Skip to content
އެސްފިޔަ

ނާ އުއްމީދު

ކޮންމެ ދުވަހަކީ އާ ދުވަހެކެވެ . އާ ފެށުމަކެވެ . އާ ގޮތް ތަކެއް އަދި އާ ބަސްތަކެއް އުފެދިގެން ދާނެއެވެ . އެ ދުވަހަކަށް އިރު އަރާނީ މޫނު މައްޗައް އުފާވެރި ކަމުގެ ކުލަ ދައްކުވައިދެމުންނެވެ . ބައެއް މީހުން އެ ފެށުން ވެގެން ދާނީ ހިތްދަތި ކަމާ ނާމާން ކަންމަތީގައެވެ . މޫނު މަތިން އެއްވެސް އުފާވެރި ކަމެއް ފެނިގެންނެއް ނުދާނެއެވެ . އަނެއް ބައި މީހުން އުފާވެރި ކަމުގައެވެ . އަހަންނަށް ނޫނީ މިކަހަލަ ދުވަހެއް އަބަދުވެސް އަންނަ ކަހަލައެވެ . މި ވާހަކަ އަކީ އުފާވެރި ކޮށް އުޅެމުން ދިޔަ ޒުޥާނެއްގެ ވާހަކައެކެވެ . މީނާ އަކީ ވަރަށް ވެސް ކާމިޔާބު މީހެކެވެ . ލޯބީގެ ގޮތުން ވެސް މެއެވެ . ނަމަވެސް ކުއްލި އަކަށް ދިރިއުޅުން ބަދަލު ވެގެން ދިޔައީ 23 މެއި 2018 ވަނަ ވީ ދުވަހުއެވެ . މުޅި ހަޔާތަށް އައި ބަނަކަމުންނެވެ . ކޮންމެ އަކަސް މިވާހަކަ ލިޔަން ފަށާނަމެވެ .

ދުވަހަކީ އުޑުމަތި ސާފް ދުވަހެކެވެ . ވައިރޯޅީގެ ކަންފުޅެއް ވެސް ނެން ކަހަލަ އެވެ . ކަނޑުގެ މޫދު ވަނީ ތޭލާން ލާފައެވެ . ރާޅު ބާނީގެ އެއްވެސް ކަންފުޅެއް ވެސް ނެން ކަހަލައެވެ . އިރު އަރާ މަންޒަރު ބަލާލުމައް ޓަކައި ރަށުގެ ޖެޓީމަތީގައި އެއިނީ ޒުވާން ފުރާގެ ފިރިހެން ކުއްޖެކެވެ . އެކަނި ވެރިފައެވެ . ހިޔާލަކަށް ގެއްލިފައެވެ . ލޮލުން ކަރުނަ ނުފޭބިޔަސް ހިތް ވަނީ ކުދި ކުދި ވެފައެވެ . ކުރިން ހުރި އުފާވެރި ކަމެއް އޭނަގެ މޫނު މައްޗަކުން ނުފެނެވެ . އާދެ . އެއީ ޖައިލަމް އެވެ . ޖައިލަމް އަކީ ކުރީއްސުރެން ވެސް ހީ ސަކަރާތް ޖަހާ ކުއްޖެކެވެ . އެކުވެރިންނާ އެކު އެކި ކަންކަމުގައި އުޅެމުން އަންނަ ކުއްޖެވެ . ރަށުގައި ކުރާ ކޮންމެ ކަމެއްގައި އެއްމެ ފުރަތަމަ ހުންނާނީ ޖައިލަމް އެވެ . ނަމަވެސް ޖައިލަމް ގެ ދިރިއުޅުމަށް އައި ގޮތް ނޭންގެ ކުއްޖެއްގެ ސަބަބުން މުޅި ހަޔާތް ވީރާނާ ވެގެން ދިޔައެވެ . އަދިވެސް ޖައިލަމް އޭނަ ދެކެ އިންތިހާ އަށް ލޯބިވެއެވެ . ހަބަރު ވޭތޯ އެތަކެއް ދުވަހު ގުޅައެވެ . އެކަމަކު ފޯން އޮންނަނީ ނިއްވާލާފައެވެ . ނުވަތަ ގުޅޭ ސަރަހައްދުން ބޭރުވެފައެވެ . ނުވަތަ ލައިން ބިޒީ ކުރެއެވެ .

އެހެން ދުނިޔެ އެއްގައި އިދެފައި ހަމަ ބިމަށް ފޭބުނީ ޖައިލަމް ގެ ފޯނަށް ފޯނެއް އައިސްގެންނެވެ . ބަލަލިއިރު ޖައިލަމް  އާ އެއްކޮށް ކިޔަވަން އުޅުނު ކުއްޖެކެވެ . އެއީ އާސިމް އެވެ  . ޖައިލަމް އަވަސް ވެގަތޯ އެ ފޯނު ކޯލް އަށް ޖަވާބު ދިނުމަށެވެ . ފޯނު ނުނެގެނިސް ފޯން ކެޑިއްޖެވެ . އަނެއްކައިވެސް އާސިމް ގުޅަން ފަށާފިއެވެ . މިފަހަރު ޖައިލަމް ބެލީ އެ ފޯނު ކޯލް އަށް ދެވޭތޯއެވެ .

އާސިމް : އޭ ބުރޯ ! ކޮބާ ކަލޭ .. ހާދަހާ ވަރަކުން ތި ނެގެނީ .

ޖައިލަމް : އާ ! މިހާރު މީނީ ޖެޓީ މަތީގާ

އާސިމް : ދެން ތީ ބޮޑުވަރު .ބިޓެއް ކަޓާގެން ދިޔަޔަސް ދެން ތިހެން އުޅޭ ކަށެއް ނުވާނެއެވެ .

ޖައިލަމް : އާ…. އާ….

ޖައިލަމް އުޅުނީ މައުލޫމާތު އޮޅުވާލާށެވެ

ޖައިލަމް : އަސްލު ކީއްކުރަން ތި ގުޅާލީ

އާސިމް : މިޔަދު ދަތުރު ދާން ކަމަށް

ޖައިލަމް އޯކޭ ބުނުމަށް ފަހު ފޯން ކަޑާލިއެވެ . ގެޔާ ދިމާލަށް ހިގައިގަތެއެވެ 

އިރުކޮޅެއްގެ ފަސް …..

މަންމަ ( މަރިޔަމް ): ދަރިފުޅާ ޖައިލަމް .. ދެންމެ އާސިމް ހޯދަން އަ

ޖައިލަމް އާއެކޭ ބުނާ ފާޑަކަށް ބޯ ޖަހާލިއެވެ . އަދި އޭނަގެ ކޮޓަރިއަށް ވަދެ އެދުމައްޗައް ވެއްޓިގަތެއެވެ . އެހެން އެދުމަތީގައި އޮއްވައި ނިދި ޖައިލަމް ގެ ލޮލަށް ސަވާރު ވެއްޖެއެވެ .

Comments (2)

  1. drax

    Is it this the ending
    No right?
    Waiting for next part

  2. Ibsha

    Venom kn rasehtha…
    Vaahaka ibaaraaiy thah rasu bahun gosfa huryma hama ahaaly….but vaahaka varah reethi

Comments are closed.