ނޯޓް: މިވާހަކައަކީ 2011 ވަނަ އަހަރު ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ގްރޭޑް 4 ގައި ތަޢުލީމް ޙާޞިލްކުރި އަޙްމަދު އަބާން ޢަޒުމް އިނގިރޭސި ބަހުން ލިޔެފައިވާ ވާހަކައެއްގެ ތަރުޖަމާއެވެ. ހަނދާނާއި ތާރީޚަށްޓަކައި މިވާހަކަ މިސައިޓްގައި ޝާޢިއުކޮށްލީމެވެ “ ” ކަލޭމެންނަށް ހަމަ ނުފެނުނީތަ އަހަރެން ނޫން މީހަކު މިތަނަށް ގެންނަން؟ އަހަރެން ފަޤީރުވީމަ އަހަރެންގެ ޝަރީޢަތް ތި ކުރަނީ. މީކޮންކަހަލަ އިންސާފެއް.!!!” ބަކުރުބޭ ރުޅިން ހުރެ ބުނެލިއެވެ. ” ޝަރީޢަތުގެ މައިދާނުގަ ބޭކާރު ވާހަކަ ނުދައްކާ. ދެންވެސް މަޑުން ހުރެވޭތޯބަލާ. […]
ނޯޓް: މިވާހަކައަކީ 2011 ވަނަ އަހަރު ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ގްރޭޑް 4 ގައި ތަޢުލީމް ޙާޞިލްކުރި އަޙްމަދު އަބާން ޢަޒުމް އިނގިރޭސި ބަހުން ލިޔެފައިވާ ވާހަކައެއްގެ ތަރުޖަމާއެވެ. ހަނދާނާއި ތާރީޚަށްޓަކައި މިވާހަކަ މިސައިޓްގައި ޝާޢިއުކޮށްލީމެވެ ” މިރޭވެސް ދަނީތަ ބައްޕަ މަހަށް؟ ” ރިހާންގެ ބައްޕަ މަސް ބާނަންދާ ސާމާނުތައް ހިފައިގެން ގެއިން ނިކުންނަން ދިމާކުރުމުން ރިހާން ބުނެލިއެވެ. ” ކީއްތަވީ؟ މަސްބާނަން އޮވޭތަ ވަކި ރެއެއް؟” ރިހާންގެ ބައްޕަ ބަކުރު ބުނެލިއެވެ. ” ތިހެން އުޅެނިކޮށް ބައްޕައަށް […]
ހެނދުނު ސާޔާ ހޭލިއިރު މާހިލް އަދި ނުހޭލައެވެ. މާހިލްގެ މޫނަށް ސާޔާ ބަލަހައްޓައިގެން އޮތް އިރު ފަނޑު ހިނިތުންވުމެއް ފެންނަން ހުއްޓެވެ. ސާޔާ މަޑުމަޑުން މާހިލްގެ ކޮލަށް ބޮސްދީފައި ތެދުވަން އުޅެނިކޮން މާހިލް އެނާގެ އަތުގައި ހިފެހެއްޓުމުން ސިހުނެވެ. މާހިލް ސާޔާ އޭނާގެ ގަޔާ ކައިރިކޮށްލާފައި ބަލަންފެށި ގޮތުން ސާޔާ ރަކިވިއެވެ. ދެމީހުން ތައްޔާރުވެލައިގެން ނުކުތްއިރު އެންމެން ތިބީ ސައިބޯށެވެ. އެމީހުން ފެނުމާއެކު މުފީދާ އެމީހުންނަން ސައިބޯން ގޮވިއެވެ. “މަންމަ ހީކުރީ ދަރިފުޅުމެން އަދި ތެދުވާނީ ތަންކޮޅެއް […]
ނޯޓް: މީ ވާހަކައެއް ނޫނެވެ. ކަލާ ހިތާމަކުރާ ކަމުގައިވާނަމަ އަހަންނަށް ގުޅާ ލައްޗެވެ. އަހަންނަށް ކަލާގެ ހިތް އުފާ ކޮށް ނުދެވިދާނެއެވެ. އެކަމަކު، އަހަރެން ކަލާ އާއިއެކު ހިތާމަކޮށް ރޮއި ހަދާނަމެވެ. ކަލާ މިދުނިޔެމަތިން ފޫހިވެ، ފިލަން ދުވާކަމުގައިވާނަމަ އަހަންނަށް ގުޅާލައްޗެވެ. އަހަރެން ކަލާއަށް ހުރަސްއަޅާ ހުއްޓުވާކަށް ނޫޅޭނަމެވެ. އެކަމަކު، ކަލާގެ ފަހަތުން ފިލަން ދުވޭތޯ ބަލާނަމެވެ. ކަލާ ހަނުހުންނަން ބޭނުންކަމުގައިވާނަމަ އަހަންނަށް ގުޅާލައްޗެވެ. އަހަރެން ކަލާއާއި ވާހަކަ ދައްކާކަށް ނޫޅޭނަމެވެ. އެކަމަކު، ކަލާއާއިއެކު މަޑުމަޑުން ހަނުހުންނާނަމެވެ. […]
ނޯޓް: މީ ވާހަކައެއް ނޫނެވެ. ކަޅި ޖަހާ ނުލާ އަހަރެން ބަލަހައްޓައިގެން ހުރީމެވެ. އެމޫނަށެވެ. ލޯބި ލޯބި މޫނެކެވެ. ލުއި ހިނިތުން ވުމެކެވެ. މަސްތީ ބެލުމެކެވެ. ބަލާ ފޫހިވުމެއް ނެތެވެ. އެހާވެސް ފުރިހަމައެވެ. ލަފެއް ލަކުނެއްނެތެވެ. ހިތަށް އެރިއެވެ. ރީތިކަމަކީ ހާދަހާ ވާ ފުރިހަކަމެއް ތާއެވެ. ބަސްހުއްޓުނެވެ. ފަން ފަށުވި އިސްތަށި ގަނޑެކެވެ. އޮފްއަރާއިރު ބަލާލަން ފުރިހަމައެވެ. ލޮލުގެ ކަޅިރަވަ ތޫނެވެ. އުޖާލާވެފައި ހިތްގައިމެވެ. ފާޑެއް ނުކިޔޭނެއެވެ. މަޑުމަޑު ފިޔާތޮށި ކުލައިގެ ތުނިތުނި ނާޒުކު ތުންފަތެކެވެ. ބީހެއްހިތްވާނެއެވެ. […]
ޢާއިލާއެއްގެ ދިރިއުޅުން ހަމަޖެހޭ އުފާވެރިގޮތެއްގައި ވޭތު ކުރެވޭނީ، އެޢާއިލާގެ އިސްކޮށް ތިބި މީހުންނަކީ ނުފޫޒުން އެއްކިބާވެގެންވާ މިނިވަން ވިސްނުމެއްގެ މަތީގައި ދިރިއުޅުން ވޭތުކުރާ ބަޔަކަށް ވެގެންނެވެ. މިތާނގައި ޢާއިލާއެއްކަމަށް ސިފަ މިކުރަނީ ދެމަފިރިންނާއި ދަރިންގެ މައްޗަށެވެ. މިދެންނެވި ޢާއިލާގެ ދިރިއުޅުން ހަމަޖެހޭގޮތެއްގައި ވޭތުކޮށް، ބާއްޖަވެރި ޙަޔާތަކަށް މަގުފަހިކުރެވޭނީ، ދެމަފިން، އެކަކު އަނެކެއްގެ މައްޗަށް ނުފޫޒު ނުފޯރުވާ، ގުޅިގެން އެއް ރޫޙެއްގައި ދިރިއުޅުން ވޭތުކޮށްގެންނެވެ. ނަމަވެސް، އަޅުގަނޑުމެންގެ މިމުޖުތަމަޢުގައި ޢާއިލާތައް ސިފަކުރެވިގެންދަނީ މިދެންނެވިގޮތާއި މުޅިން ޚިލާފަށެވެ. މިމުޖުތަމަޢުގައި ގިނައިން […]
މީހާ މީހަކަށް ވަނީ އިސްކޮޅުން ކުރުވެ، ގޮތްދާ ހިތްލާ، އަޑަށް ބާރުލާ ވާހަކަ ދައްކައިގެނެއްނޫނެވެ. ނުވަތަ، އަޑުއޮތްތަނަކަށް ހަޅޭއްލާ ހިތަށް އަރާ އެއްޗެއް ދެން ތިބި މީހުންނާއި ދިމާލަށް ބުނުމަކުންވެސް ނޫނެވެ. ނުވަތަ ތިމާ ބުނާއެއްޗެއްގެ މާނަ އެހެން މީހަކު ޝަރަޙަކޮށްދިނުމަކުންވެސް ނޫނެވެ. އަދި، ގަދަ ބާރުން މުޢާމަލާތްކޮށް، ދެން ތިބި މީހުންގެ ހިތްތައް ބިރުވެރިކަމުން ފުރާލާ، ތިމާ ބޭނުންވާ ކަމެއް އެވެނި ގޮތަކަށް ނުވަތަ މިވެނި ގޮތަކަށް ނަމަވެސް، ޙާޞިލްކުރާނެކަމަށް ބުނެ، އިންޒާރު ދީގެނެއްވެސް ނުމެ […]
ސްމައިލީގެ ބައްޕަ އަހްމަދު ހަސަން އަދި އޭނާގެ އަންހެނުން އަފީފާއާއި ދެމީހުން ތިބީ ގޭގެ ޓެރަސްގައި ބަހައްޓައިފާވާ އުދޯލީގައެވެ. ހަނދުގެ އަލިން އެޅިފައިވާ ރިހިދޯދިތަކުން މުޅިތަންވަނީ އުޖާލާކޮށް ފައެވެ. އެތަނުގައި ހައްދާފައިވާ މީރުވަސްދުވާ މާގަސްތަކުގައި އަޅާފައިވާ މާމަލުގެ ފޮނިމީރުވަސްތައް މަޑުމަޑު ވައިރޯޅި ތަކުގެ އެހީގައި އެދެމަފިރިންގެ ހަށިގަނޑު ތާޒާކޮއްދެމުން ދިޔައެވެ. ނަމަވެސް އެހިތްގައިމު މާހައުލުން ވެސް ހަގީގީ އުފާވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް އަހްމަދު ހަސަންގެ ހިތައް ލިބޭ ހެނެއް ހިއެއްނުވެއެވެ. އޭނާ މިހައިރުން މިހާރަށްވެސް ބޭނުންވަނީ ބޭކަރީގައި […]