
މަގޭ މުދައްރިސް
އާޅެން
މަގޭ މުދައްރިސް
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
އޯގާތެރިކަމާއި،ކެތްތެރިކަމުގެ މާތްސިފަ ހުންނާނެއެވެ.
ރުޅިމަޑުކަމާއި،ހިތްހެޔޮކަމުން ޒީނަތްތެރިވާނެއެވެ.
މުސްތަޤްބަލްގެ ޗާޓު ކުރަހާލަ ދޭނެއެވެ.
ކަޅާއިދޮނަށް ނުބަލައި، ހަމަހަމަކަމުގެ ސާލު ފަތުރާލަދޭނެއެވެ.
އަދަބުދިނުމުގެ ބަދަލުގައި،ހެޔޮބަސްތަކުން ވެދުންކުރާނެއެވެ.
މަސައްކަތަށް ފަޚުރުވެރިވާނެއެވެ.
އުފާވެރިކަމާއި،ޝައުޤުވެރިކަމުގެ އިޙްސާސްވާނެއެވެ.
މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކުރާނެއެވެ.
ހުރިހާކަމެއްގައި ފުރިހަމަ ނަމޫނާ ދައްކާނެއެވެ.
ޚިޔާލުތަނަވަސް ކުރުމުގެ ފުރުޞަތު ދޭނެއެވެ.
ވާހަކަތައް އަޑުއަހައި،ޚިޔާލުފާޅުކުރުމުގެ ފެރުޞަތު ދޭނެއެވެ.
ހިނިތުންވެތިބެ ކިޔެވުމުގެ ފުރުޞަތު ދޭނެއެވެ.
ގުޅިގެން މަސައްކަތްކުރުމުގެ ރޫޙް ހުންނާނެއެވެ.
ޤަވާޢިދުތައް ދަމަހައްޓަން މަސައްކަތް ކުރާނެއެވެ
ތަރްޙީބާއި،އިނާމުދިނުމުގައި ދީލަތިވާނެއެވެ.
ފެންވަރުބަލާ،ކުރިއަށްދާ މިންވަރު ބަލާނެއެވެ.
ދީނަށްލޯބިކޮށް ،ދީނީއުޞޫލު ދަމަހައްޓާނެއެވެ.
4 Comments!
Comments are closed.
abdhu lhemun liyany kyve ….ehaa kiyaa hitheh nuvey
thanx
Thanks ❤️❤️
thanks lhen gothah nuliye vaahaka liyaa gothah liyunyma ……and v reethi.