ނަންފުޅާއި ނަސަބުފުޅު حمزة رضى اللّـه عنه،ގެ ބައްޕާފުޅަކީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ صلّى اللّـه عليه وسلّم ގެ ލޮބުވެތި ކާފާފުޅު عبد المطّلب (ޢަބްދުލް މުއްތަލިބު) ގެ ބޭފުޅެކެވެ. އިތުރު ސާހިބާގެ ބައްޕާފުޅު ޢަބްދުﷲ ގެފާނުގެ ކޮއްކޯފުޅެވެ. މައިކަނބަލުންނަކީ هالة بنت وهيب (ޙާލާ ބިންތި ވުހައިބު) އެވެ. އެކަމަނާއަކީ ރަސޫލާ صلّى اللّـه عليه وسلّم ގެ މައިކަނބަލުން آمنة بنت وهب بن عبد مناف ގެ އުޚުތެކެވެ. ދެފަރާތުންމެ އިތުރު އެކަލޭގެފާނުގެ […]
އާދެ އިސްލާމީ ތާރީޚަށް ނަޒަރުހިންގާލާއިރު ޝަޚްޞިއްޔަތެއްގެ މަޝްޙޫރުކަން ގޮސްގުޅެނީ ތާރީޚުގައި ފާހަގަކޮށްލެވޭ ޙާދިޘާއަކަށެވެ. ނުވަތަ އިސްލާމީ ތާރީޚުގައި އެބޭފުޅަކު އަދާކުރައްވާފައިވާ ދައުރަކަށެވެ. ނުވަތަ އިސްލާމީ ތަޢުލީމު ފޯރުކޮށްދެއްވުމުގައި އެބޭކަލަކު އަދާކުރައްވާފައިވާ ރޯލަކަށެވެ. އިސްލާމީ ތާރީޚުގެ އެންމެ ރަންޒަމާންކަމުގައިވާ ނަބަވީދަޢުރުގައި މަޝްޙޫރުކަން ހޯއްދަވާފައިވާ ޞަޙާބީންބޭކަލުންނަކީ މިދެންނެވި ފަދަ ކަންތައްތަކުގެ ސަބަބުން މަޝްޙޫރުވެ މަޤްބޫލުވެފައިވާ ފަރާތްތަކޭ ދެންނެވުމުން އެއީ ދޮގަކަށް ނުވާނެއެވެ. މިއަދު އަޅުގަނޑު ޤަލަމްނަގައިގެން މިއުޅެނީ އިސްލާމީތާރީޚުގައި “މާ މަޝްޙޫރުނޫން” ޝަޚްޞިއްޔަތަކާއި ގުޅޭގޮތުން ފަނޑުނަމަވެސް އައްޔެއް އަޅުވާލެވޭތޯއެވެ. ނަމަވެސް […]
ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ވަޑައިގެންނެވިއިރު މަދީނާގައި ތިން ޤަބީލާއެއްގެ ޔަހޫދީން ވަޒަންވެރިވެގެން އުޅުނެވެ. އޭގެތެރެއިން އެއްބަޔަކީ ބަނުއްނަޟީރުވަންހައިގެ ޔަހޫދީންނެވެ. އެބައިމީހުންގެ ޢަދާވާތްތެރިކަމާއި ދެފުށްދެގޮތްކަން އޭގެ އިންތިހާއަށް ދިޔުމުން ކައުއިތުރު ރަސޫލާ އެބައިމީހުން މަދީނާއިން ބޭރުކޮށްލެއްވިއެވެ. ދެން އެބައިމީހުން ގޮސް ވަޒަންވެރިވީ ޚައިބަރޭ ކިޔުނުތަނުގައެވެ. أمّ المؤمنين صفيّة رضى اللّـه عنــها އަކީ މިދެންނެވި ބަނުއްނަޟީރުވަންހައިގެ ރަޢީސް حُيَيُّ بن أخطب އާއި سموئيل ގެ ضرّة އާ ކާވެނި ބައްލަވައިގެން ފުރަސޫތާވެނުފަން […]
ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم އާއި މުސްލިމުންނަށް ދެކޮޅުވެރިވެ، ހަނގުރާމަކުރި އެއްބަޔަކީ މުޞްޠަލިޤުވަންހައިގެ މީސްތަކުންނެވެ. أمّ المؤمنين جويرية بنت الحارث رضى اللّـه عنــها ގެ ބަފައިކަލުން الحارث بن أبى ضرار އަކީ އެވަންހައިގެ ރައީސްއެވެ. ހިޖްރައިން ފަސްވަނަ އަހަރުގެ ޝަޢުބާންމަހުގެ ތެރޭގައި ކުރެވުނު މުރައިސީޢު ހަނގުރާމަ ނުވަތަ މުޞްޠަލިޤުވަންހައިގެ ހަނގުރާމައިގެ ވާހަކަތަކީ ސީރަތު ފޮތްތަކުގައި ވަރަށް ތަފްސީލީ ގޮތެއްގައި ބަޔާންކުރެވިފައިވާ ވާހަކަތަކެވެ. ދެންފަހެ މިހަނގުރާމައިގެ ތެރޭގައި މުޞްޠަލިޤުވަންހައިގެ ދިހަ މީހުން […]
ޔޫނުސްގެފާނު ނައިނަވާ ދޫކޮށްވަޑައިގެންނެވުން يونس عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުނަށް ކޯފާއިސްކުރައްވައި،ނައިނަވާއިން ނުކުމެވަޑައިގެންނެވިއެވެ. އެ ރަށުގެ އަޙްލުވެރިންނަށް ތިން ދުވަހުގެ ތެރޭގައި މާތް ﷲ ގެ ގަދަފަދަ އަޛާބު އަންނާނެކަމުގެ އިންޒާރުދެއްވުމަށްފަހުގައެވެ. يونس عليه السّلام ރަށުންނުކުމެވަޑައިގަތީ މާތް ﷲ އެކަލޭގެފާނު ރަށުން ނުކުމެވަޑައިގަތުމުގެ އިލާހީ އަމުރުފުޅު ދެއްވުމުގެ ކުރިންނެވެ. ކީރިތި ޤުރުޢާނުގެ އަންބިޔާޢު ސޫރަތުގެ 87 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن […]
އެއްފަހަރަކު، މުސްކުޅި މީހަކު އޭނާގެ ފިރިހެން ދަރިފުޅާއެކުގައި ބާޒާރަށްދާން ނުކުމެއްޖެއެވެ. އޭގެ ދެބަފައިން ބާޒާރަށް ދިޔައީ ބާޒާރުން ގަންނަތަކެތި ގެއަށް ގެންނަން ފަސޭހައަކަށް އެބައިމީހުން ގެންގުޅޭ ހިމާރުވެސް ގޮވައިގެންނެވެ. އޭތީގެ ބުރަކަށި މައްޗަށް ލައިގެން މުދާގެއާ ހަމައަށް ގެނައުމަށެވެ. މުސްކުޅި މީހާ ދިޔައީ ހިމާރުގެ ލަގަނުގައި ހިފަހައްޓައިގެންނެވެ. އޭނާގެ ފަހަތުން އޭނާގެ ދަރިފުޅު އާދެއެވެ. އެ މަންޒަރު ބަލަން ތަންކޮޅެއް ދުރުގައި މީހަކު ހުއްޓެވެ. އޭގެދެބަފައިން އޭނާގެ ކައިރިން ދާންފެށުމުން އޭނާ ބުންޏެވެ. ” މިތިބަދާ ދެ […]
يونس عليه السّلام يونس عليه السّلام އަކީ داوود عليه السّلام ޒަމާނަށްފަހުގައި ބަނީ އިސްރާއީލުބާގައިގެ މީސްތަކުންގެ ގާތަށް ފޮނުއްވުނު ނަބީބޭކަލެކެވެ.އެކަލޭގެފާނު މާތް ﷲ ގެ ރިސާލަތު ބަޔާންކޮށްދެއްވުމުގައި ދެމިހުންނެވީ عيسى بن مريم عليه السّلام ދުނިޔެއަށް ވަޑައިގެންނެވުމުގެ ކުރިންނެވެ. ++++++++++++++++++++ ނަންފުޅާއި ނަސަބުފުޅު ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ يونس بن متّى(ޔޫނުސް ބިން މައްތާ) އެވެ. މިނަންފުޅަކީ ޞައްޙަ ޙަދީޘުން ސާބިތުވާ ނަންފުޅެކެވެ. ގިނަ ޢިލްމުވެރިންގެ ބަހުގައި […]
ރިސާލަތު يحيى عليه السّلام ގެ ރިސާލަތާ ގުޅޭ މަޢުލޫމާތެއް ކީރިތި ޤުރުޢާނުން ލިބޭކަށް ނުހުރެއެވެ. ނަމަވެސް އެކަލޭގެފާނުގެ ރިސާލަތާ ގުޅޭ މަޢުލޫމާތު ބަޔާންކޮށްފައިވާ ޙަދީޘެއް ތިރުމިޒީގައި ރިވާވެގެންވެއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. ” މާތް ﷲ سبحانه وتعالى يحيى عليه السّلام އަށް ފަސްކަމެއް ކުރެއްވުމަށް އަމުރު ކުރެއްވިއެވެ. އަދި އެކަންތައްތައް ކުރެއްވުމަށް ބަނީ އިސްރާޢީލު ބާގައިގެ މީސްތަކުންނަށް ޢަމުރު ކުރެއްވުމަށްވެސް އެންގެވިއެވެ. ނަމަވެސް يحيى عليه السّلام […]
أمّ المؤمنين السّيّدة عائشة رضى اللّـه عنــها އަކީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ ޢިލްމުވެރި ކަމަނާއެވެ. އެކަމަނާއަކީ މުސްލިމުންގެ އެންމެ ފުރަތަމަ ޚަލީފާ أمير المؤمنين أبوبكر رضى اللّـه عنــه ގެ ލޮބުވެތި ދަރިކަނބަލުންނެވެ. އެކަމަނާގެ ޢިލްމުވެރިކަމާއި ބުއްދިފުޅުގެ ފުރިހަމަކަމުގެ ވާހަކަތަކަކީ އިސްލާމީ ތާރީޚު ދިރާސާ ކުރައްވާ ފަރާތްތަކަށް “މެންދުރުގެ އިރު” ފެންނަހެން ފާޅުވެ އެނގެން ހުންނަކަންކަމެވެ. أمّ المؤمنين السّيّدة […]