Skip to content
އެސްފިޔަ

ހުޅުކޮޅު 31

ރައިފާގެ ކަންފަތުގައި ކުޑަކުޑަ އަލީނާ ލައްވަމުން ދިޔަ އަޑުތައް އިވި ހިނި އާދެވުނީ އިޚްތިޔާރުން ބޭރުގައެވެ. އޭނާވެސް ގައިމު ރަނގަޅު ދިރިއުޅުމެއް ފައްޓައިގެން އެމީހުން އެ އުޅޭ ގޮތަށް އުޅުނީމަ އެ ވީ ނޫން ހެއްޔެވެ؟ ބަދަލު ނުހިފާ ސުލްޙަވެރިކަމާއެކު ހުރިހާ ކަމެއް ނިންމާލިއްޔާ ވާނީ ކީއްހެއްޔެވެ؟ ރައިފާ އޭނާގެ ބޮލުގައި ކުޑަކޮށް ޖަހާލިއެވެ. އެއްގޮތަކަށްވެސް ޒިވާ ގާތުން ބަދަލު ނުހިފައި ކަމަކު ނުދާނެވެ. އޭނާގެ ބަސްނާހާ ހިތަށް އަނެއްކާވެސް އިތުރަށް ބަހަނާތައް ދައްކަމުން ދިޔައެވެ.

މައިހާ ޒިވާ ގާތު ފާޚާނާއަށް ކަމަށްބުނުމުން ޒިވާވެސް އޭނާއާއެކު ކޮޓަރިއަށް ދިޔައެވެ. މައިހާ ފާޚާނާއަށް ވަނުމުން ޒިވާ އެނދުގައި އިށީނދެލައިގެން އިނެވެ. އޭނާ އަށް އެކި ޚިޔާލުތަކަށް ފީނެމުން ދިޔައެވެ. ނަމަވެސް ސިހުނީ މައިހާ ދޮރު ހުޅުވާލި އަޑަށެވެ. “މައި.. މިއުޅެނީ އެކޮޅަށް ދާން ދުވަސްކޮޅަކަށް.. މަންމަމެންނަށް ސަޕްރައިޒް ދޭންވެގެން.. މަންމަ ބުނީމަވެސް ތުއްތުވެސް އެކަކުވެސް ޤަބޫލެއް ނުކުރިޔޯ ޒިވް އުޅޭ ކަމެއް.. އެހެންވެ.. އަސްލު ވަރަށް އުނދަގޫ ވާނެ ދޯ އެހެން ހަމަ ބުނެލާއިރަށް އެކަންތައް ޤަބޫލު ކުރަންވެސް.. ވަރަށް އެހެން ކަހަލަ ގޮތަކަށް ވިއްޔަ ޒިވް ސަލާމަތް ވެފަ މިހުރީ.. އަލްޙަމްދުލިއްލާހް! ލަމާންމެންވެސް އަސްލު ވަރަށް ބޮޑު އެހީއެއް އެ ވެދިނީ.. އިނގޭތަ؟ މަންމަ އެރޭވެސް ގުޅައިގެން ދެބަހުން އެއްބަހުން ބުނޭ މަންމަ ކައިރިއަށް އައުމަށް.. ނޫނީ މަންމަ މިކޮޅަށް އަންނަން.. މަންމަމެން މިހާރު ދުވަސްވަމުން ދާއިރު އަބަދު އިރުކޮޅަކާ އިރުކޮޅަކާ ދަތުރު ކުރަންވީމަ ކަމަކު ނުދާނެ ދޯ.. އެހެންވެ ޔައީޝް އާ ދެމީހުން މިހެން ނިންމީ.. އޯކޭ ވާނެ ދޯ..” ޒިވާ ވާހަކަ ދައްކަމުން ދިޔައިރު މައިހާ އައިސް އޭނާ ގާތު އިށީނެވެ.

“ހޫމް.. ހަމަ ބެސްޓް.. ވަރަށް އުފާވާނެ އެންމެންވެސް ޒިވް ފެނުނީމަ..” މައިހާ ޒިވާ ގައިގަ ކުޑަކޮށް ބައްދާލަމުން ބުނެލިއިއެވެ. އެވަގުތު އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. “އޭތް އޭތް.. ކިހިނެއް ތި ހަދަނީ؟” ޒިވާ މައިހާގެ ލޮލުން އައިސް ހުރި ކަރުނަތައް ފުހެދެމުން ބުނެލިއެވެ. އެވަގުތު މައިހާ ހިނިތުން ވެލިއެވެ. “ޒިވް އަށް އިނގޭތަ ޒިވް ދިޔަ ފަހުން އަހަރެމެން އުޅުނު ހާލު.. ޔާނީ އެއްދުވަސްވީއިރުވެސް ނުވެސް ކައި.. މައި ގޮސް ގަދަކަމުން ކާންދެނީ.. މައި އަށްވެސް ހަމަ ނިދި ނުލިބޭ.. ހިތް ޤަބޫލެއް ނުކުރޭ ޒިވް ހިނގައިދާނެ ކަމަކަށް.. އަބަދުވެސް ބުނޭ ޒިވް އެބައުޅެޔޭ.. ޒިވް ނުދާނޭ.. އެންމެފަހުން ބަލާ.. މައި ގެ ޒިވް އާ މިޔޮށް ބައްދަލުވީ..” މައިހާ ހިނިތުން ވެލަމުން ބުނެލިއެވެ.

ޒިވާ މައިހާ ގައގަ ބައްދައިގަތީ އޭނާވެސް ދެރަވުމުންނެވެ. “ސޮރީ މައި.. ވަރަށް ވަރަށް ވަރަށް ބޮޑަށް..” ޒިވާ މައިހާ ގާތު އެހެން ބުނި އިރު ލޮލުން ކަރުނަ ހިލިފައި ހުއްޓެވެ. “ނޫން.. ޒިވް ކީއްކުރަން ސޮރީ ބުނަން ވީ؟ ޒިވް ނުޖެހެޔޭ ސޮރީ ބުނާކަށް.. ޒިވް އަށް ވާނުވާ އިނގޭތަ އެ ހުރިހާ ކަމެއް ވެދިޔަ އިރު؟ އޭނ؟ ނޭނގެޔެއްނު.. ދެން އެހެން ވީމަ ޒިވްގެ ކޮން ކުށެއް އޮތީ؟ މާތް ﷲ ކޮންމެ ކަމެއްވެސް މިންވަރު ކުރައްވަނީ ހަމަ ރަނގަޅަކަށްނު.. ދޯ.. ޒިވް ނުލާހިކު ގިނައިން އަހަރެމެން ގާތު ބުނާ ވާހަކައެއް އެއީ.. ދެން މިއަދު ކީއްވެޔޯ ތިހެން ތި ކިޔަނީ؟ މީގެ ފަހުން ސޮރީ ބުނަން ހިތަށް ވެސް ނާރުވާތި..” މައިހާ ޒިވާ ދުރުކޮށްލަމުން އިނގިލި ދިއްކޮށްލައިފަ އަމުރެއް ކޮށްލިއެވެ. އެވަގުތު ދެމީހުންނަށް ހެވުނެވެ.

ޒިވާ އާއި މައިހާވެސް ސިހުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. “އޯހް.. މީ ދޯ މި ކުރާ ކަމަކީ.. ކޮބާ ޔައި.. މަ ބުނީމެއްނު އޭރުވެސް.. މި މީހުންނަށް ބޭރުގަ އަހަރެމެން ތިބީމަ ވާހަކަ ނުދެއްކިގެންނޭ މިތާ މިތިބީ.. ފޮނި އަނގަ ނުތެޅޭތީ ހަމަ އަހަރެމެން ބާކީ ކޮށްލާފަ އައިސް އެ ތިބީ.. ދެން ނުވާނެ އެއް ތާކަށްވެސް އަހަރެމެންނާ އެކީ މި މީހުން ގެންގޮސްގެންނެއް..” ޒަޔާން ދެޖީބަށް އަތް ޖަހާލަމުން ބުނެލިއެވެ. ޔައީޝްވެސް އެއިރު ލާނެއް ހިންޏެއް އައިސްފައި ހުއްޓެވެ.

“ނޫނެކޭ.. ބޭރަށް ދާންވެގެންނޭ މިއުޅެނީ..” މައިހާ ތުން އަނބުރާލައިފައި ބުނެލިއެވެ. އަދި ހެމުން ހެމުން އޭނާ ޒިވާގެ އަތުގައި ހިފައިގެން އެތަނުން ނިކުތެވެ. “އިހަށް މަޑުކޮށްބަލަ.. ޔައީޝް.. ކޮބާތަ އަރޫފާ މިހާރު؟” ޒިވާ ދަމުން ދަމުން މަޑުކޮށްލައިފައި ބުނެލިއެވެ. “އޭނާ ގޮއްސި ކޮޓަރިއަށް.. އެހެންނު ވާނީ.. ތި ދެމީހުން އެއްތަން ވެއްޖިއްޔާ އެހެން ބަޔަކު ތިބޭކަން ވެސް ނޭނގޭ ވިއްޔަ..” ޔައީޝް އަނެއްކާވެސް ޒިވާ އާއި މަލާމާތް ކޮށްލިއެވެ.

ޒިވާ ޔައީޝް އަށް ލޯ އަޅާލިއެވެ. އޭނާ އަނގަޔަށް ވައްތަރެއް ޖައްސާލި ނަމަވެސް އެކަން ނަސީބަކުން ޔައީޝްއަކަށް ނޭނގެއެވެ. ޒިވާ ހުންނާތީ ޒަޔާން އަށް ޔައީޝް ގާތު އެމީހުންގެ ތަޙުޤީޤު ގޮސް އޮތް ހިސާބުވެސް ބުނެއެއް ނުދެވެއެވެ. އެކަން އެމީހުން އެކުރަނީ ޒިވާ އާއި ސިއްރުންނެވެ. އެއީ ޒިވާއަށް އެކަން އިނގިއްޖެނަމަ ތަޙުޤީޤު ހުއްޓުވަން ވެސް ޒިވާ އުޅެފާނެއެވެ. ކުރިންވެސް ސްކޫލުގައި އުޅުނު އިރު ރައިފާ ކޮންމެ ކަމެއް ކުރިޔަސް އޭނާ ކެތް ކޮސްލައިގެން ހުންނަނީއެވެ. “އެއީ އަދި އޭނާއަށް ނުވިސްނޭތީ އުޅޭ ގޮތޭ.. އިރާދަކުރެއްވިއްޔާ އަދި ކޮންމެވެސް ދުވަހަކުން އޭނާއަށްވެސް ވިސްނޭނެ.. ދެން މިއަދު އަހަރެމެން މައްސަލަ ޖައްސައިގެން އޭނާއާމެދު ހަރުކަށި ފިޔަވަޅު އަޅައިފިއްޔާ އޭނާ އަހަރެމެން ދެކެ އަންނަ ރުޅި ހައްތަހާ ގަދަ ވާނީ..” އެއީ ލީޑިން ޓީޗަރުންނާއި ހަމަޔަށް ރައިފާގެ ވާހަކަ ގެންދަން ވެގެން މައިހާމެން ބުނުމުން ޒިވާ ދިން ޖަވާބެވެ. އެހެން ކަމުން ދެވަނަ ފަހަރަށްވެސް ޒިވާ އެކަމަށް އިންކާރު ކޮށްފާނެތީ އެމީހުން އެކަން ޒިވާއަށް ފޮރުވީއެވެ.

***

ކޮޓަރީގައި ސޯފާގައި އިށީނދެއިން ރައިފާ އިނީ ޚިޔާލަކަށް ގެއްލިފައެވެ. އޭނާއަށް މި އުޅެވެނީ ރަނގަޅަށް ބާވައެވެ؟ ޒިވާ ގާތުން ހަމަ އަސްލުވެސް ބަދަލު ހިފަން ވީ ބާވައެވެ؟ އެއިރުން އަނެއްކާ އެ ކުރެވެނީ ގޯސްކަމެއް ނޫން ބާވައެވެ؟ މިއީ މިހާރު އަބަދު އަބަދު ކަހަލަ ގޮތަކަށް ރައިފާގެ ސިކުނޑިތެރޭގައި ރަސްކަން ކުރަމުން އަންނަ ސުވާލު ތަކެވެ. ނަމަވެސް އޭނާ އެ ޚިޔާލުތަކާއި ދުރުވަނީ މީގެ ކުރިންވެސް އޭނާ އެއީ ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ ކަމެއް ކުރުމުގެ ކުރިން ނުބަލާކަން ހިތަށް ވިސްނައިދީފައެވެ. އެއަށްވުރެ އޭނާ މޮޅު ވާނެކަމަށްވެސް ހިތަށް ވިސްނައިދީފައެވެ.

އެނދުމަތީގައި އޮތް ފޯނު ހިފައިގެން އައިސް އަނެއްކާވެސް އެނދުގައި އިށީނދެލިއެވެ. އެއަށްފަހު ނަންބަރުތަކަށް ފިއްތަން ފެށިއެވެ. އޭގެ ދެވަނަ ސިކުންތުގައި ފޯނު ކަންފަތުގައި ޖައްސާލިއެވެ.

އެނދުގައި އިށީނދެލައިގެން ދެކަކުލުގައި އަތް ވިއްދާލައިފައި އަތުން މޫނުފޮރުވާލައިގެން އިން ނާއިޝް ސިހުނީ އޭނާގެ ފޯނު ރިންގް ވާ އަޑަށެވެ. ސްކްރީނަށް ބަލައިލި އިރު ރައިފާގެ ނަން އަރާފައި އިން ތަން ފެނި އޭނާގެ ހިތް ތެޅިލިއެވެ. އޭނާ ލައްވާ އަނެއްކާ ރައިފާ ނުބައި ކަމެއް ކުރުވަން އުޅެދާނެ ނޫންބާވައެވެ؟ ދެވަނަ ސިކުންތުގައި ނަފްސު ހަމަޔަކަށް އަލުވާލިއެވެ. ނަމަވެސް އޭނާ އެ ކޯލް އެހާ ނަގާ ހިތެއް ނުވިއެވެ. ހިތާ ދެކޮޅަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ވައިބަރ އިން މެސެޖެއް ފޮނުވާލަބަ.. މިހެން ގުޅައިގެން ވާހަކަ ދައްކާ ހިތެއް ނެތް..” ރައިފާ ހެލޯ އޭ ބުނުމުން ނާއިޝްއަށް އުނދަގޫ ވިއެވެ. އެހެން ކަމުން ކަން ކުރަންވީ ގޮތް ބުނުމަށްފަހު އޭނާ ކޯލު ކުރުކޮށްލިއެވެ. ރައިފާ އިތުރު ލަފްޒެއް ބުނުމުގެ ފުރުސަތެއްވެސް ނާއިޝް ނުދިނެވެ.

ރައިފާއަށް އިނދެވުނީ ހައިރާންވެ އަންތަރީސްވެފައެވެ. ސްކްރީނަށް ބަލަހައްޓައިގެން އިނދެވުނީވެސް އެހެންވެއެވެ. ނާއިޝްއަށް އަނެއްކާ ކީއްވީބާވައެވެ؟ ރައިފާގެ ހިތުގައި ސުވާލުތައް ފުނިޖެހެމުން ދިޔައެވެ. ނަމަވެސް ހިތްވަރު އެލުވާނުލައި ނާއިޝް ބުނި ގޮތަށް ކަން ކުރަން އަވަސްވެގަތެވެ. “ރައި ބޭނުން ވަރަށް އަވަހަށް މި ކަން ނިންމާލައިފަ ކެނެޑާއަށް ދާން.. އެހެން ވީމަ ނާއިޝް އެހީވެދޭން ވީނު މި ކަމުގަ.. ސޮރީ އިނގޭ ކުރިން ނާއިޝް ގާތު އެއްވެސް އެހީއެއް ބޭނުމެއް ނޫނޭ ކިޔައިފަ އެއްޗެހި ކިޔުނީމަ.. އެއިރު މާ ރުޅި ގަދަވެފަ ހުރީމަ އެހެން ބުނެލެވުނީ… ސޮރީ ވަރަށް ބޮޑަށް..” ރައިފާ ނާއިޝްއަށް ފޮނުވި މެސެޖުގައި ބުނެފައި އޮތެވެ. ނާއިޝްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާ އެންމެ ބޭނުން ނުވީ ކަންތައް އެއުޅެނީ ވާށެވެ.

“އަހަރެން ރައި އަށް މާފު ކޮށްފީމޭ.. ރައި އަދި އެހެން ބުންޏަކަސް އެއްވެސް ދެރައެއް ނުވޭ.. އެކަމް ތިކަމުގަ އެއްވެސް ހެލްޕެއް ނުވެވޭނެ އަހަންނަކަށް.. ވަރަށް ބޮޑަށް ސޮރީ.. ރައި ދެކެ ރުޅި އައިސްގެނެއް ނޫން އެއްގޮތަކަށްވެސް.. އެކަމަކު މީހަކަށް ދެން އިތުރަކަށް ދެރައެއް ނުދެވޭނެ.. ހެޔޮނުވާނެ.. އަހަރެން ތިކަމުގެ ތެރެއަށް އަލުން ވައްދަން ނޫޅޭ… ރައި އަށް އިނގެޔެއްނު އެކަކަށް ދެރައެއް ދީފަ އަނެކާއަށް އުފަލުގަ ނޫޅެވޭނެކަން.. އަމިއްލަ އަށް އެކަން ތަޙައްމަލު ކޮށްފީމެއްނު.. ދެން އިތުރަށް ކީއްވެގެންތަ ތިހެން ތި އުޅެނީ؟ ސުލްޙަވެރިކަމާއެކު ހުރިހާ ކަމެއް ނިންމާލަން ވީއެއްނޫންތަ؟

ޒިވާގެ ކޮން ކުށެއް އޮތީތަ އޭނާއަށް އެހާ ބޮޑު ދެރައެއް ދޭން އަބަދު ތި ވިސްނަނީ؟ މީހަކު މޮޅުވުމަކީ އޭނާ އަމިއްލައަށް ކުރާ ކަމެއް ނޫނޭ ރައިފާ.. އެއީ މާތްﷲ އޭނާއަށް ދެއްވާފައިވާ ހުނަރެއް.. އެކަން ނެތް މީހުން އިތުރަށް މަސައްކަތް ކުރަންށޭ ޖެހެނީ.. ޒިވާވެސް ހަމަ ހުރެފަތަ އެއިރު އެ ހުރިހާ ކާމިޔާބީއެއް ހޯދީ؟ އޭނ.. އަހަރެމެންނަކަށް ނޭނގޭނެ ދޯ އޭނާ ކުރިހާ މަސައްކަތެއް.. މާތް ﷲ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވޭ.. މަންމަމެން ކައިރިން އިވުނަސް އަހަރެމެންނަށް އެ ވާހަކަތައް އަޑުއިވެނީވެސް.. އެއީ ވެސް މަންމަމެންނާ ޒިވާގެ މަންމަވެސް ކޮންމެވެސް ވަރަކަށް ރައްޓެހި ވީމަ.. އެކަމަކު އެ މައިންބަފައިން ޒިވާދެކެ ނާންނަ ރުޅިއެއް ރައިފާ އޭނާދެކެ ތި އަންނަނީ ކީއްވެތަ؟

ރައިފާއަށް އިނގޭތަ ރައިފާ ގެއްލުން ދޭން ތިއުޅޭ ނަފްސަކީ މާތްﷲގެ މިލްކެކޭ.. ރައިފާއަކަށް ނޯންނާނެ އޭނާއަށް ގެއްލުން ދިނުމުގެ ޙައްޤެއް.. އަހަންނަށް އިނގޭ އަހަރެން މި ވާހަކަތައް ދައްކަން އެންމެ އެކަށީގެން ނުވާކަންވެސް.. އެކަމު އަހަރެން ޤަބޫލުކުރަން އަހަންނަށް ކުރިން އުޅެވުނީ ރަނގަޅަށް ނޫންކަން.. އަހަރެން ބޭނުމެއް ނޫން އަލުން އެ ދިރިއުޅުމަށް ދާކަށް.. އަހަރެން މިހާރު އިސްލާހުވެއްޖައީން.. ތައުބާ ވެއްޖައީން.. ރައިފާވެސް ދެން ތިކަން ހުއްޓާލަބަލަ.. ޕްލީޒް.. ﷲއަށް ބިރުވެތިވެބަލަ.. އެއްފަހަރުވެސް އެކަލާނގެ މަތިން ހަނދުމަ ކޮށްލަބަ.. ﷲއަށްޓަކައި.. ﷲއަށްޓަކައި އެންމެ ފަހަރަކުވެސް އަމިއްލަ ޙަޔާތާ މެދު ވިސްނާލަބަލަ..

ރައިފާ ހަ އަހަރުދުވަސް ތި ހޭދަ ކުރަނީ މީހަކަށް ގެއްލުމެއް ދޭން ރާވަން.. މަންމަމެން އުޅޭނެ ޙާލު އެއްފަހަރުވެސް ވިސްނާލީންތަ؟ އެ މަންމަމެން އެއީ އެންމެ ތުއްތު އިރު ރައިފާއަށް ނުހިނގޭ އިރުވެސް ވެއްޓުނީމަ ރައިފާ ނަގައިދީ ހުރިހާކަމެއް ކޮށްދިން މީހުން.. މިއަދު އެމީހުން ރައިފާއަށް ބޭނުންޖެހޭއިރު އެމީހުންނަށްވެސް ފިލައިގެން އައިސް ތިއުޅެނީ.. އެމީހުން ކުރާނެ ހިތާމަ ވިސްނާލީންތަ؟ ތިއީ އެމީހުންގެ ހުރި ހަމައެކަނި އުންމީދަކި.. ތިހެން ހަދަން ހެޔޮ ނުވާނެ ރައިފާ.. އިސްލާހުވޭ.. އަވަހަށް ތައުބާވޭ.. ވަގުތު އެބޮތް އަދިވެސް.. ޙަޔާތުގެ ބާކީ ހުރި ދުވަސްތައް ﷲއަށް ބިރުވެތިވެ އެކަލާންގެ އެންގެވި ގޮތަށް އުޅުމަށް އަޒުމް ކަނޑައަޅާ.. އެގޮތަށް އުޅޭ.. އަވަހަށް ތައުބާވޭ.. ޙަޤީޤީ އުފާވެރިކަން އޮތީ އެކަލާންގެ މަގަށް ރުޖޫޢަ ވެގެން..”

ނާއިޝްގެ ދިގު ދިގު މެސެޖުތަކެއް ފަތި ފައްޗަށް އަންނަމުން ދިޔައެވެ. އެހާމެ ދިގު ފަސްވަރަކަށް މެސެޖަށްފަހު މެސެޖު އައުން ހުއްޓުނެވެ. ރައިފާ އަކުރުން އަކުރަށް އެ ހުރިހާ މެސެޖުތަކެއް ކިޔަމުން ދިޔައެވެ. އޭނާއަށް ވެރިވެފައިވަނީ ބުނެދޭން ނޭނގޭ ހައިރާން ކަމެކެވެ. ނާއިޝްއަށް ކުއްލިޔަކަށް އެ އައީ ކޮން ބަދަލެއް ހެއްޔެވެ؟ އެއީ މީގެ ކުރިން ދުވަހަކު ދީނަށް އުޅުނު މީހެއް ނޫނެވެ. ދެން ހަމަ ކުއްލިޔަކަށް އޭނާއަށް މިހެން ވާންވީ ކީއްވެބާވައެވެ؟ ރައިފާގެ ހިތުގައި ސުވާލުތައް ފުނިޖެހިފައި ވެއެވެ. އޭނާއަށް އެ ވާހަކަތަކަށް ރުޅި ނާދެވުނީ ކީއްވެކަމެއް ޚުދު އޭނައަކަށްވެސް ނޭނގެއެވެ. ނަމަވެސް ރުޅި އަންނަން ބޭނުން ވެއެވެ.

“އަހަރެން ބޭނުމެއް ނޫން ދެން މިގޮތަށް އުޅޭކަށް.. ހިލޭ އަންހެނުން ހިލޭ ފިރިހެނުންނާއެކު އުޅުމަކީ ރަނގަޅު ކަމެއް ނޫން.. އެކަނި އެ ދެމީހަކު އެއްތަން ވެއްޖިއްޔާ ތިންވަނަ ފަރާތަކަށް ހުންނާނީ އިބިލީހޭ ބުނާ ވާހަކަ ހަނދާން އެބަހުރިތަ؟ އަހަރެން ބޭނުން ރައިފާ ގާތުން އަހަރެން ކުރާ ސުވާލުގެ ޖަވާބު.. ރައިފާ އަހަރެން ދެކެ ލޯބިވޭތަ؟” ހައިރާން ކަމަށް ގެއްލިފައި އިން ރައިފާއަށް އަނެއްކާވެސް ނާއިޝްގެ މެސެޖެއް އައެވެ.

އެ ކިޔާލި އިރުވެސް އޭނަގެ ހައިރާންކަން ނުފިލައެވެ. އެންމެ ފަހުން ކޮށްފައި އިން ސުވާލަށް އޭނާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އޭނާގެ ހިތް އެސުވާލަށް ތެދުތެދާށް ޖަވާބުދޭން ނުހަނު ބާރު އެޅިއެވެ. ނަމަވެސް އެ ހިތުގެ މައްޗަށް ސިކުނޑި އަތްގަދަ ކޮށްލިއެވެ އޭނާގެ މަގްސަދު ހާސިލް ވިޔަ ނުދޭން އުޅޭ މީހެއް ދެކެ ލޯބިވެގެން އޭނަގެ ފަހަތުން ދުވަން ވީ ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ރައިފާގެ ހިތަށް ވިސްނައިދޭން އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އެ ހިތުގައި ޙަޤީގަތުގައި ވަނީ ނާއިޝްއަށްޓަކައި ސާފު ލޯތްބެވެ. ނަމަވެސް އޭނާ ބަހަނާތައް ދެއްކުމަށްފަހު އެކަން އޮށްބާލިއެވެ.

“ނޫން..” ނާއިޝްއަށް އިނދެވުނީ ރައިފާގެ ފަރާތުން އައި މެސެޖަށް ބަލަހައްޓައިގެންނެވެ. ރައިފާ ހަމަ ޙަޤީގަތުގައިވެސް އޭނާދެކެ ލޯބި ނުވަނީހެއްޔެވެ؟ އެހެން ވިއްޔާ މިއޮށް ހުރިހާ ދުވަހު އޭނާ އެ އުޅުނީ ކިހިނެއް ހެއްޔެވެ؟ ރައިފާގެ ބޭނުމަކީ ކޮބައިބާވައެވެ؟

“އަހަރެން އެއްވެސް އިރެއްގައި ނާއިޝް ދެކެ ލޯތްބެއް ނުވޭ.. ކުރިން ތިހެން ހީވިޔަސް ވަރަށް ބޮޑަށް މާފަށް އެދެން.. އަހަރެން ނުވޭ ނާއިޝް ދެކެ ލޯތްބެއް.. އަހަރެން ނާއިޝް އާއެކު އުޅުނީ ފަސޭހަޔަކަށް.. ކޮންމެ ކަމެއް ކުރާއިރުވެސް އަހަންނަށް އެހީވެދޭނެ މީހަކު ހުންނާނެތީ.. އެކަން ވެއްޖެ.. މިހާރު އަހަންނަށް މި ހުރެވުނީ އަހަރެންގެ އުފަން ޤައުމުގަ.. ކުޑަ ކުޑަ ތަނެއް.. އެހެން ވީމަ އިތުރަކަށް ނާއިޝް ބޭނުމެއް ނޫން.. އަހަރެން އެދުނު ކަންތައް ނާއިޝްއަށް ނުކޮށްދެވޭނެއެއްނު؟ މައްސަލައެއް ނެތޭ.. އަހަރެން އަމިއްލަޔަށް ހުރިހާ ކަމެއް ކޮށްފާނަން.. މާ މާތް ވީހަކަށް ކުއްލިޔަކަށް ވެގެން ތިއުޅެނީ ކީއްވެޔޯ؟ ފޮނި ދައްކަނީ ދޯ.. އެޔެއްނު ނާއިޝްއަށް ކުރަން އިނގޭ ކަމަކީ..

އެންމެ ފަހަކަށްވެސް ބުނާނީ އަހަރެން ނާއިޝްދެކެ ލޯތްބެއް ނުވެޔޭ.. އެއިރުވެސް މިހާރުވެސް ކުރިޔަށް އޮތް ތާވެސް ނުވާނަން ލޮތްބެއް.. އިނގިއްޖެތަ؟ އަހަރެން ނާއިޝް ދެކެ ލޯތްބެއް ނުވޭ.. ފޫހި ވަނީ..” ނާއިޝްގެ އިޚްތިޔާރުން ބޭރުގައި އޭނާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އެ ހުރިހާދުވަހު ރައިފާ އޭނާގެ ބޭނުން އެ ހިފާލީ ކޮންފަދަ ގޮތަކަށް ހެއްޔެވެ؟ ރައިފާ އަކީ ހަމަ އެހާވެސް ނުބައި އިންސާނެއް ހެއްޔެވެ؟ ރައިފާގެ އޮންނަނީ ހަމަ އެހާ ހަރު ހިތެއް ހެއްޔެވެ؟ އެކަން ކުރިން އޭނާއަށް ނޭނގުނީ ކީއްވެ ހެއްޔެވެ؟ ނާއިޝްއަށް ހަމަ ހޭވެރިކަން ވެރިވީ އިރުކޮޅެއް ފަހުންނެވެ. އޭނާގެ ލޮލުން އައިސް ހުރި ކަރުނަތައް ފުހެލިއެވެ. އަދި އަތަށް ބަލަހައްޓައިގެން އިނީ އެ ކަރުނަތަކަށް ބަލާށެވެ. އެއަށްފަހު އެއް މިޔަކަނުން ހީލިއެވެ. ހިތި ހިނިތުން ވުމެކެވެ.

ހިލޭ އަންހެން ކުއްޖަކާމެދު އޭނަ އެވަރަކުން ވިސްނަން ވީ ކީއްކުރަން ހެއްޔެވެ؟ ނާއިޝް އޭނާގެ އަމިއްލަ ހިތް ކޮންޓްރޯލް ކޮށްލީ ﷲ މަތިން ހަނދުމަ ކޮށްލަމުންނެވެ. ކުރިން އެއީ އޭނާއަށް މާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ދީނާ ގާތްވީ ފަހުން އެއީ އޭނާއަށް ނުހަނު ފަސޭހަ ކަމެކެވެ. ނާއިޝް މީގެ ފަހުން ރައިފާއާއި ދޭތެރޭ ނުވިސްނުމަށް ޢަޒުމް ކަނޑައެޅިއެވެ. އޭނާއަށް އެވަރުގެ ބޮޑު ލަނޑެއް ދިން މިހަކާ ދޭތެރޭ ހިތާމަ ކުރުމުގެ ބޭނުމެއް ކޮބާހެއްޔެވެ؟ ނުވިތާކަށް ހިލާ އަންހެނުންނާއި ދޭތެރޭ ހިލޭ ފިރިހެނުން އެގޮތަށް ވިސްނަން ވަގުތު ހޭދަކުރުމަކީވެސް އެހާ ރަނގަޅު ކަމެއްވެސް ނޫނެވެ.

ފޮނުވި މެސެޖަށް ބަލަހައްޓައިގެން ރައިފާއަށް އިނދެވުނީއެވެ. އެ ހުރިހާ އެއްޗެއް އޭނާ އެ ކީ ހިތާ ދެކޮޅަށެވެ. ހަމަ އަމިއްލަ އެދުމަށްޓަކައެވެ. ނާއިޝްއަށް އެވަރުގެ ބޮޑު ދެރައެއް ދޭން އޭނަގެ ހިތް ކިތަންމެ ނުރުހުނަސް ސިކުނޑި މާ ގަދައެވެ. އެ ސިކުނޑިގެ ބަހަށް ހެއްލިގެން ރައިފާވެސް އެގޮތަށް ކަންތައް ކުރީއެވެ. ހިތަށް ކިތަންމެ ތަދުވިޔަސް މި ނޫން ގޮތަކަށް އޭނާގެ މަގްސަދު ހާސިލް ވާން ނެތްކަމުގައި އޭނާގެ ހިތަށް ވިސްނައިދެމުން ދިޔައެވެ. އޭނާ އެހުރީ އެހާވެސް އަމިއްލަ އެދުން ބޮޑުވެފައެވެ.

އިރުކޮޅަކު އެހެން އިންދާ އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމާއި ދެން އޭނާއާއި ނާއިޝްގެ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށްބުނެ ނާއިޝްގެ މެސެޖެއް އައެވެ. އެއިން އޭނާގެ ހިތަށް ތަދުވީ ކީއްވެކަމެއް ރައިފާއަކަށް ނޭނގެއެވެ. އެވަގުތު އޭނާގެ ކަނފަތުގައި ގުގުމައިގަތީ މިއަދު އިރުކޮޅެއް ކުރިން މައިހާގެ ފޯނުން އިވުނު ތުއްތު އަލިނާގެ އަޑެވެ. އޭނަވެސް ރަނގަޅަށް ނާއިޝްއާއެކީ އުފާވެރި ޙަޔާތެއް ފެށިނަމަ ހަމަ އެކަހަލަ މަންމާއޭ ކިޔައިފަ ގޮވާލާނެ ދަރިފުޅެއް ލިބުނީހެއް ނޫންހެއްޔެވެ؟ ރައިފާ ދެފަރާތަށް ބޯ ހޫރުވާލީ އެ ޚިޔާލުތައް ކުރަން އޭނާ ބޭނުން ނުވެޔޭ ބުނާ ފަދަޔަކުންނެވެ. ނަމަވެސް އޭނާ ޙަޤީގަތާ ކުރިމަތިލާން ކިތަންމެ ގަދަ ހެދިޔަސް ކުރިމަތީގައި އޮތް ތަޤުދީރުގައި ވާނެ ގޮތެއް ރައިފާއަކަށްވެސް ނޭނގޭނެ ނޫންހެއްޔެވެ؟

ރައިފާއަށް ނޭނގުނު ކަމަކީ ދެންމެ އޭނާއަށް ގެއްލިގެން އެދަނީ އޭނާގެ ޙަޔާތަށް ކިހާ މުހިއްމު މީހެއް ކަމެވެ. އޭނާގެ ޙަޔާތް ބަދަލު ކޮށްލާ ﷲގެ މަގުގައި ސާބިތުވާން އެހީވެދޭނެ ރަނގަޅު ހެޔޮލަފާ ބައިވެރިއެއް ކަމެވެ. ނަމަވެސް އަމިއްލަ އެދުމުން ފޯވެފައވީ ރައިފާ އެކަންވެސް އަމިއްލަ އަތުން ނިގުޅައިގަތިއެވެ.

***

އާދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. މުޅި ފަޒާގައި ތެތްފިނިކަމެއް ހިފާލައިފައި ވާއިރު ފިނި ފިނި ވައިރޯޅިތައް އެއްވެސް ހުރަހެއްނެތި ގަސްގަހުގެ ފަތްތަކުގައި ބީހެމުން ދިޔައެވެ. އަދި ކިރިޔާ އިރު އެރީކަމަށްވުމުން މަގުމަތީގައި ހޭލަ މޭލަވެ އުޅޭ މީހުންގެ އަދަދުވެސް އެތަށް ގުނައެއް މަދެވެ. ފެންނަނީ ދެތިން މީހެކެވެ. އުޑުމަތީގައި ކޮންމެވެސް ވަރަކަށް ބޯ ވިލާތަށް ލައިފައިވަނީ ދުވަސްވަރަކީ ހުޅަނގު މޫސުން ކަމުގައި ވާތީއެވެ. ހެނދުނުގެ އެ ހިތްގައިމު ވަގުތު އާދައިގެ ކަޅު އަބާޔާއެއްގައި މޫނު އަޅާލައިގެން ޒިވާ ބެލްކަންޏަށް ނިކުމެ ހުރީ ބޭރުން ފެންނަ ޤުދުރަތީ މަންޒަރުތަކަށް ގެއްލި އާޝޯޚު ވެފައެވެ. އޭނާ ސިހުނީ ފަހަތުން ޔައީޝް އައިސް ޒިވާ ގައިގައި ކުޑަކޮށް ބައްދާލުމުންނެވެ.

“އެވަރުން އިރު ނާރަނީސް ނުނިދާށޭ ބުނީމަވެސް ނިދީއެއްނު.. ބަސް ނާހާ ކުއްޖެއް..” ޒިވާ ޔައީޝްގެ ކަންފަތުގައި ކުޑަކޮށް ހިފާލަމުން ސަމާސާ ރާގަކަށް ބުނެލިއެވެ. “އަޅެ ނިދުނީއޭ… އެހެންނޭ ވާނީ ޒިވް ކޮފީ ނަހަދައިދެންޏާ.. ރޭގަ މާ ލަހުން ނިދުނީމަ އެހެންވެ ހަމަ ނިދިގެންގޮސް ވެއްޓުނީ އަސްލު..” ރެއިލިންގައި އުނަގަނޑު ޖައްސާލަމުން ޒިވާއަށް ބަލަން ހުރެ ޔައީޝް ދެއަތް އުރާލިއެވެ. އެއިރު އެ ތުންފަތުގައި ލާނެއް ހިނިތުން ވުމެއް ދުވެލައިފައި ވެއެވެ.

“ޕިސް ޕިސް.. ޔައި ނުވެސް ބުނެ ޒިވް ކައިރީ ކޮފީ ހަދައިދޭށޭ.. ދޮގު ހަދާ ވަރު..” ޒިވާވެސް ހަށަން ބަނދެލަމުން ގޮތުގައި ހުރެ ބުނެލިއެވެ. “އާނ ތިއެއް ނޫނޭ.. މިއަދު ޒިވްގެ ރިޕޯޓް ބަލައި ދާން ޖެހޭނެ.. ރޭގަ އިނެއްނު މެސެޖު އައިސް..” ޒިވާ ސީރިއަސް ވެލަމުން ބުނެލިއެވެ. ޔައީޝްގެ މޫނުމައްޗަށްވެސް ސީރިއަސްކަން ވެރިވިއވެ. “ސުބްޙާނައްﷲ.. ތެދެއް.. އެކަމަކު ވާ ދޯ..” ޔައީޝް އޭނާގެ އަތުން ނިތްކުރީގައި ޖަހާލިއެވެ.

ޒިވާވެސް ކިހިނެއް ވީހެއްޔޭ އަހާލީ ހައިރާންވެ ހުރެއެވެ. “މަގޭ ޒިއްޕުޑިން.. ހަނދާން ނެތުނީތަ އެހާ އަވަހަށް.. މިއަދު އަހަރެން ޑިއުޓީއަށް ދާން ޖެހެޔޭ.. ކިހިނެއް ދެން ހޮސްޕިޓަލަށް ދާނީވެސް.. އަދި މިކަހަލަ ދުވަސް ދުވަހަށް ޑިއުޓީވެސް އޮންނަން ވާނިއްޔަ..” އެންމެ ފަހު ބައި ބުނި އިރު އޭނާ ނުރުހުންތެރިކަން ފާޅުކުރި ނަމަވެސް ޔައީޝް ޒިވާގެ ނިޤާބްގެ މަތިން އޭނާގެ ދެކޮލުގައި ހިފާލަމުމް ހަމަޖެހިލައިފައި ބުނެލިއެވެ. ޒިވާގެ ހިތަށް މާޔޫސްކަން ވެރިވީ ރިޕޯޓް ދައްކާ ވަގުތު އޭނާ ގާތުގައި ޔައީޝް ހުރުމަށް ނުހަނު ބޭނުންވީތީއެވެ. ނަމަވެސް ހިތުގައި ރިއްސާލިކަމުގައި ވިޔަސް ބޭރުފުށުން އޭނާ އެކަން ނުދައްކާވޭތޯ ބެލިއެވެ.

“ދެން ކިހިނެއް ހަދާނީ ޒިވް..” ޔައީޝްއަށް މާޔޫސްކަން ވެރިވިއެވެ. ނަމަވެސް ޒިވާ އޭނާގެ އަތުގެ މުލައްދަނޑީގައި ހިފާލީ އޭނާއަށް ހިތްވަރުދޭގޮތަކަށެވެ. “އެއީ ދެން އެވަރު ކަމެއް ނޫނެއްނު.. ޒިވް ގޮސްދާނަމޭ މައި އާ އެކި.. އަރޫފާ ވެސް ހުންނާނު ޒިވް އާ އެކީ ދާން.. އެއިރަށް ދެން އަންނަމުން ޔާނީމެން ގެއަށް ގޮސް ލީން ކައިރިއަށްވެސް ވަދެލެވޭނީ..” ޒިވާގެ ހަނދާނަން އަލީނާގެ މައުސޫމް މޫނުކޮޅު ސިފަވުމުން ހިތް ވިރިގެން ފޭބި ކަހަލަ އިޙުސާސެއް ކުރެވުނެވެ. ކުޑަކުދިންނަށްޓަކައި އެހިތުގައި ޚާއްސަ މަޤާމެއް އުފެދިފައި ވެއެވެ.

“އޯކޭ އޯކޭ.. ޔައި ގެ ޒިއްޕުންގެ ސްޕެޝަލް ކޮފީއެއް ހަދާދީބަލަ.. ނޫނީ އަނެއްކާ ނިދިގެން ވެއްޓިދާނެ ބެލްކަނިން ބޭރަށް..” ޔައީޝް ސަމާސާ ރާގުގައި ނިދި އަންނަ ކަމަށް ހެދެމުން ބުނެލިއެވެ. “ޔައީޝް.. ކޮންކަހަލަ ވާހަކައެއްތަ ތި ދައްކަނީ؟” ޔައީޝް ބެލްކަނީން ވެއްޓޭ ވާހަކަ ބުނުމުން ޒިވާގެ ހިތަށް ތަދުވެލިއެވެ. އޭނާއަށް ވީ ގޮތް އިތުރު މީހަކަށް ވާކަށް އޭނާ ނޭދެއެވެ. އޭނާ ތަޙައްމަލު ކުރި ވޭނެއް އިތުރު މީހަކު ތަޙައްމަލު ކުރާތަން ދެކޭކަށް އޭނާ ބޭނުމެއް ނޫނެވެ. ވީގޮތް އެނގުމުން ޔައީޝް ސޮރީއޭ ބުނެލުމަށްފަހު ޒިވާގެ އަތަށް ކުޑަކޮށް ފިތާލުމަށްފަހު އޭނާއާއެކު އެތެރެއަށް ވަދެގެން ދިޔައެވެ.

ޔައީޝް ދިޔުމުން ޒިވާ ހިންދެމިލުމަށްފަހު ވަރުބަލިކަން ފިލުވާލަން ސޯފާގައި އޮށޯވެލިއެވެ. “އަނހަ.. އަރޫފާ.. ސައި ބޯންވީއެއްނު؟ ހުންނާނެ ސައި ހަދާފަ..” ކޮޓަރިން ނިކުމެގެން އައި ރައިފާ ފެނި ޒިވާ ސުވާލު ކޮށްލިއެވެ. އަދި އަދަށް ދާންދެންވެސް އޭނާއަށް ވަނީ ރައިފާގެ މޫނު ނުފެނިފައެވެ. އެއީ ޔައީޝް އުޅޭތީ ކަމަށް ޤަބޫލުކޮށް ޒިވާވެސް އެވަރަކުން އަޅައެއް ނުލައެވެ. ރައިފާ ޒިވާއާއި ވާހަކަ ދައްކަން ތައްޔާރުވެލިއެވެ. “އޯހް.. ސޮރީ އިނގޭ އައިޝާ.. އަސްލު ނުހޭޅެވުނީ.. ދެން އެހެންދުވަހަކުން އެކަނި ބަދިގެއަށް ވަންނަން ނަހަދައްޗޭ.. ކޮންމެވެސް ކަމެއް ވެގެންނޭ އަހަރެންވެސް އައިޝާއަށް އެހީވެދޭން އުޅެނީ.. އިނގޭ.. އައިޝާ ކައިރި ނުބުނެފިއްޔާ އެކަން ހަނދާން ނައްތާލާވިއްޔަ.. އަސްލު އަހަރެންވެސް ބޭނުމޭ ތިގޮތަށް އާދައިގެ ދިރިއުޅުމެއް އުޅެލަން.. އެހެންވެ މިބުނަނީ.. އަހަންނަށް ލިބުނު އެކުވެރިޔާ އަހަރެންގެ ސަބަބުން ބުރަތަކެއް އުފުލާކަށް ނޭދެން..” ރައިފާ މި ހުރިހާއެއްޗެއް ކީ އޭނާގެ މޮޅު ޑްރާމާގަނޑަށް އިތުރަށް ފޮނިތޮށި ކާފޫރުތޮޅި އަޅާލަން ކަމުގައި ވީނަމަވެސް ބޭއިޚްތިޔާރުގައި އޭނާއަށް ކިޔެމުން ދިޔަ އެއްޗެހިން އޭނާ ކޮންމެވެސް ވަރަކަށް ހައިރާން ވިއެވެ. ނަމަވެސް އެކަމުންވެސް ޒިވާގެ ހިތް އަތުލަން ފަސޭހަވާނެތީ ހަމަޖެހިލިއެވެ.

“ނޫނޭ.. އެއްގޮތަކަށްވެސް ތިހެން ހީ ނުކުރޭ އިނގޭ.. އަހަރެންނަށް އެއްވެސް އުނދަގުލެއް ނުވޭ އަރޫފާ ހުންނާތީވެ.. އަސްލު ހިތްހަމަޖެހޭ އެކަނި ނުވާތީވެ.. އޯކޭ.. ދެން ފަހަރަކުން ބައިވެރި ކުރާނަމޭ ކައްކާއިރު.. ހެވެއްނު ދޯ.. ހެހެ..” ރައިފާ އެހާ ހިތްހަމަ ނުޖެހިގެން އުޅުނު ނަމަވެސް ނޭނގުމެއްގެ ތެރެއިންވެސް ޒިވާ އޭނާއާއި އެ ވާހަކަ ދައްކަނީ ކިހާ ރީތިކޮށް ހެއްޔެވެ؟ ރައިފާގެ ހިތް ޒިވާއަށްޓަކައި ކޮންމެވެސް ވަރަކަށް ލެނބެން ފެށީ ނޭނގުމެއްގެ ތެރެއިންނެވެ.

“އަދި އެބައޮތޭ ވާހަކައެއް ބުނެލަން ވެފަ.. އަހަރެން ޖޮބަކަށް އެޕްލައި ކޮށްފަ ވީ.. މިއަދު ދިހައެއް ޖަހާއިރަށް އިންޓަރވިއު އަށް ދާން ޖެހޭވާހަކަ އަންގައިފި..” ރައިފާ ވާހަކައެއް ހަދާލިއެވެ. އޭނާ ނިންމައިގެން ހުރީ އެ ވަގުތު ބޭރުގައި އުޅެނެގެން ނަމަވެސް ޒިވާ އޭނާއަށް ބޮޑަށް އިތުބާރު ކުރުވާށެވެ. ޒިވާވެސް ހިނިތުން ވެލައިފައި އެ އުފަލުގައި ބައިވެރި ވާނެ ވާހަކަ ބުންޏެވެ. އޭނާއާއެކު ހޮސްޕިޓަލަށް ދާން ނޭދުނީ ރައިފާ އިންޓަރވިއު އަށް ދާ ވާހަކަ ބުނުމުންނެވެ. އެ ފަކީރަށް އެ ރައިފާ ހަދަނީ ތެދު ދޮގުކަންވެސް ނޭނގެއެވެ.

“މައި.. ފްރީ ތަ މިއަދު؟” ޒިވާ ފޯނުގައި ހުރެ މައިހާ ގާތު ބުނެލއެވެ. އަދި މައިހާ މިއަދު އޮފް ދުވަހޭ ބުނުމުން ޒިވާ އޭނާގެ ބޭނުން ބުނެލިއެވެ. މައިހާވެސް ދެކޮޅު ހެދުމެއްނެތި އެކަމާ އެއްބަސް ވީ އެއީ ޒިވާއަށް ނުހަނު މުހިއްމު ކަމަކަށް ވާތިއެވެ.

މެންދުރު އެގާރަ ޖަހަނިކޮށް ޒިވާ އާއި މައިހާ ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައެވެ. “ޔައި ފަހުންވެސް މެސެޖު ކޮށްފަ ބުނި ނާދެވޭނެޔޯ.. އޭނާ ކުރިން ހުރީ ބްރޭކް ނަގައިގެން ނަމަވެސް އަންނަން.. އެކަމަކު ފަހުން ބުނީ ހަމަ ނެތޯ ދެވޭކަށް.. އޭނާ ހުރީ ކޮންމެ ގޮތެއް ހަދާފަވެސް އަންނަން.. އެކަމަކު އަހަރެން ދެން ފަހުން ބުނީ މައްސަލައެއް ނެތޭ މައި މެން މީހަކާ އެކީ ގޮސްލަފާނަމޭ.. ބުނި ރިޕޯޓް ލިބޭގޮތަށް ޑޮކްޓަރަށް ދައްކާފަ ތިމަންނައަށް އަންގާލައްޗޯ..” އެތެރެއަށް ވަދެގެން ދިޔައިރު ޒިވާ ދިޔައީ މައިހާ އާއި ވާހަކަ ދައްކަމުންނެވެ. އެ އަޑުގައިވީ ނުތަނަވަސްކަން މައިހާ އަކަށް ނުފޮރުވުނެވެ. ރިޕޯޓް ނަގައިގެން އެ ރިޕޯޓް ބެލުމެއްވެސް ނެތި އަވަހަށް ދެމީހުން ޑޮކްޓަރަށް އެ ދައްކަން ދިޔަ މަގުމަތީ މައިހާ ވާހަކަ ދައްކަން ފެށިއެވެ.

“ޒިވް.. އެހާ ހާސްނުވެބަލަ.. ހުރިހާ ކަމެއްވެސް ﷲ އިރާދަފުޅުން ރަނގަޅުވާނެ..” ޒިވާގެ އަތުގައި ހިފާލަމުން މައިހާ ބުނެލިއެވެ. އަދި ދެލޯ މަރާލާ ބޯ ޖަހާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (44)

  1. Fathimath

    Maasha Allah mi part ves varah reethi….Next part kn irakun…

    1. noor
      Fathimath

      jazakillah khairan dear.. 🙂 maadhamaa ah up kolladheveytho try kuranee mee.. 🙂

  2. Blue ?

    Yayy I’m second dho

    1. Blue ?
      Blue ?

      Vvvv reethi mi part vess❤️❤️????. Please miah vure avahah up kodhechey… When is the next part???

    2. noor
      Blue ?

      yess dear.. 🙂 and congrats… jazakillah khairan dear.. 🙂 vrh ufaavehje dear ah mi part ves kamudhiyaeema.. 🙂 in sha allah.. 🙂 maadhamaa ah up kollaadheveytho mi masahkaiyy kuranee.. 🙂

  3. Nunnu

    Masha Allah vv reethi
    Dhen vaanee kihineh baa
    When next part

    1. noor
      Nunnu

      jazakillah khairan dear.. 🙂 balamaa dhw dhn vaagotheh.. 🙂 maadhamaa, in sha allah.. 🙂

  4. Maya

    Yey mifaharu i’m 4th dhw.. Alhamdhulillahi.. Naaish ah viznun kan.. ?????☺️☺️Vvv reethi… I think ziv is preg dhww?????.. Vvvv habeys. ??????????????noor thankolheh avahah up kohdhehchey…. ????

    1. Twinkle?
      Maya

      A 4th r hisaabakah nubalaanan… 1st 2nd n 3rd ah balaany… ???

    2. noor
      Maya

      yess dear 4th.. congrats dear.. 🙂 jazakillah khairan dear.. 🙂 hingaabala dhw dhn vaagotheh balailan.. ingidhaanethaa.. 🙂 in sha allah.. 🙂

  5. maul

    me 5

    1. noor
      maul

      yess dear.. hehe.. 🙂 congrats maul dear.. 🙂

  6. naash

    maasha allah stry hama habeys

    1. noor
      naash

      jazakillah khairan dear.. 🙂 vrh ufaavehje dear ah mi part kamudhiyaama.. 🙂

    2. maya
      naash

      naaasiyaaaaaaaaaaaaaaaaaaaaaaaa

    3. maya
      naash

      naasiyaaaaaaaa

    4. Twinkle?
      naash

      Alhe mi maya fwri hurey dhw naash…

  7. Reen

    Masha allah…mi part ves vvvvvvv reethi..when next part??…curiously waiting for the next part…noor sis..pls thankolheh avahah up kohla dhehcheyyy…

    1. noor
      Reen

      jazakillah khairan dear.. 🙂 maadhamaa ah up kohdheveytho try kuranee mee.. 🙂 in sha allah, vrh bodah sorry ingey mi fahakah ais episode thah lahun up kodheveythee.. 🙁

  8. Mal

    Masha allah… Vaahaka varah varah reethi…….next part avahah up kurahchey….. Mi part up kuritho belun varuves neynge……

    1. noor
      Mal

      jazakillah khairan dear.. 🙂 in sha allah.. try kuraanan ingey dear.. 🙂 alhey, vrh bodah sorry ingey las v ma.. 🙂

  9. kitty

    vvvv obi.. whn is nxt part??

    1. noor
      kitty

      jazakillah khairan dear.. 🙂 maadhamaa ah up kolladheveytho try kuranee mee.. 🙂

  10. unique

    aww sis as usual its was fab, osm, superb……….. Maasha Allah vv reethi thanks sis for a such gud story

    1. noor
      unique

      aww.. jazakillah khairan dear.. 🙂 alhey.. marhabaa dear.. 🙂 vrh ufaavehje dear ah mi part ves kamudhiyaeema.. 🙂

  11. Jinn

    Maa Shaa Allah! Varah reethi mi partves. ??

    1. noor
      Jinn

      jazakillah khairan dear.. 🙂

  12. Twinkle?

    Wow… mi part vs hama habeys… ???raifa ah visnunas ibilees maa avahah hithah verive ganeyey dhw… eyna r hedhi vs rngalhakh noolheveyne myhakah… ???hehhe… naseebeh naaish ah visnun kan… alhamdhulillah… I think maya bunihn ziv preg hn dhw… noor thnklheh avahah up khdhehchey… curiously waiting for the nxt part…

    1. noor
      Twinkle?

      jazakillah khairan dear. 🙂 hehehe.. balamaa dhw dhn vaagotheh.. 🙂 in sha allah, vrh bodah sorry ingey nimidhiya fahuge episode thah las v ma.. 🙁

  13. Livee

    I also think like that.vaahaka hama habeys.curiously waiting for next part

    1. noor
      Livee

      jazakillah khairan dear.. 🙂 vrh ufaavehje dear ah mi part ves kamudhiyaeema.. 🙂

  14. Cuty

    Masha Allah. Mi part vx v v reethi??. Next part avahah up kohlahchey. Waiting igey. ????❤❤

    1. noor
      Cuty

      jazakillah khairan dear.. 🙂 in sha allah.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂

  15. gud

    Wow… waiting 4 next part! Maashaallah .. vrh salhi
    ❤❤???

    1. noor
      gud

      jazakillah khairan dear.. 🙂

  16. u-rish

    maasha allah v reethi story eh…can’t wait to read next….

    1. noor
      u-rish

      jazakillah khairan dear.. 🙂 vrh ufaavehje dear ah mi part ves kamudhiyaeema.. 🙂

  17. noor

    assalaamu a’laikum my dear readers.. 🙂 vrh vrh vrh vrh bodah sorry mihaarakah ais episode thah las vamun dhaathy.. noor ves konmehen beynun vegen kuraa kameh noon aeeky.. ekam haalath niyaa kuri goiyy.. 🙁 dhn noor konme faharaku sorry bunefa ebai rangalhu nukureveythee vrh bodah anehkaa ves maafah edhen.. dear mn maaf kohdheyne kamah ummeedhu kuran.. 🙂 nxt episode maadhan up kolladheveytho noor try kuraanan.. in sha allah.. 🙂 dhn, nimidhiya 2 episdode ge comments thakah reply nukurevunyma vrh vrh vrh bodah sorry hurihaakudhinnah ves.. 🙁 kuriyah oiyy thaa reply kuramun dhaanan, in sha allah.. plus hurihaa comment thakah ehkoh noor ge faraathun 1 reply namaves kolleveytho balaanan.. in sha allah.. 🙂 anehkaaves sorry hurihaakudhin, and LY all.. 🙂 <3<3<3

  18. noor

    vrh vrh vrh vrh vrh bodah shukuriyyaa hurihaakudhinnah ves mi part thah las v iruves keiyytheri kamaaeku inthizaaru kurythy.. 🙂 dear mn ge thi keiyytheri kamah hama fah fashun shukuriyyaa.. 🙂 jazakumullah khairan.. LY all.. 🙂 <3<3<3

  19. Amee

    Noor sorry bunaakah nugeheyne….we all can understand…..by the way story is awsome?…nd your my fevorite writer?…….

    1. noor
      Amee

      vrh ufaavehje Amee dear.. 🙂 jazakillah khairan dear.. 🙂 asluvestha? vrh ufaavehje dear ah mi part kamudhiyaeema.. 🙂 jazakillah khairan dear.. 🙂 alhey.. asluvestha? vrh vrh vrh vrh vrh ufaavehje dear thihen bunelyma.. hama bunaane ehcheh ves neynge.. 🙂 jazakillah khairan dear.. 🙂

  20. Muxu

    Ziv preg dhw ?

  21. Rash

    Story ge mi part ves varah reethi waiting for next part❤️

  22. IsHa

    Fav story eh

Comments are closed.