އަހަރެން ހަނދާން ހުންނަން ފެށީއްސުރެންވެސް އަހަރެންނަކީ އުފާވެރި ދިރިއުޅުމެއް ވޭތުކުރަމުން އައި މީހަކީމެވެ. އާއިލާގައި ތިބި ހުރިހާ ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއަށް ވުމުން އަހަރެން ބޮޑުވަމުން އައީ މަންމަ އާއި ބައްޕަގެ އިތުރުން ދައްތަ މެންނާއި ބޭބެމެންގެ ވެސް ފުރިހަމަ ލޯތްބާއި ހިމާޔަތް ލިބިގެންނެވެ. މިހެންކަމުން އަހަރެންގެ ސްކޫލް ދައުރު ފެށިގެން ދިޔައީވެސް ކާމިޔާބުކަމާއި އެކުގައެވެ. ކޮންމެ އަހަރެއްވެސް ނިންމާލަނީ ކުލާހުން އެއްވަނަ ހޯދައިގެންނެވެ. ކިޔެވުމުގެ އިތުރުން އެހެން ކަންކަމުގައިވެސް އަހަރެން ދިޔައީ މަންމަމެން […]