ހަޤީޤީ ހާދިސާ އެދުވަހު އަހަރެން ޔުނިވަރސިޓީގެ ފާހާނާ ތެރެއަށް ވަނީ އެފަދަ މަންޒަރެއް ފެނިދާނެ ކަމަކަށް ނޫނެވެ. އެހެނަސް، ﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އަހަރެންނާ އެއްކޮށް ކިޔަވާ މާޒިން ނަމަކަށް ކިޔާ ސާޅީހަކަށް އަހަރުގެ ފިރިހެނެއް ފާހަނާ ތެރެއަށް ވެއްޓިގެން އެތަނަށް ބައިވަރު މީހުން ޖަމާވެފައި ތިއްބެވެ. “ކިހިނެއްތަވީ؟” އަހަރެން އެމީހުން ގާތު އެހީމެވެ. ” އޭނަ ނޭވައެއް ނުލާ. މުޅި ގައި ފިނިވެފަ. ހީވަނީ ދިރުމެއް ނެތް ހެން. ވަރަށް ނުބައިވަސް […]
ސައިބަރ ބުލީންގް ނުވަތަ އޮންލައިން ބުލީންގް އަކީ އަދުގެ މުޖުތަމައުގައި ވަރަށް އާންމުކޮށް އަޑުއިވެމުންދާ ބަހެކެވެ. މީގެ މާނައަކީ ކޮބައިތޯއެވެ؟ އިލެކްޓްރޯނިކް ޓެކްނޮލޮޖީގެ ތެރޭގައި ހިމެނޭ ފޯނު، ކޮމްޕިއުޓަރު ، ލެޕްޓޮޕް އަދި ޓެބްލެޓުތައް އަދި މިނޫންވެސް ތަކެތި ބޭނުންކޮށްގެން މެސެޖު،ޗެޓު،ފޮޓޯ،ވީޑިއޯ ފޮނުވުމުން ކުރާ ބުލީ ނުވަތަ ހަނގާއެވެ. މިފަދަ ބުލީތަކުގެ މިސާލުތަކުގެ ތެރޭގައި އެފޮނުވޭ ފަރާތް ނުރުހޭފަދަ މެސެޖުތަކާއި ވީޑިއޯ،ފޮޓޯ ހިމެނެއެވެ. އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ނުހިނގާ ކަމެއްގެ އަޑުފެތުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ. […]