ރައިފާ އޭތި މީތި ކިޔަމުން ދިޔައީ މައިހާ އިތުރަށް ރުޅި އަރުވާށެވެ. ކަން ވީވެސް އެހެންނެވެ. ހިނގަމުން ދިޔަ ކޮންމެ މިނެޓަކާއެކު މައިހާގެ ހިތުގައި އަނދަމުން ދިޔަ ނަފްރަތުގެ އަލިފާންގަޑު ބޮޑުވަމުން ދިޔައެވެ. އެހެން ހުރުމަށްފަހު ރައިފާ ވަގުތު ޖެހުނީއޭ ހިތާ އޭނާގެ މަސައްކަތް ފެށަން އަވަސްވެ ގަތެވެ. “ޒިވާ.. އަހަރެން ކަލޭ ބުނާ އެއްވެސް އެއްޗެއް އަޑެއް ނާހާނަން.. ކަލޭގެ މި އެއްވެސް އެކުވެރިއެއްގެ ވެސް.. އަދި ކަލޭ ކިތަންމެ އާދޭހެއް ކުރިއެއްކަމަކު އަހަރެންގެ މި […]
ދަރިކަލުދެއްވުން އެދިވަޑައިގެ ދުޢާފުޅު ކުރެއްވުން އެ މަންޒަރު زكريّا عليه السّلام އަށް ފެނިވަޑައިގެންނެވުމުން مريم ގެފާނުފަދަ ޞާލިޙު ދަރިކަލަކަށް ޝައުޤުވެރިކަން އިތުރުވެގެންދިޔައެވެ. އެހެނީ އެފަދަ ޞާލިހު ދަރިކަލުން ދެއްވުމަށް އެދިވަޑައިގެންނެވުމަކީ ނަބީބޭކަލުންގެ ސުންނަތެކެވެ.އެންމެހައި ނަބީބޭކަލުން އެދިވަޑައިގަންނަވަމުން ގެންދެވިކަމެކެވެ. އެހެންކަމުން އެކަލޭގެފާނު މިޙްރާބުގޭގައި ހުންނަވާ ދުޢާ ކުރައްވަމުން ގެންދެވިއެވެ. އާލު ޢިމްރާނު ސޫރަތުގެ 38 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. هُنَالِكَ دَعَا زَكَرِيَّا رَبَّهُ ۖ قَالَ رَبِّ هَبْ لِي مِن […]
ދެއަތް އުރާލައިގެން ޕޭވްމަންޓް މަތީގައި ޒިވާ ހުރީ ވަރަށްވެސް ހަމަޖެހިލައިގެންނެވެ. ފިހާރައިގެ ދޮރު ކައިރީ އަރިމައްޗަށް ވާގޮތަށް ހުރި އިރު ޕޭވްމަންޓު މަތިން ހިނގާފައި ޒިވާގެ ފަހަތުން އަންނަ މީހުން އޭނާއަކަށް ނުފެންނާނެއެވެ. ކުއްލިޔަކަށް ޒިވާ ސިހުނީ ފަހަތުން އޭނާގެ ނަމުން މީހަކު ގޮވާލި އަޑަށެވެ. ހައިރާންކަމާއި ބިރުވެރިކަން އޭނާ ވަށާލިއެވެ. ބިރުން ހުރި ނަމަވެސް ހިތްވަރު ކޮށްލައިފައި ޒިވާ ފަހަތަށް އެނބުރިލިއެވެ. އެހިނދު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުރިމަތީގައި މިހާރު އެހުރީ އޭނާއަށް އަބަދުވެސް […]
ޔަހޫދީންނަކީ މޫސާގެފާނަށް ތަބާވެ ތަޢުރާތަށް އީމާންވި މީސްތަކުންނެވެ. އަދި މިހާރުވެސް ތަޢުރާތަށް އީމާންވެގެން އުޅޭކަމަށް ދަޢުވާކޮށް އުޅޭ މީހުންނެވެ. ޔަހޫދީންވަނީ އެބައިމީހުން މުޤައްދަސް ކޮށްގެން ގެންގުޅޭ ތަޢުރާތު އެތަށް ގޮތަކަށް ބަދަލުކޮށް އޭގައިވާ ޙުކުމްތަކާއި އާޔަތްތަށް އޮޅުވާލާފައެވެ. މިހާރު ތަޢުރާތޭ ކިޔައިގެން ދައުވާކޮށްގެން އެބައިމީހުން ގެންގުޅޭ ފޮތަކީ އަމިއްލަ އަތްތަކުން ބަދަލުގެނެސް ހަދާފައިވާ “މަސްހުނި ރުނބަ” އެކެވެ. މޫސާގެފާނުގެ ޝަރީޢަތުގައި ހޮނިހިރު ދުވަހަކީ ޚާއްޞަ އިމްތިޔާޒީ މަޤާމެއް ދެއްވާފައިވާ ދުވަހެކެވެ. އަޅުގަނޑުމެން ގެ މި މާތްވި އިސްލާމީ […]
زكريّا عليه السّلام (ޒަކަރިއްޔާ އަލައިހިއްސަލާމް) އަކީ ބަނީ އިސްރާއީލު ބާގައިގެ މީސްތަކުންނަށް ތެދުމަގުދެއްކެވުމަށްޓަކައި މާތް ﷲ سبحانه وتعالى ، ފޮނުއްވި ނަބީބޭކަލެކެވެ. އެކަލޭގެފާނު ފޮނުއްވުނީ داود عليه السّلام(ދާއޫދު އަލައިހިއްސަލާމް) ގެ ދަރިކަލުން سليمان عليه السّلام (ސުލައިމާން އަލައިހިއްސަލާމް)އަވަހާރަވުމަށްފަހުގައެވެ. ++++++++++++++ ނަންފުޅާއި ނަސަބުފުޅު الحافظ أبو القاسم ابن عساكر (އަލް ޙާފިޡު އަބުލް ޤާސިމް އިބްނު އަސާކިރު) އޭނާގެ މަޝްހޫރު ތާރީޚުގައި ވިދާޅުވެފައިވެއެވެ. زكريّا عليه السّلام ގެ ފުރިހަމަ ނަންފުޅަކީ زكريّا بن برخيا(ޒަކަރިއްޔާ ބިން […]
“ޒިވް.. ދެން ދަނީ އިނގޭ އަހަރެމެން.. ރެސްޓް ކޮށްލާ ދެން..” މައިހާ ޒިވާގެ އަތުގައި ހިފާލައިގެން އެޕާޓްމެންޓްގެ ދޮރުމަތީގައި ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. ޒިވާވެސް ހިނިތުންވެލުމަށްފަހު ބޯ ޖަހާލީ އެފަދަ ރަނގަޅު ހިތްހެޔޮ އެކުވެރިޔެއް ލިބުނު ކަމަށްޓަކައި އުފާކުރާ ޙާލުއެވެ. އެންމެންވެސް އުފާވެރިކަންމަތީ ހިނިތުންވެލައިގެން ތިބީ ކުރިމަތީގައި އޮތް ތޫފާނުގެ ކުޑަވެސް ހިލަމެއް ނުވާ ޙާލުއެވެ. *** “ޒިވް.. މާދަން ޖެހޭނެ ޑިއުޓީއަށް ނިކުންނަން އަނެއްކާވެސް.. އަހަރެން ނެތެއްކަމަކު ބަލައިގެން އުޅޭތި އިނގޭ.. ނަސީބެއް މަންމަވެސް […]
“މަންމައަށް އިނގޭ ދެކުދިންވެސް ވަރަށް ދެރަވެފަ ކަން ތިތިބީ ދާން ޖެހޭތީވެ.. މަންމައަށް އަޑުއިވިއްޖެ ދެކުދިން ދެއްކި ވާހަކަ ތައްވެސް.. ދަރިފުޅުމެންނޭ.. ދުނިޔެއަކީ އިމްތިޙާނެއް.. އެކި ކަހަލަ އަޑި ގުޑަންތަކާއި ކުރިމަތިލާން ޖެހޭނެ.. އުންމީދު ނުކުރާ ކިތަންމެ ކަމެއް ކުރިމަތިވެދާނެ.. އެކަމަކުވެސް އަހަރެމެން ޖެހޭނީ ހިތްވަރާއެކު އެކަންކަމާއި ކުރިމަތިލާން.. ކެތްތެރިކަމާއެކު ސާބިތުވެ ތިބެން..” ޒިވާ އާއި ޔައީޝް ގާތު މަޑުކޮށްލުމަށްފަހު ނޫރީން އެދެމީހުންނަށް ނަސޭހަތްތެރިވިއެވެ. “އަސްލު ވަރަށް އުފާވެރި ޚަބަރެއް ދޭންވެގެން މި އައީވެސް..” ނޫރީން ހިނިތުންވެލައިފައި […]
ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم އަކީ އަޅުގަނޑުމެން މުސްލިމުން އެންމެހައި ކަންތައްތަކުގައި ނަމޫނާއެއް ކަމުގައި ބަލަންޖެހޭ ޝަޚްޞިއްޔަތެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ކޮންމެ ޞަފްޙާއަކުންވެސް ފެނިގެންދަނީ ހެޔޮ ޚުލުޤުގެ ރިވެތި ނަމޫނާއެވެ. ޢިބްރަތްތެރި ދަރުސުތެކެވެ. ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދަން އެދޭ މީހާ ޢަމަލުކުރަންޖެހޭ ގޮތްތަކެވެ. “ތާރީޚުގެ މޭގައި ” ޚާތިމުލް އަންބިޔާއު صلّى اللّـه عليه وسلّم ގެ ރިވެތި ސުލޫކުގެ އެތަކެއް ޙާދިޘާތަކެއްވަނީ ވަޅުލެވިފައެވެ. އެގޮތުން […]
ކާރުގައި ދިޔައިރު އެންމެ ފަހަރަކުވެސް ނަވާފް އާއި ނަވާރް އަނގަ ހުއްޓާނުލުމުން ކާރުތެރޭގައި ފަޅުފިލާފައިވެއެވެ. އެމީހުން ބުނެލާ އެއްޗެހިން ޒިވާ އާއި ޔައީޝް އިރުކޮޅަކާއި ހޭން ފަށައެވެ. “ކުވޭ.. ކޮއްކޮ އައިސްކްރީމް ކާހިތްވަނީ..” ނަވާފް ސްނޯތަކަށް ބަލަން އިނދެ ބުނެލިއެވެ. “ކޮއްކޯ… މިހާ ފިނި އިރު ނުވާނެ ފިނި އެއްޗެހި ބޯކަށް.. އެހެން ދުވަހަކުން ދޯ އައިސްކްރީމް ބޯނީ.. މިއަދު ދާނީ ދުއްވާލަން… ގޮސް އެޔޮށް އެޔޮށް ކޮޅުގަ ހުރި މޯލްއިން ކޮއްކޮއަށް ގިފްޓެއް ގަންނާނީ..” ޔައީޝް […]