Skip to content
އެސްފިޔަ

އަލިވެގެންދިޔަ ޙަޔާތް

އަހަންނަކީ އުމުރުން 18 އަހަރުވާން ކައިރިވެފައިވާ ޙަޔާތުގެ ދުވަސްތައް އުފަލާއި މަޖަލުގައި ގުނަމުންއައި ކުއްޖަކީމެވެ. އަހަންނަކީ މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އާއިލާގައި ހުރި ހަމައެކަނި އަންހެން ކުއްޖާއަށް ވުމީ އަހަންނަށް ލިބިފައިވާ އެންމެ ބޮޑު ނަސީބޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ރާއްޖެތެރޭގެ ރަށެއްގައި ދިރިއުޅެމުން އައި ކަމަކު އަހަރެން ބޭނުންވާ އެއްޗެއް އަހަންނަށް ނުލިބޭ ފަހަރެއް މަދެވެ. މާލެއެއް ނޫން ސިލޯނަށް ގޮސްގެން ވެސް އަހަންނަށް ރީތި އަންނައުނާއި ފެންވަރު ރަނގަޅު ސާމާނު ހޯދާދެން އަހަރެންގެ ބައްޕަ ހުންނަނީ އަތުކުރި އޮޅާލައިގެންނެވެ. މިކަމުގެ ސަބަބުން މުޅި ރަށަށްވެސް އަހަރުމެންގެ އާއިލާ ވަނީ މުއްސަނދި ބަޔެއްގެ ގޮތުގައި އިޝްތިހާރު ވެ ނިމިފައެވެ.

މުއްސަނދި ރަސްދަރިކަނބަލެއްގެ އުޅުން އުޅުމުގެ އިތުރަށް އަހަންނަކީ ތަޢުލީމުގެ ރޮނގުން ވެސް ހިތްއަލި މުޅި ސްކޫލަށް މަޝްހޫރު ކުއްޖެކެވެ. ގިނަ މުބާރަތްތަކަކުން ރަންވަނަ ޙާސިލްކޮށް ކިޔެވުމުގައި ވެސް ގިނަ ކުދިބައެއް ފަށްކޮށްލުންވީ އެތައް ބައެއްގެ ހަސަދަވެރިކަމުގެ ލޯތައް އަހަންނަށް އަމާޒުކުރުވަނިވި ކަމަކަށެވެ. ނަމަވެސް އަހަރެންގެ ދޮށްޓަށް ތިބި 2 ބޭބެއަށް އަހަންނާ ދިމާއަށް މީހަކު އެއްޗެކޭ ބުނެފިކަން އެނގިއްޖެނަމަ އެމީހަކު ރޮލާ ކާލާވަރު ކުރަނީ އެމީހަކަށް އަހަންނާ ހަތަރުކަޅި ހަމަކުރަން ވެސް ނުކެރޭ ވަރަށެވެ. އަހަރެންގެ ރީތިކަމުގެ ޖާދޫގައި ޖެހިގެން ރައްޓެހިވާން އަހާ ކޮންމެ ކުއްޖެއް ހޭއަރުވާލަނީ ދެވަނަ ފަހަރަށް އަހަންނާ ވާހަކަ ދައްކަން ވެސް ނުކެރޭ ވަރަށެވެ.

ކަންތައް މިހެން ހުރިއިރު ވެސް އަހަރެން އުޅުނީ ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެންނެވެ. ބޭބެމެންނަށް ސިއްރުންނެވެ. ޔަޒާންއަކީ އަހަރެންގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެވެސް ލޯތްބެވެ. މީހުންނާ ގުޅޭ އޯގާތެރި ހިތެއްގެ ވެރިއެކެވެ. އެތައް އަންހެން ކުދިންނެއްގެ ” ފަރސްޓް ކްރަޝް ” އެވެ. އަހަރެން އޭނާއަށް ލޯބި ހުށައެޅީ އޭނާވެސް އަހަންނާ ގަޔާވާކަން އެނގި ހުރެއެވެ. ބޭބެމެންގެ ބިރަށް ޔަޒާން ކިތަންމެ ނޫންކަމަށް އުޅުނަސް އަހަންނާ މެދު އެބަހައްޓާ ގާތް ކަމުގެ ސަބަބުން އޭނާގެ ހިތުގައި ވެސް އަހަންނަށް ޚާއްސަ މަޤާމެއް ދެވިފައިވާކަން އަހަންނަށް ޔަޤީންކުރެވުނީއެވެ. އެންމެ ފަހުން އަހަރެންގެ ކެރުންތެރިކަން ފެނިފައި އޭނާވެސް އަހަންނާ ގުޅެން އެއްބަސްވީއެވެ.

މިހުރިހާ ވާހަކައެއް ކިޔާދެވުނީމަ އަހަންނަކީ ވަރަށް އުފާވެރި ކުއްޖެކޭ ހިތަށް އަރާ ދޯއެވެ. އުފާ ނުވަންވީ ސަބަބެއްވެސް ކޮބާބާއެވެ؟ އަހަންނަށްޓަކައި ޖާނާމާލުން ޤުރުބާންވާ މައިންބަފައިންނެވެ. އަހަންނަށް ހުރިހާ ގޮތަކުން ހިމާޔަތްދޭ ބޭބެއިންނެވެ. އަހަރެންދެކެ އެހާ ލޯބިވާ ލޯބިވެރިއެކެވެ. ޝާހީ ދިރިއުޅުމާއި ގާތް އެކުވެރިންނެވެ. ނުވިތާކަށް ހުރިހާ ކަމަކުން ވެސް ފަލާޙާއި ކާމިޔާބީއެވެ.

ނަމަވެސް އަހަރެންގެ ދިރިއުޅުމަކީ އުފާވެރި ދިރިއުޅުމެކޭ ނުބުނެވޭނެ ސަބަބުތައް ބައިވަރެވެ. އަބަދުހެން ކޮންމެސް ކަމަކާ މާޔޫސް ވަނީއެވެ. ކުރިޔަށް އޮތް ތާނގައި ހިތާމައެއް ލިބިދާނޭ ހީވެފައި ބިރު ގަންނަނީއެވެ. ޔަޒާންއަކީ ކިތަންމެ ހެޔޮލަފާ ކުއްޖަކަށްވި ނަމަވެސް އޭނާގެ އާއިލާގެ ސަބަބުން އަހަރެމެންގެ ގުޅުމަށް ބޭބެމެންނާއި މަންމަ މެން ނުރުހިދާނެތީއެވެ. ހަމައެހެންމެ ކޮންމެސް ގޮތަކަށް ބަލި ނުވާ އެންމެ ދުވަހެއް ވެސް ނާންނަނީއެވެ. އެއްދުވަހު ހުންއައިއްޔާ އަނެއް ދުވަހު ސައިނަސް މައްސަލަ ބޮޑުވަނީއެވެ. ނުވިތާކަށް ދުވަސްކޮޅުކޮޅުން ގައިން ބިހިތަކެއް ނަގާ ފާރުވަނީއެވެ. ފެން ޖެހުމުން ފާރުވެފައި ހުންނަ ތަންތަނުން ނަގާ ދިލައަށް ކެތްނުވެގެން އަހަރެން އެތައް ފަހަރަކު ރޮމެވެ.

މިވޭނަށް ކެތްނުވެގެން އެތައް ފަރުވާއެއް ކުރެވިއްޖެއެވެ. އެތައް ޑޮކްޓަރުންނަކަށް ދައްކައިގެން ވެސް ދާއިމީ ފަރުވާއެއް ނުލިބޭތީ ދިވެހި ބޭސް ވެސް ކުރެވުނެވެ. ނަމަވެސް ވާ ކަމެއް ހަރާމެވެ. އެއްގޮތެއް ހަދައިގެނެއްވެސް އަހަރެންގެ މި ބައްޔަކަށް ޝިފާއެއް ނުލިބެއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަހަރެންގެ މިބަލި ދިޔައީ ބޮޑުވަމުންނެވެ. ކެކުޅުމުގައި އަހަރެންގެ މުޅި ޙަޔާތް ހޭދަކުރާތަން ބަލަން އަހަރެންގެ މައިންބަފައިންގެ ހިތަށް ކެތްނުވެގެން ބޮޑު އަގު ދީފައި ފަންޑިތަވެރިއަކު ގެނައެވެ. އާއިލާގެ އެންމެންވެސް ކިތަންމެ ނުރުހޭ ކަމަކަށް ވިޔަސް އަހަރެންގެ އުފަލަށް އެފިޔަވަޅު އަޅަން މަޖުބޫރުވީއެވެ. އެމީހާ އެންމެ ފުރަތަމަވެސް އަހަންނާ ކޮށްލި ސުވާލުން އަހަންނަށް އަނގަ ހޮޅުވައިގެން ހައިރާން ވެފައި އިނދެވުނީއެވެ. އެހާ މުހިންމު ކަމަކާ މެދު ޚުދު އަހަންނަށް ވެސް ވިސްނާ ނުލެވުމުން މޮޔަހީވެފައެވެ.

ފަންޑިތަވެރިޔާ އަހަރެން ކައިރީ އެހީ އަހަރެން ދީނަށް ފަރުވާތެރިވާ މިންވަރާ ބެހޭގޮތުންނެވެ. ނަމާދު ކުރަން ހެއްޔެވެ؟ ޤުރުއާން ކިޔަވަން ހެއްޔެވެ؟ ޖަވާބު ދޭން އަހަރެން ޖެހިލުންވީ އެންމެ ފަހުން ނަމާދެއް ކުރެވުނު ދުވަސް ވެސް ހަނދާން ނެތީމައެވެ. މުބާރާތްތަކުގެ ތެރެއިން އަހަރެން ބައިވެރި ނުވާ ހަމައެކަނި މުބާރާތަކީ ޤުރުއާން މުބާރާތޭ ބުނަން ނުކެރުނީއެވެ.

ފަންޑިތަވެރިޔާގެ އެ ސުވާލުން އަހަރެންގެ ސިކުނޑި ހާސްކޮށްލިއެވެ. ވިސްނާލަން މަޖުބޫރުވިއެވެ. އަހަންނަކީ ސިކުނޑީގެ އުނިކަމެއް ވެސް ހުންނަ ކުއްޖެއް ނޫނެވެ. އަހަންނަށް ވެސް މާތް ﷲ ވަނީ ބުއްދި ދެއްވާފައެވެ. އެ ބުއްދި ބޭނުން ކޮށްގެން ވިސްނައި ދުނިޔެ މަތީގައި ހެޔޮ ޢަމަލު ގިނަކުޅައުމަށެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ޙާސިލް ކުރުމަށެވެ. ނަމަވެސް އަހަންނަށް މިއުޅެވުނީ ހާދަ ދީނާއި ދުރުންނެވެ. އާޚިރަތުގައި އަހަންނަށް ހާދަ ނުބައެއް ހުންނާނޭ ހިތަށް އަރާފައި މިފަހަރު ހަމަ ރަނގަޅަށް ވެސް އަހަރެން ޖެހިލުންވެ މާޔޫސްވެއްޖެއެވެ.

ޙަޤީގަތުގައި އަހަރެންވެސް ނަމާދު ކުރަން ބޭނުންވާ ފަހަރު އާދެއެވެ. ނަމާދު ނުކުރެވޭތީ އަހަރެންވެސް ދެރަވެއެވެ. ނަމަވެސް ކުޑަ ވަގުތުކޮޅަކަށެވެ. ތެދަށް ބުނަންޏާ އަހަރެން ނަމާދު ކުރަން ވުޟޫ ކޮށްފަވެސް ނަމާދު ނުކޮށް ދާ ކިތަންމެ ފަހަރެއް އާދެއެވެ. ހަމަ އެންމެ ފަހު ގަޑީ ނަމާދު ކުރާ ހިތް ނުވަނީއެވެ. ކަންނެތްކަމުންނެވެ. މޫޑު ނުހުންނާތީއެވެ. ވަރުބަލިވާތީއެވެ. މިހެން ގޮސް ނަމާދު ކުރަން ވެއްޖެއްޔާ އަހަރެންގެ ބަހަނާތައް ހުސްނުވާނެއެވެ.

ފަންޑިތަ ހަދާ މީހާއަށް ޙަޤީގަތް ކިޔާދެވުނީ އާގަނެގަނެފައެވެ. އޭރު އަހަރެންގެ ލޯ ވަނީ ފެންކަޅި ވެފައެވެ. އާނއެކެވެ. ހަމަރަނގަޅަށް ވެސް އަހަންނަށް ވިސްނިއްޖެއެވެ. އަހަންނަށް މި ދިމާވާ ހުރިހާ މައްސަލައެއްގެ ސަބަބަކީ އަހަރެންގެ މި ގޯސް އުޅުމެވެ. ކިތަންމެ ގޮތެއް ހެދިޔަސް ﷲ ޝިފާ ދެއްވަން ނެތް އަޅަކަށް ޝިފާ ލިބޭނެ ހެއްޔެވެ؟ ނުލިބޭނެކަން ޔަޤީނެވެ.

އިންސާނުންގެ ޒިންމާއަކީ ކަރުއެލުވާނުލާ ﷲގެ ޙަޟްރަތުން މަދަދަށް އެދި ދުޢާ ދެންނެވުމެވެ. ހުރިހާ ކަމަކުން ކާމިޔާބާއި ފަލާޙު މިންވަރު ކޮށްދެއްވާތޯއެވެ. ފުރިހަމަ ސިއްޙަތައަކަށް އެދިއެވެ. ދިރިއުޅުން ބާއްޖަވެރި ކުރައްވާތޯއެވެ. ދުނިޔެއަކީ އިމްތިޙާނެކެވެ. އުފަލާއި ކުރިމަތިލާ ގޮތަށް ހިތާމަތަކަށް ކެތްކުރަން ވެސް ޖެހޭނެއެވެ. އަހަރުމެން ޖެހޭނީ ސާބިތު ކަމާއެކު ﷲ ގެ ޙަޟްރަތުން މުސީބާތްތަކުން ސަލާމަތް ކޮށްދެއްވާތޯ ދުޢާ ކުރާށެވެ. މާތް ﷲ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެއެވެ.

އެދުވަހުން ފެށިގެން އަހަރެން ބަދަލުވީމެވެ. ޤަވާއިދުން ނަމާދުކޮށް ޤުރުއާން ކިޔަވަން ފެށީމެވެ. އޭގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ. އަހަރެންގެ ބަލި ރަނގަޅު ވަމުން ވަމުން ގޮސް އެއްކޮށް ރަނގަޅު ވިއެވެ. ހަމައެހެންމެ ބޭބެމެންނާއި މުޅި އާއިލާ އަހަންނާއި ޔަޒާންގެ ގުޅުމަށް މަރުހަބާ ކިޔުންވީ އަހަރެން ހުރިހާ މާޔޫސް ކަމަކުން މިންޖު ކޮށްދިން ކަމަކަށެވެ. މިއަދު އަހަންނަކީ ކާމިޔާބު ކުއްޖަކީމެވެ. އެކަމުގެ ސިއްރަކީ ދީނީ ކަންކަމަށް ފަރުވާތެރި ވުން ކަމާ މެދު ޝައްކެއް ނެތެވެ.

ނިމުނީ

Comments (38)

  1. Twinkle?

    Yay me first dhw

    1. Roxana
      Twinkle?

      Hehe yh our twinkle is frst cngra buddy ????

  2. naash

    me second dhw hehe…. stry hama habeys

    1. Roxana
      naash

      Yayy naash is scnd ?? thnkew dear vvvvv hpy vaahaka kamudhiaiima ????

  3. Lotus

    Awsome???

    1. Roxana
      Lotus

      Awwnn thnkew my dear lotus vvvv ufaa vhje vaahaka kamudhiaima ??????

  4. Roxana

    Heiii my beloved readerrxx ?? vv bxy kh ulhemun vx hma vaahaka eh liyely cmmntrs ge lwbi cmmnts thah mthn miss vaaa vrun ??? roxy gboolu kurn mi stry ehaa ehaa nuvedhrne cox mind v baaru bdu mdhuvx klhu ☹☹ bt nxt time myh vure vx rythi khln i wil try my bst ?? hurhr readrs vx stry r mdhu dhkey goi buneladhehchey cvr pic vx ?? roxy v search khgn hwdhi pic eii hehe ???

  5. Nanni ey mee

    Mi vaahaka Roxy bunihn ehaa ehaa eh nooon…….. Its just perfect buddy…..u r doing grt…… keep going…. try for the best as always……. tc……

    1. Roxana
      Nanni ey mee

      Hehe awn thnkew my dear nanniii ?? aslh vx vvvv hpy vaahaka kamudhiaiima ?????

  6. liyaa

    nice keep it up roxana ☺?❤??

    1. Roxana
      liyaa

      Hehe thnkew liyaa ?? vvvvv hpy vrhaka kamudhiaiima ????

  7. Twinkle?

    A naash vs mi stry kiyan dhw… gadha… sry roxana aslu mi stry ah commnt eh nukurevunyma… egadyga kuda kameh dhimaa v… naash bunihn stry hama habeys… adhi vs mikahala baivaru stries fennaane kamah hykurn… ???❤❤❤???

    1. Roxana
      Twinkle?

      Hehe itx ok buddy n dnt wry twinkle insha allah adhi baivru stories fhnrne ?? thnkew my dear twinklyy vvvvvvv hpy vrhaka kamudhiaiima ???

  8. Amee

    Vvv reethi

    1. Roxana
      Amee

      Thnkew amee ?? realy hpy vaahaka akmudhiaiima ????

  9. shamoon

    Vara ves furihama keep it up girl

    1. Roxana
      shamoon

      Thnkew ?? vv hpy vhje stry kamudhiaiima ??

  10. Livee

    It’s awesome

    1. Roxana
      Livee

      Awn thnkew soo much my sweet livee ?? glad u liked it ?????

  11. Betty

    I love it ❤ all the best Roxana❤?

    1. Roxana
      Betty

      Thnkew buddy 4 the lvely cmmnt ?? sooooo hpy vrhaka kmudhiaiima ??

  12. unique

    oh roxy i just luv it… vv late dhw kiyaalaafa comment kollileh sry dear…. bxy vee but story hama best vvv loabi……. gud luck for ur exams, studies n everything

    1. Roxana
      unique

      Awn buddy i missed u soooo much ?? iru iruklhr blrlevey unique ge cmmnt eh indheythw dhn cmmnt nukuraaney hthah araaf dhra vx vi ☹ bt mhru hma vvvvvvvv hpy cmmnt khlyma + vrhaka kamudhiaiima thnkew soo much sissy ??????

  13. Psenhi

    Love the story. Ma Sha Allah

    1. Roxana
      Psenhi

      Psenhiiii m so glad u liked it thnkew buddy ???

  14. unique

    my cute sis kolhaa its okeii… time libunyma reply kuraanan ojkey dhw

    1. Roxana
      unique

      Buddy u tlkin to me?? ???

    2. unique
      unique

      yup.. sissy bunyma majalakah buny heheh

    3. Roxana
      unique

      Hehe wow im smeones cute sis klhu hw sweet of u dearie thnkew buddy ??

  15. Nanni

    Heii Roxy.. N the picture is owsm…. Heheheh. i just wanna say tht… ly..

  16. unique

    arrn dhen vy ehnu dhw do u use mail

    1. Roxana
      unique

      Yhh ??

    2. unique
      unique

      umm cant u mail me i have given my mail in evadhu story ga

  17. unique

    umm cant u mail me i have given my mail in evaudhu story ga

    1. Roxana
      unique

      Yes dearie ? i wil chck n mail nge ??

  18. Roxana

    Awn ?? i waited 4 smeone to say tht sooooo hpy to c itx u ?? jst lv u threeeeee hehe ???

  19. Zidhan Mohamed

    Roxy ge story liyumuge talent ebahuri. Varah hama furihama hibaaraaiy kurun and all. Mi story zidhan ah aslu vess v kamugossi. Kudhi kudhi kankan faahaga kollevunu. Ekam dhen evaahaka baavvamaa. Ehe.. Gudluk darling. I am really proud of you. Go girl go… ??

    1. Roxana
      Zidhan Mohamed

      Hehe thnkew zidhaan vv ufr vhje vrhaka kamudhiaiima ???

Comments are closed.