Skip to content
އެސްފިޔަ

މޮޔަ ހިތް….

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

އަހަރެން ފޯނު ނަގައި ގަޑި ބަލައިލީމެވެ. ގަޑިން 2 ޖެހީއެވެ. އަދިވެސް ލަޔާންއެއް ގެޔަކަށް ނާދެއެވެ. އޮފީހުގައި ކިތަންމެ ބުރަ ވިޔަސް 12ގެ ކުރިން ލަޔާން ގެޔަށް އަންނާނެއެވެ. ކިރިޔާހެން ލަސްވިޔަސް އޭނާ އަހަންނަށް ގުޅާނެއެވެ. އަހަރެން އެނދުން ތެދުވީމެވެ. ކުޑަދޮރުން ބޭރުވެސް ބަލައިލީމެވެ. ނަމަވެސް ލަޔާން ގެޔަށް އައި ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އަހަރެން އަނެއްކާވެސް ފޯނު ނެގީމެވެ. މިފަހަރު ގަޑި ބަލާކަށް ނޫނެވެ. ލަޔާންއަށް ގުޅާންށެވެ.

5 ވަރަކަށް ފަހަރު އަހަރެން ގުޅީމެވެ. ނަމަވެސް ފޯނު އޮންނަނީ ނިއްވާލާފައެވެ. އަހަރެންގެ ހިތް ނުބައި ގޮތަކަށް ތެޅޭހެން ހީވާން ފެށިއެވެ. އަނެއްކާ ލަޔާންއަށް ކަމެއް ވީ ބާއެވެ؟ ލަޔާން ފޯނު ނިއްވާލައިގެން އެކުރަނީ ކީއް ހެއްޔެވެ؟ އަހަރެން ކުޑަ ދޮރު ކައިރީ މަޑު ކޮށްގެން ހުރީމެވެ. ލަޔާން އާދޭތޯއެވެ. ބައެއް ފަހަރު އޮފީހަށް ދާން ވިއްޔޭވެސް ހިތަށް އަރައެވެ. އެހައިވެސް އަހަރެން ހުރީ ކަނބޮޑުވެފައެވެ.

ކުއްލިއަކަށް އަހަރެންގެ އަތުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ކާކުތޯ ބެލުމެއް ނެތި އަހަރެން ފޯނު ނެގީ ލަޔާން ކަމަށް ހީކޮށްށެވެ. ” ސުމާ.. ވަރަށް އަވަހަށް ހޮސްޕިޓަލަށް ދާން ރެޑީ ވެބަލަ. އަހަރެން އެބަ ދަން ސުމާ ބަލާ. ލަޔާން އެބަ އޮތް ހޮސްޕިޓަލްގަ..” އިވުނީ ލަޔާންގެ އޮފީސް ކުއްޖެއް ކަމުގައިވާ ހަމީދުގެ އަޑެވެ. އަހަރެންގެ ހިތްއަވަސް ވިއެވެ. ނޭވާވެސް ކުރުވާހެން ހީވާންފެށިއެވެ. ލާޔާންއަށް ކިހިނެއްވީތޯ ސުވާލު ކުރެވެން ފެށިއިރުވެސް ހަތަރެސްފައި ރޫރޫ އަޅައެވެ. ނަމަވެސް އަހަރެންގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި ހަމީދު ފޯނު ބާއްވައިފިއެވެ.

އަހަރެން އަވަސް ގަތީމެވެ. ލައިގެން ހުރި ނައިޓީ ބަދަލު ކޮށްލީމެވެ. އަދި އަލަމާރިން ބުރުގަލެއް ނަގައި އިސްތިރިވެސް ނުކޮށް އަޅައިލީމެވެ. އަވަސް އަވަހަށް ސިޑިން ފޭބިއިރު ހަމީދު ސައިކަލުގައި އައިސް ހުއްޓެވެ. އަހަރެން ބާރަކަށް ގޮސް ސައިކަލު ފަހަތުގައި އިށީނދެލުމުން ހަމީދު ސައިކަލު ދުއްވާލިއެވެ.

” ކިހިނެއްތަ ވީ ލަޔާންއަށް؟ ހަމީދު މަށާ ސަކަރާތް ޖަހަނީ ދޯ؟ އަސްލު ބުނެބަ. ކުޑަކުޑަ އެންޖަރީއެއް ވީދޯ؟” ހިތް އަވަސްވެފައިވާ އަހަންނަށް އެއްފަހަރާ އެތައް ސުވާލެއް ކުރެވުނެވެ. “ލަޔާން އެކްސިޑެންޓެއް ވީ. ބޮއިގެން ތިބެ ދުއްވަމުން ދިޔަ ސައިކަލަކާއި ޖެހިގެން” ހަމީދުގެ ޖަވާބު އަހަރެންގެ ކަންފަތާއި ހަމައަށް ދަތުރު ކުރީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ހަމީދުގެ އަޑު އަހަންނަށް އިވުނީ ނާއުންމީދީ ގޮތަކަށްށެވެ.

ސައިކަލް ހޮސްޕިޓަލް ކައިރީގައި ޕާކް ކުރި އިރުވެސް އަހަންނަށް ހުރެވުނީ ހުއްޓުން އަރާފައެވެ. އަހަންނަށް ހަމަ ހޭވީ ހާމިދު ދެތިން ފަހަރަކު އަހަރެންގެ ގައިގާ ޖަހާލުމުންނެވެ. އަހަންނަށް ދުއްވައިގަނެވުނެވެ. އެމަރޖެންސީ ރޫމާއި ދިމާލަށްށެވެ. އެހިނދު ކުރިމަތިން ފެނުނު މަންޒަރުން އަހަރެންގެ ހިތް އަތަށް ނައީ ކިރިޔާއެވެ.

ސުބްހާނައްﷲ އެވެ. އަހަރެންގެ ލަޔާންއަށް ބަލައިލާށެވެ. ހޯސްލާފައި ލޭތައް އަނގައިން ފާބަނީއެވެ. ލަޔާންގެ ހިތްވެސް ހުއްޓެނީއެވެ. ނަރުހުންނާއި ޑޮކްޓަރުންވެސް ތިބީ ހަދާނެ ގޮތް ހުސްވެފައެވެ. އަހަންނަށް އަނގަ މަތީ އަތް އަޅައިލެވުނެވެ. އަޑުން އަޑު ނަގާފައި ރޮއެ ގަނެވުނެވެ. އެވަގުތު މިއީ ހުވަފެނަކަށް ވުމަށް އެދި އެތައް ފަހަރަކު ދުއާ ކުރެވުނެވެ.

 

ކޮންމެސް މީހަކު އަހަރެންގެ ލަޔާން ސަލާމަތް ކޮށްދޭށެވެ. އޭނަ އެޔޮއް މަރުވަނީއެވެ. ހެޔޮ ނުވާނެއެވެ. އަހަންނާއި ލަޔާން ވަކި ނުކުރާށެވެ. އަހަރެން މަރު ވެދާނެއެވެ. މޮޔަ ވެދާނެއެވެ. ދީވާނާ ވެދާނެއެވެ. އަހަރެންގެ ކުއްޖާ ޔަތީމް ވެދާނެއެވެ. ބައްޕައެއްގެ ލޯބިން އެ މައުސޫމް ފުރާނަ މަހުރޫމް ވެދާނެއެވެ. އާދެސް ކުރަމެވެ. ކޮންމެސް މީހަކު ލަޔާންއަށް އެހީވާށެވެ. އަހަރެންގެ ހިތް ގޮވަން ފެށިއެވެ. ނަމަވެސް މިއިން އެންމެ ބަހެއްވެސް ދުލާއި ހަމައަކަށް ނައެވެ.

އަހަރެންގެ ހެޔަށް ގޮތް ވާހެން ހީވިޔެވެ. ގައިން ވަރު ދޫވެ ވެއްޓޭހެން ހީވިޔެވެ. ދެން ވީ ގޮތެއް އަހަންނަކަށްވެސް ނޭނގެއެވެ.

އަހަރެންގެ ދެލޯ މަޑުމަޑުން ހުޅުވުނެވެ. އެންމެ ފުރަތަމަވެސް ފެނުނީ ލަޔާންއެވެ. އަތުގައި ބޮޑު ޕްލާސްޓަރ ގަނޑެއް އަޅައިގެން ހުރި އިރު އޭނާ ހުރީ ހިނިތުންވެލައިގެންނެވެ. ” ލަޔާން. އިނގޭތަ؟ ލަޔާންގެ އަނގައިން ލޭ …. އަހަރެން ދެކުނީމޭ.. ލަޔާން ހިތްވެސް…” އަހަންނަށް ކިޔޭ ނުކިޔޭއެއް އެއްޗެއް ނޭނގުނެވެ. ސިކުނޑީގައި އަދިވެސް ހަރުލާފައި ވަނީ ލަޔާން މަރަށް ތެޅޭ މަންޒަރެވެ. ” ސުމާ.. އެއީ އަހަންނެއް ނޫނޭ. އެއީ އަހަންނާއިއެކު އެކްސިޑެންޓްވި ބޮއެގެން ހުރި މީހާ. އެމީހާ މަރުވެއްޖެ. ނަސީބަކުން މަށަކަށް އެހާ ބޮޑު ވަރެއް ނުވޭ. މަ މިހިރީނު ސުމާ ކުރިމަތީގަ. ނުވެޔެއްނު މަށަކަށް އެއް ގޮތެއްވެސް.” ލަޔާން އަހަރެން ބޮލުގައި ހިފަހައްޓާލަމުން ވީ ގޮތް ކިޔައި ދިނެވެ.

އަހަރެން ވީ އުފާ ބުނެދޭންވެސް ނޭނގެއެވެ. މާތް ﷲއަށް ހަމްދު އެޅުނު އަދަދެއްވެސް ނޭނގެއެވެ. އެފަހަރު އަނގައިން ލޭބައިލަމުން ދިޔައީ ލަޔާން ކަމުގައި ވީނަމަ އަހަރެން ދީވާނާ ވީހެވެ. އާވާރާވީހެވެ. ގުރައިދޫ މޮޔަ ކޮށީގައި އުޅޭ އެންމެ މޮޔަ މީހާއަށް ވީހެވެ. ލަޔާންއަކީ އަހަރެންގެ އެއްބަޔެވެ. އޭނަޔަށް ގެއްލުމެއް ވެއްޖިއްޔާ އަހަރެންގެ ހިތް މޮޔަ ވާނެއެވެ.

Comments (16)

  1. Kiyaa

    Heevey reethi vaane hen

  2. khajja

    Haadha kurey stry ??? mi site mihaarugenesdhey gina stry thakuge haalathaky miee wen nxt avahah up kollachchey❤

  3. yaanaa

    Guys it’s finished!

  4. Ayshu

    This is jxt a short storyy… Thnkxxx 2 u all… I will be with a new one soon Insha allah..

  5. maroon

    Is it me or does anyone see a form sort of thing when you open this story?

    1. Adha?
      maroon

      Ya.. alhugandah ves fenun…. mi stry nimunytha mi?

    2. song joong ki..KOREAN
      maroon

      i 2 saw it, maroon n Adha,,actually, why its like that?? mi nimunytha vaahaka????

    3. maroon
      maroon

      Yh story nimijje kamah writer bunefa othy…neyge koahcheh kameh…

    4. song joong ki..KOREAN
      maroon

      ohh. ehendhw.

  6. Anonymous

    Galhi story eh.vaanuvaa eh neyngey aslaku.

    1. Anonymous 2
      Anonymous

      Galhi meehunnah huriha ehchehvx galhi vaane.. LOL

    2. LOL
      Anonymous

      galhi toa

  7. Aishath

    For ur kind information…guraidhoo ga hunnany haassa ehy ah beynun vaa myhunge markazeh…moya kohteh noon…n ethanuge name aky

  8. Ish

    Ok dhw dhn

  9. Nas?

    And for u t kind information
    Eiy moya meehun gendha thaneh so??

  10. Someone

    Kiyun therin vahaka narrate koh dhinyma vahaka liyedhenthw?

Comments are closed.