Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީދީނީ

ސަލާމްލެއްވި ޔޫނުސްގެފާނު 01

Ali Ihsaan Level 210 Stories100 Login
July 25, 2018 4 Mins Read
6 Comments

يونس عليه السّلام

يونس عليه السّلام އަކީ  داوود‎ عليه السّلام ޒަމާނަށްފަހުގައި ބަނީ އިސްރާއީލުބާގައިގެ މީސްތަކުންގެ ގާތަށް ފޮނުއްވުނު ނަބީބޭކަލެކެވެ.އެކަލޭގެފާނު މާތް ﷲ ގެ ރިސާލަތު ބަޔާންކޮށްދެއްވުމުގައި ދެމިހުންނެވީ عيسى بن مريم عليه السّلام ދުނިޔެއަށް ވަޑައިގެންނެވުމުގެ ކުރިންނެވެ.

++++++++++++++++++++

ނަންފުޅާއި ނަސަބުފުޅު

ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ  يونس بن متّى(ޔޫނުސް ބިން މައްތާ) އެވެ. މިނަންފުޅަކީ ޞައްޙަ ޙަދީޘުން ސާބިތުވާ ނަންފުޅެކެވެ. ގިނަ ޢިލްމުވެރިންގެ ބަހުގައި متّى އަކީ ޔޫނުސްގެފާނުގެ ބައްޕާފުޅެވެ. ބައެއް ޢިލްމުވެރިން متّى އަކީ يونس عليه السّلام ގެ މައިކަނބަލުންގެ ނަންފުޅުކަމުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް އެކަން އެއްވެސް ޞައްޙަ މަސްދަރަކުން ސާބިތުވެފައެއްނުވެއެވެ. އެހެންކަމުން ގިނަ ޢިލްމުވެރިން متّى އެއީ އެކަލޭގެފާނުގެ ބައްޕާފުޅުގެ ނަންފުޅުކަމުގައި ބުރަވެލައްވައެވެ. عبد اللّـه بن عبّاس رضى اللّـه عنه ގެ  އަރިހުން އަލް އިމާމުލް ބުޚާރީ ރިވާކުރައްވާފައިވާ ހަދީޘުން އެކަން ދޭހަވެއެވެ. عبد اللّـه بن عبّاس رضى اللّـه عنه  ވިދާޅުވެފައިވެއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވާފައިވެއެވެ.

‏ “‏ مَا يَنْبَغِي لِعَبْدٍ أَنْ يَقُولَ إِنِّي خَيْرٌ مِنْ يُونُسَ بْنِ مَتَّى ‏”‏‏.‏ وَنَسَبَهُ إِلَى أَبِيهِ‏.{صحيح البخاري}

މާނައީ: “އެއްވެސް އަޅަކު ތިމަންނައަކީ، يُونُس بْنِ مَتَّى އަށް ވުރެ ހޮޔޮކަންބޮޑު މީހެކޭ ނުބުނާށެވެ!” ހަދީޘުގެ ރާވީ ވިދާޅުވެފައިވެއެވެ. ރަސޫލާ صلى الله عليه وسلم، يونس عليه السّلام ގެ ނަންފުޅު، އެކަލޭގެފާނުގެ ބައްޕާފުޅުގެ ނަންފުޅާއި އެކު އެވަނީ ބަޔާންކޮށްދެއްވާފައެވެ.

ابن عاشور (އިބްނު ޢާޝޫރު) ވިދާޅުވެފައިވެއެވެ. يونس عليه السّلام ގެ ނަންފުޅަކީ ޢިބްރާނީ ނަންފުޅެކެވެ. އެބަހުގައި އެކަލޭގެފާނުގެ ނަންފުޅު ކިޔައިއުޅެނީ  يونان بن أمِتَّاي(ޔޫނާން ބިން އަމިއްތާ) މިހެންނެވެ.

يونس عليه السّلام ގެ ލަޤަބުފުޅުތަކުގެ ތެރޭގައި ذوالنون (ޛުންނޫން) އާއި صاحب الحوت (ސާހިބުލް ޙޫތު) ހިމެނެއެވެ. ابن عاشورވިދާޅުވެފައިވެއެވެ. ޔޫނުސްގެފާނަކީ މާތް ﷲ ބަނީ ޢިސްރާޢީލުންގެ ގާތަށް ފޮނުއްވި ރަސޫލުބޭކަލެކެވެ. އެކަލޭގެފާނު ފޮނުއްވުނީ ނައިނަވާގެ އަހުލުވެރިންގެ ގާތަށްށެވެ. ނައިނަވާ އަކީ އެޒަމާނުގައި ޢާޝޫރީންނޭ ކިޔުނު ދައުލަތެއްގެ ވެރިރަށް ކަމުގައިވެސް ބުނެވިގެންވެއެވެ.

މާތް ﷲ އެކަލާނގެ ކަލާމްފުޅުގައި يونسގެފާނުގެ ނަންފުޅު ހަތަރުފަހަރު ކަނޑައެޅިގެން يونس މިގޮތަށް އައިސްފައިވެއެވެ. އެއީ سورة النساء ގައާއި سورة الأنعام ގައާއި سورة يونس ގެ އިތުރުން سورة الصافات ގައެވެ.

++++++++++++++++++++

يونس عليه السّلام ދުނިޔޭގެ އަލިކަންދެކެވަޑައިގެންނެވީ މިހާރުގެ ޢިރާޤުގެ މޫޞަލްގެ ނައިނަވާގައެވެ. އޭރު ނައިނަވާގެ އަޙުލުވެރިންގެ ތެރޭގައިވަނީ އެބައިމީހުންގެ ގާތަށް ފޮނުއްވުނު ނަބީބޭކަލުން ބަޔާންކޮށްދެއްވި ރިސާލަތު ހަނދާންނެތިފައެވެ. އެބައިމީހުންގެ ތެރޭގައިވަނީ މާތް ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަން ކުރުމުގެ ނުބައި އާދަ އާއްމުވެފައެވެ.

يونس عليه السّلام އަކީ ނުހަނު ސާފު ފިތުރަތެއްގެ ވެރި ބޭކަލެކެވެ. އެކަލޭގެފާނު ސާފު ފިޠުރަތު އެކަލޭގެފާނު، ތުއްޕުޅުއިރު ފެނިވަޑައިގަންނަވަމުން ގެންދެވި ޝިރުކުގެ، އެއްވެސް ޢަމަލެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ހުރަސްއަޅައެވެ. އެކަންތަށްތަކަށް ނުހަނު ނަފްރަތު ކުރައްވައެވެ. މީސްތަކުން އެބައިމީހުން އަމިއްލަ އަތްތަކުން ކޮށައިމަށައިގެން ހަދާ ބުދުތަކަކީ ކަލާނގެތަކަށް ވާނީ ކިހިނެތްތޯ ހިތްޕުޅަށް އަރައިވަޑައިގަންނަވައެވެ.

يونس عليه السّلام ބޮޑުފުޅުވެ ފުރާފުރިހަމަވުމުން މާތް ﷲ އެކަލޭގެފާނަށް ނަބީކަމާއި ރަސޫލުކަމުގެ އަފޫރުއްބަ މަސްޢޫލިއްޔަތު ޙަވާލުކުރައްވާ ފޮނުއްވިއެވެ. ކީރިތި ޤުރުޢާނުގެ ޞާއްފާތު ސޫރަތުގެ 139 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَإِنَّ يُونُسَ لَمِنَ الْمُرْسَلِينَ ﴿١٣٩﴾

ހަމަކަށަވަރުން، يونس ގެފާނުވަނީ، رسول ންގެ ތެރެއިންކަން ކަށަވަރެވެ.

يونس عليه السّلام އަށް ރިސާލަތުގެ މަތިވެރި އަމާނާތް ޙަވާލުކުރައްވައި ފޮނުއްވުމުން އެކަލޭގެފާނު ނައިނަވާގެ އަޙްލުވެރިނަށް ދީނަށް ގޮވައިލެއްވުމުގައި މަސްޢޫލުވެވަޑައިގެންނެވިއެވެ.

ރިސާލަތު

ކީރިތި ޤުރުއާނުން يونس عليه السّلام ގެ ތައުޙީދުގެ ދައުވަތުގެ ގިނަ މަޢުލޫމާތެއް ލިބޭކަށްނެތެވެ. ނަމަވެސް ކޮންމެ ރަސޫލުބޭކަލަކާއި ނަބީބޭކަލެއް ފޮނުއްވުމުގެ ބޭނުމަކީ اللَّه އަށް އަޅުކަންކުރުމަށް ގޮވާލުމާއި  ބުދުތަކާ ދުރުހެލިވުމަށް އެންގެވުމެވެ. އެކަން ބަޔާން ކުރައްވާ ކީރިތި ޤުރުޢާނުގެ ނަޙްލު ސޫރަތުގެ 36 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.

وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ فَمِنْهُم مَّنْ هَدَى اللَّـهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ الضَّلَالَةُ ۚ فَسِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ ﴿٣٦﴾

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްމެ رسول އަކު ފޮނުއްވީމެވެ. އެއީ، اللَّه އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ. ފަހެ، اللَّه ތެދުމަގު ދެއްކެވި މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި މަގުފުރެދުން އެބަޔެއްގެ މައްޗަށް حق ވެގެންވީ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ. ފަހެ، ދޮގުކުޅަމީހުންގެ ނަތީޖާއޮތީ ކޮންފަދައަކުންކަން ތިޔަބައިމީހުން ދެކޭށެވެ!

އަދި ކީރިތި ޤުރުޢާނުގެ އަންބިޔާއު ސޫރަތުގެ 20 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدُونِ ﴿٢٥﴾

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ إله އަކު ނުވާކަމަށް އެބޭކަލަކަށް وحى ނުކުރައްވާ އެއްވެސް رسول އަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ!

މި ދެންނެވުނު ނަޙްލު ސޫރަތުގެ 36 ވަނަ އާޔަތާއި އަންބިޔާއު ސޫރަތުގެ 20 ވަނަ އާޔަތުން ދޭހަވާގޮތުގައި،ކޮންމެ ރަސޫލުބޭކަލަކާއި ނަބީބޭކަލަކުވެސް ފޮނުއްވެވީ މާތްﷲގެ މެނުވީ ހައްޤުވެގެން އަޅުކަން ކުރެވޭ އިލާހަކު ނެތްކަމަށް ބަޔާންދެއްވުމަށްށެވެ. ހަމައެކަނި މާތް ﷲ އަށް އަޅުކަން ޚާލިސްކުރުމަށް އެންގެވުމަށެވެ. އެހެންކަމުން يونس عليه السّلام ގެ ރިސާލަތުވެސް ބިނާވެގެންވާނީ މި ގިއުގަނޑުގެ ތެރެއިންކަން ދޭހަވެއެވެ.

ކީރިތި ޤުރުއާނުގައި ނަބީބޭކަލުންގެ ވާހަކަތަށް މާތް ﷲ ބަޔާންކުރައްވާފައިވާއިރު އެބޭކަލުންގެ ވާހަކަ ބަޔާންކުރައްވާފައިވަނީ މުޖުމަލުކޮންނެވެ. އެހެނީ ޤުރުޢާން ބާވައިލެއްވީ މީސްތަކުންނަށް ހުރި ހިދާޔަތެއްކަމުގައެވެ. ޢިބްރަތްތެރި ވާހަކަތަކުން ފިލާވަޅު ހޯދައި ދުންޔަވީ ހަޔާތް ބާއްޖަވެރިކުރުމަށްށެވެ. ތާރީޚީ ވާހަކަތަކެއް މީސްތަކުންނަށް ބަޔާންކޮށްދޭ ތާރީޚްފޮތެއްގެ ގޮތެއްގައެއް ނޫނެވެ. އެގޮތުން يونس عليه السّلام ގެ ހަޔާތްޕުޅާ ބެހޭގޮތުން މާތްﷲ މާގިނަ ވާހަކަތަކެއް ބަޔާންކޮށްދެއްވާފައި ނުވިނަމަވެސް އެކަލޭގެފާނުގެ ހަޔާތްޕުޅުން ޢިބްރަތެއް ހާޞިލުވާ މިންވަރަށް ބަޔާންކޮށްދެއްވާފައިވެއެވެ.

ކީރިތި ޤުރުއާނުގައި يونس عليه السّلام ނޫނަސް ގިނަ ނަބީބޭކަލުންގެ ވާހަކަތަށް ޖުމްލަކޮށް ބަޔާންކުރައްވާފައިވެއެވެ. ހަމައެކަނި އެބޭކަލުންގެ ނަންފުޅު ބަޔާންކުރެއްވި ނަބީބޭކަލުންވެސްވެއެވެ. ހަމައެފަދައިން ޤުރުއާނުގައި އެއްވެސް ވަރަކަށް އެބޭކަލުންގެ ވާހަކަ ބަޔާންނުކުރައްވާ ނަބީބޭކަލުންވެސްވެއެވެ. އެކަން މާތް ﷲ ގެ ވަޙީ ބަސްފުޅުން ދޭހަވެއެވެ. ކީރިތި ޤުރުޢާނުގެ ނިސާ ސޫރަތުގެ 164 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ.

وَرُسُلًا قَدْ قَصَصْنَاهُمْ عَلَيْكَ مِن قَبْلُ وَرُسُلًا لَّمْ نَقْصُصْهُمْ عَلَيْكَ ۚ وَكَلَّمَ اللَّـهُ مُوسَىٰ تَكْلِيمًا ﴿١٦٤﴾

ކުރިން އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވާފައިވާ رسول ންނާއި، ކަލޭގެފާނަށް އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކިޔައިދެއްވާފައިނުވާ رسول ން، ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. މެދުވެރިއެއްނެތި موسى ގެފާނަށް اللَّه ބަސް وحى ކުރެއްވިއެވެ.

يونس عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ދީނަށް ގޮވައިލެއްވުމުގައި ވަރަށް ގިނަ ދުވަސްތަކެއްވޭތު ކުރެއްވިއެވެ. އިމާމު ޤުރުތުބީ ވިދާޅުވާގޮތުގައި އެކަލޭގެފާނު ނުވައަހަރު ވަންދެން މާތް ﷲ ގެ ދީނަށް ގޮވައިލެއްވުމުގައި ހޭދަކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނަށް އެޤައުމުގެ އެއްވެސް މީހަކު ތަބަޢަވެ،އީމާނެއްނުވިއެވެ. އެހާ ދިގު މުއްދަތަކަށް މާތް ﷲ ދީނަށް ގޮވައިލައްވަމުން ގެންދެވިއިރުވެސް ނައިނަވާވެ އެއްވެސް މީހަކު މާތް ﷲ އަށް އީމާންނުމުން، އެކަލޭގެފާނު އެކަމާ ވަރަށް ބޮޑަށް ހިތްޕުޅާ ނުވާ ގޮތްވިއެވެ. އެކަލޭގެފާނު އެބައިމީހުން ދެކެ ވަރަށް ބޮޑަށް ކޯފާއިސްކުރެއްވިއެވެ. އެކަލޭފާނުގެ ކެތްތެރިކަން ކޮޅުންލައިގެންދިޔައެވެ. ކީރިތި ޤުރުޢާނުގެ ޤަލަމް ސޫރަތުގެ 48 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ.

اصْبِرْ لِحُكْمِ رَبِّكَ وَلَا تَكُن كَصَاحِبِ الْحُوتِ إِذْ نَادَىٰ وَهُوَ مَكْظُومٌ ﴿٤٨﴾

ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حكم ފުޅަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ބޮޑުމަހުގެ އެކުވެރިޔާ (އެބަހީ: يونس ގެފާނު) ފަދައިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! އެކަލޭގެފާނު، ބޮޑުވެގެންވާ ހިތާމައިގައިވާ حال، دعاء ކުރެއްވި ހިނދުގައެވެ.

މި ދެންނެވި ޤަލަމް ސޫރަތުގެ 48 ވަނަ އާޔަތުން މާތް ﷲ ގެ މަގުގައި ދީނަށް ގޮވައިލައްވާ ދާއީންގެ ކިބައިގައި ހުންނަ ޖެހޭ ވަރަށް މުހިއްމު ސިފައެއް ހާމަވެއެވެ. އެއީ ކެތްތެރިވުމެވެ. ކާފިރުންގެ ދުއްތުރާތަކާއި ބޯހަރުކަން ޤަބޫލުކޮށް އެބައިމީހުންނާ މެދު މާޔޫސްނުވެ، ސާބިތުވެ ހުރުމެވެ. މާތް ﷲ އަށް ވަކީލުކުރުމާއި އެކު އެކަލާންގެ ޙަޟްރަތުން ވާގިއެދުމެވެ. އެހެނީ މަޢުސޫމު ނަބީބޭކަލުންނަކަށްވެސް އެބޭކަލުން އެދިވަޑައިގަންނަވާ ބަޔަކަށް ތެދުމަގު ދެއްކެވުމުގެ ބާރެއްލިބިގެންނެއްނުވެއެވެ. އެބޭކަލުންނަށް އޮތީ މާތް ﷲ ގެ ދީން މީސްތަކުންނަށް ހަނދުމަކޮށްދީ ނަޞޭހަތްތެރިވުމެވެ. މާތްﷲ މިކަން ބަޔާންކުރައްވާ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ صلّى اللّـه عليه وسلّم އަށް ވަޙީކުރެއްވިއެވެ.

إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـٰكِنَّ اللَّـهَ يَهْدِي مَن يَشَاءُ ۚ وَهُوَ أَعْلَمُ بِالْمُهْتَدِينَ ﴿٥٦﴾{سورة القصص}

ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާހާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެތެވެ. އެހެނެއްކަމަކު، اللَّه، އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތެދުމަގު ލިބެނިވި މީހުން މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. (ނުނިމޭ)

++++++++++++++++++++

ޙަވާލާ

  1. ސްޓޯރީސް އޮފް ޕްރޮފެޓް ރަޝާދު އަޙްމަދު އަޒަމީ ދާރުއްސަލާމް
  2. ކީރިތި ޤުރުޢާނުގެ ދިވެހި ތަރުޖަމާ ރަޢީސް އޮފީސް
  3. ތަފްސީރު ޢިބްނު ކަޘީރު ޞަފިއްޔުއް ރަޙްމާނު މުބާރަކް ޕޫރީ

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

އަބަދުވެސް ލޯބި ދޭނަން….5

Next

“ހިތް” ލޭ ކޮށެވިފައި……13

Next
July 25, 2018

“ހިތް” ލޭ ކޮށެވިފައި……13

Previews
July 25, 2018

އަބަދުވެސް ލޯބި ދޭނަން….5

6 Comments!

  1. Dhishaa says:
    July 25, 2018 at 12:33 pm

    Adhi nuves kiyan …..jaxaakallah…..kiyalafa komenteh dheynan

  2. Dhishaa says:
    July 25, 2018 at 12:49 pm

    Jaxaakallah ….adhi nuves kiyan …..kiyaafa comenteh dheynan thanks

  3. Dandelion ? says:
    July 25, 2018 at 2:53 pm

    Varah furihama mi part,.Next part avahah up okhdheyne kamah heekuran..

  4. Snow says:
    July 25, 2018 at 8:26 pm

    Kiyaa hithun hutta nimijje. ❤️Jazakallah Khairan

  5. Aif says:
    July 26, 2018 at 1:24 pm

    Waiting for next part! U r doing a great job… keep it up

  6. saara says:
    August 15, 2018 at 2:34 pm

    galam surathuge 48 vana ayat nubai koh liyevifai othy
    rangalhu kurevvun edhen

Comments are closed.


All Right Reserved!