ފަނާ 11
ގޭދޮރު ހުޅުވާ އެތެރެއަށް ވަން މަންމަފެނި ޒައިދާއި ދިމައަށް ބަލަލެވުނު އިރު ދެމީހުންނަށް ތިބެވުނީ ޖެހެނުޖެހޭ ހިސާބުކައިރީގައެވެ، އަހަރެން ބިރުން އަވަހަށް އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވ.ް ހާސްވެ ދާހިތްލަމުން ދިއައިރު ލަމުންދިއަނޭވާގެ އަޑުވެސް ބާރުވަމުންދިއަ އިހްސާސްކުރެވެން ފެށިއެވެ. ދެން ކުއްލިއަކަށް އިވުނީ ޒައިދުގެ އަޑެވެ. ” ސާއިނާއްތާ މި މަންމަން ކުއްޖާ އަކަށް ނޭގެތަ، ސައިތަށްޓެއް ވެސް ރަގަޅަ ގިރާލަން އަހަރެން ސައިބޯން އައި އިރު ހުރީ ފާޑެއްގެ ކިރުތައްޓެއް ގިރާފަ ދެން ކޮފީ ގެނެސް ދޭށޭ ބުނީމަ ގެނާއިރު ފޮނިރަހަ ގަދަކަމުން ބޯ ނުކެރޭއެހެންބުނީރަށް އައިސް އެ އުޅެނީ ނޭގެ ކޯންޗެއް ހަދަންކަމެއްވެސް މިހާރު އަހަރެން ސައިބޯހިތްވެސް ކެނޑިއްޖެ ” މޭޒުމަތީ ހުރި ކިރުތައްޓާއި ކޮފީތަށި ދުރައްޖައްސާލަމުން ޒައިދު ހިތްހަމަނުޖެހިފައި ހުރިކަމަށް ވެގެން ބުނެލި ޖުމްލަތަކުން އަހަރެންގެ ހިތަށް އުފާލިބުނު ނަމަވެސް މަންމަގެ ނުރުހުމުގެ ނަޒަރުން ބަލަމުންދިއަ ލޯފެނި ލޯލިތައް ކޮޅަށް ޖެހެމުންދިއައީ ބިރުގަނެފައިވުމުންނެވެ. ޒައިދު ބަލާވެސް ނުލަ އެތަނުން ނުކުނަށް ހިގައި ގަތުމުން މަންމަ އައިސް ޒައިދު އާއި އަރާ ހަމަކުރަމުން މަޑުކުރުމަށް ބުންޏެވެ، ” ޒައިދު ހިނގާ އެތެރެއަށް ދައްތަ ސައިގިރާ ދީފާނަން މި ކުއްޖާގަނޑު ޖެއްސުމެއް ކޮށްލީއެެ، އެއި ވިއްޔަ ކަށީގަ ހިފާފަ ހުރި ހަމައެކަނި އާދައަކީ މަށައް ޖެއްސުން ކޮށްދިނުން، އެކަމުން އެއްެ ވަނަ ހޯދާފަހުރި ބޯހަރު ގަމަރު ކުއްޖާ ގަނޑެއް ތީ” ޒައިދުގެ ކުރިމަތީ މަންމަ އެ ދެއްކިވާހަކަތަކުން ޒައިދުގެ މޫނު ފެންނަމުންދިއަ ހައިރާންކަން އަހަރެންނަށް ފާހަގަވިއެވެ. އެހެނަސް އިސްޖަހާލީ ދެން އިތުރު އެއްޗެއް ޒައިދު ނުބުނޭތޯ ހިތާހިތުން އެދެމުންނެވެ. ” ދައްތާ ކޮފީތައްޓެއް ގެނެސްދީ ކޮޓަރި އަށް އަހަރެން މިވަގުތު ދެން އިތުރު އެއްޗެއް ބޭނުމެއް ނޫން، ކޮބާ ބައްޕަ، ނާދޭތަ އަދިވެސް؟ ” ޒައިދުގެ ސުވާލަށް މަންމަ ހިނިތުންވުން ފުންވެގެން ދިއައެވެ. ” އާން އަދި ނާދޭ އަޒާލްއާއި އެކު ޔޫނުސްއަށް ކަމުދިއަ ބިމާއި ބެހޭގޮތުން ވާހަކަ ދައްކަން ވެގެން ޒާރާމެންގޭގަ ވީ ،ހީވަނީ ވަރަށް ފަސޭހައިން އެކަންތައް ވަނެހެން ދެން، ޒާރާގެ ދޮންބެގެ ބިމެއް އޮންނާނެ މިތާ ބަދަރާއި ދިމާލުގަ އެތަން ޒައިދުގެ ބައްޕައަށް ކަމުދިއައީ،ޒައިދު ދޭ ދައްތަ މިދަނީ ކޮފީ ހިފައިގެން އިނގޭ”މަންމަ ގެ ޖުމްލަ އާއި އެކު ޒައިދު އެނބުރި ދިއަމަންޒަރު ފެނުނެވެ. އަހަންނައި ދިމާއަށް މަންމަ އަންނަތަން ފެނުމުން ބޭއިހްތިޔާރުގައި ފަހަތަށް ޖެހެވުނެވެ. ނަމަވެސް އަހަރެންހީކުރި ގޮތާއިހިލާފަށް މަންމަ އެއްވެސް އެއްޗެއް ނުބުނެ މޭޒުމަތީ ހުރި ކޮފީޖޯޑު ހިފައިގެން ގޮސް ކޮފީހަދަފެށިއެވެ. މަދުން ނޫނީ އެ މަންޒަރު ނުފެނައިރު އަމިއްލަ ފިރިމީހާ އާއި ދަރިންނަށް ނެތް ލޯތްބެއް ހިލޭބަޔަކަށް މަންމަ ގެ ހިތުގަވީތީ ސަކުވާ ކުރެވުނީ އަމިއްލަ ހިތާއެވެ. އަހަރެން އަވަސްވެލީ މޭޒު ސާފްކޮށްލުމަށް ފަހު ސައިބޯށެވެ.
މަންމަ ދިއަ ފަހަތުން ކޮފީ ތައްޓެއް ހަދާލައިގެން އައި އިރު ކޮންމެވެސް ވަރަކަށް ހިތަށް ލުއިވެފާވާ ކަމުގެ އިހްސާސް ކުރެވެމުންދިއައެވެ. ހުރިހާ ކަމެއް ނިމުމުން ކޮޓަރިއަށް މިސްރާބުޖެހީ ބޭރުގައި މަޑުކުރުމުގެ އިތުރު ބޭނުމެއްނެތީމައެވެ. ދެން ޒައިދުއާއި ދިމާވާނެ އިރެއްގައި އިންތިޒާރުގެ ވަގުތުތައް ގުނާލުންފިޔަވައި މާ ބޮޑު ކަމެއް ކުރެވޭކަށް ނެތެވެ. ފުރުސަތުލިބޭނީ ކޮންއިރަކުން ކަމެއް ނޭގެވިއްޔާއެވެ. ކޮޓަރި ދޮރުން ވަދެ ވަދެހުރި އަހަރެންގެ އަތަށް ލައްކެއް ޖަހާލުމާއި އެކު ސިހިގެން ފަހަތް ބަލާލިއިރު މަންމަ އައިސް އަހަރެންގެ އެއްއަތުގައިހިފާ އަނެއް އަތުން އިސްތަށިގަނޑުގައި ހިފާ ދަމަމުން ގެންދަންފެށިއެވެ. ތަދުވިއަސް ހަޅޭލަވަންަނުކެރުނީ މަންމަގެ އަތުގައި އޮތްކަތުރުފެނިއެވެ. އަހަރެންގެ ދޫބުރިކޮށްލަންވެސް އެމަންމަ ފަހަކަށް ނުޖެހޭނެއެވެ. ދަމާގެންގޮސް ބަދިގެ އަށް ވައްދާ ދެންމަންމަ ކުރިކަމަކުން ރޮއިގަނެވުނެވެ. އަހަރެންގެ އުނަގަޑާއި ހަމައަށް އޮތް އިސްތަށިަގނޑު އެއްކޮށް ބުރިކޮށްލީއެވެ. އަހަރެން އަމިއްލަ އެއްޗެކަށް އެންމެ ލޯބިކުރާ އެ އިސްތަށިގަނޑު އަހަންނައި ރަހުމެއެްނެތި މަންމަ ވަކިކޮށްލުމުން އައި ރުޅިން މަންމަ ގައިގާ ހިފާ ކޮށްޕާލެވުނެވެ. ފުރަގަހުން އިސްތަށިގަނޑުގައި އަތްކާތަމުން ދިއައިރު ގިސްޖެހެމުންދިއައިރު ލޯ ފުސްވެ މަންޒަރު ވަކި ވަން ނޭގޭވަރުވަމުންދިއައެވެ. ކަރުނަތައް ފޮހެލާއި ރުޅިވެރިކަމައި އެކު މަންމަގެ މޫނަށް ބަލާލިއިރު ފާރުގައި އިތްވިދާލައިގެން ހުރެ އަނެުއްއަތުން ފިރުމަމުންދިއައިރު އެއަތް ބިންދާލަން ހިތަށް އެރުމާއި އެކު ކުރިއަށް ފިޔަވަޅެއް އަލާލިއިރަށް ފައިގަ ޖެހުނު އިސްތަށިގަނޑާށްދިމައަށް ބަލަލަމުން ތިރިވެވުނުއިރު އަނެއްކާވެސް ކަރުނަތައް ލޯފުރާލާފިއެވެ. މިފަހަރު ހުށިޔާރުވެ ހުރި މަންމަ އައިސް އަހަރެންގެ ބުރަކައްޓާދިމާލުން ފައިންިޖަހާވައްޓާލައި ބަދިގެ ތެރޭ ހުރި ފިހިގަނޑުގެ ބާރު ދައްކަފެށުމުން އަޑުގެ ނެތްތަނަށް ހަޅޭލެވުމާއިއެކު ހޭރެންފެށުނެވެ.” ކަލޭ ހީކުރީ ކަލެތީ މާމޮޅުމީހެއްްކަމަށްތައް ލަދެއް ނުގަނޭތަ މަގޭ ގައިގަ އިނގިލި ކުރިޖައްސާލަންވެސް، ކަލޭގެ ފިޔަފެޅީ ކޮންއިރަކު، އެޒައިދުއަށް ތިއްތި ދެއްކޭހިތުން ކެތްމަދުވެގެން ދޯ ތިއުޅެނީ ، ބަލަ ތި ސުންޕައާއި ދިމާލަށް ބަލާކަށް އެކަކުވެސް ނޫޅޭ، އަމިއްލަ ފެންވަރު އޮޅުނީދޯ މިހާރު، ބަލާބަލަ މިހާރު ޖަހާވައްތަރު އަމިއްލަ އަށް ގޮސް، ފިރިހެނަކު ހެޔޮހިތުން ކަލޭއާއި ގާތްވެސް ނުވާނެ އެހާވެެސް ފެންވަރެއްނެތް ކުއްޖެއްތީ، ދޫލަނޑެއް ނޫނީ މައަތުން ކަލޭނުބޯނެ، ހަނދާންކުރާތި މަށައް ހުށިިޔާރީ ދައްކަން އުޅެންޏާ ކަލޭގެ ވަސް ވެސް ފުހެލާނަށް މައަތުން މަރުނުވެގެންތަ ތިއުޅެނީ، ދެން މަގޭ ކަންފަތަށް ކަލޭގެ ސަކުވާއެއް މީހެއްގެ ފަރާތުން އިވުނަސް ނިމުނީ، ދުނިޔެ ދައްކާލާނަށް،ދޭމިތަނުންރައްކާވެގެން ހަމަ މިހާރު ކޮޓަރިއަށް” ވިހަގަދަބަސްތަކުން ހިތްތޮރުފަމުން ދިއައިރު ތެޅުން ހުއަޓާލަމުން އަހަރެންނަގާ ދޮރާދިމާއަށް ކޮއްޕާލިއެވެ. އަހަރެންނަށް ދުއްވާގަނޭވުނީ ކޮޓަރިއާއި ދިމާއަށެވެ. އޭރު ގޭދޮރު ހުޅުވާފަވަމް އަޒާލްބެ ކިހިނެތްވީ މަންމައާއި ސުވާލުކުރަންފެށުމުން މަންމަގެ ޖަވާބަށް އަހަރެންގެ ކަންފަތް ހުޅުވިގެންދިއައީ ބުނެލި އެއްޗެހިންނެވެ ެ.” އެ ކުއްޖަގަނޑުގެ ކަންތައް އިންތިހާއަށް ގޮސްފި މިހާރު ދޭ ގޮސް ފިޔަކޮށާލާ އަމިއްލަ މަގާމަށް ވައްޓާލަން އެހެންނުނީ ކަންތައް ދާނީ މާމައްޗަށް،އުދުހިގެން ހިގައިދާނެ އެހެންނޫނީ، ލިބޭ ގެއްލުމެއްލިބޭނީ މަށާ އަޒާލްއަށް ދޯ، މަބޭނުމެއް ނޫންމިކަންތަގަނޑު މިގެތެރޭން އިނގޭކަށް އެއްވެސް މީހަކަށް “އަޒާލްބެ އާދިމާއަށް ބުނި ޖުމްލަތައް ދޮރުމަތީހުރެގެން އަހަރެން އަޑުއަހަމުންދިއައިރު، ބިރުން އަވަހަށް ތަޅު ހުޅުވާލަމުންާ ކޮޓަރި އަށް ދެމިގަނެ ތަޅުލަމުން ދޮރު ބުޑަށް ތިރިވެވުނެވެ.ދެކަކޫގެނާސް މޭގަ ޖައްސާލަމުން ދެއަތުންހިފާ ބަރުކޮށްލަމުން ކަކުލުގައި ބޯއަޅާލެވުނުއިރު، ހިތް މޭގެ ތެރޭންނެގިނެގިފަ ޖެހެއަޑުފަށް ކަންފަތުގައި ގުގުމަމުންދިއައެވެ، ގިސްލެވެމުންދިއައިރު، ފައި ގައިހުރި ޒަހަމްތަކުންް ހިތުގަވޭންއަޅަމުންދިއައެވެ. “ޒައިދު އަހަރެން ސަލާމަތް ކޮށްދީ ތިނޫނީ ނެތް އަހަރެން އެހީއަށް އެދޭނެ މީހެއް މިގޭގަ، ޒައިދު ޕްލީސް އާދޭ އަހަރެން ސަލާމަތް ކޮށްދޭން އެހެންނޫނީ ދެން އަހަރެންގެ ހަށިގަނޑާައި ހިތުގަ އަޅާލެވޭޒަހަމުތައް މާ ފުންވާނެ، އެ އަޒާލް ގަނޑުއައިސް އަހަރެން ކައި ހުސްކުރާނެ، ޕްލީީސް ޒައިދު ކޮޓަރިން ނުކުމެ މިގޭތެރޭގަ އަހަންނަށް ލިބެމުން މިދާ އަނިޔާތަށް ދެކިބަލަ،އެއަނިޔާވެރިވާ މީހުންގެ ކިބައިން ސަލާމަތް ކޮށްދީ” ހިތުން ބޭރުވަމުންދިއަ ލަފުޒުތައް ޒައިދާއިހަމައަށްާފޯރުމުގެ އެއްވެސް ގޮތެއްނެތެވެ. މިހާރު މިހުރީ ޒައިދު ކުރިމަށްޗައް އަރަންވެސް ލަދުގަންަނަވަރު ކޮށްލާފައެވެ، އަހަރެންގެ ނަސިބުގަ މިނޫންގޮތެއް ނެތީބާއެވެ. ކަރުނަތައް މައްޗަށް ރުޅިވެރިކަން ވަށާލުމުން ފުންމައިގެން ތެދުވެ ގޮސް މޭޒުކައިރީ ހުރި ލޯ ގަނޑަށް ބަލަލުމުން ފެނުނު މަންޒަރުން ހިތް ހަލާކުވިއެވެ. އިސްތަށިގަނޑު ހަލާކު ކޮށް ކޮށާފަހުރި ގޮތުން އަހަންނަސިފަވީ މޮޔައެއްގޮތުގައެވެ.އައި ރުޅިން ދެއަތުން ލޯގަނޑުގައި ތަޅައިގަތީ އެސިފަ ދެކެން ބޭނުންނުވެގެންނެވެ.އެކިވަރުވަރަށް ކޮށާލާފައި އޮތް އިސްތަށިގަޑުގައި ފުނާނަގާ ޖައްސާލަ ރީތިކޮށްލީމެވެ.އަތުގައި އޮތްރަބަރުނަގާ މަހާލިއިރު ގިނައީ ރަބަރާ ހަމަނުފޯރާހުރި އިސްތަށިތަކެވެ. އަނެއްކަވެސް ލޯގަނޑު ކުރިމައްޗަށް އަރާ ބަލާލީީ އެނޫން ސިފައެއްގަ ފެންނާނެ ކަމަށެވެ. އެހެނަސް ބަދަލެއް ނައުމުން މަންމަ ދީފައި ހުރި ސެންޓުުފުޅި ނަގަ ލޯގަނޑައި ދިމާއަށް ހޫރާލުމަށްނެގިއަތް ތިރިވީ ް މީހަކު ދޮރަށް ތަޅުދަނޑިޖަހާ ދޮރު ހުޅުވާލިއަޑަށެވެ ް ކުރިމަތީ ހުރި އަޒާލްބެއާއި ދިމާއަށް މިފަހަރު އަތްއަމާޒުވެެގެންދިއައެވެ، “ހަބަރުދާރު އަހަންނަ ކައިރި ނުވާތި ނޫނީ ތިހަށިގަނޑުވެސް ލޭދައްކަލާނަށް” އެ ޖުމްލަތައް ވީ ހިތުތެރޭގައެވެ. އެކަންކުރެވޭނެ ހިތްވަރެއް އަހަރެންގެ ނެތެވެ.ދުލާހަމައަށް އެ ބަސްތައް އައުމުގެ ކުރިން އަވަހަށް އަތްތިރިކޮށްލާ އިސްޖަހާލެވުނެވެ. ނޫނީ އެނުލަފާ ސިންގާ އަހަރެންގެ ފުރާނަވެސް ނަގަފާނެއެވެ. އަޒާލްބެ މަޑުމަޑުން އަހަންނާއި ގާތްވަމުންދިއަވަރަކަށް ދެއަތަށް ބާރުލެވެމުންދިއައިރު ކޯތާ ާފަތް މައްޗަށް ހޫނުކަރުނަތަށް ފައިބަން ފެށިއެވެ.” ނޫން މަށައް ތިހެން ނުހަދާ، ބޭބެ އާދޭސްކުރަން މަ ދޫކޮށްލާާ، ތިހާ އަނިޔާނުދީ އާދޭސްކުރަން،” އަހަންނަށް އަޒަލްބެގެ ދެފައި ބުޑަށް ތިރިވެވުނު އިރު އަޒާލްބެ އަހަރެންގެ ގައިގާ ހިފަހެއްޓިއެވެ،ހައިރާންކަމާއެކު އަހަންނާދިމާއަށް ބަލަމިންދިއައިރު އެ ލޮލުގަ އިންސާނިއްޔަތު ކަމުގެ ޒައްރެއްވެސް ނެތެވެ. “މާހީ ތިދުވަހަށް އަހަރެން ކިހާް އިންތިޒާރެއްު ކުރިން، މަންމަގެ އަނިޔާތަކަށް އަހަރެންގެ ކައިރިން އެހީއަަށް އެދޭތޯ އެހެނަސް އެދުވަސް ނައިސްދެން އައީ ތިހަށިގަނޑު މާހީގެ މަންމަ މަށައް ވިއްކަާލިދުވަސް،އޭރު އަހަރެން ހުރި މާހީއަށް ފެންބޮވައިގެންފަ، ކިހިނެތްލިބުނު އެ އެދުންބޮލަލާަޖަހާނީ، އަހަރެން ބެލިން ލޯބިން އޯގާތެރިވެެ މާހީއަށް އެހީވެޭެތޯ އެކަމު އެކަން ބޭނުންނުވެގެން ނަފްރަތުގެ ހުޅު ރޯކުރީވެސް މާހީ އޭނު، އެނގޭނުން އަހަރެންގެ ހިތްހަމަޖެހުން ގުޅިފައިވަނީ މިހާރު ތިހަށިގަނޑަށް ލިބޭއަނިޔާއާކަންވެސް ދޯ،ތިހަށިގަނޑުގަ އަޅާވޭނުން މަށައް ފިނިކަންލިބޭ، މަށަކަށް މާހީއާއި ދުރެއްނުވެވޭނެ ދެން، އާދޭސް ނުކުރޭ އަހަރެން އެދޭގޮތް ހަދާދޭނަމަ އަނިޔާއެއް ނުކުރާނަށް، އެކަމު ސާއިނާގެ އަނިޔާތައް ހުއްޓުވާނެ ބާރެއް މަގޭއަތަކު މިއަދަކު ނެތް، ސޮރީ” އެއްެ މިޔަކަނު ހީލަމުން އަހަރެންގެ މޫނުގައި ހިފަލުމާއެކު އަޒާލްބެ ގެ ތުންފަތް އަހަރެންގެ މޫނާއި ކައިރިކޮށްލިއެވެ.އަހަންނަށް ތެޅިގަނެވުނުއިރު ހަށިގަނޑު ހައްޔަރުވެފައިވަނީ ނުނިކުމެވޭނެހެން އެ ދެއަތްތެރޭގައެވެ. ވިސްނާނުލަ ވަހާކަތަކަށް ސަމަލުކަންދީގެން ހުރުމުން ބެދުނީ ހަމަ އެ މުޑުދާރު އަތުގެ ތެރޭގައެވެ، ރަހުމެއް ކުލުނެނެތި އަހަރެންގެ ކިބައިން ކަރުހިއްކުން ފިލުވަންފެށިއިރު، ދިރުމެއްނެތް އަހަރެންގެ ހިތާައެކު ހަށިގަނޑުވެސް ވަނީ ހަމަހިމޭންވެފައެވެ. އެއަނިޔާގައި އެރޭވެސް ހޭދަވެގެން ނިމިދިއައީއެވެ.
ހެދުނު އަރައިގެން އައި އިރާއެކުހެންު ޒައިދު އައިސް ބަދިގެ އަށް ވަދެ އަހަންނަށް ދިއްކޮށްލީ ތަޅުދަނޑި ފައްޗެކެވެ، “އަން މާހީގެ ތަޅުދަނޑިފަތި ދޯމީ ތިކޮޓަރި ދޮރުމަތިން ފެނުނީ ރޭގަ، މިއެއްޗެއްސައް ސަމަލުވަންވާނެ ނޫނި މީހަކު ވަގަށް މަހީ ކޮޓަރިއަށްވެސް ވަދެވާނެ މިއަތުޖެހުނީމަ، ސަމާލުވެގެން ފޮރުވާފަބައްވާ،ނަސިބެއްނު މަށައް ފެނުނުކަންވެސް”ޒައިދު ބުނެލިއެވެ. “ތީ އަހަރެންގެ އެއްޗެއް ނޫން” މިވަރުން ފުއްދާލަމުން އަހަރެން އިސްޖަހާލީ ޒައިދު ކުރިމަތީ ބޭޒާރުވެދާނެތީއެވެ. ” ހެހެ.. މާހީ މަމްގެ ދޯ،އަސްތާ މާހީ އެކަމަކުވަާ ބޮލަށް ހާދަވަރެއް އަރުވަލަފަ ތިހިރީ، މަކައިރި ބުނެލިނަމަ ތިއަށް ވުރެ ރީތިކޮށް ކޮށާދިނީސްއެންނު، ވަރަށް މަޖާއިނގޭ އެކަމުވެސް ރީތި ތި ސްޓައިލް” ޒައިދުމަޖާވެލާފައި ލިބުނުހައިރާންކަން ފޮރުވަމުންސަމާސާ ކޮށްލީ އަހަރެން ޒައިދުއާއި ދިމާއަށް ބަލާލި ނަޒަރުން ކަންނޭގެއެވެ. އިސްޖެހިފައިވާ އަހަރެންގެ މޫނުގައި އަތްޖައްސާލި ޒައިދުގެ އަނގަބަންދުވީ ކޯތަފަތުން އިހްސާސްވި ކަރުނަގެ އަސަރުންނެވެ. ޒައިދު އަހަރެންގެ މޫނުގައި ހިފާއުފުލާލިއިރު، ދެލޯ ފުރި ކަރުނަތައް އޮހެމުންދިއައެވެ. ” ސޮރީ މާހީ، ރިއަލީ އައިމް ސޮރީ، އައި ޑިޑިންޓް މީން ޓްހާރޓް ޔޫ، ހުއްޓާލާ ޕްލީސް” ޒައިދު އަހަރެންގެ ގެންގޮސް މޭގާޖައްސާލުމައެކު ބޭއިހްތިޔާރުގައި ގިސްލެވެން ފެށިއެވެ. އެގޮތުގަ އެތަށް އިރެއްވީފަހުން ކުއްލިއަކަށް ޒައިދާ ދުރުވެލެވުނު އިރު އަހަރެންގެ ލޮލަށް ޒައިދުވެސް ސިފަވީ އަޒާލްބެ ސިފައިގައިއެވެ. “ނޫން އަހަރެންގެ ގައިގަ އިގިލިކުރިވެސް ޖައްސާނުލާތި، އަހަރެން ނަފްރަތުކުރަން ތިކަހަލަ މީހުންނާ “އަހަރެންގެ ދޫ ކަސްތޮޅުންނެއްޓުނުކަހަލައެވެ. “މާހީ ހުއްޓާލަފަ ބުނެބަލަ ކިހިނެތްވީތަ، މާހީބިރުގަންނަވަރުގެ ކަމެއްވީތަަ، ބުނީމަދޯ ހެލްފެއް ވެވޭނީވެސް އަހަންނަށް ކުށެއްކުރެވުނީތަ..” ޒައިދު އަނުއްކާވެސް އަހަރެންގެ ކޮޑުގައި އަތްޖައްސާލަމުން ބުނެލިއެވެ.” ޒައިދަކަށްވެސް އަހަރެންސަލާމަތެއް ނުކުރެވޭނެ،” އެހެންބުނެ އަހަރެން ކޮޓަރިއާއި ދީމައަށް އަށް ދުއްވައިގެންއިރު ހުއްޓެވުނީ ޒައިދު ދެންބުނެލި ޖުމްލައިގެ ބާރުންނެވެ. “އައި ޕްރޮމިސް، އަހަރެން މާހީ ސަލާމަތް ކުރާނަށް ވައުދުވަން މާހީ އަހަރެންކައިރީ ހުރިހާ އެއްޗެއް ކިޔާދީ “………ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.


Varah salhi. Thankolhehbkuree. Avahah anehh part upload kurahchey..
Varah salhi. Thankolhehbkuree. Avahah anehh part upload kurahchey..
wow v salhi.. pls upload soon 🙂
V reethi mi part vess…ekam maa bodah vess kuruvefa genesdheyleh lahy mihaarakah ais
V reethi….
Busy vyma lahun upkurevenee. But weekehga 3 parts genedheveythw try kuraanan. Thanks all . Next part miah vure dhigukohgenesdheynan. 🙂
Salhi
wow v v salhi
Valu janavaarun heyreny n insaanu rony n vaaahaka vvv nice
V v reethii.. v avahah up khdhehcehy anna part vx
Wow v reethi. Anehbai avahah up kohdheythi. ☺☺
Wow amazing
Next part plxxx
Wow v v v v v reethi mibaives anebaives varah avahah up kodheche miharu kiyaahithun hurey veneekives nun ♥♥♥♥♥
Wow v nice varah beynun next part kiyaalan avahah plx avahah up kohdhyba
Wow!!!!!!!! This is amazing!!!! Can’t wait!!!! Please hurry!!!! I’m gonna die!!! 😛 this story is too good!!!!!!
alhe maahy ah thihen nuhadhaa zaidhu bunebala loabivey maahy dheke , eyrun trust kuraane, :p vvvv salhi mi story, <3
Chey…Vrh nice …anehbai avahah upload kurah
hey mihaaru mikiyany vvv kiyaa hithun vvv nice mihaaru genes dhey goi ….
mihaaruge part thah haadha saliey vvv nice….waiting 4 next part…..
THANK YOU FOR ALL READERS 🙂