ޝައިހާގެ ނޭވާވެސް ދުމުގެ ސަބަބުން ހާސްވަމުން ދިޔައެވެ. އަދި ކޮށިއަރަމުން ކެއްސަމުން ދިޔައެވެ. އެކޮޓަރިން ނިކުމެވޭނެ ގޮތެއް ފެނޭތޯ އޭނާ އުޅެގަތެވެ. ސްމައިލީގެ މޭޒުމަތީގައި އޮތް ބަރު އޭނަ ލޮލުގައި އަޅައިގަތެވެ. އަވަހަށް އެއާއި ދިމާލަށް ދުއްވައިގަތެވެ. ސްމައިލީގެ ފޯނު ފެނުނީ ބަރުނަގަން މޭޒުކައިރިއަށް ދިޔަ ވަގުތެވެ. އަވަހަށް ފޯނުނަގައި އަލިފާން ގަނޑުތެރެއަށް އެއްލައިލިއެވެ. ބަރުން އަތުގައި ހުރި ބާރެއްލައިފައި ދޮރުފަތުގެ ތިރީބައިގެ ބިއްލޫރި ގަނޑުގައި ޖެހިއެވެ. ދޮރުފަތުން ހެދުނު ބާގަނޑުން އޭނާއަށް ނިކުމެވޭ ވަރެއް ނުވިއެވެ. […]
ބުރާންތިވެގެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. މޫނުދޮންނަ ތަށީގައި ހިފަހައްޓާލެވުމާއި އެކު އޭނާއަށް މަޑުމަޑުން ގިސްލެވެން ފެށިއެވެ. ކަރުނަތިކިތަކުން އޭނާގެ މޫނު ތެމިއްޖެއެވެ. އެތައް އިރެއް ވުމައްފަހު މޫނު ދޮވެލުމަށް ފަހު ފާހާނައިން ނިކުންނަން ދޮރު ހުޅުވާލިއެވެ. ލިބިފައިވާ ހިތާމައާއި އެކު ކުއްލިއަކަށް ލިބުނީ ސިހުމެކެވެ. ކުރިމަތީގައި ހުރީ ސްމައިލީއެވެ. ބޭކަރީގެ މުވައްޒަފުންގެ ބްރޭކް ގަޑިއަށް ވުމުން އެހެން އިތުރު އެކަކުވެސް ނޫޅެއެވެ. ޝައިހާއަށް ޔަގީންވީ ހުރިހައި މަންޒަރެއް ސްމައިލީއަށް ފެންނާނެކަމަށެވެ. އަދި އެމަންޒަރުތައް ރައްކާ ކުރެވޭނެ ކަމެވެ. […]
ފިޔަވަޅު ލޯބިވާ މައިންބަފައިންނާއި އުޅެ ބޮޑުވި ފަސްގަނޑު ދޫކޮށް މާލެ ބަދަލުވީ ނަރސިން ދާއިރާއިން ލިބުނު ކޯހެއް ހެދުމަށެވެ. ކުރިމަގަށްޓަކައި ކުރެވުނު ފޮނިފޮނި ހުވަފެން ތަކެއްގައި ކުލަ ޖެއްސުމުގެ ހެޔޮ އަޒުމުގައެވެ. އަދި ހަތަރު އަހަރުގެ ޑިގްރީ ކޯސް ނިންމުމަށް ފަހު އަވަހަށް ގޮސް ރަށުގެ މީހުންނަށް ހިދުމަތް ކުރުމުގެ އުއްމީދުގައެވެ. ބޮޑު ގެއެއްގައި ތަނަވަސް ކޮޓަރިއެއް ދޫކޮށް ދެތިންހަތަރު ކުދިންނާއި އެކު ރޫމްއެއް ޝެއަރ ކޮއްގެން އުޅެވޭނެ ކަމުގެ ޔަގީން ކަމާއި އެކުއެވެ. ކޯހުގެ ފުރަތަމަ […]
މާހިލް ދެފަޔަށް ލެވުނުހާ ބާރެއްލާފައި ދުވެފައި އައިސް ސާޔާ އަތްދަނޑި މައްޗަށް އުފުލާލައިގެންގޮސް ސޯފާގައި ބާއްވާލިއެވެ. އުޝާ ފާޑަކަށް އެދިމާއަށް ބަލަހައްޓައިގެން ހުރީ ނުލަފާ ގޮތަކަށް ހިނި އައިއްސައެވެ. މާހިލް ސާޔާ މޫނުގައި ދެތިން ފަހަރަކު ޖަހާލުމުން ލޯހުޅުވާލާފައި ބޮލުގައި އަތްއަޅާލީ ތަދު އިހުސާސްކުރެވުމުންނެވެ. މާހިލް ސާޔާ ބޮލުގައި އަތްއަޅައިގެން ހުރި ހިސާބުގައި އަތް ޖައްސާލިއިރު ހުރީ ދުޅަވެފައެވެ. ނަސީބަކުން ފަޅައިގެންގޮސްފައެއް ނެތެވެ. މާހިލް މުފީދާ ކައިރީގައި ބުނެގެން ސާޔާ ބޮލުގައި ގަނޑުފެން އަޅާލައިދިނެވެ. މާލަސްވެފައި ހުރުމުން […]
ހެނދުނު ހޭލިގޮތަށް މާހިލް އެންމެ ފުރަތަމަވެސް ގުޅީ ސާޔާއަށެވެ. ރޭގައި ނިދިއިރު ލަސްވެފައި ހުރުމުން ހޭލެވުނީވެސް ވަރަށް ލަސްވިފަހުންނެވެ. ސާޔާއަށް ގުޅައިގެން ވާހަކަ ދައްކާލާފައި ތައްޔާރުވެލައިގެން ނުކުތް އިރު އެންމެން ސިޓިންގރޫމްގައި ތިއްެބެވެ. ކޮޓަރިން ނުކުމެގެން އައި މާހިލް ފެނުމާއެކު މުޒްނާ މާހިލް އާ ދިމާ ކޮށްލުމުން ރަކިވެގެން ބޯކަހާލިއެވެ. މުފީދާ ހެމުން ހެމުން ތެދުވެގެންގޮސް މާހިލްއަށް ސައި ތައްޔާރުކޮށްދިނެވެ. ކޮޓަރީގައި ނުކުންނަ ހިތް ނުވެފައި އޮތް އުޝާ މާހިލްގެ ފޮޓޯ މޭގައި ޖައްސާލައިގެން އޮތް އިރު […]
ޒައިދުގެ ފޮނި ބަސްތަކުން ބޭއިހްތިޔާރުގަ އަހަންނަށް އެކޮޓަރި އެތެރެއަށް ވަދެވުނުއިރު،އަހަރެންފެނި ސިހިފައި ޒައިދުގެ އަތުގައި އޮތް ގިޓާދޫވެ ބިންމަތީ ޖެހުނެވެ.”މާހީ މިތާނގަ ކިހިނެއް” ޒައިދުގެ ސުވާލުން އަހަރެންނަށް ހަމަހޭކަންވެރިވިއިރު، ކުރެވެމުން މިދާ ކަންތައް އިހުސާސުވުމުން އެއަސަރުތައް ފޮރުވާލުމަށް ޓަކައި މޫނުމަތިން ހާސް ކަން ފޮރުވަމުން ހިނިތުންވެލީމެވެ. “ސޮރީ އިނގޭ ހުއްދަނެތި ދޯ މިވަދެވުނީ، ޒައިދު ހާދަމޮޅޭދޯލަވަކިޔަން،އަދި ވަރަށް ރީތި ގިޓާ ކުޅޭލެއް” އަހަރެންގެ ނުތަނަވަސް ވެފައިވާ ހިތުގެމައްޗަށް ހިނިތުންްވުމަކުން ހަމަޖެހުންގެންނަމުން ދެކަންފަތުގައި ހިފާލަމުން ކުޑަކޮށް ތުންއޫކޮށްަލިއިރު ޒައިދުގެ […]
” ޒައިދަކަށްވެސް އަހަރެންސަލާމަތެއް ނުކުރެވޭނެ،” އެހެންބުނެ އަހަރެން ކޮޓަރިއާއި ދީމައަށް އަށް ދުއްވައިގެންއިރު ހުއްޓެވުނީ ޒައިދު ދެންބުނެލި ޖުމްލައިގެ ބާރުންނެވެ. “އައި ޕްރޮމިސް، އަހަރެން މާހީ ސަލާމަތް ކުރާނަށް ވައުދުވަން މާހީ އަހަރެންކައިރީ ހުރިހާ އެއްޗެއް ކިޔާދީ ” ޒައިދުގެ ވާހަކައިން އަހަރެންގެ ހިތްފުރުނުއިރު ލޮލުގައިވި ވޭނީ ކަރުނާއިގެ މައްޗަށް އުފާވެރިކަން ކުރިހޯދައި އެ އުފާތައް ކަރުނާގެ ސިފަ އިހްތިޔާރުކޮށް އަހަރެންގެ ދެލޯލުން ހަމަވާން ފެށިއެވެ، ހަމައެވަގުތު ޒައިދު ކުރިމަތީ ހުރިހާ ވޭނެއް ބަންޑުންކޮށްލަން ހިތްއެދެމުން ދިއައިރު، […]
މާހިލް އޭނާގެ މޫނު ސާޔާގެ މޫނާއި ކައިރިކޮށްލިއެވެ. ސާޔާ މަޑުމަޑުން ދެލޯމަރާލުމާއެކު މާހިލްގެ ތުންފަތުގެ ބީހުން އިހުސާސްކުރެވި މުޅިހަށިގަނޑުގައި ފިނި ރާޅެއް ދުވެލިއެވެ. ހަރަކާތެއް ކުރަން ނޭނގިފައި ސާޔާއަށް ހުރެވުނީއެވެ. ކުޑައިރުކޮޅަކުން މާހިލް ސާޔާއާ ދުރުވެލާފައި ސާޔާގެ މޫނަށްބަލާލިއިރު އެމޫނުން ފެންނަން ހުރީ ލަދުވެތިކަމެވެ. “އެއްވެސް ކަމެއްވިތަ ސާޔާ.. ނުވެއެއްނު ދޯ ސޯ ޑޯންޓް ބީ އެފްރެއިޑް އިނގޭ ލަވް..” މާހިލް މާ ލޯބިކޮން އެހެން ބުނެލުމުން ސާޔާ ބޯޖަހާލިއެވެ. މިފަހަރު މާހިލް އޭނާއާ ކައިރިވުމުން ދުރުކޮށްލާކަން […]