ފަލަސްތީނުގެ ހާލަތާ ބެހޭ ގޮތުން ޅެމެއް ލިޔުމަށް އަޅުގަނޑު މަސައްކަތް ކޮށްލާނަން. މި ޅެން އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ލިޔެވޭތޯ ބަލާނަން. ފަލަސްތީނުގެ ދަރިން މިއަދު ކުރަނީ ރޮއި ޒަޚަމްވެފައިވާ ހިތްތަކުން ލޭއޮހޮރި އަނިޔާވެރިކަމުގެ ވަބާގައި ޖެހި ތިބި ޙާލު އުންމީދުގެ އަލިކަން ފެންނަމުން ދަނީ ކަނި އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންގެ ޙައްޤު އަނިޔާވެރިން އަތުން ދަނީ ނިގުޅައިގަނެވި ދުޢާގެ އަޑުތައް އުޑަށް އުފުލިގެން ދާއިރު ނަޞްރު ލިބޭނެ ކަމުގެ ޔަޤީންކަން އާވި އިސްލާމީ އުއްމަތް އެއްބައިވެ […]
ވަޠަނަށް ޓަކައި ފުރާނަ ދެއްވި ޝަހީދު ޙުސައިން އާދަމްގެ ނަން ހިތުގައި ދިވެހިންގެ ތާއަބަދު ފިލައިނުދާނެ ޒިކުރާއެއް ކަން ޤައުމީ ޚިދުމަތުގައި ހޭދަކުރި އަގުހުރި އުމުރުފުޅު ހަނދާންވޭ ދިވެހި ދަރިންނަށް މިސާލަކަށް ވެގެން ދިޔައީ ތިޔަ ހިތްވަރުގައި ޝަހާދަތުގެ ދަރަޖަ ލިބިވަޑައިގަތް މަތިވެރި ވަގުތު އެ ހަނދާންވޭ ޤުރުބާނީގެ ރަމްޒަކަށް ވެގެން އަބަދުމެ ތިޔަ ނަންފުޅު ދެމިއޮންނާނޭ ޝުކުރާއި ތަޢުރީފު އަދާކުރަމުން ދުޢާ ދަންނަވަމޭ ތިޔަ ރޫޙަށް ޖަންނަތުލް ފިރުދައުސް ދެއްވާށި ކީރިތި […]
ލޯބިވާ ތިމަންމައޭ، ލޯބިދޭމެ ފުންމިނުން ހޯދަދޭ ލިބުން ވަރުން، ފޯރިދޭމެ ކިޔަވަދޭން މަންމަ ދޭ ހެދުން މަށަށް، ގޮތްގޮތުން ބަލާފަ ދެން އެންމެ ރީތި ބޫޓުވެސް، ތަން ތަނުން ގެނެސްދެޔޭ މަދަރުސާގެ ފޮތް ފޮތާ، ފަހުގެ މޮޅު އެފަންސުރާ މީރު ޗޮކުލެޓާ މެޓާ، ދަބަހަކަށް އަޅާދެޔޭ ރީތި އާދަ ދައްކަދޭ، ވަގުތުގާ ނަމާދުކުރަން ސުވަރުގޭ އެކީ ވުމަށް، ހާދަހާ ދުޢާ ކުރޭ
ހިތް ފަޅައިގެން ދެޔޭ ފެންނަ މަންޒަރުތަކުން، ހިތުގެ ހިމަނާރުގާ ކުޅެލައޭ މީސްތަކުން ތެޅި މަރަށް ރޮއެ ކަފުން ލާންޖެހޭތީ ވެދުން އެޅި އިމާރާތްތަކާ ނެތި ގެދޮރު ފުނޑުވުމުން ހިތް ފަޅައިގެން ދެޔޭ ފެންނަ މަންޒަރުތަކުން….. ވާނެ ހެއްޔޭ މަރަން ކުޑަކުދިންނާ މައިން ދާއިމަށް ވަކިކުރަން ލޮލުގެ ކޮއިފަދަ ދަރިން؟ ހާދަ ދެރައެއް ވެޔޭ މަރުވެ ދާތީ ބަފައިން ހާލުގާ ދިރިއުޅެން ޖެހިފަވެއެ މުސްލިމުން ހިތް ފަޅައިގެން ދެޔޭ ފެންނަ މަންޒަރުތަކުން…. ފަހެ ޔަހޫދީން ފަލަސްޠީނު ފުނޑުފުނޑު ކުރަން […]
އައުޅެން އިންތިޒާރުގައި………. އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންގެ ހިތްވަނީ ތިބާގެ މުށުތެރޭގައެވެ. އެހިތް ފިއްތާލުމުގެބާރު ތިބާއަށް ލިބިފައިވެއެވެ. އެހިތަށް ހަމަޖެހުން ލިބުންވަނީ ތިބާގެ އަޅާލުމުގައެވެ. ތިބާ އެހެންކުދިންނަށް ލޯބީގެ މެސެޖްތައްފޮނުވައެވެ. އަހަރެންގެލޯބީގެ ހަމަ އެންމެ މެސެޖެއްވެސް ނުކިޔައެވެ. ތިބާއަށްލޯބީގެ މެސެޖް ފޮނުވުމަކީ އާދައެކެވެ. ފަށުވި ޢިބާރާތުން ތިބާދެކެ ވާލޯބި ހާމަކުރީމެވެ. ތިބާގެ ޙިމާޔަތާއި ލޯބި ބޭނުންވާވަރު ހާމަކުރީމެވެ. އަހަރެންގެ ހިތް ދީވާނާވެ ފިސްފިސް ވެއްޖެއެވެ. ތިބާގެ އިޝާރާތެއްވޭތޯ ރޭދުވާ ގުނީމެވެ. ތިބާގެ ރީތިފޮޓޯ މޭމަތީ ބާއްވައިގެންނޫނީ ނުނިދެއެވެ. […]
އައުޅެން މައިންގެ އުފަލަކީ……. އިސްމާޢީލް ޢަލީ ކަނދޮޅުދޫ މައިންގެ އުފަލަކީ ދަރިންނޭ ބުނާ އަޑުއަހަމެވެ. އަހަރެންގެ މަންމަ އަހަރެން ދޫކޮށްލިއެވެ. މަންމަގެ ފަސްބައިގާ އެލިގެން ރޮމުން ދަނިކޮށެވެ. މަންމަ އެދުވަހު ބީރުކަންފަތް ދިނީ ކީއްވެބާވައެވެ. މަންމަގެ މޫނު ނުދައްކަން މަސައްކަތް ކުރިއެވެ. މަންމަ އަހަރެންލީ ފިޔަވަތި ކިޔާ ތަނަކަށެވެ. އެތަނުން މަންމަގެ ލޯބިފިޔަވައި އެހެން ޚިދުމަތް ދިނެވެ. ފިޔަވަތީގައި އުޅެމުން ތަޢުލީމު ލިބިގަތީމެވެ. ބައެއް ދުވަސް ދުވަހު ކުދީން ދެކޭން މަންމައިން އާދެއެވެ. އަހަރެންގެ މަންމަ ނެތްކަމުގެ […]
އައުޅެން ލޯބިވެރިޔާ އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޙަޤީޤީ ލޯބިވާނަމަ ފިދާވާން ކެރޭނެއެވެ. ރަޙުމާއި ހަމްދަރުދީން ހިތްފުރޭނެއެވެ. ހިތުގެ ގޮވުމުގެ ކުރިއަށް ލޯބިވާ ނެރޭނެއެވެ. އޯގާތެރިބަސްތަކުން ވެދުން ކުރާނެއެވެ. ލޯބިވާއަށްޓަކައި ވަފާތެރި ވެދޭނެއެވެ. ރަނުގެ ފުރުސަތުތައްވެސް ދޫކޮށްލާނެއެވެ. އަބަދުވެސް ލޯބިވެރިޔާ ހަނދާން ކުރާނެއެވެ. ޢިއްފަތްތެރިކަން ލޯބިވެރިޔާއަށް ހިބަކުރާނެއެވެ. ލޯތްބަށްޓަކައި ޤުރްބާންވާން ފަސްނުޖެހޭނެއެވެ. ލޯބިވެރިޔާއަށްޓަކައި އަބަދުމެ އިންތިޒާރު ކުރާނެއެވެ. ލޯބިވެރިޔާއަށްޓަކައި ހެޔޮދުޢާ ކުރާނެއެވެ. ތާއަބަދު ދެގޮތެއްނުވެ ޚިދުމަތް ކުރާނެއެވެ. ރީތިކަންގެއްލުނަސް ފޫއްސެއް ނުވާނެއެވެ. ފަޤީރު ހާލުގައިވެސް އުފަލާއެކު ދިރިއުޅޭނެއެވެ. ދުވަހަކުވެސް […]
އައުޅެން ޢިއްފަތްތެރިކަމުގެ އަގު އިސްމާޢީލް ޢަލީ ކަނދޮޅުދޫ ސާހިބާގެ އާދޭސްތަކަށް ބީރުކަންފަތް ދިނީމެވެ. މިހިތުގައިވާ ބިރުވެރިކަމުގެ ސަބަބުންނެވެ. ހުށައެޅުންތައް ބޮލާޖެހީ ނިކަމެތިވިޔަސް ހެޔޮކަމަށެވެ. ބޮޑާކަމާއިއެކު ބިންމަތީ ފައިޖަހަމުން މަށާ ދިމާކުރިއެވެ. ގަމީހުގެ ގޮށްތައް ނައްޓަމުން އިންޒާރު ދެމުން ދިޔައެވެ. ބާރުހުރިވަރާއި،ރީތި އަނބިންތިބިކަން ބުނެދިނެވެ. އަހަރެންގެ ނިކަމެތިކަމާމެދު މަލާމާތް ކުރިއެވެ. ޢިއްފަތްތެރިކަމުގެ އަގު ނުހަނު ބޮޑެވެ. ކޮންމެފަދަ ޤުރްބާނީއެއް ވާންޖެހުނަސް ހެވެވެ. މުޅިރަށަށް ފަޟީހަތްކޮށް އުޅޭން ދަތިކޮށްލާނަމޭ ބުންޏެވެ. ޖިންސީ ގުޅުން ހިންގުމަކީ ލަދުގަންނަންޖެހޭ ކަމެއްނޫނޭ ބުންޏެވެ. އަހަރެން […]
އައުޅެން ލޯބިވާނަމަ…. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ތިބާދެކެ ލޯބިވާނަމަ އަނިޔާއެއް ނުދޭނެއެވެ. ހިތަށް ތަދުވާ ޒާތުގެ ގޯހެއް ނުހަދާނެއެވެ. ތިބާ ނިކަމެތިކޮށްލާނަމަ އެއީ ލޯތްބެއް ނޫނެވެ. ތިބާގެ ކުރިއެރުމާމެދު ހަސަދަވެރިއެއްނުވާނެއެވެ. ތިބާގެ ރައްޓެހިންނާ ބީރައްޓެއްސެއް ނުވާނެއެވެ. ތިމާގެ ކަމުގެ ގުޅުމުގެ އަގުވަޒަން ކުރާނެއެވެ. ގަދަކަމުން ޖިންސީ ގުޅުމެއް ނުހިންގާނެއެވެ. ކޮންމެ ޙަރަކާތެއްގައި އޯގާތެރިގޮތް ހުންނާނެއެވެ. އިޚްތިޔާރުތަކަށް ފުރުސަތު ދޭނެއެވެ. ގޮތް ނިންމުމުގައި ލަފާ ހޯދާނެއެވެ. މެދުނުކެނޑި ދޮގު ހަދާނަމަ އެއީ ލޯތްބެއް ނޫނެވެ. ލޯބިވާނަމަ ކުދިކުދި […]