Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ސާޔާ (13 ވަނަ ބައި)

ކުޑާ Level 110 Stories
May 23, 2015 4 Mins Read
35 Comments

މާހިލް ދެފަޔަށް ލެވުނުހާ ބާރެއްލާފައި ދުވެފައި އައިސް ސާޔާ އަތްދަނޑި މައްޗަށް އުފުލާލައިގެންގޮސް ސޯފާގައި ބާއްވާލިއެވެ. އުޝާ ފާޑަކަށް އެދިމާއަށް ބަލަހައްޓައިގެން ހުރީ ނުލަފާ ގޮތަކަށް ހިނި އައިއްސައެވެ. މާހިލް ސާޔާ މޫނުގައި ދެތިން ފަހަރަކު ޖަހާލުމުން ލޯހުޅުވާލާފައި ބޮލުގައި އަތްއަޅާލީ ތަދު އިހުސާސްކުރެވުމުންނެވެ. މާހިލް ސާޔާ ބޮލުގައި އަތްއަޅައިގެން ހުރި ހިސާބުގައި އަތް ޖައްސާލިއިރު ހުރީ ދުޅަވެފައެވެ. ނަސީބަކުން ފަޅައިގެންގޮސްފައެއް ނެތެވެ. މާހިލް މުފީދާ ކައިރީގައި ބުނެގެން ސާޔާ ބޮލުގައި ގަނޑުފެން އަޅާލައިދިނެވެ. މާލަސްވެފައި ހުރުމުން ސާޔާ ގެއަށް ލާންވެގެން މާހިިލް ދަމުން އުޝާއަށް ބަލައިލީ ހިތްހަމަ ނުޖެހުމުގެ ނަޒަރަކުންނެވެ. އުޝާއާ ދޭތެރޭ އޭނާ ދެކެމުން އައި ގޮތް އެންމެ ރެއަކުން ބަދަލު ކޮށްލައިފިއެވެ.

ސާޔާ ގެއަށް ލާފައި އައިއިރަށް މުފީދާ ވީގޮތެއް ނޭނގިގެން ސުވާލުކުރަން ފަށައިފިއެވެ. ތެދަށް ބުނެގެން މުފީދާމެން ކަންބޮޑުވާނެތީ މާހިލް ބުނީ ސަކަރާތެއް ޖަހަނިކޮން ވެއްޓުނީ ކަމަށެވެ. އޭނާ ތެދަށް ބުނެފިއްޔާ ޒަރީނާ ދެރަވާނެވަރު މާހިލްއަށް އެނގެއެވެ. ޒަރީނާ ހިތުގައިޖެހި ދެރަވާފަދަ ކަމެއް ވާކަން މާހިލް ބޭނުމެއް ނުވެއެވެ.

މާހިލްގޮސް ކޮޓަރިއަށް ވަތް އިރު އެނދުމަތީގައި އިށީދެގެން އިން އުޝާ ފެނިފައި ލޭކެކިގަތެވެ.ހުރިހާކަމެއް ވުމަށްފަހުވެސް އުޝާއަށް އޭނާއާ ކުރިމަތިލާން ކެރުނީތީ މާހިލް ހައިރާންވިއެވެ. “އުޝާ.. އަހަރެން އުޝާއަކާ އެއްވެސް ވާހަކައެއް ދައްކާކަން ބޭނުމެއް ނޫން..” އުޝާ އެއްޗެއް ބުނުމުގެ ކުރިން މާހިލް ބުނެލިއެވެ. އެވަރުންވެސް އުޝާ ދޫކުރާކަން ބޭނުމެއް ނުވިއެވެ. އެނދުން ތެދުވެގެން އައިސް މާހިލްގެ އަތުގައި ހިފާފައި ވާހަކަ ދައްކަން ފެށިއެވެ. “ޕްލީސް މާހިލް.. މާހިލްދެކެ ލޯބިވުމަކީ އަހަރެންގެ ކުށެއްތަ؟.. އަހަރެން މާހިލް ދެކެ ލޯބިވީ ގަސްތުގައެއް ނޫނޭ.. އަހަރެން މާހިލް ދެކެ ލޯބިވީ ދެންމެއަކު ނޫން.. އަހަރެން މާހިލްދެކެ ލޯޯބިވާތާ ކިތައް އަހަރު؟..” އުޝާ ވާހަކަ ދައްކަމުންގޮސް ރޯޯންފެށުމުން މާހިލްގެ ހިތްވެސް މަޑުވާން އުޅުނެވެ. އުޝާ އެބުނީވެސް ދޮގު ވާހަކައެއް ނޫނެވެ. ލޯތްބަކީ މީހަކަސް ބާރު ފޯރުވޭނެ އެެއްޗެއް ނޫނެވެ. މާހިލް ބޭނުންވީ އުޝާއަށް ރީތިކޮން ވިސްނައިދޭށެވެ.

“އުޝާ… އުޝާއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން އަބަދުވެސް ދެކުނީ ތިއީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައިކަން.. އުޝާ އަހަރެންދެކެ ލޯބިވުމަކީ އުޝާގެ ކުށެއް ނޫން..” މާހިލް ވާހަކަ ދައްކަމުން ދިޔަ އިރުވެސް އުޝާ އެއިންގޮތަށް އިނެވެ. މާހިލް އެެންމެ ފަހުން ތެދުވެގެންގޮސް މަޑުކޮށްލީ އުޝާއާއި ދުރުގައެވެ. “މާހިލް އަހަންނަން މާހިލް މަތިން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލެވޭނެ.. މިވަގުތު އަހަރެން މާހިލްއާ ދުރަށް މިދަނީ ހަމައެކަނި މާހިލްގެ އުުފަލަށްޓަކާ.. އެކަމަކު އަދި އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން މާހިލް އަހަރެންގެ ހަޔާތަށް އަންނާނެ..” އުޝާ އޭނާ ބުނަން ބޭނުންވި އެއްޗެއް ބުނެލާފައި ނުކުމެގެން ދިޔައީ މާހިލްއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީއެވެ.

ސާޔާ ކޮޓަރިތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ މިރޭ ވީ ކަންތަކާމެދު ހާސްވެގެންނެވެ. އުޝާގެ ހިތުގައި މާހިލްއަށްޓަކައި ލޯބިވާކަން އެނގުމުން ސާޔާ ހުރީ އިންތިހާއަށް ދެރަވެފައެވެ. އެއްވެސް އަންހެން ކުއްޖަކަށް ދެރަގޮތެއް ވާކަން ސާޔާ ބޭނުމެއް ނުވެއެވެ. އަމުދުން އޭނާއާ ހެދި އެހެން އަންހެން ކުއްޖެއްގެ ދިރިއުޅުން ބަނަ ވާކަން ސާޔާ ބޭނުމެއް ނުވެއެވެ. އެންމެފަހުން ހިތުގައިވާ އިހުސާސްތައް ބަންޑުންވާން ފެށުމުން މާހިލްއާ ގުޅާލާފައި ހިތުގައިވާ އެއްޗެއް ހާމަ ކުރިއެވެ. މާހިލް އުޝާ ހަމައަކަށް އެޅިއްޖެކަމުގައި ބުނެލާފައި ދެން އެކަމާ ނުވިސްނާށޭ ބުނެފައި ސާޔާ ހަމައަކަށް އަޅުވާލިއެވެ.

ކައިވެނިކުރާ ދުވަސް އައިސަ ޖެހުނީ މާހިލްއާއި ސާޔާގެ އިންތިޒާރަށްވެސް ނިމުން ގެންނަމުންނެވެ. ހެދުނުންސުރެ އެންމެން ނޭވާ ނުލާ އުޅުނީ ކައިވެނިކުރާ ވަގުތު ޖެެހެން ވާއިރަށް ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރެވޭތޯއެވެ.

ސާޔާ ތައްޔާރު ވެ ނިމުމުން އަސްލަމް އައިސް ސާޔާގެ ކޮޓަރިއަށް ވަނެވެ. ކައިވެނި ހެދުމުގައި ތައްޔާރުވެގެން އިން ސާޔާ ފެނިފައި އަސްލަމްގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. މިރޭ އޭނާގެ ދަރިފުޅު އެނާގެ ބެލުމުގެ ދަށުން އެހެން މީހެއްގެ އަތް މައްޗަށް ދާނެކަން ހިތަށް އަރާފައި އަސްލަމް އަށް ހިން ދިރުވާލެވުނެވެ. ޝަހާދަތް އިނގިލިން ލޮލުން ނިރާލި ކަރުނަތައް ފޮހެލާފައި އަސްލަމް ގޮސް މަޑުކޮށްލީ ސާޔާ ކައިރީގައިއެވެ. “މިރޭ ދަރިފުޅުގެ މަންމަ ހުރި ނަމަ ވަރަށް އުފާވާނެ..”އަސްލަމް އެހެން ކިޔާފައި ދަރިފުޅުގެ ރީތިކަމަށް ތައުރީފް ކޮށްލިއެވެ. ސާޔާ މަޑުމަޑުން އަސްލަމްގެ އަތުގައި ހިފާލިއިރު ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. އާތިކާ ނެތްކަމުގެ ފަޅުކަން އެންމެ ބޮޑަށް ކުރުވި ރެއަކީ މިއީއެވެ. ހަމައެއާއެކު ސާޔާ ކައިސާގެ މަތިންވެސް ހަނދާން ކުރިއެވެ. އަސްލަމް ސާޔާއަށް ހިތްވަރު ދިފައި މާހިލްމެންވެސް މިހާރު އެގެއަށް އަންނަނީ ކަމުގައި ބުނެލިއެވެ.

މާހިލްމެން ސާޔާމެން ގެއަށް އައިއިރު ކައިވެނިކޮންދޭ މީހުން އައުމާމެދު ވަގުތު ކޮޅެއް އޮތެވެ. މާހިލް ސާޔާ ދެކިލާހިތުން އިނީ ކެތް މަދުވެފައެވެ. ވަށައިގެން ހޯދާލުމުން ޒާލިފް ކޮނޑުގައި ޖަހާލާފައި ނިތް އަރުވާލިގޮތުން އެންމެން ހިނިއައެވެ. ކޮޓަރީގައި މަޑުކޮށްލައިގެން ހުރި ސާޔާއަށް އެންމެންގެ ހުނުމުގެ އަޑު އިވުމުން މާހިލްމެން އައީކަން އެނގުނެވެ. ހިތުގައި ފޮނި ވިންދެން ޖަހާލި ނަމަވެސް ވަގުުތު ކުޑަތަންވި ވަރަކަށް ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ.

ކައިވެނިކުރާ މީހުން އައުމުން މުޒްނާގޮސް ސާޔާ ގޮވައިގެން އައެވެ. ސާޔާ ފެނިފައި އޭނާއަށް ތައުރީފު ނުކޮށްލާ އެކަކުވެސް ނެތެވެ. ސާޔާއާ ދިމާ ބަލައިލި ގޮތަށް މާހިލްއަށް އިނދެވުނީ ދުރު ބަލައިލަން ނޭނގިފައެވެ. މުޒްނާ ސާޔާ ގެނެސް މާހިލްއާ ޖެހިގެން ހުރި ގޮޑީގައި ބޭންދިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ކައިވެނީގެ ރަސްމިއްޔާތު ފެށިއްޖެއެވެ. ހިތްއަވަސްވެފައި އިން ސާޔާ އަތުގައި މާހިލް ހިފާ ބާރުކޮށްލުމުން ހިތަށް ހަމަޖެހުން ލިބުނެވެ. އަސްލަމް ވަލީ ދިން ވަގުތު އަސްލަމްގެ ދެލޮލަން ކަރުނަ ޖަމާވެގެން އައެވެ. އޭނާގެ ދަރިފުޅުގެ މި އުފާވެރިކަން ދެކެން އާތިކާ އެމީހުން ކައިރީގައި ހުރި ނަމަ ކޮންފަދަ ހެއްޔެވެ؟ އަސްލަމް މިރޭ ނުހަނު ބޮޑަށް އާތިކާ މަތިން ހަނދާންވެއެވެ. އާތިކާވެސް އެދަރިފުޅަށްޓަކައި ހާދަ ފޮނި ހުވަފެންތަކެއް ދެކުނެވެ.

“އަނބި ގަބޫލު ކޮންފިން..” މާހިލް ގެ ދުލުން އެ ލަފްޒު ބޭރު ވުމާއެކު ސާޔާއަށް ކުރެވުނީ ދުވަހަކުވެސް ނުކުރެވޭފަދަ އިހުސާސެކެވެ.މަޑުމަޑުން މާހިލްގެ އަތަށް ބާރު ކޮށްލެވުނީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. ކައިވެނީގެ ކަންތަން ނިންމާލާފައި ކައިވެނި ކޮންދޭން އައި މިހުން އެމީހުންނަން ޓަކައި ތައްޔަރު ކުރެވިފައިވާ ކެއުމަށް އިންސާފުކުރަން ދިއުމުން އެންމެން ދެމަފިރިންނަން މަރުހަބާ ކިޔެވެ. ޒަރީނާ އެންމެންނާއެކު ހުރި އިރު އުޝާ ހުރީ އެކަހެރިކޮންނެވެ. މާހިލް އެހެން މީހެއްގެ ހައްގަކަށް އޭނާގެ ކުރިމަތީގައި ވެގެން ދިޔުމުން ހިތަށް އެތަށް ހާސް ތީރުތަކެއް ހަރައިލެވުނު ހެން ހީވިއެވެ. މިރޭ އޭނާގެ ހިތް މުޅިން ޒަހަމު ވެއްޖެއެވެ. އެހެންނަމަވެސް އެންމެންގެ ކުރިމަތީގައި އުޝާއަށް މަޖުބޫރުވީ ހިނިތުންވެލައިގެން ހުންނާށެވެ. ކައިވެނި ހަފްލާ އޮތް ތަނަން އެންމެ ފަހުން ދިޔައީ އުޝާއެވެ. ބަހަނާއެއް ދައްކާލާފައި އުޝާ ދިޔައީ އެންމެންނާ ވަކިންނެވެ.

ދެމަފިރިންނަން ހާއްސަ ކުރެވިފައިވާ ސްޓޭޖުގައި ސާޔާއާއި މާހިލް ހުއްޓިލައިގެން ތިބި އިރު ދެމަރިންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ޕާޓީއަށް އަންނަމުން ދިޔަ މީހުން ދެމަފިރިންނަން ތަހުނިޔާ ކިޔާލާފައި ކެއުމާއިގެން މަޝްއޫލު ވަމުން ދިޔައެވެ. އެންމެން ހީހީފައި ފޮޓޯނަގާ ހެދިއިރުވެސް އުޝާ އުޅުނީ ދުރުންނެވެ. ޕާޓީގެ ފޯރިއާއިހެދި އެހެން މީހުންނަކަށް އުޝާއަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ.

ހަފްލާ ނިންމާފައި ގެއަށް އާދެވުނު އިރު މާހިލް އާއި ސާޔާވެސް ތިބީ އެކަނިވެލަން ބޭނުންވެފައެވެ. ނަމަވެސް މުޒްނާމެން އެމީހުން ހިފަހައްޓައިގެން ތިބުމުން އެހާ އަވަހަށް ކޮޓަރިއަށް ދެވޭ ގޮތެއް ނުވިއެވެ. ގިނަ އިރު ކޮޅަށް ތިބުމުގެ ސަބަބުން ދެމީހުންވެސް ތިބީ ވަރުބަލިވެފައެވެ. އެންމެފަހުން ދެމީހުންނަން ކޮޓަރިއަށް ދެވުނީ މުފީދާ އައިސް އެމީހުން ކޮޓަރިއަށް ފޮނުވުމުންނެވެ.

ދެމަފިރިން އަތުގުޅުވާލައިގެންގޮސް ކޮޓަރިއަށް ވަތް އިރު އެމީހުންނަށްޓަކައި ކޮޓަރި ޒީނަތްތެރި ކޮށްލާފައި އޮތް ގޮތުން ހައިރާންވިއެވެ. މުޅި ކޮޓަރިތެރޭގައި އެކި ވައްތަރުގެ މާތަށް ބަހައްޓާލާފައި ހުރި އިރު ފިނިފެންމާ ފިޔަތަކުން އެނދުމަތީގައި ދެހިތް ފައްތަރުކޮށްލާފައި ހުއްޓެވެ. ސައިޑްޓޭބަލް މަތީގައި ދިއްލާލާފައި ހުރި ލޭމްޕުގެ މަޑުރަތްކުލަ ކޮޓަރިއަށް ފެތުރިލާފައިވާއިރު ފެންނަލެއް ހިތްގައިމެވެ. އޭސީން ފިނިކޮށްލާފައި ހުރުމުން ހަށިގަނޑަށް އަރާމުވެއެވެ. ސާޔާ މާހިލްއަށް ބަލައިލާފައި އިސްޖަހާލިއެވެ. މާހިލް ސާޔާގެ މޫނުގައި ދެއަތުން ހިފަހައްޓާލާފައި ކައިރިވެލުމުން ސާޔާ މާހިލްގެ އަތުތެރެއިން ދެމިގަނެގެން ގޮސް މަޑުކޮށްލީ އެނދު ކައިރީގައެވެ. މާހިލް ހީލާފައި ގޮސް އަލަމާރި ހުޅުވާލާފައި ސާޔާ ކައިރިއަށް އައިސް މަޑުކޮށްލިއިރު އަތުގައި ބަންދުކޮށްލާފައި އޮތް ކުޑަ ކުޑަ ފޮއްޓެއް އޮޮތެވެ. މާހިލް އެ ފޮށި ސާޔާ އަތަށް ދީފައި ހުޅުވުމަށް ބުންޏެވެ. ސާޔާ ފޮށި ހުޅުވާފައި ބެލިއިރު އޭގެ ތެރޭގައި އޮތީ ހިތެއް ޖަހާފައި އިން ރަން އަނގޮޓިއެކެވެ. ސާޔާ މާހިލްއަށް ބަލައިލުމުން މާހިލް އަނގޮޓި ނަގާފައި ސާޔާގެ އިނގިލީގައި އަޅުވާލައިދިނެވެ. މާހިލް ސާޔާ ކައިރީގައި ފްރެޝް ވެލައިގެން އަންނާށޭ ބުނުމުން މަޑުކުރާށޭ ކިޔާފައިގޮސް އޭނާވެސް އައީ ހަދިޔާއެއް ހިފައިގެންނެވެ. މާހިލް އޭތި ހުޅުވާލާފައި ބެލިއިރު އޭގައި އޮތް އަތުކުރީ ގަޑި ފެނިފައި ތެންކިޔޫ އޭ ބުނެލިއެވެ.

ސާޔާ ފްރެޝްވެލަން ދިޔައީ މާހިލް ފާހާނައިން ނުކުތީމައެވެ. ހަމައެކަނި ސޯޓެއް ލައިގެން ހަށިގަނޑު ހާމައަށް ހުރިއިރު ސާޔާގެ ހިތުގައި ފިނި ރާޅެއް ދުވެލިއެވެ.

ހަށިގަނޑަށް ހިފާލާފައިވާ ކުރު ނައިޓީގައި ސާޔާ ހުރީ ފާހާނައިން ބޭރަށް ނުކުންނަން ނުކެރިފައެވެ. މިރެއަށްޓަކާ ކިތައްމެ އިންތިޒާރުކުރެވުނަސް ހިތުގައި ނުތަނަވަސްކަން ވިއެވެ.

ފާހާނައިިން ނުކުތް ސާޔާ ފެނިފައި މާހިލްއަށް ހިންދިރުވާލެވުނެވެ. ސާޔާ ތައްޔާރުވެލައިގެން އަންނަންދެންވެސް ސާޔާ އެއަތުގެ ތެރެއަށް ނުގެނެސް ހުންނަން ދަތިވިއެވެ. ސާޔާ ތައްޔާރުވެލައިގެން އައިސް މާހިލް ކައިރީގައި މަޑުކޮށްލިއިރު އަތްފައިވަނީ ފިނިވެފައެވެ. މާހިލް ތެދުވެފައި ސާޔާ ހަށިގަނޑުގައި ބާރަށް ބައްދާލިއެވެ. ސާޔާގެ ދެއަތް މާހިލްގެ ވަށާލެވުނީ ބޭ އިޙްތިޔާރުގައެވެ. މާހިލް ސާޔާ ގެންގޮސް އެނދުމަތީގައި ބާއްވާލިއެވެ. އޭރު ލަދާއި ބިރު އެކުވެގެން ސާޔާގެ މޫނަށްވަނީ ޖަންބުކުލަ އަރާފައެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔަ ހިނދު ދެ ޖިސްމުގައި ހިފާފައިވާ ހުޅުގަނޑު ނިއްވައެއް ނުލެވުނެވެ. އެންމެ މުހިންމު ވަގުތު މާހިލްގެ އޯގާވެރި ބީހުންތަކުން ސާޔާގެ ބިރުފިލާގޮސް ލަދުވެތިކަމުގެ ފަރުދާ ކެހުނެވެ. ދެމީހުންގެ އަމަލުތަކުން އެކަކު އަނެކަކަށް ބޭނުންވެފައިވާ މިންވަރު ހުރަހެއް ނެތި ހާމަކޮށްދެއެވެ.

 

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ހިތަކުން ނުފިލާނެ 12

Next

ހިތަކުން ނުފިލާނެ 13

Next
May 23, 2015

ހިތަކުން ނުފިލާނެ 13

Previews
May 20, 2015

ހިތަކުން ނުފިލާނެ 12

35 Comments!

  1. nish says:
    May 23, 2015 at 4:40 pm

    Vv reethi mi part avahah up kohlahchay

  2. iraa says:
    May 23, 2015 at 4:45 pm

    oww. <3 vv nice..

  3. flower says:
    May 23, 2015 at 4:53 pm

    Haadha lahun ney dhw up vany…..thankolheh avahah thankolheh dhigukon genesdhyba…btw mi part vess v salhi

  4. mary says:
    May 23, 2015 at 5:23 pm

    V reethi mi part…ekam haadhahaa kurey thankolheh dhigu kohlinama ragalhuvis

  5. Ellie says:
    May 23, 2015 at 7:34 pm

    V reethi

  6. swyty girl says:
    May 23, 2015 at 7:55 pm

    Oh was nice man. Dhn knirkn next

  7. zee says:
    May 23, 2015 at 8:08 pm

    🙂

  8. butterfly says:
    May 23, 2015 at 8:24 pm

    V nice avahah up kurahchey

  9. xy says:
    May 23, 2015 at 11:37 pm

    Wow v nyc lahy up vaaleh

  10. me says:
    May 24, 2015 at 1:49 am

    mi site ah vaahaka liyaa myhunnah vure bizi lyf eh ulhey baeh ma nudheken…. aslu vaahaka ah hunnanvaa shauguverikameh nuhurey lahun kiyaalan libeythee….

  11. naanyyy says:
    May 24, 2015 at 5:33 am

    Haadha dhuvaheh fahun vaahaka nukumejjeyey
    vv nice.nxt part avahah up kohdhechey.plx plx plx plx plx plx plx plx plx plx plx plx plx plx plx plx plx .

  12. seen says:
    May 24, 2015 at 10:52 am

    Vvvvvvvvvvvcreethi 14 can a bad vvvavas

  13. Lovely says:
    May 25, 2015 at 9:38 pm

    Ey asluvexx AMA lasvany… Eh part kiyaafa handhaan nethunyma aneh part up thikureveny.. Make it’ a bit faster… Kiyaahithun Mioh moya vanniyyey 😛

  14. Lovely says:
    May 25, 2015 at 9:40 pm

    Sorry 🙁 AMA eye olhumakun.. Maa Jahan liyevuny AMA.. 😀

  15. july says:
    May 26, 2015 at 9:51 am

    v nice mi part ves

  16. swyty girl says:
    May 26, 2015 at 6:58 pm

    Kba hama three weeks eh nuvey thr…..mihen hadhanya v v foohi dhn Ava’s khdhybala plx plx plx miadhuvx kithah faharu belih ge thr.. Dhn Ava’s khbala kudaa. Ekm kuryga v Ava’s kuraane..I think miharu bxy or lazy

  17. u knw says:
    May 27, 2015 at 2:29 pm

    Haadha alehy up vaaleh

  18. Hoody says:
    May 31, 2015 at 10:26 am

    Alhe mi story ah comment kuraane kujjakuvex netheetha????

  19. leena says:
    June 3, 2015 at 8:59 pm

    too slow buddy

  20. cute says:
    June 3, 2015 at 9:01 pm

    dhen kon iraku aneh part up kurany pls varah avas kohdheeba

  21. cute says:
    June 4, 2015 at 12:54 pm

    …………pis pis pis. lovely avas kohbba

  22. cute says:
    June 4, 2015 at 12:56 pm

    ….at least tell me the day…. kon dhuvahaku tha up kurany dhoony

  23. smalll says:
    June 4, 2015 at 12:58 pm

    avas.

  24. smalll says:
    June 4, 2015 at 7:17 pm

    ehen site akah tha up kurany?

  25. Temple run 2 says:
    June 5, 2015 at 8:15 pm

    Kobaa saayaa ge 14 vana bai… Adhivexx up nuvey…. Kalhu finifinifenmaa feshyvess saayaa he 13 up vee fahun… Lahun up kuraathyve v.foohi kiyann… Avahah up kohlaba… Ok

  26. cute says:
    June 6, 2015 at 7:13 pm

    temple run 2 ah thaaeedhu kuran……

  27. neem says:
    June 6, 2015 at 11:53 pm

    Alhe haadha lahey mi vaahaka gandeh up vaaleh.. thiah vure lahun feshivaahaka thah eoh hama dhany..
    Mihaar kalhu finifenma vaahka vx 14 ah hingajje.. ei adhi iyye mendhuru ha lahun feshu vaahakeh
    Haadha fooohssey, kurin genna hen avahah genes dhybala
    Mi esfiyaage liyun therinnah jehey bali jehunytha
    esfiyaage lountherinnah v nurahkkaa theri bahyyeh jeheyne, ei vaahaka fashaafa dhn va nuva neygi vaahaka nuveh genes dheyne.. hama huttaalaany.
    V foohive

  28. jazla says:
    June 9, 2015 at 7:50 am

    cOOL…. YOUR STORIES ARE NICE…. BUT KEEP IT FAST

  29. jazla says:
    June 10, 2015 at 12:26 pm

    wow… reathi . ekam maa slow vaahaka up kuraa goi…. kudaa thankolheh fast kohdheeba…. i can’t wait to read it …. please kudaa

  30. alma says:
    June 12, 2015 at 1:48 pm

    vvvv.nice avaha next part up kolacheee……pls

  31. Milna says:
    June 13, 2015 at 9:11 am

    Haadha lahey mi vaahaka up vaaleh… Mihaaru foohivehje kiyan vess …. Mihaaru kalhu finifenmaa eoh nimuny….. Eythi feshyves saayaa ge 13 up vee fahun….. Dhw neem….. Hoody maa best…. Avahah up kohdheythyy…. Saayaa up vaane ireh bunebaa…. Asluves esfiya site ge liyun therinnah hunnany bayyeh jehifa… Dhww neem… Vrh foohi ehen hadhanyaa..

  32. kiaraa says:
    June 16, 2015 at 2:49 pm

    kudaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa…… hithah araatha aharen mi vaahaka kiyaa hithun huri varu….. plx upkkohdhee

  33. kiaraa says:
    June 21, 2015 at 3:16 pm

    kudaa….. aharaku eh part kamah nugenes dhee…. pllx plx plx

  34. lai says:
    July 2, 2015 at 9:31 pm

    Koba tha aneh part. Miharu mi vaahaka up nuvaatha kiha dhuvaheh.

  35. Saayaa says:
    July 13, 2015 at 10:13 am

    Kobaatha saayaa 14 vana bai… Mihaaru kalhufini fenmaa nimi eyge season 2 havaathif vess nimihje… Kalhu fini fenmaa feshyvess saayaa ge 13 up v fahun… Eyge fahun mihaaru e story ge season 2 ves nikumehje adhi nimen ves nimihje… Avahah up kohdheeba… Kurey kurey avas kurey… Thathey thathey haadha thathey… Ava’s kohbala…

Comments are closed.


All Right Reserved!