ހުޅުކޮޅު 33
ނޫރީންއާއި ވާހަކަ ދައްކާލަން ކިތަންމެ ބޭނުންވެފައި ހުރި ނަމަވެސް ނޫރީންއަށް ނޭނގޭނެހެން ޔަންހާ ގޭގެ އަނެއްފަރާތަށް ދިޔައެވެ. ބޮޑު ބިއްލޫރި ބިތް ކައިރީ ހުއްޓިލައިގެން ހުރި ޔަންހާ އެ ބިއްލޫރިގަނޑުގައި އަތް ޖައްސާލިއެވެ. އޭނާގެ އަތަށް އެވަގުތުވެސް ފިނިކަން އިޙުސާސް ވެގެން ދިޔައެވެ. މިދުވަސްކޮޅަކީ ކެނެޑާއަށް ފިނި މޫސުން ކަމުން މުޅި ގޭތެރެވެސް ހީވަނީ އޭސީ ކޮށްފަ ހުންނަހެންނެވެ. ގޭގެ ބޮޑު ބަގީޗާގަ ހުރި ހުރިހާ ގަސްތަކެއްގައިވެސް ވަނީ ސްނޯ ހަރުލައިފައެވެ. އެހެން ނަމަވެސް މަންޒަރު ނުހަނު ހިތްގައިމެވެ. ބަގީޗާގައި ދިއްލާފައި ހުރި ބޮކި ތަކުގެ ސަބަބުން މަންޒަރު އިތުރަށް ފުރިހަމަ ކޮށްދޭއިރު ތަންވެސް ވަނީ އަލިވެފައެވެ. ޔަންހާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޭނާގެ ތުންފަތުގައި ކުޅެލައިފައިވި ހިނިތުންވުންވެސް އެކަމަށް ހެކިވެއެވެ.
ލިބުނު ކުޑަ ހިތްހަމަ ޖެހުމަށްވެސް ޝުކުރުވެރިވަމުން ޔަންހާ އަނބުރާ ސިޓިން ރޫމަށް ނިކުތެވެ. އެއިރު ނޫރީންވެސް ސިޑިން އަރައިގެން ދަނީއެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު ޔަންހާވެސް ސިޑިން އަރަން ދިޔައެވެ. މަޑުމަޑުން ދިޔަ ޔަންހާ ގޮސް ހުއްޓުނީ ކޮޓަރިއެއްގެ ދޮރެއް ކައިރީގައެވެ. ދޮރު ހުޅުވާލުމަށްފަހު އޭނާ އެތެރެއަށް ވަނެވެ.
ތަނަވަސް ކޮޓަރިއެކެވެ. އެ ބޮޑު ކޮޓަރީގައި ވަނީ އެކީ އެކަށްޗަކަށް ކާޕެޓު އަޅައިފައެވެ. ހަތަރު ބިތުގައި މަޑު ފިޔާތޮށިކުލައެއް ހުރި އިރު ހުރިހާ ފަރުނީޗަރު ތަކެއްވެސް ހުރީ އެކުލައިގައެވެ. އޭސީއިން އިވޭ މަޑު އަޑު ފިޔަވައި އިތުރު އެއްވެސް އަޑެއް ނީވެއެވެ. ޔަންހާގެ މިސްރާބު ހުރީ އެނދާއި ދިމާލަށެވެ.
އަރާމު ނިންޖަކުން ނިދާފައި އޮތް ނަވާރްއަށް ޔަންހާ ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. އެވަގުތު އޭނާގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ކުޅެލިއެވެ. ކުޑަކޮށް ގުދުވެލުމަށްފަހު ނަވާރްގެ ނިތަށް އޭނާ ބޮސްދިނެވެ. އެ ކުޑަ ޢަމަލުންވެސް ޔާންހާގެ ހިތުގައިވާ މައިވަންތަކަމުގެ ލޯބި ހާމަވެއެވެ. ނަވާރްގެ ގައިމަތީގައި އަޅާފައި އޮތް ބޯ ރަޖާގަނޑު ރީތިކޮށްލުމަށްފަހު ޔަންހާ އެކޮޓަރިން ނިކުމެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ނަވާރް އެކޭ އެއްގޮތަށް ނަވާފް އާއި ދޭތެރޭވެސް ކަންތައް ކުރުމަށްފަހު އޭނާވެސް އެނދަށް އަރާ އޮށޯވެލިއެވެ.
***
ސޯފާގައި އޮތް ނާއިޝް އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ހީވާގޮތުން އޭނާގެ ސިކުނޑީގައި އެތައްހާސް ކަމެއް ދައުރުވަމުން ދެއެވެ. އޭނާ އިން ތަނުން ހަށިގަނޑު ތެދުކޮށްލީ އެގޮތަށް އޮންނަތާ އެތަށް އިރެއް ވީ ފަހުންނެވެ. ސޯފާއިން ތެދުވެގެން ދިޔަ ނާއިޝްގެ މިސްރާބު ހުރީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަނުމަށްފަހު އޭޏާ ތުވާލި ހަރުން ތުވާލި ނަގައިގެން ފާޚާނާއަށް ވަނެވެ. އެއަށްފަހު ނާއިޝް އެތަނުން ނިކުތީ ފެންވަރާލައި ތާޒާވެލައިގެންނެވެ. އަލަމާރި ކައިރީ ހުއްޓިލުމަށްފަހު ގަމީހަކާއި ފަޓުލޫނެއް ނެގުމަށްފަހު ލިއެވެ.
ޑްރެސިން ޓޭބަލް ކުރިމަތީ ހުއްޓިލައިގެން ހުރެ ނާއިޝް އޭނާގެ އިސްތަށިގަނޑު ރީތިކޮށްލިއެވެ. އެއްފަރާތަކަށް އޮތް އެހާ ދިގު ނޫން އިސްތަށިގަނޑުގެ ސަބަބުންވެސް އޭނާގެ ރީތިކަން އިތުރުކޮށްދެއެވެ. އެއަށްފަހު އޭނާ ގަމީހުގެ އަތް އުނޅަނބޮއްޓާ ހަމަޔަށް އޮޅާލުމަށްފަހު ގަޔަށް ސެންޓް ބުރުވާލައިފައި ކޮޓަރިން ނިކުތީ ސައިކަލު ތަޅުދަނޑި ހިފައިގެންނެވެ.
ހަވީރުގެ ހިތްގައިމު ވަގުތުކަމުން މަގުމައްޗަށް ނިކުމެ އުޅޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ޖެހެމުން ދިޔަ މަޑު ވައިރޯޅިތަކުގެ ސަބަބުން ނާއިޝްގެ ހިތަށް ހަމަޖެހުން ގެނުވަމުން ދިޔައެވެ. އޭނާގެ ސައިކަލު ހުއްޓާލީ ރަސްފަންނަށެވެ. މީހުން ގިނަ ނަމަވެސް ނާއިޝް އެތަނުން ދާކަހަލަ ޚިޔާލެއް ނުކުރިއެވެ. ހުސްކޮށް ހުރި ޖޯއްޔެއް ބަލައިފަ ނާއިޝް އެދިމާލަށް މިސްރާބު ޖެހިއެވެ. އެ ޖޯލިފަތި ހުހަށް ހުރި ކަމީ ނަސީބެކޭ އޭނާ ހިތާހިތާ ކިޔާލިއެވެ. ނާއިޝް ޖޯލީގައި އިށީނދެފަ ފުރަތަމަވެސް މުޅި މާހައުލަށް ނަޒަރެއް ހިންގާލިއެވެ. އެންމެންގެ މޫނުމަތިންވެސް ފެނުނު އުފާވެރިކަމުގެ ސަބަބުން ނާއިޝްވެސް ހިނިތުން ވެލިއެވެ.
“ބޭބޭ.. ބޯލް..” ނާއިޝް ދެއަތް ޖޯޑު ކޮށްލައިގެން އިންދާ އޭނާގެ ކުރިމައްޗަށް އެރީ ލޯބި ލޯބި އަންހެން ކުއްޖެކެވެ. ކުރު އިސްކޮޅެއް ހުރި ދޮން ދޮން ކުއްޖެކެވެ. ބަލާބެލުމަށް ވާނީ ހަތަރު ވަރަކަށް އަހަރެވެ. ކޮނޑާއި ހަމައަށް އޮތް ފަށްބޯ ފަން އިސްތަށިކޮޅު ވަނީ ނިތްކުރި މައްޗަށްވާ ގޮތަށް ކޮށައިފައެވެ. ކުޑަ ކުޑަ ތުންފަތާކައި ވަށް ވަށް މޫނެކެވެ. ދެކޮލުގައި މަސްޖަހާލައިފައި ވާތީ އަދި އިތުރަށް ލޯތްބެވެ.
ރަތްކުލައިގެ ކަކުލާ ހަމަޔަށް އަންނަ ވަށް ތިރިއެއް ލައިފައިވި ހެދުމުގައި އެކުއްޖާ ނުހަނު ރީއްޗެވެ. ކަރުގައި އެ ހެދުމާއި ގުޅުވާލުމަށްފަހު ރަތްކުލައިގެ ފަށެއް އަޅުވާލައިފައި އޮތެވެ. ނާއިޝްގެ ހިތް އެކުޑަ ކުއްޖާ ފެނުނު ތަނުން ލޯބިން ފުރިގެން އައެވެ.
އޭނާ އެ އިޝާރާތް ކުރީ ނާއިޝް އިށީނދެ އިން ޖޯލީގެ ދަށުގައި އޮތް ފެހިކުލައިގެ ކުޑަ ބޯޅައަކަށެވެ. ނާއިޝްވެސް ހިނިތުން ވެލައިފައި އެ ބޯޅަ ނަގައި އެ ކުއްޖާ އަތަށް ލައިދިނެވެ. “ކޮން ނަމެއްތަ ކިޔަނީ ކޮއްކޮއަށް.. އެކަނިތަ ތިހުރީ؟” ނާއިޝް އެކުޑަ ކުއްޖާ އާއި ސުވާލު ކޮށްލިއެވެ. “އިމްޝާ.. އިމްކޮ އައީ މަންމި އާއި އެއްކޮށް..” އެކުއްޖާގެ ނަން ބުނެލުމަށްފަހު އޭނާ ދިމާލަކަށް އިނގިލި ދިއްކޮށްލިއެވެ. އެޔަށްފަހު ދުވެލައިފައި އޭނާ އިނގިލި ދިއްކުރި ދިމާލަށް ދިޔައެވެ.
ނަމަވެސް ނާއިޝްގެ ހިތުގެ ހަމަޖެހުން އެވަގުތުން ވަގުތަށް ގެއްލުނެވެ. އެކުއްޖާ އެބުނި ނަމެއްގެ ސަބަބުންނެވެ. އެ ނަން އޭނާ އަށް އަޑު އިވުނު ތަނާ ލިބުނީ ކުއްލި ސިހުމެކެވެ. އެކުއްޖާ ހިނިތުން ވެލީ ކިތަންމެ ލޯބިކޮށް ނަމަވެސް ނާއިޝްއަށް ބަދަލުގައި ހަދިޔާކޮށްލެވުނީ އުނދަގުލުން ވެރިކުރުވި ހިނިތުންވުމެކެވެ. “އެމީހުން ގާތުން މާފަށް ނޭދެނީސް ދުވަހަކުވެސް ނާއިޝްއަކަށް ހަމަޖެހުމެއް ނުލިބޭނެ..” ނާއިޝްގެ ހިތުގެ ގޮވުމަކީ އެއީއެވެ. ނަމަވެސް އޭނަ އެކަން ކުރާނޭ ގޮތެއް އިނގެނީއެއް ނޫނެވެ. އޭނާ މާފަށް އެދެން ދާނީވެސް ވަކި ކާކު ކައިރިއަށް ހެއްޔެވެ؟
ހިތްފަސޭގަ މައިޒާނަކަށް އޭނާ އައީ ހިތްހަމަ ޖައްސާލަން ކަމުގައި ވީ ނަމަވެސް އެންމެ ފަހުން ދާން އެ ޖެހުނީ ހިތް ނުތަނަވަސް ވެގެންނެވެ. ނާއިޝް ޖޯލިން ތެދުވެލުމަށްފަހު ސައިކަލަށް އަރަން ދިޔައެވެ. އެއަށްފަހު ސައިކަލަށް އަރާ ސްޓާޓް ކޮށްލައިފައި ކުރިއަށް ދުއްވާލިއެވެ.
“ލަމާން..” ގެއަށް ވަދެގެން އައި ލަމާންގެ ފިޔަވަޅުތައް މަޑުޖެހުނީ ސޯފާގައި އިން ލިމްޔާ އޭނާއަށް ގޮވާލި އަޑަށެވެ. އެއިރު ޖެހިގެން އިން ސޯފާގައި ލިމްޔާގެ އަންހެނުން ރިފާ އަދި ހައްވަ ވެސް އިނެވެ. ލަމާންވެސް ހޫމް ލައްވާލުމަށްފަހު ގޮސް ރިފާ ގާތުގައި އިށީނެވެ. “ޒިވާ އަށް އަހަރެމެން ނޭނގުނަސް ހިނގާބަ އެއްދުވަހަކުން އެގެއަށް ޖައްސާލަން.. ވަރަށް ބޭނުން އޭނާއާއި ބައްދަލު ކޮށްލަން.. އޭނާގެ ހަނދާނުގައި އަހަރެމެން ނެތަސް އަހަރެމެންގެ ހަނދާނުގައި އޭނާ އެބަހުއްޓެއްނު.. އަހަންނަށް އޭނާއާއި ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް.. ވަރަށް ވަރަށް ދެރަވޭ އެހެންވެ.. އެ ހަނދާންތައް އަނބުރާ އަޔަސް ވަރަށް އުނދަގޫވޭ…” ލިމްޔާ ދެރަވެލައިފައި ލަމާން ގާތު ބުނެލިއެވެ. ލަމާންވެސް ބޯ ޖަހާލިއެވެ. “ދަރިފުޅާ ލިމްޔާ.. ދެން އެކަމާއި މާ ބޮޑަށް ނުވިސްނަބަލަ… ވީ ކަމެއް ވީ.. ދެން އެކަމެއް ބަދަލެއް ނުކުރެވޭނެއްނު.. އެކަމަކު ދަރިފުޅު ތިބުނަނީވެސް މުޅިއަކުން ދޮގު ވާހަކައެއް ނޫން.. ދަރިފުޅުމެން ހަނދާނުގައި ޒިވާ ހުރުމުން އޭނާއާއި ވާހަކަ ދައްކާލުން ރަނގަޅު.. ތި ދެމެދުގައި ވީ އެންމެ ކަމެއްގެ ސަބަބުން ހަތުރުންގެ ގޮތުގައި ތިބޭކަށް ނުވާނެ..” ހައްވަ ނަސޭހަތް ދޭފަދައަކުން ލިމްޔާ އާއި ލަމާން ގާތު ބުނެލިއެވެ. ރިފާ އިނީ އެ އެންމެން ދައްކާ ވާހަކަ އަޑު އަހާށެވެ.
“ޔައީޝް އާއި ބައްދަލު ނުވާތާވެސް ވަރަށް ދުވަސް ވެއްޖެ.. ޒިވާގެ ފަރާތުން އޭނާ އަހަރެމެންނަށް މާފްވެސް ކުރި.. އެކަމަކު އަހަރެމެންގެ ބޭނުން ފުދުނީމަ ނުވާނެ އަނެއްކާ އެމީހުން ދޫކޮށްލާކަށް.. އެކުވެރިކަން ބާއްވަން ވާނެ.. ޔައީޝް އަށް ގުޅާލާނަން އެއްދުވަހަކުން އަހަރެމެން އެންމެން ބައްދަލުވެލަން..” ލަމާން އިސްވެ ވާހަކަ ދެއްކިއެވެ. ލިމްޔާމެންވެސް އެކަމަށް އެއްބަސްވިއެވެ.
ދުވަހަކީ ބަންދު ދުވަހެއް ކަމުން ޔައީޝްވެސް އުޅުނީ ގޭގައެވެ. މިހާރަކަށް އައިސް އޭނާއަށް ލިބޭ ކިތަންމެ ކުޑަ ވަގުތުކޮލެއް ނަމަވެސް ޒިވާއަށް ހުސްކުރެއެވެ. އެހެން ކަމުން ޔައީޝްގެ ފަރާތުން ޒިވާއަށް އައީ ފުރިހަމަ ލޯތްބާއި އަޅާލުން ލިބެމުންނެވެ. ރައިފާވެސް ވަރަށް ހެޔޮވެގެން ޒިވާއަށް އެހީތެރިވެދެއެވެ. ނަމަވެސް ޒިވާއަށާއި ޔައީޝްއަށް ނޭނގުނު ކަމަކީ އެއީ އެމީހުންގެ ލޮލުގައި ރައިފާ އަޅުވާ އަނދުނެއް ކަމެވެ.
“ޒިވް.. މިއަދު ހަވީރު މިގެއަށް އަންނާނެ ބަޔަކު.. ރައްޓެހިންތަކެއް.. ރެޑީ ވައްޗޭ އެއިރު ވާން ވާއިރަށް..” ބެލްކަނިން ކޮޓަރިތެރެއަށް ވަންނަމުން ޒިވާއަށް ގޮވާލައިފައި ޔައީޝް ބުނެލިއެވެ. ޒިވާވެސް ހިނިތުން ވެލުމަށްފަހު ބޯ ޖަހާލިއެވެ. “ކޮން ބައެއް އަންނަނީ؟” ޒިވާ ދެބުމަ ގާތްކޮށްލަމުން ޔައީޝް އާއު ސުވާލު ކޮށްލިއެވެ. “ދެން އައީމަ އިނގޭނެއްނު..” ޔައީޝް އެސުވާލަށް ދިނީ ނިކަން ދުރު ޖަވާބެކެވެ. ޒިވާވެސް އެންމެ ފަހުން ދޫކޮށްލީއެވެ.
“އޯޑަރ ކުރާނީ ދޯ ކޮންމެސް އެއްޗަކަށް… އަރޫފާ ލައްވާ އަބަދަކު ނުކެއްކުވޭނެއްނު.. އެއީ މިގެއަށް ގެނައި މަސައްކަތު މީހެއް ނޫން ވިއްޔަ.. އޭނާ އަމިއްލަ އަށް ބޭނުން ވެގެން ކެއްކިޔަސް އަހަރެން ބޭނުމެއް ނޫން އަބަދަކު އެގޮތަކަށް.. ޒިވް ވެސް ކައްކާނަން ދެން.. މިހާރުވެސް އެހެން ކުދި ކުދި ބައެއް ކަންކަން ކޮށްލާ ގޮތަށް..” ޒިވާ ޔައިޝް ގާތު ބުނެލިއެވެ. އޭނާ އެއްބުމަ ހިއްލާލައިގެން ހުރީ ޒިވާ ކިޔާ އެއްޗެއް އަޑު އަހާށެވެ.
“ދެން ފަލަ ވެގެން ގޮސް ނުހިނގޭ ވަރުވެދާނެއްނު މިހެން އަބަދު އޮންނަން ވަންޏާ.. ޑޮކްޓަރ ވެސް ނުބުނޭ ނުތެދުވާށެކޭ.. ބައްޕާފުޅާއި ހެދި ކަމެއް ނުކޮށް ދެފައި ދަމާލައިގެން އިންނަން މި ޖެހެނީ.. ދެން ފަލަވީމަ ކިޔާނެ މަޑިޗަކުން ޗައްޕާހޭ..” ޒިވާ ތުން އޫކޮށްލުމަށްފަހު ޔައީޝް އަށް އިޝާރާތްކޮށް ބުނެލިއެވެ. ދެއަތް އުރާލައިގެން ހުރި ޔައީޝްގެ ހިނިގަނޑު އެވަގުތު ފަޅައިގެން ދިޔައެވެ. ނުހޭން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަން ވީ ބޭކާރެވެ. ޔައީޝް ހޭވަރު ފެނި ޒިވާއަށްވެސް ހެވުނެވެ.
“ޒިއްޕުޑިން ތީ ކުޑައިރުވެސް ފައްކާ ދެ ކޯ އޮންނަ ކުއްޖެކޭ.. ޗަބީ ޗަބީ.. ހެހެ.. ދެން މިހާރު ފަލަވިޔަސް ވެސް ވަކި މައްސަލައެއް ނެތެއްނު.. ޒިވް ކޮންމެ ގޮތަކަށް ހުއްޓަސް ޔައި އަށް ރީއްޗޭ..” ޔައީޝް ހެމުން ހެމުން ޒިވާގެ ކުރިމަތީގައި ދެކަކޫ ޖަހާލުމަށްފަހު ޒިވާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. އެވަގުތު ޒިވާއަށް ހިނި އާދެވުނެވެ. އަދި އުފާވި ވެސް މެއެވެ. އޭނާދެކެ އެހާ ލޯބިވާ، ޞާލިޙް ރަނގަޅު ފިރިއެއް ދެއްވި ކަމަށްޓަކައި ޒިވާ ހިތާހިތުން ﷲއަށް ޙަމްދުކޮށްލިއެވެ.
“އޯކޭ.. ތިހާ ކަންކަން ކުރަން ބޭނުން ވަންޏާމު ކަންކަން ކޮށްލިޔަސް މައްސަލައެއް ނެތް.. އެކަމަކު.. މާ ގިނައިރު ކޮޅަށް އިނދެގެން ނުވާނެ.. އެއްޗެހި ކޮށާ އެކަހަލަ ކަންތައް ކުރިޔަސް ކުރަން ވާނީ.. އެވެސް ރަނގަޅީ އިށީނދެ އިނދެ ކުރިއްޔާ.. ލިބޭނީ ކުޑަ ވަގުތުކޮޅެއް ކުރާނެ ކަމެއް ކުރަން.. ދެން އެހެން ނޫނަސް މިއަންނަ ހަފްތާ އަންނާނެ ގޭގަ މަސައްކަތް ކުރަން މީހަކު.. ސަޕްރައިޒް..” ދެއަތް ކުޑަކޮށް ދެފަރާތަށް ލަމުން ޔައިޝް ހެވިލައިފައި ބުނެލިއެވެ. ޒިވާގެ ދެލޯ ބޮޑުވީ އޭނާ ގާތު ނުވެސް ބުނެ ޔައިޝް މީހަކު ގެންނަން އުޅޭތީއެވެ. އެކަމަކު އޭނާ ގާތަށް ހިނި އައެވެ.
“ނުވެސް ބުނެ ކީއްކުރަން.. އެހެން ނޫނަސް ކަންކަން ކުރެވެޔޭ ޒިވް އަށް.. ދެން ދެވަނަޔަށް.. މީހަކު ކޮޅަކަށް ނުއެއް އިންނާނެ ދުވަހަކުވެސް.. ކޮޅަށް ހުންނާނީ.. ހެހެހެ..” ޒިވާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ޔައީޝްގެ އަނގަ ސަކަރާތްވާގޮތްވިއެވެ. “އޯކޭ އޯކޭ.. ބަހުގެ އެކަޑަމީ އައިސް މިހުރީ ކުރިމަތީގައި ވިއްޔަ.. ބަލި ޤަބޫލު ކޮށްފިން..” ޔައީޝް ބުނެލިއެވެ. އެވަގުތު ޒިވާވެސް ހިނިއައެވެ.
ދެމީހުން އިރުކޮޅެއް ވާންދެން އެގޮތުގައި ސަމާސާ ކުރަން ތިއްބެވެ. އޭގެ އިރުކޮޅެއް ފަހުން ޔައީޝްގެ ނަޒަރު ހުއްޓުނީ ޒިވާގެ ބަނޑަށެވެ. ކިރިޔާ އިނގޭ ވަރަށް އިން ބަނޑު އަދި ވަރަށް ކުޑައެވެ. ނަމަވެސް ޔައީޝްގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އެ ހިނިތުންވުން މަތީ ހުރެ އަތް ގެންގޮސް ޒިވާގެ ބަނޑުގައި ޖައްސާލިއެވެ. އެވަގުތު އޭނާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ޔައީޝްގެ ޢަމަލުތަކަށް ގެއްލިފައި އިން ޒިވާގެ ތުންފަތުގައިވެސް ކުޅެލައިފައިވަނީ ރީތި ހިނިތުންވުމެކެވެ.
“ރެޑީ ވައްޗޭ ހަތަރު ގަޑި ބައި ވާއިރަށް..” ޔައީޝް އޭނާގެ ބޮޑުވައި އިނގިލިން ލޮލުން އަންނަން އުޅުނު ކަރުނަ ފުހެލަމުން ހިނިއައިސް ހުރެ ޒިވާ ގާތު ބުނެލިއެވެ. “އަނހަ.. ކިހިނެއްވީ ކުއްލިޔަކަށް؟ ރޮނީތަ؟” ޒިވާ އޭނާގެ ދެއަތުން ޔައީޝްގެ މޫނުގައި ހިފަހައްޓާލަމުން ބުނެލިއެވެ. “ނޫނޭ.. އެއްގޮތަކަށްވެސް ދެރައެއް ނުވޭ.. އުފާ ވީ.. މާ ބޮޑަށް..” ޔައީޝް ބުނެލިއެވެ. ޙަޤީގަތުގައިވެސް ބައްޕަޔަކަށް ވާން އުޅޭތީ އޭނާ ހުރީ ނުހަނު އުފަލުންނެވެ. މިހާރު އޭނާއަށް ކުރެވޭ އިޙުސާސް އެއީ ދުލުން ބަޔާންކުރަންވެސް އުނދަގޫ އިޙުސާސެކެވެ. ޒިވާވެސް ހިނިތުންވެލީ އުފަލުން ހުރެއެވެ.
ހަވީރުވެއްޖެއެވެ. ޒިވާ ހުރީ ގެޔަށް އަންނަ މެހެމާނުން އަންނަން ވާއިރަށް ތައްޔާރު ވާށެވެ. ރައިފާ އާއެކު އޭނާ ވަނީ ސައިގެ ހުރިހާކަމެއް މިހާރު ނިންމައިފައެވެ. “އެއްކަލަ ތުއްތުގެ ތަތްކަމަނަ ދޯ މިއުޅެނީ؟” ޔައީޝް ކޮޓަރިއަށް ވަތް ގޮތަށް ޒިވާގެ ވާތް ފަރާތުގައި ހުއްޓިލުމަށްފަހު ދެއަތް އުރާލަމުން ބުނެލިއެވެ. އެވަގުތު ޒިވާ ޔައީޝް އަށް ބަލައިލަމުން ލޯ އަޅާލިގޮތުން ޔައީޝް ގާތަށް ހިނި އައެވެ.
“އަޖައިބެއް.. ދެން ލަހިއްޔާ ބުނާނީ ލަސް ވާހަކައެއްނު.. ތުއްތު އެހެން ކިޔަނީ ކިޔަން ޖެހޭތީވިއްޔަ.. އެހާ ލަހޭ ޒިވް ކަންތައް ކުރަން..” ޔައީޝް އަނެއްކާވެސް ބުނެލިއެވެ. ޒިވާ މިފަހަރަކު މަޑުންނެއް ނުހުއްޓެވެ. ޔައީޝްގެ އަތުގައި ޒިވާ ބޮނޑިއެއް އަޅުވާލިއެވެ. “ނުވާނެ ލަހެއް.. އަދި ފަސްމިނެޓު ވާނީ ތައްޔާރުވާން ފެށިތާ.. ތީ ތަތް ކަލޯ އެހެން ވިއްޔާ..” ޒިވާވެސް ދުލެއް ނުދިނެވެ. މިފަހަރުވެސް ޔައީޝްގާތަށް އައީ ހިންޏެވެ. ޒިވާ އެހެން ހުރެފަ ބުނެލާ އެއްޗެހިން ޔައީޝް ހެއްވާލައެވެ. އެއީ ޔައީޝްވެސް އާންމުކޮށް ކަންތައް ކުރާ ގޮތެވެ. “އަރޫފާ ނިކުމެއްޖެ ބޭރަށް..” ޔައީޝް ސީރިއަސް ވެލަމުން ޒިވާ ގާތު ބުނެލިއެވެ.
“ހޫމް.. އޭނާ ބުންނޭ ބޭރަށް ދާންޖެހޭ ވާހަކަ.. ސައިބޮއެގެން ދާން ބުނީމަވެސް ބުނީ ނޫނެކޯ.. ލަސްވާނެޔޯ.. މާ ގިނައިރު ނުކޮށް އަންނާނަމޯ..” ޒިވާ މޫނު އަޅާލަމުން ބުނެލިއެވެ. އެއަށްފަހު އިރުކޮޅެއް ނުވެ އޭނާ ތައްޔާރުވެ ނިންމާލައިފިއެވެ. އެހިނދު ޔައީޝް އާއި އެކު އޭނާ ކޮޓަރިން ނިކުތީ އަންނަން އުޅޭ މެހެމާނުން އަންނަން ވާއިރަށް ބޭރުގައި ތިބޭށެވެ.
ޒިވާ އާއި ޔައީޝް ސޯފާގައި އިށީނދެގެން އިނދެފަ އިރުކޮޅެއް ވީތަނުން ގޭގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ޒިވާ ސޯފާއިން ތެދުވެލިއެވެ. ޔައީޝް ދިޔައީ އެވަގުތު ދޮރު ހުޅުވާށެވެ. ދޮރު ހުޅުވާލި ޔައީޝްގެ ފަހަތުން އައީ ފިރިހެނެކެވެ. އޭނާ ހުރީ ޔައިޝްގެ ފަހަތުގައި ކަމުން ޒިވާއަކަށް އޭނާގެ މޫނެއް ނުފެނެއެވެ. އެމީހުންނާއެކު އަދި އިތުރު ދެ އަންހެނެއް ވެސް އައެވެ. އެމީހުން ވެސް އައީ ފަހަތުން ކަމުން މާ ރީއްޗަކަށް ޒިވާއަކަށް އެއިން އެކަކުގެ މޫނެއްވެސް ނުފެނެއެވެ. ޔައީޝް އާއެކު އައިސް ޒިވާ އާއި ގާތުގައި އެމީހުން ހުއްޓިލިތަނުން ޒިވާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ކުރިމަތީގައި ހުރި ލަމާން ފެނިފައި ޒިވާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ގާތުގައި މޫނުބުރުގާ އަލާފައި ހުރި އަންހެން ކުއްޖާ އާއި ޖެހިގެން ހުރީ ލިމްޔާކަން ދެނެގަންނަން އޭނާއަށް ކުޑަ ވަގުތުކޮލެއް ނެގި ނަމަވެސް އެއީ ލިމްޔާކަން އެނގުނު ހިނދު ޒިވާގެ ހިތަށް ބިރުވެރިކަން ވަނެވެ. ޒިވާގެ ކަނާތް ފަރާތުގައި އެއިރު ޔައީޝް ހުއްޓިލައިގެން ހުއްޓެވެ. ޒިވާ ބާރުބާރަށް ޔައީޝްގެ އަތުގެ މުލައްދަނޑީގައި ހިފާލީ އެމީހުން ފެނި ނުތަނަވަސްވީ ވަރުންނެވެ. “ޔައީޝް.. ލަމާން ލިމްޔާ..” މިފަހަރު ޒިވާ ވާހަކަ ދެއްކި އިރު އޭނާގެ އަޑުގައި މަޑު ތުރުތުރެއްވެސް ހުއްޓެވެ.
“ޒިވް.. ޒިވްވެސް ބުނަމެއްނު ބިރުގަންނަންޖެހޭ ފަރާތަކީ ހަމައެކަނި ﷲ އޭ.. ދޯ.. ހަމަޖެހިބަލަ..” ޒިވާ ބިރުގަތީކަން ޔައީޝްގެ ސިކުނޑިއަށް ވިސްނުނެވެ. އެހެން ކަމުން ޒިވާގެ އަތުގައި ހިފާލުމަށްފަހު އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ޔައީޝް ބުނެލިއެވެ. ލިމްޔާ އާއި ލަމާން ތިބީ ހައިރާން ވެފައެވެ. ޒިވާގެ ހަނދާނުގައި އެމީހުންނެއް ނުހުންނާނެއެވެ. ވީއިރު ކުއްލިޔަކަށް އެމީހުން ފެނިގެން ޒިވާ ބިރުގަންނަންޖެހޭ ސަބަބެއް ނެތެވެ. ލަމާން ޔައީޝް އަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ޔައީޝް އެވަގުތު ދެލޯ މަރާލީ ހަމަޖެހިލާށޭ ބުނުމުގެ ގޮތުންނެވެ.
“އާދޭ.. އިށީނދެލާ އަވަހަށް..” ޔައީޝް ލަމާންމެން ގާތު ސޯފާގައި އިށީނުމަށް ބުނެލިއެވެ. ޔައީޝް ވާހަކަ ދައްކާލުމުން ޒިވާވެސް އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލިއެވެ. އަދި ހުރިހާކަމެއް ރަނގަޚަށް މެދުވެރި ކުރެއްވުން އެދި ހިތާހިތުން އޭނާ ހުރީ ﷲއަށް ދުޢާ ކޮށްލަ ކޮށްލާއެވެ. ޔައީޝް ޒިވާގެ އަތުގައި ހިފައިގެން ގޮސް ލަމާންމެން ތިބި ސޯފާ އާއި ޖެހިގެން ކަނާތް ފަރާތަށް އިން ސޯފާގައި އިށީނދެލިއެވެ.
“ލަމާން.. ޒިވް މިހާރު ހުރިހާކަމެއްވެސް ހަނދާން ވެއްޖެ..” ޔައީޝް ހިނިތުންވެލަމުން ބުނެލިއެވެ. އެވަގުތު ލަމާން އެކޭ އެއްފަދައިން ލިމްޔާއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ޒިވާ ދެން އެމީހުންނާމެދު ކަންތައް ކުރާނީ ކިހިނެއް ބާވައެވެ؟ ޒިވާ އަނެއްކާ އެމީހުންނަށް މަޢާފް ކުރާނެ ބާވައެވެ. ޔައީޝް ވާހަކަ ދެއްކި އިރު ޒިވާ އިނީ އިސްޖަހާލައިގެންނެވެ. އިސް ނުއުފުލަން ހުވާކޮށްގެން އިން ފަދައެވެ.
“ޒިވް.. ލަމާން އާ ލިމްޔާ އެއީ ކުރީގެ ލަމާން އާއި ލިމްޔާއެއް ނޫނޭ.. އެއީ މިހާރު މުޅިން އާ ބައެއް.. އެމީހުން ތައުބާވެއްޖެ.. ޔައި ގެ ފަރާތުންވެސް މިހާރު އެމީހުން މާފް ހޯދައިފި.. ޒިވް މާފް ކޮށްދީ އެމީހުންނަށް.. އެމީހުން ޤަބޫލް ކުރެއޭ އެމީހުންނަށް ކުރެވުނީ ގޯސް ކަމެއްކަން..” ޔައީޝް ޒިވާއަށް ވިސްނައިދޭ ފަދައަކުން މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. ޒިވާ ޔައިޝްއަށް ބަލައިލިއެވެ. އޭނާ އަށް އެކަން ޤަބޫލުކުރަން ދައްޗެވެ. އޭނާއަށް އެމީހުން ހެދި ގޮތުގެ ސަބަބުން އެކަން ޤަބޫލު ކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެ ނޫންހެއްޔެވެ؟
“ޒިވް.. މިއީ ޙަޤީގަތް.. މިހާރުވެސް އަހާބަލަ ލިމްޔާ މެން ކައިރީ.. ލަމާން އަހަރެންނަށް އެ ހުރިހާ ވާހަކައެއް ކިޔައިދީފިޔޭ.. ރައިފާއޭ އެ ހުރިހާ ކަމެއް އެމީހުން ލައްވާ ކުރުވީ.. ރައިފާ އެމީހުންގެ ބޮލަށް ވަނިއްޔޭ.. އެމީހުންނަށް މިއަދު އެ ތިބީ ވިސްނިފަ.. ހެޔޮ ވިސްނުން ލިބިފަ.. ކުށް ކުރެވޭނީ އިްސާނުންނަކަށްނު.. އެހެންވީމަ މާފަށް އެދުނީމަ މާފް ކޮށްދޭން ޖެހޭނެ.. އެއީ ވަރަށް ރީތި ސިފައެއް..” ޔައީޝް ޒިވާއަށް ވިސްނައިދެމުން ދިޔައީ ކުޑަކުއްޖަކަށް ވިސްނައިދޭ ފަދައަކުންނެވެ.
“ޒިވާ.. އައިމް ސޮރީ.. ވަރަށް ވަރަށް ވަރަށް ބޮޑަށް.. ޔައީޝް ޒިވާ ގާތު އަހަރެމެންނަށް މާފް ކޮށްދޭށޭ ބުންޏަސް އަސްލު އަހަރެމެންނަށް މާފް ޙައްޤުވެގެންވެސް ނުވޭ ކަންނޭނގެ.. އެކަމަކުވެސް އަހަރެން ބޭނުން ޒިވާ ގާތުން މާފަށް އެދެން.. ޒިވާ އާއި ކުރިމަތިލާންވެސް ލަދު ގަނޭ.. ހާދަ ގޯސްކޮށޭ އަހަރެން ޒިވާ އާއި ދޭތެރޭ ކަންތައް ކުރީ.. ދުވަހަކުވެސް މީހަކު އެހާ ގޯސްކޮށް ކަންތައް ނުކުރާނެ ކަންނޭނގެ އެހެން މީހަކާއި ދޭތެރޭ.. އެވެސް ހަސަދަވެރިވެގެން.. ހެހެ.. އެއިރު އަހަންނަކަށް ނޭނގެ ޙަސަދަވެރިވުމުގެ ނުބައި ކަމެއް.. އަހަރެން ދިޔައީ އެ ޙަސަދައިގެ ތެރޭގަ ހަލާކުވަމުން.. އެކަން ރޭކާވެސް ނުލައި އެއިރު.. އެކަމް މިއަދު އަހަންނަށް އެކަންކަން އެނގިއްޖެ.. އަލްޙަމްދުލިއްލާހް! އެހެންވެ އުފާވެސް ވޭ.. އެކަމަކު އަދިވެސް ވަރަށް ދެރަވޭ ޒިވާ އަށް އެހެން ހެދުނީމަ.. ނޭނގެ ކީކޭ ހިތަށް އަރައިގެން ކަމެއްވެސް އެގޮތަށް ކަންތައް ކުރެވުނީކީ.. އަހަންނަށް މާފް..” ލިމްޔާ ވާހަކަ ދެއްކި އިރު ހުރީ ރޮވިފައެވެ. ޒިވާ އިނީ ހައިރާން ކަމާއެކު އަޑު އަހާށެވެ.
ނަމަވެސް އޭނާއަށް އުފާވެރިކަން ވެރިވެފައި ލިމްޔާއަށް ހެޔޮ ވިސްނުން ލިބުމުންނެވެ. އެހާ އަސަރާއިއެކު ލިމްޔާ އެ ވާހަކަތައް ކިޔައިދެމުން ދިޔައިރު ޒިވާގެ ލޮލުންވެސް ކަރުނަ ހިލިފައި ވެއެވެ. އެހެން ކަމުން އޭނާއަށް އިންތާ އިނދެވުނީ އިރުކޮޅެއް ވާންދެންނެވެ. ޒިވާ ތެދުވެގެން ގޮސް ލިމްޔާ ގާތުގައި އިށީނދެލިއެވެ. އެއަށްފަހު ލިމްޔާގެ އަތުގައި ހިފާލިއެވެ. އިސްދަށަށް ޖަހާލައިގެން އިން ލިމްޔާ އިސް އުފުލާލީ އެވަގުތުއެވެ. ކަރުނަ ވީ ދެލޮލުން އޭނަ ޒިވާއަށް ބަލައިލިއެވެ.
“އެވަރަށް މާފަށް ނޭދޭ.. އެންމެންނަށްވެސް ކުށް ކުރެވޭނެ.. އެކަމަކު އެކަމަށް މާފަށް އެދި މާފް ދިނުމަކީ އެންމެ ރީތި ސިފަ.. ޕާސްޓް ބާއްވާ… ކުރިޔަށް ދެން ވިސްނާނީ.. ވީ ކަމެއް ވީ.. އެޔާއި ދޭތެރޭ ދެން މާބޮޑަށް ނުވިސްނާ.. އިނގޭ.. ޒިވްގެ ހިތުގައި ލިމްޔާ އާއި ދޭތެރޭ އެއްވެސް ބުރަކަމެއް ނެތް.. ހަމަ ސާފު.. ދެން ހީލާ..” ޒިވާ ލިމްޔާ އާއި ވާހަކަ ދެއްކީ ނުހަނު ހިތް ހެޔޮ ރާގަކަށެވެ. އަމިއްލަ ކޮއްކޮއަކަށް ނަސޭހަތްދޭ ފަދައިންނެވެ. ލިމްޔާ އާއި ދޭތެރޭ އޭނާގެ ހިތުގައި ހަމްދަރުދީ އުފެދިފައި ވެއެވެ.
ލިމްޔާ އިނީ ހައިރާންވެ އަމްތަރީސް ވެފައެވެ. އޭނާ ޒިވާއަށް ނުކުރާކަށް ޖެއްސުމެއް ނުހުންނާނެއެވެ. ޒިވާއަށް އެކި ގޮތްގޮތުން އޭނާ ޖެއްސުން ކޮށް އުނދަގޫ ކުރިއެވެ. އެކަމު މިއަދު ބަލައިބަލާށެވެ. އެހާ ފަސޭހައިން އޭނާ މާފް ކޮށްދިނީއެވެ. ޒިވާއަށް ޝުކުރުވެރިވާނެ ގޮތެއްވެސް ލިމްޔާއަކަށް ނޭނގެއެވެ. އޭނާގެ ދުލުން ފުރަތަމަވެސް ނިކުތް ބަހަކީ “އަލްޙަމްދުލިއްލާހް” އެވެ. އެއަށްފަހު އޭނާ ޒިވާއަށް ޝުކުރު ދެންނެވިއެވެ.
“ނޭނގެ އަސްލުވެސް ޒިވް އަށް ޝުކުރު ވެރިވާނެ ގޮތެއް.. ވަރަށް ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.. ދުވަހަކުވެސް ޒިވާގެ ތި އިޙުސާންތެރިކަން އަހަރެން ހަނދާން ނައްތާނުލާނަން.. އިން ޝާ ﷲ..” ލިމްޔާ އުފަލުން ހުރެ ހިނިތުން ވެލައިފައި ޒިވާގެ އަތުގައި ހިފާލިއެވެ.
“އަހަރެންވެސް ވަރަށް ބޮޑަށް މާފަށް އެދެން.. އަހަރެންވެސް އަސްލު ލަދުގަނޭ.. އެކަމަކު ބުނެޔެއްނު ލަދަކާ ހުރެ ތަދެއް ނުފިލާނޭ.. ހެހެ.. ވަރަށް ބޮޑަށް ސޮރީ.. ދެން.. މީ ރިފާ.. އަހަރެންގެ ވައިފް…” ލަމާންވެސް ޒިވާގެ ގާތުން މާފަށް އެދުނެވެ. އަދި އޭނާގެ ލޯބިވާ އަންހެނުން ޒިވާއަށް ތަޢާރަފް ކޮށްދިނެވެ. ހަމައެގޮތަށް އޭނާއަށް ޒިވާވެސް ތަޢާރަފް ކޮށްދިނެވެ. އެހިނދު ޒިވާ އާއި ރިފާ އާއި ދެމީހުން ސަލާމް ކޮށްލިއެވެ.
ޔައީޝް އިނީ ހެވިލައިފައި މަންޒަރު ބަލާށެވެ. ލިމްޔާ އާއި ލަމާންގެ ބޮލުން ބޮޑު ގާބުރިއެއް ނެގުނު ފަދައެވެ. އެދެމީހުންގެ ސިކުނޑި ލުއިވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އެންމެންގެ މެދުގައި އޮތް ދުރުކަންވެސް ގާތްކަމަށް ބަދަލުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. “ކޮން އިރަކު މެރީ ކުރީ..” ޔައީޝް ލަމާން ގާތު އަހާލިއެވެ. އެއީ އަދި އޭނާއަށްވެސް ނޭނގޭ ކަމަކަށް ވާތީއެވެ. “މިއަހަރު ހަމަ..” ލަމާން ހެވިލައިފައި ބުނެލިއެވެ. އެވަގުތު ޔައީޝް ހިނިތުންވެލިއެވެ.
ޒިވާ އާއި ރިފާވެސް އެދެމެދުގައި އޮތް ދުރުކަން ކަނޑުވާލުމަށްފަހު އެކުވެރިންނަށް ވެއްޖެއެވެ. އެކި ވާހަކަ ތަކުގައި އެމީހުން މަސްއޫލުވެފައި ތިބި އިރު އެހެން ކަމަކަށް އެއްވެސް ސަމާލުކަމެއް ނެތެވެ. ވާހަކަ ތަކަށް ގެއްލިފައި ތިބި މީހުންނަށް ސިހުން ގެނުވީ ގޭގެ ދޮރު ހުޅުވުނު އަޑަށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
61 Comments!
Comments are closed.





I waited for this for soooo long… finally up v dhw???
alhey.. vrh bodah sorry ingey ehaa las v ma.. hama v varu.. 🙂 yess dear.. 🙂
yay sis thanks finally
hehe.. marhabaa dear.. 🙂
Der, limya ge anhenunneh nuhunnaane ehnu.Jazlee ah heevany, noor liyan ulhefa aee lamaan ge anhenun hn. Hope u will correct it ngey
aan yess.. hehe.. jazakillah khairan dear, vrh vrh vrh vrh vrh vrh bodah.. 🙂 ethan kolhu faahaga kolladhinytha vrh bodah shukuriyyaa.. noor kiyaali iruves ethankolheh faahagaeh nuvi.. hehe.. 🙂 dear bunelyma balaily anehkaa ves.. dhn faahaga v.. 🙂 hehe.. yess, dear ah thi heevy hama rangalhah.. noor liyan ulhuny aslu lamaan ge anhenunney.. hehe.. in sha allah kuriyah huri baithakuga ekahala kuh thah madhu kureveytho noor try kuraanan ingey.. in sha allah.. 🙂
Masha allah vvvv reethi mi part ves…curiously waiting for the next part
jazakillah khairan dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂 keep waiting dear.. 🙂
maasha allah….vrh reethi mi part ves…..noor dear when is next part….ly
jazakillah khairan dear.. 🙂 vrh ufaavehje dear ah mi part ves kamudhiyaeema.. 🙂 in sha allah, miadhu up vaane kamah noor mi ummeedhu kurany.. 🙂 <3<3<3<3<3
vv reethi but mifaharu writing mistakes thah ebahuri ….. but hama vv reethi… miss u sis
jazakillah khairan dear.. 🙂 yess, noor ah ves fahun ekan faahaga kurevunu.. jazakillah khairan dear.. 🙂 aww,.. miss u 2.. 🙂
Masha allah..vv reethi vaahaka❤❤ziv ah gehlumeh nudhenees eulhey raufa ah heyovisnun dhehvaashi
jazakillah khairan dear.. 🙂 aww.. 🙂 aameen.. balamaa dhw dhn vaagotheh.. 🙂
masha allah v reethi as always…..umm limya ge anhenun heih nuhunnaane dhw noor ah olhifa kannenge einy….vvvvvvvvhabeys..raifa avahah bust kohlaba ,,and naaish kyve e name adu ivunyma ehaa haasvyy?????????????
asluvestha? vrh vrh vrh ufaavehje dear thihen bunelyma.. 🙂 jazakillah khairan dear.. 🙂 hehe.. yess dear.. aee noor ah olhifa aslu.. yess dear.. olhifa aee.. 🙂 hehe.. hingaaba dhw aee keevve kan balailan.. 🙂
masha allah……varah furihama noor dear….kn irakun nxt part kiyaalan libeynyy????
jazakillah khairan dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema. 🙂 in sha allah, miadhu kiyaalan libeyne kamah mi balany.. 🙂
yey. Masha Allah. varah varah reethi pi part vx. when next part?? waiting…:-)
hehe.. jazakillah khairan dear.. 🙂 miadhu, in sha allah.. 🙂
masha allah vv reethi mi part ves
anehkaa raifaa tha e aiee
alhey lamaan mennah raifaa ingeyne nama dho
waiting for ext part
jazakillah khairan dear.. 🙂 hehe.. hingaaba dhw balailan aee kaakutho.. 🙂
Varah reethi mi part ves. Laman men fenunyma Raifa ah vaany kihineiba? Naaish eha birun eulheny e namaa kon gulhumeh ovegenba? Waiting for next part.
jazakillah khairan dear.. 🙂 balamaa dhw vaagotheh.. hehe.. 🙂
vvvvvvvvvvvvvvvvv reethi
kon irakun next part
alhey.. jazakillah khairan dear.. 🙂 miadhu iraadhakurevviyyaa.. 🙂
Masha allah vvvvvvvv reethi…speach less…. raifaa dhw aiee…..when next paet dear….
jazakillah khairan dear.. 🙂 aww.. hingaaba dhw balailan aee kaakutho.. 🙂 hehe.. miadhu, in sha allah.. 🙂
pretty awesome haann
hehe.. 🙂 jazakillah khairan dear.. 🙂
masha allah !!!!
alhey.. jazakillah khairan dear.. 🙂
it was MINDBLOWING!!! keep it up
aww.. jazakillah khairan dear.. 🙂
when next part?
miadhu in sha allah.. 🙂
love youre writings NOOR
jazakillah khairan dear.. 🙂 hehe..
wow.. when is next part.. vrh reethi maasha allah
jazakillah khairan dear.. 🙂 in sha allah miadhu up vaane kamah mi balany.. 🙂
Wowwowwowow…
jazakillah khairan dear.. 🙂
Alhey dear mi part vs hama vvvv rythi… masha allah… kihinakun thr ehaa molhah stry liyany??? Maya ebuni thnkolhu twinkle ah vs faahaga vi… ekm ehn vs vaane dhw type kuraa iru… alhaa nulaa… whn nxt part???❤❤❤???
Maybe imsha is hawwathage dhari e girl ge khiyaal kan neyge naaish ah udhagu kurany!! Raifa avahah bust kohbah noor dear . Can’t wait to read the next part. You are amazing ♥️
balamaa dhw dhn vaagotheh.. 🙂 hehe.. aww.. jazakillah khairan dear.. 🙂
vaahaka v salhi. but mi part ga baeh mistake tha ebahuri.. hope u will correct them.. 🙂 whn is nxt part???
jazakillah khairan dear.. 🙂 labba.. noor ah ves faahaga v ekan dear mn ehn bunelyma anehkaa ves kiyaali iru.. dhn part eh ga ebai rangalhu kureveytho balaanan, in sha allah.. 🙂 miadhu, in sha allah.. 🙂
Varah varah reethi Mi part ves❤❤when next part?
jazakillah khairan dear.. 🙂 miadhu iraadhakurevviyyaa ebai up vaane kamah mi noor mi balany.. 🙂
Speechless… masha allah… imsha ae havvahtha ge maruvi dharifulhu kanneynge dhww
jazakillah khairan dear.. 🙂 asluvestha? vrh vrh ufaavehje dear ah mi part ves kamudhiyaeema.. 🙂 balamaa dhw aee kaakutho.. 🙂
Nice
jazakillah khairan dear.. 🙂 dear ah mi part kamudhiyaeema vrh ufaavehje.. 🙂
Love this prt. Curiously waitin for nxt prt.keep it up.?????
jazakillah khairan dear.. 🙂
Masha Allah vvv reethi MI part vess.. ❤❤???❤❤. Dear kon irakun next part? ???.
jazakillah khairan dear.. 🙂 miadhu up veytho noor mi balany.. 🙂
Superrrrb ?? maasha allah ❤
jazakillah khairan dear.. 🙂 vrh ufaavehje dear ah mi part ves kamudhiyaeema.. 🙂
hei sis dhyba sis ge mail
hei dear.. noor visnaalaafa thi ah javaabeh dheynan ingey.. ok dhw? 🙂