ވީޑިއޯ ކްލިޕް ނިއްވާލުމަށްފަހު ފަޔާޒަށް ބަލާލެވުނީ ކައިރީގައި ހުރި އޭނާގެ އެކުވެރި ނާއިފަށެވެ. ދެމީހުންވެސް ތިބީ މިފެނުނު މަންޒަރުން ބުނެދޭން ނޭނގޭ ކަހަލަ އިޙްސާސްތަކެއް ކޮށްފައެވެ. ޝިޔާނާގެ ހަޔާތުގައި ހިނގަމުންދާ ތޫފާނުގެ އޮއެވަރުގެ ބާރުކަން އިހްސާސްވެ މި ތޫފާނަށް ނިމުމެއް ގެންނައުމަށް ދެމީހުން އަޒުމް ކަނޑައެޅިއެވެ. ގޮނޑިން ތެދުވެ ލެޕްޓޮޕް ގެ ސްކްރީން ލައްޕާލަމުން ފަޔާޒް ބުންޏެވެ. “މި ކޭސް އިތުރަށް އިންވެސްޓިގޭޓް ކުރަން ލަސްނުކޮށް އަހަރެމެން ޝިޔާނާގެ ގެއަށްދާން ފެނޭ” ނާއިފްވެސް ފަޔާޒް ދެއްކި ވާހަކައަށް […]
ފަޔާޒް ހުރީ އިންތިހާއަށް ދެރަވެފައެވެ. އޭނަ ހޯދަން ޝިޔާނާ އެއަރޕޯޓަށް އަންނާނެ ކަމަކަށް ފަޔާޒް އުންމީދެއް ނުކުރެއެވެ. “ނާއިފް، ވަރަށް ބޮޑަށް ސޮރީ… އަހަރެން އެކޮޅަށް ދިޔައިރު މަންމަގެ ހާލު ވަރަށް ސީރިއަސް… އަނެއްކޮޅުން ޔުނިވަރސިޓީއަށް ވަނުމަށް ފޯމު ފުރުމާއި އިންޓަރވިއުތަކުގައި އަވަދިނެތި އުޅެން ޖެހުނީ….. ދެތިން މަސް ފަހުން މެއިލް ޗެކް ކުރަން ބެލިއިރު އަހަރެންގެ އީމެއިލް އައިޑީ އިނީ ހެކްކޮށްފައި… ސޯ.. އާ އައިޑީއެއް ހެދީ… ޝިޔާނާގެ ނަންބަރަށް ގުޅިއިރު ފޯނު ނިވާލާފަ އޮތީ….” ފަޔާޒް […]
ފަސްޓް ފްލޯރގެ އޮފީސް ބަޔަށް ވައިން އިރު އޮފިސަރ އައިންތު ފެނުމުން ފަޔާޒް ނާއިފް ކޮބައިތޯ ސުވާލުކޮށްލިއެވެ. އައިންތު މުޅި އެ ކޮޓަރިތެރެއަށް ކަޅި ހިންގާލުމަށް ފަހު ބުންޏެވެ. “ދެންމެ މިތާ އުޅުއްވި؟… ސަރ.. އަޅުގަނޑު ބްލަޑް އަދި ޔޫރިން ސާމްޕަލް ނަގާ އިންވެސްޓިގޭޝަނަށް ފޮނުވައިފިން…. މާދަމާ ހެނދުނު ފަޔާޒް ސަރ ދުރުވަންވާއިރަށް ބަޔާންވެސް ނިންމާލާނަން” ފަޔާޒް ފަސް އެނބުރުނީ ފޯނުނަގާ އަނެއްކާވެސް ނާއިފަށް ގުޅާލަމުންނެވެ. އެވަގުތު އެ ކޮރިޑޯގެ އަނެއް ފަރާތުގައި ހުރި ކުށްވެރިން ބަހައްޓާ […]
ކަނު އަނދިރީގެ ތެރޭގައި އަހަރެން މިހުރީ ކީއްވެ ހެއްޔެވެ؟ މިގޮތަށް މިކަން ވާންޖެހުނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ޙަޔާތްވެސް އަނދިރިވެފައި މިވަނީ މިކަނު އަނދިރިގަނޑު ފަދައިންނެވެ. ލޮލުން ހުއްޓުމެއްނެތި ކަރުނަތައް ނީރަމުން ދެއެވެ. އަހަރެންގެ ހިތަކީ ހަރު ހިލަގަނޑެއް ހެއްޔެވެ؟ އަހަންނަކީ ކާކު ހެއްޔެވެ؟ މިއަށްވުރެ މަރުވުންވެސް މާރަނގަޅެވެ. ފާހަނާތެރޭގައި ބޮކި ނިއްވާލައިގެން އަހަރެން މިހުރީ އަލިކަން ނުދެކުމަށް ހިތު އަޅައިގެންނެވެ. ފާހަނާގެ ފެންލައިޓުން އާރޓިފިޝަލް އަލި އެތެރެއަށް އެޅެމުން ދިޔުމުން އަހަންނަށް އުނދަގޫވިއެވެ. ދެލޮލުން ކަރުނަ […]
ފުލުސް އޮފީހުން ނުކުމެ ރޭބަން އަވި އައިނު އަޅާލުމަށް ފަހު ޖީބުން ނެގީ އޭނާގެ ‘ޓޮޔޯޓާ އައުރިސް’ ހުދު ކާރުގެ ތަޅުދަނޑިއެވެ. ކާރު ޕާކުކޮށްފައި އޮތްހިސާބަށް އަރާ ހަމަވުމުން އެ ތަޅުދަނޑީގެ ސްވިޗަށް ފިތާލާ ކާރުގެ ލޮކް ހުޅުވާލިއެވެ. ކާރަށް އަރާ ހަމަޖެހިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ސީޓްބެލްޓް އަޅުވާލިއެވެ. ކާރު ސްޓަރޓް ކޮށްލުމަށް ފަހު ގިޔަރަށްލާ ކާރު ޕާކިންގް ޒޯންއިން ނެރުނެވެ. އަދި ގިޔަރު ބަދަލުކޮށްލުމަށް ފަހު ބާރު ސްޕީޑެއްގައި ކާރު ދުއްވާލީ މައިމަގާ ދިމާލަށެވެ. […]
“އަސްލުވެސް މަތީނު ޝިޔާނާގެ ކޮއްކޮ ހާދަ ރީއްޗޭ…. ހުންންން… މި ކޮފީވެސް އެހާމެ މީރު… މަ ބޭނުމީ މިކަހަލަ ހޫރު ޕަރީއެއް” ޝާޑް ތަޢުރީފްގެ ބަސްތައް އައީ ފަހަރެއް ފަހަރަކަށް ގިނަ ވަމުންނެވެ. މުއާޒްވެސް ޝާޑާއި އެއްބައިވެފައި ބުންޏެވެ. “ދޮގެއްވާ ނޫން… މިހާ މީރު ކޮފީއެއް އަދި ނުބޮން..” މަތީން ވެސް ހިނިތުންވެލިއެވެ. އަދި ތެދުވެ ހިނގައިގަތީ ކޮޓަރިޔާ ދިމާލަށެވެ. ހުކުރު ދުވަސް ސިއްސައިގެންދިޔައީ ދޮރުގައި ބާރުބާރަށް މީހަކު ޓަކި ޖަހާލުމުންނެވެ. ޝިޔާނާ އަވަސްއަވަހަށް ޓޮޕްކޮޅު ރީތިކޮށްލުމަށްފަހު […]
ވެހޭ ވާރޭ ތެރެއިން ޝިޔާނާ ހުރީ މުޅިން ތެމި ފޯވެފައެވެ. ފިނިކަމުން މުޅި މީހާ ތުރުތުރުލަނީއެވެ. ނަމަވެސް ޝިޔާނާ ހުރީ ގޭތެރެއަށް ވަންނަ ޚިޔާލެއްގައެއް ނޫނެވެ. ވެހެމުން ދިޔަ ބޯވާރޭގެ ތެރޭގައި ޝިޔާނާއާއި އޭނާގެ ކޮއްކޮ ތެމެންނުކުތީ ވާރެޔާ ނުތެމޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީވެ، ވާރޭގައި މަޖާކޮށް ސަކަރާތްޖަހާށެވެ. މިއަދަކީ ސާނިޔާގެ ޖީ.ސީ.އީ އޯލެވެލް އިމްތިހާނު ނިމުނު ދުވަސް ކަމުން އެ ދެބެއިން ތިބީ ޝިޔާނާގެ ފިރިހެން ދަރިފުޅު ޒާން ގޮވައިގެން ހިނގާލަންދާން ރާވައިގެންނެވެ. ނަމަވެސް މޫސުންގޯސްވެ […]
ކުޑަ މެހެމާނު ކާރު މަޑުކޮށްލުމާއިއެކު ޝިޔާނާ ކާރުން ފޭބީ ތުއްތު ކުއްޖެއް އުރާލައިގެންނެވެ. މަތީނު ކާރުން ފައިބާ ޓެކްސީއަށް ފައިސާ ދެއްކުމަށްފަހު ޑިކީއިން ކުޑަ ކުއްޖާގެ ވަށިގަނޑާއި ދަބަސް ނަގައިގެން އެދެމަފިރިން އެކުއެކީގައި ހިނގައިގަތީ 93 ވަނަ ފްލެޓްގެ އެމީހުން ދިރިއުޅޭ އެޕާރޓްމަންޓަށް ދިޔުމަށެވެ. އެ ދެމަފިރިންވެސް ތިބީ ވަރަށް އުފަލުންނެވެ. ޝިޔާނާ މަތީނުއާއި ކައިވެނީގެ ގޮތުން ގުޅުނީ އޭނާގެ އުމުރުން 20 އަހަރުގައެވެ. ޝިޔާނާއަކީ އިސްކޮޅުން ދިގު، ހަމުކުލަ މެދުމިނަކަށް ކަޅުކޮށް ހުންނަ އަންހެނެކެވެ. އިސްތަށިގަނޑު […]
އެ ހާދިޡާ ދުވަހަކީ ހުކުރު ދުވަހެވެ. ހުކުރުން ފައިބައިގެން ފުއާދު މިސްރާބުޖެހީ އޭނާގެ ކާފަ ދަރި ގޮވައިގެން ގެޔަށް ދިޔުމަށެވެ. ފުއާދަކީ ށ. ކޮމަންޑޫއަށް އުފަން، އިސްކޮޅުން ދިގު، 49 އަހަރުގެ ދޮން ފިރިހެނެކެވެ. އެދެބަފައިން ހުކުރަށް ދިޔަ މިސްކިތާއި ފުއާދު ދިރިއުޅޭ ފްލެޓާއި އެހާ ދުރެއްނޫނެވެ. ވީމާ އޭނާ ކުޑަކުޑަ ޒާން ގޮވައިގެން ގެއަށް ދިޔައީ ހިނގާފައެވެ. މާލޭގެ އަވަށެއް ކަމަށްވާ ހުޅުމާލޭގެ މި ހިތް ފަސޭހަ މާހައުލުގައި ފުއާދާއި އޭނާގެ އާއިލާ ދިރިއުޅެމުންދާތާ […]