Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީމަޒުމޫނުދީނީ

މީހުން ފާޑު ނުކިޔާގޮތަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ.

Ali Ihsaan Level 210 Stories100 Login
July 26, 2018 2 Mins Read
3 Comments

އެއްފަހަރަކު، މުސްކުޅި މީހަކު އޭނާގެ ފިރިހެން ދަރިފުޅާއެކުގައި ބާޒާރަށްދާން ނުކުމެއްޖެއެވެ. އޭގެ ދެބަފައިން ބާޒާރަށް ދިޔައީ ބާޒާރުން ގަންނަތަކެތި ގެއަށް ގެންނަން ފަސޭހައަކަށް އެބައިމީހުން ގެންގުޅޭ ހިމާރުވެސް ގޮވައިގެންނެވެ. އޭތީގެ ބުރަކަށި މައްޗަށް ލައިގެން މުދާގެއާ ހަމައަށް ގެނައުމަށެވެ.

މުސްކުޅި މީހާ ދިޔައީ ހިމާރުގެ ލަގަނުގައި ހިފަހައްޓައިގެންނެވެ. އޭނާގެ ފަހަތުން އޭނާގެ ދަރިފުޅު އާދެއެވެ. އެ މަންޒަރު ބަލަން ތަންކޮޅެއް ދުރުގައި މީހަކު ހުއްޓެވެ. އޭގެދެބަފައިން އޭނާގެ ކައިރިން ދާންފެށުމުން އޭނާ ބުންޏެވެ. ” މިތިބަދާ ދެ މޮޔައިންނޭވެ. ބަލަގަ ހިމާރަކީ އޭގެ މައްޗަށް ސަވާރުވުމަށް މީހުން ގެންގުޅޭ އެއްޗެކެވެ. އެކަމަކު ކަލޭމެން ދެބަފައިން ތިޔަ ދަނީ ހިމާރުގެ ލަގަނުގައި ހިފައިން ހިނގާފައެވެ.”

އޭނާ އެހެން ބުނުމުން މުސްކުޅިމީހާ އޭނާގެ ދަރިފުޅު ހިމާރުގެ މައްޗަށް ސަވާރުކޮށްގެން ދަތުރުފެށިއެވެ. މިހެން ދަތުރު ކުރަމުންދަނިކޮށް އެމަންޒަރު ހިލޭ އަޖުނަބީއަކަށް ފެނިގެން ބުނެފިއެވެ. “ހިމާރު މައްޗަށް ސަވާރުވެގެން ތިޔައިން ފިރިހެން ކުއްޖާއަށް ވުރެ ކަންނެތް، އަދަބުކުޑަ ކުއްޖަކު އަހަރެން ނުދެކެމެވެ. އެހެންނާ، އޭނާ އަރާމުގައި ހިމާރުގެ ބުރަކަށި މަތީގައި އެއިންނަނީއެވެ. އޭނާގެ މުސްކުޅި އަޖޫޒު ބައްޕަ އެހެރަދަނީ ހިމާރުގެ ލަގަނުގައި ހިފައިގެން ހިނގާފައެވެ.”

މި އަޑު އިވުމުން އެ މުސްކުޅިޔާ އޭނާގެ ދަރިފުޅު ހިމާރުމަތިން ބާލައި އޭނާ އެ ހިމާރުގެ މައްޗަށް ސަވާރުވެއްޖެއެވެ. އޭގެ ދެބަފައިންނަށް މާދުރަށް ނުދެވެނީސް، ރަނބަހަލުވަން ތިބި ދެއަންހެނަކާ ދިމާވެއްޖެއެވެ. އޭގެ ތެރެއިން އެކަކު ދެން ހުރި އަންހެން މީހާއާ ދިމާލަށް ބުންޏެވެ. “އެތިބަ އަންނަ ދެމީހުންނަށް ބަލާށެވެ. އެ މުސްޅިޔާގަނޑު އެއަންނަނީ އޭނާގެ ދަރިފުޅުގެ އަތަށް ހިމާރުގެ ލަގަންދީގެންނެވެ. އޭނާގެ ދަރިފުޅު އެއަންނަނީ ރަތްދައްކާ އަވީގައި ހިނގާފައެވެ. މިވަރުގެ ގޮތް ކުޑަ ބަފަޔަކު އަހަރެންވާ ނުދެކެމެވެ.”

މިއަޑު އަހާފައި އެ މުސްކުޅިޔާ ގޮތް ހުސްވިކަހަލައެވެ. އޭނާ ވަރަށް ވިސްނުމަށްފަހު ނިންމީ އޭނާގެ ދަރިކަލުންވެސް އޭނާއާއެކު ހިމާރުގެ މައްޗަށް ސަވާރުކޮށްގެން ދަތުރުފެށުމަށެވެ. އޭގެ ދެކަލުން އެގޮތުގައި ދަތުރު ކުރަމުން ގެންދަނިކޮށް މުސްކުޅިވެ އަބަހައްދަވެފައިވާ މީހަކާ ދިމާވެއްޖެއެވެ. އޭނާއާ ހަމައަށް އާދެވުމުން ތެޅުވިގެންފައި އޭނާ ބުންޏެވެ. “ބަލަގަ ހިތެއްފިތެއް ރަޙްމެއްނެތް ދެމީހުންނެވެ. ކަލޭމެންގެ ހިމާރު އެވަނީ ކަލޭމެން ދެމީހުން ސަވާރުވުމުގެ ސަބަބުން ހިރިނުލެވޭ ވަރުވެފައެވެ.”

ދެން އޭގެ ދެކަލުން ބާޒާރަށްގޮސް ބޭނުންވާ ތެކެތިގަނެގެން ގެއަށް އައިސްފިއެވެ. ގެއަށް އައިސްފައި އެ މުސްކުޅިޔާ އޭނާ ދަރިފުޅަށް ނެޞޭޙަތްތެރިވަމުން އެބަ ބުނެއެވެ. ” އޭދަރިފުޅާއެވެ. މިއަދު މިކުރިމަތިލާންޖެހުނު ކަންތައްތަކުން ދަރިފުޅު ޢިބްރަތް ޙާޞިލުކުރަންޖެހޭނެއެވެ. އެ ޢިބަރަތަކީ އެންމެން ރުއްސަން އުޅޭ މީހާއަށް އެއްވެސް މީހެއްގެ ރުހުމެއް ނުލިބޭނެކަމެވެ. އަދި މީހަކު ފާޑުނުކިޔާ ގޮތަކަށް އެއްވެސް ކަމެއް ނުކުރެވޭނެކަމެވެ”

 

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ކާމިޔާބު (ފަހުބައި)

Next

އެދިގެން ތި ލޯތްބަށް މަލާއޭ..(ޓްރެއިލަރ)

Next
July 26, 2018

އެދިގެން ތި ލޯތްބަށް މަލާއޭ..(ޓްރެއިލަރ)

Previews
July 26, 2018

ކާމިޔާބު (ފަހުބައި)

3 Comments!

  1. Dandelion ? says:
    July 26, 2018 at 3:49 pm

    Yeah, Alhugandu kkyn mi vaahaka before you wrote it here..kyp it up dear…It was awesome…

  2. Dhishaa says:
    July 26, 2018 at 3:53 pm

    Nice……….

  3. cutie afuar says:
    November 10, 2018 at 7:35 pm

    varah ibraitheri
    keep up the work

Comments are closed.


All Right Reserved!