Skip to content
އެސްފިޔަ

ވިސްނިއްޖެއެވެ.

އާޅެން

ވިސްނިއްޖެއެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ހަވީރަށް ފޮޅުނު މާތަކެއްހެން އުޅެވޭންއޮތެވެ.

ކޮންމެއިރަކު ހުރަހެއްނެތި ބައްދަލުކުރެވޭން އޮތެވެ.

ކޮންމެ ވަގުތަކުބީހި އުޅުމުގެ ނަސީބު ލިބިފައިވެއެވެ.

މާދުރުތަނެއް ޚިޔާރުކުރީ ގުޅުން ބާއްވަން ނޭދޭތީއެވެ.

ބުނެވެސްނުލައި ވަކިވެ ދިޔައީއެވެ.

އާދޭސްކުރަމުން ފަހަތުން ދުވާނެ ކަމަށް ހީކުރީހެއްޔެވެ؟

މޫދުގަލަކަށް މަހެއްވެޔޭ ބުނާ އަޑުނާހަނީތާއެވެ.

މަށަށްވެސް މީހަކު ލިބިދާނެއެވެ.

ވަފާތެރިކަމެއްނެތްއިރު އިންތިޒާރެއް ނުކުރާނަމެވެ.

ފަޅިސިކުންތެއްވެސް ނަގާނުލައި އިންތިޒާރު ކުރީމެވެ.

ލޯބިހޯދުމަށް ޤުރްބާންތަކެއް ވީމެވެ.

ކޮންމެދުވަހަކު އޮފީހުގެ މޭޒުމަތިގައި ގުލްދަސްތާއެއް ބާއްވަމެވެ.

މިކަންކުރަނީ މުޅިދުނިޔެއަށް ސިއްރުންނެވެ.

އެންމެއަރާމު ނިދި ލިބޭވަޤުތު ހޭލާ ހުރެގެންނެވެ.

ވާރެޔާތެމިފޯވެގެންވެސް އެކަން ކުރީމެވެ.

ދެއިރު ދެދަޅައަށް ހެދުން ބަދަލުކުރީމެވެ.

ތަށަށްކިޔަނީ މަރިޔަނބުހޭ ވެސް އަހާނުލައެވެ.

ދުވާ މަހެއްގެ ނަގުލުގައި ނުހިފޭނެކަން ގައިމުވެއްޖެއެވެ.

ލޯބިނެތް ހިތަކުން ޖާގަހޯދަން އުޅުމަކީ ގޯހެއްކަން ވިސްނިއްޖެއެވެ.

Comments (2)

  1. kala123

    Hard to write in this column in Thaana, which is a
    pity considering that this a site dedicated to Maldivian literary works. Ismael,thanks! I enjoyed this poem. A piece of advice. Don’t make your poems and short stories too moralistic.
    Just observe the flow of life and nature.However, don’t take my advice too seriously, if you feel, ignoring them benefits a certain type of story or poem. Best wishes.

    1. ismail ali kaleyfaanu
      kala123

      thank u.

Comments are closed.