Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 32

hygge Level 510 Stories100 Comments100 Login500 Comments
June 26, 2018 11 Mins Read
55 Comments

މެންދުރު އެގާރަ ޖަހަނިކޮށް ޒިވާ އާއި މައިހާ ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައެވެ. “ޔައި ފަހުންވެސް މެސެޖު ކޮށްފަ ބުނި ނާދެވޭނެޔޯ.. އޭނާ ކުރިން ހުރީ ބްރޭކް ނަގައިގެން ނަމަވެސް އަންނަން.. އެކަމަކު ފަހުން ބުނީ ހަމަ ނެތޯ ދެވޭކަށް.. އޭނާ ހުރީ ކޮންމެ ގޮތެއް ހަދާފަވެސް އަންނަން.. އެކަމަކު އަހަރެން ދެން ފަހުން ބުނީ މައްސަލައެއް ނެތޭ މައި މެން މީހަކާ އެކީ ގޮސްލަފާނަމޭ.. ބުނި ރިޕޯޓް ލިބޭގޮތަށް ޑޮކްޓަރަށް ދައްކާފަ ތިމަންނައަށް އަންގާލައްޗޯ..” އެތެރެއަށް ވަދެގެން ދިޔައިރު ޒިވާ ދިޔައީ މައިހާ އާއި ވާހަކަ ދައްކަމުންނެވެ. އެ އަޑުގައިވީ ނުތަނަވަސްކަން މައިހާ އަކަށް ނުފޮރުވުނެވެ. ރިޕޯޓް ނަގައިގެން އެ ރިޕޯޓް ބެލުމެއްވެސް ނެތި އަވަހަށް ދެމީހުން ޑޮކްޓަރަށް އެ ދައްކަން ދިޔަ މަގުމަތީ މައިހާ ވާހަކަ ދައްކަން ފެށިއެވެ.

“ޒިވް.. އެހާ ހާސްނުވެބަލަ.. ހުރިހާ ކަމެއްވެސް ﷲ އިރާދަފުޅުން ރަނގަޅުވާނެ..” ޒިވާގެ އަތުގައި ހިފާލަމުން މައިހާ ބުނެލިއެވެ. އަދި ދެލޯ މަރާލާ ބޯ ޖަހާލިއެވެ.

ޒިވާއަށް ޖެހުމުން މައިހާ އާއެކު ކޮޅަށް ތެދުވެގެން ގޮސް ޑޮކްޓަރ ބަލިމީހުން ބައްލަވާ ކޮޓަރި ދޮރުމަތީ ހުއްޓިލިއެވެ. އެއަށްފަހު ފުން ނޭވާއެއް އޭނާ ދޫކޮށްލިއެވެ. އަދި މައިހާ އަށް ބަލައިލއެވެ. މައިހާ ދެލޯ މަރާލަމުން ބޯ ޖަހާލީ ހަމަޖެހޭށޭ ބުނާ ފަދައަކުންނެވެ. ދެމީހުން އެއްކޮށް ކޮޓަރި ތެރެއަށް ވަދެގެން ދިޔައެވެ.

އިރުގަނޑަކަށްފަހު ޒިވާ އާއި މައިހާ ކޮޓަރިން ނިކުތެވެ. މައިހާގެ މޫނުގައި ވަނީ ދެނެގަންނަން އުނދަގޫ އަސަރުތަކެކެވެ. ޒިވާ އާއި މައިހާގެ މިސްރާބު ހުރީ ހޮސްޕިޓަލުން ނިކުންނާށެވެ. ހޮސްޕިޓަލުން ނިކުމެގެން ގޮސް ކާރަށް އެރި ދެމީހުންގެ ދެމެދުގައި އިތުރު އެއްވެސް ވާހަކައެއް ނުދެކެވެއެވެ. މުޅި ކާރުތެރެއަށްވެސް ވެރިވެފައި ވަނީ ހަމަ ހިމޭން ކަމެވެ. އެކަކުވެސް ވާހަކަ ދައްކާކަށް ނޫޅެއެވެ.

ކާރުތެރެގައި ވީ މަރުފަދަ ހަމަހިމޭންކަން ނަގާލީ ޒިވާއެވެ. “ހިނގާ އިހަށް ޔާނީމެން ގެޔަށް ދާން.. ހަނދާންވެސް ނެތިފައޭ މިހުރީ.. ލީން ކައިރިއަށް ދާވާހަކަ ބުނީމެއްނު މައި ކައިރީވެސް.. ދޯ..” ޒިވާ ހިނިތުން ވެލަމުން ބުނެލިއެވެ. މައިހާވެސް ބޯ ޖަހާލުމުން ލަސްތަކެއް ނުކޮށް ކާރުގެ މިސްރާބު އަޔާނީމެން ގެޔާއި ދިމާލަށް ޒިވާ ޖެހިއެވެ.

ގިނައިރުތަކެއްނުވެ އެމީހުންގެ މަންޒިލާއި ހަމަޔަށް ވާސިލްވުމުން ކާރު ޕާކް ކޮށްލައިފައި ދެމީހުންވެސް ކާރުން ފައިބައިގެން ދިޔައެވެ. ލިފްޓަށް އެރުމަށްފަހު އަޔާނީމެން އުޅޭ ފްލޯގެ ނަންބަރަށް މައިހާ ފިއްތާލިއެވެ. ލަސްތަކެއްނުވެ ލފްޓް ހުއްޓުމުން ދެމީހުން އެއިން ފޭބުމަށްފަހު ކުރިމަތީގައި ހުރި ދޮރުގައި ޓަކި ޖަހާލިއެވެ. އިރުކޮޅެއް ވޭތުވުމަށްފަހު ގޭގެ ދޮރު ހުޅުވާލީ އަޔާނީއެވެ. ފުޅާ ހިނިތުން ވުމެއް ދެމީހުންނަށްވެސް ރައްދުކޮށްލަމުން އަޔާނީ އެމީހުން ގާތު އެތެރެއަށް ވަނުމަށް ބުނެލިއެވެ.

“ކިހިނެއް ކިހިނެއް ޖަހާލި ބުރެއް؟” އަޔާނީ ޒިވާމެން ގޮވައިގެން ކޮޓަރިއަށް ދަމުން ބުނެލިއެވެ. އޭނާ ކޮޓަރިއަށް މިސްރާބު ޖެހީ އަލީނާ ކޮޓަރީގައި ބާއްވާފައި ވުމުންނެވެ. އަޔާނީ ފެން ބޯން ނިކުތް ގަޑީގައި ގޭގައި ޓަކި ޖެހި އަޑު އިވިގެން އަވަހަށް ދޮރު ހުޅުވާލީއެވެ. “މި ދެން ހަމަ ޖައްސާލީ ދޯ މައި.. މައިގެ އޮފް ދުވަހޯ މިއަދު..” ޒިވާ ބުނެލިއެވެ. އަޔާނިވެސް އެހެންހެއްޔޭ ކިޔައިފަ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ.

“އަޅޭ.. ނިދިފަތަ ލީންއަށް؟” އެނދުގައި އިށީނދެލަމުން ލޯބިގޮތަކަށް ނިދާލައިފައި އޮތް އަލީނާއަށް ބަލައިލައިފައި ޒިވާ މަޑުމަޑުން ބުނެލިއެވެ. އެހިނދު އަޔާނީ ބޯ ޖަހާލިއެވެ. “މިހާރު އިރުގަނޑެއް ވެއްޖެ ނިދިފަ އޮންނަތާ.. މާ ގިނައިރު ވާންދެން ނޯވެވޭނެ އެހެންނެއް.. ހަމަ ބައްޕަ ވިއްޔަ އެއީ.. ހެހެ..” އަޔާނީ ބުނެލިއެވެ. އެހިނދު ޒިވާވެސް ހިނިތުން ވެލުމަށްފަހު މާނަފުން ގޮތަކަށް އަލީނާ އާއި ދިމާލަށް ބަލައިލއެވެ. ހާދަހާ ލޯބި ލޯބި ކުއްޖެކެވެ. ކުޑަކުޑަ ވަށް މުނުމަތިން ފެންނަނީ މުޅިންވެސް މައުސޫމް ކަމެވެ.

އަޔާނީ ޒިވާމެން ގޮވައިގެން އެނދާއި ދުރުގައި ހުރި ސޯފާތައް ކައިރިއަށް ދިޔައެވެ. އެއަށްފަހު ތިން މީހުންވެސް އެތާ އިށީންދެލިއެވެ. އޭސީގެ ފިނިން ވެފައި ހުރި ވަރުބަލި ކޮންމެވެސް ވަރަކަށް ކުޑަކޮށްދިންހެން މައިހާ އާއި ޒިވާއާއި ދެމީހުންނަށްވެސް ހީވިއެވެ. “އަދްޔަން ނޫޅެނީތަ؟” މައިހާ އަޔާނީ އާއި ސުވާލު ކޮށްލީ ގޭތެރެއިންވެސް އަދަޔަންގެ ހިލަމެއް ނުވާތީއެވެ. “ހޫމް.. އިއްޔެ ދިޔައީ.. ޗުއްޓީ ހަމަވީމަ އެހެންވެ ދެން މަޑެއް ނުކުރެވޭނެއްނު.. ދާން ޖެހޭތީ ހީވަނީ މޮޔަވެފަ ހުރިހެން.. ލީން އާއި ދުރަށް ދާން ޖެހޭތީ ދެރަ ވަނީ ހަމަ.. ހެހެހެ.. އެހެންވެސް ވާނެ ދޯ.. ޔާނީ ބުނިން ދެން މިގޮތަށޭ އުޅެން ޖެހޭނި.. އެކަމް އަދި ރަނގަޅުވާނޭ.. ފަހުން ދެން ކެތްކޮށްލައިގެން ދިޔައީ.. އިއްޔެ އެހެންވެ އަހަރެން އަތަށް މިކުއްޖާފުޅު ނުވެސް އަރާ..” އަޔާނީ ހިނިތުންވެލައިފައި އަލީނާ އާއި ދިމާލަށް ލޯބި ނަޒަރެއް ދީފައި ބުނެލިއެވެ.

ދެން ތިބި ދެމީހުންވެސް ހިނިތުން ވެލީ އެކުވެރިޔާގެ އެ އުފާވެރި ދިރިއުޅުން އެގޮތުގައި ލެހެއްޓެވުން އެދި ހިތާހިތުން ދުޢާ ކޮށްލަމުންނެވެ. “އެހެން ވިއްޔާ އިތުރު މީހަކު ނާންނާނެ ދޯ؟” ޒިވާ އަޔާނީ އާއި ސުވާލު ކޮށްލިއެވެ. އެހިނދު އާޔާނީ ބޯ ޖަހާލުމުން ޒިވާ އޭނާގެ މޫނު ފޮތިކޮޅު ނެގިއެވެ. “ހަމަ ސްކޫލް ދުވަސްވަރުގެ ޒިވް.. އަހަންނަށް މި ހުރިހާ ބަދަލެއް އަންނައިރުވެސް ޒިވް އާއި މައި އަށް ނާދޭ ދޯ އެއްވެސް ބަދަލެއް.. ހެހެ..” އަޔާނީ މަޖާވެލައިފައި އިނދެ ބުނެލިއެވެ. އެވަގުތު ތިން މީހުންވެސް މަޑުމަޑުން ހީލިއެވެ.

“ނޫނޭ.. ޒިވްގެ ދެކޮލުގައިވެސް މަސް ޖަހާލައިފިހެން ހީވޭ..” މައިހާ އެއްލޯ މަރާލަމުން ބުނެލިއެވެ. އަޔާނީވެސް ހީލަމުން އެކަމާ އެއްބަސްވިއެވެ. ޒިވާ މައިހާ ގައިގައި ކުޑަކޮށް ޖަހާލިއެވެ. “މައި އެއްނު ތިހުންނަނީ ފަލަވެދާނެތީ އަބަދު ޑައިޓުގަ.. ދޯ ޔާނީ؟” ޒިވާވެސް މައިހާ އާއި ދިމާކޮށްލަމުން ބުނެލިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ޒިވާ އާއި އަޔާނީ އާއި ބަލައިފަ އެތަނުން އެންމެ ހިކީ މައިހާ އެވެ. އެ ތުނި ތުނި ހަށިގަނޑަށް އަދިވެސް ބަދަލެއް ނާދެއެވެ.

ވާހަކައިގައި ޖެހިފައި ތިބި ތިން މީހުންނަށް އަލީނާ ހޭލި އިރުވެސް ނޭނގެއެވެ. ޒިވާ ވެސް ވާހަކައިގައި އިނދެފައި އެނދަށް ނަޒަރު ހުއްޓާލެވުނު ވަގުތު ދެފައިގެ އިތުރުން ދެއަތް ތަޅުވާލަ ތަޅުވާލަ އޮތް އަލީނާ ފެނިގެން އޭނާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. “ޔާނީ.. ލީން..” ޒިވާ އަޔާނީއަށް އަލީނާ ހޭލިކަން އަންގާލިއެވެ. “ޒިވް ދަންތަ ލީން ނަގަން..” ޒިވާ އަޔާނީ ގާތު އަހާލި ރާގުންވެސް އޭނާ އެކަމަށް ބޭނުން ވެފައި އިން ވަރު އެނގި ހާމަވެއެވެ. އަޔާނީ އާއި މައިހާއަށްވެސް ޒިވާ ކުޑަކުދިންދެކެ އެ ވާ މަތިވެރި ލޯބި އޮޅިފައެއް ނުވެއެވެ. އެހެން ކަމުން އަޔާނީވެސް ތިއީ އަހާކަހަލަ ސުވާލެއް ނޫނެއް ނޫންހެއްޔޭ ބުނުމަށްފަހު ޒިވާއަށް އެކަމަށް ހުއްދަ ދިނެވެ.

ސޯފާއިން ތެދުވެގެން ދިޔަ ޒިވާ އެދަށް އަރާ ކުޑަކޮށް ގުދުވެލުމަށްފަހު އަލީނާ ނެގިއެވެ. އެ ލޯބި ލޯބި ފުއްގަނޑެއް ފަދަ ކުއްޖާ ޒިވާގެ އަތު ތެރޭ އޮތް އިރު މޫނުމަތީގައި ވަނީ އުޖާލާ ކަމެވެ. އެކި އަޑު އަޑު ލައްވަމުން އަލިނާ ދިޔައެވެ. އަލިނާގެ އެ ޢަމަލުންވެސް އޭނާގެ މައުސޫމްކަން އިތުރު ކުރުވިއެވެ. އަލިނާގެ މައުސޫމްކަން ފެނި ޒިވާގެ ހިތް ފުރިގެން އައެވެ. އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލީ ބޭއިޚްތިޔާރުގައެވެ.

ދުރުގައި މަންޒަރު ބަލަން އިން މައިހާ އާއި އަޔާނީވެސް ހިނިތުންވެލީ ޒިވާ ހިނިތުންފައި ހުރިތަން ފެނިފައެވެ. އަލިނާ އުރާލައިގެން ޒިވާ ސޯފާއާއި ދިމާލަށް މިސްރާބު ޖެހިއެވެ. “ތިން މަސް ވީއިރު އަދި ކިރިޔާ ވައްތަރުކިޔާލަން އިނގެނީވެސް..” މައިހާ ކުޑަކޮށް ހީލަމުން އަލީނާގެ ކޮލުގައި އިނގިލި ޖައްސާލައިފައި ބުނެލިއެވެ. އެވަގުތު ޒިވާ އާއި އަޔާނީވެސް ލުއި ހިނގަނޑެއް ޖަހާލިއެވެ. “ކާކާތަ ވައްތަރީ؟” އަޔާނީ ގަޔާވެ އިނދެ ސުވާލު ކޮށްލިއެވެ. އެހެން ކަމުން އޭނާއަށް ޖެއްސުމަށް މައިހާ އަދްޔަން އާ އޭ ބުނެލިއެވެ. އެވަގުތު އަޔާނީ ތުން އޫކޮށްލުމުން ހަމަ ސްކޫލުގަ އުޅުނު އިރެކޭ އެއްވަރޭ ޒިވާ ބުނެލިއެވެ. އެވަގުތު އެ އެންމެންގެ ހިނިގަނޑުގެ އަޑު މުޅި ކޮތަރިތެރެގައި ގުގުމައިގަތެވެ.

“މި ކުޑަ ކުޑަ ނޭފަތް އަދި ކިތަންމެ ކުޑަޔަސް ވައްތަރީ ހަމަ ބައްޕަޔާ.. ދެން ދެ ލޯ ވައްތަރު މަންމަޔާ..” ޒިވާ އަލީނާގެ ނޭފަތުގައި މަޑުމަޑުން ހިފާލަމުން ބުނެލިއެވެ. މައިހާވެސް އެކަމާއި ނުހަނު އެއްބަސްވިއެވެ. އަޔާނީ ހިނިތުން ވަމުން އެހެން ހެއްޔޭ ބުނެލިއެވެ.

އަޔާނީ އާއި އަލީނާ އާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލެވުމުން ޒިވާ އާއި މައިހާ ތިބީ ނުހަނު ހިތްހަމަ ޖެހިފައެވެ. އެހެން ކަމުން ދެމީހުންވެސް ދެން ގެޔަށް ދިޔުމަށްތަކައި އަޔާނީމެންނާއި ސަލާން ގަލާން ކޮށް ހަދާލިއެވެ. ލިފްޓުން ފޭބުމަށްފަހު ކާރަށް އަރާ ޒިވާ ކާރު ދުއްވާލީ ހަމަ ޖެހިލައިގެން އިނދެއެވެ.

މައިހާގެ ގެއާއި ހަމައަށް އާދެވުމުން ޒިވާ ކާރު މަޑުކޮށްލިއެވެ. އެއަށްފަހު މައިހާ ހިނިތުން ވެލުމަށްފަހު ޒިވާގެ އަތުގައި ހިފާލައިފައި ދަނީ ކަމަށް ބުނެ ކާރުން ނިކުތެވެ. މައިހާ ދިޔުމުން ޒިވާ އަނެއްކާވެސް ކާރު ދުއްވާލިއެވެ. އިރުކޮޅެއް ވާންދެން ދުއްވުމަށްފަހު ޒިވާއަށް ގެޔާއި ހަމަޔަށް ފޯރުމުން ކާރު ޕާކު ކޮށްލުމަށްފަހު އަތްދަބަހާއި ދެންވެސް އޭނާ ގެންގުޅުނު ކަރުދާސްތަކާއި އެއްޗެހި ހިފައިގެން ގެއަށް ވަންނަން ދިޔައެވެ.

ގޭގެ ދޮރު ހުޅުވާލައިފައި ގެއަށް ވަތް ޒިވާ ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. އެވަގުތު އޭނާގެ ނޭފަތުގައި ކުޑަކޮށް މޫނުފޮތިކޮޅު ޖެހުނީ އެތެރެއަށް ނޭވާ ހިފަހައްޓާލުމުންނެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ޔައީޝް ވާނީ އޮފީހުގަކަން ޒިވާގެ ހަނދާނުގައި ހުއްޓެވެ. ހަމަ އެއާއެކު ރައިފާ އޭނާ ގާތު ބުނި ވާހަކަ ހަނދާނަށް އައުމުން ވަރުބަލި ގޮތަކަށް ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

އެއްޗެހި ބަދަލުކޮށްލުމަށްފަހު ޒިވާ އެންމެ ފުރަތަމަވެސް އަވަސްވެގަތީ ނަމާދު ކޮށްލާށެވެ. ނަމާދުކޮށް ނިންމުމަށްފަހު ޤުރުއާން ކިޔަވާލަން ޒިވާ އިނެވެ. އެއަށްފަހު މުސްޙަފް ކަބަޑު ތެރެއަށް ލުމަށްފަހު އެނދުގައި އޮށީވެލީ ކޮންމެވެސް ވަރަކަށް ވަރުބަލި ވެފައި ވުމުން އަރާމުކޮށްލާށެވެ. އެނދުގައި އޮށޯވެލައިގެން އޮތް ޒިވާއަށް ނިދީގެ ފުން ކަނޑަށް ޣަރަޤުވާން ނެގީ މަދު ވަގުތުކޮޅެކެވެ.

***

ގެއަށް އައިސް ވަތް މައިހާ ވަރުބަލި ކަމާއެކު އޭނާގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ކާރުގަ އައި ނަމަވެސް މެންދުރުގެ ހޫނު ވަގުތުކަމުން ކޮންމެވެސް ވަރަކަށް އެ ހަށިގަނޑަށް ވަރުބަލިކަން ވެރިވެފައި ހުއްޓެވެ. ގޭގައި އެއްވެސް މީހަކު ނޫޅެނީ ޒަޔާން ޑިއުޓީއަށް ގޮސްފައި ވުމުންނެވެ. މައިހާ އާއި ޒަޔާންގެ ކައިވެންޏަށްފަހު އޭނާ އުޅެނީ ޒަޔާންގެ އެޕާޓްމެންޓްގައެވެ.

ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު މައިހާ އެތެރެއަށް ފިޔަވަޅެއް އަޅާލިއެވެ. އަދި އަތް ދަބަސް ޑްރެސިން ޓޭބަލް މަތީ ބައިންދާލުމަށްފަހު އަޅައިގެން ހުރި ވިލު ނޫކުލައިގެ ޝޯލް އިން ޕިންތައް ނައްޓަން ފެށިއެވެ. އެއްޗެހި ބަދަލު ކޮށްލައިގެން އައިސް ނަމާދުކޮށްލުމަށްފަހު މައިހާ ބޭރަށް ނިކުމެލީ މެންދުރު ކާން އެއްޗެއް ނުކެއްކި ހުރުމުންނެވެ. ދެތިން ބާވަތެއް ތައްޔާރު ކޮށްލުމަށްފަހު މައިހާ މިސްރާބު ޖެހީ ޖޫސް ގިރާށެވެ. ޖުސް ގިރުމަށްފަހު އެ ފިނިކުރަން ލައިފައި މައިހާ ފެން ތައްޓެއް ބޯލުމަށްފަހު މޫނު ދޮވެލާ ކުޑަކޮށް ތާޒާވެލުމަށްޓަކައި ކޮޓަރިއަށް މިސްރާބު ޖެހިއެވެ.

އާދައިގެ ގޭގައި ލާ ހެދުމެއް ލައިގެން ގޭގައި އަޅާ ކުޑަ ބުރުގަލަކާއެކު ހުރި މައިހާ އައި ގޮތަށް އައިސް ސިޓިން ރޫމުގައި ހުރި ސޯފާގައި އިށީނދެލިއެވެ. ކުރިމަތީގައި ހުރި ބޮޑު ބިއްލޫރި މޭޒުގައި ބާއްވާފައި އޮތް ރިމޯޓް ނެގުމަށްފަހު މައިހާ ޓީވީ ހުޅުވާލީ ފޫހިކަން ފިލުވާލާށެވެ. މިއަދަކީ އޭނާގެ އޮފް ދުވަހެއް ކަމަކު ޒަޔާންގެ ޑިއުޓީ މިއަދުވެސް އެބައޮތެވެ. އެހެން ކަމުން ދުވަހުގެ ބޮޑުބައި ހޭދަކުރަން ޖެހޭނީ އޭނާ އެކަނިކަން ހަނދާން ވުމުން މައިހާ ތުން ދަމާލިއެވެ.

ޓީވީއަށް ގެއްލިފައި އިން މައިހާއަށް އެތައް އިރަކު އެހެން އިނދެވުނެވެ. އަސުރުރު ނަމާދަށް ބަންގި ގޮވުމުން ޓީވީ ނިއްވާލުމަށްފަހު ސޯފާއިން ތެދުވެގެން ގޮސް ކޮޓަރިއަށްވަދެ ނަމާދު ކޮށްލިއެވެ. ނަމާދު ކޮށްލުމަށްފަހު މުސައްލަ ނެގުމުގައި އުޅުނު މައިހާ ސިހުނީ ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށެވެ. އޭނާ ދޮރާއި ދިމާލަށް ބަލައިލި އިރު ޒަޔާން ކޮޓަރިއަށް ވަންނަނީއެވެ. ޒަޔާން އަށް ރީތި ހިނިތުން ވުމެއް ހަދިޔާކޮށްލުމަށްފަހު މައިހާ އޭނާގެ މުސައްލަ ހިފައިގެން ގޮސް ކަބަޑަށް ލިއެވެ.

“ހާދަ މީރުވަސް ދުވައޭ ގެއަށް ވަތް އިރު.. ކޯންޗެއްތަ ކައްކާލީ.. ވަރަށް ބަނޑުހައި ވެއްޖެ..” މައިހާގެ ފަހަތުން ކުޑަކޮށް ބައްދަލަމުން ޒަޔާން ބުނެލިއެވެ. މައިހާ ހިނިތުން ވެލުމަށްފަހު ޒަޔާން އާއި ވީ ފަރާތަށް އެނބުރިލިއެވެ. “ހުރި އެއްޗެއް އިނގޭނީވެސް ކާން ދިޔައީމައެއްނު..” މައިހާ ދެއަތް އުރާލަމުން ބުނެލިއެވެ. ޒަޔާން ހިނިގަނޑެއް ޖަހާލިއެވެ. “އާނ ތިއެއް ނޫނޭ.. މައި ކީމެއްނު މިއަދު ޒިވް ޑޮކްޓަރަށް ދައްކަން ދިޔައިއްޔޭ.. ކިހިނެއް ވީތަ؟” ޒަޔާން ސުވާލު ކޮށްލުމުން ހިނދުކޮޅަކަށް މައިހާ މަޑުކޮށްލިއެވެ. އެއަށްފަހު ޖަވާބުދޭން އަނގަ ހުޅުވާލިއެވެ. “އެއީ ދެން މާބޮޑު ކަމެއް ނުވޭ.. ކުޑަކޮށް ބޮލުގަ ރިއްސާތީވެ ދެން ދިޔައީ..” މައިހާ ކުރު ޖަވާބެއް ދިނެވެ. އަދި ހިނިތުން ވެލުމަށްފަހު ކޮޓަރީގައި ހުރި ސޯފާއާއި ދިމާލަށް މިސްރާބު ޖެހީ ޒަޔާން ތާޒާވެލަން ދާށޭ ބުނުމަށްފަހުއެވެ.

***

ކޮޓަރިއަށް އަވަސް އަވަހަށް ވަތް ޔައީޝްއަށް އަރާމުކޮށް ނިދާލައިފައި އޮތް ޒިވާ ފެނި ހިނިތުން ވެލިއެވެ. އެއަށްފަހު މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު އެނދާއި ދިމާލަށް މިސްރާބު ޖެހިއެވެ. ޒިވާ ނިދާލައިފައި އޮތްލެއް ލޯބިކަމުން ޔައީޝް އޭނާއަށް ނުގޮވަންވެސް އުޅުނެވެ. ނަމަވެސް އަސުރު ނަމާދަށް ބަންގި ގޮވިކަން ހަނދާން ވުމުން ޒިވާއަށް ގޮވަން ނިންމީ އޭނާ ނަމާދު ކުރިކަމެއްވެސް ނޭނގޭތީއެވެ. ޔައިޝް ޒިވާގެ ބޮލުގައި ފިރުމާލި ވަގުތު އެސްފިޔަތަށް ތަޅުވާލުމަށްފަހު ޒިވާ ދެލޯ ހުޅުވާލިއެވެ. އެއަށްފަހު ޔައީޝް ހުރިތަން ފެނި ދެލޯ ބޮޑު ކޮށްލުމަށްފަހު ފުންމައިގެން ތެދުވިއެވެ. “ޒިވް އަށް ގޮވަންވެގެން އަދި މިއުޅެނީ.. ކިހިނެއްވި ކުއްލިޔަކަށް ތި ތެދުވީ؟” ޔައީޝްގާތަށް ހިނި އައި ނަމަވެސް ހިނިގަނޑު މަތަކޮށްލަމުން ޒިވާ ކަންތައް ކުރި ގޮތް ފެނި މަޖާވެލައފައި ހުރެ ބުނެލިއެވެ.

“ހާދަ އަވަހަކަށް މިއަދު ތި އައީ؟ އަދި ކިރިޔާ އެކެއް ކަންނޭނގެ އެ ޖެހީ؟” ޒިވާ ކުޑަކޮށް ދެލޯ އުނގުޅާލަމުން ނިދި އަޑެއްގައި ބުނެލިއެވެ. “މަގޭ ޒިއްޕުޑިން އެހެން ވިއްޔާ އެބަހުރި ނިދާލައިފައި.. ޔަގީން މެންދުރުކަން ނިދަން އޮށޯތީ.. ދޯ؟ އެކެއްވެސް ދޭއްވެސް ފަހަނަ އަޅާ ގޮއްސި.. މިހާރު ތިނެއްވެސް ޖަހާ ބޮޑުވެއްޖެ..” ޔައީޝް ހިނިތުން ވެލަމުން ދެއަތް އުރާލައިފައި ބުނެލިއެވެ. ޒިވާ އެހިނދު ދެލޯ ބޮޑުކޮށްލުމަށްފަހު އެނދުން ފުންމައިގެން ގޮސް ފާޚާނާއަށް ވަނީ އަސުރު ނަމާދު ކުރަން އަވަސްވުމަށެވެ. ޒިވާ ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ޔައީޝް ހެމުން ހެމުން ދެފަރާތަކަށް ކުޑަކޮށް ބޯ ހޫރުވާލިއެވެ. އަވަސް އަރުވާލައިފައި ޒިވާ ނަމާދަށް އަރަން ތައްޔާރުވިއެވެ. އެހެން ކަމުން ޔައީޝް ފާޚާނާއަށް ވަނީ ތާޒާވެލުމަށެވެ.

ތުވާލި ކޮނޑަށް ލައިގެން ސޯޓަކާއި އެކު ހުރި ޔައީޝްއަށް ފާޚާނާއިން ނިކުމެވުނު އިރު ޒިވާ ނަމާދުކޮށް ނިންމާފައި އިން ތަނުން ތެދުވެލަނީއެވެ. އެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. ޔައީޝް ތުވާލި ހަރުގައި ތުވާލި އެޅުވުމަށްފަހު އަލަމާރިއާއި ދިމާލަށް މިސްރާބު ޖެހީ ޓީޝާޓެއް ނަގާށެވެ. އަޅި ކުލައިގެ ޓީޝާޓާކާއި ކަނޑު ނޫކުލައިގެ ސޯޓުގައި ޔައީޝް ވަރަށްވެސް ފުރިހަމައެވެ. “މިހާރު ވާވަރު ވެއްޖެޔެއްނު.. އަދި އަހަރެންވެސް ކެތް ނުލަވައިގެން އަވަސް އަވަހަށް ގެޔަށް އައި އިރު ޒިވް އޮތީ ގަދަޔަށް ނިދާލައިފަ ވިއްޔަ.. ދެން ގޮވި ތަނުން ރޮކެޓެއް ނައްޓާލިހެން އަނެއްކާ ދުއްވައިގަތީ.. އަދިވެސް އެވާހަކަ ދައްކާލަން ވަގުތެއް ނުލިބިފަ ޔައި މިހުންނަނީ.. ކިކޭތަ ބުނީ ޑޮކްޓަރ؟” ޔައީޝް ޒިވާގެ ދެކޮނޑުގައި ހިފާލަމުން ހިނިތުން ވެލައިގެން ހުރެ ބުނެލިއެވެ.

ޒިވާ ޔައީޝްގެ ދެލޮލަށް ބަލަހައްޓައިގެން ހުއްޓެވެ. އެއަށްފަހު ޔައީޝްގެ ގައިގައި ބައްދާލިއެވެ. ޔައީޝް ހުރީ ވާނުވާ ނޭނގިފައެވެ. “ކޮންގްރެޓްސް ޑެޑީ..” މަޑުމަޑުން ޔައީޝްއަށް އިވޭ ވަރަށް ޒިވާ ބުނެލި އިރު އެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. ޔައީޝްއަށް ހުއްޓުން އަރާފައި ހުރެވުނީ އިވުނު އަޑު ޤަބޫލު ކުރަން ދަތިވެފައެވެ. ޒިވާ ކިތަންމެ މަޑުން ބުންޏެއް ކަމަކުވެސް ޔައީޝްއަށް އެ އަޑު ނުހަނު ސާފުކޮށް އިވުނެވެ. ޔައީޝް ގެނައި ކުއްލި ހަރަކާތަކާއެކު ޒިވާ އޭނާއާއި ދުރުކޮށްލިއެވެ. އެއަށްފަހު ސީދާ ޒިވާގެ ދެލޮލަށް ބަލަހައްޓައިގެން ހުއްޓެވެ. އެހެން ކަމުން ޒިވާގެ ދޮން ކޯތާފަތް ރަތްވެގެން ދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގައެވެ.

“ކީކޭ.. ކީކޭ ޒިވް ތިބުނީ؟ އަދި އެއް ފަހަރު ބުނެބަލަ..” ޔައީޝް ބުނެލިއެވެ. ޒިވާ ހިނިތުން ވެލަމުން ޔައީޝް ގެ މޫނަށް ބަލަހައްޓައިގެން ހުރެ އަނެއްކާވެސް ކުރިން ބުނި ވާހަކަ ބުނެލިއެވެ. އެހިނދު ޔައީޝްގެ ދެލޮލުގައި އުފާވެރިކަމުގެ ކަރުނަ ވިދަން ފެށިއެވެ. ޒިވާ ގައިގައި ބައްދާލީ ލިބުނު އުފާވެރިކަމުންނެވެ. މިވަގުތު އޭނާއަށް ލިބުނު އުފާ ބަޔާންކުރެވޭ ވަރަށްވުރެވެސް ބޮޑެވެ. ޔައީޝް ޒިވާ ކުޑަކޮށް ދުރުކޮށްލުމުން މިއަދު ކަންތައް ވީ ގޮތް ޒިވާ ޔައީޝް އަށް ކިޔައިދޭން ފެށިއެވެ.

**ތިން ގަޑިއިރު ކުރި**

މައިހާ އަށް ބަލައިލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން މައިހާގެ އަތުގައި ހިފާލައިގެން ހުރެ ޒިވާ ޑޮކްޓަރ ގެ ކޮޓަރިއަށް ވަނެވެ. ބަލި މީހުން ބައްލަވަން ވަރުބަލިކަމެއް ނެތި އިން ޑޮކްޓަރ ނަޝްފާވެސް ޒިވާއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ބަލާބެލުމަށް ނުހަނު ޒުވާން ޑޮކްޓަރ އެކެވެ. ހީވަނީ އުމުރުން އަދި ވާނީ ފަންސަވީހަކަށް އަހަރު ހެންނެވެ. ފިޔާތޮށި ކުލައިގެ މާތަކެއް ޖަހާފައި އިން ހެދުމަކާއެކީ މަޑު ފިޔާތޮށި ކުލައިގެ ޝޯލް އެއް ރީތިގޮތަކަށް އަޅާލައިފައި ވާއިރު ނުހަނު ފުރިހަމައެވެ.

ޑޮކްޓަރ ގެ އެދުމަށް ޒިވާ އޭނާގެ އަތުގައި އޮތް ރިޕޯޓް ޑރ.ނަޝްފާއަތަށް ދިނެވެ. އެވަގުތު އެޔަށް އޭނާގެ ހުރިހާ ސަމާލުކަމެއް ދިނެވެ. ނަޝްފާގެ މޫނަށް ބަލާލައިފައި އަދި ވަކި އެއްޗެއް ދެނެގަންނަން ނޭނގިފައި އިން ޒިވާގެ ހިތް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. ވާނެ ގޮތެއް އޭނާއަކަށްވެސް އިނގެނީކީ ނޫންވިއްޔާއެވެ. އަނެއް ކޮޅުން ނަޝްފާގެ މޫނުމަތިން އެއްވެސް ކަމެއް ދެނެގަންނާންވެސް ނޭނގެއެވެ. ޒިވާ އިނީ ދެއަތް ދެއަތާއި މޮޑެލަ މޮޑެލާއެވެ.

ނަޝްފާގެ ނަޒަރު އަތުގައި އޮތް ރިޕޯޓުން ވަކިކޮށްލުމަށްފަހު ޒިވާއަށް ބަލައިލިއެވެ. އެޔަށްފަހު ފުޅާ ހިނިތުންވުމެއް ޒިވާއަށް ހަދިޔާކޮށްލިއެވެ. ޒިވާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އެވަގުތުއެވެ. “ކޮންގްރެޓްސް..” ނަޝްފާ ބުނެލީ ހަމައެކަނި އެހެންނެވެ. ޒިވާއަކަށް ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނަގައެއް ނުގަނެވުނެވެ. އޭނާ ބަލަހައްޓައިގެން އިންނަން ފެށުމުން ނަޝްފާއަށް އެކަން ދެނެގަނުވުނީ ކަންނޭނގެއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ރިޕޯޓުގައި އޮތް އެއްޗެއް ޒިވާއަށް ކިޔާލަދިނެވެ.

އެވަގުތު ޒިވާއަށް ހައިރާންވެ އިނދެ ނަމަވެސް މައިހާއަށް ނަޒަރެއް ދެވުނެވެ. މައިހާވެސް އެއިރު އިނި އުފަލުން ޒިވާއަށް ބަލަހައްޓައިގެންނެވެ. އަދި ޒިވާއަށް ހިނިތުންވުމެއް ރައްދުކޮށްލީ އެކުވެރިޔާގެ އުފަލުގައި އޭނާވެސް ބައިވެރިވާކަން ހާމަ ކޮށްދެމުންނެވެ. ޒިވާއަށް އަނެއްކާވެސް ނަޝްފާއަށް ބަލައިލެވުނީ ޤަބޫލު ކުރަން ދަތިވެގެންނެވެ. އެހިނދު ނަޝްފާ ދެލޯ މަރާލުމަށްފަހު ބޯ ޖަހާލީ މީ ތެދެކޭ ބުނާ ފަދައަކުންނެވެ. އޭގެ ދެވަނަ ސިކުންތުގައި ޒިވާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ.

ބޭއިޚްތިޔާރުގައި އިން ތަނުން ތެދުވެގެން ގޮސް މައިހާ ގައިގައި ބައްދާލެވުނެވެ. މައިހާވެސް އުފަލާއެކު ޒިވާ ގައިގައި ބައްދާލިއެވެ. “ކޮންގްރެޓްސް ޒިވް.. ވަރަށް ވަރަށް ވަރަށް ބޮޑަށް.. ވަރަށް އުފާވެއްޖެ.. ޔައީޝްވެސް ވަރަށް އުފާވެފަ ހުންނާނީ މި ޚަބަރު ލިބޭއިރަށް..” މައިހާ ހިނިތުން ވެލަމުން މަޑުމަޑުން ޒިވާ ގާތު ބުނެލިއެވެ. ޒިވާވެސް އުފާވެރިކަމުގެ ކަރުނައިގެ ތެރެއިން ބޯ ޖަހާލީ އެކަމާއި އެއްބަސްވުމުގެ ގޮތުންނެވެ.

ޑރ އެތަކެއް ވާހަކަ ތަކެއް ދެއްކުމުން ޒިވާ އާއި މައިހާ ދިޔުމަށްޓަކައި ކޮޅަށް ތެދުވެލިއެވެ. ޑޮކްޓަރަށް ޝުކުރު އަދާކޮށްލުމަށްފަހު ޒިވާ އެނބުރިލިއެވެ. “މައި ނުބުނައްޗޭ އެކަކު ކައިރީވެސް މިވާހަކަ.. ޒަޔާން ކައިރިވެސް އަދި ނުބުނާތި އިނގޭ.. ޔައި އަށްވެސް އަދި ނޭނގޭނެއްނު.. ޒިވް ބޭނުން ޔައި އަށް ސަޕްރައިޒް އެއް ދޭން.. ޔައި ވަރަށް ދެރަވެފައޭ ހުރީ ނާދެވުނީމަ.. އެހެންވެ ބޭނުމީ ޔައި ސަޕްރައިޒް ކޮށްލާފަ މި ވާހަކަ ބުނެލަން..” ޒިވާ މައިހާ ގާތު ސިއްރު ސިއްރުން ބުނެލިއެވެ. މައިހާވެސް ބޯ ޖަހާލީ އެކަމާއި އެއްބަސްވުމުގެ ގޮތުންނެވެ. އިތުރު ވާހަކަތަކެއް ނުދައްކާ އަވަހަށް ދެމީހުން އެތަނުން ނިކުމެގެން ދިޔައެވެ.

***

“ޒިއްޕުޑިންގެ ބޯވެސް ހާދަ ބޮޑުވެއްޖެޔޭ ދޯ.. ސްކޫލުގަ އުޅުނު އިރު އެވަރަށް ސަޕްރައިޒް ދޭން ނުވެސް އިނގޭ މީހެއް ތީ.. ހެހެ.. މިއީ ލިބުނު އެންމެ ބޮޑު ސަޕްރައިޒް..” ޔައީޝް ސަމާސާ ރާގުގައި ބުނެލިއެވެ. ޒިވާ ޔައީޝް ގައިގައި ބޮނޑިއެއް އަޅާލީ ހެމުން ހެމުންނެވެ. އެއަށްފަހު ދެމީހުން ކޮޓަރިން ނިކުންނަން މިސްރާބު ޖެހިއެވެ.

“ދެން މާ ގިނަ ކަންކަން ކުރަން ހިތު ނުލައްޗޭ.. ޒިވް ރެސްޓް ކުރަން ޖެހޭ ދުވަސްތައް ބޯމަތިވެފަ މިއޮތީ.. ހަމައެކަނި އަރާމު ކޮށްގެން ކައިކައިގެން ދެފައި ދަމައިގެން އޮންނަން ވި..” ޔައީޝް ވާހަކަ ދެއްކިތަނުން ޒިވާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަދި ދެފަރާތަށް ކުޑަކޮށް ބޯ ހޫރުވާލިއެވެ.

“އައިޝާ ކިހިނެއް ވީ އަނެއްކާ؟” ސޯފާގައި އިން ރައިފާގެ ލޮލުގައި އަޅައިގަތީ ކޮޓަރިން ނިކުމެގެން އައި ޒިވާ އާއި ޔައީޝް އެވެ. އެމީހުން މާވަރަކަށް ހެމުން އަންނާތީ ރައިފާގެ ދެބުމަ ގާތް ކޮށްލިއެވެ. އެމީހުން އުފަލުން ހެންޏާ އޭނާގެ ހިތުގައިވާ އަލިފާންގަނޑު އިތުރަށް ބޮޑުވުން ނޫން ކަމެއް ނުވެއެވެ. ނަމަވެސް މިހާރަކަށް އައިސް އެކަން ކުޑަވެއްޖެއެވެ. ބޭނުން ނުވިޔަސް އެކަމުގައި ރައިފާއަކަށް އެއްވެސް ބާރެއް ނުފޯރުވެއެވެ.

އެމީހުން ހެވުނު އަޑުގެ ކުރިން ޔައީޝް ޒިވާ ގާތު ކަންތައް ނުކުރުމަށް ބުނި އަޑު ރައިފާއަށް ނުހަނު ރިއްޗަށް އިވުނެވެ. އެހެން ކަމުން އޭނާގެ ސިކުނޑީގައި ވީ ސުވާލުތަކަށް ބޮޅެއް އިތރުވެގެން ދިޔައެވެ. ސުވާލު ކޮށްލީވެސް އެންމެ ފަހުން ކެތްކޮށްލައިގެން ނީނދެވިގެންނެވެ.

ރައިފާ ސުވާލު ކޮށްލި ވަގުތު ހިނިތުން ވަމުން ޒިވާ ޔައީޝް އަށް ބަލައިލިއެވެ. އަދި ޔައީޝް ބޯ ޖަހާލުމުން އޭނާ އެބުނީ ކީއްކަން ޒިވާގެ ސިކުނޑި ދެނެގަތެވެ. ޒިވާ ރައިފާއަށް ބަލައިލުމަށްފަހު އަނެއްކާވެސް ޔައީޝްއަށް ބަލައިލީ ޔައީޝްގެ އެހީ ބޭނުމޭ ބުނާ ފަދައަކުންނެވެ. އެވަގުތު ޔައީޝް ގާތަށް ހިނި އައެވެ.

ދުރުގައި މަންޒަރު ބަލަން އިން ރައިފާގެ ދެބުމަ އިތުރަށް ގާތް ވިއެވެ. ޒިވާވެސް ދެން އެ ބުނަން އުޅޭ އެއްޗެއް ބުނީމަ އެ ވީ ނޫންހެއްޔެވެ؟ އެހާ ގިނައިރު ނުބުނެވިގެން ހުރުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ ރައިފާ ހިތާހިތުން ޒިވާއަށް ކުދި ކިޔަމުން ދިޔައެވެ.

“ހެހެ.. ޒިވް އަށް ނުބުނެވިގެން އެއުޅެނީ އޭނާ މަންމައަކަށް ވާން އުޅޭ ވާހަކަ..” ޔައިޗް އެހެން ބުނެލި ވަގުތު ޒިވާ އިސްދަށަށް ޖަހާލީ ހިނިތުންވެ ހުރެއެވެ. ސޯފާގައި އިން ރައިފާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާގެ ހަށިގަނޑުތެރޭގައި އުފެދެމުން ދިޔަ ތޫފާން އިތުރަށް ވަރުގަދަ ވީ ފަދައެވެ. އޭނާއަށް އެ އަޑު އަހަންވެސް ފަސޭހައެއް ނުވިއެވެ. އޭނާ އަށް ކަމެއް ނުކުރެވިގެން އުޅެނިކޮށް މި ޖެހެނީ ހައްތަހާ ހުރަސް އެޅޭ ފަދަ ކަންކަމެވެ. ރައިފާއަށް ކެތްކުރެވެމުން ދިޔައީ ކިރިޔާއެވެ.

ނަމަވެސް އުނދަގުލުން ނަފްސު ހަމަޔަކަށް އަޅުވާލިއެވެ. “އަސްލުވެސްތަ؟ މަރުޙަބާ އައިޝާ.. ހެހެ.. މާ ރަނގަޅަކަށްނު މި ވީ.. މިއަދު އަހަރެން އައިޝާ ގާތު ބުނީ ކައްކާއިރު އަހަރެން ބައިވެރި ކުރާށޭ.. އައިޝާ ކުރިން އަހަރެންނަށް އެކަމުގަ ބައިވެރި ވިޔަ ނުދިނީމަ އެންމެ ފަހުން އެކަން އައިޝާއަށް އެ މަނާވީ.. ދެން އަހަރެން އެބަޔާއި ޙަވާލު ވާނަން..” ރައިފާ އިރުކޮޅެއް ވާންދެން އަނގައިން ނުބުނެ ހުރުމަށްފަހު ވިސްނާލައިފައި ވާހަކައެއް ހަދާލިއެވެ. އޭނާއަށް އެވާހަކަ ދެއްކުނުލެއް މޮޅުކަމުން އަމިއްލަ ނަފްސަށް ތަޢުރީފް ކޮށްލިއެވެ. އެއްފަހަރުވެސް ތިމާއަށް މި ވެވެނީ ބޮޑާ އޭ ހިތަކަށް ނާރައެވެ.

ޒިވާ ރައިފާއަށް ހިނިތުން ވެލިއެވެ. “އެކަމް.. އަރޫފާ ބުނީމެއްނު ޖޮބަކަށް އެޕްލައި ކުރި ވާހަކަ.. އުނދަގޫ ވާނެއްނު އަރޫފާއަށް.. އިންޓަރވިއު ދިޔަ ގޮތްވެސް ނުކިޔައިދެމެއްނު އަދި..” ޒިވާ ހިނިތުން ވެލައިފައި ބުނެލިއެވެ. ރައިފާ ހުރިހާކަމެއްވެސް ދިޔައީ ރަނގަޅަށް ކަމަށްބުނެ ގިނަ ވާހަކަ ތަކެއް ނުދައްކާ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ކޮޓަރިއަށް ވަނުމަށްފަހު ބާރު ބާރަށް ހިނގާލައިފައި ގޮސް ރައިފާ އެނދުގައި އިށީނދެލިއެވެ. އެއަށްފަހު މޫނު ބުރުގާ ނަގައި އެއްލާލިއެވެ. ހީވަނީ ހަށިގަނޑުގައި އުފެދިގެން އުޅޭ ހައިޖާނުގަނޑު ނެރެލަން އުޅޭ ހެންނެވެ. ރައިފާ އިނީ ހަޅޭތް ލަވައިގަންނަން ނުހަނު ބޭނުންވެފައެވެ. ނަމަވެސް ޙާލަތުގެ ގޮތުން އެކަންވެސް ކުރެވޭކަށް ނެތެވެ. ކައްޓެއް ހެރިގެން ތެދުވާ ފަދަޔަކުން ކޮޅަށް ތެދުވެލުމަށްފަހު ދެކޮޅަށް ހިނގަން ފެށިއެވެ. “އާހް…” އެހެން އިރުކޮޅެއް ވާންދެން ދެކޮޅަށް ހިނގާލަ ހިނގާލައި ހުރުމަށްފަހު އެންމެ ފަހުން ކެތް ނުވެގެން ރައިފާ ކުޑަކޮށް ހަޅޭތް ލަވައިގަތެވެ. “ކީއްވެތަ މިހެން މިވަނީ؟ ހައްތަހާ އަހަންނަށް އުނދަގޫ ވާ ގޮތްގޮތް މި ވަނީ.. ފުރަތަމަ ނާއިޝް އަހަރެން ދޫކޮށްލީ.. އެންމެ ފަހުން މިކަންތައް..” ރައިފާ އަމިއްލައަށް ވާހަކަ ދައްކަމުން ގޮސް އިސްތަށިގަނޑަށް ދެއަތް މަހާލަ ބާރުކޮށްލިއެވެ.

އިރުކޮޅެއް ވުމުން އޭނާ ވަރަށް މަސައްކަތްން ހަމަޖެހިލިއެވެ. “ހެޔޮ ކޮންމެ ގޮތެއް ވިޔަސް.. ލައްކަ ދުވަހު ކެތްކުރެވިއްޖެތާ.. ދެނެއް ނޫން.. ޒިވާ.. ރެޑީގަ ހުރޭ..” އަމިއްލަ ނަފްސަށް ބުނެލުމަށްފަހު ރައިފާ ދިޔަ ގޮތަށް ގޮސް ކޮޓަރީގެ ވައަތް ފަރާތުގައި ހުރި ސޯފާއަށް ޖެހިގަތެވެ.

***

ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޔަންހާގެ މޫނުމަތިންވެސް ފެންނަނީ ނުތަނަވަސް ކަމެވެ. ނޫރީން އެ ދައްކާ ވާހަކަ ތަކުގައި ކޮންމެވެސް ޙަޤީގަތެއް ވެޔޭ އޭނާގެ ހިތް މިހާރު އޭނާއަށް ބުނެދޭން ފަށައިފިއެވެ. ނަމަވެސް ކޮންމެ ފަހަރަކު ޒިވާ މި ދުނިޔެ ދޫކޮށް ދިޔަ ޚަބަރު އެހިތަށް ސިކުނޑި ހަނދާންކޮށްދެއެވެ. އެހެން ކަމުން ޚިޔާލު ބަދަލުކޮށްލަން ޖެހެއެވެ. ޔަންހާގެ ސިކުނޑިއާއި ހިތާ ދެމެދު ވަރުގަދަ ހަނގުރާމައެއް ހިނގަމުން ދިޔައެވެ. ނަތިއްޖާއަކަށް ވެގެން ދިޔައީ އޭނާގެ ހަށިގަނޑުގައި އާދަޔާ ޚިލާފު ތޫފާނެއް އުފެދިގެން ދިޔުމެވެ.

ޔަންހާ އޭނާގެ ފޯނު ނަގާ ވައިބަރ އަށް ވަދެލިއެވެ. އެއަށްފަހު ޔައީޝްގެ ނަންބަރު ހޯދާލިއެވެ. އޭނާ އުޅުނީ ޔައީޝްއަށް ގުޅާށެވެ. ނަމަވެސް އިރުކޮޅަކުން ޚިޔާލު ބަދަލުކޮށްލިއެވެ. މިހާރު އޭނާ އެގޮތަށް ކަންތައް އެ ކުރީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. ޔައީޝްއަށް ގުޅާލަން އެހިތް ކިތަންމެ ވަރަކަށް އެދުނު ނަމަވެސް އެގޮތަށް ކަންތައް ކުރާކަށް ނުކެރެއެވެ. އަނެއްކާ އޭނާގެ ސަބަބުން ޔައީޝް އާއި އައިޝާ އާއި ދެމެދު އޮތް ގުޅުން ހީނަރު ވާކަށް ޔަންހާ ނޭދެއެވެ. މޫނުގައި ދެއަތް އަޅާލުމަށްފަހު އެނދުގައި އިށީނދެލިއެވެ. އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން އެނދުން ތެދުވެލިއެވެ. ކޮޓަރިން ނިކުންނަން އޭނާ ދިޔައީ އެހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބޭތޯއެވެ.

ފުޅާ ސިޑިން ފައިބައިގެން ދިޔަ ޔަންހާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ގޭގެ ބިއްލޫރި ޖަހާފައިވާ ބިތް ކައިރީ ހުއްޓިލައިގެން ހުރި ނޫރީންއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ބޭރަށެވެ. ނަމަވެސް އިރުކޮޅަކާއި އަތް މައްޗަށް ނަގާ ގޮތުން ހީވަނީ އަތްތިލައިން މޫނު ފޮހޭ ހެންނެވެ. ހީވާ ގޮތެއް ނޫނެވެ. ޙަޤީގަތުގައިވެސް ނޫރީން އޭނާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެމުން ދިޔައެވެ. ޔަންހާގެ ހިތަށް އަސަރު ކުރިއެވެ. އެ ދުވަހަށްފަހު ނޫރީން އެމީހުންނާއި ވަނީ ވަރަށް ދުރުވެފައެވެ.

މުހިއްމު ވާހަކައެއް ނޫނީ އެމީހުންނާއި ޙިއްސާ ނުކުރެއެވެ. ނޫރީން އަށް އައި ބަދަލު ފެނި އެންމެންވެސް ކަނބޮޑުވިނަމަވެސް އެކަކުވެސް އެވާހަކަ ދައްކަން ނޫޅުނީ އަނެއްކާ އިތުރަށް މައްސަލަ ބޮޑުވެދާނެތީއެވެ. ސުމައްޔާ ޔަންހާ ގާތު ވީގޮތް އޮޅުން ފިލުވަން އުޅުމުން އޭނާވެސް ކޮންމެ ފަހަރަކު އެވަހަކަ އޮށްބާލަނީ ނޫރީން ކުޑަކަމަކާއި ހިތްހަމަ ނުޖެހިގެން އުޅެނީއޭ ބުނެލައިފައެވެ. ސުމައްޔާ ނޫރީންއާއި އެކަމާއި ގުލޭގޮތުން އިތުރު ސުޥާލު ތަކެއް ކުރާކަށް ޔަންހާ ނޭދެއެވެ. ޔަންހާގެ ލޮލުންވެސް ކަރުނަ ހިލުނެވެ. ނަމަވެސް ލޮލުން ކަރުނަ ފުހެލީ ހިތްވަރު ކޮށްލަމުންނެވެ.

ރޭގަނޑުގެ ހިތްފަސޭހަ ވަގުތު ކަމުން އެއްވެސް މީހަކު ބޭރުގައި ނޫޅެއެވެ. ނޫރީން ފިޔަވާއެވެ. އެންމެން ވާނީ ނިދަން ގޮސް ކަން ޔަންހާއަށް އިނގެއެވެ. ނަމަވެސް އޭނާއަށް ނުނިދިގެން އެންމެ ފަހުން ހަމަޖެހިލަންވެގެން ނިކުތީއެވެ. ނައިޝަމް ވެސް މިދުވަސްކޮޅު ގޭގައި ނޫޅޭތީ ޔަންހާއަށް ކޮންމެވެސް ވަރެއްގެ އެކަނިވެރިކަމެއް އިޙުސާސްވެފައި ވެއެވެ.

ނޫރީންއާއި ވާހަކަ ދައްކާލަން ކިތަންމެ ބޭނުންވެފައި ހުރި ނަމަވެސް ނޫރީންއަށް ނޭނގޭނެހެން ޔަންހާ ގޭގެ އަނެއްފަރާތަށް ދިޔައެވެ. ބޮޑު ބިއްލޫރި ބިތް ކައިރީ ހުއްޓިލައިގެން ހުރި ޔަންހާ އެ ބިއްލޫރިގަނޑުގައި އަތް ޖައްސާލިއެވެ. އޭނާގެ އަތަށް އެވަގުތުވެސް ފިނިކަން އިޙުސާސް ވެގެން ދިޔައެވެ. މިދުވަސްކޮޅަކީ ކެނެޑާއަށް ފިނި މޫސުން ކަމުން މުޅި ގޭތެރެވެސް ހީވަނީ އޭސީ ކޮށްފަ ހުންނަހެންނެވެ. ގޭގެ ބޮޑު ބަގީޗާގަ ހުރި ހުރިހާ ގަސްތަކެއްގައިވެސް ވަނީ ސްނޯ ހަރުލައިފައެވެ. އެހެން ނަމަވެސް މަންޒަރު ނުހަނު ހިތްގައިމެވެ. ބަގީޗާގައި ދިއްލާފައި ހުރި ބޮކި ތަކުގެ ސަބަބުން މަންޒަރު އިތުރަށް ފުރިހަމަ ކޮށްދޭއިރު ތަންވެސް ވަނީ އަލިވެފައެވެ. ޔަންހާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޭނާގެ ތުންފަތުގައި ކުޅެލައިފައިވި ހިނިތުންވުންވެސް އެކަމަށް ހެކިވެއެވެ.

(ނުނިމޭ)

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ބޯ ވެހޭ ވާރެޔާ…2

Next

ނޭނގި ހިތޭ ގެންދެވީ މިތުރާ (2)

Next
June 26, 2018

ނޭނގި ހިތޭ ގެންދެވީ މިތުރާ (2)

Previews
June 26, 2018

ބޯ ވެހޭ ވާރެޔާ…2

55 Comments!

  1. Eema says:
    June 26, 2018 at 1:52 am

    Vrh reethi story..whn nxt part

    1. noor says:
      June 27, 2018 at 12:54 pm

      jazakillah khairan dear.. 🙂 miadhu up kolladheveytho noor try kollaanan ingey.. in sha allah.. 🙂

  2. Saaii says:
    June 26, 2018 at 2:22 am

    ❤ ما شاء الله
    One of the best story i have ever read ?? keep it up dear. All the parts are so touching. ?

    1. noor says:
      June 27, 2018 at 12:55 pm

      jazakillah khairan dear.. 🙂 asluvestha? vrh ufaavehje dear thihen bunelyma.. 🙂

  3. rani says:
    June 26, 2018 at 4:49 am

    oh….fainally ziv mom akah vany dhw……noor ss dhn ziv ah kmh nukurahche…….
    eyrun mifaharu baby ah vx gehun vaane eyrun yaee ge hih eyge magaamu dhookoh ehen thanakah hijurakohffane…….stry vvvvvvvvvv salhi masha allah……..

    1. noor says:
      June 27, 2018 at 7:04 pm

      hehe.. balamaa dhw dhn vaa gotheh.. 🙂 hehe.. 🙂 jazakillah khairan dear.. 🙂

  4. Yoosh says:
    June 26, 2018 at 7:01 am

    V v salhi igey bunaaneehchehves neygey what reethi noor is best writers

    1. noor says:
      June 27, 2018 at 8:30 pm

      jazakillah khairan dear.. 🙂 asluvestha? vrh ufaavehje dear thihen bunelyma.. 🙂 dear ves thy hama best ingey.. 🙂

  5. Amee says:
    June 26, 2018 at 7:54 am

    Masha allah…… vrh vrh furihama mi part vess….. vrh reethi…thanks for giving such a wonderful story noor……… nd your the best noor dear……

    1. noor says:
      June 27, 2018 at 8:33 pm

      jazakillah khairan dear.. 🙂 aww.. vrh ufaavehje dear ah mi part ves kamudhiyaeema.. 🙂 marhabaa dear.. 🙂 alhey.. asluvestha? dear ves thy hama best ingey.. 🙂

  6. Reen says:
    June 26, 2018 at 10:06 am

    Masha allah mi part ves vvvv reethi..adhi nerunu hurihaaa part eh ves ky hama vvvvv kiyaaa hithun..ehaaa ves mi vaahaka reethi..next part hama kiyaaalaa hithun kehmadhuvefa mi hury..you r the best writer..ly noor sis❤

    1. noor says:
      June 27, 2018 at 8:35 pm

      jazakillah khairan dear.. 🙂 asluvestha? vrh vrh vrh ufaavehje.. 🙂 hehe.. aww.. dear ves thy hama best ingey.. 🙂 LY more dear.. 🙂 <3<3<3

  7. Nunnu says:
    June 26, 2018 at 11:06 am

    alhey ziv preg veeth e
    ekam haadha gabool nukureveyey
    nuves heeveyziv vv ufaa vane dho
    alhey dhen ziv ah kameh nukurahchey
    raifaa ziv ge baby ge dhuvas ves dhuvvaalafaane
    vvvvvv kiyaahiy veh eba next part
    when next part

    1. noor says:
      June 27, 2018 at 8:37 pm

      hehe.. yess dear.. 🙂 alhey, ekam ae hama hageegaiyy ingey dear.. kihineh v qabool nukurevuny dear ah? oh, hehe.. mihaaru noor ah ves get vehje.. 🙂 yess dear.. 🙂 balamaa dhw dhn vaagotheh.. 🙂 mirey up veytho noor mi balany.. 🙂

    2. noor says:
      June 27, 2018 at 8:38 pm

      N jazakillah khairan Nunnu dear.. 🙂

  8. Livee says:
    June 26, 2018 at 11:43 am

    Varah salhi thank you noor . you are the best writer ever.

    1. noor says:
      June 27, 2018 at 8:39 pm

      jazakillah khairan dear.. 🙂 alhey.. asluvestha? vvvvv ufaavehje.. 🙂 dear ves thy hama best ingey.. 🙂

  9. Mal says:
    June 26, 2018 at 12:02 pm

    Ziv mummy akah vanii dhw…. Varah varah reethi vaahakaage mi part ves…. Masha allah … Noor dear thanks avahah up kohdhiniima…..

    1. noor says:
      June 27, 2018 at 8:40 pm

      hehe.. yess dear.. 🙂 jazakillah khiran Mal.. 🙂 marhabaa dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂

  10. Kokee says:
    June 26, 2018 at 12:42 pm

    vrh furihama…..maasha allah…ly noor sis

    1. noor says:
      June 27, 2018 at 8:41 pm

      jazakillah khairan dear.. 🙂 LY more dear,, <3<3<3

  11. Blue ? says:
    June 26, 2018 at 12:49 pm

    Masha allah vvv reethi mi part ves. And jazakallah khairan for uploading this part… When is the next part? Curiously waiting…❤️❤️❤️❤️❤️❤️???.

    1. noor says:
      June 27, 2018 at 8:42 pm

      jazakillah khairan dear.. 🙂 marhabaa dear.. 🙂 mirey up vaane kamah noor mi balany.. dhn ithurah bunaakah hama neyngey noor akah.. 🙂 hehe..

  12. riya says:
    June 26, 2018 at 1:22 pm

    masha allah hama best ey buneveynee

    1. noor says:
      June 27, 2018 at 8:43 pm

      alhey.. jazakillah khairan dear.. 🙂

  13. Areen says:
    June 26, 2018 at 3:58 pm

    Masha Allah, very nice ?❤

    1. noor says:
      June 27, 2018 at 8:43 pm

      jazakillah khairan dear.. 🙂

  14. Twinkle? says:
    June 26, 2018 at 5:51 pm

    hama bunaane ehcheh neyngun… thivareh neii hama… vvvv rythi… ???

    1. noor says:
      June 27, 2018 at 8:45 pm

      alhey.. jazakillah khairan dear.. 🙂 vrh vrh vrh ufaavehje dear thihen bunelyma, plus dear ah mi part kamudhiyaeema.. 🙂

  15. ainth says:
    June 26, 2018 at 6:13 pm

    wow… yes xiv got a baby… waiting for next part

    1. noor says:
      June 27, 2018 at 8:45 pm

      jazakillah khairan dear.. 🙂 hehe.. keep waiting, dear.. 🙂

  16. Rash says:
    June 26, 2018 at 6:45 pm

    Nice❤️ …. When next part?

    1. noor says:
      June 27, 2018 at 8:46 pm

      jazakillah khairan dear.. 🙂 on the way ga hama, hehe.. 🙂 mirey up vaane kamah noor mi balany.. 🙂

  17. Kitty says:
    June 26, 2018 at 6:45 pm

    V NYC

    1. noor says:
      June 27, 2018 at 8:47 pm

      jazakillah khairan dear.. 🙂

  18. unique says:
    June 26, 2018 at 6:52 pm

    Maasha Allah……… im so happy for zeev…….. i just loe the story as it was osm again

    1. unique says:
      June 27, 2018 at 12:37 pm

      love**

    2. noor says:
      June 27, 2018 at 8:48 pm

      jazakillah khairan dear. 🙂 aww.. 🙂 asluvestha? vrh ufaavehje dear ah mi part ves kamudhiyaeema.. 🙂

  19. Kitty says:
    June 26, 2018 at 7:18 pm

    ?????????????????????????????????

    1. noor says:
      June 27, 2018 at 8:49 pm

      aww, haadha colorful comment ekey dear.. 🙂 maa sha allah.. 🙂

  20. kitty says:
    June 26, 2018 at 8:21 pm

    wowooo.. love it

    1. noor says:
      June 27, 2018 at 8:49 pm

      jazakillah khairan dear.. 🙂

  21. Friends says:
    June 26, 2018 at 9:28 pm

    I love this part
    Kon irakun next part

    1. noor says:
      June 27, 2018 at 8:50 pm

      jazakillah khairan dear.. 🙂 mirey up veytho balamaa dhw.. 🙂

  22. maya says:
    June 26, 2018 at 10:36 pm

    wooaaah …masha allah ..neih bunaane ehcheh..raifa ah kaamiyaabu viya nudhehchey mifahau..plyz noor ..mi part vv habeyss…

    1. noor says:
      June 27, 2018 at 8:52 pm

      jazakillah khairan dear.. 🙂 hehe.. vrh ufaavehje dear ah mi part kamudhiyaeema.. 🙂 balamaa dhw dhn vaagotheh.. 🙂

  23. Aisthu says:
    June 27, 2018 at 9:09 am

    Kihineh ziv badu boduvii … i mean zeeva aa yaish eh kairi eh ves nuve ehnu … ?

    1. sara says:
      June 27, 2018 at 10:15 am

      konmes episode egga yaish ahh zivaage scene eh genesdheefa.. “e amalunves dhemyhunge medhugai oh dhurukan vara boduthan kuda vefai oh kan angaa dhineve”.. mikahala ibaarathe oh noon tha? so.. thats it 🙂

    2. noor says:
      June 27, 2018 at 8:54 pm

      sara dear ebunely rangalhah, dear.. 🙂 noor ge story ga e scene thah ehaa detail koh genesdheykah noor ehaa beynumeh noon.. ehn vegen egothah genesdheefa ehury.. 🙂

  24. Sara says:
    June 27, 2018 at 10:54 am

    Mi buny den konmehen kairi vaa scene genesdheka nujehene ey.. den marry kogen dhurukan Kuda v ma kairi vaanethaa..;)

    1. noor says:
      June 27, 2018 at 8:56 pm

      yess dear, dear thi buneli vaahaka noor qabool kuran.. 🙂 adhi thiee noor ves story genesdheyn beynun vaagoiyy hama.. 🙂 hehe.. 🙂

  25. Reader says:
    June 27, 2018 at 2:59 pm

    Kobaa mi story ge next part? V reethi mi part ves❤️❤️❤️❤️❤️.

    1. noor says:
      June 27, 2018 at 9:00 pm

      mirey up vaanekamah mi balany noor ves.. 🙂 jazakillah khairan dear.. 🙂

  26. sara says:
    June 28, 2018 at 5:55 am

    noor when is next episode?

  27. Khaleesi says:
    June 28, 2018 at 7:39 am

    Where is the story noor dear ??? Can’t wait to read

Comments are closed.


All Right Reserved!