Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ފިޔަވަޅު 3ވަނަބައި

lyn Level 110 Stories
May 28, 2015 3 Mins Read
8 Comments

ޝައިހާގެ ނޭވާވެސް ދުމުގެ ސަބަބުން ހާސްވަމުން ދިޔައެވެ. އަދި ކޮށިއަރަމުން ކެއްސަމުން ދިޔައެވެ. އެކޮޓަރިން ނިކުމެވޭނެ ގޮތެއް ފެނޭތޯ އޭނާ އުޅެގަތެވެ. ސްމައިލީގެ މޭޒުމަތީގައި އޮތް ބަރު އޭނަ ލޮލުގައި އަޅައިގަތެވެ. އަވަހަށް އެއާއި ދިމާލަށް ދުއްވައިގަތެވެ. ސްމައިލީގެ ފޯނު ފެނުނީ ބަރުނަގަން މޭޒުކައިރިއަށް ދިޔަ ވަގުތެވެ. އަވަހަށް ފޯނުނަގައި އަލިފާން ގަނޑުތެރެއަށް އެއްލައިލިއެވެ. ބަރުން އަތުގައި ހުރި ބާރެއްލައިފައި ދޮރުފަތުގެ ތިރީބައިގެ ބިއްލޫރި ގަނޑުގައި ޖެހިއެވެ. ދޮރުފަތުން ހެދުނު ބާގަނޑުން އޭނާއަށް ނިކުމެވޭ ވަރެއް ނުވިއެވެ. އަލިފާން ގަނޑުވެސް ކޮޓަރި ތެރެއަށް ފެތުރެމުން ދިޔައެވެ. ޝައިހާގެ ފައިން ޖަހާ ބިއްލޫރި ގަނޑު  ތަޅާލަން އުޅުމުގެ ތެރޭގައި އޭނަގެ ފަޔަށް ބިއްލޫރި ގަނޑުގެ އެއްބައި ހެރި ފުންކޮށ  ޒަހަމްވިއެވެ. ނަމަވެސް ވަމުން ދިޔަ ތަދަކަށް ނުބަލައި އޭނާ އެތަނުން ނިކުމެ ދުއްވައިގަތީ ބޭކަރީން ބޭރަށް ނުކުމެވޭތޯއެވެ. ކޮރަމުން ކަހަލަ ގޮތަކަށް އޭނާއަށް ދެވުނީ ވަކިހިސާބަކަށެވެ. ކުއްލިއަކަށް ކަރަންޓް ކެނޑުނެވެ. ޝައިހާއަށް ލިބުނީ ޝޮކެކެވެ. ހުރިތަނަށް އޭނާ ވެއްޓި ހޭނެތުނެވެ.

ސްމައިލީގެ ބޯ ފާރުގައި ޖެހެމުން އޭނާ ކުޑައިރުކޮޅަކު ބޮލަށް އެބުރުން އަރައިގަނެގެން އޮތުމަށް ފަހު، ވާނުވާ ކިރިޔާ އެގޭވަރުވުމުން އަލިފާން ގަނޑާއި ދުރަށް ފުރޮޅެމުން ދިޔައެވެ. އަދި ފާޑަކަށް ތެޅެމުން ތެޅެމުން ކަހަލަ ގޮތަކަށް  އޭނާ ވަގުތުން ފާހާނާއަށް ވަނެވެ. އަދި ބޮލަށް ފެން އަޅަން ފެށިއެވެ. ނަމަވެސް ބޮލުން ކޮންމެވެސް ވަރަކަށް ލޭއަންނަމުން ދިޔައެވެ. އަލިފާންގަނޑު ހުރިގޮތުން އޭނާއަށް ކޮޓަރީގެ ދޮރާއި ހަމައަށް ދެވޭނެ ގޮތެއް އޭރަކު ނެތެވެ. އަދި ދުންގަނޑު ބޯވެ އަދިރިކަމުންވެސް ތަންދޮރު ވަކިކުރަން ވަނީ ވަރަށް އުދަގޫވެފައައެވެ. ފާހާނާ ފެންލައިޓުން ނިކުމެވޭތޯ އުޅެންފެށިއެވެ. ފާހާނާ ތަށިމައްޗަށް އަރައި ފެންލައިޓުން ބޭރަށް ބޯދިއްކޮއްލިއެވެ. އަދި އަނެއް ފަރާތައް ފޭބޭތޯ ބެލިއެވެ. ނަމަވެސް އަތްކައްސާލައިގެން އޭނާ ވެއްޓުނީ އެއިމާރާތުގެ ދެވަނަ ފޮލޯއިން މަގުމައްޗަށަވެ. ވެއްޓުނު ގޮތައް އޭނާ ހޭނެތުނެވެ.

އެހިސާބު ގަނޑުގެ އެންމެން ހިގައިގެން އުޅޭ ހާދިސާ އޭރުވަނީ ފަޔަރ އެންޑް ރެސްކިޔުއަށް އަންގައިފައެވެ. އަދި ފުލުހުންވެސް ސައިކަލުތަކުގައި އެތަނަށް އަންނަމުންގޮސް މަގުން އާންމުންވެސް ދުރުކުރަމުން ދިޔައެވެ. އިރުކޮޅަކުން ފަޔަރ ލޮރީތައް އަންނަން ފަށައިފިއެވެ. ސްމައިލީ މަގުމަތިން ނަގައިގެން އަވަހަށް ހޮސްޕިޓަލަށް ގެންގޮސްފިއެވެ. އަލިފާން ނިވާ ސިފައިންގެ މީހުންގެ ހަރަކާތްތައް ވަރަށް ބާރު ސްޕީޑެއްގައި ކުރަމުން ދިޔައެވެ. ސްމައިލީ މަގުމައްޗައް ވެއްޓިފައި އޮތުމުން އެތަނުގެ ތެރޭގައި އިތުރު ބަޔަކު ވެދާނެކަމަށް އެމީހުންގެ ސަމާލުކަމަށް ގެނެސް އިމާތުގެ ތެރެއަށް އަވަހަށް ވަނުމަށް ތައްޔާރުވިއެވެ. އަލިފާން ރޯވެފައި ހުރިގޮތުން އާންމުންގެ ގެތަކަށް އަލިފާނުގެ އަސަރު ނުކުރާނެކަން ސިފައިން ލަފާކުރިއެވެ.

އެހެންކަމުން އެމީހުން އިމާރާތުގެ ތެރެއަށް ވަރަށް ރައްކާތެރިކަމާއެކު ވަނެވެ. ސިފައިންގެ މީހާގެ ޓޯޗުން އަލިކޮއްލެވުނީ ސީދާ ޝައިހާގެ މޫނަށެވެ. މީހާ އޮތީ ލެއިން ތެމި ފޯވެފައެވެ. އޭރު ވެސް ހޭވެރިކަމެއް ނުވެއެވެ. ހަށިގަނޑުން ލޭމަދުވަމުން ދިޔުމުގެ ސަބަބުން އޭރު ޝައިހާގެ ގައިގައި އެއްވެސް ބާރެއްވެސްނެތެވެ. އަވަހަށް ޝައިހާ އެތަނުން ހޮސްޕިޓަލަށް ގެންދިޔައެވެ.

ހޮސްޕިޓަލުގެ އައިސީޔޫ ޔުނިޓްގައި ޝައިހާ އަށާއި ސްމައިލީއަށް ފަރުވާދިނުމުގައި ޑޮކްޓަރުންނަށް ކުރެވުނު އެންމެ ބާރަށް މަސައްކަތް ކުރަމުން ދިޔައެވެ. ފަރުވާދޭން ފެށުމުން ސްމައިލީ މެޝިންގެ އެހީގައި ނޭވާލާން ފެށިއެވެ. ބޮލާއި އަދި ހަށިގަނޑަށް ލިބިފައި ހުރި އެހެން ޒަހަމްތަކުގައި ބޭސް އެޅުމުން ލޭއައުން ހުއްޓުނެވެ. ނަމަވެސް ސިކުޑިއަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އޭނަގެ ހާލު ވަރަށް ސީރިއަސްއެވެ. ޒަހަމްވެފައިވާ ތަންތަނުގައިގައި ބޭސް އެޅި ނަމަވެސް ޝައިހާ ހޭނެތިފައި އޮތީއެވެ. އޭނަގެ ފައިގެ ޒަހަމްވުމުގެ އިތުރުން ވެއްޓުނު ވަގުތު އަތްވެސް ވަނީ ދެތަނަކުން ބިންދައިގެން ގޮސްފައެވެ.

ސްމައިލީގެ އާއިލާއަށް މިހަބަރު ލިބުމުން އެރޭ ބާރަޖެހިއިރު އެމީހުން މާލެއަށް އަތުވެއްޖެއެވެ. އަދި އެއަށް ފަހު ވަގުތުން ސްމައިލީއާއި ޝައިހާ ރާއްޖެއިން ބޭރަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖެއްސިއެވެ. ސްމައިލީގެ އާއިލާއަކީ ސިޔާސީ ގޮތުންވެސް ނުފޫޒު ގަދަ ބައެއްކަމުން މިހާދިސާ ހިނގަން މެދުވެރިވިގޮތުގެ ތަހުގީގް ކުރުމަށް ފުލުހުންނަށް ޕްރެޝަރ ކުރަން ފެށިއެވެ. ހޮސްޕިޓަލަށް ދިޔުމަށްފަހު ބޭކަރީއަށް ލިބިފައިވާ ގެއްލުން ބެލުމަށްޓަކައި ސްމައިލީގެ ބައްޕަ އަހްމަދު ހަސަން ބޭނުންވީ އެތަނަށް ދާށެވެ.

ސްމައިލީގެ ކޮޓަރި ނޫންތަނަކަށް އަލިފާނުގެ ހާދިސާގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބެއެވެ. އިމާރާތް ޑިޒައިން ކޮއްފައި ހުރިގޮތުން އެހާދިސާގައި ބޭކަރީގެ އެހެން ބައިތަކަށް ގެއްލުމެއް ނުލިބުނީއެވެ.  ނަމަވެސް ސްމައިލީގެ ކޮޓަރީގެ ހުރިހައި އެއްޗެންހެންވަނީ އަދައިގެން ގޮސްފައެވެ. ސޯފާސެޓްގެ ފްރޭމް ހަދާފައިވަނީ ދަގަނޑުން ކަމުން ފްރޭމުން އެއީ ސޯފާއެއްކަން އެގޭވަރުވެއެވެ.

އެރޭފަތިހު ފްލައިޓަކުން ސްމައިލީއާއި ޝައިހާ ރާއްޖެއިން ބޭރަށް އިތުރު ފަރުވާ ދިނުމަށްޓަކައި ލަންކާގެ ހޮސްޕިޓަލަކަށް ގެންދެވުނެވެ. ހަފުތާއެއްހާ ދުވަސްވަންދެން އައިސީޔޫ ގައި އޮތުމަށްފަހު ޝައިހާ ހޭއެރިއެވެ. ދެހަފްތާވީއިރު ކޮންމެވެސް ވަރަކަށް ދެމީހންގެ ހާލުވެސް މަޑުމަޑުން ރަނގަޅުވާން ފެށިއެވެ. ޝައިހާގެ ކޮއްކޮ ހައްމާދު ނޫން މީހަކު އެހީތެރިއަކު ގޮތުގައެއްވެސް ނާދެއެވެ. އޭނާ މަންމަ މެންނަށް ހުރުހައިކަމެއް އަންގަމުންދިޔައެވެ.

މަސްދުވަސް ފަހުން ލަންކާ ހޮސްޕިޓަލުން ރާއްޖޭގެ ހޮސްޕިޓަލަށް ދޫކޮއްލިއެވެ. އެހެންކަމުން ވަގުތުން މާލެއަށް އައިސް ދެން ހޯދަން ޖެހޭ ފަރުވާ ހޯދަމުން ދިޔައީ އޭޑީކޭ ހޮސްޕިތަލުންނެވެ. ޝައިހާއަށް މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ވަރަށް  ވަނީ ބޮޑަށް އަސަރު ކޮއްފައެވެ. އޭނާ ހުންނަނީ ފާޑަކަށް ގަބުވެފައެވެ. މީހުންނަކާއި ވާހަކައެއް ނުދައްކައެވެ. ކުއްލިއަކަށް ރޯން ފަށާފާނެއެވެ. އެހެންކަމުން އޭނާއަށް ކައުންސިލިންގެ ފަރުވާ ބޭނުންވާތީ ރަށަށް ނުގޮސް މާލޭގައި ބަހައްޓަން ޝައިހާގެ މަންމަމެން ނިންމިއެވެ.

މައްސަލަ ތަހުގީގު ކުރަމުން ދިޔަ ފުލުހުންނަށް އާއްމު ފަރާތަކުން މައްސަލައާއި ގުޅުވިދާނެ ކަމެއް ހުށައެޅުނީ އެހާދިސާ ހިނގިތާ ދެމަސްވީ ދުވަހުއެވެ. ޝައިހާ އެހާދިސާ ހިގި ދުވަހު ލައިޓަރު ގަތް ފިހާރައިގެ ސޭޓް އެމައުލޫމާތު ފުލުހުންނާއި ހިއްސާކުރުމުގެ ކުރިން ފުލުހުންވެސް ބޮޑަށް ބުރަވަމުން އައީ ކަރަންޓް ޝޯޓެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށެވެ. މައްސަލައިގެ ތަހުގީގް އޭރުއޮތީ އެގޮތުގެ މައްޗަށެވެ. ނަމަވެސް ހާދިސާގައި ގެއްލުންވި މީހުންގެ ސިއްހީ ހާލު ހުރިގޮތުން އޭރު   އެމީހުންގެ އެއްވެސް ބަހެއް ފުލުހުންނަށް ނެގޭ ވަރަށް ނުވެއެވެ.

ސްމައިލީގެ ބައްޕަމެންނާއި ގާތްގުޅުމެއް އޮންނަ މީހަކު ހިންގާ ކަންމަތީ ފިހާރައިގެ މިމީހާ ހިއްސާކުރި މައުލޫމާތައް އިތުރަށް ބާރުލިބޭނެ ހެކި ހޯދަން ސްމައިލީގެ ބައްޕަ މަސައްކަތް ފެށިއެވެ. އެގޮތުން ސްމައިލީގެ ގާތުން އެވާހަކަތަށް ހޯދަން އުޅުނެވެ. ނަމަވެސް ސްމައިލީއަށް ޝައިހާ ލައިޓަރެއް ގެންގުޅުންކަމެއް ނޭގެއެވެ. އަލިފާން ނިވަން އުޅުނު ސިފައިންގެ މީހުންނަށްވެސް އެފަދަ ނިޝާނެއް ނުފެނެއެވެ.

އައި.ޖީއެމް.އެޗްގައި މަސައްކަތް ކުރި ޑޮކްޓަރަކަށް ޝައިހާގެ ޖީންސް ޖީބުން ފެނުނު ލައިޓަރު އޭނާ ފޮރުވިއެވެ. ޑޮކްޓަރަށް މިހަބަރުތައް ނޫސްތަކުން ފެނުމުން އޭނާ މިކަން ސްމައިލީގެ ބައްޕައަށް ހާމަކޮއްގެން ފައިސާތަކެއް ހޯދޭނެ ކަމުގެ ޔަގީންކަމުގައި އެކަން ހާމަކުރަން ނިންމިއެވެ.

 

Share Article

Follow Me Written By

lyn

Level 110 Stories

އިބްރަތާއި އެކު ދިވެހިބަހުން ރީތި ވާހަކަ ލިޔުމަކީ ވަރަށް ބޮޑު ޢަޒުމެކެވެ.

Other Articles

Previous

ކަޅު ފިނިފެންމާ… 4 ވަނަ ބައި

Next

ހިތަކުން ނުފިލާނެ 16

Next
May 28, 2015

ހިތަކުން ނުފިލާނެ 16

Previews
May 28, 2015

ކަޅު ފިނިފެންމާ… 4 ވަނަ ބައި

8 Comments!

  1. crazi says:
    May 28, 2015 at 3:35 pm

    Vrh reethi ehkamaku vahaka kuru..konmeh dhuvahakuves vahaka genes dheh vaaa

  2. nihaa says:
    May 28, 2015 at 4:22 pm

    Haadhakureyyy…

  3. flower says:
    May 28, 2015 at 4:26 pm

    Esfiya site ge writters thah ehen story site thah kudakon balaalan feney…part thah genesdhey leh kurukamun…story site eh vihyaa part thah genesdhen vaany readers kiyaa hihvaagothah hen hyvany…So part thah dhigu kon genesdhy faanantha? plz.. BTW story v nice

  4. nishy says:
    May 28, 2015 at 6:27 pm

    Vaaavaka reeethi… ekam maaa kureee

  5. laali says:
    May 28, 2015 at 7:05 pm

    Vaahakathah kurukamun kiyaa high nuvey .vv kuru vaahakathah

  6. Shaiha says:
    May 29, 2015 at 11:47 am

    Maa avas aruvaalaigen ulhey thee hadi… Thankolheh bodah sifakurun thah genes hedheema vaahaka reethi vaanee..adhi miee emme 3vana part..ekam mi part ga vx heevee dhemme dhemme story ninmaalafaane hen….good luck

  7. mal says:
    May 29, 2015 at 5:23 pm

    vaahaka reethi ekamaku ma kury genesdheyleh

  8. swyty girl says:
    May 29, 2015 at 9:13 pm

    Not interest any mpre

Comments are closed.


All Right Reserved!