Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ސާޔާ (14 ވަނަ ބައި)

ކުޑާ Level 110 Stories
July 20, 2015 4 Mins Read
16 Comments

ހެނދުނު ސާޔާ ހޭލިއިރު މާހިލް އަދި ނުހޭލައެވެ. މާހިލްގެ މޫނަށް ސާޔާ ބަލަހައްޓައިގެން އޮތް އިރު ފަނޑު ހިނިތުންވުމެއް ފެންނަން ހުއްޓެވެ. ސާޔާ މަޑުމަޑުން މާހިލްގެ ކޮލަށް ބޮސްދީފައި ތެދުވަން އުޅެނިކޮން މާހިލް އެނާގެ އަތުގައި ހިފެހެއްޓުމުން ސިހުނެވެ. މާހިލް ސާޔާ އޭނާގެ ގަޔާ ކައިރިކޮށްލާފައި ބަލަންފެށި ގޮތުން ސާޔާ ރަކިވިއެވެ.

ދެމީހުން ތައްޔާރުވެލައިގެން ނުކުތްއިރު އެންމެން ތިބީ ސައިބޯށެވެ. އެމީހުން ފެނުމާއެކު މުފީދާ އެމީހުންނަން ސައިބޯން ގޮވިއެވެ. “މަންމަ ހީކުރީ ދަރިފުޅުމެން އަދި ތެދުވާނީ ތަންކޮޅެއް ލަހުން ކަމަށް ރޭގަ އެހާ ގިނައިރު ކޮޅަށް ތިބީމަ ތިބޭނީ ވަރަށް ވަރުބަލިވެފައެއްނު..” ސާޔާ އެއްޗެެއް ނުބުނެ މުފީދާއަށް ހިނިތުންވެލިއެވެ. މާހިލް އުޝާމެން ފެންނަން ނެތުމުން ސުވާލުކުރިއެވެ. “މިއަދު ފަތިހު އެމީހުން ފުރައިފި..” މުޒްނާ އެހެން ބުނުމުން މާހިލް އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އުޝާ އެގޭތެރޭން ފެންނަނަމަ ހިތަށް އުނދަގޫ ވީހެވެ.

ސާޔާ އެގޭގައިވި ފުރަތަމަ ދުވަހުވެސް އެކަނި ވެރިކަން އިހުސާސް ކުރާކަށް ނުޖެހުނެވެ. މުފީދާއާއި މުޒްނާވެސް އޭނާއާ މެދު ކަންތައް ކުރަނީ މާހިލްއާ ދޭތެރޭގައިވެސް ކަންތައް ކުރާ ގޮތަށެވެ. ފޫހިވާ ވަގުތަކުވެސް އާޔަން ހުރުމުން ފޫއްސެއް ނުވެއެވެ.

މާހިލްގެ ފަރާތުން ލިބެމުންދިޔަ ލޯތްބާ އޯގާތެރިކަމަކީ ސާޔާ އަބަދުވެސް ބޭނުންވި ކަންތަކެވެ. މިއަދު އޭނާގެ ހުރިހާ ހުވަފެންތަކެއް ސީދާ ވެއްޖެއެވެ. ދުނިޔޭގެ ހުރިހާ އުފަލެއް ލިބިއްޖެ ކަމުުގެ އިހުސާސް އަބަދުމެ ކުރެވެއެވެ.

އަސްލަމް ގެ ކުއްޔަށްދީފައި މަންމަމެން ގެއަށް ބަދަލުވީ ގޭގައި އެކަނި ނޫޅެން ވެގެންނެވެ. ބޮޑު ގެއެއްގައި އެކަނި ހުރުމުން އާތިކާއާއި ދަރިންގެ މަތިން ބޮޑަށް ހަނދާންވުން ނޫންކަމެެއް ނުވެއެވެ.

ކޮންމެ ދުުވަހެއްވެސް ފާއިތު ވެގެންދަނީ ސާޔާގެ ދިރިއުޅުން އުޖާލާ ކޮންދެމުންނެވެ. މަންމަ އޭނާގެ އުފާވެރިކަން ދެކެން ހުރި ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ސާޔާ އަބަދުވެސް މަންމައަށް ހެޔޮދުއާ ކުރެއެވެ.

ސާޔާ ބަނޑުގައި ރިއްސާތާ ދެތިން ދުވަސް ވިއިރުވެސް އެވާހަކައެއް މާހިލް ކައިރިއަކު ނުބުނެއެވެ. ސާޔާ ހީކޮންގެން ހުރީ ޕީރިއަޑު ލަސްވުމުން ބަނޑުގައި ރިއްސަނީ ކަމަށެވެ. މީހަކާ އިނުމުން އެފަދަ ބައެއް ބަދަލުތައް އަތުވެދާނެކަން ސާޔާއާށް ވަނީ އެނގިފައެވެ. ހަފްތާއެއްވީއިރުވެސް ބަޑުގައި ރިހުމަކަށް ބަދަލެެއް ނާދެއެވެ. އެންމެފަހުން ބޮލަށް ބަރުވާންވެސް ފަށައިފިއެވެ. ސާޔާ އޮށޯވެލައިގެން އޮއްވާ މާހިލް އައިސް ކޮޓަރިއަށް ވަނެވެ. މާހިލް ސާޔާ ކައިރީގައި އިށީދެފައި ކަމެއް ވީތޯ އަހާލިއެވެ. ސާޔާ ދެފަރާތަށް ބޯހޫރާލީ ކަމެއް ނުވެޔޭ ބުނުމުގެ ގޮތުންނެވެ. “އެހެެންނުވާނެ ކޮންމެވެސް ކަމެއް ވެއްޖެ.. ބަލީތަ؟” މާހިލް ސާޔާގެ ދަތް ދޮޅީގައި ހިފާފައި އަހާލުމުން ސާޔާ އިސްޖަހާލިއެވެ.އެންމެފަހުން މާހިލް ކައިރީގައި ބުނީ މާހިލް އަހާ ވަރުންނެވެ. “ސާޔާ ދެން ކީއްވެ އަހަރެން ކައިރީ ނުބުނީ…” މާހިލް ހިތްހަމަ ނުޖެހުނުކަން އެނގުމުން ސާޔާގެ ހިތްތެޅިލިއެވެ.

މާހިލް ސާޔާ ކައިރީ ޑޮކްޓަރަށް ދައްކަން ދާން ބުނުމުން ދެކޮޅު ހެދިއެވެ. “މާހިލް އަދި ޑޮކްޓަރަށް ދައްކާ ވަރެއް ނުވެޔޭ. އަހަންނަން ހީވަނީ ޕީރިއަޑް ލަސްވީމަ ވާ ގޮތެއްހެން” ސާޔާ އެހެން ބުނުމުން މާހިލް ސާޔާ އާ ދިމާއަށް ބަލަހައްޓައިގެން ހުރި ގޮތުން ރަކިވެގެން މާހިލްއަށް ގޮވާލިއެވެ. “ސާޔާ ބަނޑުބޮޑުވީތަ..” މާހިލްގެ ޖުމުލައިން ސާޔާއަށް ތެޅިގަނެވުނެވެ. “މާހިލް އަހަރެން ބަނޑުބޮޑުވާނެތަ..” އަދި މެރީކުރިފަހުން މިވީ ދެމަހެއްނު..” ސާޔާ ދެލޯބޮޑު ކޮށްލާފައި އެހެން ބުނެލި ގޮތުން މާހިލް ކައިރިއަށް ހިނިއައެވެ. “ކީއްވެ ނުވާންވީ.. ދެމަސް ވާންދެން މިތިބީ ކަމެއް ނުކޮށެއް ނޫންވިއްޔަ..” މާހިލް އެހެން ބުނުމުން ސާޔާ ލަދުގަތެވެ. “އެހެން ވެދާނެތަ މާހިލް.. ހިނގާ ޓެސްޓު ހަދަން ކިޓެއް ގަންނަމާ..” މާހިލް ސާޔާއަށް އެއްޗެއް ނުބުނުމުން ސާޔާ މާހިލް އަތުގައި ހިފާލިއެވެ. “މާހިލް ކިހިނެއްވީ.. މާހިލް އަދި އެހާ އަވަހަށް ކުއްޖަކު ބޭނުން ނުވަނީ ދޯ..” ސާޔާ އެހެން އަހާލުމުންވެސް މާހިލް އެއްޗެކޭ ނުބުނުމުން ހިތްބިރުގަތެވެ. މާހިލް ކުއްޖަކުު ބޭނުން ނުވެ ހުއްޓާ ކުއްޖަކު ލިބުމުންވާނީ ކިހިނެއް ހެއްޔެވެ؟ ސާޔާ މާހިލް އަށް ތަންކޮޅެެއް ބާރަށް ގޮވާލުމުން މާހިލް ސިހިފައި ބަލައިލިއެވެ. “ކިހިނެއްވީ..” މާހިލް އެހެން އަހާލުމުން އޭނާ ދެއްކި އެއްވެސް ވާހަކައެއް މާހިލްއަށް އަޑު ނީވޭކަން ސާޔާއަށް އެނގުނެވެ. “މާހިލް އަހަރެން ބުނީ މާހިލް އަދި އެހާ އަވަހަށް ކުއްޖަކު ބޭނުމެއް ނޫންދޯ..” “ސާޔާ ކީއްވެ އަހަރެން ކުއްޖަކު ބޭނުން ނުވާންވީ އަހަރެން ކުއްޖަކު ބޭނުން ވަރަށް ބޭނުން..” މާހިލް ސާޔާ ކައިރީގައި ހަވީރުން ބޭރަށްދާން ރެޑީވާށޭ ކިޔާފައި ގޮސްވަނީ ފާހާނައަށެވެ.

ސާޔާ އާއި މާހިލް ބޭސް ފިހާރައަކަށް ވަދެފައި ކިޓެއް ގަތެވެ. މާހިލް ކިޓު ގަނެގެން ގެއަށް ދިއުމުުގެ ބަދަލުގައި މިސްރާބުޖެހީ އެހެން ދިމާލަކަށެވެ. މާހިލް ގޮސް ރެސްޓޯރެންޓެއް ކައިރިއަށް މަޑުކޮށްލުމުން ސާޔާ މިތަނަން އައީ ކީއްކުރަންހޭ އަހާލިއެވެ. “ކިހިނެއްވީ އަހަންނާއެކީ އަންނަ ހިތް ނުވަނީދޯ..” “ދެން ނޫން މާހިލް އެހެންވެޔެއް ނޫނޭ މިހާރު މިހިރީ ރިސަލްޓް ބަލާލާހިތުން..” ސާޔާ އެހެން ބުނުމުން މާހިލް ހީލާފައި ސާޔާ އަތުގައި ހިފައިގެން ރެސްޓޯރެންޓު ތެރެއަށް ވަނެވެ.

ކައި ނިންމާލުމަށްފަހު މާހިލް އާއި ސާޔާއާ ދެމީހުން ނުކުމެގެން މިސްރާބުޖެހީ ގެއާ ދިމާއަށެވެ. ގެއަށް ދިޔަގޮތަށް މަޑުވެސް ކޮށްނުލާ ސާޔާ ގޮސް ކޮޓަރިއަށް ވަނުމުން މާހިލްވެސް ސާޔާ ފަހަތުން ކޮޓަރިއަށްވަނެވެ. އޭރު ސިޓިންރޫމްގައި ތިބި މުފީދާއާއި މުޒްނާ އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބެވެ. އެމީހުން އެތާ ތިއްބާ އެމީހުންކައިރީގައި މަޑުނުކޮން ސާޔާ ކޮޓަރިއަށް ވަތްމީ ފުރަތަމަ ފަހަރެވެ.

ކޮޓަަރިއަށްވަދެ ސާޔާ ދިޔައީ ފާހާނާއަށެވެ. ނަތީޖާ ދައްކާނެ ގޮތެއް ނޭނގޭތީ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. މާހިލް ފާހާނާ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރި އިރު ހުރީ ސާޔާ ނުނިކުމެގެން ލަސްވެފައެވެ. އެހެން ހުއްޓާ ފާހާނާ ދޮރު ހުޅުވާލި އަޑަށް އެދިމާއަށް ބަލައިލާފައި ސާޔާ ހުރި ގޮތުން ޖެހިލުން ވިއެވެ. ސާޔާ މާހިލްއަށް ބަލައިލާފައި މަޑުމަޑުން ގޮސް އިށީނީ އެނދުގައެވެ. މާހިލް ސާޔާއަށް ގޮވާލުމުންވެސް ސަމާލުކަމެއް ނުދިނެވެ. “ސާޔާ.. އިޓްސް އޯކޭއޭ އަދި ބޭބީ އެއް ނުލިބިގެން މާޔޫސްވާކަން ނުވެއެއްނު..” މާހިލްގެ އަޑަށް ސާޔާ މާހިލްއާ ހަތަރު ކަޅި ހަމަކޮށްލިއިރު ލޮލުގައި ވިދަ ވިދާ ހުރީ ތާޒާ ކަރުނައެވެ. “މާހިލް.. އިޓްސް ޕޮޒިޓިވް..” ސާޔާ ބުނި އެއްޗެއް ގަބޫލުނުކުރެވިގެން މާހިލް އަނެއްކާވެސް ސާޔާކައިރީ ކީކޭހޭ އަހާލިއެވެ. މާހިލް ސާޔާ ގައިގައި އޮޅުލައިގަތީ އެތަކެއް ފަހަރަކު ސާޔާ މާހިލް ކައިރީގައި ބަނޑުބޮޑޭ ބުނުމުންނެވެ. މާހިލް ބޭނުންވީ ވަގުތުން މަންމަ މެންނަން އެ ހަބަރު ދޭށެވެ. “ނޫން މާހިލް އަދި މަޑުކުރޭ..” ޑޮކްޓަރަށް ދައްކާފަ ޔަގީން ކޮށްފަ ބުނާނީ..” ސާޔާގެ ވާހަކައާ މާހިލްވެސް އެއްބަސްވިއެވެ.

ޑޮކްޓަރަށް ދައްކާފައި ބަނޑު ބޮޑުކަން ޔަގީންވުމުން ދެމަފިރިން އަވަސްވެގަތީ އާއިލާގެ އެހެން މެންބަރުންނަން އެ ހަބަރު ދޭށެވެ. ގެއަށްގޮސް މަންމަމެން ކައިރީގައި ބުނާނެ ގޮތެއް ނޭނގިގެން ދެމީހުން ތިބީއެވެ. “ހާދަ ހީވެޔޭ ވާހަކައެއް ބުނަން އުޅޭހެން….” ޒާލިފް މާހިލް އަށް ގޮވާލާފައި އެހެން ބުނުމުން އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. މާހިލް ބޯޖަހާލުމުން މުޒްނާ އުފާވެރި ހަބަރެއްހޭ ބުނުމުން މާހިލް މޫނުމަތިން ފެނުނު ކުލަވަރުން އެމީހުން ދޭން އުޅުން ހަބަރު އެންމެންނަން ވެސް އެނގުނެވެ. އެންމެންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ އުފާވެރިކަމެވެ.

ސާޔާ ވިހަން ވާއިރަށް އެންމެން ކުޑަ ދަރިފުޅަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމަކުރިއެވެ. ގެއަށް އަންނަން އުޅޭ ކުޑަކުޑަ މެހެމާން ދެކެލާހިތުން އެންމެން ތިބީ ކެތް މަދުވެފައެވެ. ދަރިފުޅަށް ކިޔާނެ ނަމާއެއްޗެހި ކުރީބައިގައި ހޯދާ ހުރިހާ ކަމެއް ނިންމާލީ ފަހަށް ބަހައްޓައިގެން ނުވެދާނެތީއެވެ.

މާހިލް ސާޔާއަށް އޭނާ ބޭނުންވާ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކޮށްދެއެވެ. މާހިލްއާއި ސާޔާވެސް ދުވަސްގުނަމުން ދިޔައީ އެމީހުންގެ ލޯބީގެ ނިޝާން ކަމުގައިވާނޭ ދަރިފުޅު އުފަން ވާނޭ ވަގުތަކަށެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތު މުޅި ގޭތެރެއަށް ވެރިވެފައިވަނީ ފަޅުކަމެވެ. އެންމެން ފުން ނިންޖަކުން ނިދާލާފައި ތިބި އިރު އެއް އަތުން ބަނޑުގައި ހިފަހައްޓާލައިގެން ސާޔާ އޮތީ ބަނޑަށް އަރަމުންދާ ރިހުމުން ހިތް ބިރުގަނެފައެވެ. ކައިރީގައި ނިދާފައި އޮތް މާހިލް އަށް ގޮވައިނުލީ މާހިލްގެ ނިދި ހަލާކު ނުކޮށްލަންވެގެންނެވެ.

މާހިލް އަށް ހޭލެވުނީ ސާޔާގެ ރުއިމުގެ އަޑަށެވެ. ސާޔާ ބަނޑުގައި ރިއްސަނީކަން އެނގުމުން މާހިލް އެންމެ މިނިޓެއްވެެސް މަޑުކޮށްނުލާ ދިޔައީ މަންމަމެނަން ގޮވާށެވެ.

ސާޔާ ލޯބި އަންހެން ކުއްޖެއް ވިހެއީ ފަތިސްވީފަހުންނެވެ. މާހިލްގެ އަތަށް ދަރިފުޅު ލިބުމާއެކު ހިތް ފުރިގެން ބަންޑުންވީ އެތުއްތު ދަރިފުޅުުގެ މައުސޫމް މޫނު ފެނިފައެވެ. ފަހަރަކު މީހަކު ދަރިފުޅު އުރާލުމުން މާހިލް ދަރިފުޅު ގޮވައިގެން ސާޔާ ކައިރިއަށް ދިޔައެވެ. މާހިލް އަތުގައި އޮތް ލޯބި ދަރިފުޅު ފެނުމުން ސާޔާގެ ލޮލުން އޮހިގަތީ އުފާވެރިކަމުގެ ކަރުނައެވެ. މާހިލް މަޑުމަޑުން ސާޔާ އޮތް އެނދުގައި އިށީދެލާފައި ދެމައިންނަން ބަލައިލީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ.

މަންމަމެން ކޮޓަރިތެރެއަށް ވަނުމުން މާހިލް ތެދުވެފައި މަންމަ އަތަށް ދަރިފުޅު ލައިދިނެވެ. އެންމެން އެކުއަޖާއާހެދި އުޅޭތަން ބަލަން އޮތް އިރު ސާޔާގެ މޫނަށް ވެރިވެފައިވަނީ ރީތި ހިނިތުންވުމެކެވެ. އެ ތުއްތު ދަރިފުޅަށް އޭނާއަށް ދިމާވިކަހަލަ ހިތާމަވެރިގޮތެއް މިންވަރު ނުކުރެންވުމަށްއެދި ދުއާ ކުރެވުނެވެ. އެ ދަރިފުޅަށް ހުރިހާ އުފަލެއް ހޯދައިދީ ހުރިހާ ހިތާމައަކުން ސަލާމަތް ކުރުމަށް ސާޔާ އަޒުމު ކަނޑައެޅިއެވެ.

—–ނިމުނީ—–

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ކަޔާލް-4

Next

ހިތް ވިންދާނުލައި… (27)

Next
July 20, 2015

ހިތް ވިންދާނުލައި… (27)

Previews
July 20, 2015

ކަޔާލް-4

16 Comments!

  1. Iba says:
    July 20, 2015 at 9:17 pm

    Haadha dhuvaheh fahun nee..
    i heekuree mi vaahaka dhen nughenes dheene kamah

  2. Shabee says:
    July 20, 2015 at 9:27 pm

    Iba ur right…shabee vex heekuree dhen nuhennaanekamah mi vaahaka eh…dhe genesdhineema thank u…v reethi… 😉

  3. Iba says:
    July 20, 2015 at 9:28 pm

    Vaahaka v v reethi..bt i ah faahaga kurevunee ah vahah ninmaalan vehghen raghalhah vaahaka nuliyefaakan..

  4. ziy says:
    July 20, 2015 at 9:29 pm

    Alhy. Eha dhuvas fahun up koffa ves vaahaka nimmaaly. 🙁 anyways v reethi vaahaka eh

  5. nukko says:
    July 20, 2015 at 9:30 pm

    Avas kohllaafa ninmaalee dw. Fake. Eoh reethi koh feshi vaahaka lahun up kureveythy bolun katuvaalaafa ful stop jehy dw.. u can do better that this kudaaa.. hope to c a nice story of u sooon… 🙂

  6. Naju says:
    July 20, 2015 at 9:42 pm

    Me first. Vaahaka ninmi goiy hadi..

  7. kuda says:
    July 20, 2015 at 9:44 pm

    thankyou.. gd nyt

  8. Nuzha says:
    July 20, 2015 at 9:51 pm

    good try kudaa

  9. reysham says:
    July 20, 2015 at 10:32 pm

    finally!!!! haadha dhuskohffa…inthixaaru kuraathaa kondhuvaheh….and as well reysham hiykury dhn mivaahka nugennane kamah…..btw vrh ufaa vehjje genesdhiniyma

  10. swyty girl.. says:
    July 20, 2015 at 10:48 pm

    Finally!!! I thought dhn mi stry nugen naane kamah n hadha avahakah nimun y………. Bt anyways vvvv habeyx… ♥♥♥⭐⭐⭐:-* :-*

  11. jelly says:
    July 21, 2015 at 4:18 pm

    mi story kiyaa hithun vr dhuvas vandhen hurin , ummeedh kandaa lithaa ethah xamaaneh vehjje , kurugalhuvaalaafa nimmaalaafa oihkan faahaga koh levay , ekam ves rythi , kudaa ge ehn vaahaka akah inthixaar kuran n mivaahaka ah hedhihen nahadhaane kamah hyruran

  12. nuzoo says:
    December 1, 2015 at 11:44 am

    kuree part ga v kameh handhaan nethey haa fhuvas koffa anrh pat genesdhenee… thee dhn bodu varu… kamakah kameh kuraa usoolun rangalhu vaane nukuriyya

  13. Aisha says:
    March 9, 2016 at 2:38 pm

    Varah reethi mi part

  14. Anonymous says:
    May 6, 2016 at 9:52 pm

    Varah bodhah had hi vaahakahey

  15. Ushaa says:
    July 3, 2016 at 9:22 pm

    Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv salhii vahaka eh… I luv dis…

  16. liyaa says:
    August 15, 2018 at 1:44 pm

    v v v reethi ☺?????????????❤

Comments are closed.


All Right Reserved!