Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ފިޔަވަޅު 2ވަނަ ބައި

lyn Level 110 Stories
May 25, 2015 4 Mins Read
13 Comments

ބުރާންތިވެގެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. މޫނުދޮންނަ ތަށީގައި ހިފަހައްޓާލެވުމާއި އެކު އޭނާއަށް މަޑުމަޑުން ގިސްލެވެން ފެށިއެވެ. ކަރުނަތިކިތަކުން އޭނާގެ މޫނު ތެމިއްޖެއެވެ. އެތައް އިރެއް ވުމައްފަހު މޫނު ދޮވެލުމަށް ފަހު ފާހާނައިން ނިކުންނަން ދޮރު ހުޅުވާލިއެވެ. ލިބިފައިވާ ހިތާމައާއި އެކު ކުއްލިއަކަށް ލިބުނީ ސިހުމެކެވެ. ކުރިމަތީގައި ހުރީ ސްމައިލީއެވެ. ބޭކަރީގެ މުވައްޒަފުންގެ ބްރޭކް ގަޑިއަށް ވުމުން އެހެން އިތުރު އެކަކުވެސް ނޫޅެއެވެ. ޝައިހާއަށް ޔަގީންވީ ހުރިހައި މަންޒަރެއް ސްމައިލީއަށް ފެންނާނެކަމަށެވެ. އަދި އެމަންޒަރުތައް ރައްކާ ކުރެވޭނެ ކަމެވެ. “އަހަރެން ގެއަށް ދާން ބޭނުން. ތަންދައްކާ..” ރޮމުން ރޮމުން އޭނާ ސްމައިލީއަށް އާދޭސް ކުރިއެވެ. ޝައިހާގެ މުލައްދަނޑީގައި ހިފައި ސްމައިލީގެ ގާތައް އޭނާ ލަފައިލިއެވެ.” ވަރަށް ލޯބިވޭ..’ ޝައިހާ ހަޔާތުގައި އަޑު އަހަން ބޭނުންވި އެލަފްޒުތައް ވީ އޭނާއަށް ޒަހަރަކަށެވެ. ހަޔާތުގައި އޭނާއަށް ދިމާވި އެންމެ ނުބައި މީހާގެ ފަރާތުން އެލަފްޒުތައް އަޑުއެހުންވީ އޭނާގެ ހިތް ކަތިލުމަށެވެ.

ސްމައިލީގެ އަތްދަށުން ސަލާމަތްވެގެން ގެއަށް ގޮސް އޭނާއަށް ވެއްޓި ގަނެވުނީ އެދުމައްޗަށެވެ. އަނެއްކާވެސް މަޑުމަޑުން ރޮވެންފެށިއެވެ. “ޝައި.. ކިހިނެއްވީ …” ކޮޓަރީގައި އުޅޭ އެހެން ކުއްޖަކު ޝައިހާ ރޯކަން އެގުމުން އޭނާގާތު ވަރަށް ލޯބިން އެހިއެވެ. އެތައް ގޮތަކުން އެމީހުން މަސައްކަތް ކޮށްގެންވެސް ވީގޮތެއް ޝައިހާ ނުބުންޏެވެ. އޭނާ ބޭނުންވީ މިކަން ސިއްރު ކުރާށެވެ. އެދުވަހު އެއްކޮށް އެއްޗެއް ނުކައި ހުރުމުން އޭނާގެ ގައިން ހަކަތަ ހުސްވާ ވަރު ވެއްޖެއެވެ. އެކަމުގެ އިހްސާސް އޭނާއަށް ކުރެވުމުން މައިލޯ ޕެކެޓެއް ބޯލިއެވެ. އެހެން ނޫނީ ހޮސްޕިޓަލަށް ގެންދަން ޖެހޭ ވަރަށް އޭނާގެ ހާލު ދެރަވެދާނެތީއެވެ. އެހެން ވެއްޖެނަމަ އޭނާގެ މައިންބަފައިންނަށް ކޮންމެވެސްކަމެއް ގޯސްވެއްޖެކަން އެގިދާނެތީ ހިތްވަރުކޮއްފައި ދިމާވި ކަންތަކާއިމެދު ފިޔަވަޅެއް އަޅަން އޭނާ އަޒުމު ކަޑައެޅިއެވެ.

ޖެހިގެން އައި ދުވަހުވެސް އޮފީހަށް ނުކުތުން މަޖުބޫރުވީއެވެ. ހިތްވަރު ކޮއްލާފައި ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން އޮފީހައް ދާން ޝައިހާ ނިކުތެވެ. ވަކިހިސާބަކަށް ގޮސް މަޑުޖެހިލެވުނެވެ. ނަމަވެސް ފަހަތައް ދޫކުރި ފިޔަވަޅުތަކަށް އަލުން ބަލާކަށް ބޭނުވެއްނުވިއެވެ. އެހެންކަމުން ގަޔަށް ބާރުލާފައި އަނެއްކާވެސް ކުރިއަށް ފިޔަވަޅު އަޅަންފެށީ ހަޔާތުގައި މަގްސަދެއް އޮތީމައެވެ. ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި އެއް އޮތީމައެވެ. ދުނިޔެއަށް އޭނާގެ އައުރަ ކަޝްފް ކުރަން ބޭނުންނުވާތީއެވެ.

އޮފީހުގެ މީހުންނަކަށް ކަމެއް ހިނގިކަމެއް ނޭގެއެވެ. ގަޑިން ނުވައެއް ޖެހިތަނާ ސްމައިލީވެސް އޮފީހަށް އަތުވެއް ޖެއެވެ. “ހަލޯ.. ޝައިހާ ޖައްސާލަ ދީބަލަ މިތަނަށް” ސްމައިލީ އެދުނެވެ. އޮފީހު އެހެންމީހުންނަށް އޭނާގެ ސްމާޓްކަން ސްމައިލީ ވަނީ ވަރަށް ބޮޑަށް ދައްކުވައިދީފައެވެ. އޭނަގެ ހަގީގީސިފަ އެއްވެސް އެހެންމީހަކަށް އަދި ނުފެނެއެވެ. ސްމައިލީގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ޝައިހާ އެތެރެއަށް ވަނީ އިސްއޮބާލައިގެން ހުރެއެވެ. ދެރަވެފައިވާ އޭނާގެ މޫނު ވަނީ މިލާ މޯޅިވެފައެވެ. ސްމައިލީ ކާމިޔާބު ލިބިފައިވާ މީހެއްހެން އުފާވެފައި އޭނާގެ ގޮޑިއަށް ވެޑުވިފައި އިނެވެ. “އިށީދޭ.. ޑްރީމް ގާލް. އަހަންނަށް އިގޭ ލޯބި ވަރަށް ރުޅިއައިސް ކަންތިހުރީ.. އެންޑް ވަރަށް ދެރަވެފަކަން… އޮފީހުން ކެޑެން ލީ ސިޓީގެ ޖަވާބު ބޭނުންތަ..” ސްމައިލީ ވާހަކަ ދައްކަން ފެށިއެވެ. އަދި އަތުގެ އިޝާރާތުން ޝައިހާއަށް އިށީންނަށް ބުންޏެވެ.

ޝައިހާ ވަރަށް ހިތްވަރު ކޮއްފައި އޮފީހަށް އަންނަން އެއްބަސްވިއެވެ. އޭނާއަށް ސްމައިލީގެ ފުށުން ސަލާމަތް ނުވާނެކަން ކަށަވަރުވިއެވެ. އެރޭ ސްމައިލީ ބުނެގެން  އޮފީހަށް އަންނަންވެސް ޖެހިއްޖެއެވެ. ސްމައިލީގެ ނިޔަތް ރަނގަޅު ނުވާނެކަންވެސް އެގެއެވެ. ނަމަވެސް އޭނައަށް ވެފައިވަނީ މަޖުބޫރެކެވެ. އަށެއް ޖެހިއިރު އޮފީހަށް އައިއިރު އޭނާގެ އިންތިޒާރުގައި ސްމައިލީ އިނެވެ. ސްމައިލީގެ ކޮޓަރިއަށް ވަދެ ގޮޑީގައި އިށީނެވެ. ” އަހަރެން ބޭނުމެއް ނޫން މަޖުބޫރުން ޝައިހާއަށް ކަމެއް ކުރާކަށް. އަންހެން ކުއްޖަކު ރޭޕް ކުރާކަށް ބޭނުމެއް ނޫން. ޝައިހާވެސް ވިސްނާ މިއީ ލިބޭ އުފަލެއްކަމަށް. ޝައިހާ ވިސްނާ.. އެގޭ ތިއީ އިއްފަތްތެރި ކުއްޖެންކަން. އެކަމަކު ހަނދާން ކުރާތި. އަހަރެން ބޭނުން ކަންކަމަށް އިންކާރު ކުރުން އެހާ ރަނގަޅެއް ނުވާނެ. ރަނގަޅަށް ވިސްނާތި. ވަންވީކް. .” ވަރަށް ރީތިކޮށް ސްމައިލީ ބުންޏެވެ.

ޖެހިގެން އައި ހަފްތާއެވެ. ސްމައިލީ ޝައިހާއަށް އޭނާގެ ކޮޓަރިއަށް އަންނަންވެސް ބުނެނުލައެވެ. ޝައިހާ ވިސްނައިގެން ހުރީ ކޮންމެ ދުވަހަކުވެސް ސްމައިލީގެ ކުރިމަތީގައި އޭނާ އުޅެންޖެހޭނެކަމަށެވެ. ކޮންމެވެސް ބޮޑު ކަންތައް ގަނޑެއް އޭނާއަށް ކުރިމަތި ކުރާނެކަމަށް ވިސްނައިގެން ހުއްޓެވެ. ސްމައިލީގެ ކޮޓަރިއަށް ބޮޑު ސޯފާއެއް ގެނައީ ކީއްކުރަންކަން ޝައިހާއަށް ވިސްނާނަކަށް މާއުދަގުލެއް ނުވިއެވެ. މީހެއްގެ ޝިކާރައަކަށް އޭނާ ވެނިމިއްޖެކަން ޝައިހާ ޔަގީންކުރިއެވެ. އޭނާ ރައްކާތެރިވެގެން އުޅުނު އިއްފަތް ނެތިދާން ތައްޔާރު ވަނީ ހެއްޔެވެ؟

ބުރާސްފަތި ދުވަހު އޮފީހުން ނުކުންނަން އުޅެނިކޮއް ސްމައިލީ އޭނާއަށް ފޯނުކޮއްގެން ކޮޓަރިއަށް ގެނައެވެ. “ޝައިހާ މާދަމާރޭ 9އަށް އޮފީހަށް އަންނަން ޖެހޭނެ. ޔޫ ޑޯންޓް ހޭވް އެނީ އަދަރ އޮޕްޝަން ކޭ.. ” ސްމައިލީ ޝައިހާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. އެއްވެސް ބާރެއް ލިބިފައިނުވާ މީހެއްހެން ޝައިހާ އިނެވެ. ސްމައިލީ އުފަލުން ނަށާކަހަލައެވެ. ފެންކަޅި ވެފައިވާ ގޮތަކަށް ޝައިހާ އިނެވެ. ސްމައިލީގެ މޫނަށް އޭނަގެ ނަފުރަތުތަކާއި ބަދަލު ހިފުމުގެ ލޯ އަމާޒު ކުރެވުނީ ބޭއިހްތިޔާރުގައެވެ.

ޝައިހާ ވަރުގަދަ އަޒުމަކުން އަޒުމު ކަޑައެޅިއެވެ. އުމުރުން 19އަހަރުވަންދެން ރައްކާކުރި އިއްފަތް ވެއްޔާ މޮޑެވިގެން ދިޔަނުދޭން އޭނާ ވިސްނަން ފެށިއެވެ.  ނަމާދު ކުރުމަށް ފަހު އެރޭ ހަތަރު ދަމު އޭނާ ރޮމުން ގިސްލަމުން ދުޢާ ކުރަމުން ގެންދިޔައެވެ. ކުރިމަތި ވެފައިވާ ބޮޑު އިމްތިހާނުން ސަލާމަތް ކޮއްދެއްވާތޯ ﷲ ދަންނަވަމުން ގެންދިޔައެވެ.

އާދުވަހަކަށް އަލި ވިލިއްޖެއެވެ. ޝިކާރަ ވެރިޔާގެ ކުރިމައްޗަށް ހުށަހެން ދާން ވަގުތު ކުޑަތަން ވަމުން ދެއެވެ. ޝައިހާ ބޭނުންވީ އޭނާގެ ފުރާނަ ދުއްވާލައިގެންނަމަވެސް އޭނަގެ އިއްފަތް ރައްކާކުރާށެވެ. ނަމަވެސް އަމިއްލައަށް މަރުވުމުގެ ފާފަ އޭނާއަށް ނުއުފުލޭނެކަން އެނގެއެވެ.

ސްމައިލީ ބުނިގަނޑިއަށް އޮފީހަށް ދިއުމަށްޓަކައި ޝައިހާ ގެއިން ނިކުތީ ރޮމުން ރޮމުންނެވެ. ލޮލުން ކަރުނަ ނުއޮހޮރުނަސް ހިތުން ގިސްލަ ގިސްލާފައި ރޮމުންނެވެ. އަދި މަގުމަތީ ހުރެ އޭނަގެ މަންމައަށް ގުޅުމަށް ފަހު ވަދާއުގެ ސަލާމް ކުރާ އުސޫލުން ވާހަކަ ދެއްކިއެވެ. “ވަރަށް ސަލާމް. ވަރަށް ލޯބިވޭ މަންމަ ދެކެ. ބައްޕަ ދެކެވެސް.. އެންމެންނަށް އަދިވެސް ސަލާމް” އޮފީސް ދޮރު ހުޅުވާލުމަށް ފަހު ޝައިހާ ﷲ އަށް ވަކީލު ކޮއްލިއެވެ. ރައްކާތެރި ކޮއްދެއްވާތޯ ހިތާހިތުން ދުޢާ ކޮއްލިއެވެ.

ސްމައިލީގެ ކޮޓަރި ވަނީ މީރުވަސް ދުވާ އެއަރ ފްރެޝްނަރގެ މަޑުމަޑު ވަހަކުން އެއްވަސް ކުރެވިފައެވެ. އަދި ރީތި އެދެއްގެ ސިފައިގައި ސޯފާ ސެޓްވަނީ ކައިވެނީގެ ފުރަތަމަ ރެއަށް ތައްޔާރު ކުރާ ފަދައިން ޖަރީކުރެވިފައެވެ. ކޮޓަރި ތެރޭގައިވަނީ މަޑު އަލިކަމެކެވެ. ސްމައިލީ އޭނާގެ ގޮޑިން ތެދެވެގެން ޝައިހާގެ ގާތައް އައެވެ. އަދި އޭނާގެ އަތުގައި ހިފާލިއެވެ. މަޑުމަޑުން ކޮލުގައި ހިފާލިއެވެ. ޝައިހާ ހަރަކާތް ހުއްޓިފައި ހުރީ އިސްޖަހާލައިގެންނެވެ. “ޝައި އައްޓަކައި ކޮޓަރި މިހާ ފުރިހަމަ ކޮއްދިނީ.. އަހަރެން އަމިއްލަ މަސައްކަތް ..”ސްމައިލީ މަޑުމަޑުން ބުންޏެވެ.  ޝައިހާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ސްމައިލީގެ ހިތްވެސް އޭނާއަށް އޮބި އޮންނަވަރެއް ނޫނެވެ. ޝައިހާގެ ރީތިކަން ސްމައިލީގެ ހިތާ ކުޅެމުން ދިޔައީ އެމައުސޫމް ޒުވާން ޖިންސުއް ލަތީފުގެ އިއްފަތް ނަގާލުމަށެވެ. ކެތްތެރިކަމެއް ނެތް ވަލު ޖަނަވާރެއް ފަދައިން އޭނާ ޝައިހާއާއި ކައިރި ވަމުން ދިޔައެވެ.

ސްމައިލީ ޝައިހާގެ ގައިގައި ބައްދާލަން އުޅުނެވެ. ސްމައިލީގެ އެއަމަލުން ޝައިހާ ރެކެން މަސައްކަތް ކުރިއެވެ.  ސްމައިލީގެ ބާރުގަދަ އަތުތެރޭ އޭނާ ހައްޔަރުވެ ސޯފާ މައްޗައް ވެއްޓިއްޖެއެވެ. ޝައިހާއަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. ނަމަވެސް ސްމައިލީގެ ކިބައިން ސަލާމަތް ވާން ލެވުނު ބާރެއް ލަމުން ދިޔައެވެ. އޭނާ ޖީބައްލައިގެން ގެނައި ލައިޓަރ ސްމައިލީއަށް ނޭގޭނެ ގޮތަކަށް ނެގިއެވެ. އަދި އަވަސް ހަރަކާތަކާއިއެކު ސޯފާގައި ރޯކޮއްލިއެވެ. އަޅާފައިވާ ބެޑްޝީޓުގައި އަލިފާން ހިފައިފިއެވެ. ސްމައިލީ އަދިވެސް ވަނީ ޝައިހާގެ މަސްތުގައި ކަމުން އޭނާއަކަށް މިކަމެއް ނޭގުނެވެ.

ދުމުގެ ސަބަބުން ސްމައިލީ ކޮށިއެރިއެވެ. އޭނާއަށް ކުއްލިއަކަށް ފެނުނީ ސޯފާގައި އަލިފާން ހިފާފައިވާތަނެވެ. އޭނާ ހާސްވިއެވެ. އަދި ޝައިހާ ދޫކޮއްލިއެވެ. ޝައިހާ ލެވުނު ބާރެއްލައިފައި ތެދުވިއެވެ. އަދި އަލިފާން ނިވާނެ ފުރުސަތު ނުދީ ސްމައިލީ ކޮއްޕާލިއެވެ. ސްމައިލީގެ ބޯ ޖެހުނީ ފާރުގައެވެ. ކޮންމެވެސް ވަރަކަށް ސްމައިލީގެ ބޯފަޅައިގެން ދިޔަކަން ޝައިހާއަށް ޔަގީން ވިއެވެ. ލިބުނު ފުރުސަތުގެ ބޭނުން ޝައިހާ ހިފިއެވެ. ކެމެރާ ގުޅާފައި އިން ސިސްޓަމްގައި އޭނާ ފޮރުވައިގެން ގެނައި ތެޔޮ ފޮތިގަނޑު އޭނާގެ ހޭންޑް ބޭގުން ނަގައި އޮޅާލިއެވެ. އަދި އަވަހަށް އޭގައިވެސް ރޯކޮއްލިއެވެ. ކުއްލިއަކަށް މުޅި ތަނުން ފަޔަރ އެލާމް އަޅަން ފަށިއެވެ. ޝައިހާ އެތަނުން ނިކުންނަން ވެގެން ދޮރާއިދިމާއަށް ދުއްވައި ގަތެވެ. ނަމަވެސް އިލެކްޓްރޯނިކް ލޮކް އިނީ ސްމައިލީ ލޮކްކޮއްފައެވެ. އޭނާ ހަދާނެ ގޮތް ބޮޑުވިއެވެ.

 

 

Share Article

Follow Me Written By

lyn

Level 110 Stories

އިބްރަތާއި އެކު ދިވެހިބަހުން ރީތި ވާހަކަ ލިޔުމަކީ ވަރަށް ބޮޑު ޢަޒުމެކެވެ.

Other Articles

Previous

ޝައިން ( ޕާޓް-8 )

Next

ފަނާ 15

Next
May 25, 2015

ފަނާ 15

Previews
May 24, 2015

ޝައިން ( ޕާޓް-8 )

13 Comments!

  1. crazi says:
    May 25, 2015 at 12:12 pm

    Wow shalhi

  2. Aaaa says:
    May 25, 2015 at 12:29 pm

    Wow v salhi..

  3. nihaa says:
    May 25, 2015 at 1:15 pm

    Nice bt maa kuryy…

  4. sam says:
    May 25, 2015 at 1:36 pm

    V interesting……….

  5. aroooo says:
    May 25, 2015 at 2:13 pm

    Nice

  6. neel brw says:
    May 25, 2015 at 3:31 pm

    bodu moya eh liyefa in vaahaka eh tha mee… kekeke theyo ves naalhaa mulhi thaaga alifaa roakoh egoye ihfai salaamai vee dho. kalo kaleakah nuwaane mikameh brw. .

  7. nash says:
    May 25, 2015 at 3:45 pm

    Neel brw keekuran tha moya in liyaavaahaka kiyanee ..btw nice and love it

  8. story says:
    May 25, 2015 at 5:15 pm

    Neel brw kyyvvetha moyaiin liyaa vaahaka kiyanyy.lyn v v v reethi ingey mi story.

  9. me says:
    May 25, 2015 at 8:11 pm

    mashah heevanee vaanuvaa neyngey thaavalhakee neel brw ge namuga commnt kuri faraai kanneynge… … alifaan hifanee hama ekani theyo elhymatha moyain liyaa vaahaka eh viyya dhn mi vaahaka ithurah vidhaalhu nuvun edhen

  10. Maajy says:
    May 26, 2015 at 11:03 am

    V nice bt thankolheh kuryyy

  11. lyn says:
    May 26, 2015 at 5:00 pm

    Nice ekam v kuru..

  12. crazi says:
    May 27, 2015 at 7:30 pm

    Mee vahakaa ge anehbaa genes dhybah

  13. zee says:
    May 27, 2015 at 8:17 pm

    aavarah las ekamaku reethi

Comments are closed.


All Right Reserved!