Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ކެހިވެރި ދުނިޔެ
ހަޤީޤީހިތާމަލޯބި

ކެހިވެރި ދުނިޔެ – ދެވަނަ ބައި

fola Level 1
October 15, 2017 3 Mins Read
10 Comments

އެންމެ ހިނދުކޮޅަކަށް ވެސް ނަޒަރު މި ކުއެޖާއާއި ވަކި ނުވެހުރި ނިޔާ ސިއްސައިގެން ދިޔައީ ޒުވާނުން ގެ މަރުކަޒު ބާސްކެޓް ކޯޓުން ނުކުމެގެން އައި ޒުވާން ދެފިރިހެން ކުދިން މި ރީތި އަންހެން ކުއްޖާ ކައިރިއަށް މަޑު ކޮށްލުމުންނެވެ.

ކުޑަ ކުޑަ ވަގުތު ކޮޅެއްގަ ނަމަވެސް ހިތަށް ގެނުވި ބަހާރު މޫސުން ގެއްލުނު ކަހަލައެވެ .ކުޅެވެމުން ދިޔަ ހިޔާލީ ލަވަ ހުއްޓި،ހޭލާ ހުރެ ދެކެވެމުން ދިޔަ ހުފެނަކީ  ބިލާހެއްކަމަށް ހީކުރެވުނެވެ. މިޒާމާނުގައި މިހާ ރީތި އަންހެން ކުދިން ހުހަށް ތިބެދާނެ ކަމަށް ހީކުރެވުމަކީ ކުންހީ އެއްކަމަށް ނިންމިއެވެ. ވީ ފޫސެއްގެ  ބޮޑުކަމުން  ސޯޓް ޖީބުގައި އޮތް ފޯނު ނަގައިގެން ނަންބަރަކަށް ގުޅަމުން ބާސްކެޓް ކޯޓާއި ދިމާލަށް މިސްރާބު ޖެހިއެވެ. ނިޔާ ހިނގަމުން މި ކުއްޖާ ހުރި ތަން ފަސްދީ ފައި ދިޔައިރު މި ދެފިރިހެން ކުދިން ދައްކަމުން ދިޔަ ވާހަކަ އަޑު އިވި ނިޔާގެ ފިޔަވަޅު ހުއްޓުނެވެ. ކަންފަތުގައި  ޖަހާފައި ހުރި ފޯނު  ތިރި  ކޮށްލަމުން  މުށު  ތެރެއަށްލާ ފިތާ ލެވުނީ އައި ސިނގު ރުޅި މައިތިރި ކޮށްލުމަށެވެ. ބޭ އިޙްތިޔާރުގައި ފަސްއެބުރި އެދިމާލަށް ދެވުނީ ނިޔާ އަޑުއިވުނީ ރަނގަޅަށް ތޯ ބެލުމަށެވެ. އެއްވެސް ޖެހިލުމެއް ނެތި މި އަންހެންކުއްޖާ އަށް ބަހުގެ ގޯނާ ކުރަމުން ދިޔަ ދެފިރިހެން ކުދިންނަށް ނިޔާ ފެނި ދުރަށް ހިނގާގަތެވެ. ނިޔާ ގެ މޫނުގެ ކުލަވަރު ހުރި  ގޮތުން އެއީ މި އަންހެން ކުއްޖާއާއި ކޮންމެވެސް ގުޅުމެއް ހުރި މީހެއްކަން އިނގުނީ ކަން ޔަގީނެވެ. ނިޔާގެ މުއްކަވާލެފއިވާ އަތައް ބަލަމުން ، އެތަނުން ކަޅުކޮށް ހިކިކޮށް ހުރި ކުއްޖާ “ސޮރީ ބޮރޯ’ އޭބުނެ ދުރަށް ހިނގާ ގަތެވެ.

” ފިރިހެނަކަށް ވީތީ އެމީހުންގެ ފަރާތުން މާފަށް އެދެން” ބިރުން ގޮތް ހުސްވެފައި ހުރި އަންހެންކުއްޖާ  އަށް ބަލަމުން ނިޔާ ބުނެލިއެވެ.  ޖަވާބުގައި  ނިޔާ ގެ  މޫނަށް ބަލަން ހުރެ މި ކުއްޖާ ހީލިއެވެ.  ކޮންފަދަ ރީތި ކަމެއްބާ އެވެ.  އެންމެ ހީލުމަކުން ނިޔާގެ  ހިތް މިކުއްޖާއަށް  ފިދާ ވި ކަހަލައެވެ. ބުނާނެ އެއްޗެއް  ނޭނގި އިރު ކޮޅަކަށް ހުރުމަށްފަހު ނިޔާ އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ.  ” މިީ ނިޔާ. ތީ ކޮންކުއްޖެއް؟ . ނިޔާ ސަލާން ކޮށްލުމަށް  އަތް ދިއްކޮށްލިއެވެ.  “މީ އިރާ. ތޭންކްސް”ލަދުރަކި ގޮތަކަށް ދިއްކުރި އަތުގައި ހިފާލަމުން އިރާ ބުނެލިއެވެ.  އިރާ ގެ މިއުޒިކީ އަޑު އަހަން ހުރި ނިޔާގެ  ނަޒަރު  ހުއްޓިފައި  ހުރީ އިރާގެ ދޮންމޫނަށެވެ. ނިތް ކުރިން ފެށިގެން މަޑު ފިޔާ ތޮށި ކުލައިގެ ތުންފަތާ ހަމައަށެވް. ކަޅުކަން ގަދަ ކަޅިރަވަ އާއި ކުޑަ ކުޑަ ނޭފަތަށެވެ. ކުރެހުން ތެރިައކު ފަދައިން މޫނު ދަސްކުރާ ކަހަލައެވެ. މޫނަށް ނަޒަރު ވަކި ނުވެ ހުރި ނިޔާ އަށް ހިޔާލީ ފޮލާއިން ނުކުމެވުނީ އިރާގެ ލޯހަނި ކުރަމުން ހީލުމުންނެވެ. މި ހުރެވުނީ އިރާ ގެ މަޑު އަތުގައު ހަިފައިގެން ކަން އިނގުނީ ދެނެވެ. އަވަސްއަވަހަށް އަތުން ދޫކޮށް ލުމަށް ފަހު ލަދުވެތި ގޮތަކަން ހީލަމުން ބޮލުގެ ފުއްކިބަ ކަހާލިއެވެ.

އިރާ ގެ ހާލަކީ ވެސް މިއެވެ. އޭނަގެ ދިފާއުގައި ނިޔާ އައިންސުރެ ނިޔާ ގެ ރީތިކަމަށް އިރާ ތައުރީފް ކުރިއެވެ. އިރާގެ ހުފެންތަކުގެ ޕްރިސް ޗާމް އާ ތަފާތެއް ނެތެވެ. ފުރަތަމަ ފެނިލުމުން ވެސް ހިތް ފިދާ ވިއެވެ. ކަޅި ޖަހާނުލާ އިރާ ގެ މޫނަށް ބަލަން ހުރުމުން އިރާ ލަދުގަތެވެ. އެއަތުން ދޫކޮށްލަން ބޭނުން ނުވިޔަސް އެދެމީހުން ނަށް އެހެން މީހުންގެ ނަޒަރު ހުއްޓޭކަށް އިރާ ބޭނުމެއް ނޫނެވެ. އަތުން ދޫކޮށްލާތޯ އަތަށް ދަމާ ހެދުމުން ވެސް ނިޔާ އަކަށް ނޭނގުނެވެ. މިކަމާ އިރާ ގާތަށް ހިނި އަންނަގޮތްވިއެވެ. ކުއްލިއަކަށް އޭނައިގެ އަތުން ދޫކޮށް ލަމުން ނިޔާ ހީލުމުން އިރާ އިސްދަށަށް ޖެހީ ހިނި ގަނޑު މަތަ ކޮށްލުމަށެވެ.

” ޓެކްސީ އެއް ނުލިބޭނެ މިގަޑީގަ ، ބޭނުން މިއްޔާ ގެންގޮސް ދީފާނަން” ލަދުވެތިކަން އެއްފަރާތަކަށް ޖައްސާލައި ނިޔާ ދައުވަތު ދިނެވެ.” ތެންކިޔު އެކަމް އޯކޭ ވާނެ ޓެކްސީގަ ދާނީ”. އިރާ ދައުވަތު ގަބޫލުނުކުރީ މީހުންނަށް އިތުބާރު ކުރުން  އެއީ އޭނާ އަށް  އުނދަގޫ ކަމަކަށް ވާތީއެވެ.  މިޒާމާނުގައި  އިތުބާރު ކުރަން ހެޔޮވާނީ  ކިހިނެތް ހެއްޔެވެ. މީހުން މެރުމާއި ، ޖިންސީ ގޯނާ ކުރުން އެއީ މިހާރުގެ ފެޝަނެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވީ އިރު ދާދި ދެންމެ އަކު ފެނުނު ޒުވާނަކަށް އިތުބާރު ކުރާނީ ކިހިނެތް ހެއްޔެވެ. ބަލާލަން ކިތެއްމެ ރީތި ކަމުގައި ވިޔަސް އޭގެ ފަހަތުގައި ފޮރުވިފައިވާ އަޙުލާގު ދެނެގަންނަން ދުވަސް ކޮޅެއް ނަގާނެއެވެ. ނިޔާއެކު ވަގުތު ހޭދަ ކުރަން އިރާގެ ހިތް ކިތެއްމެ ހާވެސް ބޭނުން ވިއެވެ. ނަމަވެސް ހިތް ބުނާހާ ކަމެއް ކުރުން އެއީ އެހާ ބުއްދި ވެރި ގޮތެއް ނޫކަން އިރާ އަށް ވިސްނުނެވެ.

އިންތިޒާރު ކޮށްގެން ހުރި ޖަވާބު ނުލިބުމުން ނިޔާ މާޔޫސް ވިއެވެ. އެހެންނަމަ ވެސް އިރާގެ އެ ނިންމުމަކީ އޭނާ އިތުރަށް އިރާ އާއި ޝައުގުވެރި ކުރުވި ނިންމުމެކެވެ. “އޯކޭ އެކަމް ބަލައިގެން އުޅެއްޗޭ.. ދެންމެވެސް ކިރިޔަ ކާނުލީ ދޯ. ތިހާ ރީތި ކުދިން ނުވާނެ އެކަނި އުޅެން” އިރާ އަށް ނުސިދާ ގޮތުން ނިޔާ ތައުރިފް ކޮށްލިއެވެ. “އެކަނިވެރިން އުޅޭނީ އެކަންޏެއް ނުން.. ” ހީލަމުން އިރާ ބެނެލިއެވެ. މި ޖުމްލައިން ނިޔާ އުފާވިއެވެ.  އޭނަގެ މަގުސަދު ހާސިލް ވާނެ ކަމުގެ  ފެހި ސިގްނަލް ލިބުނީމައެވެ. ” ބަލަ އެއޮތީ ޓެކްސީ އެއް..”  މާފަންނު މަދުރަސާ އަށް ހުސްވި ކާރަކާ ދިމާލަށް ހިނަގަމުން ނިޔާ ބުނެލިއެވެ.  ފަހަތުން އިރާ ހިނގާ ގަތެވެ.

“ބޭބެ ކޮބާ ދަތުރެއް ކޮށްލެވިދާނެތަ މި ކުއްޖާއަށް” ޓެކެސީ ކުރީސީީޓްގެ ބިއްލޫރި ގަނޑާ ހަމައަށް ތިރި ވެފައި ޑްރައިވަރާ މުހާތަބުކޮށް ނިޔާ ސުވާލު ކޮށްލިއެވެ. ޖަވާބުގއިޑްރއިވަރު ބޯ ޖަހާލައި ޓެކްސީއަށް އެރުމަށް ބުންޏެވެ. ނިޔާ ޖީބުން ވޮލެޓް ނަގައި ޑްރައިވަރު އަތަށް 25 ރުފިޔާ ދިނުމަސްފަހު  އެނބުރި އިރާ އަށް ބަލާލިއެވެ.  ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައި ހުރި އިރާ ކާރުގެ ފަހަތު ސީޓު ދޮރު ހުޅުވާލިއެވެ އަދި ނިޔާ އަށް ބަލަން ފެށިއެވެ. އެއްޗެއް ބުނަން އުޅެހެން ހީވާތީ ނިޔާ އިރާ އާއި ގާތް ވެލިއެވެ. ” އިރާ އަތުގަ އެބަހުއްޓޭ ލާރި ” ހިތް ހަމަނުޖެހުނު ސަބަބު އިރާ ބުނެލިއެވެ.”  އިނގެޔޭ އެކަމް އޭ އެއްވެސް  ކަމެއް ނޫނޭ ފަހުން ކޮންމެ  ވެސް ދުވަހަކުން ފޭވަރ ރިޓާން ކޮށްލާނީ” ނިޔާ އަށް ކުރެވުނީ އިރާ ގަޔާ ވާ ކަމަކަށް ނުވާތީ އެކަން ފޫބައްދާލަން ނިޔާ ބުނެލިއެވެ. ވަކިވާން ވި ވަގުތު ޖެހުމުން ނިޔާ ބައި އޭ ބުނެ ދުރަށް ޖެހިލިއެވެ. “ތޭންކްސް ” ފަރި ހިނިތުން ވުމަކާ އެކު އިރާ ކާރަށް އަރައި ދޮރު ލައްޕާލިއެވެ.  ކާރު ނައްޓާލިއިރުވެސް ނިޔާ އެއްއަތުން  އިސްތަށިގަނޑާއި ކުޅެލަ ކުޅެލަ ހުރެވުނީ ޓެކްސީ ދިޔަ ދިމާލަށް ބަލާޝެވެ. ކުއްލިއަކަށް ކަމެއް ހަދާންވެފައި ޓެކްސީ ފަހަތުން ބާރަށް ހިނގާގަނެވުނެވެ. ތަންކޮޅަކަށް ގޮސް މަޑުކޮށްލީ ޓެކްސީ ގޯޅި އެޅުމުންނެވެ. ޝިޓް ނަންބަރުވެސް ނުހޯދުނު” ބޮލުގައި ދެއަތުން ހިފަހައްޓާގެން ހުރެ އެހާ މުހިންމު ކަމެއް ހަދާން  ނައްތާ ލެވުމުން  އަމިއްލަ ނަފުސު ކުއްވެރި ކުރިއެވެ.

ކާރު ތެރޭގައި އިން އިރާ ފަސް އެބުރި ނިޔާ އަށް ބެލި ވަގުތު އަތުން ހަނާ އަޅަމުން ކާރު ފަހަތުން އައި މަންޒަރު ފެނުނެވެ. ވަގުތަކީ ގޯޅި އެޅި ވަގުތަށް ވުމުން މާގިނަ އިރުު ނިޔާ ފެންނަ ގޮތެއް ނުވިއެވެ. ތުންފަތައް ލުއި ހިނިތުވުމެއް ވެރިވީ ނިޔާ ގެ ރީތި ހަށިގަނޑު ލޮލަށް ސިފަވުމުންނެވެ. ފުރަތަމެ ފެނިލުމުން ވެސް އޭނާ އާ ދޭތެރެ ބެހެއްޓި އޯގާތް ތެރިކަން ފެނުމުން އިރާ އަށް ހިތްހަމަޖެހުމެއް ލިބުނުނެވެ. ހިތުގެ އަޑިން އޭނާގެ މީހަކަށް ނިޔާ ވުމަށްއެދި ދުއާ ކޮށްލެވުނެވެ. ނަމަވެސް އޭނާ ފަދަކުއްޖަކަށް އެފަދަ ނަސީބެއް ލިބިދާނެ ކަމަކަށް ހިތެއް ނުބުނެއެވެ. އިރާގެ ހާލަތު ވިސްނި ތުންފަތުން ހިނިތުން ވުމުގެ ކުލަ ވަރު ގެއްލި މާޔޫސް ވިއެވެ. އޭނާ ކަހަލަ އެކަނި ވެރިޔަކަށް އެފަދަ ނަސީބެއް ލިބޭނެ ހެއްޔެވެ.

އުމުރުން 2 އަހަރުން ފެށި ގެން މައިންބަފައިންގެ ލޯބިން މަހުރޫމުވެ ޔަތީމް ކުއްޖެއްގެ ގޮތުގައި ކުޑަކުދިންގެހިޔާގައި ހޭދަ ކުރެވުނު ދުވަސްތަކުގައި އިރާ މަންމަ އަށް އެދި ރޮއެ ހަދައައެވެ. ނިދެނީ އެހެން ރޮއެ ރޮއެ ވަރުބަލި ވީމައެވެ. ނަމަވެސް އެރުއިމަކަށް މާ ބޮޑު ސަމާލުކަމެއް ނުލިބެއެވެ. ވާނީ ވެސް އެހެންތާއެވެ. އިރާ ފަދަ އެތަކެއް ކުދިންނެއް އެތަނުގައި ތިބެއެވެ. 20 ވަރަކަށް ކުދިން ބެލުމަށް މަދު ސްޓާފުން އުޅޭއިރު ކޮންމެ ކުއްޖަކުވެސް އެވަރަށް ރޮއެ ހަދައެވެ. ވީއިރު ރޯލާ ކޮންމެ ފަހަރަކު އެކުދިން އުރައިގެން އުޅުމަކީ ދަތި ކަމަކެވެ. އެހެން ކަމުން އެކުދިން ހޭނުވުމުގެ ގޮތުން ކިތެއްމެ ވަރަކަށް ރުޔަސް ދުރުގައި ބަލަން ހުރުން ނޫން ގޮތެއް ނޯވެއެވެ. ބައެއްފަހު ސްޓާފުންގެ ހިތައް ކެތް ނުވެގެން އުރާގެން ހުއްޓުވާ ހަދައެވެ. މިކުދިންނަށްޓަކައި ސްޓާފުންގެ ހިތުގައި ﷲ ލޯބި ޖެއްސެވިއެވެ. މައެއްގެ ހޫނަށް ކެއްމަދުވެފައި ތިބޭ ކުދިން ރޮއެ ރޮއެ އެއަޑަށް އިޖާބަ ދޭނެ މީހެއްނެތް ކަން އިނގުމުން ރުއިން ހުއްޓާލައެވެ. މި ގޮތުން އިރާ ވެސް އާދަ ވާން ދުވަސް ކޮޅެއް ނެގިއެވެ. މި ދުވަސް ތަކުގެ ތެރޭގައި ބަލިވާ ކޮންމެ ފަހަރަކު މަންމާ އޭ ކިޔާ ރޮއެ ހަދައެވެ. މިތަން ފެނި ހިޔާގެ ސްޓާފުން ފެންކަޅިވެއެވެ. ހިތެއް އޮތް ކިންމެ މީހަކު ރޯނެކަން ޔަގީނެވެ. ބައެއް ސްޓާފުންނަށް މަންމާ އޭ ކިޔާ ގޮވާ ހަދާ ފަހަރުވެސް ދެއެވެ. މަންމަ އާއި ބައްޕަ ސިފަ ކުރަންވެސް ނޭނގެހާލު އެ ދެމައިން  ކުޑަ ހިނދުކޮޅަކަށް ވެސް ފެނުމަށް އިރާ ދުއާ ނުކުރާ ދުވަހެއް ނުދެއެވެ. މައިންބަފައިންގެ ދުވަސް ފާހަނގަ ކުރާ ކޮންމެ ދުވަހެއްގައިވެސް ސްކުލަށް ނުދާން އިރާ ވަރަށް ރޮއެ ހަދައެވެ. ސަބަބަކީ އެހެން ކުދިންގެ މަންމަ ނޫނީ ބައްޕަ އެކުއްޖެއްގެ ކައިރި ހުރެއެވެ. ކޮންމެ ކުއްޖަކުވެސް މަންމައަށް ދޭން ކާޑު ހަދާ ސިޓީ ލިޔެ ހަދައެވެ. އެކުދިންގެ މައިންބަފައިން ކޮށްދޭ ކަންތައްތަކުގެ ވާހަކަ ދައްކާ ހަދައެވެ. ނަމަވެސް އިރާ ސިޓީ ލިޔާނީ ކީކޭ ކިޔާފަ ހެއްޔެވެ. ކާޑު ދޭނީ ކާކަށް ހެއްޔެވެ. މަންމަ ކޮށްދެނީ ކޮންކަމެއްތޯ ބުނެދެވޭނީ ކިހަނަކުން ހެއޔެވެ. ކުޑަމިނުން ސިފަ ކުރަންވެސް ނެނގެއެވެ. އެހެން ކުދިންނަށް ދަރިފުޅާއޭ ކިޔާ ގޮވާލާ ކޮންމެ ފަހަރު އެދިމާލަކަށް ބަލާލެވެނީ އިރާ އަށް ދަރިފުޅާއޭ ކިޔާ ގޮވާލާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ދުވަސްތައް މާޒީވަމުން ގޮސް .އުމުރުން 11 އަހަރުގައި މާލޭގެ މުއްސަދި އާއިލާ އެއްގެ ބެލުމުގެ ދަށަށް އިރާ ގެންދެވުނެވެ.  ހުސްނާގެ ދެމެފިރިންގެ ދަރިއަކު  ނެތް  ކަމުން އިރާ ބަލަމުން ގެންދިޔައީ ދަރިއަކު ފަދައިންނެވެ.އިރާއަށް އެފަދަ ނަސީބެއލިބުނީތީ ކޮންމެ ނަމާދެއްގައި ވެސް ﷲގެ ހަޒުރަތައް ހަމްދާއި ޝުކުރު އަދާކުރެއެވެ.އަދި ހުސްނާގެ ދެމެފިރިންނަށް ހެޔޮގޮތް މެދިވެރިވުމަށް އެދި ދުއާ ކުރެއެވެ. ހިޔާ އިން ގޭތެރޭ މަސައްކަތް ކުރަން ދަސްކޮށްދީފައި ވުމުން ގޭތެރޭގެ ބައެއް މަސަކަތް ކޮށްދީ ހަދައެވެ.މަންމަ އެއްގެ ލޯބިން މަހުރޫމުވެފައި ހުރި އިރާ ދެކެމުން އައީ ހުސްނާ އެއީ މަންމަ އެއްގެ ގޮތުގައެވެ. އެހެން ކުދިންނެކޭ އެއްގޮތަށް ސްކޫލަށް ގެން ގޮސް ދީ އަގުބޮޑު ތަކެތި ހޯދާދީ ހަދާތީ ހުސްނާ އުޅެމުންއައީ ވަރަށް އުފަލުންވެ. މާޒީވެ ދިޔަ އެކަނިވެރި ދުވަސްތައް ނެތިގެން ދިޔައީކަމަށް ނިންމިއެވެ. އެހެނަމަވެސް އުފަން މައިންބަފައިން ނަކީ ކޮބާކަން އިނގެން އިރާ ވަރަށް ބޭނުންވެއެވެ.

މި ގޮތުން 3 އަހަރު ވޭތުވުމަށް ފަހު އިރާގެ ބައްޕަ އަކު ދުނިޔޭގައި ހުރިކަށާއި ، ބަލި ހާލަތު ހުރި ގޮތުން ބައްޕަގެ  ކަންތައް ބަލާދިނުމަށް  އިރާ  ބކަމަދޫ އަށް ފޮނުވައި  ދިނުމަށް އެދި ސިޓިއެއް ހުސްނާއަށް ލިބުނެވެ.  އޭރު ހުސްނާ  އިނީ މިދެމެފިރިން  ގެ އަލަތު  ދަރިފުޅަށް ބަލިވެއެވެ. މިކަން އިނގުނު ދުވަހު އިރާ އަށް އުފަލުން ރޮވުނެވެ. ވެތުވެ ދިޔަ ދުވަސް ތަކުގައި އިރާ އެންމެ ދެކެން ބެނުންވި އުފަން ބައްޕަ ދުނިޔޭގައި ހުރިކަން އިނގުމުންނެވެ. ހުސްނާ ދޫކޮށްދާން ވެސް އިރާ ދެރެވެއެވެ.ނަމވެސް ބައްޕަ ދެކިލާހިތުން ހުސްނާ ގާތުގައި ބައްޕަ ކައިރިއަށް ފޮނިވައިދިނުމަށް އެދުނެވެ. އިރާ އާއި ވަކިވާން ޖެހުމުން  ހުސްނާ ހިތާމަ ކުރިއެވެ. ދަރިއަކުފަދައިން ގެންގުޅެމުން އައި ކުއްޖަކު ދޫކޮށްލާކަށް ހުސްނާގެ ހިތެއް ނޭދެއެވެ. ފުރާވަރުގެ ކުއްޖަކު އެގޮތައް ގޮތް ނޭނގޭ މީހެއް ކައިރިއަށް ފޮނޮވާލަން ހުސްނާގެ ހިތް ބިރުގަތެވެ. .ނަމަވެސް އޭރު ކަންތައް ހުރިގޮތުން ހުސްނާ އަށް އިރާ ފޮނުވާލުން ނުން ގޮތެއް ނެތެވެ. އިރާ ގެ އެދުމަށް ފުރަގަސް ދޭން ބޭނުން ނުވާތި އެވެ.  ކޮންމެ ދަރިޔަކުވެސް މައިންބަފއިން ދެކެން ބޭނުންވާނެ ކަން އިގޭތީއެވެ. ނަމަވެސް މި ހާ ދުވަސް ވިއިރު އެ ބުނާ ބައްޕައަކު ކޮބާ ހެއްޔެވެ؟ ހުސްނާގެ ސިކުނޑީގައި އެސުވާލު ތަކުރާރު ވަމުން ދިޔަނަމަވެސް ، އުމުރުން ދެ އަހަރުން ފެށިގެން މައިންބަފައިންގެ ލޯތްބަށް އިންތިހާ ބޭނުންވެފައި ހުރި އިރާ އަށް ލިބުނު ކުޑަ ކުޑަ އުފާވެރިކަން ފޭރިގަންނަން ހުސްނާ ބޭނުން ނުވީއެވެ. – ނުނިމޭ-

 

 

 

 

Share Article

Follow Me Written By

fola

Level 1

Other Articles

ކެހިވެރި ދުނިޔެ
Previous

ކެހިވެރި ދުނިޔެ

Next

ތި ލޯތްބަށްޓަކައި (26)

Next
October 15, 2017

ތި ލޯތްބަށްޓަކައި (26)

Previews
October 15, 2017

ކެހިވެރި ދުނިޔެ

ކެހިވެރި ދުނިޔެ

10 Comments!

  1. sana says:
    October 15, 2017 at 3:52 pm

    Nice when next part????????

  2. fola says:
    October 15, 2017 at 4:02 pm

    soon insha allah

  3. cherish? says:
    October 15, 2017 at 4:16 pm

    Iraa aa niyaa aa husnaa aa dhn varah undhagoo mi nan thah kiyan maa ehvahtharu veema..niyaa ves heevany anhenehgge nameh hen????

    1. Xee says:
      October 15, 2017 at 5:50 pm

      Yaa niyaaa hiyvanee hama anhen namen hen bt story hama habehys waiting….

  4. Naxima says:
    October 15, 2017 at 7:06 pm

    V.furihama?????

  5. Naxima says:
    October 15, 2017 at 7:07 pm

    V.nice?????

  6. Xxxx says:
    October 15, 2017 at 8:18 pm

    V.reethi..when next part??????

  7. sharoona says:
    October 15, 2017 at 11:49 pm

    v nice …. waiting

  8. naffa says:
    October 16, 2017 at 7:29 am

    Vara reethi vaahaka

  9. Shiya says:
    October 16, 2017 at 8:37 am

    v nice waiting

Comments are closed.


All Right Reserved!