhjehtho.. 🙂 in sha allah maadhan up kohdheveytho noor mi try kurany.. 🙂

    2. Mishy says:
      May 28, 2018 at 8:46 am

      Oh yes… i am mishy.. i forgot to write my name

  12. Zelll says:
    May 27, 2018 at 8:59 pm

    Noor ingeytha? This car ge vrhaka aky ves hama really something happened to me!! Alone dear kihineitha ingeny? Gasthuga noonas vrh true story ekey Zelll bunymennu mee kurinnves. MashaAllah? vrh reethi

  13. friends says:
    May 27, 2018 at 10:33 pm

    V v v reethi
    Kon irakun next part

    1. noor says:
      May 28, 2018 at 11:34 am

      Jazakillah khairan friends dear.. 🙂 in sha allah, miadhu up kureveytho noor mi try kurany.. 🙂

  14. Mai says:
    May 27, 2018 at 10:38 pm

    Hey noor wat happened to to naaish when he found out yaish aa raifa rahtehi vegen ulheykan? Like raifa yaish aa rahethi vegen ulhuny naaish ah sirruhnehnu.. Ekam hurihaa ehcheh cinfess kuryrus naaish akah nuvey gotheh.. Ehisaabun story varah hama nujehey for me.. Maybe u forgot about naaish

  15. Maya says:
    May 27, 2018 at 10:41 pm

    Vvv reethi.??☺️????? Kn irakun next part up kurani???? Annehkaa e rishfa Nd naaish annany dhw???

    1. noor says:
      May 28, 2018 at 3:11 pm

      jazakillah khairan Maya dear.. on the way ga 12th episode.. hehe.. 🙂 hingaa dhw balamaa aee kon baehtho.. noony keeh kuraa kaakutho.. 🙂

  16. Marsha says:
    May 27, 2018 at 10:47 pm

    I just love this story…??maasha allah

    1. noor says:
      May 28, 2018 at 3:12 pm

      aww.. 🙂 jazakillah khairan Marsha.. 🙂

  17. Alisha says:
    May 27, 2018 at 11:06 pm

    Bunaane ehcheh ves neh ?
    Noor haa rangalhu writer eh mi site in nudeken ??
    Waiting for the next part

    1. noor says:
      May 28, 2018 at 3:14 pm

      asluvestha? vrh vrh ufaavehje Alisha dear thihen bunelyma.. 🙂 keep waiting dear.. 12 vana bai hama dear men kairiah annan ulheny.. 🙂

  18. Sana says:
    May 27, 2018 at 11:13 pm

    Masha Allah ❤❤❤❤
    Varah reethi mi part ??
    Kobaatha raifaa ?
    Waiting for next part ??

    1. noor says:
      May 28, 2018 at 3:15 pm

      jazakillah khairan Sana.. 🙂 hehe.. hingaabala dhw dhn vaagotheh balamaa.. 🙂

  19. thoo says:
    May 27, 2018 at 11:40 pm

    Sooooo nice

    1. noor says:
      May 28, 2018 at 3:16 pm

      aww.. 🙂 jazakillah khairan thoo dear.. 🙂

  20. Rash says:
    May 28, 2018 at 2:35 am

    V reethi waiting for next part

    1. noor says:
      May 28, 2018 at 3:17 pm

      jazakillah khairan Rash dear.. 🙂 12th part hama on the way ga ingey dear.. 🙂

  21. Mal says:
    May 28, 2018 at 10:39 am

    Masha Allah.. Vaahaka hama varah reethi.. Keep up the gud work. Waiting for next part..

    1. noor says:
      May 28, 2018 at 3:19 pm

      jazakillah khairan Mal dear.. 🙂 in sha allah.. 12 vana part hama on the way ga.. 🙂

  22. Felix says:
    May 28, 2018 at 11:56 am

    ????❤❤❤??????
    Waiting for the next part ???????????

    1. noor says:
      May 28, 2018 at 3:24 pm

      hehe… haadha colorful comment ekey dhw dear.. maa sha allah.. 🙂 on the way ga 12th episode.. 🙂

  23. kairaa says:
    May 28, 2018 at 12:18 pm

    eyh ekkala raifa dwh… wrh foohivey eyna dheke.. mi parts vx mashaallah wrh rythi… keep it up

    1. noor says:
      May 28, 2018 at 3:48 pm

      alhey kairaa dear.. noor ah ves neyngey adhi aee kaaku kameh.. 🙂 hehe.. jazakillah khairan dear.. 🙂

  24. Gud says:
    May 28, 2018 at 3:02 pm

    Eii kaakubaa? WOW!! interesting

    1. noor says:
      May 28, 2018 at 3:49 pm

      hingaa dhw balamaa aee kaakutho.. hehe.. jazakillah khairan Gud dear.. 🙂

  25. Nunnu says:
    May 28, 2018 at 6:47 pm

    Noor
    Where is next part
    V kiyaahiy vey eba
    Miadhu kihaairakun Tha vaahaka
    genesdheynee
    Adhives mihiree vaahakaige inthizaarga ga
    And
    Masha Allah MI part ves v reethi

    1. noor says:
      May 28, 2018 at 9:03 pm

      yess dear.. alhey nunnu.. noor e part submit koffa innaany.. noor heekury ehnve miadhu e part up vaane kamah.. 🙂 noor akah hama eh gothakah ves neynge dhn vaane gotheh.. 🙁 vrh vrh bodah sorry dear.. 🙁 alhey.. vrh bodah sorry ingey.. 🙁 jazakillah khairan dear.. 🙂 vrh ufaavehje noor.. 🙂

  26. malaak says:
    May 28, 2018 at 9:01 pm

    varah reethi . i am waiting for the next part .where is it! i love ur ibaarai kurun !

    1. noor says:
      May 28, 2018 at 9:05 pm

      jazakillah khairan malaak dear.. 🙂 alhey dear, noor ves mi innany hama 12th part up veytho bala balaa.. hingaa dhw balamaa mirey ves dhn up veytho.. in sha allah, mirey up vaane kamah noor mi balany.. 🙂 aww.. jazakillah khairan dear.. 🙂

  27. Aish says:
    May 28, 2018 at 10:22 pm

    Varah reethi adhi kithah part ihnaanethr

  28. Aish says:
    May 28, 2018 at 10:23 pm

    Kobaathr aneh part

    1. noor says:
      May 29, 2018 at 11:25 am

      Aish dear.. noor ah thihen adhi neynge bunaakah seedha mivarah parts innaaneyekey.. ekam adhi ulheyne episode kolheh.. 🙂 12th episode up vefa iny mihaaru.. ingey dear.. 🙂

  29. twinkle says:
    May 28, 2018 at 10:28 pm

    kuda kuda details tha hunathy manzaru fena hen heevany. v reeeeeethi. raifa mifaharu maa kantha bodu vaane dhw

    1. noor says:
      May 29, 2018 at 11:27 am

      asluvestha dear? vrh ufaavehje noor, dear thihen bunelyma.. 🙂 jazakillah khairan dear.. 🙂 hehe.. hingaa dhw balamaa kihineh kan dhn vaany.. 🙂

  30. Sanaau you talking says:
    June 25, 2018 at 3:04 pm

    Nice???

Comments are closed.

Next Episodeހުޅުކޮޅު 12←


All Right Reserved!