އިރާ ބ.ކަމަދޫއަށް ފުރީ ވަރަށް ފޮނި އުއްމީދާ އެކުގައެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އިރާ ވިސްނަމުން ދިޔައީ ބައްޕައާއި މަންމަ ހުނާނެ ގޮތަކާއި މެދުގައެވެ.ހިޔާލު ތަކުގައި ދެމައިންގެ ސޫރަ ކުރަހަމުން ދިޔަ އިރާ އިރު އިރު ކޮޅާ އުފަލުން ހީލައެވެ. ދުވެފަ ގޮސް ބައްދާގަންނާނީ ހެއްޔެވެ.؟ ނޫނީ ސަލާމް ކޮށްލަނީ ހެއްޔެވެ. އެތަކެއް ސުވާލު ހިތަށް ގެނަވަމުން ދިޔައެވެ. ރަށާ ކައިރި ވި ވަރަކަށް އިރާގެ ހިތުގެ ތެޅުން އަވަސް ވި އެވެ. ރަށުގެ ޖެޓީއަށް ފެރީ ކައިރި ކުރި އިރު ޖެޓިމަތީގައި […]
އެންމެ ހިނދުކޮޅަކަށް ވެސް ނަޒަރު މި ކުއެޖާއާއި ވަކި ނުވެހުރި ނިޔާ ސިއްސައިގެން ދިޔައީ ޒުވާނުން ގެ މަރުކަޒު ބާސްކެޓް ކޯޓުން ނުކުމެގެން އައި ޒުވާން ދެފިރިހެން ކުދިން މި ރީތި އަންހެން ކުއްޖާ ކައިރިއަށް މަޑު ކޮށްލުމުންނެވެ. ކުޑަ ކުޑަ ވަގުތު ކޮޅެއްގަ ނަމަވެސް ހިތަށް ގެނުވި ބަހާރު މޫސުން ގެއްލުނު ކަހަލައެވެ .ކުޅެވެމުން ދިޔަ ހިޔާލީ ލަވަ ހުއްޓި،ހޭލާ ހުރެ ދެކެވެމުން ދިޔަ ހުފެނަކީ ބިލާހެއްކަމަށް ހީކުރެވުނެވެ. މިޒާމާނުގައި މިހާ ރީތި އަންހެން ކުދިން ހުހަށް ތިބެދާނެ ކަމަށް ހީކުރެވުމަކީ ކުންހީ އެއްކަމަށް ނިންމިއެވެ. ވީ ފޫސެއްގެ ބޮޑުކަމުން ސޯޓް ޖީބުގައި އޮތް ފޯނު ނަގައިގެން ނަންބަރަކަށް ގުޅަމުން ބާސްކެޓް ކޯޓާއި ދިމާލަށް މިސްރާބު ޖެހިއެވެ. ނިޔާ ހިނގަމުން މި ކުއްޖާ ހުރި ތަން ފަސްދީ ފައި ދިޔައިރު މި ދެފިރިހެން ކުދިން ދައްކަމުން ދިޔަ ވާހަކަ އަޑު އިވި ނިޔާގެ ފިޔަވަޅު ހުއްޓުނެވެ. ކަންފަތުގައި ޖަހާފައި ހުރި ފޯނު ތިރި ކޮށްލަމުން މުށު ތެރެއަށްލާ ފިތާ ލެވުނީ އައި ސިނގު ރުޅި މައިތިރި ކޮށްލުމަށެވެ. ބޭ އިޙްތިޔާރުގައި ފަސްއެބުރި އެދިމާލަށް ދެވުނީ ނިޔާ އަޑުއިވުނީ ރަނގަޅަށް ތޯ ބެލުމަށެވެ. އެއްވެސް ޖެހިލުމެއް ނެތި މި އަންހެންކުއްޖާ އަށް ބަހުގެ ގޯނާ ކުރަމުން ދިޔަ ދެފިރިހެން ކުދިންނަށް ނިޔާ ފެނި ދުރަށް ހިނގާގަތެވެ. ނިޔާ ގެ މޫނުގެ ކުލަވަރު ހުރި ގޮތުން އެއީ މި އަންހެން ކުއްޖާއާއި ކޮންމެވެސް ގުޅުމެއް ހުރި މީހެއްކަން އިނގުނީ ކަން ޔަގީނެވެ. ނިޔާގެ މުއްކަވާލެފއިވާ އަތައް ބަލަމުން ، އެތަނުން ކަޅުކޮށް ހިކިކޮށް ހުރި ކުއްޖާ “ސޮރީ ބޮރޯ’ އޭބުނެ ދުރަށް ހިނގާ ގަތެވެ. ” ފިރިހެނަކަށް ވީތީ އެމީހުންގެ ފަރާތުން މާފަށް އެދެން” ބިރުން ގޮތް ހުސްވެފައި ހުރި އަންހެންކުއްޖާ އަށް ބަލަމުން ނިޔާ ބުނެލިއެވެ. ޖަވާބުގައި ނިޔާ ގެ މޫނަށް ބަލަން ހުރެ މި ކުއްޖާ ހީލިއެވެ. ކޮންފަދަ ރީތި ކަމެއްބާ އެވެ. އެންމެ ހީލުމަކުން ނިޔާގެ ހިތް މިކުއްޖާއަށް ފިދާ ވި ކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގި އިރު ކޮޅަކަށް ހުރުމަށްފަހު ނިޔާ އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ. ” މިީ ނިޔާ. ތީ ކޮންކުއްޖެއް؟ . ނިޔާ ސަލާން ކޮށްލުމަށް އަތް ދިއްކޮށްލިއެވެ. “މީ އިރާ. ތޭންކްސް”ލަދުރަކި ގޮތަކަށް ދިއްކުރި އަތުގައި ހިފާލަމުން އިރާ ބުނެލިއެވެ. […]
‘ދޭނަން ހިތާޖާނާ އާދެ ނުދެ ލޯބިވާ” އާތިފްގެ ނަލަ ނަލަ އަޑުން ކިޔަމުންދިޔަ ލަވަ، ނަކަލް ކުރަމުން މަޑު ދުވެލީގައި މަޖީދީ މަގުން ކާރު ދުއްވަމުން ދިޔަ ނިޔާ ގެ މިސްރާބް ހުރީ ޒުވާނުންގެ މަރުކަޒާ ދިމާލަށެވެ. އިރު އިރު ކޮޅާ ކާރުގެ ލޯގަނޑުންބަލައި އިލޮށިތަކެއްހެން މައްޗަށް ނެގިފައިވާ ފަންއިސްތަށިގަނޑު އަތުން ރަނގަޅުކޮށް ލަމުން އެއްމިޔަކުން ހީލައެވެ. އެނާ އަށް ލިބިފައިވާ ފުރިހަމަ ސިފަ ފެނުމުން ހުދު އަމިއްލަނަފުސު ވެސް ތައުރިފް ކުރާކަހަލަ އެވެ.އިވެމުންދިޔަ ލަވައިގެ އިނގޭ ބައެއް ކަޑިތައް ކިޔަމުން ބައެއް ކަޑިތަކަށް ރާގު ލައްވަމުން ދިޔަ ނިޔާގެ ސިކުނޑީގައި އެއްވެސް ހިޔާލެއް ފިކުރެއް ނެތްކަހަލައެވެ. ވާނީ ވެސް އެހެންތާ އެވެ. ނިޔާ އަކީ މާލޭގެނަން މަޝްހޫރު ވިޔަފާރި ވެރިޔާ މަުހައްމަދު ޖިހާދާއި އާލިފާގެ ދެ ލޮލުގެ ނޫރެވެ. މީގެއަހަރުތަކެއްކުރިން ޖިހާދުގެ އާއިލާ މެލޭޝިޔާއަށް ދިރިއުޅުން ބަދަލު ކުރީ ހަމައެކަނި ނިޔާގެ މުސްތަގުބަލަށްޓަކައެވެ. ވިޔާފާރި ޖިހާދުގެ ކޮއްކޮ ޖުނެއިދު އާ ހަވާލު ކުރުމަށް ފަހު ވޭތުވެދިޔަ 17 އަހަރު އެ ދެމެފިރިން މެލޭޝިޔާގައި ދިިރި އުޅުން ހޭދަ ކުރުމަށްފަހު އެނބުރި މާލެ އައީ ނިޔާ ކިޔަވަން ބޭނުންވި ވަރަށް ކިޔަވާ ނިމުމުންނެވެ. ނިޔާ އަކީ މިހާރު މާލޭގައި ހުރި އެންމެ ކުޅަދާނަ ވިޔަފާރި ވެރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބައްޕަގެ ވިޔާފާރިޔާ ހަވާލުވިފަހުން ނިޔާ ވަނީ އޭނާގެ އަމިއްލަ އުކުޅުގެ ބޭނުން ހިފައި މީގެ ކުރިން ވިޔާފާރި ކުރިނާރާ ވަރަށް ކުރި އަރުވާފައެވެ. ކޮންމެ މަސައްކަތެއް ކުރަން ޖެހުނަސް ނިޔާ އެކަމަކާ ކުރިމަތި ލަނީ ކެރިގެންނެވެ. ﷲގެ ރަހުމަތުން ކިތެއްމެ މުއްސަދި ދިރިއުޅުމެއް ލިބިފައި ހުއްޓަސް ނިޔާ އަކީ އެކަމާ ބޮޑާވެގަންނަ މީހެއް ނޫނެވެ. އެކުވެރިންގެ ގޮތުގައި ވެސް ހިޔާރު ކުރަނީ ވަކި ފަންތިއެއްގެ ބައެއް ނޫނެވެ. އެންމެންނަށް ވެސް އަޅާލާ އޯގާތްތެރި އެކެވެ. ލާ ހެދުމުގައިޔާއި ބޭނުން ކުރާ ސާމަނަކީ ހަމަ އެންމެ އާދައިގެ އެއްޗެސެވެ. […]
ދަރިފުޅުގެ އުމުރުން އަހަރަކަށް ވުރެ ބޮޑުވެފައިވާއިރު އެ ވިޔާނުދާ ޢަމަލުތައް ދެނެގަންނަން ނޭނގުނަސް ދަރިފުޅުގެ ލޮލަށް އެ ކަންކަން ފެންނާނެ ކަންކަށަވަރެވެ. އެއްވެސް ވަންހަނާކަމެއް ނެތި ދަރިފުޅުގެ ކުރިމަތީގައި ނަހަމަ އެތައް ކަމެއް ކުރާއިރު އެކަމުގެ ނުބައި އަސަރު އެއްވެސް ގޮތަކަށް ދަރިފުޅަށް ކުރުމަށް ޖާގަ ނުދިނުމަކީ އަހަރެންގެ ޒިންމާއެއް ކަމުން އެ ޒިންމާ އަދާ ކުރުމަކީ އަހަރެން ކުރަންޖެހޭނެ ކަމެއް ކަމުގައި އަހަރެން ގަބޫލް ކުރީމެވެ. އަދި އެޒިންމާ އަދާކުރުމުގައި ކިތަންމެ ބޮޑު އުނދަގުލެއް އުފުލަން […]
ރާޔާ ނިޔާމްއާ ދިމާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. ފައިތިލައިން ފެށިގެން ބޮލާއި ހަމައަށެވެ. ރާޔާގެ ދެ ލޯ ފެންކަޅިވިއެވެ. އެޔާއެކު ނިޔާމް އަށް ހިންދިރުވައިލެވުނެވެ. ހިކެމުން ދިޔަ ތުންފަތް ދުލުން ތެންމައިލެވުނެވެ. ގަދަކަމުންނެވެ. އެޔާއެކު ދެފަރާތަށް ބޯ ހޫރުވައިލައި ގޮނޑިއާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު ނިޔާމްގެ މޯބައިލް ފޯން ރިންގް ވާން ފެށިއެވެ. ބްރޯ ވަރަށް ކައިރިވެއްޖެ، މި ފެންނަނީ ހަމަ” އެހެން ބުނުމާއެއްކޮށް ނިޔާމް ފޯން ޖީބަށްލާ، އަވަސް އަވަހަށް އޮފީހަށް ދާން ހިނގައިގަތެވެ. “ހާދަ އިރެކޭދޯ ތިވަނީ އަންނަންވެސް” ނިޔާމް ސައިކަލް މަޑުކޮށްލުމާއެކު ޝާފީ ބުނެލިއެވެ. […]
ނިޔާމް އަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ނިޔާމް އޭނާގެ ދެ އަތުން ރާޔާގެ ބޮލުގައި ނިކަން ލޯބިން ފިރުމާލިއެވެ. ނިޔާމްގެ މޭގައި ރާޔާ ބޯއަޅާލައިގެން ރޮނީއެވެ. ނިޔާމް ރާޔާއާ ވާހަކަ ދައްކަން އުޅެއުޅެވެސް އެކަމެއް ވާގޮތެއް ނުވިއެވެ. ނިޔާމް ރާޔާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލިއެވެ. ނިޔާމް ގައިގައި ރާޔާ ބައްދައިގެން ހުރުމުގެ ސަބަބުން ނިޔާމް ވެސް ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. ނިޔާމް ރާޔާ އާއި ކުޑަކޮށް ދުރުވެލިއެވެ… އޭރުވެސް ވެހެމުންދިޔަ ވާރެއަކަށް ބަދަލެއް ނާދެއެވެ. ނިޔާމް ބަލަން ނުހުރެ ރާޔާ އެތެރެއަށް ވެއްދިއެވެ… އަދި އަލަމާރިން ތުވާއްޔަކާއި ހުދު ކުރުތާއެއް ނަގައި ރާޔާ އަތަށް ލަމުން ބުންޏެވެ. ” ރާޔާ! އަވަހަށް ހެދުން ބަދަލު ކޮށްލާ! ނޫނީ ހުން އަތުވެދާނެ” ރާޔާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ރާޔާ ކޮޓަރިއަށް ވަނުމުން ނިޔާމް ބަދިގެއަށް ވަދެ ދެތަށި ކޮފީ ހަދަން ފެށީ އެތެރެ ހައްޓަށް ހޫނުކަމެއް ލިބިދާނެ ކަމުގެ އުއްމީދުގައެވެ. އޭރުވެސް ނިޔާމްގެ ސިކުނޑީގައި ރާޔާގެ ހިޔާލުތައް ހުއްޓުމެއްނެތި ދަޢުރުވަމުން ދިޔައެވެ. ނިޔާމް ދެ ތަށި ކޮފީ ހިފައިގެން ސިޓިންރޫމަށް ނިކުތްއިރު ރާޔާ އިނީ ސޯފާގައި އިށީދެގެންނެވެ. އޭރުވެސް މޫނުމަތިން ފެންނަނީ މާޔުސްކަމާއި އެކަނިވެރިކަމެވެ. ” ހިނގާ ދޯ ކޮފީތަށްޓެއް ބޯލަން،” އެހެން ބުނެ ރާޔާ އަށް ކޮފީ ތަށި ދިއްކޮށްލަމުން ނިޔާމް ރާޔާއި ޖެހިގެން ހުރި ސޯފާގައި އިށީނެއެވެ. ރާޔާ ނިޔާމްގެ ހަރަކާތްތަކަށް ބަލަމުން ދިޔައީ ނިޔާމް އަށް ނޭގޭނޭހެން ވަރަށް ސިއްރުންނެވެ. ” […]
ހައިރާން ވެފައި އެތަށް އިރެއް ވަންދެން ރާޔާ ހުއްޓެއެވެ. ” ކަލޭ ކޮންތަނެއްތަ ތިބަލަނީ؟..” ޒުބޭދާ ރުޅިއައިސްފައިވާ ރާގަކަށް ރާޔާއާ ދިމާއަށް ބުނުމުން ރާޔާ ދުވެފައިގޮސް ކޮޓަރިއަށް ވަނެވެ…. މީހަކާއި އިނދެގެންހުރެ އަހަންނަާ އިނުމުގެ ބޭނުމަކީ ކޮބާ؟އެދުގައި އިށީދެގެން އިން ރާޔާ ހިތާހިތުން ބުނެލެެވުނެވެ. ރާޔާ ކޮޓަރިން ނުނިކުމެ އިންދާ ރޭނގަޑު ގަޑިން ނުވައެއް ޖެހީއެވެ… ” ރާޔާ…..ރާޔާ…؟ ” ޒުބޭދާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ދޮރުގައި ޖެހިލެއް ބާރު ކަމުން ހީވަނީ ހަމަ ދެންމެ […]
ހުއްޓުމެއްނެތި ވާރެ ވެހެމުން ދިޔައެވެ. އިންތިޒާރު ކުރަމުން ދިޔައީ އަބަދުވެސް އަޑު އިވުމަށް އެދޭ ލޯބި އަޑަށެވެ. 24 ގަޑި އިރު ވާހަކަ ނުދައްކާ ހުރުމަށްފަހު 12 ޖަހަން ކައިރި ވުމާއެކު ހަނީފް، ނަޒްމާއަށް ގުޅަން ފޯން ނެގީ ޑޭޓާ ވެސް ހުސްވެފަ ހުރުމާ އެކު އެ ލޯބިވާގެ އުފަންދުވަހުގެ ތަހުނިޔާ ކިއުމަށެވެ. ނަންބަރަށް ޑައިލް ކޮށްލުމާއެކު ރިންގް ނުވަނީސް ކަންފަތުގައި ޖެހުނީ އެހެން އަޑެކެވެ. ” ޔޫ ޑޯންޓް ހޭވް އިނަފް ބެލެންސް ޓު މޭކް ދިސް […]
ހަޔާތުން އެތަކެއްދުވަހެއް ވޭތުވެގެން މިދިޔައީ އަހަންނަށް، އަބަދުވެސް އިންތިޒާރީއެއްގައެވެ. އަހަރެން ބޭނުންވާ ލޯބިި ލިބޭނެ ދުވަހަކަށެވެ. ކުލުނާއި އަޅާލުން ލިބޭނެ ދުވަހަކަށެވެ. ދުނިޔެއަށް ލޯހުޅުވުނު އިރު އަހަރެންވަނީ އެހެންމީހެއްގެ މުށުތެރޭގައި ތާށިވެފައެވެ. އެހީތެރިކަމެއް، ދުލުން ބުނެލާ ބަހެއް އަޑުއިވޭ ބީރުކަންފަތްތަކެއް ދެމުންދިޔަ މާޙައުލެއްގެ ތެރޭގައި އަހަރެންގެ ހަޔާތް ބަރުބާދުވާން ދޫކޮށްލާފައިވާކަހަލައެވެ. އެއީ މީގެ ނުވަވަރަކަށް އަހަރުކުރިއެވެ. އަހަރެން ރަށުން މާލެއަށް އައީ ސްކޫލްކިޔެވުން ނިންމާ ކޯހަކަށް ތައްޔާރުވެގެންނެވެ. ތިމާގެ މީހެއްކައިރީގައި ހުރުމަށް މާލެ ބަދަލްވީއިރުވެސް އަހަރެންގެ އަމިއްލަ ޢާއިލާއިން ވަނީ އަހަރެން އެހެންމީހަކަށް ވެދުމަށް އަރުވާފައެވެ. އެއީ އަހަރެންގެ ޢާއިލާއާއި ތިމާގެ މީހެއް ކަމަށްވާ ޝަރީފްއެވެ. އޭރު އަހަރެންގެ އުމުރުން 17 އަހަރެވެ. ޝަރީފަށްވެސް އަހަންނަށްވެސް މަޢުލޫމާތު ދީފައިވަނީ އަހަރެން މިއީ އޭނަގެ މިލްކެއްކަމަށެވެ. ނަމަވެސް އަހަރެން އޭރުވެސް އަހަރެން މިގުޅުމާއި ދެކޮޅެވެ. އެއީ އަހަންނަށްވުރެ 15 އަހަރު ދޮށީ މީހެކެވެ. ޝަރީފަކީ އަހަރެންގެ ޢާއިލާއާއި ކިތަންގެ ގާތް އަދި ފައިސާވެރިއެއް ނަމަވެސް އަހަރެން އޭނައެއް ބޭނުމެއް ނޫނެވެ. އޭރު އަހަންނަކީވެސް ފުރާވަރަށް އަރަމުންދާ އެހެން އަންހެންކުދިންނެކޭ އެއްގޮތަށް އަހަރެން ގަޔާވާ އެހެން ބައިވެރިއަކަށް އިންތިޒާރުކުރަމުން ދިޔަ މީހެކެވެ. އަހަރެންވެސް ބޭނުންވާނީ އަހަރެންގެ ޒުވާން ވިންދުތައް ހޭލައްވާލާނޭ ހިތްއެދޭ ޒުވާނެއް ނޫންހެއްޔެވެ. ނަމަވެސް އަންހެނަކަށް ވެފައި އެހާ ޅައުމުރެއްގައި ޢާއިލާއިން އެފަދަ ބޮޑުނިންމުމެއް ނިންމި ނަމަވެސް، އަހަންނަށް މަޖުބޫރުވެފައިވަނީ ޢާއިލާގެ ނިންމުމަށް ބޯލަބައިގެން ކުރިއަށް ދިއުމަށެވެ. މާލެ ބަދަލްވުމާއި އެކުހެން ޝަރީފް ދިޔައީ އަހަންނާ ބައްދަލުކުރަމުންނެވެ. އަހަރެން ދިރިއުޅޭ ގެއަށްވެސް އައިސް އަދި މަގުމަތިންނާއި އެކު އަހަންނާއި ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދިޔައެވެ. ނަމަވެސް އަހަރެންނަށް ޝަރީފްަ އެދުވަސްކޮޅު ކިތަންމެ ރަގަޅުހެން ހީވި ނަމަވެސް އަހަރެން އޭނަގެ އެއްވެސް އިޝާރާތަކަށް މަރުޙަބާ ކިޔުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅެމެވެ. އަހަރެން ދިރިއުޅުނު ގޭގެ މީހުންވެސް އެކަމާއި ދެކޮޅެވެ. އަހަރެންގެ ޢާއިލާއިން ލިބިފައިވާ ބޮޑު އިތުބާރާއި އެކު އޭނަވެސް ހުންނަނީ އަހަރެންގެ މައްޗަށް ވަރަށްވެސް އަތްގަދަކޮށްފައެވެ. އެއްދުވަހެއްގައި އަހަރެން ރައްޓެއްސަކާއި އެކު ކާރެއްގައި ކްލާސްއަށް ދާންވެގެން ދިޔަކަން އެގުމުންވެސް، އަހަރެން އުޅެނީ އެކާރު ދުއްވި ކުއްޖާއާއި ހިތާވެގެންނޭ ކިޔާ އަހަރެންގެ މޫނު މަތީގައި ޖަހާފައިވެއެވެ. މިއީ އަދި އަހަންނާއި ނުއިންނަނީސް އޭނަގެ އަނިޔާވެރިކަން ހުރި ހިސާބެވެ. އަހަރެން މިވާހަކަ އަހަރެންގެ މަންމަމެން ކައިރީ ބުނުމުން އެމީހުން ނިންމީ އެއީ އަހަރެން ގޯސްމަގަކުން ގޮސްދާނެތީ އޭނެ އެޅި ހަރުދަނާ ފިޔަވަޅަކަށެވެ. ފަހަރެއްގައިވެސް އެފަދަ މީހެއްގެ އަތްމައްޗަށް ދޫކޮށްލުމުން އަހަންނަށް ލިބިދާނެ ނިކަމެތި ކަމަކާއި އަންނާނެ އުނިކަމަކަށް ވިސްނާފައެއް ނުވެއެވެ. ޝަރީފްއާއި އޮންނަ ގުޅުން ކުޑަކޮށް، ހުސްވަގުތުތައް މަދުކުރުމަށް އަހަރެން ޕާރޓްޓައިމްކޮށް ވަޒީފާއަކަށް ދިއުމަށް ނިންމާ ދާންފެށީމެވެ. އަދި މިގޮތަށް އުޅުމުގެ ތެރޭގައި އަހަންނަށް އަހަރެން ގަޔާވާކަހަލަ ކުއްޖަކާއި ދިމާވިއެވެ. އެއީ މަފާޒެވެ. މަފާޒު އަހަންނަށް އޭރު ކިތަންމެ ހާވެސް ރަގަޅެވެ. އެހެންނަމަވެސް އަހަރެން ޝަރީފްގެ ވާހަކަތަކާއި ކަންކަން މަފާޒަކަށް ކިޔައެއް ނުދެމެވެ. ޝަރީފް އެއީ އަހަރެންގެ ހަޔާތުގެ ބައެއްކަމަށް އަހަރެން އޭރު ޤަބޫލްކުރަން ބޭނުންނުވާތީއެވެ. މަފާޒާއި އެކު އަހަރެންގެ އުނިވެފައިވާ ލޯތްބާއި އިޙްސާސްތަށް ކިތަންމެ އުދަގުލުން ނަމަވެސް ލިބެމުންދިޔަކަން އަހަރެންނަށް އިޙްސާސް ވަމުންދިޔަައެވެ. ނަމަވެސް އަހަންނާއި މަފާޒާ ދެމީހުން ބިނާކުރަމުންދިޔަ ލޯބީގެ ގަނޑުވަރުގެ އިންފާރުތަކާއި ހިސާބުން އެކަން ފަޅާއެރިއެވެ. އަހަރެން ވަޒީފާއަށް ގެނެސް ގެންދިއުމަށް މަފާޒު އަންނަމުން ދިޔަކަން ޝަރީފަށް ފެނި އެކަން އަހަރެންގެ އާއިލާއަށް ރިޕޯޓްކުރިއެވެ. ވަގުތުން އަހަރެންގެ ބައްޕައާއި ދޮންބެ މާލެއަށް އައީ ޖަހާލި ވިދުވަރެއް ފަދައިންނެވެ، ޝަރީފުގެ ހިޔާލާއި އެއްގޮތަށް އޭނަގެ ޙަރަދުގައި އަހަރެން އުޅުނު ގެއިން ނެރެގެން ގެސްޓްހައުސްއަކަށް ބަދަލްކުރިއެވެ. އަހަންނަށް އެއްވެސް ތަނަކަށް ދިއުމަށް ހުރަސް އަޅާ އަހަރެންގެ ވަޒީފާއާއި ކޯސް ހުއްޓުވާލިއެވެ. އަދި ހަމަ އެގޮތަށް މާގިނަ ދުވަހެއްނުވެ އަހަންނާއި ޝަރީފް އާއި ދެމީހުންގެ ކައިވެނި ކުރުވިއެވެ. އަހަރެންގެ ޒަވާޖީ ޙަޔާތް ފެށިގެންދިޔައީ އަހަރެން އެކަމަށް އެވެސް ތައްޔާރީއެއް ނުވެ، އަދި އެކަމާއި ދެކޮޅުން ހަދަމުން ދަނިކޮށެވެ. އެކަމަކު އެވަގުތު އަހަރެންނަށް ފިލައިގެން ދެވެންވެސް ނެތެވެ. އަހަންނަކީ އޭރު އަދި މައިންބަފައިންގެ ބަނޑުދަށުން ނުނުކުމިހުރި ކުއްޖެކެވެ. މައިންބަފައިން އަހަރެން ނެރެ އެދޫކޮށްލީ އަހަރެންގެ އުފާތަކަށް، އިޙްސާސަކަށް އެއްވެސް ބެލުމެއްވެސް ނެތިތާއެވެ. އެހާދުވަހު އެހާލޯބިން ބަލާ ބޮޑުކުރުމަށްފަހު ދެން އެފަދަގޮތަކަށް ޢަމަލްކުރުން އެއީ އަހަންނަށް ޤަބޫލްވެސްކުރަންދަތިކަމެކެވެ. ނަމަވެސް އެމީހުންގެ ޚިދުމަތަށާއި، ނިންމުމަށް އަހަރެން އިޙްތިރާމްކުރަމުން މުޅި ހަޔާތް ބަރުބާދުވިޔަސް ހެޔޮކަމަށް ހިތާ އެއްވެސް އަލިކަމެއް ނެތް އަނދިރިގަނޑަކަށް ފުންމާލީ އޭގެ ފުންމިންވެސް ނޭގޭ ހާލުއެވެ.. ޝަރީފް އަހަންނާއި ކައިވެނިކޮށްގެން އުޅުނީ އަހަރެން ކޮއްޓަކަށްލައިގެންނެވެ. ބައެއްފަހަރު ވަރަށް ރަގަޅުހެން ހީވި ނަމަވެސް އޭނަގެ އަނިޔާވެރިކަން ދުވަހުން ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. ރުޅިވެރި “މޫޑެއް” ގައި މެނުވީ އޭނަ އަކަށް އަކަށް އަހަންނާއި ކުރިމައްޗެއްނުލެވެއެވެ. ފަހަރެއްގައި އަހަރެން މަފާޒާއި ގުޅުމުން އޭނަ އަށް އަހަރެން އޭނަ ބޭނުންނުވާނެކަން އެގުމުން އެގޮތަށް ކަންތައް ކުރާ ކަމަށްވެސް ވެދާނެއެވެ. ލޯތްބާ އަލާލުމާއި، އެހީތެރިކަމާއި، މަދަދުން މަޙްރޫމްވެ މުޅި ދުނިޔެއިން އަހަރެން އިނީ ބާކީވެފައެވެ. އަހަރެންގެ ވަށައިގެން އަހަންނަށް ފެންނަމުންދިޔައީ ނާއުއްމީދާއި ބަރުބާދީއެވެ. އަހަރެންގެ ބަރުބާދީއަށް އަހަރެންގެ ޢާއިލާ އުފާކުރަންޖެހޭ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނެއެވެ. ގޭގައި ހުރެގެން “ގެވެށި އަނިޔާ” ލިބެމުން ދިޔަ އިރު އަހަންނަށް ފަރުވާއެއް ދޭނޭ އެއްވެސް އަތެއް އަހަންނަށް މިދުނިޔެއިން ނުވިކަހަލައެވެ. އެހެންނަމަވެސް ކެތްތެރިކަމާއި އެކު އަހަރެން މަޑުކުރީ މިނޫން ދުވަހެއް މިންވަރުކުރައްވަނެކަމަށް ހިތުތެރޭގައި އުފެދެމުންދިޔަ އިޙްސާސްތަކާއި އެކުއެވެ. އެއްވެސް ހަމަޖެހުމެއް ޝަރީފްއާއި އެކު އަހަންނަކަށް ނުހޯދުނެވެ. ކޮންމެ ކަމެއްގައިވެސް ދިމާވީ މައްސަލައެވެ. 9 އަހަރަށްވުރެ ގިނަ ދުވަހު އަހަރެން މިގޮތަށް މި ހޭދަކުރީ ވަރަށްވެސް ކެތްތެރިކަމާއި އެކުއެވެ. އަހަރެންގެ ދެ ދަރިން ތިބި އިރު އެމީހުންނަށްވެސް އަޅާލުމާއި ލޯތްބެއް ޝަރީފްގެ ފަރާތުން ނުފެނެއެވެ. ޝަރީފްގެ އާއިލާގެ އެހީތެރިކަން އަހަންނަށް ލިބުނު ނަމަވެސް ޝަރީފްގެ ހަރުކަށިކަން އެގޮތުގައި ދެމިއޮތެވެ. އަހަރެންގެ ބަސް އަހަރެންގެ ބަސް ޤަބޫލްނުކުރި ނަމަވެސް އަހަރެން ދިރިއުޅޭ ގޭގެ މީހުންގެ ފަރާތުން ލިބުނު މަޢުލޫމާތުން އެކަން އަހަރެންގެ މައިންބަފައިން ބެލިއެވެ. އަދި އެކަން ކަށަވަރު ވުމުން އަހަރެންގެ މަންމަމެން އަހަރެންކައިރީ އެދުނީ ޝަރީފްއާއި ގުޅުން ކަނޑާލުމަށެވެ. ނަމަވެސް އޭރު ވަރަށް ގިނަ ވަގުތުތަކެއް ވަނީ ފާއިތުވެގެން ގޮސްފައެވެ. އިއާދަ ނުކުރެވޭނެ އެތަކެއް ގެއްލުމެއް ވަނީ އަހަރެންގެ ދިރިއުޅުމަށް އައިސްފައެވެ. މައިންބަފައިންގެ އެހީތެރިކަމާއި އެކު މިއަދު އަހަރެން މިހިރީ އަހަރެންގެ ދަރިންނަށް ހެޔޮގޮތް ހޯދައިދީ އަހަންނަށް ލިބޭ އަނިޔާތަކާއި ދެކޮޅަށް ނުކުމެއެވެ. ހަމަގައިމުވެސް އަހަރެންގެ ދަރިންނަށް އަހަންނަށް ލިބުނު ހިތްދަތިކަން އެގޮތުގައި ލިބުނަކަ ނުދޭނަމެވެ. އަހަރެންގެ ހަޔާތުގެ އަނދިރިފަރާތް އެއްފަރާތްކުރުމަށްފަހު ކުރިއަށްދާނޭ މަގެއްއަހަރެން މިދަނީ ކޮށަމުންނެވެ. އެތައްފަހަރަކު ކޯޓަށް ގޮސްފީމެވެ. ޙައްލުކޮށްގެން ކުރިއަށް ދިއުމަށް ކޯޓުން ކިތަންމެ ފަހަރަކު ލަފާދިންނަމަވެސް، ޙައްލުނުވެއެވެ. އަދި މިގޮތަށް އަހަންނަކަށް ކުރިއަކަށް ނުވެސް ދެވޭނެއެވެ. އަނެއްކާވެސް އަހަރެންވާނީ ކޯޓުގެ ދޮރުގައި މިކަމުގެ ނިމުމަކަށް އެދި ޓަކިޖަހާފައެވެ. މިއީ އަހަރެންގެ ހަޔާތްެވެ. އަހަރެން މި ހަޔާތްކުރިއަށްގެންދަން ބޭނުންވަނީ އަހަރެންގެވެސް ޙިއްސާ އޮވެގެން، އަހަރެންގެވެސް އިޙްތިޔާރުތަކާއިއެކުއެވެ. އަހަންނަށް މިއަށްވުރެ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ހޯދުމުގެ ޙައްޤު ލިބިގެން ނުވޭހެއްޔެވެ. (ނިމުނީ)