Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާ

ބަކުރުބެގެ ނަޞީބު *******(1)

DESTINY2020 Level 210 Stories
July 21, 2015 5 Mins Read
21 Comments

ނޯޓް: މިވާހަކައަކީ 2011 ވަނަ އަހަރު ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ގްރޭޑް 4 ގައި ތަޢުލީމް ޙާޞިލްކުރި  އަޙްމަދު އަބާން  ޢަޒުމް  އިނގިރޭސި ބަހުން ލިޔެފައިވާ ވާހަކައެއްގެ ތަރުޖަމާއެވެ. ހަނދާނާއި ތާރީޚަށްޓަކައި މިވާހަކަ މިސައިޓްގައި ޝާޢިއުކޮށްލީމެވެ

” މިރޭވެސް ދަނީތަ ބައްޕަ މަހަށް؟ ” ރިހާންގެ ބައްޕަ މަސް ބާނަންދާ ސާމާނުތައް ހިފައިގެން ގެއިން ނިކުންނަން ދިމާކުރުމުން ރިހާން ބުނެލިއެވެ.

” ކީއްތަވީ؟ މަސްބާނަން އޮވޭތަ ވަކި ރެއެއް؟” ރިހާންގެ ބައްޕަ ބަކުރު ބުނެލިއެވެ.

” ތިހެން އުޅެނިކޮށް ބައްޕައަށް ލަނޑެއް ލިބޭނީ. ކަނޑުރަސްގެ ފާނު ބައްޕަ ގެންދާނެ ތިހެން ކޮންމެ ރެއަކު މަސްބާނަން ދަނިއްޔާ؟” ރިހާން ހެމުން ބުނެލިއެވެ.

” ތީ ދަރިފުޅު މާގިނައިން ކާޓޫން ބެލީމަ ހީވާގޮތް. ކަނޑު ރަސްގެފާނަކީ އުޅޭ އެއްޗެއްނޫން.” ބަކުރުބެ ބުނެލިއެވެ.
” އެއީ އުޅޭ އެއްޗެއް. މާމެއިޑުވެސް އެއީ އުޅޭ އެއްޗެއް. ބައްޕަމެން މުސްކުޅިވީމަ ދެން ޤަބޫލެއް ނުކުރެވޭނެ..” ހެމުން ރިހާން ދިމާކޮށްލިއެވެ.
” މާމަޑެއް ގާގަޑެއް ނޯންނާނެ. ބައްޕަ މިދަނީ މަހަށްދާން. ދަރިފުޅެވެސް ބޭނުމިއްޔާ ހިނގާދާން. އިދުރިސްބެ ބުނި މިރޭ މަސްވެރިކަން ވަރަށް ރަނގަޅުވާނެ. އަންނާނަން ފިހެލަން ދެތިން ރަތް މަސް ބާނައިގެން.” ކަންވާރުތަކާއި ދޮށީގައި ރަނގަޅަށް ހިފާލަމުން ބަކުރުބެ ބުނެލިއެވެ.
” މާމަޑެއް ނޫނޭ.. ބައްޕަ ދަސްކޮށްބަލަ. މާމެއިޑް. ވަރަށް ރީތި އެއްޗެއް އެއީ..” ރިހާން ބުނެލިއެވެ.
” ދެންހެވޭ. ދަރިފުޅު ނުދަނިއްޔާ މަންމަ ގާތަށް ގޮސް އަވަހަށް ނިދާތި. ބައްޕަ މިދަނީ.” އެހެން ބުނެފައި ބަކުރުބެ އަވަސްއަވަހަށް ހިނގައިގަތެވެ.

ބަކުރުބެއަކީ މަސްވެރިކަމުން ދިރިއުޅުން ބިނާކުރަމުންދާ މީހެކެވެ. ކޮންމެ ރެއަކުހެން ފަރުމަސްބާނަން ދިއުމަކީ ބަކުރުބެގެ އާދައެކެވެ. ބަކުރުބެގެ މުޅި ދިރިއުޅުން ބިނާވެގެންވަނީ ފަރުމަހުގެ މައްޗަށެވެ. ކޮންމެ ރެއަކު މަސްބާނައިގެން އައިސް އެ މަސްކޮޅު ވިއްކައިގެން ލިބޭ މަދު ލާރިކޮޅުން ބަކުރުބެގެ ޢާއިލާގެ ކަންތައްތައް ހަމަޖައްސައެވެ. މިޒާޖުގެ ގޮތުން މަޖާ ބަކުރުބެއަކީ ބިރުކުޑަ މީހެކެވެ. މަސްބާނަން ގޮސް އެނބުރި ގެއަށް އަންނައިރު ގިނަ ރޭރޭ ދަންވަރުން ބޮޑުވާނެއެވެ. އެކަމާއި އެންމެ ބިރު ގަންނަނީ ބަކުރުބެގެ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅު ރިހާން އެވެ.
ބަކުރުބެ ބާރަށް ހިނގަމުން ގޮސް އޭނާގެ ކުޑަ ބޮއްކުރާގައި ފަލިޖަހަމުން ރަށުގެ ވިލު ތެރެއަށް ނިކުތެވެ. ދެން މަޑުމަޑުން ނަނު އެއްލަން ފެށިއެވެ. ހަނދުވަރު ދީފައިވާ ރެއެއްކަމުން ބަކުރުބެއަށް މަސްބާނަން ވަރަށް ފަސޭހަ ވާނެތީ ބަކުރުބެ ހުރީ ވަރަށް އުފަލުންނެވެ. މަސްބޭނުމުގެ ކުރިން ރަނގަޅަށް ބަކުރުބޭ ދުފާލިއެވެ.

” ކަނޑުރަސް ގެފާނޯ. މާމެއިޑޭ. އެއީ އަހަރުމެން ދަރިން ކިޔާ އެއްޗެހި. މިކާޓޫންތައް ބަލާތީ ދަރިންކޮޅު މޮޔަވަނީ. ކަނޑުރަސްގެފާނު ރުޅި އެރިޔަސް ކާންބޯން މަސްބާނަން އެބަޖެހޭދޯ.” މަޑުމަޑުން ކުދި ކިޔަމުން ބުޅީގައި އެން ލަމުން ބަކުރުބެ ދިޔައެވެ. ދެން މަޑުމަޑުން ބަކުރުބެ ނަނު އެއްލާލިއެވެ. ބަކުރުބެ ހިތަށް އެރިއެވެ. ހަނދުވަރުދޭ ރޭރޭ މަސްވެރިކަން ވަރަށް ރަނގަޅުވާނެއެވެ. އެހެންވެ މަހެއް ޖެހޭނެ ކަމުގެ އިންތިޒާރުގައި ބަކުރުބެ މަޑުމަޑުން ހުއްޓެވެ. ކުއްލިއަކަށް ނަނަށް ވާން ކޮށްލިއެވެ. ބަކުރުބެ ނަނަށް ބާރަށް ދަމާލިއެވެ. އަވަސް އަވަހަށް ނަނު ދަމަމުން ބޮއްކުރާއާއި ވަރަށް ކައިރިއަށް ގެނައެވެ. ބުޅީގައި ގަނެފައިވާ މަސް ނަގަން ހިއްލާލި ތަނާހެން ބުޅި ކަނޑާލާފައި މަސް ގޮސްފިއެވެ.

” ހާދަ ދެރައޭ. ބޮޑު ސިންގާ ރަތްމަހެކޭ އެދިޔައީ ބުޅި ކަނޑާލާފަ. ބޮއްކުރާއަށް ނުނަގަނީސް ކަނޑާލާފަ ދިޔަނަމަ ދެރައެއް ނުވާނެ.” ހިތާއި ހިތުން ބަކުރުބެ ކިޔާލިއެވެ.
ކަނޑައިގެން ދިޔަ ބުޅީގެ ބަދަލުގައި ނަނުގައި އާ ބުޅިއެއް ބަކުރުބެ ހަރުކޮށްލިއެވެ. އަނެއްކާވެސް ބަކުރުބެ ނަނު އެއްލިއެވެ. މިފަހަރުވެސް ވީ ހަމަ އެހެންނެވެ. ބަކުރުބެ ހިތަށް އެރިއެވެ. މީ އާކަމެއް ނޫނެވެ. ބުޅި ކެނޑޭނީ ކެޔޮޅުން އަތުންނެވެ. ފަހުން ލިބެން އޮތް ނަޞީބު ރަނގަޅުކަމުން އެހެން ވަނިއްޔޭ ހިތާ ނަނު އެއްލައިގެން ހުރެ އަނެއްކާ ބިލެއް ގަނޑެއް ދުފާލިއެވެ.
” މިފަހަރު އެހެން ވިޔަކަ ނުދޭނަން. މިފަހަރު ބާނާފަ ދޫކޮށްލާނީ.. ކޮން ގަދައެއްދެއްކޭނީ މިމަސްތަކަށް.” ނަނުގައި މަހެއް ގަތުމުން ބަކުރުބެ ބުނެލިއެވެ.

ގައިގައި ހުރި ހުރިހާ ބާރެއް ލަމުން ބަކުރުބެ ނަނަން ދަމަށް ފެށިއެވެ. އަތް މަތި އަވަސް ކޮށްލަމުން ނަނަށް ދަމަމުން ބަކުރުގެން ދިޔައެވެ. އިސާހިތަކު ބަކުރުބެއަށް ފެނުނީ ބޮޑު ސިންގާ މިޔަރެއް ބޮއްކުރާއާއި ކައިރިވަމުން އަންނަ ތަކެވެ. ބަކުރުބެ އެކަމާއި ހާހެއްނުވެއެވެ. ނަނު ދަމަމުން އައިސް ބޮއްކުރާއާއި ވަރަށް ކައިރިވެއްޖެވެ. ކަމަކު ދާކަށްނެތެވެ. ބަކުރުބެގެ ބުޅީގައި ގަނެފައި މިއޮތީ މާސިންގާ މިޔަރެކެވެ. ބަކުރުބެ މިޔަރު ބޮއްކުރާގެ ތެރެއަށް ނަގަން ދިމާކޮށްލުމުގެ ކުރިން މިޔަކު ފުންމައިގެން އައިސް ބޮއްކުރާގެ ތެރޭގައި އިށީނެވެ.
” މިރޭ ބަކުރު ބެޔަކަށް ސަލާމަތެއް ނުވެވޭނެ!!!” މިޔަރު ވާހަކަ ދައްކަން ފެށުމުން ބަކުރުބެ ގާތަށް އައީ ހިންޏެވެ.
” ހިނިގާޅާނެ ކަމެއްނެތް! ބަކުރު ބެއަށް އޮތީ ދެގޮތް. އެއްގޮތަކީ އަހަރެން މިރޭ ބަކުރުބޭ ކާލާނީ!؟” މިޔަރު ތަންމިނަށް އަނގަ ހުޅުވާލަމުން ބުނެލިއެވެ.
” އަނެއްގޮތަކީ ކޮބާ؟” ބަކުރުބެ ސީރިއަސްވެލިއެވެ.
” އަނެއްގޮތަކީ ބަކުރުބެ ދާން ޖެހޭނީ ކަނޑު ރަސްގެފާނުގެ ދަރުބާރަށް.” މިޔަރު ބުނެލިއެވެ.
” ކާކުތަ އަހަރެން މީ ކަނޑުރަސްގެފާނުގެ ދަރުބާރަށްދާން؟ މަމީ މިރަށުގަ ހުރި އެންމެ ނިކަމެތި މީހާ. ކަނޑުރަސްގެފާނު މޮޔަވީތަ އަނެއްކާ؟” ޗޮކެއް ކަނޑާލަމުން ބަކުރުބެ ބުނެލިއެވެ.
” ކަނޑުރަސްގެފާނު މޮޔައެއްނުވޭ. އެކަމަކު ބަކުރުބެގެ ބައްތިރީސް މައްސަލަ އެބަ އޮތް ކަނޑުރަސްގެފާނުގެ ދަރުބާރަށް ހުށަހަޅާފަ. އަނެއްކޮޅުން ބަކުރުބެ ތީ އަހަރެމެންގެ ވޯންޓެޑް ލިސްޓްގެ އެންމެ ކުރީގަ އޮތް މީހާ. މިހެންވެ ވަރަށް ގިނަ ދުވަސް ވެއްޖެ އިންޓެލިޖެންސް ބަކުރުބެ ހޯދަން އުޅޭތާ.” މިޔަރު ހަރުކަށިކޮށް ބުނެލިއެވެ.
” ބައްތިރީސް މައްސަލަޔޭ. އެއީ ކޮންހާ މައްސަލަތަކެއް؟” ބަކުރުބެ ބުނެލިއެވެ.
” އެހުރިހާ ކަމެއް ސާފްވާނީ ކަނޑުރަސްގެފާނުގެ ދަރުބާރަށް ދިޔައީމަ. ދެންވެސް މަ ޚިޔާލު ބަދަލުނުވާނީސް ހިނގަދަމާ.” މިޔަރު ބުނެލިއެވެ.
” މަ މަރެއްނުވާނީ ކަނޑުގެ އަޑިޔަށްދާންޖެހުނީމަ. ތީ ގަމާރު މިޔަރެއްތަ؟” ބަކުރުބެ ބުނެލިއެވެ.
” ތިކަމާއި ހާސްނުވޭ. މީތި ކަރުގަ އަޅާ. ދެން މިވާގަނޑުގަ ހިފާ. ” ކަޅު ރިދަނލިން ހަދާފައިވާ ފަށެއް ދިއްކޮށްލަމުން މިޔަރު ބުނެލިއެވެ.
” މީ ކޯއްޗެއް.” ކަރުގައި އެ ފަށް އަޚަމުން ބަކުރުބެ ބުނެލިއެވެ.
” ތީ ކަލޭމެން އިންސާނުން ނޭވާލާން ދުނިޔޭގަ ތިބޭނުންކުރާ ވައި ހިމެނޭ ފަށެއް. ބަކުރުބެ ބޭނުން އިރަކު މޫދުގެ އަޑީގަ އުޅެވޭނެ ތިއެޅީމަ. އަވަހަށް ތި އަޅާ.” މިޔަރު ބުނެލިއެވެ.
” އެހެންތަ. އޭ ދެން ހަމަ ނުގޮސްވާނެގޮތެއްނެތްތަ ކަނޑުރަސްގެފާނު ދަރުބާރަށް؟” ޙަޤީޤަތުގަ ބަކުރުބެ ކަނޑުރަސްގެފާނުގެ ދަރުބާރަށް ދާކަށް ބޭނުމެއްނޫނެވެ.
” ނޫން. އެބައޮތް. އޭރަށް އަހަރެންޖެހޭނީ ބަކުރުބެ ކާލާން. އޯކޭތަ އަހަރެން ބަކުރުބެ ކާލިޔަސް؟” އަނގަ ތަންމިނަން ހުޅުވަމުން މިޔަރު ބުނެލިއެވެ.
” ނޫން ނޫން ނޫން. އޭރަށް މައެ ދަރިޔާ އަންހެނުން ވަރަށް އެކަނިވާނެ… އެމީހުން މޮޔަވާނެ މަނެތް ދުނިޔޭގަ. މިއުޅެނީ އަދި ފަން ޖިފުޓިގަނޑުގަ ރީތި ގެއެއްވެސް ނޭޅިގެން.: ބަކުރުބެ ހިތާމައިގެ ރާގެއްގައި ބުނެލިއެވެ.
” ބޭކާރު އަނގަ ނުތަޅާ ފުރާނަ ސަލާމަތް ކުރަން ބޭނުމިއްޔާ ހިނގާ އަވަހަށް ދާން.” މިޔަރު ބުނެލިއެވެ.

އެހެން ހަމަ ބުނުމާއިއެކު މިޔަރު ބަކުރުބެ ބޮއްކުރާއިން ބޭރަށް ކޮށްޕާލިއެވެ. އެއަށްފަހު މިޔަރު ބަކުރުބޭގެ ފަހަތުން ބޮއްކުރައިން ފުއްމާލިއެވެ. ބަކުރުބޭގެ އަތަށް ދީފައިވާ ވާގަނޑު އަނގަޔަށް ލައްވައިގެން އަޑިއަށް ފީނަށް ފެށިއެވެ. ބަކުރުބެ ފުރަތަމަ ހީކުރީ މަރުވާނެކަމަށެވެ. ކަނޑުގެ އަޑީގައި ހާސްކަމެއްނެތި ނޭވާލެވެން ފެށުމުން ބަކުރުބެ ހުރީ އަޖައިބުވެފައެވެ. ބަކުރުބެ ހިތަށް އެރިއެވެ. މީއާދައިގެ ކަމެއްނޫންތާއެވެ. ބަކުރުބެ ގޮވައިގެން މިޔަރު މިސްރާބުޖެހީ ކަނޑުރަސްގެފާނުގެ ޒިޔާރަތަށެވެ. ކަނޑުގެ އަޑިޔަށް ފީނާވަރަކަށް ދިޔައީ އަނދިރިވަމުންނެވެ. ބަކުރުބެ ހުރީ ވަރަށް ބިރުންނެވެ.

” ބިރުނުގަނޭ. އިރުކޮޅަކުން އަލިވާނެ.” މިޔަރު ބުނެލިއެވެ.
” އަދި ކިހާއިރެއްވާނެތަ؟ ކަނޑު ރަސްގެފާނު ހުންނަނީ ވަރަށް ބޮޑުކޮށްތަ؟” ބަކުރުބެ ވާހަކަދައްކަން ފެށިއެވެ.
” ބޭކާރު ވާހަކަ ނުދައްކާ. ކަނޑުރަސްގެފާނު ބަކުރުބެއަށް މިފަހަރު ދައްކާލާނަން ވަރަށް ރަނގަޅަށް.” މިޔަރު ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
” ހަމަ އަސްލުވެސްތަ؟ ހާދަ ރަނގަޅޭ.” ބަކުރުވެސް ހެމުން ބުނެލިއެވެ.
” މިމުސްކުޅި ބަކުރުބޭ ބިރެއްވެސް ނުގަނޭދޯ.” މިޔަރު ކުޑަކޮށް ރުޅިއައެވެ.

ކަނޑުގެ އަޑީގައި ބަކުރުބެ ގޮވައިގެން މިޔަރު ފީނަމުން ދިޔައެވެ. ބަކުރުބެ ހުރީ އަންތަރީސްވެފައެވެ. ބަކުރުބެ ހިތަށް އެރިއެވެ. ތަންކޮޅެއް އަލިގަދަވާނެނަމައެވެ. އޭރުން ކަނޑުއަޑީގެ މަންޒަރުތައް ބަކުރުބެއަށް ރީތިކޮށް ފެންނާނެތާއެވެ. ބަކުރު ބެއަށް އެފަދަ މަންޒަރުތައް ފެންނަނީ ޓީވީންނެވެ. މިފަދަ ހިލޭ ލިބުނު ފުރުޞަތުގައި ކަނޑުގެ އަޑީގެ ރީތިކަމާއި އަޖައިބުތައް ބަލާލަން ބަކުރުބެ އިންތިހާޔަށް ބޭނުންވިއެވެ. އެހެން ހިތަށް އެރިތާ ކުޑަ އިރުކޮޅެއްނުވަނީސް މުޅި ތަންއަލިވާން ފެށިއެވެ. ހީވަނީ ދުވާލުގެ މެންދުރުގެ އިރުގެ އަލި މުޅިތަނަށް ދީފައި އޮތްހެނެވެ. ބަކުރުބެ ވަރަށް އުފާލިއެވެ. ބަކުރުބެ ވަށައިގެން ކުދި ކުދި މަސްތަކާއި، ވެލާތައް ފަތަމުން ފީނަމުން ދާތަން ފެނުމުން ބަކުރުބެ ވަރަށް އުފާލިއެވެ. ތަފާތު ކުލަކުލައި މުރަކަތަކާއި އެކި ކަހަލަ ގާތަށް ފެނުމުންބަކުރުބެ އަންތަރީސްވިއެވެ.

ބަކުރުބެ ގަޑިއަށް ބަލާލިއެވެ. އެހެން ފީނާތާ ބައްތިރީސް މިނިޓްވީ ތަނާހެން ވަރަށް ބޮޑު ދޮރެއްގެ ކުރިމައްޗަށް މިޔަރު ހުއްޓުނެވެ. އެދޮރުގެ ވަށައިގެން ދޮރުވާނުންގެ ގޮތުގައި ތިބީ ބަކުރުބެއަށް ދުވަހަކުވެސް ނުފެންނަކަހަލަ ބޮޑު ބިޔަ ދެ ބޯވައެވެ. ބަކުރުބެ ގޮވައިގެން ދޮރުމައްޗަށް ހުއްޓުމުން އެތާނގެ ދޮރު ހުޅުވުނެވެ.
ދޮރު ހުޅުވުމާއިއެކު ބަކުރުބެގެ ލޯ ދިޔައީ ތަރަތަރަ ޖަހައިގެންނެވެ. ދުރުން މާދުރުން ފެންނަ ހިސާބެއްގައި ހަދާފައިވާ ވިދާ ބަބަޅާ ގޮނޑިއެއްގައި އިނީ އިންސާނެއްހެން ބަކުރުބެއަށް ހީވިއެވެ. މުޅި ތަނުގައިވަނީ ރަތްކުލައިގެ މޫނު ވިނައިން ކާޕެޓްއަޅާފައެވެ. ފުރިހަމަޔަށް ރީތި ތަރުތީބަކަށް އަތުރާލާފައިވާ ނޫކުލައިގެ ހިރިގާތައް ކައިރީގައި އެކި ބާވަތް ބާވަތުގެ މަސްތައް އިށީނދެގެން ތިއްބެވެ. ދެކޮޅަށް ތަށިތައް ހިފައިގެން ދުވާ މަސްތަކާއި، ތަފާތު ކާބޯތަކެތި ހިފައިން އުޅޭ މަސްތައް ފެނިފައި ބަކުރުބެގެ ކުޅު ދިޔާވިކަހަލައެވެ. ބަކުރުގެ ހިތަށް އެރިއެވެ. މިވީ މާ ރަނގަޅަކަށް ނޫން ހެއްޔެވެ؟ ރަނގަޅަށް ވިއްޔާ މިއާދެވުނީ ކަނޑު ރަސްގެފާނުގެ އުފަން ދުވަހުގެ ޕާރޓީއަށް ކަން ނޭނގެއެވެ. މިޔަރު އަހަރެން މިގެނައީ ކުއްލިއަކަށް އަހަންނަށް އުފަލެއް ދޭންހެން ހީވެއެވެ. ބަކުރުބެ ހިތާއިހިތުން ކިޔާލިއެވެ.
މިޔަކު ގޮސް ބަކުރުބެ ކަނޑު ރަސްގެފާނުގެ ކުރިމައްޗަށް ހުށަހެޅިއެވެ. ހަމަ އެއާއިއެކު ބަކުރުބެގެ ފަހަތުން އައި ބޮޑު ބޯވާއެއް ބަކުރުބެގެ ދެފައިގައި ބޯވާގެ ފައި އޮޅާ ލިއެވެ. ދެންބަކުރުބެގެ ދެއަތްވެސް ފަހަތަށް ގެނެސް ބަނދެލިއެވެ. އަދި ބަކުރުބެގެ އަނގަމަތީގައި ސްޓާރފިސްއެއް އައިސް ތަތްކޮށްލިއެވެ.
” މީތަ ބަކުރުބެ.” ގޮނޑިން ތެދުވަމުން ކަނޑުރަސްގެފާނު ބުނެލިއެވެ.
” އާނ. މީ ބަކުރުބެ.” މިޔަރު ބުނެލިއެވެ.
” ބަކުރުބެ މާރާލާ.. ބަކުރުބެ މާރާލާ.. ބަކުރުބެ މަރާލާ.. ބަކުރުބެ ހަވަރަށްދީ.. ބަކުރުބެ ހަވަރަށްދީ.. ހަވަރަށްދީ..” އެދަރުބާރުގައި ތިބި ހުރިހާ މަސްތައް އެއްފަހަރާހެން ހަޅޭއްލަވައިގަތެވެ. އެއަޑު ބާރުކަމުން ބަކުރުބެގެ ކަންފަތް ބައްނުވީ ކިރިޔާއެވެ. އެހާވެސް އެ މަސްތައް އަޑުގަދަކޮށް ފޯރިނަގާލިއެވެ. ހީވީ އެމީހުންނަށް ހަނގުރާމައިގެ ފަތަހަ ލިބެން އުޅޭހެނެވެ.
ރަސްގެފާނު އަތް ހިއްލާލުމާއިއެކު ހުރިހާ މަސްތައް އަޑުމަޑުކޮށްލިއެވެ.
” ހަމަ ހުރެފަ މީހަކު މަރައެއް ނުލެވޭނެ. ދުނިޔޭގެ ބިމުގަ އިންސާފެއް ނެތަސް، ކަނޑުގަ އިންސާފް ޤާއިމު ކުރުމަކީ ރަސްކަލެއްގެ ހައިޞިއްޔަތުން އަހަރެންގެ ވާޖިބެއް. ވީމާ އަވަހަށް ބަކުރުބެގެ ޝަރީއަށް ފައްޓާ.” ރަސްގެފާނު ބުނެލިއެވެ. ” ވަރަށް އިންސާފަށް ޝަރީޢަތް ކުރެވޭނެ.”

” ބަކުރުބެގެ އެބައޮތް 32 މައްސަލަ.” އިސް ފަނޑިޔާރަކަށް ހުރި ބޮޑުމަސް ބުނެލިއެވެ.
” އެއީ ދެތެއް. އެއީ ތެދެއް.” ހުރިހާ މަސްތައް އަނެއްކާ އަޑުގަދަކޮށްލިއެވެ.
” މިކަމާއި ބަކުރުބެ ބުނަނީ ކީކޭ؟” އިސް ފަނޑިޔާރު ބުނެލިއެވެ.
” ކަލޭ މޮޔަތަ އިސް ފަނޑިޔާރު؟ ބަކުރުބެއަށް ވާހަކަ ދެއްކޭގޮތް ފުރަތަމަ ހަދާބަލަ! އޭރުންތާ ދިފާޢުގަ ބަކުރުބެއަށް އެއްޗެކޭ ބުނެވޭނީވެސް ދެން ހިލިހިލާ ނައްޓާލަބަލަ.” ރަސްގެފާނު ހަމަ އެހެން ބުނުމާއިއެކު ސްޓާފިސް ބަކުރުބެގެ އަނގަމަތިން ތެދުވިއެވެ. ދެން ބޯވާވެސް ބަކުރުބެގެ އަތާއި ފައި މިނިވަންކޮށްދިނެވެ.
” ކަލޭމެންނަށް ހަމަ ނުފެނުނީތަ އަހަރެން ނޫން މީހަކު މިތަނަށް ގެންދަން؟ އަހަރެން ފަޤީރުވީމަ އަހަރެންގެ ޝަރީޢަތް ތި ކުރަނީ. މީކޮންކަހަލަ އިންސާފެއް.!!!” ބަކުރުބޭ ރުޅިން ހުރެ ބުނެލިއެވެ.
=ނުނިމޭ=

=ނުނިމޭ=

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ޝުދޫ…. (3) ވަނަ ބައި

Next

ހިޖުރަ (ތިންވަނަ ބައި)

Next
July 21, 2015

ހިޖުރަ (ތިންވަނަ ބައި)

Previews
July 20, 2015

ޝުދޫ…. (3) ވަނަ ބައި

21 Comments!

  1. xaaxaa says:
    July 21, 2015 at 1:29 am

    Hehee….warah lwbx story eh kanneyge mee….. So when is nxt part sweetyyy

  2. xaaxaa says:
    July 21, 2015 at 1:30 am

    And for the first gym in my lyf I’m the first readerrr

  3. xaaxaa says:
    July 21, 2015 at 1:31 am

    Tym*

  4. kitty says:
    July 21, 2015 at 1:41 am

    Rythi v

  5. mae says:
    July 21, 2015 at 1:49 am

    vrh reethui

  6. nukko says:
    July 21, 2015 at 1:51 am

    V v v salhi.. hyvanee e thanuga nukko ah hureveyhen. Sifa kurun v furihama. Story v sweet… kn irakun nxt baii

  7. fizaan says:
    July 21, 2015 at 4:13 am

    salhiey.. waiting waiting

  8. swyty girl.. says:
    July 21, 2015 at 8:09 am

    Vv nice

  9. naj says:
    July 21, 2015 at 9:43 am

    Loabi story

  10. Anonymous says:
    July 21, 2015 at 12:23 pm

    knirakun next part

  11. Serizawa says:
    July 21, 2015 at 12:57 pm

    ey varah habeyss inge

  12. Nuxha says:
    July 21, 2015 at 2:14 pm

    hehehehhe.. bakurube maraanulachey anehkka

  13. xaaxaa says:
    July 21, 2015 at 2:54 pm

    When is the next prt can’t wait to ryd this… 😉

  14. jenna says:
    July 21, 2015 at 3:40 pm

    hahaha , hyhy halaak vejje , anehkaa bakurube maraanulahchey kandu rasgefaanaa , vr majaa igea story , waiting 4 next prt

  15. Anonymous says:
    July 21, 2015 at 4:36 pm

    <3

  16. Anonymous says:
    July 21, 2015 at 4:37 pm

    <3 wow

  17. Rayaan says:
    July 21, 2015 at 6:52 pm

    K…. This is funny!. Bt mi story 1 faharun nimmaalinama……

  18. Anonymous says:
    July 21, 2015 at 8:54 pm

    This story is very interesting

  19. mishkyyyyyyy says:
    July 21, 2015 at 8:57 pm

    This story is very interesting

  20. swyt says:
    July 22, 2015 at 4:24 pm

    varah reethi

  21. aalif says:
    July 22, 2015 at 10:31 pm

    wow…. v v interesting story eh.. waiting for next part

Comments are closed.


All Right Reserved!