މާމަލުގެ މީރު ހުވަނދުން، މުޅި ޖަށްވުގައި އަތަރުލާ މާތަކުގެ ފަރިއެރާނީ ،ބަނދެލައި އެޔަށް ވެދުންލާ ރާގަށް ފެތޭނެ ގޮތުގައި، ޢީދަށް ޅެމެއް ގަތައިގެން ރާގަށް އެޅެން ކިޔާލުން، އެވަނީ އުފާ ކުރުމުގާ މާގަސްތަކަށް ދިރުންލިބި، ވެފައޭވަނީ އެރޯޝަން މާޙައުލު އެކުއެކީގާ، ޢީދުގެ ޖަރީ އަޞަރުގާ ހާމަވެ މިދާ މުނާސަބު، ފާހަގަކުރުން އަދައިގެން މާލަސްވެގެންމި ނުދަނީސް ޢީދުގެ ވެދުން ސަލާމާ ވަކިވަކިން އެންމެންގެ ނަން ލިޔެފައި އަރިސް ނުކުރެވުނަކަސް ވަކިވަކިން […]
ބަނަ ވިލާގަނޑުގެ ދަށުގައި ބަނަކަމެއް އުދަރެސް މަތިން ދައްކާފިއޭ ނެތި އަލިކަމެއް ބަނަ ވިލާގަނޑެކޭ އެކީ ފަތުރާ އެލީ ބަލިމަޑުކަމެއް ހަނަފަހުގެ ސަހަރާއެކޭ އެއްފަދަ ވަނީ ފަޅު މަގުތަކެއް ވަނަ ވިހިން އޮނަވހިވި ކޮވިޑް ފެނުމާއެކީ ނާމާންކަމެއް ހަތަރަކުން ގިނަވެވި ޢަދަދު ޤަޢުމުގަ ވަނީ ބޮޑު ހާސްކަމެއް މަދަދަކަށް ގޮވެނީ މިހެން ފައްސީގަ ވާތީ ގިނަ ބައެއް އަދަކު ނެތް ފަރުވާ ކުރާނޭ ބޭހަކާ މޮޅު ވެކްސިނެއް ކަތަކު ފަހު ކަތެކޭ ދަނީ ނިމިގެން މިތާ ނެތި […]
ޙަޔާތުން ކުލައެއް ހިތްގައިމުކަން ވަށައިވީ ވައިމަޑުވި ރީތި ދުވަހެކެ ހިތްގައިމުކަން އިތުރުވީ ތުނިތުނި ކެރީގެ އަސަރެކެ ހިތްފިނި ވެދާނެ ގޮތަކަށް އުޑުގައި ވިލާ ދައުރުކުރި ހިތްދަތި ނުވާނެ މީހަކު ފެނިފައި އެރީތި ކަނޑުއޮޅި ހުދު ދޮންވެލީގެ ގޮނޑުދޮށް، ފެހިރީތި ގަސްތަކާއެކު ޤުދުރަތުގެ ސާފުސީދާ ފުރިހަމަ މިސާލަކާ އެކު އިރުއޮއްސި ހުދު ވިލާތައް މަޑު ރަތްކުލާގަ ދިއްލެވި އިވުނީ ނަޔާއެ މުނިޔާ ކުދި ދޫނިތަކުގެ އަޑު ތުއި ފެނުނީ ނުހަނުމެ ފުރިހަމަ ތަސްވީރެކޭ ނަޔާ ފަރި ފެނުނީ ޙަޤީޤަތެއްމެއެ […]
އައުޅެން ލޯބީގެ އަގު އިސްމާޢީލް ޢަލީ ކަނދޮޅުދޫ މި ހިތުގައިޖަހާ ކޮންމެ ވިންދަކީ ތިބާގެ ޙައްޤެކެވެ. ލޯތްބާއި އޭގެ އަސަރު ދަސްކޮށްދިނީ ތިބާއެވެ. އެންމެފުރަތަމަ ލޯބީގެ ބާރުގަދަވާނެއޭ ބުންޏެވެ. ލޯބިވެވޭނީ އެންމެ ފަހަރަކުއޭ ބުނީ ތިބާއެވެ. ތިބާއަށްޓަކައި އެންމެ ބޭނުން ވަޒީފާ ދޫކޮށްލީމެވެ. އެންމެ ލޯބިވާ މައިންބަފައިންނާ ދުރުގައި ހުރީމެވެ. އެންމެގާތް އެކުވެރީން ހަނދާން ނައްތާލީމެވެ. ހޭލާ އިނދެގެންވެސް އިންތިޒާރު ކުރީމެވެ. ތިބާއަށް އެންމެ މީރުކާނާ ތައްޔާރުކުރީމެވެ. ތިބާގެއަންނައުނު ދޮވެދިނީ ގަޔާވެ އިނދެއެވެ. ތިބާގެ ކޮންމެ އެދުމަކަށް […]
އައުޅެން ޒުވާންކަން ނީލަމަށް ނުލާށެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޒުވާންކަން ފަރިވެ ފޮޅިފައިވާ މަލެއްފަދައެވެ. މާ މިލާމޯޅިވާ ފަދައިން އިސާހިތަކު ޒުވާންކަން ނެތިދެއެވެ. މަލަށް ލޯބިކުރާ ފަދައިން ޒުވާންކަމަށް ދަހިވެތިވެއެވެ. ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނަން ޖެހެއެވެ. ތިބާގެ ޒުވާންކަން ހޯދުމަށް ޚުޝާމަދު ކުރަމުންދާނެއެވެ. ތިބާގެ މޫނު ހަނދާ އެއްފަދަ ކުރާނެއެވެ. ތިބާގެ ދެބުމަ ހިތިފަތެއް ކަމުގައި ބުނާނެއެވެ. ފިނިފެންމަލުގެ ދާނުގައި ބައިންދާނަމޭ ބުނާނެއެވެ. ވަކިހިސާބަކުން ކުރިންބުނި ބަސް ހަނދާންނެތެއެވެ. އަޅާލުމުގެ ބަދަލުގައި ހާލުގައި ޖައްސައެވެ. އިހާނެތިގޮތް […]
އައުޅެން ބާއްޖަވެރި ޙަޔާތް އިސްމާޢީލް ޢަލީ ކަނދޮޅުދޫ މިނިވަންކަމާއިއެކު އުދުހިލާން ހިތްއެދެއެވެ. ކޮކާތައް ފޮނިބޮއި ހަދަނީ އުފަލާއެކުގައެވެ. ރަތްރީދޫ ހުދުފިޔާތޮށި މަލުންނެވެ. މިއީ ލޮލަށް ފެންނަ މަންޒަރުތަކެވެ. ކޮކާ އޭތީގެ ޙަޔާތަށްޓަކައި ޤުރްބާންތަކެއް ވާނެއެވެ. މާމަލަށް ތިރިކުރާއިރު ނުރައްކާތަކަށް ފާރަވެރިވެއެވެ. ތިބާގެ ޙަޔާތްވެސް ހަމަ މިފަދައެވެ. ދިރިއުޅުމުގައި އިންތަކެއް ހުރިކަން ދަންނާށެވެ. ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް ވެއެވެ. އިންތައް ފަހަނަ އަޅައި ދިއުމުގެ ނަތީޖާ ހިތިވާނެއެވެ. ތިބާގެ މިނިވަންކަމުގެ ފަހަތުގައި ޙައްޤުތަކެއް ވެއެވެ. ފެންނަހާ ސޫރަކަށް […]
އައުޅެން އަނިޔާގެ ޝިކާރަކަށްވެ ނިމިއްޖެއެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޙަޔާތުގެ ނައު ދަތުރު ފެށީ އަމާން ކަމާއެކުގައެވެ. ކައިވެނީގެ މަތިވެރި ގޮށްޖެހީ އިތުބާރާއެކީގައެވެ. ލޯބީގެ ހަދިޔާ ދިނީ ޔަޤީން ކަމާއެކުގައެވެ. ޖިސްމަށް ރޫޙީ އުފާ ދިނީ ލޯތްބާއި އެކުގައެވެ. މުޅި އުމުރު ވަފާތެރިވާނަމޭބުނީ ޖޯޝާއެކުގައެވެ. ކުޑަ ދުވަސްކޮޅަކަށްފަހު ނައުގެ މިސްރާބު ގެއްލިއްޖެއެވެ. މަފަކީރު ގެވެށި އަނިޔާގެ ޝިކާރަކަށްވެ ނިމިއްޖެއެވެ. ނުރުހުމުގެ ބަސްތައް އަމާޒުކުރުން އާދައަކަށް ވެއްޖެއެވެ. ގޮށްމުށުގެ ބާރާއި،ނުފޫޒުން ހިތްތޮރުފަމުން ދިޔައެވެ. މާނާޅާ ގަހެކޭ ބުނެ ހިތްރޮއްވައިލައެވެ. […]
އައުޅެން ޙަޔާތް ތިބާއަށްޓަކައި އިސްމާޢީލް ޢަލީ ކަނދޮޅުދޫ ތިބާއަށްޓަކައި ފިދާވާން ތައްޔާރު ވީމެވެ. ތިބާއަށްޓަކައި ހެޔޮ ދުޢާ ކުރީމެވެ. ތިބާ ފެންނަ ފަށުގައި އަބަދުމެ ހުރީމެވެ. ތިބާގެ ހިތުން އެހެންމީހަކަށް ޖާގަ ދީފާނެތީ ހިތްތެޅެއެވެ. ތިބާގެ ރީތި ކަމުގެ ތަސައްވަރުގައި ދިވާނާ ވީމެވެ. ކޮންމެ ހިނދުކޮޅަކީ ތިބާގެ އިންތިޒާރުގެ ވަގުތެވެ. ތިބާގާތްވަމުން ދިޔަ ވަރަކަށް ހިތްކަނުވަމުން ދިޔައެވެ. ތިބާގެ ކޮންމެ އެދުމަކަށް ތަރުޙީބު ދިނީމެވެ. ތިބާއަށްޓަކައި ގެއިން ވައްކަން ކުރީމެވެ. މަންމަގެ އަގޮބޮޑު ރަން ފައްޓަރުބައިވެސް ނެގީމެވެ. […]
އައުޅެން ޙަޔާތުގެ ހިތި އަސަރު އިސްމާޢީލް ޢަލީ ކަނދޮޅުދޫ ރާޅު ބީއްސާ ހިސާބުގައި އޮށޯވެލީމެވެ. ނޫ އުޑުގައިވާ އިރުންހޫނުކަން ލިބެމުން ދެއެވެ. ރާޅު ބީހިލާ ވަގުތު ފިނިކަން އިޙްސާސް ވެއެވެ. ހުދުވެލިގަޑުގައި މޫނު ޖައްސާލީމެވެ. ކުރެވުނު ކަންތަކާ މެދު ވިސްނާ ލެވުނެވެ. އެ ފާފައަށް އަރައި ނުގަނެވުނު ނަމައެވެ. އެ ފަޅުގެއަށް ނުވަދެވުނު ނަމައެވެ. އެވަގުތު ބިރުވެރިކަން އިޙްސާސް ނުވީ ކީއްވެބާވައެވެ. ޢިއްފަތްތެރި ކަމުގެ އަގު ވަޒަން ނުކުރެވުނީ ކީއްވެބާވައެވެ. މި ސިއްރު ފަޅާ އަރާނެއެވެ. މިކަމުގެ […]