“ދެން ކިހާ ދެރަ ކަމެއް؟ ހަމަ ގައިގަ ނުޖެހި ދާން އުނދަގޫވާނެ.!” އިވުނު ލުއި ލުއި މިޔުޒިކެއް ކަހަލަ އަޑުން އަހަރެންގެ ހިތަށް ފިނިވެގެންދިޔައިރު، ލާނެތް ގޮތަކަށް ހިނިތުންވެލީމެވެ. ހުދު ޔުނީފޯމުގައި ހުރި އެ އަންހެންކުއްޖާގެ ގައިގައި އަހަރެން ޖެހިގަތީ ހަމަ ގަސްތުގައެވެ. ފަހަތުން ގޮސް އެކުއްޖާގެ ކުރިއަށް އަރައި އަހަރެން އެނބުރި ބަލައިލީ އެއީ ކޮން ކުއްޖެއްކަންވެސް ނޭނގޭތީއެވެ. ހަމަ އެ ހިނިތުންވުންމަތީގައި ހުރެ، އަހަރެން އެކުއްޖާގެ މޫނަށް ބަލާލަމުން އެއްލޯ މަރާލިއިރު އެއަންހެންކުއްޖާގެ ނުރުހިފައިވާ […]