ގޭދޮރު ހުޅުވާ އެތެރެއަށް ވަން މަންމަފެނި ޒައިދާއި ދިމައަށް ބަލަލެވުނު އިރު ދެމީހުންނަށް ތިބެވުނީ ޖެހެނުޖެހޭ ހިސާބުކައިރީގައެވެ، އަހަރެން ބިރުން އަވަހަށް އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވ.ް ހާސްވެ ދާހިތްލަމުން ދިއައިރު ލަމުންދިއަނޭވާގެ އަޑުވެސް ބާރުވަމުންދިއަ އިހްސާސްކުރެވެން ފެށިއެވެ. ދެން ކުއްލިއަކަށް އިވުނީ ޒައިދުގެ އަޑެވެ. ” ސާއިނާއްތާ މި މަންމަން ކުއްޖާ އަކަށް ނޭގެތަ، ސައިތަށްޓެއް ވެސް ރަގަޅަ ގިރާލަން އަހަރެން ސައިބޯން އައި އިރު ހުރީ ފާޑެއްގެ ކިރުތައްޓެއް ގިރާފަ ދެން ކޮފީ ގެނެސް ދޭށޭ […]
“ދެން ކިހާ ދެރަ ކަމެއް؟ ހަމަ ގައިގަ ނުޖެހި ދާން އުނދަގޫވާނެ.!” އިވުނު ލުއި ލުއި މިޔުޒިކެއް ކަހަލަ އަޑުން އަހަރެންގެ ހިތަށް ފިނިވެގެންދިޔައިރު، ލާނެތް ގޮތަކަށް ހިނިތުންވެލީމެވެ. ހުދު ޔުނީފޯމުގައި ހުރި އެ އަންހެންކުއްޖާގެ ގައިގައި އަހަރެން ޖެހިގަތީ ހަމަ ގަސްތުގައެވެ. ފަހަތުން ގޮސް އެކުއްޖާގެ ކުރިއަށް އަރައި އަހަރެން އެނބުރި ބަލައިލީ އެއީ ކޮން ކުއްޖެއްކަންވެސް ނޭނގޭތީއެވެ. ހަމަ އެ ހިނިތުންވުންމަތީގައި ހުރެ، އަހަރެން އެކުއްޖާގެ މޫނަށް ބަލާލަމުން އެއްލޯ މަރާލިއިރު އެއަންހެންކުއްޖާގެ ނުރުހިފައިވާ […]
މާހިލްއަށް ސާޔާ ގޮވައިގެން އެތެރެއަށް ވަންނާކަން ނުކެރުނެވެ. އަސްލަމް ހީކޮށްފާނެ އެއްޗަކަށް ވިސްނާލާފައި ސާޔާ މޫނުގައި ދެތިން ފަހަރަކު މަޑުމަޑުން ޖަހާލިއިރަށް ނަސީބަކުން ލޯހުޅުވާލައިފިއެވެ. ހޭވެރިކަންވުމުން ސާޔާ މާހިލްއާ ދުރަށް ޖެހިލިއެވެ. ދެއަތުން ކޮތަޅުތައް ހިފައިގެން ސާޔާގޮސް ގޭތެރެއަށްވަނީ މާހިލްއަށް ބަލައިވެސް ނުލައެވެ. ކޮޓަރިއަށްވަތް ގޮތަަށް އަތުގައި ހުރި ކޮތަޅުުތައް ދޫކޮށްލާގައި ސާޔާ އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާގެ ހިޔާލުގައި ކުޑަ އިރުކޮޅެއް ކުރިން ވެދިޔަ ކަންތައް ތަކުރާރުވާންފެށިއެވެ. މާހިލްއަށް އެހާ އެދެވޭ އިރުވެސް އެގޮތަށް ކަންތައްް ކުރެވުނީތީ […]
އިރުކޮޅެއްނުވެ ހުޅުވުނު ދޮރާއި އެކު އެތެރެއަށް ވަންއަޒާލްއަށް ކޮޓަރިން ފެނުން މަންޒަރުން ދެލޯ ބޮޑުވެގެން ދިއައެވެ. ހޭނެތިފައި އޮތް މާހީގެ ހަށިގަނޑާއި ކުޅެމުންދިއަ މަންމަގެ ނުލަފާ ސޫރަފެނި އެތެރެއަށް ވަންނަންަނެގި ފައިގާ ކަސްތޮޅު އެޅުމުއެވެ. “ސާއިނާ! ތީކޮންކަމެއް، ބަލާބަލާ ތިއޮތަ ކުއްަޖާއަށް ޖައްސާފައޮތް ހާލު އަދިއެވަރު ނުފުދިގެން…. ޗީ އަހަރެން ނުހީކުރަން އަންހެނަކަށްވެ ހުރެ ސާއިނާ ތިފަދަ ގޮތަކަށް އަމިއްލަ ދަރިފުޅަށް ހާދަނެއޭ. ގެންގުޅޭ އެކުވެރިން މަދީތަ… ” މާހީގެ ހަށިގަނޑު އޮތްގޮތް ފެނި އެއްވެސް ފޭރާމެއްނެތި […]
ހުޅުވިގެން ދިއަދޮރާއިއެކު އެތެރެއަށް ވަން މަންމަ އާއި ޒާއްތައައި އަޒާލްބެގެ އިތުރުން ބިޔަހަށިގަނޑެއްލިބިފައިވާ ދިގު މީހަފެނި ބަލާލެވުނު ނަޒަރު އަނބުރާަލެވުނީ އެމީހާ ފަހަތުން ވަން ޒުވާނާއަށެވެ، ދުވަހަކުވެސް ނުދެކޭހާ ރީތި ހޫރެއްލީނެއް ފަދަ އެ ޒުވާނާ ފެނި ނޭވާތާށިވިއިރު ހިތުގެ ކަނެއްގައި އަޖައިބެއްކަހަލަ އިހް ސާސެއް ދުވެލާގަތެވެެ. ހިނދުކޮޅަކަށް އަހަރެންގެ ހައިސިއްޔަތާއި ނިކަމެތިކަން ހަނދާންނެތި ގެއްލި ހުރެވުނީ އެ ރީތި އިންސާނާއަށް ބަލާށެވެ. އެކުޑަވަގުތު ކޮޅު ދިގުލަދާނެކަމަށް އުއްމީދު ކުރެވުނުއިރު އެކަން ފެނަން ވެ ދިއައީ އެ […]
ރޭތަށް ނުނިދި ދިގުލާދަމު ދިޔައިރު މެންދަމުގެ ހަމަހިމޭން ވަގުތުތައް އަހަރެން ހޭދަކުރަން ކުރަންޖެހިފައިވަނީ ވޭނީ އަނިޔާގެ ތެރޭގައެވެ. ބޮޑުވަމުން ދިއަވަރަކަށް އަހަންނަށް ބަދަލުތަކެއް އައި އިރު މިޒާޖަށް ހަމަހިމޭންކަން ވެރިވެ މަންމަން ވަމުންދިޔައެވެ، އެއްވެސް މީހަކު އަހަންނާ ވާހަކަ ނުދައްކާއިރު އަހަރެން ވެސް އެންމެން ނާއި ދުރުހެލިވެ އެކަނިވެރިކަން ދަސްކޮށްފީމެވެ.ގޭގެ މަސައްކަތް ކުރުންފިޔަވާ ވަގުތު ތައް ހޭދަކުރަނީ ކޮޓަރިގައެވެ. މަންމަގެ ކަންތައް ހުންނަގޮތުން މިއެގެއެކޭ ކުޑަވަރެއްގެ ޑިސްކޯއެކޭ އެއްގޮތެވެ. އެކިޒާއްޒާތުގެ މީހުންނާއިގެން ރޭގަނޑުގެ ވަގުތުތަކުގައި ގޭތެރޭގެ ފަޅުކަން […]
އާ ދުވަހަކަށް އިރުއެރީ ސާޔާގެ ހަޔާތަށްވެސް އަލިކަން ގެނެސްދެމުންނެވެ. ފަތިސްނަމާދުކޮށްލައިގެން ސާޔާ ބޭރަށްނުކުމެލީ ހިތްހަމަ ޖައްސާލާށެވެ. އެތަކެއް ދުވަހަކުންސުރެ ގައިދެއްގައި އިނުމަށްފަހު މިނިވަންވީ ކަމުގެ އިހުސާސެއް އޭނާއަށް ކުރެވުނެވެ. އިރުގެ ރަންދޯދިތައް އައިސް ހަންގަނޑުގައި ބީހިލުމުން އަރާމު އިހުސާސެއް ކުރެވެއެވެ. ހަށަން ބަނދެލައިގެން ހުރިއިރު ސާޔާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއްވިއެވެ. އަތުގައި އޮތް ފޯނު ރިންގުވާތީ ބަލައިލިއިރު މާހިލް ގުޅަނީއެވެ. ފޯނު ނަގާފައި ހަލޯއޭ ބުނި ވަގުތު މާހިލްއަށްވެސް ސާޔާގެ އަޑުގައި އެހެންޏާ ނުހުންނަ އުފާވެރިކަމެއް ހުރިކަން […]
ސާޔާ ހަމީދު ކައިރިން ސަލާމަތްވުމަށް ކުރަމުންދިޔަ ހުރިހާ މަސައްކަތެއް ދިޔައީ ނާކާމިޔާބު ވަމުންނެވެ. ސާޔާ ހަޅޭއްލަވަން ފެށުމުން ހަމީދު ރުޅިއައިސްގެން އަނގަމަތީގައި ބާރަކަށް ޖެހުމުން ފަޅައިގެންގޮސް ލޭ އަންނަންފެށިއެވެ. ހަމީދު އަނިޔާ ކުރުމުން ވީ ތަދަށްވުރެ ބޮޑަށް ވޭންއެޅީ ހިތުގައެވެ. ދޮންމަންމަ އޭނާއާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް މިވީހާތަނަކަށް އަތް އިސްކޮށްފައެއްނުވެއެވެ.ހަމީދު ސާޔާ އަޅައިގެން ހުރި ބުރުގާ ދަމައިގަތެވެ. ސާޔާ ރޮއެރޮއެފައި ބާރަށް ހެދުމުގައި ހިފެހެއްޓިއެވެ. އެކަމަކު ހަމީދު މާ ބާރުގަދައެވެ. ހަމީދު ސާޔާއަތް […]
އަވަސް އަވަހަށް އައިސް މަޑުމަޑުން ދޮރުހުޅުވާ ބަލާލި އިރު ކުރިމަތީ ހުރި އަޒާލް ފެނި ރިހޭފައި މައްޗަށް ފޮއިވެއްޓުނުކަމުގެ އިހްސާސް ވެގެންްދިއައެވެ. އެވަގުތުބިންފަޅާ އަޑިއަށް ދާނެނަމައޭ ވެސް ހިތަށް އެރިއެވެ. ރޫރޫ އަޅައިގެންދިއަ ދެފައިތިލަ ހަމައަށްއަޅުވަމުން ދޮރުގެ ތަޅަށް ފިއްތާލަން ކުރިމަސައްކަތް ބޭކަރުވީ އަޒާލްގެ ބާރުގަދަ ދެއަތުން ދޮރުފަތް ހިފަހެއްޓުމުންނެވެ. އަހަރެންނަށް ލެވުނުބާރެއްލައި ދޮރުޖެހޭތޯ ކުރިމަސައްކަތް ނަކާމިޔާބުވީ ފާހަނަތެރެއަށް ދެމިގަތް އަޒާލް ފެނިއެވެ. ބޯމަތީ ސިދަލަށް ހަރުގައި ހުރި ތުވާލި ނެގުމަށް ފަހު ހަށިގަނޑު ފޮރުވަން މަސައްކަތް […]