ހުޅުކޮޅު 9
އިރުއޮއްސެން ގާތް ވުމުން ނަމާދު ގަޑިވެސް ކައިރި ވާތީއާއި އެއްކޮށް ނައިޝަމް ޒިވާ ގެއަށް ލައިފައި ނަމާދަށް ދާންވެގެން ސައިކަލުގެ މިސްރާބު ގެއާއި ދިމާލަށް ޖެހިއެވެ. ދިހަ ވަރަކަށް މިނެޓުން ގެއާއި ހަމައަށް އެމީހުންނަށް ފޯރައިފިއެވެ. މުށިކުލައިގެ ފިލާ ދޮރޯށި ހުޅުވާލުމަށްފަހު ނައިޝަމް އާއި ޒިވާ ގޭތެރެއަށް ވަދެގެން ދިޔައެވެ. ދެމީހުންވެސް ހައިރާން ވީ އެވަގުތު ނޫރީން އެމީހުންކުރިމައްޗަށް އަރައި ހިނިތުން ވެފަ ހުރިލެއް ބޮޑުކަމުންނެވެ.
ޔަގީނުންވެސް މަންމަ އުފާވަ ކޮންމެވެސް ކަމެއް ވެއްޖެޔޭ ޒިވާގެ ހިތަށް އެރިއެވެ. “ޒިވް އޯކޭ ކޮޓަރިއަށް ދިޔަޔަސް… މަންމަ ތުއްތުއާއި ވާހަކައެއް ދައްކާލަން ވެގެން..” އޭނާގެ މަންމަ އޭނާ ގާތު ނުބުނެ ނައިޝަމް ގާތު ބުނާނީ ކޮން ވާހަކައެއް ބާވައޭ ޒިވާގެ ހިތަށް އެރިއެވެ. އެހެން ކަމުން އޭނާ އެވާހަކަ ހާދަހާ ބޮޑަކަށް ހޯދާ ހިތް ވެއްޖެއެވެ. ހިތާއި ދެކޮޅަށް މަދު ފިޔަވަޅުތަކެއްގައި އޭނާގެ ކޮޓަރިއާއި ދިމާލަށް ޒިވާ ދިޔައެވެ.
ނޫރީން ޒިވާ ގާތު ކޮޓަރިއަށް ދާން ބުނުމުން ނައިޝަމްގެ ހިތަށް ފުރަތަމަވެސް އެރީ މިއަދު ހެނދުނު ނޫރީން ދެއްކި ވާހަކައެވެ. އިސްތަށިގަނދަށް އަތް މަހާލީ ދޮންތަ ސުވާލުކޮށްފި ނަމަ ދޭނެ ޖަވާބެއް އޭނާގެ އަތުގައި ނެތުމުންނެވެ. “ކޮންކަމަކާ މާ ބިރުން ތިހުރީ؟ ދޮންތަ ނޫޅެން ނައި ބިރުގަންނަވާކަށް… އާދޭ މިކޮޅަށް.. އިށީނދެ ތިބެގެން ވާހަކަ ދައްކާނީ..” ސިޓިންގް ރޫމުގައި ހުރި ސޯފާތަކާއި ދިމާލަށް ދަމުން ނޫރީން ނައިޝަމް އަށް ބުނެލިއެވެ. އެއަޑުގައި ވަނީ ޖޯށެވެ. “ކޮބާ ވިސްނައިފިންތަ ދޮންތަ ދެއްކި ވާހަކައާއި މެދު؟ ނައި މިވަގުތު ކައިވެނި ކުރަން ނެތިއްޔާ ދޮންތަ އެއްގޮތަކަށްވެސް ބާރެއް ނާޅާނަން.. ތީ ދޮންތަގެ ކޮއްކޮއަކަށްވުރެ ދޮންތަގެ ދޮށީދަރިފުޅުހެން ދޮންތައަށް އިޙުސާސްކުރެވެނީ.. ދޮންތަ ބޭނުމެއް ނޫން ދަރިއެއްގެ ނުރުހުމުގަ އޭނާގެ ކައިވެނި ކުރުވާކަށް..” ނޫރީން ހިނިތުން ވެލައިގެން އިނދެ ބުނެލިއެވެ. އޭނާގެ ލޮލުން އެވަގުތު އުފާވެރިކަމުގެ ކަރުނަ އަންނަން އުޅުނީ ނައިޝަމް ފަދަ ހެޔޮލަފާ ކޮއްކޮއެއް އޭނާއަށް ލިބުމުންނެވެ.
“ނޫން ނޫން ދޮންތާ.. އެއްގޮތަކަށްވެސް އެހެންނެއް ނޫން… ދޮންތަ ނައިޝަމް އާއި ދޭތެރޭ ވިސްނާވަރު އިނގޭ ދޮންތަ ބޭނުމެއް ނުވާނެ ނައިޝަމް ދެރަވާ ގޮތަށް އެއްކަމެއްވެސް ކުރާކަށް.. ދޮންތަ ތިބުނި ވާހަކަ ތިއީ އެންމެ ރަނގަޅު ގޮތް ހެން ނައި އަށްވެސް މިހާރު އެބަ ހީވޭ…” ނައިޝަމް އޭނާގެ ހިތުގައި އޮތް އެތި ނޫރީންގެ ކުރިމަތީގައި ފާޅުކުރަމުން ގެންދިޔައެވެ. ފުރަތަމަ ކުޑަ ޖެހިލުން ވުމަކާއިއެކު ފެށި ނަމަވެސް މިހާރު ހަމައަކަށް އެޅިއްއްޖެއެވެ. “ދޮންތާ.. ކައިވެންޏާ މެދު ނައި ބުނާނީ އޯކޭއޭ.. ނައި ރެޑީ.. ދޮންތަ ބޭނުން ކުއްޖެއް ބުނޭ.. މިވަގުތު ނައިގެ ނެތް ވަކި ކަމުދާ ކުއްޖެއް.. އެކަމަ ޝަރުތުތަކެއް ހުންނާނެ..” ހިނިތުން ވެފައި އިން ނޫރީން ސިހުނީ ދެވަނަޔަށް ނައިޝަމް ބުނެލި ވާހަކައަކުންނެވެ. “އެކުއްޖަކު ވާން ޖެހޭނެ ހެޔޮލަފާ ޞާލިހު ކުއްޖަކަށް..” ހިނިތުން ވެލައިފައި ނައިޝަމް އެހެން ބުނުމުން އުފާވެރިކަމުގެ ކަރުނަ މިފަހަރު ހަމަ ރަނގަޅަށްވެސް ނޫރީންގެ ލޮލުން ހިލުނެވެ. އޭނާ ބޯ ޖަހާލީ ނައިޝަމް އާއި އެއްބަސް ވުމުގެ ގޮތުންނެވެ.
“އެހެން ވިއްޔާ ހަމަ ޖެހުނީ ކަމަށް ބަލަމާ… އެބޮތް މާދަމާ ދައުވަތެއް.. މާދަން ހަވީރު ހަތަރު ގަޑި ސާޅީސް ފަހަކަށް ހަވީރު ސަޔަކަށް ނައިޝަމް އަށް ދައުވަތެއް ލިބިފަ އެބޮތް… ރެޑީވާތި ސާޅީހުގެ ކުރިން.. ދޮންތަ ރެޑީވާނަން ގައިމުވެސް ގަޑިއަށް.. ލަސް ނުވާތި.. އިނގޭ..” ނޫރީން ތެދުވެގެން ގޮސް ނައިޝަމްގެ ބޮލުގައި ފިރުމާލައިފައި ބުނެލިއެވެ. އެއަށްފަހު އޭނާގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ. އިރުކޮޅެއް ވާންދެން ނައިޝަމް ސޯފާގައި އިށީނދެ އިނުމަށްފަހު ތެދުވެގެން ދިޔައީ މިސްކިތަށް ދާށެވެ.
ނަމާދުކުރުމަށްފަހު ޤުރުއާން ކިޔަވާލައިގެން އަރާމުކޮށްލުމަށްޓަކައި އެނދުގައި އޮށޯވެގެން އޮތް ޔަންހާއަށް މިއަދު ހަވީރު ފެނުނު ޒުވާނާ އާއި މެދު ވިސްނެމުން ދިޔައެވެ. އޭނާގެ ޚިޔާލީ ފޮލާކައްކަން އޮށްވާ އެ ޚިޔާލުތަކުން ނިކުމެވުނީ ދޮރުގައި މީހަކު ޓަކި ޖަހާލިހެން ހީވެގެންނެވެ. އެވަގުތު އޭނާގެ ހަނދާންނަށް މިއަދު މެންދުރު ޔައީޝް ދޮރު ނުހުޅުވުމުން އޭނާ ކަންތައް ކުރި ގޮތް އައެވެ. މަޖާވެފައި ހުރެ ދޮރު ހުޅުވާލިއެވެ “ދަރިފުޅާ… ބައްޕަ ބުނީ މާދަން ހަވީރު ހަތަރުގަޑީ ސާޅީސްފަހެއް ވާން ވާއިރަށް ތައްޔާރުވެގެން ހުންނާށޯ.. މާދަން ހަވީރު ދަރިފުޅާ ބައްދަލުކޮށްލަން އަންނާނެ ބަޔަކު.. ގަޑިއަށް ރެޑީ ވައްޗޭ..” ހިނިތުން ވެލައިގެން ހުރެ ހައިފާ ދައްކާނެ ވާހަކައެއް ދެއްކުމަށްފަހު ޔަންހާގެ ޖަވާބަކަށްވެސް ބެލުމެއް ނެތި އެތަނުން އޭނާ ދިޔައެވެ.
އިރު ފެނުން ތޮޅެލީއްސުރެ ޔަންހާއަށް ޚިޔާލު ކުރެވެމުން ދިޔައީ މިއަދު ހަވީރު ކަންތައް ވާނެ ގޮތާއިމެދުއެވެ. އަނެއްކާ އަންނަނީ ކޮން ބައެއް ބާވައެވެ؟ އޭނާ އެވަރަށް ޚިޔާލީ ދުނިޔޭގައި ވީ އިރު ޒިވާގެ ޙާލު އެއަށްވުރެ ބޮޑެވެ. އެފަކީރުގެ ހިތުގައި އަޅާ ވޭން ތަޙައްމަލު ކުރެވެނީ ކިރިޔާއެވެ. ރައިފާ އެހިތަށް އެވަރަށް ޙަމަލާ ދެމުން ދިޔައިރު އަނެއްކޮޅުން ޔައީޝްވެސް މިހާރު ހަމަ އެފަދައެވެ. ޔައީޝް ކޮންމެ ކަމެއް ކުރުމަށްފަހު އޭނާގެ ބޮލަށް ޖަހަނީއެވެ. އެހެން ނޫނީ އޭނާއާއި ކޮންމެވެސް ގޮތަކުން މަލާމާތް ކުރަނީއެވެ. ޒިވާގެ އެ ޅަ ޒިކުނޑިއަށް އެއިން އެއް ކަމެއްވެސް ނަގައެއް ނުގަނެވެއެވެ. މައިހާ އާއި އަޔާނީ ވެސް ހުންނަނީ ޒިވާއަށް އައި ބޮޑު ބަދަލުގެ ސަބަބުން ކަންބޮޑު ވެފައެވެ. އެމީހުން ސުވާލެއް ކުރިޔަސް އޭނާ ޖަވާބެއް ދެނިއެއް ނޫނެވެ. އަނެއްކޮޅުން ޔައީޝް އަށް ކަމެއް ވެޔޭވެސް ހިތަކަށް ނާރައެވެ. އޭނާ އުޅޭ ގޮތަށް ސަކަރާތް ގަތުމުގަ ރައިފާ އާއި އެކު އުޅެއެވެ. އަންހެން ކުއްޖަކަށް ތިމާ މީހާގެ ފަރާތުން އަނިޔާއެއް އެބަ ލިބޭކަންވެސް ހަނދާން ނައްތާލައިފައެވެ.
ހަވީރު ހަތަރެއް ޖަހާ ބޮޑުވެއްޖެއެވެ. ލޯގަނޑު ކުރިމަތީގައި ޔަންހާ ހުއްޓިލައިގެން ހުރީ ތައްޔާރު ވުމުގެ ގޮތުންނެވެ. ކަޅުކުލައިގެ ބަޓަފްލައި ހެދުމުގައި އޭނާ ފެންނަލެއް ކިތަންމެހާވެސް ހިތްގައިމެވެ. މޫނުގައި ފުއްކޮޅެއް ޖަހާލުމަށްފަހު އާދައިގެ ކަޅު ބުރުގަލެއް އަޅާލިއެވެ. އެއަށްފަހު ފަރުވާތެރިވެ ހުރެ މޫނު ފޮތިކޮޅު އަޅާލިއެވެ. ހިނިތުން ވެލީ ތައްޔާރު ވެވުނު ގޮތާމެދު ހިތްހަމަ ޖެހުމުންނެވެ. އޭނާގެ ހިތް ތެޅެމުން ދިޔައީ ގާތުގައި މީހަކު ހުރި ނަމަ އެމީހަކަށްވެސް އިވޭނެހާ ބާރަށެވެ. އަވަސް ކޮށްލައިގެން ހަތަރު ގަޑި ސާޅީސް ވާން ވި އިރަށް އޭނާ ހުރީ ސިޓިންގް ރޫމުގައެވެ. މަންމައާއި އެއްކޮށް ޖޫސް ތައްޓާއި ހަވީރު ސަޔަށް ބޭނުން ވާނެ އެއްޗެހި ސިޓިންގް ރޫމުގައި އިން ކުޑަ ބިއްލޫރި މޭޒުމަތީގައި އޭނާ ބަހައްޓަމުން ދިޔައެވެ. އިރުކޮޅަކުން ޔަންހާ އަށްވެސް އަދި ގޭގައި ތިބި އެންމެންނަށްވެސް ސިހުމެއް ލިބުނީ އިސްލާމީ ރިވެތި ސަލާމުން ސަލާމް ގޮވާލި އަޑު އިވިގެންނެވެ.
“ވަޢަލައިކުމުއްސަލާމް.. އަނހަ.. އަވަހަށް ވަދޭ..” ހައިފާ އެ ބައެއް ކައިރިއަށް ގޮސް ބުނެލިއެވެ. ޔަންހާ އަށް އެއީ މިއަދު ހަވީރު އެގެއަށް އަންނަން ބުނި މީހުންކަން ނަގައިގަނެވުނެވެ. އޭނާ ހުރީ އެމީހުން ފެންނާނެ އިރެއްގެ އިންތިޒާރުގައެވެ. ޔަންހާ އެހެން ހުރުމަށްފަހު އެނބުރި ގޮސް ޔާސީން އިން ސޯފާ ގާތުގައި ހުއްޓިލިއެވެ. ޔުއާން އެއިރު އޭނާގެ ފޫބުޑުގައި ޖައްސާފައި ހުއްޓެވެ. ނަމަވެސް ޔައީޝްގެ ހިލަމެއް ނުވެއެވެ. އޭނާ ވީ ކޮންތާކު ކަމެއްވެސް ނޭނގެއެވެ. ޔަންހާއަށް ހޭވެރިކަމެއް ވީ އޭނާގެ އަތުގައި ޔުއާން ކޮށްޓާލުމުންނެވެ. “ދޮންތާ ބަލާބަލަ..” ސިއްރު ސިއްރުން ޔުއާން ޔަންހާ ގާތު ބުނެލިއެވެ. ޔަންހާ އިސް އުފުލާލި ވަގުތު ފެނުނު ސޫރައިން ހުއްޓުން އެރިއެވެ. އަނގައިން ސޮނި ނުވެއްޓުނީ ކިރިޔާއެވެ. ހައިރާން ވީ ގޮތަށް އަނގަވެސް ލައްޕާލަން ނޭނގިގެން ހުރެވުނީއެވެ. އެއީ ހަމަ މިއަދު ހަވީރު އަތިރިން އޭނާއަށް ފެނުނު ޒުވާނާއެވެ. ނައިޝަމް އެވެ. ކަޅުކުލައިގެ ގަމީހަކާއި އެކުލައިގެ އެންމެ މިޒަމާނުގެ ފަޓުލޫނެއްގައި އޭނާ ހުރި އިރު ނުހަނު ސްމާޓެވެ. ބައްޕަ ނައިޝަމް މެންނަށް ދައުވަތު މި ދިނީ ކީއްކުރަން ބާވައެވެ؟ ޔަންހާ ގެ ހިތަށް އެތަކެއް ސުވާލުތަކެއް އަރަމުން ދިޔައެވެ. އޭނާގެ ސިކުނޑި ހިނދުކޮޅަކަށް ހުއްޓުނީ ކައިވެނީގެ ވާހަކަ ހަނދާނަށް އައުމުންނެވެ. މުޅި މީހާ ފިނިވާން ފެށިއެވެ. އިސް ޖަހާލެވުނީ ލަދުގަތް ވަރުންނެވެ.
ނައިޝަމް އައީ އޭނާގެ ދޮންތަ ނޫރީން އާއި އެކީއެވެ. ގަދަ މުށިކުލައެއް ފާޑުގެ އަބާޔާއެއްގައި ނޫރީން ހުރީ ކަޅުކުލައިގެ ބޮޑު ބުރުގަލެއް އަޅައިގެންނެވެ. އެ ދެމީހުން ފިޔަވާ އިތުރު އެއްވެސް މީހަކު ނާދެއެވެ. “އިށީނދޭ.. އަވަހަށް އިށީނދޭ..” ޔާސީން އެތަނުން ސޯފާއަކަށް އިޝާރާތް ކުރުމަށްފަހު ނޫރީންމެން ގާތު އެތާ އިށީނުމަށް ބުނެލިއެވެ. އެއަށްފަހު އެމީހުންވެސް އެގޮތަށް ކަންތައް ކުރިއެވެ. ނައިޝަމްވެސް އެއީ ފިރިހެން ކުއްޖެއް ކަމަކު އޭނާ އިނީ ދެއަތް ދެއަތާ މޮޑެލަ މޮޑެލައެވެ. ދެއަތް ވެސް ފިނިވެފައި ވީ އިރު ދާވެސް ހިއްލާލައިފައި ވިއެވެ. އޭނާއަށް އަނގަ ނުއޮޅި ވާހަކަ ދެއްކިއްޖެއްޔާ ހެވެވެ. އެހާވެސް އޭނާ އިނީ ފިނޑިވެފައެވެ.
“ނައިޝަމް އަށް ކުޑަކޮށްވެސް އެނގިފަ ކަންނޭނގެ ދޯ އޮންނާނީ މިގެއަށް މި ގެނައި ސަބަބު…” ޔާސީން ވާހަކަ ދައްކަން ފެށިއެވެ. ނައިޝަމް އެހެން އިނދެލައިފައި ޔާސީން ބުނެލާ އެއްޗަކަށް ބޯ ޖަހާލައެވެ. އިތުރަކަށް އެންމެ ލަފްޒެއްވެސް ނުބުނެއެވެ. އެ ހިތްވަރު އޭނާގެ ނެތީއެވެ. “ދަރިފުޅާ ޔަންހާ.. އާދެބަލަ މިތާ އިށީންނަން..” ޔާސީން ޔަންހާއަށް ގޮވާލި ހިނދު މަޑުމޮޅިވެރިކަމާއިއެކު އޭނާ ހިނގާލައިފައި އައިސް ނައިޝަމް އާއި ނުރީން އިށީންދެ އިން ސޯފާގެ ކުރިމަތީގައި އިން ސޯފާޣއި އިށީންދެލިއެވެ. އެއަށްފަހު ޔާސީން ދެން ބުނެލި ވާހަކައިން ނައިޝަމްގެ ޝައުޤުވެރިކަން އެއްކޮށް ޔަންހާ އަށް ހުއްޓުނެވެ. އަނެއްކާ މިއީ މިއަދު ހަވީރު އޭނާއަށް ފެނުނު އަންހެން ކުއްޖާއެއް ނޫންބާވައެވެ؟ މިކުއްޖާގެ މަންމައަކީ އޭނާގެ ދޮންތަގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވެސް ދޮންތަ ވަނީ އޭނާ ގާތުގައި ބުނެފައެވެ. އެވަގުތު އޭޏާގެ ހަނދާނަށް އައީ ޒިވާ އޭނާ ގާތު ބުނެލި ވާޙަކައެވެ. ޔަންހާ ދައްތައޭ ޒިވާ ބުނެލި ހަނދާނެވެ. އެހެން ވީމަ މިއީ މިއަދު ހަވީރު އޭނާގެވެސް ހިތުން ޚާއްސަ މަޤާމެއް ހޯދި ރާނީއެވެ.
ނައިޝަމް އެހާ ސަމާލުވެގެން އިނީ އެކުއްޖާގެ މޫނު ފެންނަން އުޅޭތީއެވެ. އަދި ދުވަހަކުވެސް އޭނާއަށް އެކުއްޖާ ފެނިފައެއް ނުވެއެވެ. ސްކޫލު ދުވަސްވަރުވެސް އޭނާއަކީ މާ އަންހެން ކުދިންނާއި ޝައުޤުވެރިވެގެން އުޅުނު ކުއްޖެއް ނުނެވެ. އަނެއްކޮޅުން މިހާރު ސްކޫލު ނިންމިފަހުން ގިނަ ދުވަސްތަކެއް ވެފައި ވުމާއެއެކު ކުދިން ކުދިން ހަނދާންވެސް ނުހުންނާނެއެވެ. ކްލާސް ކުދިން ފިޔަވައެވެ.
ނައިޝަމް ނޭވާ ހިފަހައްޓާލައިގެން އިންދާ ޔަންހާ މަޑުމަޑުން އޭނާގެ އަތުން މޫނު ފޮތިކޮޅުގައި ހިފަހައްޓާލުމަށްފަހު މައްޗަށް ނަގަމުން ދިޔައެވެ. އިރުކޮޅަކުން ފެންނަން އެ އިނީ ކަޅު މޫނުފޮތިކޮޅުގެ ފަހަތުގައި ވި ރީތީގެ ރާނީއެވެ. ގުދުރަތުގެ ރީތި މިސާލެކެވެ. ހަން އޮމާން މޫނުމަތި އެހާ ދޮނެވެ. އިސް ޖަހާލައިފައި ވީ ގޮތުން އެ މޫނުމަތި އިތުރަށް މައުސޫމުކަމަށް ދައްކައެވެ. ދިގު އެސްފިޔަ ތަކުން އެ ރީތި ދެލޮލަށް ހިޔާ އެޅިފައި ވީއިރު ހާދަހާ ފުރިހަމައެވެ. ނައިޝަމް އަށް ނޭވާ ލާން ވެސް ހަނދާން ނެތިފައި އިނދެވުނެވެ. އޭނާއަށް ހޭވެރިމެއް ވީ ދެތިން ފަހަރަކު ނޫރީން އޭނާއަށް ގޮވާލުމުންނެވެ. ނައިޝަމް އަވަހަށް އެ އަންހެން ކުއްޖާގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ. ނަމަވެސް ހިތާ ދެކޮޅަށެވެ.
އެގެއިން އެމީހުން ނިކުމެގެން އައީ ކައިވެންޏަށް ދެފަރާތުންވެސް އެއްބަސް ވެގެންނެވެ. ދުވަސްވެސް ކަނޑައެޅުމަށްފަހުއެވެ. މީގެ ދެހަފްތާ ފަހުން ނައިޝަމް އާއި ޔަންހާގެ ކައިވެނި ކުރެވޭ ގޮތަށް ހަމަޖައްސައިގެންނެވެ. ނައިޝަމް ގެއަށް އައިސް ވަތް އިރުވެސް އެ ތުންފަތުގައި ނުފިލާނޭ ފަދަ ހިނިތުން ވުމެއް ވިއެވެ. ސިޓިންގް ރޫމަށް އެވަގުތު ނިކުތް ޒިވާއަށްވެސް ނައިޝަމްގެ އުޖާލާވި މޫނު ވަރަށް ރީއްޗަށް ފެނިގެން ދިޔައެވެ. އޭނާވެސް ހައިރާންވީ ޚިޔާލީ ދުނިޔެއެއްގައި ހުރެ ނައިޝަމް އަމިއްލަ އަމިއްލްއަށް ހިނިތުން ވާތީއެވެ.
“އުހުމްމްމް..” ނައިޝަމްގެ ކުރިމައްޗަށް އަރަމުން ޒިވާ ނިކަން ރީއްޗަށް ދެއަށް ހަށަން ބަނދެލުމަށް ފަހު ކަރުކެހިލިއެވެ. ނައިޝަމް އަށް ސިހުން ވީ އެވަގުތުއެވެ. “މަންމާ.. ތުއްތުއަށް ކިހިނެއް ވެފަ ހުންނަ ރެއެއްތަ؟ ޚިޔާލަކަށް ގެއްލިގެން ގޮސް މިދުނިޔޭން ގެއްލެން އުޅެނިކޮށް ކިރިޔާ މި ސަލާމަތް ކުރެވުނީ؟ އަނެއްކާ ކޮން ގެއަކަށް ތި ދިޔައީ؟” ޒިވާ ސުވާލު ކުރުމުން ނޫރީން ޚުލާސާކޮށް އެވާހަކަ އޭނާއަށް ކިޔައިދިނެވެ. އަދި ސަމާސާ ކޮށްލުމަށްފަހު އޭނާގެ ކޮޓަރިއަށް އޭނާ ދިޔަ ތަނުން ނައިޝަމްވެސް އޭނާގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ.
ހަލުވި ކަމާއިއެކު އެއް ހަފްތާ ފާއިތުވެގެން ގޮސް ނައިޝަމް އާއި ޔަންޙާގެ ކައިވެންޏަށް އެއް ދުވަހަށް ވެއްޖެއެވެ. ކައިވެނީގެ ފަހުގެ ތައްޔާރީތައް މިހާރު ވެވެމުން ދިޔައެވެ. މާ ބޮޑު ގޮތްގަނޑެއް ނުގެންގުޅުނު ނަމަވެސް ކުޑަ ޙަފްލާއެއް ބޭއްވުމުގެ ގޮތުން ނޫރީންމެން ގޭގެ ފަހަތުގެ ބޮޑު ހުސް ޖާގަ ތައްޔާރު ކުރަމުން ދިޔައެވެ. ވަރަށްވެސް ފުރިހަމަ ކޮށެވެ. މެރޫން ކުލައާއި މަޑު ޕީޗް ކުލައިގެ ފޮތިން ނާއި ފިނިފންމަލުން އެތަން ރީތިކޮށްފަ ވާލެއް ކިތަންމެހާވެސް ފުރިހަމައެވެ.
އެތަނުގައި އެކި ކަންކަމުގައި ޒިވާ އާއި ޔައީޝްވެސް ހަރަކާތްތެރިވަމުން ދިޔައވެ. ނަމަވެސް ޒިވާ ޔައީޝްއާއި އަނގައިންވެސް ބުނެ ނުލައެވެ. އަނާގެ ހިތުގައި ޔައީޝްއާއި ދޭތެރޭ މިހާރު ވަނީ ފޫހިކަމެވެ. އޭނާއާއި އެއްވެސް ގޮތަކުން ވާހަކަ ދެއްކުމުގެ ޝައުޤުވެރިކަމެއް ޒިވާގެ ނެތެވެ. އޭނާއަށް އެވަރު ޔައީޝްމެން ކޮށްފިއެއް ނޫންހެއްޔެވެ؟ ރައިފާވެސް އޭނާގެ މަސައްކަތް ހުއްޓާލީކީ ނޫނެވެ. ބަދަލުގައި އެކަންތަސް ހަރުފަތަކަސް ފަހު ހަރުފަތެއް އުސްކުރަމުން ދިޔައީއެވެ. ނަމަވެސް ދެން ވާނީ ކިހިނެއް ކަމެއް އޭނާ ކުޑަކޮށްވެސް ވިސްނާނުލައެވެ.
އާ ދުވަހަކަށް އިރު އަރައިގެން އައީ ނައިޝަމް އާއި ޔަންހާގެ ހިތް ތަޅުވަމުންނެވެ. މިއަދު މިއީ އެ ދެމީހުންގެ ކައިވެނި ވެވޭ ދުވަހެވެ. އަލަތު ކައިވެންޏަށް ވުމުން ދެމީހުންވެސް ތިބީ ނުތަނަވަސް ވެފައެވެ. އެހެން ނަމަވެސް ދެމީހުންގެ މެދުގައި މިހާރު އެކުވެރިކަން އުފެދިއްޖެއެވެ. ޔަންހާވެސް ހުންނަނީ ނައިޝަމްގެ މަޖާ މިޒާޖުގެ ސަބަބުން ނުހަނު އުފަލުންނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އޭނާއަށް ވަޒީފާ ނުލިބިގެން އެންމެ ހިތްދަތިކަން ލިބިގެން އުޅުނު ދުވަސްކޮޅު މި ވާން އުޅެނީ އެއަށްވުރެވެސް އުފާވެރި ކަމެކެވެ. ކައިވެނީގެ މަތިވެރި ގުޅުމުން އޭނާއަށް މީހަކާއި ގުޅެވެނީއެވެ. އެއީވެސް އެހާ ރީތި ފިރިހެންވަންތަ އަދި އަކްލާޤް ރަނގަޅު ޒުވާނަކާއެވެ. މިޒަމާނުގައި މަދުން ނޫނީ ނުފެންނަ ފަދަ ޒުވާނެކެވެ.
ގަޑީގެ ކަށި ހިނގަމުން ދިޔައީ އެކި މީހުންގެ ހިތް ތަޅުވަމުން ހިތްތަކަށް އުފާވެރިކަން ގެނެސްދެމުންނެވެ. އިރުވެސް އޭގެ ވާޖިބު އަދާކުރަމުންގޮސް ހަވީރާއި ގާތް ވެއްޖެއެވެ. ޕާޓީ އޮތީ ރޭގަނޑު އަށްގަޑި ބައިގައެވެ. ޔަންހާއާއި ނައިޝަމްގެ ކައިވެނި ކުރުން އޮތީ އަށެއް ޖަހާއުރަށެވެ. ހައިފާ އާއި ނޫރީންއަށް އުޅެވޭ ނޫޅެވޭ ގޮތެއްވެސް ނޭނގެއެވެ. ގާތް ދެއެކުވެރިންގެ ދަރިން މީހުންނާއި އިންނައިރު އުފާވާނެއް ނޫންހެއްޔެވެ؟ ޒައިފަވެސް ނައިޝަމްގެ ކައިވެންޏަށް މިދުވަސްކޮޅު އައިސްހުރީ ރަށުގައެވެ. އޭނާއާއި ޔާސީންވެސް ހީވަނީ ލައިނުގަނެގެން އުޅޭހެންނެވެ. ވަގުތު ކުޑަތަންވަމުން ދާތީ ވަގުތަށް ހުރިހާ ކަމެއް ނިންމާލަން ޖެހޭތީ އެންމެންގެ ހިތްވެސް ތިބީ އަވަސްވެފައެވެ.
ކައިވެނި ކުރަނީ ނޫރީންމެންގެ ގޭގައި ކަމުން ހައިފާއާއި ޔާސީންގެ ކުޑަކުޑަ އާއިލާ މިއަދު އުޅުނީ އެގޭގައެވެ. ޔަންހާ އަދި ނައިޝަމް އާއި ކައިވެނި ނުކުރެވޭތީ އޭނާ ތައްޔާރުވަނީ ޒިވާގެ ކޮޓަރިންނެވެ. ޔަންހާ އާއި ޒިވާ ވާހަކަދައްކާލަން ހުއްޓާ އެތަނަކަށް ޔައީޝް އަޔަސް ޒިވާ އަށް އެނގޭ ކަމަށްވެސް ހަދާނުލައެވެ. ދުރު ބަލައިލައިފައި އެތަނުންވެސް ދަނީއެވެ. އޭނާގެ އެ ޢަމަލުތަކުން ޔައިޝްގެ ހިތަށް ތަދުވެއެވެ. އެކަމަކު ކީއްވެހެއްޔެވެ؟
ވަގުތު ކުޑަތަން ވަމުން ގޮސް އަށެއް ޖަހަން ފަސް މިނެޓަށް ވީ އިރު އެންމެންވެސް ތައްޔާރުވެގެން އައިސް ތިބީ ނޫރީންމެންގެ ގޭގެ ބޮޑޫ ގާޑެންގައެވެ. ސްކޫލެއްގެ ހޯލްއަކަށްވުރެ އެތަން ކުޑަވާނީ ތަންކޮޅެކެވެ. އެހާވެސް ބޮޑެވެ. ފެހި ކާޕެޓްވިނަ ހައްދާލައިފައި ވާއިރު އެތަނަށް އަދި އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ނަމަވެސް މިރޭ އެތަން އެއްކޮށް ޒީނަތްތެރި ކޮށްފައި ވަނީ މެރޫން ކުލައާއި ޕީޗްކުލައިންނެވެ. އެހެން ނަމަވެސް ގުދުރަތީ ގޮތެ ދެއްކުމުގެ ގޮތުން ކޮންމެވެސް ކަހަލަ ވެލެއްވެސް އެމީހުން ބޭނުންކޮށްފައި ވިއެވެ. އެ ވެލުގައި ތަންތަންކޮޅުގައި ކަޅު ރަތްކުލައިގެ އަސްލު ފިނފެންމާ ހަރުކޮށްފައި ވީ ގޮތުން ބަލާ ފޫހި ނުވާނެއެވެ. ޔަންހާ މިރޭވެސް ހުރީ އެއްކޮށް ކަލު ކުލައިންނެވެ. ނަމަވެސް އޭނާ ބޭނުންކޮށްފައިވި ބުރުގަލުގަ ކޮންމެވެސް ވަރަކަށް މެރޫންކުލައިގެ އެސް ބޭނުންކޮށްފައި ހުއްޓެވެ. އެހެން ކަމުން މިރޭ އޭނާ ތަފާތު ކަމަށް ދައްކައެވެ.
ނައިޝަމް މިރޭ ހުރީ އެހެން އިރރުތަކާއި ޚިލާފަށް ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައާއި ރަސްމީ ބޫޓުގައެވެ. އެ ކޯޓުގެ އެއްފަރާތުގައި އިން ޖބަށް މެރޫންކުލައިގެ ފޮތިކޮޅެއް ޖަހާލައިފައި ވީ ގޮތުން މިރެއާއި ގުޅުވލައިފައި ވާ ކަން ފާހަގަ ކުރެވެއެވެ. އޭނާގެ ވަރުގަދަ އިސްތަށިގަނޑު އެއްފަރާތަކަށް ސްޓައިލް ކޮށްފައި ވިއިރު އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ރީތިކަމެއް އޭނާއަށް ލިބިފައި ވިއެވެ. ނަމަވެސް އޭނާއަށް ހުރިތަނުން ފިޔަވަޅު ގުޑުވާލަން ވެސް ނޭނގުނީ އެތަނަށް އައި ޔަންހާ ފެނިފައެވެ. މޫނުފޮތިކޮޅުން ނިވާވެފައި ވިޔަސް ލައިފައި ވި ރީތި ހެދުމުގެ ސަބަބުންވެސް އޭނާ އެހާ ރީއްޗެވެ. ސޮނި ވެއްޓެން އުޅެނިކޮށް މީހަކު ގައިގައި ޖަހާލުމުން އޭނާ ސިހުނު އިރު ގާތުގައި ހުރީ އޭނާގެ އެކުވެރިޔާ އަމާން އެވެ. އޭނާގެ ދިމާކުރުންތަކުން ނައިޝަމް އަކަށް ނުރެކެވުނެވެ. ނަމަވެސް ކެތްކޮށްލައިގެން ހުރިއެވެ.
ދެމީހުންގެ ކައިވެނި ކުރެވިގެން ދިޔައިރު މަންމަމެން ގާތުގައި ޒިވާ ހުއްޓިލައިގެން ހުއްޓެވެ. އޭނާވެސް ހުރީ ފަހަރިއެއް ލިބޭތީ ނުހަނު އުފާވެފައެވެ. ނަމަވެސް އޭނާއަށް ނޭނގުނު ކަމަކީ މިރޭ އޭނާ ރީތިވެގެން އެތަނަސް ނިކުތީއްސުރެ މީހެއްގެ ނަޒަރުން އޭނާ ވަކިނުވާ ކަމެވެ. މެރޫންކުލައިގެ އެއްކޮށްދިގުކޮށް ތިރިއަށް ފުޅާކޮށް ހުރި ހެދުމުގައި ޒިވާ ފެންނަލެއް ނުހަނު ހިތްގައިމެވެ. އެ ހެދުމުގެ މޭމައްތިންފެށިގެން ގޮސް އަތާއި އެއްކޮށް ވަށައިގެން އެކުލައިގެ ބީޑްސް ހަރުކޮށްފައި ވާތީ އަދި މާ ރީއްޗެވެ. ޕީޗްކުލައަގެ ޝޯލް އެއް އަޅާލައިފައި ވީ އިރު އޭނާއެކޭ ރީތީގެ ރާނީއެކޭ ތަފާތެއް ނެތެވެ. މާކަޕެއް ކޮށްފައި ނުވިޔަސް ގުދުރަތުން އޭނާއަށް ލިބިފައިވާ ރީތިކަމާއި އެއްކޮށް ހުރި އިރު ނުހަނު ޗާލެވެ. މިރޭ އޭޏާގެ އެ ރީތިކަން ފެނިފައިވެސް ހަސަދަވެރި ވާނެ ބަޔަކު އުޅޭނކަން ގައިމެވެ.
މިރޭ ފެށުނީއްސުރެ ޒިވާގެ ކުދިކުދި ހަރަކާތްތަކުން ފެށިގެން ފާރަލަމުން ދިޔަ ޔައީޝްގެ ތުންފަތުގައި ކުޅެލައިފައި ވަނީ ހިނިތުން ވުމެކެވެ. މެރުން ކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ކުޑަކޮށް ހިމަކޮށް ހުރި ފަޓުލޫނުގައި ޔައީށްވެސް ހީވަނީ މޮޑެލް އެއް ހެންނެވެ. ނަމަވެސް ޒިވާއަކަށް މިރެއަކު އޭނާގެ އެ ރިތިކަމެއް ނުފެނުނެވެ. ޔައީޝްދެކެ ފޫހިވެފައި ހުރި ވަރުންނެވެ. އެހެން ހުރުމަށްފަހު ޔައީޝްއަށް އެ މާހައުލަށް ސަމާލުކަން ދެވުނީ ޔަންހާ އާއި ނައިޝަމްގެ ކައިވެނި ފެށިގެން ދިޔުމުންނެވެ.
އެންމެންވެސް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު ހިނިތުންވެލީ މިރޭ އެބަޔަކަށް ޚާއްސަވާ ދެޒުވާނުންގެ ކައިވެނި ކުރެވިގެން ދިޔުމުންނެވެ. ޔައީޝްއަށް އަނެއްކާވެސް ޒިވާއާއި ދިމާލަށް ނަޒަރު ހުއްޓާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ ހީވަނީ މިރޭ ހަމަ ޕަރީއެއް ހެންނެވެ. އެހާވެސް ރީއްޗެވެ. އޭނާއަށް މިހާރު ޒިވާއަށް ހިތާހިތުން އެގޮތަށް ތަޢުރީފްކޮށްލެވުނީ ކިތައް ފަހަރަކު ކަމެއް ވެސް ނޭނގެއެވެ. ޔައީޝް ހަމަޖެހިލީ މެހެމާނުންތައް އެތަނަށް އަންނަން ފެށުމުންނެވެ. ރަށުގެ ފުދޭވަރަކަށް ގިނަ މީހުންނަށް ދައުވަތު އެރުވިފައި ވުމުން ފުދޭވަރަކށް ގިނަ މީހުން އަންނަމުން ދިޔައެވެ. އަދި ނައިޝަމްގެ ދެމަފިރިންނަށް މަރުޙަބާ ކިޔަމުން ދިޔައީ އެނމްނެވެސް އުފަލލާއިއެކުއެވެ. އެހެން ތިއްބާ ޔަންހާ ސިހުނީ އޭނާގެ ގާތަށް މާހީ އައިސް ސަމާސާ ކޮށްލުމުންނެވެ.
“ކޮބާ ކިހިނެއް މިވީ؟ ކާކުކަން ނޭނގިގެން މަށާ ސުވާލު ކުރީ މީނައާއި އިންނަން ވެގެން ދޯ އެއިރުވެސް… ހީވިއޭ އެކަހަލަ އެއްޗެއް.. އެކަމަކު މި ކުއްޖާ މަގޭ ގައިގަ ތަޅާ މަރައިފާނެތީ ބިރުން އެވާހަކަ ބުނަން ނުކެރުނީ…” މާހީ ވާގަކަ ދައްކަމުން ދިޔަ ގޮތުން ޔަންހާ އަށް ދިޔައީ ހެވެމުންނެވެ. އެވަގުތު އޭނާގެ ގާތުގައި ނައިޝަމް ނެތް ކަމީ ނަސީބެކޭ އޭނާގެ ހިތަށް އެރިއެވެ. ނޫންނަމަ އޭނާ މިރޭ އިތުރަށް ލަދުގަތިހެވެ.
ހިނިތުން ވެލައިގެން ހުރެ ޕާޓީ ކުރިއަށްދިޔަ މާހައުލުގައި ހަމަޖެހިލައިގެން ހުރި ޒިވާއަށް ކުރިމަތިވާން އުޅެނީ ކިހާވަރެއްގެ ކަމެއް ކަމެްވެސް އޭނާއަށް ރޭކާނުލައެވެ. އެކަނި އޭނާ ގަހެއްގެ ދަށުގައި ހުއްޓިލައިގެން ހުރި އިރު އޭނާއަށް ކަޅިއަޅަމުން ދިޔަ ފަރާތެއް ޒިވާގެ ލޮލުގައި އަޅައެއް ނުގަތެވެ. އޭނާ އެތާ ހުރީ މައިހާ އާއި އަޔާނީގެ އިންތިޒާރުގައެވެ. އެ ދެކުދިން ނައިސް ލަސްވެގެން އިރުކޮޅަކާއި ގަޑި ބަލާލައިފަ ތުންދަމާލައެވެ.
“ހެއި…” މައިހާ އައި އަޔާނީގެ އިންތިޒާރުގައި ޒިވާ ހުއްޓާ ކުރިމައްޗަށް އެ އެރީ އޭނާ އެންމެ ފޫހިވާ އިންސާނާއެވެ. ޔައީޗްއެވެ. އަނެއްފަހަރު މިރޭ އޭނާ ކިހިނެއް ބޭޒާރުކޮށްލަން އުޅެނީ ކަމެއްވެސް ނޭނގެއެވެ. ޔައީޝް އެއީ އަޅެފަހެ ކޮންކަހަލަ ފިރިހެނެއް ބާވައޭ ޒިވާގެ ހިތަށް އެރިއެވެ. ޒިވާ ޔައީޝްއަށް އަޅާވެސް ނުލިއެވެ. ޔައީޝް ނިކަން މަޑުމައިތިރި ކަމާއިއެކު އޭނާގެ ފިރިހެން ވަމްތަ އަޑުން ވާހަކަ ދައްކަމުން ދިޔައިރުވެސް ޒިވާއަށް ކަހައިރު ވަކު ދަނބެކޭވެސް ހީނުވެއވެ.
“ޒިއްޕުޑިން ކާކަށް އިންތިޒާރުކުރަނީ؟ ބޯއި ފްރެންޑްތަ؟” މިއޮށް ހުރިހާއިރު ހިފަހައްޓައިގެން ހުރި ރުޅިގަނޑު ފަޅައިގެން ދިޔައީ އެވަގުތުއެވެ. ނުރުހުމުގެ ނަޒަރެއް ޒިވާ ކުއްލިޔަކަށް ޔައީޝްއަށް ދިނެވެ. ނަމަވެސް އެއިން ޔައީޝްއަށް މާ ބޮޑު ކަމަކަށް ނުވިއެވެ. “އަޅޭ.. ކިހިނެއް ވީ؟ އަހާލެވިދާނެ ދޯ…” ޔައީޝް މޫނުމައްޗަށް ގޮތެއް ހަދާލަމުން ޒިވާ ގަތު ބުނެލިއެވެ. އެމީހުންތިބީ މީހުން ކާންތިވބި ތަނާއި ތަންކޮޅެއް ދުރުގަ ކަމުން އެ ދެމީހުންނެއް މީހުންގެ ލޮލުގައި އަޅައެއ ްނުގަންނާނެއެވެ.
“ޔައީޝް އަށް ކޮންކަމެއް ޒިވް މީހަކާ ރައްޓެހި ވިޔަސް ނުވިއަސް.. އަދި މީހަކާއި ކައިވެނި ކުރިޔަސް ތި ޔައީޗްއަކަށް ޒިވް އަކަށް ބާރެއް ނުފޯރުވޭނޭ… ތުއްތުއާއި ދައްތައާއި ކައިވެނި ކުރެވުނީ.. އަހރެމެންނެއް ނޫނޭ.. އެހެން ވިމަ ވަރށް ސާފުކޮށް މިބުނީ ޔައީޝޤ ޒިވް އާއި ދުރުގަ ހުރޭ،.. ވާވަރަށް މިހާރު ޖެއްސުން ކޮށްފީމެއްނު..” ޒިވާ އެއްޗެހި ކިޔާ ނިންމާލި އިރުވެސް ޔައީޝްގެ މޫނުމަތީގައި ވަނީ ލާނެއް ހިނިތުންވުމެކެވެ. އޭނާ ޒިވާކައިރިން ދުރަށް ދާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. ނަމަވެސް އޭނާއަށް ޔުއާން ގޮވާލުމުން އެތަނުން ދަން މަޖުބޫރުވީއެވެ.
ޒިވާއަށް މިއޮތް ހުރިހާއިރު ފާރަލީ މީހާގެ ތުންފަތަށް ވިހަ ހިނިތުން ވުމެއް ވެރިވި އެތަނުން ޔައީޝް ދިޔުމުންނެވެ. އޭނާ ވަދެ ހުރި ގަހުގެ ފުރަގަހުން ނިކުމެ ޒިވާ އާއި ދިމާލަށް މިސްރާބު ޖެހިއެވެ. ޔުއާން ބުނި ކަމެއް ކޮށްދިނުމަށްފަހު ޔައީޝް އަނެއްކާވެސް ތަންތަން ހޯދާލީ ޒިވާ ފެނޭތޯއެވެ. އޭނާ ދެންމެ ހުރި ގަސް ކައިރީ މިހާރު ޒިވާއެއް ނެތެވެ. އެހެން ކަމުން ދެޖީބަށް އަތް ޖަހާލައިގެން ހުރެ މީހުންގެ ތެރެއިން ހިނގަމުން ދިޔައީ ޒިވާ ހޯދުމަށެވެ.
އެ ޕާޓީ ތެރޭގައި ޒީނަތްތެރި ކުރުމުގެ ގޮތުން ތަންތަން ކޮޅުގައި ޕެލެޓް ކަހަލަ އެއްޗެހި ތަކެއް ވެޔޮ އަރުވާފައި ބަހައްޓަފައި ހުއްޓެވެ. ޒިވާ އެތަނުން ކައިރިން ހިނގާފައި ދަނިކޮށް މީހަކު އޭޏާގެ އަތަށް ދަމާލާފައި އޭތީގެ ފުރަގަހަށް އޭޏާ ވެއްދިއެވެ. ޒިވާގެ ދެލޯ ބޮޑުވީ ނޭނގިހުއްޓާ ކުއްލިޔަކަށް މީހަކު އަތަށް ދަމައިގަތުމުންނެވެ. ގަތް ބިރާއި އެއްކޮށް ހަޅޭތް ލަވައިގަންނަން އުޅެނިކޮށް އެމީހަކު ޒިވާގެ އަނގަމަތީގައި އަތް އެޅިއެވެ. ބާރުގަދަ އަތެކެވެ. ޒިވާއަށް އެއް ކަމެއް ވެސް ނުކުރެވުނެވެ.
ޒިވާ ހޯދުމުގެ މަގްސަދުގައި ހިނގަ ހިނގާ ހުރި ޔައީޝްއަށް އެރުނީ މައިހާ އާއި އަޔާނީގެ ކުރިމައްޗަށެވެ… އެދެމީހުންވެސް މޫނު ކުނިކޮށްލި ގޮތުން އެ ތިބީ ޔައީޝް ދެކެ ރުޅި އައިސަްފަކަން އޭނާއަށް އެނގުނެވެ. ނަމަވެސް ޔައީޝްގެ ލޮލުގައި އަޅައިގަތި އެ މޫނުތަކެއް ނޫނެވެ. “ކޮބާ ޒިވް؟” ޒިވަ މިއޮސް ހުރިހާއިރު އުޅުނީ އެ ދެމީހުން ނުފެނިގެންނެވެ. ނަމަވެސް ޒިވާ އެމީހުންގާތުގައި ނެތުމުން ޔައީޝް ހައިރާން ވިއެވެ. “ކީއްކުރަން ޒިވް ހޯދަނީ؟ އޭނާއަށް މިރޭ އިތުރަށް ޖއްސުން ކުރަން އުޅޭނެކަމެއް ނެތް…” މައިހާ ރުޅި އައިސްގެން ހުރެ އިންޒާރެއް ދޭފަދައަކުން ޔައީޝައާއި ވާހަކަ ދެއްކިއެވެ. ނަމަވެސް ޔައީޝްއަށް އެޔަކުން މާ ބޮޑު އަސަރެއް ނުކުރިއެވެ. ވީހާވެސް ކަމަކީ ހައިރާންކަން އިތުރުވުމެވެ.
“ނޫނެކޭ.. ނޫޅެމޭ ޒިވާއާށް ޖއްސުން ކުރާކަށް.. ހަމަ އަސްލުވެސް ސީރިއަސް ކޮށް މި އަހަނީ.. ތިމީހުން ކައިރިޔަކަށް ނާދޭތަ ޒިވާއެއް؟” ދެލޯ ކުޑަކޮށްލަމުން އެދެކުދިންގެ މޫނަށް ބަލައިލަމުން ޔައިޝް ސީރިއަސް ކަމާއިއެކު ބުނެލިއެވެ. މިފަހަރުވެސް އެދެވޭ ޖަވާބެއް ނައުމުން ޔައީޝް ރުޅިގަދަވާގޮތް ވިއެވެ. އެންމެފަހުން އަޔާނީމެންނަށެވެސް ޔައީޝް ސީރިއަސް ވެއްޖެކަން ދެނެގަނެވިގެން އެމީހުންނަށް ޒިވާ ނުފެންނަ ކަމަށް ބުންޏެވެ. ޔައީޝްގެ ހައިރާންކަން ނުތަނަވަސްކަމަށް ބަދަލުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އޭނާގެ ހަނދާންނަށް ކުއްލިޔަކަށް ކަމެއ އައި ފަދައަކުން ދެލޯ ބޮޑުކޮށްލިއެވެ. އެއަށްފަހު އޭނާ ބާރުބާރަށް އެތަނުން ދިޔައީ ޒިވާ ހޯދުމަށެވެ. މައިހާ އާއި އަޔާނީވެސް އޭނާގެ ފަހަތުން ދިޔައީ ކަންބޮޑުވެ ހުރެއެވެ.
ޒިވާ ތެޅިފޮޅެމުން ދިޔައީ އަނގައިން އަޑެއް ބޭރުކުރެވޭތޯއެވެ. ނަމަވެސް އެ ނިކަމެތި އަންހެން ކުއްޖާއަށް އެއްކަމެއްވެސް ނުކުރެވުނެވެ. ޒިވާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ އޭނާއާއި ނުހަނު ގާތުން އިވެން ފެށި އަޑެއްގެ ސަބަބުންނެވެ. ތުންފަތުން ކޮނަމެވެސް މީހަކު “ޗުއް” ލައްވަމުން އައެވެ. އެ އަޑު އައީ އޭނާއާއި ކައިރިވަމުންނެވެ. ޒިވާގެ އަނގަމަތީ އަތް އަޅައިގެން ހުރި މީހަކު ހުރީ އޭނާގެ ފަހަތުން ކަމުން އެމީހެއް އޭނާއަކަށް ނުފެނެއެވެ. ނަމަވެސް ކުރިމަތިން އަނދިރިގަނޑުގެ ތެރެއިން އެ އަންނަ މީހެއް ޒިވާއަށް ފެނެއެވެ. ނަމަވެސް އަދި ފެންނަން ހުރީ އޭނާގެ ފައި އެކަންޏެވެ. އެހެނެއްކަމަކު ގާތް ވީ ވަރަކަށް އެމީހެއް ފެންނަމުން ދިޔައެވެ.
ޒިވާއަށް ދެލޯ ބޮޑުކޮށްލެވުނީ ކުރިމަތީގައި އައިސް ހުއްޓިލީ އަންހެން ކުއްޖާ ފެނުމުންނެވެ. އެއީ މިއޮށް ހުރިހާ ދުވަހު ދެގޮތެއް ނުވެ އޭނާއަށް ޖެއްސުން ކުރުމައިގެން ދެމިހުރި އަންހެން ކުއްޖާއެވެ. ރީތިކަމުގެ ފަހަތުގައި ބޮޑާކަމާއި ކިބުރުވެރިކަން ހިފައިގެން ހުރި އަންހެން ކުއްޖާއެވެ. އެއީ ރައިފާ ނޫން ދެވަނަ މީހެއް ނޫނެވެ. އޭނާގެ ތުންފަތުގައި ވީ ވިހަ ހިނިތުންވުމުން ޒިވާއަށް ނަގައިގަންނަންވީ ކީކޭ ކަމެއް ނޭނގުނެވެ. ނަމަވެސް ރައިފާ އޭނާއާއި ކައިރިވަމުން ދިޔަ ވަރަކަށް ނުތަނަވަސްވަމުން ދިޔައެވެ.
“ކަމަނާފާނު ހާލުކޮޅު ކިހިނެއް؟ ދެތިން ދުވަހެއް ވެއްޖެ ދޯ ދިމާ ނުވާތާ؟ އެހެންވެ ހަމަ ހަނދާން ވެގެންނޭ މިރޭ މި އައީ..” ނުލަފާ ހިނިތުން ވުމަކާއިއެކު ރައިފާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. “ހަނދާން އެބަހުރިތަ އެއްކަލަ ދުވަހު މަށާއި ދިމާލަށް ކީ އެއްޗެހި؟ ވަރަށް ކެރިލައިގެން ވާހަކަ ދެއްކީމެއްނު ދޯ… އެކަމަކު ހީ ނުކުރައްޗޭ މަ ޗުއްޕު ކިޔައިގެން ހުންނާނެއޭ… ނޫން.. އެއްގޮތަކަށްވެސް ނުހުންނާނަން… މިރޭ އެކަން ޒިވާއަށް އެނގިގެން ދާނެ… އަނެއްކޮޅުން ޔައީޝްގެ ލޯބިވެސް ކަލެއަށް ނުލިބުނު.. ކީއްކުރާ މީހެއްތަ ތީ ދެން؟ ޔައީޝް އަކީ އެއީ އަހަރެންގެ މީހެއް.. ހަމައެކަނި އަހަރެންގެ.. އޭނައާއި ވައި އެޅިގެންވެސް ނުވާނެ.. ހަނދާން ކުރާތި..” ނުލަފާ ވައްތަރަކަށް ނަމަވެސް ހިނިތުން ވުމަކުން ފެށި ވާހަކަ ނިމުނު އިރު ރައިފާ ހުރީ ދަތްކުނޑި ވިކާލައިފައެވެ. އަދި ޒިވާ އާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލައިފައި އިންޒާރެއް ދިނެވެ.
ޒިވާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ރައިފާގެ ހިތުގައި ބަދަލު ހިފުމުގެ ރޫޙު އެވަނީ ހާދަވަރަކަށެވެ. ރައިފާއަށްތަކައި އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މިފަހަރުވެސް އޭނާ ހަމްދަރުދީ ވިއެވެ. ނަމަވެސް ހިތާމައަކީ ރައިފާއަށް އެއިން ކަމެއް ރޭކާވެސް ނުލާ ކަމެވެ. އަމިއްލަ ދަހިވެތިކަމުގައި އޭނާ އެވަނީ ބެހިގެން ގޮސް މާ ދުރަށް ގެއްލިފައެވެ. އަތު އަޅުވާލަންވެސް އުނދަގޫވާ ހިސާބަށް ގޮއްސައެވެ. ނަމަވެސް ޒިވާ ﷲގެ ހަޟްރަތުން އުންމީދު ކަނޑައެއް ނުލައެވެ. ރައިފާއަށްވެސް އަދި ކޮންމެވެސް ދުވަހަކުން ވިސްނޭނެ ކަމަށް އޭނާ ޤަބޫލު ކުރެއެވެ.
(ނުނިމޭ)
48 Comments
Comments are closed.
Yey me first
hehe.. yeah dear.. 🙂 Thoo first.. congrats dear.. 🙂 and i hope that you liked this part.. 🙂
Yes ofcourse I love this story?❤ varah varah rythi vaahaka eh mee ❤❤ thoo hama kiyaa hithun kiyan? phn nagaa knme faharaku balaalevey story up veythw? thankyou noor dear?❤ for this bootipull story?❤ i love this story❤ And you too luv❤❤ i hope that varah avahah up vaane kamah❤❤ Bye❤✨
Waiting for the next part?❤??
aww.. maa sha allah haadha colorful comment ekey dhw Thoo.. 🙂 vrh vrh happy vehje noor.. 🙂 vrh bodah sorry dear miadhu krin up nukurevunyma.. ekam al’hamdhulillaah dhn laheh nuvaane in sha allah.. 10th part is coming… on the way ga hma.. hehe.. 🙂
assalaamu a’laikum dear readers.. 🙂 miothy story ge 9 vana bai dhigu dhigu inthizaarakah fahu up vefa.. 🙂 vrh bodah sorry ingey readers ehaa gina iru vandhen inthizaaruga beythibbunyma.. and, mi part ga mistakes thah huredhaane ingey.. vrh avas aruvaalaafa noor mi part up mi kohdhiny.. hope that you guys would understand the situation.. 🙂 jazakumullah khairan.. <3
Noor.nxt prt upload kohba avahah ?can’t wait…lym ❤❤❤Bye…
alhey jazlee dear.. noor innaany mihaaru up kohdhyfaey e part.. 🙂 hehe.. LY 2.. <3
Finally up vy…this part is also awsome……..wen next prt??
Im second…right??
hehe.. jazakillah khairan dear.. 🙂 in sha allah, maadhan up kohdheveytho noor masakkaiyy kuraanan.. 🙂
yess dear.. you second! congratss dearr!!! 🙂
Hey varah reethi ingey
????
jazakillah khairan shai.. 🙂 noor vrh ufaavheje dear ge comment kiyalaifa.. 🙂
Wowww….. awesomee… vrh vrh reethi… assu mishy tst feshign ulhey thii midheytherey cmnt eh kh nulevuny… vrh vrh reethi.. btw e prt thh s keen ngh… vrh vrh reethi.. alhe ekm xiv ah ehn nuhadhrr.., plx… noor… xiv salaamaiyy kurey… vrh vrh reethi… ♥♥♥♥♥♥♥♥♥♥♥♥
aww mishy dear.. 🙂 jazakillah khairan dear.. it’s ok mishy… mishy bodah focus kuran jeheynee test thakah.. studies ah.. ehn v ma aee evves massalahe noon ingey.. 🙂 jazakillah khairan mishy.. alhey mishy.. noor ves haadha masahkatheh kuramey eba xiv ekamun salaamiyy kuran.. ekamaku hama nukurevigen miulheny.. konmeves kuhajaku adhi xiv salaamiyy kuraane, in sha allah.. 🙂 allah vodigen vany keiyytherynnaa eku ehnu dhw mishy? ehn v ma evves meehakah nu ufulley varuge buraeh ves ekalaange nujassavaane.. ziv ves adhi in sha allah, ekamun salaamiyy vaaneyey mishy dear.. 🙂
Masha Allah vvvvv reethi
jazakillah khairan Shimko.. 🙂
finally.. v reethi. ziva angamathyga ai alhaigen e hury raifa aa hedhi ulhey boy dhw. den raifa yaeesh aky thimannage ekani myheke bunyma ena vaanee kihine?
hehe.. jazakillah khairan twinkle dear.. 🙂 hingaa dhw balamaa aee kon kuhjeh thw.. 🙂 dhn vaagotheh balamaa.. dear ge suvaaluthakah in sha allah, javaabu libeyne adhi.. 🙂
Alhey ziv ah dhera gotheh nuhadhahchey noor. ???raifa i hate u and Yaeesh u 2?????????vv foohi vey???vv reethi ingey hama awesome.. ???????next part avahah up kohdhehchey plyxx ??????????
alhey Maya dear… noor ves hama vrh vrh masahkaiyy kuramey eba ziv salaamiyy kureveytho.. in sha allah, adhi ziv ves ekamun salaamiyy vaane.. 🙂 hehe.. noor ves rulhi aissa ey mihury ekudhin kanthah kuraa gothun.. jazakillah khairan dear.. :-)in sha allah, noor try kurany hama.. maadhan hendhunu vaa irah faharegga up vefa neendhe dhaane ingey dear.. noor vrh bodu exam akah revise kurany mee.. ehnvegen kudakon las vedhaane.. noor ah maaf kohdhehchey dear.. 🙂
Aslu maalahee up kuraaleh.
Kiyaahithun hutta nimehee ves.
Nathoo dear vrh bodah sorry ingey.. 🙁 noor ah iyye hama up nukohdhevuny mi part.. reyga noor ah mi episode submit kurevuny ves.. ehnve ehaa las v.. noor ah maaf kohdhehchey dear.. 🙂
Masha Allah varah reethi?
Pls ziv ah dhera gotheh nuhadhahchyy??
Kon irakun next part kiyaa lan libeynee
Waiting………
jazakillah khairan Sana dear.. 🙂 alhey sana dear, noor keeh kuraany.. konme fadha gotheh ves hama vedhaanennu dhw? in sha allah, maadhan sana dear mennaa hamayah genesdheveytho noor hama try kurany.. 🙂
Obines to the max….??????????? you are the one of the best write….vvvvv furihama..noor thee boy eh tha girl eh tha noony scl ga ulhey kujjetha….who are you? Hama ahaali olhun filuvan beynunvaathi …..thi gothuga abadhuves kuriah dhaashe…. vvv ufaavejje ni episode dhigu koh la dhinyma… once again mi vaahaka vv rythi.. maasha allah….
aww.. 🙂 haadha ufaavehjeyey dear thihen bunelyma.. vrh vrh vrh ufaavefa noor mihuy.. mihen liyelaa ehchakun ekan haama kohdheyn undhagoo vedhaane.. ekam noor mihury hama varah ufalun ingey dear.. 🙂 jazakillah khairan dear.. hehe.. i’m a girl and also a student.. 🙂 hehe.. ehn dhw.. it’s ok.. noor ehn readers ah ves hunnane mihaavarah ans kohfa.. 🙂 awww.. jazakillah khairan dear.. hama aslugaves noor mihury dear ge comment kiyaalaafa vrh vrh happy vefa ingey.. 🙂
Aslu i thought yaish raifa aa rattehi v zeevaa ah ehen kurin jessun kuri meeheh balan raifa ah sakku kurevigen kamah.. eyru yaish ge imaan therikan vs varugadhavaahen hen heevi.. dhnneyge waagotheh.. ekam emme ufaa vany mi storyga dheenee kankamah v bodu samaal kameh dheythy.. mee v nufenna kameh.. masha allah noor. Ur very talented.. i love the way story is goin..in sha allah adhi emmennah vs hidhaayai libeyne.. jazakallah khairan for the great story noor.
aww.. jazakillah khairan Hh.. 🙂 hehe… hingaa dhw balamaa dhn vaa gotheh.. nxt episode ga thikanthah thah vrh rangalhah engigen dhaane.. ingey… 🙂 al’hamdhulillaah! aee maaiyy allah noor ah medhuveri kurevvi goiyy.. 🙂 ins sha allah.. 🙂 and, marhabaa dear.. 🙂
ohhh….mi part ves v cute……….i can’t wait other part……noor….avskoh deebala…. plx
aww.. jazakillah khairan ira dear.. 🙂 hehe.. noor hama avas kohdheveytho balany mee.. in sha allah, maadhan dear mennaa hamayah 10th episode genesdheveytho try kurany ingey.. ekamaku noor ah bunaakah nukereyne seedhaa hendhunu ebai up vaaneyekey.. 🙂
Waau Haadha reecheyy mi part
The best writer in this site??????????
Varah bodah shukuriyaa thihaa iburahteri reethi vaahaka eh genes dheekamah takai ????
❤❤❤❤❤
Keep it up❤❤❤❤❤❤
aww.. jazakillah khairan Alisha dear.. 🙂 awwwww.. haadha ufaavehjey Alisha dear ge comment fenifa.. vrh vrh vrh happy noor.. bunaane ehcheh ves neynge hama.. 🙂 marhabaa n jazakillah khairan dear thihaa kiyaalaahithun mi story kiyaalaathyve.. 🙂
Masha Allah
Very nice
When next part
jazakillah khairan Nunnu.. 🙂 in sha allah maadhan up kohdheveyhtho noor mi try kurany.. maadhamaage thankolheh las vaguthehga ves ebai up vedhaane… noor ge vrh undhagoo exam eh kuriyah othy.. ehnve eyah revise kuraathyve kudakoh las vedhaane noor ah story submot kohdheveyleh.. ehn vehje nama thankolheh las vedhaane ingey dear.. i hope you’d understand the situation.. 🙂
Mi site in emme reethi vaahaka mee ?????
Varah habyes mi part??
Plz ziv ah dhera gotheh nuhadhahcheyy ???
Varah kiyaa hithun huhtaa
Nimunee ?
Waiting for the next part
aww.. jazakillah khairan Felix dear.. 🙂 alhey dear.. noor ves mi balaniyyey hama ziv salaamaiyy kohdheveytho.. oiyy gothaky keiyytherivelaigen thibe allah ah dua kurun.. ekalaage emme molhah dhenevodigen vany… dhw dear? ehnveyey ziv ves keiyytheri velaigen e hunnany.. 🙂 hehe.. ehntha dear? 🙂 varah happy vehje dear mi story ehaa kiyaa hithun kiyaalaathyve.. 🙂
Maasha Allah. Vrh reethi mi part vx. Waiting for next part..???????
jazakillah khairan Mate dear.. keep waiting dear.. 🙂
wow. vvvv reethi mi part ves.waiting for nextpart
asluvestha mal dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema… jazakillah khairan dear.. 🙂
Vr kiyaa hithun huhta e up v vx.. vr furihama nd iburaitheri story eh mee??❤️?.. curiously waiting for the next part.♥️♥️❤️
hehe.. ehn tha dear? 🙂 jazakillah khairan dear.. innaane mihaaru aneh part up vefa.. 🙂
noor dear…… which school are u from….which grade are u from…….are u living in male…….hehe i wanna know about u….cuz your a amazing writer in this site……ur my favourite writer in this site…… i love this story a lot….cuz i love to read dheeny stories….. comment nukuriyas I’ll read the story…..test onna thy busy kamun comment nukurevey….sorry about it….
Nuha dear… 🙂 alhey haadha baivaru suvaaley dhw.. hehe.. 🙂 yes, i’m from male’.. i could answer that question only.. hehe.. 🙂 if you don’t mind i’ll keep others as a secret.. 🙂 awww… if you want any help from me in order to write please let me know… in sha allah, i’ll help you as much as i could.. 🙂 jazakillah khairan dear.. 🙂 asluvestha? vrh ufaavehje dear dheeny stories ah like vaa vaahaka bunelya.. 🙂 it’s ok dear.. no, you don’t have to… hehe.. 🙂 ehgothakah ves aee massalaeh noon ingey.. 🙂
Omg..❤❤.. what will happen next?? Avahah up koh ba aneii bai .. e bai kiyaa hithun i can’t wait
🙂 hingaa dhw balamaa dhn vaa gotheh.. 🙂 alhey Gud dear.. vrh bodah sorry ingey next episode las v thy.. noor vrh try kurin ebai avas kohleveytho.. ekam hama noor ah v varu.. mihaaru 10th episode hama on the way ga.. hehe.. 🙂 alhey.. vrh vrh vrh bodah sorry ingey dear.. noor ves aslu beynumeh nooney dear mn ehaa gina iru inthizaaruga baithibbaakah.. 🙂 jazakillah khairan dear.. ihah keiyykollaa ingey.. 🙂 hehe..