ނޫރީންއާއި ވާހަކަ ދައްކާލަން ކިތަންމެ ބޭނުންވެފައި ހުރި ނަމަވެސް ނޫރީންއަށް ނޭނގޭނެހެން ޔަންހާ ގޭގެ އަނެއްފަރާތަށް ދިޔައެވެ. ބޮޑު ބިއްލޫރި ބިތް ކައިރީ ހުއްޓިލައިގެން ހުރި ޔަންހާ އެ ބިއްލޫރިގަނޑުގައި އަތް ޖައްސާލިއެވެ. އޭނާގެ އަތަށް އެވަގުތުވެސް ފިނިކަން އިޙުސާސް ވެގެން ދިޔައެވެ. މިދުވަސްކޮޅަކީ ކެނެޑާއަށް ފިނި މޫސުން ކަމުން މުޅި ގޭތެރެވެސް ހީވަނީ އޭސީ ކޮށްފަ ހުންނަހެންނެވެ. ގޭގެ ބޮޑު ބަގީޗާގަ ހުރި ހުރިހާ ގަސްތަކެއްގައިވެސް ވަނީ ސްނޯ ހަރުލައިފައެވެ. އެހެން ނަމަވެސް މަންޒަރު ނުހަނު […]
މެންދުރު އެގާރަ ޖަހަނިކޮށް ޒިވާ އާއި މައިހާ ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައެވެ. “ޔައި ފަހުންވެސް މެސެޖު ކޮށްފަ ބުނި ނާދެވޭނެޔޯ.. އޭނާ ކުރިން ހުރީ ބްރޭކް ނަގައިގެން ނަމަވެސް އަންނަން.. އެކަމަކު ފަހުން ބުނީ ހަމަ ނެތޯ ދެވޭކަށް.. އޭނާ ހުރީ ކޮންމެ ގޮތެއް ހަދާފަވެސް އަންނަން.. އެކަމަކު އަހަރެން ދެން ފަހުން ބުނީ މައްސަލައެއް ނެތޭ މައި މެން މީހަކާ އެކީ ގޮސްލަފާނަމޭ.. ބުނި ރިޕޯޓް ލިބޭގޮތަށް ޑޮކްޓަރަށް ދައްކާފަ ތިމަންނައަށް އަންގާލައްޗޯ..” އެތެރެއަށް […]
ރައިފާގެ ކަންފަތުގައި ކުޑަކުޑަ އަލީނާ ލައްވަމުން ދިޔަ އަޑުތައް އިވި ހިނި އާދެވުނީ އިޚްތިޔާރުން ބޭރުގައެވެ. އޭނާވެސް ގައިމު ރަނގަޅު ދިރިއުޅުމެއް ފައްޓައިގެން އެމީހުން އެ އުޅޭ ގޮތަށް އުޅުނީމަ އެ ވީ ނޫން ހެއްޔެވެ؟ ބަދަލު ނުހިފާ ސުލްޙަވެރިކަމާއެކު ހުރިހާ ކަމެއް ނިންމާލިއްޔާ ވާނީ ކީއްހެއްޔެވެ؟ ރައިފާ އޭނާގެ ބޮލުގައި ކުޑަކޮށް ޖަހާލިއެވެ. އެއްގޮތަކަށްވެސް ޒިވާ ގާތުން ބަދަލު ނުހިފައި ކަމަކު ނުދާނެވެ. އޭނާގެ ބަސްނާހާ ހިތަށް އަނެއްކާވެސް އިތުރަށް ބަހަނާތައް ދައްކަމުން ދިޔައެވެ. މައިހާ […]
އަހަންނަކީ އުމުރުން 18 އަހަރުވާން ކައިރިވެފައިވާ ޙަޔާތުގެ ދުވަސްތައް އުފަލާއި މަޖަލުގައި ގުނަމުންއައި ކުއްޖަކީމެވެ. އަހަންނަކީ މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އާއިލާގައި ހުރި ހަމައެކަނި އަންހެން ކުއްޖާއަށް ވުމީ އަހަންނަށް ލިބިފައިވާ އެންމެ ބޮޑު ނަސީބޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރާއްޖެތެރޭގެ ރަށެއްގައި ދިރިއުޅެމުން އައި ކަމަކު އަހަރެން ބޭނުންވާ އެއްޗެއް އަހަންނަށް ނުލިބޭ ފަހަރެއް މަދެވެ. މާލެއެއް ނޫން ސިލޯނަށް ގޮސްގެން ވެސް އަހަންނަށް ރީތި އަންނައުނާއި ފެންވަރު ރަނގަޅު ސާމާނު […]
“ނާއިޝް…” ކޮޓަރީގައި ފޯނާއި ކުޅެން އެނދުގައި އޮށޯވެ އޮތް ނާއިޝްއަށް ވައި އަޑަކުން އޭނާއަށް އަންހެން ކުއްޖަކު ގޮވާލި އަޑު އިވުނުހެން ހީވިއެވެ. އެއީ ހަމަ އެ އަޑެވެ. އޭނާ ސިއްސައިގެން ގޮސް އެނދުން ތެދުވެލީ ހިތަށް ވަންނަމުން ދިޔަ ވަސްވާސްތަކެއްގެ ސަބަބުންނެވެ. އަނެއްކާ އެއީ ކާކުބާވައެވެ؟ އެއީ ކޮން ބޭނުމެއް ނުފުދިގެން އުޅޭ ކާކުބާވައެވެ؟ އަންހެން ކުއްޖެއްގެ އަޑު އެގޮތަށް އޭނާއަށް އިވެންވީ ކީއްވެ ބާވައެވެ؟ ކުއްލިޔަކަށް ނާއިޝްގެ ދެލޯ ބޮޑުވިގޮތުން ހީވީ އެއްޗެއް ވިސްނުނު […]
މިއީވާ ތަނެކެވެ. މިތަންމިވަނީ ހަލާކުވެފައެވެ. މީހުންގެ ވިސްނުމާއި ފިކުރުވަނީ ގެއްލި ނިމިގޮސްފައެވެ. މިތާގައި ވާދަވެރިކަންމެނުވީ ނުވެއެވެ. ދުނިޔޭގެ ކުރިއެރުމަށާއި، މަޝްހޫރު ކަމާއި، މީހުންގެ މަޤްބޫލުކަން ހޯދުމަށާއި މުއްސަނދިކަމަށް އެކަކު އަނެކަކަށް ވާދަކުރުމުގައި، އިންސާނިއްޔަތުވަންތަކަމާއި، އޯގާތެރިކަމާއި، އަނެކަކަށް އަޅާލުން އިންސާނުން ހަނދާން ނެތި ގޮސްފިއެވެ. ބޮޑާކަން އިސްކޮށް ތިމާގެ ދެއްކުންތެރިކަން ނޫން ކަމެއް އިންސާނުން ހަނދާން ނެއް ފަދައެވެ. ބަދުއަޚްލާޤީ އަމަލުތައް އާންމުވެ ޖަނަވާރުންނެކޭ އެއްފަދައިން ކުޑައެއް ބޮޑެއްނެތި އެންމެންގެވެސް މަސައްކަތަކަށްވަނީ އެމީހެއްގެ އެދުން ފުއްދާނެ މީހަކު ހޯދުމަށެވެ. […]
“މިޔޮށް އައީނު..” ސައިކަލު ޕާކު ކޮށްލުމަށްފަހު ކަފި ހުރަސް މަތިން ހިނގާފައި އެމީހުން ތިބި ދިމާލަށް އަންނަމުން ދިޔަ ޒަޔާން ފެނި ޔައީޝް ހިނިތުން ވެލައިފައި ބުނެލިއެވެ. އެވަގުތު އެންމެންގެ މޫނުވެސް އުޖާލާވެގެން ދިޔައެވެ. އެންމެން އެކުގައި އަދްޔަން މެން ގެ އެޕާޓްމެންޓް އިންނަ ފްލޯއަށް ދިޔައީ ލިފްޓުގައެވެ. އެއަށްފަހު ބެލް އަޅާލީ ހިނިތުން ވެލައިގެން ތިބެއެވެ. ނަމަވެސް ދޮރު ހުޅުވާލި ވަގުތު ދޮރު ކުރިމަތީ ހުރި ސޫރަ ފެނި އެ އެންމެންގެ މޫނުގެ އުޖާލާކަން ކެނޑިގެން […]
ދުއްވާ އެއްޗެހީގެ ސަބަބުން މަގުތައްވަނީ ތޮއްޖެހިފައެވެ. އިރުއިރުކޮޅުން އެއިވޭ ބަރުގޮނުގެ އަޑުން ކަންފަތް ފަޅައިގެންދާވަރުވެއެވެ. އަހަރެންގެ އަވަސް ހިނގުން މަޑުޖެހިލީ މަގުގެ އަނެއްފަރާތުގައިވާ މާބަގީޗާ ލޮލުގައި އަޅައިގަތުމުންނެވެ. ހިތަށް ފިނިކަމެއް ހޯދުމަށް އެދެވުނުވަރުން މަގުގެ ދެކޮޅު ހޯދާލުމަށްފަހު މަގު ހުރަސްކޮށްލީމެވެ. ކުލަކުލައިގެ މާމެލާމެލި ފަރިވެފޮޅިފައިވާ އެބަގީޗާގެ ވަށައިގެން އިށީނދެވޭގޮތަށް ލަކުޑި ގޮނޑިތައް ހުރިއިރު ހުސްކޮށްހުރި އެންމެ ގޮނޑިއެއްވެސް ނެތެވެ. އެންމެ ކައިރިން ފެންނަންހުރި ގޮނޑީގައި އަންހެން ކުއްޖަކު އެކަނިމާއެކަނި އިންތަންފެނުމުން އެދިމާއަށް މިސްރާބުޖެހީމެވެ. ނަސީބަކުން އެތަނުގައި އިށީނުމުގެ […]
ވަރުބަލި ކަމާއެކު ގޮސް ގެއަށް ވަތް ޔައީޝްއަށް ހުރިތާ ހުއްޓިލެވުނީ ގޭތެރެއިން ފެނުނު މަންޒަރަކުންނެވެ. މީހަކު ގެއަށް ގެންނަންޏާ އާންމުކޮށް ޒިވާ އޭނާ ގާތު އަބަދުވެސް ބުނާނެއެވެ. ނަމަވެސް މިއަދު ހެނދުނު އޭނާ އޮފީހަށް ދިޔުމުގެ ކުރިންވެސް ޒިވާ އެކަހަލަ ވާހަކައެއް ދައްކައިފައެއް ނުވެއެވެ. ދެން މިއީ ކާކުބާވައެވެ؟ ޔައީޝް ދެބުމަ ގާތްކޮށްލައިގެން ހުރެ ގޭތެރެއަށް ވަދެގެން ދިޔައެވެ. އެއިރު ޒިވާ ކައިރީ ސޯފާގައި އަރޫފާ ޓީވީ ބަލަން އިން އިރު ޒިވާގެ އަނެއް ފަރާތުގައި ސުމައްޔާ […]