Skip to content
އެސްފިޔަ

ކުށް ކުރީ އަހަރެންނެވެ.

އާޅެން

ކުށް ކުރީ އަހަރެންނެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

 

ދަތްހުރިދުވަހު ކާށިކެވޭނެ ކަމަށް ބުނެ އުޅުނީމެވެ.

ދެއްވި ރިތިސޫރައާ މެދު ބޮޑާވެވުނެވެ.

ހިތްކިޔާނެހާ ގޮތްގޮތަށް އުޅެވުނެވެ.

ތަބީޢަތުގައިވާ ގޮތާ ދެކޮޅުހެދުނެވެ.

ބަލިބަލީގެ ޝިކާރައަކަށްވެ ނިމުނެވެ.

ކުޑަދުވަސްކޮޅެއްގެ މެހުމާނެއްކަން ގައިމުވިއެވެ.

ކުޑަދަރިފުޅު އެކަނިކޮށް ދާންޖެހުނީއެވެ.

ލޮބުވެތި އަނބިމީހާއާ ވަކިވާން ޖެހުނީއެވެ.

ކުޑަދަރިފުޅުވަނީ ދުނިޔެވީ އުފާތަކުން މަޙްރޫމުވެފައެވެ.

އަހަރެންގެ ބަލީގެ ޚަބަރު ލިބުމުން އާއިލާ ބައިބައިވިއެވެ.

ކުށް ކުރީ އަހަރެންނެވެ.

ވޭންއުފުލާން މިޖެހުނީ މުޅިޢާއިލާއަށެވެ.

ދުނިޔޭގެ ލަދަށް ފިލިދާނެއެވެ.

އާޚިރަތުގެ ވޭން މާބޮޑުވާނެއެވެ.

ﷲ ހަނދުމަ ނުކުރުމުގެ ނަތީޖާ ދެކޭށެވެ.

 

 

Comments (1)

  1. King

    Salhi ????

Comments are closed.