Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ފަނާ 12

I-RaM Level 110 Stories
May 14, 2015 6 Mins Read
21 Comments

” ޒައިދަކަށްވެސް އަހަރެންސަލާމަތެއް ނުކުރެވޭނެ،” އެހެންބުނެ އަހަރެން ކޮޓަރިއާއި ދީމައަށް އަށް ދުއްވައިގެންއިރު ހުއްޓެވުނީ ޒައިދު ދެންބުނެލި ޖުމްލައިގެ ބާރުންނެވެ. “އައި ޕްރޮމިސް، އަހަރެން މާހީ ސަލާމަތް ކުރާނަށް ވައުދުވަން މާހީ އަހަރެންކައިރީ ހުރިހާ އެއްޗެއް ކިޔާދީ ” ޒައިދުގެ ވާހަކައިން އަހަރެންގެ ހިތްފުރުނުއިރު ލޮލުގައިވި ވޭނީ ކަރުނާއިގެ މައްޗަށް އުފާވެރިކަން ކުރިހޯދައި އެ އުފާތައް ކަރުނާގެ ސިފަ އިހްތިޔާރުކޮށް އަހަރެންގެ ދެލޯލުން ހަމަވާން ފެށިއެވެ، ހަމައެވަގުތު ޒައިދު ކުރިމަތީ ހުރިހާ ވޭނެއް ބަންޑުންކޮށްލަން ހިތްއެދެމުން ދިއައިރު، ސިކުނޑި އެކަމާދެބަސްވަމުން ދިއައީ އިއްޔެ ފެނުނު މީހަކަށް ހިތުން މަގާމެއް ދެވުނަސް މުޅި ހަޔާތް އެއްކޮށް ހާމަ ކުރެވޭފަދަ އިތުބާރެއް ލިބުމަށް ފަހު ނޫނީ އެކަން ނުކުރުމަށެވެ. ” ތިވި ހުވަޔަށް ޓަކާ އަހަރެން ޒައިދުއަށް ސުކުރުވެރިވަން، ތަގްދީރުގަ އަހަރެންގެ ހަޔާތަށް އަލިކަމެއް ވާނަމަ އެމަގު ވެސް އެ ތަގުދީރުގަް ލިޔެވޭނެި،އަދި ޒައިދުއަށްް އެހީވެވެން އޮތް ރާސްތާ ދައްކަދޭނެ، އަހަރެންގެ ނެތް ހިތްވަރެއް އަދި ލިބިފަކަ މިހުރިހާ ކަމެއް މީހަކަށް ހިއްސާކުރާނެ،އަހަރެން މިކަމުން ސަލާމަތްވަން އެކަލާނގެ އިރާދަކުރައްވާފަވިއްޔާ ވާނެ” އެހެންބުނެ އަހަރެން ހިގާގަތްއިރު ޒައިދު ހުރީ ހައިރާންވެފަހުރި ގޮތަކަށް އަހަރެނާއި ދިމާއަށް ބަލަހައްޓައިގެންނެވެ، “މާހީގެހަގީގީ އެކުވެރިއަކަށް ވެވުނު ކަމަށް މާހީ ގަބޫލްކުރާ ދުވަހަކުން އަހަންނަށް އިތުބާރުކޮށް ކިޔާދޭނެކަމަށް އުއްމީދު ކުރަން އިނގޭް”ޒައިދު މިހެން ބުނެލިއަޑާއި ދޮރުހުޅުވާފަ ޔޫނުސް ނުކުތް ގަޑިއާއި ވީއެވަގުތަކަށެވެ. ހައިރާން ކުރުވަނިވި ނަޒަރަކުން ޔޫނުސް އަހަންނާއި ދިމާލަށް ބަލާލިއިރު ޒައިދާ ދިމާއަށް އަމާޒުވީ ހިތްހަމަނުޖެހިފަ ހުރިކަން ދޭހަވާެ ނަޒަރެއްކަން ޔޫނުސްގެ މޫނުގެ ކުލަވަރުން ހެކިދެއެވެ ެއަހަރެން އަވަސްއަވަހަށް ކަރުނަތައް ފޮހެލާ މޫނުމަތި ރަގަޅު ކޮށްލީމެވެ.” މިތާ ކީއްތިކުރަނީ މިއޮތް ހެދުނާ ނުކުމެ ދަރިފުޅުެ، އަދި މިހިރަ ކުއްަޖާ އާ ކޮންހާ ވާހަކައެއްތި ދައްކަނީ،ނޭގެތަ މަންމަނެކަން މީ” ޔޫނުސްގެ ސުވާލުން އަހަންނަށް ސިފަވީ ތުއްތު ކުއްޖަކަށް ބޮޑުކުށެއް ކުރެވި ކުށްވެރިވިހެން ޒައިދު ވެސް ކުށްވެރިވެ ރަގަޅު ގޮތް ކިޔާދޭީ ެފަދައިންނެވެ.އާއެކެވެ. ޔޫނުސް އަށް އަހަރެންމީ އަދިވެސް މަންމަނެކެވެ. ” ބައްޕާ އަޅުގަނޑު ފަތިހު ހޭލެވުނީމަ ބޭރަށް ނުކުމެލީ، ބޭރަށް ގޮސް ހިގާލާފއައިސްަ، ބަނޑުހައިވެފަހުރީމަ ސައިހަނދާދޭން ބުނަކަމަށް މި އައީ” ޒައިދު މޫނު މަތިން ޖެހިލުންވެފަހުރި ވަރު އިހްސާސްވިއިރު، ހެދެމުންދާ ދޮގުގެ ސަބަބުން ބައްޕަކުރިމަތީ އިސްއުފުލާލަން ނުކެރި އިސްޖެހިފަ ހުއްޓެވެ.”އެހެންތަ ހިނގާ ދޯ ސައިބޯން ބައްޕަވެސް މިދަނީ ، ކަނބުލޯ ސައިހަދާބަލަ، ދަރިފުޅު މިއަދު ބައްޕައާއި އެކު ތަނަކަން ދާންޖެހޭނެ އިގޭ، ސައިބޯގެން އަވަހަށް ތައްޔާރުވެލައިގެން އާދޭ،” ޔޫނުސް ޒައިދާއި ލޯބިން ވާހަކަދައްކަމުން ދިއައިރު އަހަރެންގެ ހިތަށް އަސަރުކުރަމުންދިއައެވެ. ސައިހަދަނިމުނު އިރު ދެބަފައިން އައިސް ސައިބޯން އިށީދެއްޖެއެވެ. ސެންޑްވިޗަކީ ޒައިދު ގަޔާވާ އެއްޗެއް ކަން އެގުނުފަހު ގިނަފަހަރަށް އެ ތައްޔާރު ކުރެވޭގޮތްވާ ފެށިއެވެ. އަހަރެން ހައިރާން ވިއަސް ޒައިދު ސަބަބުން އަހަރެންނަށް އެތަށް ބޮޑެތި ބަދަލްތަކެއް އަންނަފެށިއެވެ، ކުރާ ހުރިހާ ކަމަކަސް ސައުގުއުފެދިއެންމެ ރަގަޅަށް ކުރެވޭތޯ ބެލެނީ ޒައިދު ގެ ހުރިހާ ކަމެއްހެން އަހަރެންގެ މަސައްކަތުގެ ތެރޭހިމެނިފައިވުމުންނެވެ. އަހަރެން ފުން ނަޒަރަކުން ޒައިދާއި ދިމާއަށް ގެއްލިފައި ހުރުމުން ޒައިދުއަށް އުދާގޫވެގެން ޔޫނުސްއަށް ނުފެނާނެހެން ލޮލުގެ އިސާރާތުން އަހަންނާ ވާހަކަ ދައްކަން މަސައްކަތް ކުރާކަން އެގުނީ އަހަންނަށް ހަމަބިމަށް އާދެވުމުންނެވެ. ޒައިދު އަހަންނާ ދިމަލަށްލޯ މަރާލިގޮތުން ގަތްލަދުން ކުރެވެމުން މިދާ ކަންތައް އިހްސާސްވެގެން ދިއައިރު އަހަރެން ހުރީ ބޭޒާރުވެފައެވެ. “އަނހާ ޒައިދުވެސް މިއަދު އެބައިންދޯ، ދައްތަމެންނަށް މިއަދު މާލަސްވީދޯ އާދެވުނުލެއް، ” އެއްކޮށް ހިގާލަފަ އައިސް މަންމަ އާއި އަޒާލްބެ ވެސް ސައިބޯން އިށެއްޖެއެވެ، “މާހީ ދެކުންނިއްތަ އަ….” އަން މިއޮތީ ތަޅުދަނޑިފަތި” މަންމަ ބުނަށް އުޅޫނު ޖުމުލަ ގަސްތުގާ މެދު ކަނޑާލަމުން އަހަރެން ކަބަޑު މަތީ އޮތް ތަޅުދަނޑިތައް ނަގާ މަންމަ ކައިރީ ބޭއްވުމުން އަޒާލްބެ އެ ނަގާ ޖީބަށް ކޮށްޕާލިއެވެ. އެއްވެސް މީހަކަށް ރޭކާނުލިއަސް މިހުރިހާ މަންޒަރެއް ޒައިދު ގެ ލޯ ގާތުން ބަލަމުންދާތަން އަހަރެންނަށް ފެނުނެވެ.

ހެދުނު ސައިބޯގެން އެންމެން ދިއަގޮތަށް މެންދުރުފަސްވެ ދިއައިރުވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އަހަރެން ގެ ހިތްއެދެމުންދިއައީ މިވަގުތު ކޮޅު ގަ ވެސް އެނބުރި ޒައިދު އައުމަށެވެ، ވާހަކަތަކެއް ނުދެއްކެވުނަސް އެސޫރަ ފެންނަ ހުރުމުންވެސް ހިމާޔަތުގެ އިހްސާސްކުރެވޭތީ އެވެ. ފުންމައިގެން ތެދުވެވުނީ ހިތަށް އައި މޮޅު ހިޔާލަކުންނެވެ. އަވަސްއަވަހަށް ގޮސް ޒައިދު އުޅޭ ކޮޓަރިއަށް ވަދެވުނުއިރު އަތްފައިވަނި ފިނިވެގެން ގޮސް ގަނޑުފެންކޮޅަކަށް ވެފައެވެ. ކުރަންއައި ކަންތަށް ކުރެވޭތޯ މަސައްކަތްކުރަމުން ދިއައިރު ހާސްވެފަހުރި ވަރުން ދާވެސް ހިއްލަމުންދެއެވެ. ކޮޓަރި ތެރޭގަ ހުރި އަލަމާރި ހުޅުވާލަމުން ޒައިދުގެ އެއްޗެހި އަޅާފަ ހުރި ބަޔާދިމާ ހޯދެވެން ފެށުނީ ކުރިން ދުވަހުން ޒައިދުގެ އެއްޗިހި އަލަމާރީގަ ބަހައްޓަނިކޮށް ފެނުނު ފޮޓޯ އަލްބަމް ފެނެތޯ އެވެ. ލަސްތަކެއް ނުވެ މަސައްކަތް ކާމިޔާބު ވުމުން އެ ހުޅުވާލުމާއި އެކު ޒައިދުގެ ލޯބިވެތި ތަސްވީރުތައް ފެނި ހިތްފުރިގެން ދިއައެވެ. ހުރިހާ ގަނޑަކަށް ނަޒަރެއް ދެމުން އެންމެ ހިތްއެދުން ގަނޑުނަގާ އަލްބަމް ލައްޕާލީމެވެ، ފޮޓޯތައް ގިނަކަމުން އަހަރެންގެ މިވައްކަން ފަޅާ އެރުމުގެ ފުރުސަތު ހަނިކަން ގައިމެވެ. ހުރި ގޮތަށް އެތަން ތަރުތީބުކޮށްލަމުން އަވަސަްއަވަހަށް ނުކުމެ ކޮޓަރިއަށް މިސްރާބުޖެހީމެވެ. ކުރަން އުޅުނު ކަންތައް ފުރިހަަމަވުމުން ވިއުފަލުން އެ ފޮޓޯގަނޑުގައި ބޮސްދެވުނެވެ. ކުރެވުނު ކަންތަކުން ލަދުގަންނަގޮތްވިއިރު ީ ޒައިދު ކުރިމަތީ ހުރިފަދަ އިހްސާސެއް ކުރެވުނެވެ. އެ ފޮޓޯގަނޑުފޮރުވާލެވުނީ ހަމަކިރިޔާއެވެ. ކޮޓަރި ދޮރުހުޅުވިގެން ދިއައީ ހަމަ އެވަގުތުއެވެ. ކުރި މަތީ ހުރީ އުއްމީދު ކުރެވުނު މޫނެއް ނޫނެވެ، އަހަރެން އެންމެ ނަފްރަތު ކުރާ އެއް މޫނެވެ. އެނުލަފާ އަޒާލްގެ ސޫރަފެނުމުން އަގަޔަށް ގޮތެއް ހަދާލެވުނުއިރު ކުރިަތިވާނެ ހަމަލާއެއް ނޭގި ހިތްތެޅެން ފެށިއެވެ. ” ކަލެއާ އެ ޒައިދު އަޅާގަނެގެންތަ ިއުޅެނީ، ހީކުރީ ކަލޭ އުޅޭގޮތް މަށައެް ނޭގެނީ ކަމަށް ތަ، މަގޭ ކޮންމެ ނަޒަރެއްވެސް މިގޭތެރޭން ފާރަވެރި ވަނީ ކަލެއަށް، ހެދުނު ހެދުނާ ކޮންއެދުމެއް ފުއްދަންތަ ސިއްރުން ކަލޭ ކައިރިއަށް ގޮސް އެހުރީ މަށައް ފެނުނޭ އެ ޒައިދު ބަދިގެއަށާް ވަންތަން ބޮޑު ް ފަތިހާ އަދި މަގޭ ގެންގުޅޭ ތަޅުދަނޑިފަތި ވެސް ކަލެއަށް ދިންވާހަކަ ބުނި ސާއިނާ ކައިރީ ކަލޭގެ ކޮޓަރިއާ ހަމައަށް އައިސްގެން ދޯ އޭތި ފެންނާނީ ކޮންބޭނުމަކު އެޒައިދު އެ އުޅެނީ ” އަޒާލްބެ ގެ ސުވާލުތަކުން ހަިއރާންވި އިރު، އަހަރެންގެ ހަޔާތަށް ޒައިދުގެ ސަބަބުން އެއާ އުފާވެރިކަންްވެސް ގެއްލިގެން ދާނެކަމުގެ ބިރުހީވާން ފެށިއެވެ. ” އަހަރެންނަކަން ނޭގެ ކީއްކުރަން ކަމެއް، އަހަރެން ގެ ފަހަތަކުން އޭނަ ނާޫޅޭ ތީ ކުށްހީއެއް” އަހަރެންގެ އަޑު ތުރުތުރުލާންފެށީ ނޭވާގެ އިހްސާސް ވާހާ ގާތަށް އަޒާލްބެ އައިސް ހުއްޓުމުންނެވެ. “ކަލޭއާ ދިމާއަށް އެހެން ނަޒަރަކުން އެ ޒައިދު ބަލަލިކަން އެގުނަސް އެ ދޮލޯ ނަގާނަށް ހަނދާން ކުރާތި ޒައިދާ ގަތްނުވާތި” އަނެއްކާވެސް އައީ އިންޒާރެކެވެ. އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހަލީ ހިތް އެއްބަސް ނުވެވުނަސް ޒައިދުގެ ސަލާމަތަށެވެ. އަޒާލްބެ ގެ އަތް އަހަރެންގެ ހަށިގަނޑާއި ދިމާއަށް ހަރަކަތްކުރަންފެށުމުން އަހަރެންނަށް ބޭއިހްތިޔާރުގަ އަޒާލްބެގެ ގައިގާ ހިފާ ކޮށްޕާލެވުނެވެ. އެހަމަލައަށް ތައްޔާރު ނުވެހުރި އަޒާލްބެ އަރިއަޅާލުމުން ލިބުނު ހަނި ފުރުސަތުން އަހަރެން އެއަތްދަށުން ސަލާމަތްވެ ބޭރަށް ނުކުމެންނަށް ދުއްވައިގަނީމެވެ. އެހެނަސް ދޮރުހުޅުވާލެވުމާއި އެކު ހެން ފަހަތުން އައިސް އަޒާލްބެ އަހަރެންްގެ ގައިގާ ހިފައިގަތެވެ.ލުއި ފަތެހެން އަހަރެން އުފުލާލަމުން   އަޒާލްބެ ނުކުތީ ކޮޓަރިން ބޭރަށެވެ.އެދިޔަގޮތަށް ގޮސް ބަދިގެއަށް ވަންނަށް ދިމަކުރި ވަގުތު ފޯނުރިންގްވާން ފެށުމުން އަހަރެން ތިރީގައި ބަހައްޓަމުން އެއްއަތުން ފޯނުނަގައި ވާަހަކަ ދައްކަންފެށިއިރު ުއަހަރެންގެ ވަށާލެވިފައިވާ އަނެއްެ އަތްދަށުން ސަލާމަތްވާން މަސައްކަތް ކުރަންފެށީމެވެ. ނަމަވެސް ކާމިޔާބު ނުވަނިސް ފޯނުމޭޒުމަތީުގައި ބާއްވަމުން އަހަރެންދަމާފަ ގެންގޮސް ބޭރަށްނުުފެނާހެން އިންނަ އެތެރެ ބަޔަށް ވަދެ ތިރިޔަ ގަޅުވާލިއެވެ. އަދި ކައިރީގައި ހުރި އުދުން ރޯކޮށް މެޒުމަތީގައި އޮތްދަގަނޑު ގަޑެއް ނަގާ އެގޭތެރެއަށް ލަމުން އަމިއްލަ ފޭރާން ހަށިގަނޑާއި ވަކި ކުރަންފެށިއެވެ. އުދުންތެޜޭ ބާއްވާފަ އޮތް ދަގަނޑުގަޑަށް ހޫނުވާނޭހާ ވަގުތު ވުމުން ް އެ ނަގާ އަހަންނާއި ދިމާއަށް ގުދުވެލިއިރުއަޒާލްބެގެ އެއްފައި ް ވަނީ އަހަރެންގެ ކަކޫމައްޗަށް ލާ ނުތެދުވެވޭނެހެން ހިފަހައްޓާފައެވެ. ހޫނު ވެފާއޮތް ދަގަނޑު އަހަރެންގެ އަތުގައި ޖައްސާބާރު ކޮށްލިއިރު ވިތަދުން ރޮއިގަނެވުނެވެ. އަނެއްކަވެސް އެ އަލިފާން ގަނޑުތެރެއަށް ލަމުން އަހަރެންގެ ހެދުން ހަށިގަނޑާއި ވަކިކުރަން އަމުރުކުރަންފެށިއެވެ. ގަނެފައި ހުރި ބިރު ކިތަންމެ ބޮޑުވިއަސް އެކަން ކުރަން އަހަރެން އުޒުރުވެރިވިއިރު ހަށިގަނޑައި ފޭރާން ވަކިނުކުރެވޭނެހެން ދެއަތް މޭގައި ވަށާލީމެވެ. އަޒާލްބެ އައި ރުޅީގަ އެ ދަގަނޑު ނަގާ އަހަރެން ގެ ފައިގާ ޖައްސާފިއްތާލިއެވެ. ތޫނު އެއްޗެއްނަމަ ހަށިގަނޑު ފޫއަޅުވައި ނުކުމެންނާނެ ވަރަށެވެ. އިސާހިތަކު އެތަނުން ދިލަނަގަން ފެށިއެވެ. އަނެއްކާވެސް އެއަމުރު އަޑުއިއްވާލިއެވެ. މިފަހަރު ބަސްބުނެ ނިމުމާއެކުހެން އަހަރެންގެ ހެދުމުގައި ހިފާދަމައިގަންނަށް އުޅޫނެވެ.އެހެނަސް ހުރަސްވެފަވާ އަހަރެންގެ އަތުގެ ދަށުން ހެދުން ދަމައިގަންނަ އުދަގޫވުމުން ފައިން އަހަރެންގެ ބަނޑުމަތީ ތަޅައިގަތެވެ. ވީ ތަދުން ދެލޯ ބޮޑުވަމުން ދިއައިރު ހީވީ ބަނޑުން އެތެރެ ގެ ބައިތަށް ޗިސްޗިސްވިހެންނެވެ. ގިސްލެވެމުންދިއައިރު މަރުއައިސް ޖެހިއްޖޭ ހިތްަބުނަމުން ދިއައެވެ. އަހަރެން ހިތާހިތުން މަރު ދެއްވުމަށް އެދި ދުއާކުރެވެން ފެށީ އެ އަނިޔާތަކަށް ކެތްނުވާހާ މިންވަރަށް ވޭން ލިބެމުންދާފެށުމުންނެވެ. އުދުން ތެރޭ ހޫނުވެ ދޮންވަމުންދިއަ ދަގަޑުގަޑުނަގާ އަޒާލްބެ އަހަރެންގެ ބަނޑުކޮޅުގައި ޖައްސާލުމައި އެކު ހީވީ ނޭވާވެސް ހުއްޓުނުހެންނެވެ، ހަށިގަނޑުގެ އެތަށް މިތަނަށް ދިލަފަތުރާލިއިރު ވީ އިހްސާސުން ރޮއިގަނެވުނީ ވަރަށްވެސް ބާރަކަށެވެ، އެނުލަފާ މީހާގެ ރުޅިމަތަވިއިރު އަހަރެންގެ ހަށިގަނޑުވަނީ މަރަށް ބޭނުންވެފައެވެ. އެހާވެސް ގަދަވޭނާއި ދިލައާއި ރިހުން ހަށިިގަނޑުގައި ފަތުރާލިއިރު، އަޒާލްބެ އަށް ބަދު ދުއާ ކުރެވުނީ ހިތުގެ އަޑިން އިންތިހާ އަށެވެ، ރުޅީފިނިވެލުމުން މިހާރު ވިސްނިއްޖެހޭ ކިޔާ އަޒާލްބެ އަހަރެން އެތަނަށް އެއްލާލާފައި ނުކުމެގެން ދިއައެވެ. އަހަރެންގެ ނަށް ތެދުވެވޭނެ ހިތްވަރު ނުލިބުނުއިރު އަތް ހަރާކާތް ކޮށްލީ ހެދުމުން ހަށިގަނޑުނިވާވޭތޯއެވެ. އެހެނަސް ހަބަރުހުސްވެގެން ދިއައީ ކުޑަވަގުތު ކޮޅެއްވެސް ނުވަނިސްއެވެ.

“މާހީ، މާހީ ” މަންމަގެ އަޑު ކަންފަތުގައި ހަރު ލުމައިއެކު އުދަގުލުން ދެލޯހުޅުވުމުއިރު، މަންމަ ޢާއި ކައިރީގަ ހުރި ޒައިދުފެނި ދެލޯ ބޮޑުކޮށްލެވުނުއިރު، ތެދުވެ ހަށިގަނޑަައި ދިމާއަށް ބަލާލެވުނީ ލާފަހުރި ހެދުން އޮތްތޯބަލާލުމަށެެ.ހަމަޖެހުމުގެ ނޭވާއެއްލެވުނުއިރު، ކުރިމަތީ ހުރި ޒައިދުގެ މޫނުމަތިން ފާޅުވެފައި ހުރި ހާސްކަމުން ހިތަށް ބިރު ވެރިކަން ވަނެވެ. އެ ހާލުގައި އަހަރެން ބަދިގޭގަ އޮިތްވާ ވީކަމެއް ނޭގޭތީ ހިތްަތެޅެން ފެށިއެވެ. ފެނުނީ ކާކަށް ކަމެއްވެސް ނޭގެއެވެ. މަންމަ ކަމުގަވެސް ވެދާނެއެވެ. ނޫނީ ޒައިދާއި އަޒާލްއާއި ތެރޭން މީޙަކު އަހަރެން މިތަނަށް ގެނައިބާއެވެ. ސުވާލުތައް ފުރެމުންދިއައިރުވެސް ޒައިދު ގެ މޫނު މަތިން ފެންނަ އަސަރުތަށް ދަސްކުރެވޭތޯ އުޅުނީމެވެ. “މާހީ ދެންވެއްޖޭނު ތަންކޮޅެއް ބަލައިގެން އުޅެން، ބަލިއްޔާ ތަންތަނަށް ހޭނެތެންް ނުނުކުމެ ކޮޓަރީގަ އޮވެބަލަ ގޮސް،” އަހަރެން ތެދުވެލުމައި އެކު ބޯލާށޭ ކިޔާފެންތަށްޓެއް ދިއްކޮށްލި އަޒާލްބެގެ އަޑުން ވީ ގޮތް ވިސްނުނެވެ. ފެންތަށިގަ ހިފާ ދަމާލެވުނީ ކަރުހިއްކާގެންފަ ހުރިލެއް ބޮޑުކަމުންނެވެ. މަންމަ ސޮފާއިން ތެދުވުމުން އަހަރެން ވެސް އެތަނު ތެދުވެލިއިރު ކޮޅަށް ހުރެލާނެ ބާރުނެތި އަރިއަޅާލިއެވެ. ޒައިދާއި ދިމާއަތް ދިއްކޮށްލެވުން އަތުގައި ހިފީ އަޒާލްބެ އެވެ. އަތަށ ްބާރު ކޮށްފިއްތާލުމުން ވީ ތަދުން ލޯމަރާލެވުނެވެ.” އާދޭ ކޮޓަރިއަށް ދަާން”އަޒާލްބެގެ ރުންކުރު އަދާއިއެކު އަތުގައި ފިހިފަ ހުރިތަނުގައި ހިފާ ބާރުކޮށްލިއިރު ކުރެވޭނެ އެއްވެސް ކަމެއް އަހަންނަކަށް ނޭގުނެވެ. ފުރާނަ ހުރީތީ ކޮޅަށް ވެސް ހުރިީއެވެ. އެނޫން އިތުރުކަމެއް ނުުކުރެވުނެވކޮޓަރިއާއިހަމައަށް ދެވެންދެންވެސް އަހަރެން ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެނުލަފާ އަތުގެ އެހީއެއް އަހަރެން ބޭނުމެއްނޫނެވެ. އެއީ އަހަރެންނަށް ހަމައެކަނި ޒަހަރުންފުރިފާވި އަތެކެވެ. ކޮޓަރިއަށް ވަދުމާއި އެކު އަހަރެން އަޒާލްބެގެ އަތް ނައްޓުވާލައި ދާހިގާގަތް ތަނާ އަނެއްކާވެސް އަހަރެންގެ އަތުގަހިފާ ދަމައިގަތުމުން ސިހިފައި އަޒާލްބެއަށް ބަލާލެވުނުއިރު ފެނުނީ އަޒާލްބެގެ ފަހަތުން އަމާޒުވެފައި ހުރި ޒައިދުގެ ނަޒަރެވެ. އަޒާލްބެ އަވަހަށް ފަހަތަށް އެބުރި ބަލާލިއިރު އަހަރެން އިސްޖަހާލީމެވެ. ޒައިދުގެ އެ ހައިރާންކަމުން ޒައިދަށް މިހާރު އެތަށް ކަމެއް އެގިގެން ހިގަންޖެއޭ އަހަރެން ހިތަށް އެރިއެވެ. …

ސޯފާގައި ޖއްސާލައިގެން އިން ޔޫނުސް ދުފައި ރަތްކޮށްފައިވާ އަގަމަތީ ދެފަރާތުން އަތްހިންގާލަމުން ކުރިމަތީ ހުރި ސައިނާ އާއި ދިމާލަށް ބަލާލީ ވަރަށް ވެސް މާނަފުން ނަޒަރަކުންނެވެ. ” ސާއިނާ ވެސް އަހަންނަށްޗާންސެއް ދެނީ އެންމެ ރެއަކަށް އެކަމަކު ބޭނުންވަނީ އިއަްޔެ ފެނުކަހަލަ ސާދަ ފަނަރައިގެ ހަނދެއް އެވެސް މިކޮޅުގަ ހުންނަ ތިން މަސްދުވަހަށް އަހަރެންގެ ހިތް ފުރާލަދޭކަހަލަ މަލެއް، ބުނިއަގެއް ދޭނަށް ސާއިނާ މަށައް އެކަން ކޮށްދީފިއްޔާ ވާނެ ފައިދާ އިތުރުވާނެ ހީނުކުރާމިންވަރަށް، ޅަކުއްޖެއް ވާނެތަ މިރަށުން މަށައް” ޔޫނުސްގެ ވިހަ ހިނިގަނޑާއި އެކުހެން ސާއިނާގެ އާބަސް ވެސް އެއްއަޑެއް ގޮތުގައި އެކުވިއެވެ. ” އާން ކީއްވެ ޅަކުއްޖެއް ނުވާންވީ، ވާނެ، ޔޫނުސް ކަހަލަ ސްމާޓް މުއްސަނދިނަށް ޓަކައި މިދުނިޔޭން ކުދިން ހުސްވާނެތަ، ނުވާނެ ހުހެއް ، ވާނެ ބޭނުން ކޮންމެ ކުއްޖެއް” ސާއިނާގެ ހިނިތުންވުން ފުން ވިއިރު އަތުގެ ނުސިޔާނުކަން އިތުރުވީ ޔޫނުސްގެ އަތް ސާއިނާގެ އަތާއި ގުޅުމުންނެވެ. ޔޫނުސް ސާއިނާ އާއި ގާތްވަމުން ދިއައެވެ. އަދި ކަންފަތް ކައިރީ އަނގަ ކައިރިކޮށްލާ “ކޮންމެ ކުއްޖެއްވެސް ހޭ އަހާލިއެވެ. ސާއިނާ ލަކުއްޖެހެން ބޯޖަހާލިއިރު، ހިއްސުތަކުގައި އަލިފާނުގެ އަސަރު އެކުވަމުންދިއައެވެ. “މާހީވެސް ވާނެތަ” ޔޫނުސްގެ އެ ލަފްޒުން ސާއިނާގެ ހިތަށް ލޮޅުން އަރައިފިއެވެ، ހިތާހީތުން އުފަލުން މަރުވަމުން ދިއައެވެ. އެހެނަސް މޫނުން ހައިރާންކަން ދައްކަމުން ޔޫނުސް އާއި ދުރުވެލަމުން” މާހީ ޙޭ” އަހާލީ ހައިރާންވެއެވެ. ” އާން ކިހިނެއްވީ، ނުދެވޭނެތަ އެ މަލެއް ގައިމުއެއީ ސާއިނާގެ ބެލުމުގަ ފޮޅިފައިން މަލެއްނު، ބުނޭ ކިހާވަރަކަށް ދޭނީ’ ބުނި އަގެއް ލިބޭނެ،” ޔޫނުސް އަނެއްކާވެސް ކައިރިވެލިއެވެ. ” ހޫމް ތިކަމާ ޖެހޭނީ ވިސްނާލަން ” ސާއިނާ ހިޔާލެއްގައި އިނދެބުނެލިއެވެ.އޭރު ވިސްނެމުން ދިއައީ އަޒާލްއަށް ނާންގާ އެކަން ކުރެވޭނެ ގޮތެއް އޮތްތޯ އާމެދުއެވެ.” އަނހާ ކިހިނެތް ތިވީ މީހާއަށް އެކަން އިހަށް ބާއްވާ މިވަގުތު ކޮޅުމީ އަހަރެންމެންގެ ވަގުތު” އެހެން ބުނެލަމުން ޔޫނުސް ސާއިނާގެ ހަސިގަނޑު ސޯފާއަށް ގަޅުވާލަމުން ސާއިނާގެ ގައިމައްޗަށް ދެމިގަތެވެ.

ހިތްނުތަނަވަސް ވާވަރުން ޒައިދު ދެކޮޅަށް ހިގަމުން ދިއައިރު ބޭރުން އެކޮޓަރި ކުޑަދޮރު ކައިރީ ހުއްޓިލައިގެން ހުރި އަހަރެން ޒައިދަށް ނުފެންނަ ކަހަލައެވެ. ޒާއިދާ ވާހަކަ ދައްކަން ހިތް ބޭނުންވި ވަރުން ނޯވެވިގެން އައިސް މިހުރީ ޒައިދުގެ ކޮޓައރިއަށް ވަންނަ ނުކެރުމުންނެވެ.

ޒައިދުގެ ހަރާކާތް ތަކައް އަހަރެން ގެއްލިފައި ހުރިއިރު ޒައިދު ނިދާ އެދުކައިރިހުރި ބަންދު ކޮށްފައިވާ ބޮޑުދަބަހެއް ހުޅުވާލަމުން ނެގި ގިޓާ ފެނި އަހަރެން ހައިރާންވެ ދެލޯ ބޮޑުވެފައި ހުއްޓާ ހުޅުވާލެވިފައިވާ ކުޑަ ދޮރުން އައިސް އަހަރެންގެ ކަންފަތުގައި ޖެހުނީ ޒައިދު އަޅުވާލި ރާގާއި އެކު އެ މިއުޒިކެއް ފަދަ ހިތްގައިމު އަޑެވެ…………….. “ތުޖެ މިލްކެ ލާގާތާ ޔޭ، ތުޖެ ޑޫންޑް ރަހާތާމޭ، ތުޖްމެހޭ ކުޗް އޭސި ސުބާސާ،ޖިސްކި ހާތިރު މޭއިތޮ ޖަގާސާ އާ ތު މޭރު ުއާބް ސަޖާދޯ، މާހީ ތު އާޖާރެ މެރި މާހީ ………..

މާހީ މާހީ މާހީ ..މާހީ މާހީ މާހީ….

ދަޅްކަނޯމެ މާހީ، ސާސޯމޭ ހޭ މާހީ،

ތޫހިހޭ މެރި ދިލްކިތަމަންނާ، ތޭރިހީ ޔާދޭ ހަރްލަމްހާ،

ދޭމުޖޭ އަޕްނާ އާޗަލް، ދޫޕްމޭ ޖަލްތާ މޭހަރްޕަލް،

ތުޖުމެހޭ ކުޗް އޭސަ ގަޓާސާ ، ޖިސްކެލިޔޭ ހޫން މޭޕިޔާސާ…

ޢާ ތު މޭރީ ހާބްސަޖާދޯ، މާހީ މެރި އަޖާ މާހީ މެރީ ، ތުއާޖާ މާހީ މޭރީ……”ޒައިދުގެ އެފޮނި ލަފްޒްތަކުން ބޭއިހްތިޔާރުގަ އަހަންނަށް އެކޮޓަރި އެތެރެއަށް ވަދެވުނުއިރު،އަހަރެންފެނި ސިހިފައި ޒައިދުގެ އަތުގައި އޮތް ގިޓާދޫވެ ބިންމަތީ ޖެހުނެވެ.”މާހީ !މިތާނގަ ކިހިނެއް”…………………..ނުނިމޭ

Share Article

Follow Me Written By

I-RaM

Level 110 Stories

nyyra.esfiya

Other Articles

Previous

ޝައިން (ޕާޓް-6)

Next

ހިތަކުން ނުފިލާނެ 10

Next
May 14, 2015

ހިތަކުން ނުފިލާނެ 10

Previews
May 13, 2015

ޝައިން (ޕާޓް-6)

21 Comments!

  1. iraa says:
    May 14, 2015 at 2:29 pm

    v nice

  2. aishyn says:
    May 14, 2015 at 3:12 pm

    V rythi waiting for the next prt plxxx avahah up kohlahchey

  3. flower says:
    May 14, 2015 at 3:22 pm

    Nice…but avahah maahi kolhu gadha kohlabala..Maahi ah vedhun: maahi ge mom ashaa e azaal ah dhedhuniye dhahkaalaathi …Waiting for de next part

  4. maahee says:
    May 14, 2015 at 3:30 pm

    WOW amazing ……… vvvv salhi maahy i zaidhge love story fesheny dho. cant wait to read next part …plxx avahah up kodhenchey :-* 🙂 <3

  5. I-RaM says:
    May 14, 2015 at 3:39 pm

    THANK YOU ALL. 🙂 MAAHY AH RAGALHU GOI VAANE IRAADHAKUREVIYA, MAAHY VES HIYVARUGADHA VAANE, ZAIDH VES MAAHY VES EH MISRAABAKAH DHO E DHATHURU KURANEE 😛 DHEN VAAGOI BALAN THIBEMAA …

  6. nuxu says:
    May 14, 2015 at 4:34 pm

    salhi, maahee ah aniya kuraa meehakah beybe kiyaa thankolhu kamu nudhey… anyway , reethi vaahaka eh.. love it… waiting for next part

  7. aroooo says:
    May 14, 2015 at 6:48 pm

    Wow amazing

  8. nishy says:
    May 14, 2015 at 8:07 pm

    nuxu ebuneee thedheh…axalbe keema ehaakamaku nudhey…. vaahaka vvvv reethi

  9. yaaya says:
    May 14, 2015 at 8:58 pm

    Nice

  10. maaya says:
    May 15, 2015 at 12:30 am

    Vaahaka varvara teething……

  11. maaya says:
    May 15, 2015 at 12:37 am

    8vaahaka vara reethi………..*

  12. Aaliya says:
    May 15, 2015 at 11:51 am

    1st parage last 2 sentence in e bunany keekey??? Story is very nice but can u clarify it to me.. Next part avahah up kuracchey

  13. Chime says:
    May 15, 2015 at 12:12 pm

    Vvv reethi avahah next part up coh dhecchey I can hardly wait

  14. I-RaM says:
    May 15, 2015 at 4:32 pm

    THANK YOU ALL. NEXT PART NIMUNUHAA AVAHAKAH UPKURAANAN . AALIYA E LINEGA EYNEE ZAID MAAHY ATHAH DHIN THALHUDHANDI FATHIGE VAAHAKA MAAHY MOM EHYMA MAAHY E HAVAAL KURIVAAHAKA . 11 TH PART IN IGEYNE LAST PRG IN

  15. saby says:
    May 15, 2015 at 9:11 pm

    v v v reethi vaahaka eh.. mee hama hiyaalee vaahaka ehtha.. v salhi.. Masha Alllah.. v molhu

  16. aashi says:
    May 15, 2015 at 10:54 pm

    Tix Story is really amazing. . Vvvv nyc

  17. Faruu says:
    May 16, 2015 at 2:00 am

    varah reethi waahaka eh.. iram warah mOLhu.. (y)

  18. shammmm says:
    May 17, 2015 at 4:38 pm

    yeah…. beautiful waiting for the next part

  19. shammmm says:
    May 17, 2015 at 5:33 pm

    ma Ivan Tha kamuge kulunehvex nei tha hama

  20. I-RaM says:
    May 19, 2015 at 10:27 pm

    Shammm baeh insaanunakee insaanuge dharaja ves nufetheyhaa, nubai meehun dhw, hama egothaha baeh mainnakee hithuga maivanthah kan nei rahumukuda “manma” ey kiyaves heyovaa varuge baeh noon dhw.

  21. I-RaM says:
    May 19, 2015 at 10:27 pm

    thanks oll 🙂

Comments are closed.


All Right Reserved!