Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ހީކުރި ހެނެއް ނުވިއެވެ….

DESTINY2020 Level 210 Stories
July 14, 2015 One Min Read
8 Comments

ނޯޓް: މީ ވާހަކައެއް ނޫނެވެ.

ކަޅި ޖަހާ ނުލާ އަހަރެން ބަލަހައްޓައިގެން ހުރީމެވެ. އެމޫނަށެވެ.

ލޯބި ލޯބި މޫނެކެވެ. ލުއި ހިނިތުން ވުމެކެވެ. މަސްތީ ބެލުމެކެވެ.

ބަލާ ފޫހިވުމެއް ނެތެވެ. އެހާވެސް ފުރިހަމައެވެ. ލަފެއް ލަކުނެއްނެތެވެ.

ހިތަށް އެރިއެވެ. ރީތިކަމަކީ ހާދަހާ ވާ ފުރިހަކަމެއް ތާއެވެ. ބަސްހުއްޓުނެވެ.

ފަން ފަށުވި އިސްތަށި ގަނޑެކެވެ. އޮފްއަރާއިރު ބަލާލަން ފުރިހަމައެވެ.

ލޮލުގެ ކަޅިރަވަ ތޫނެވެ. އުޖާލާވެފައި ހިތްގައިމެވެ. ފާޑެއް ނުކިޔޭނެއެވެ.

މަޑުމަޑު ފިޔާތޮށި ކުލައިގެ ތުނިތުނި ނާޒުކު ތުންފަތެކެވެ. ބީހެއްހިތްވާނެއެވެ.

ހިތަށް އެރިއެވެ. ރީތިކަން ދެއްވި އިންސާނުން ކިހާ ފުރިހަމަ ބާވައެވެ؟

މަޑު ޖެލީކޮޅެއް ކަހަލަ އިނގިލި ތަކެކެވެ. އަތްތިލަ ކަހަފާ މަޑެވެ.

ސަލާމްކޮށްލުމުން ލިބުނު ފިނިކަން އަދިވެސް އިޙްޞާޞްވާ ކަހަލައެވެ.

ހިނިތުންވެލުމުން އަންތަރީސްވިއެވެ. ހުދު ކަފަކޮޅެއް ކަހަލަ ދަތްޕިލައެކެވެ.

ހިތަށް އެރިއެވެ. މިފަދަ ރީތިކަމަށް ތަޢުރީފް ކުރާނީ ކިހިނެއް ބާވައެވެ؟

އެ ރީތި އަޑުން އަހަރެންގެ ނަމުން ގޮވާލުމުން ލިބުނީ އިންތިހާ އުފަލެވެ.

ޝުކުރުން މިހިތް ފުރުނު ކަހަލައެވެ. އެފަދަ ފުރިހަމަ ކުއްޖަކު ގޮވާލުމުންނެވެ.

އަހަރެން އޭނާގެ ކައިރިއަށް ދިޔައީމެވެ. ގޮސް މަޑުކޮށްލީމެވެ. ދެން ބަލާލީމެވެ.

ހިތަށް އެރިއެވެ. މިހާ ރީތި ކުއްޖަކާއިއެކު، މިހާ ގާތްވެލަން ލިބުނީ ކީއްވެހެއްޔެވެ؟

އޭނާ ހިނިތުންވެލިއެވެ. އަހަންނާއި ވާހަކަ ދައްކަން ފެއްޓިއެވެ.

ވާހަކަ ފަށުވިވެފައި އަޑުއަނހާލަން ފަސޭހައެވެ. އަޅައިގަތުމެއްނެތެވެ.

ހިތް އުފަލުން ފުރިގެން ބަންޑުން ނުވީ ކިރިޔާއެވެ. ހިތް ފުރުނުކަހަލައެވެ.

ހިތަށް އެރިއެވެ. މުޅި ޢުމުރަށް މިވަގުތުކޮޅު ދެމެހެއްޓޭނެނަމައެވެ.

އަހަރެން ހިތްވަރު ކޮށްފައި ހިތުގެ ޙާލަތު ބަޔާންކުރީމެވެ.

ފުރަތަމަ ނަޒަރުން އޭނާގެ އިޝްޤްގައި ޖެހުނު ވާހަކަ ބަޔާންކުރީމެވެ.

އޭނާ އިތުރަށް ހިނިތުންވެލިއެވެ. ތީ އާކަމެއް ނޫނޭ ބުނެ ހަމަޖެހިލިއެވެ.

ހިތަށް އެރިއެވެ. ރީތި މީހުންދެކެ ލޯބިވާނެ ކިތައް މީހުން ވާނެބާވައެވެ؟

އަހަރެން އެއަތުގައި ހިފީމެވެ. އާދޭހުގެ ރާގެއްގައި އާނއެކޭ ބުނުމަށް އެދުނީމެވެ.

ޢުމުރަށް އުފަލުގަ ގެންގުޅެދޭނަމޭ ބުނީމެވެ. ލަފެއް ލަކުނެއް ނުޖައްސައެވެ. ލޯބިންނެވެ.

އޭނާ ސިއްސައިގެންދިޔައެވެ. ވަގުތުން ޝަހާދަތް އިނގިލިނަގާ “ޝޫ” މިހެން ހަދާލިއެވެ.

ޙަޤީޤަތް ހާމަވީ ދެނެވެ. ރީތި ކޮންމެ އަންހެންކުއްޖެއްގެ ޙަޔާތް ހީކުރާހާ ރީއްޗެއްނޫނެވެ.

= ނިމުނީ =

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ނުފޫޒު

Next

ގުޅާލައްޗެވެ….

Next
July 14, 2015

ގުޅާލައްޗެވެ….

Previews
July 14, 2015

ނުފޫޒު

8 Comments!

  1. jui says:
    July 14, 2015 at 12:21 pm

    dhn mikahala ehchehi nuliyeba.. vaahaka liyeba. v foohi. :/

  2. friend says:
    July 14, 2015 at 2:16 pm

    Varah furihama

  3. nee says:
    July 14, 2015 at 3:35 pm

    nice. keep it up 🙂

  4. Sithura says:
    July 14, 2015 at 5:15 pm

    Vaahaka sitega vaahaka noon ehen ehchehi nuliyebala…. Vrh foohi vey…

    1. nanneyngey says:
      July 14, 2015 at 6:19 pm

      vaahaka site eh ga mi liyun in iruvx mi liyun kolhu feshumuge kurin jahaafa eba in kanneynge miee vaahaka eh nuney,,, so hama ekani vaahaka kiyan beynun vanyaa mi liyun kolhu kiyumuge beynumeh neh hn alhugandah hyvany

  5. nanneyngey says:
    July 14, 2015 at 6:13 pm

    vaahaka site eh ga vaahka nun ehn ehchehi liyefa huryma e kiyathy eh nu mahsalaky… aslu mikahla liyun thah kiyan foohi vanyaa nukyma nimuny…knmehn foohi vaa vaahka cmnt ga nujahaa……ekm alhugandu hama bunelan othy mi liyun kolhu liyunu liyun theriyaa ah hama saabahey…, gina ginain mikahla liyunthah liyaashey….

  6. only fantasy girl. says:
    July 14, 2015 at 8:19 pm

    aadhw vaahaka kkiyaahih vaabyfulhun minukiyaany eyrun nimuny……ekamves huthury kiyaafa kiyan ves ebajehy adhi evarun nuvegen comment ves kuran jehy…hamagaimuves masheh olhigen kiyunas comment nukuraaaanan bykaaru vaguthu dhuvaakah thihaa foohi vanyaa…..miliyun hama vvvvvv reethi….ithuru aalhen thah bynun….

  7. How says:
    July 14, 2015 at 9:19 pm

    Kihaa bodu kameh! Vaahaka liyan neyngenyaa ehen site egga liyan dheybala

Comments are closed.


All Right Reserved!