އަރަހުށި މާތް الله سبحانه وتعالى ވަރަށްގިނަ އަދަދެއްގެ ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ފޮނުއްވިއެވެ. އެކަލާނގެ އަށް އަޅުކަންކުރަން ގޮވައިލެއްވުމަށްށެވެ. މީސްތަކުންނަށް ތެދުމަގު ދައްކުވައި އެބައިމީހުން ހަމަމަގަށް އެޅުވުމަށްށެވެ. ހަމަހަމަކަމާއި ޢަދުލެވެރިކަން ޤާއިމުކުރެއްވުމަށާއި، ނަހަމައިގައި ތިބި މީސްތަކުންނަށް އިންޒާރު ދެއްވައި ހަމަމަގަށް އެޅުވޭތޯބެއްލެވުމަށެވެ. އެގޮތް ޤަބޫލުނުކޮށްފިނަމަ އެބައިމީހުންނަށް ﷲ ގެ އަޛާބުން ހުރިކަން އަންގަވައެވެ. ނުވަތަ އެޤައުމެއްގެ ނަބީބޭކަލެއްގެ ބަސްޤަބޫލު ނުކުރިބަޔަކަށް މާތް ﷲ ގެ ގަދަފަދަ އަޛާބުދެއްވައި ހަލާކުކުރައްވާނެކަން އަންގަވައެވެ. އެފަދައިން މާތް ﷲ ވަނީ […]
ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖުރައަށް ވަޑައިގެންފަހުން ހިނގި ޙާދިސާއެކެވެ. އެ މާތް ސާހިބާގެ އަރިހަށް އެއްދުވަހަކު ވަރަށް އަގުބޮޑު ހާރުކޮޅެއް ވެދުމަށް އެރުވުނެވެ. އެހިނދު އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. ” އަހަރެން މި ހާރު ދޭނީ އަހަރެންގެ އަޙުލުބައިތުންގެ ތެރެއިން އަހަރެން އެންމެ ލޯބިވާ ފަރާތަށެވެ.” މާތް ރަސޫލާ މިހެން ޙަދީޘް ކުރެއްވުމުން އެ މާތް ސާހިބާގެ ޠާހިރު އަނބިއަނބިކަނބަލުން ހީފުޅުކުރެއްވީ އެ ހާރުކޮޅު ދެއްވާނީ […]
“އެއްޗެހި ވެއްޓުނު ގަޑީގަ އެހުރީ ވެރިފަ.. ހެހެ.. ވަރަށް ބޮޑަށް ޝުކުރިއްޔާ..” އެމީހާ ނާއިޝްއަށް މުޚާތަބުކޮށް ބުނެލިއެވެ. އޭނާގެ އަޑުގައި ވަނީ އެކުވެރިކަމެވެ. ހިތްހެޔޮ ކަމެވެ. އަދި މަޑުމައިތިރިކަންވެސް މެއެވެ. ނާއިޝްވެސް ހިނިތުންވެލައިފައި އެއީ ކަމެއް ނޫނޭ ބުނެލިއެވެ. ނާއިޝް އެތަނުން ދިއުމަށްޓަކައި އެނބުރެން އުޅެނިކޮށް އެމީހާ ނާއިޝް އާއި ސުވާލު ކޮށްލިއެވެ. “ކޮއްކޮއަށް ކޮން ނަމެއްތަ ކިޔަނީ؟ ދައްތައަށް ވަރަށް ބޮޑު ހެޔޮކަމެއް ތި ކޮށްދިނީ…” އޭނާ ހިނިތުންވެލިއެވެ. ނާއިޝްވެސް ބަދަލުގައި ހިނިތުންވެލިއެވެ. “ނާއިޝް..” ނާއިޝް […]
އަށް އަހަރުގެ ނާބިތު ކިޔަވާ މޭޒު ކައިރީގައި ވަރަށް ޝަޢުޤުވެރިކަމާއެކު އެއްޗެއް ކުރަހަމުން ގެންދިޔައެވެ. އެއީ ސްކޫލުގައި އޮތް ކުރެހުމުގެ މައުރަޒެއްގައި ބައިވެރިވުމުގެ އުއްމީދުގައި ނާބިތު ކުރަހަމުންގެންދިޔަ ޤުދުރަތީ ރީތި މަންޒަރެކެވެ. ކުރަހާ ނިމެނިކޮށް ނާބިތުގެ ތިން އަހަރުގެ ކޮއްކޮ ސާރާ އެތަނަށް ދިޔައެވެ. ދޮންބެ ކުރަހަމުން ގެންދިޔަ ތަސްވީރު ފެނުމާއެކު ސާރާ އުފަލުން ފޮޅުނެވެ. “މާޝާﷲ މި މާ ކޮއްކޮއަށް ވަރަށް ރީތި….ރެޑް ރޯސްވެސް.ކޮއްކޮ އަށްރީތި…މިއީ މޫދުތަ ދޮންބޭ..” ސާރާގެ ތުއްތު އަޑުން ނާބިތު ކުރަހާފައި […]
“އެކަމަކު ކީއްވެ ސުމައްޔާމެން އަހަރެމެން ގާތު ޒިވްގެ ވާހަކަ ނުބުނީ؟” އެންމެން އުފާވެރި ވަގުތު ކޮޅެއް ހޭދަ ކުރަމުން ދަނިކޮށް ކުއްލިޔަކަށް ޒައިފްގެ ހިތަށް އައި ސުވާލު ކޮށްލިއެވެ. އެންމެން އެއްފަހަރާ ސުމައްޔާ އާއި ދިމާލަށް ބަލައިލީ އެ ސުވާލުގެ ޖަވާބު ބޭނުމޭ ބުނާ ފަދައަކުންނެވެ. ސުމައްޔާވެސް އެންމެންނަށް އެވާހަކަތައް ކިޔައިދޭންވީ ވަގުތު ޖެހުނީކަން ހިތަށް ވިސްނައިދެމުން ވާހަކަ ދައްކަން ތައްޔާރު ވެލިއެވެ. “އެއިރު އަހަރެމެންވެސް ދަންނަނީ ޒައިފް އާއި ނޫރީން.. ދަރިއެއް ހުންނަކަންވެސް އިނގޭ.. އެކަމް […]
ދުންފިނިގަނޑުގެ ތެރެއަށް އަހަރެންގެ ލޯ މަޑުމަޑުން ހޭނެމުން ދިޔައެވެ. އަނދިރި ނަމަވެސް މަންޒަރުތައް ދިޔައީ ސާފުވަމުންނެވެ. އިރުގެ ދޯދިތައް ވިލާގަނޑަށް އެޅި އަލިވާން ފެށުމުން އަހަންނަށް ހިތްހަމަޖެހުމެއް ލިބުނެވެ. އަހަރެން އޮތް ވިލާގަނޑަށް އެޅިފައި އޮތް ހިޔަނި ފިލުމުން މަތީގައި އޮތް ބޯ ވިލާގަނޑު ދަތުރުކޮށް އެއްފަރާތަށް ޖެހުނީކަން އެނގުނެވެ. އެވަގުތު އަހަރެން ހިތަށް އެރިއެވެ. ﷲގެ ކުޅަދުންވަންތަ ކަމާއެވެ. އެއްލިކަޅިއަކުން އަހަންނަށް ފެނުނު މަންޒަރަކުން އަހަރެންގެ އެއް ލޯ ދިޔައީ ތަރަތަރަޖަހައިގެންނެވެ. އަނެއް ލޮލުން ދިޔައީ ތަރި ބުރައިގެންނެވެ. ތަންކޮޅެއް ދުރުގައި ނިދާލާފައި އެއޮތީ ފަނަރަ ސޯޅައިގެ ހަނދުހާ ފުރިހަމަ އަންހެން މަހެކެވެ. ކުރުކޮށް ފޮނިކޮށްބުނާނަމަ އެއީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭފަދަ ޗާލު ސޫރައެކެވެ. ނިގުލާއި ލޯވެސް އެހާ ފުރިހަމައެވެ. ވިއްސާރަދުނީގެ ކުލަތަކުން ޖަރީވެފައިވާ ހަށިގަނޑެކެވެ. އަހަރެންގެ ހިތް ވިރިގެން ދިޔައީ އިރުގެ ހޫނަށް ކަމަށް ނުވަތަ އެ ޖިންސުއްލަތީފްގެ ރީތިކަން ފެނިފައި ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އުމުރުން އެންމެ 2 ދުވަހުގައި އަހަންނަށް އަދި އަލަށް ކުއްޖަކު ދެކެ ލޯބިވެވުނު ކަމެވެ. އަހަންނަށް ކުއްލިއަކަށް ވަރަށް މޮޅު ޚިޔާލެއް އައެވެ. އަވަސް ޙަރަކާތްތަކަކާއެކު އަހަރެންގެ 2 ދުވަހުގެ ތަޖުރިބާގެ އަލީގައި މާބިނޑިއެއް ހެދީމެވެ. ވިލާ ބޭނުންކޮށްގެންނެވެ. ތެޅިތެޅިއޮތްހިތަކާއެކު މަޑުމަޑުން ނިގޫ ތަޅުވަމުން ގޮސް އެއަންހެން ކުއްޖާއާ އަރާހަމަވެފައި ޕޮއް ކިޔާ ސިއްސުވާލީމެވެ. އަދިހޭލުމުން މާބޮނޑި ދިއްކޮށްލަމުން ބުނީމެވެ. ” ދީވާނާ ވޭ މޫސުން ތިޔަހެން ބަލާލުމުން.. ހިނިތުން ވީމާވެސް މާފޮޅޭ”…
ޒިވާ ސިހުނީ ޔައީޝް އޭނާގެ ދެކޮނޑުގައި ހިފާލުމުންނެވެ. ޔައީޝް ޒިވާ ގޮވައިގެން ގޮސް އެނދުގައި ބޭނދިއެވެ. “ކަމުދޭތަ މި ކޮޓަރި؟” ޔައިޝް ޒިވާ އާއި ސުވާލު ކޮށްލިއެވެ. އެވަގުތު ޒިވާ ބޯ ޖަހާލިއެވެ. “ދެން ދޭ ފްރެޝް ވެލައިގެން އަންނަން.. އެޔަށް ފަހު މަންމަމެން ސަޕްރައިޒް ކޮށްލަން ދާނީ ދޯ؟” ޔައީޝް ހިނިތުންވެލައިފައި ބުނެލިއެވެ. އެހިނދު ޒިވާވެސް އެކަމާއި އެއްބަސް ވަމުން ފެންވަރަން ބޭނުންވާނެ ސާމާނުތައް ބަލައި ފޮށްޓާއި ދިމާލަށް މިސްރާބު ޖެހިއެވެ. ޒިވާ ފާޚާނާއަށް ވަނުމުން […]
ދުވަސްވަރަކީ ވަރަށް ވެސް ހޫނުގަދަ ދުވަސްވަރެކެވެ. މޫސުމަށް ޤަބޫލުވެސް ކުރަން ދަތި ބަދަލުތަކެއް އަންނަމުން ދިޔަ ދުވަސްވަރެކެވެ. ވާރޭ ވެހެނީ ގަރުނަކުން އެއްފަހަރު ކަހަލަ ގޮތަކަށެވެ. ހޫނުގެ ސަބަބުން ކަނޑުން ގޭސް އަރާ މިންވަރު އާދަޔާޚިލާފަށް ވަނީއިތުރުވެފައެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 2 ދުވަހެވެ. އަހަރެން އޮތީ އަހަރެން ގޭގައި ނިދާށެވެ. އަހަރެންގެ ގެއަކީ ކުލަގަދަ މުރަކަތަކުގެ ބަގީޗާއެކެވެ. އަހަރެން އޭރު ވަރަށް ކުޑަވާނެއެވެ. ދުނިޔެއަށްލޯ ހޮޅުވާލި ފަހުން އެންމެ ދެ ދުވަސް ވިއްޔާއެވެ. ކުއްލިއަކަށް އަހަރެންގެ އަރާމު ނިދިން ހޭލެވުނީ އަހަރެން މައްޗަށް އަރާކަމުގެ އިޚްސާސް ކުރެވިގެންނެވެ. އަހަރެންގެ އެއްވެސް އާރެއް ބާރެއް ނެތި އަހަރެން ދިޔައީ މައްޗަށް ދަމަމުންނެވެ. ވާނުވާ ފަހުމްވީ މޫދުގެ ލޮނުގަނޑު ދޫކޮށް ވައިގެ ތެރެއަށް އެރުމުންނެވެ. ކަމަކުދާކަށް ނެތެވެ. ވަޔަށް އަރައިގެންދާ ގޭހާއި އެކު އަހަރެންވެސް މިއޮއް ދަނީ މައްޗަށް އަރައިގެންނެވެ. އާއިލާއާ ގެދޮރު ދޫކޮށް އެކަނިވެރި ދުނިޔެއަކަށެވެ. އެސްފިޔަ ޖަހާލާހާ ކުޑަ ވަގުތުކޮޅެއްގައި އަހަރެން އޮތީ އުޑުމަތީގައވެ. ބޮޑު ކަޅު ވިލާގަނޑެއްގެ ތެރޭގައި ހައްޔަރު ވެފައެވެ. އަނދިރިކަމުން ތަނެއް ދޮރެއް ނޭނގޭ ޙާލު އަހަރެން ރޯން ފެށީމެވެ. ނަމަވެސް އެވިލާގައި ފެން ހުރުމީ އަހަރެންގެ ނަސީބެވެ. އަދި އަހަރެންގެ އަޖަލު ނުޖެހެނީއެވެ.
ޒިވާ އާއި ރިފާވެސް އެދެމެދުގައި އޮތް ދުރުކަން ކަނޑުވާލުމަށްފަހު އެކުވެރިންނަށް ވެއްޖެއެވެ. އެކި ވާހަކަ ތަކުގައި އެމީހުން މަސްއޫލުވެފައި ތިބި އިރު އެހެން ކަމަކަށް އެއްވެސް ސަމާލުކަމެއް ނެތެވެ. ވާހަކަ ތަކަށް ގެއްލިފައި ތިބި މީހުންނަށް ސިހުން ގެނުވީ ގޭގެ ދޮރު ހުޅުވުނު އަޑަށެވެ. ގޭގެ ދޮރު ތަޅުލައިފައި އެނބުރިލި ރައިފާއަށް މަޑުޖެހިލެވުނީ ސިޓިން ރޫމުގައި ތިބި އެންމެންގެ ލޯތައް އޭނާއާއި އަމާޒުވެފައި ހުރުމުންނެވެ. ރައިފާގެ މިސްރާބު އެހެން ކަމުން އެދިމާލަށް ޖެހިއެވެ. ނަމަވެސް އެތާ އެތިބި […]