Skip to content
އެސްފިޔަ

ބަކުރުބެގެ ނަޞީބު *******(2)

ނޯޓް: މިވާހަކައަކީ 2011 ވަނަ އަހަރު ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ގްރޭޑް 4 ގައި ތަޢުލީމް ޙާޞިލްކުރި  އަޙްމަދު އަބާން  ޢަޒުމް  އިނގިރޭސި ބަހުން ލިޔެފައިވާ ވާހަކައެއްގެ ތަރުޖަމާއެވެ. ހަނދާނާއި ތާރީޚަށްޓަކައި މިވާހަކަ މިސައިޓްގައި ޝާޢިއުކޮށްލީމެވެ

“

” ކަލޭމެންނަށް ހަމަ ނުފެނުނީތަ އަހަރެން ނޫން މީހަކު މިތަނަށް ގެންނަން؟ އަހަރެން ފަޤީރުވީމަ އަހަރެންގެ ޝަރީޢަތް ތި ކުރަނީ. މީކޮންކަހަލަ އިންސާފެއް.!!!” ބަކުރުބޭ ރުޅިން ހުރެ ބުނެލިއެވެ.

” ޝަރީޢަތުގެ މައިދާނުގަ ބޭކާރު ވާހަކަ ނުދައްކާ. ދެންވެސް މަޑުން ހުރެވޭތޯބަލާ. އަނެއްކޮޅުން ތިބުނާ ފަޤީރުކަމުގަ އަހަރެމެންނަށް ބޭކާރު ދުއްތުރާނުކޮށް ހުރިނަމަ މިހެނެއްނުވާނެދޯ. ” ރަސްގެފާނު އަމުރު ކުރިއެވެ.

” އޭ. މީ ދެންކޮން ސަކަރާތެއް؟ މަނޫނަސް ކިތައް މީހުން މަސްބާނާތަ؟ ކިތައް ބޮޑެތި ބޯޓު ފަހަރު އެދަނީ ހިތަކަށް ދާ އަޅާފަ މަސް ހިފައިގެން؟ އެމީހުންނާއި ދިމާކޮށްބަލަ. އޭރުން މާރަނގަޅު ވާނެއްނު.” ބަކުރު ޗޮކެއް ކަނޑާލަމުން ބުނެލިއެވެ.

” އެމީހުންނާއި ދިމާކޮށްފަ ހުންނާނީ. އަޑެއް ނާހަންތަ ބޯޓް ފަހަރު ބަންޑުން ޖަހާލާ ވާހަކަ؟ ދޯނި ފަހަރު އަޑިޔަށް ދާ ވާހަކަ؟ އެއީ އެމީހުންގެ އަދަބު. އެކަންވެސް ކޮށްފަ އޮންނާނީ އެމީހުންނަށް ހަތް ދުވަހުގެ ނޯޓިސްދީފަ. އެކަމު ކަލޭ ތީ ފިލައިގެން އުޅޭ ބޮޑު މުޖުރިމެއް. އޯކޭ.” އެތަނުން ފަންގަނޑު ހިބަރެއް ބުނެލިއެވެ.

” އިސް ފަނޑިޔާރު މައްސަލަ އަވަސްކުރޭ! ބަކުރުބެ މިއުޅެނީ މޮޅުވާހަކަ ދައްކައިގެން ބަޗަން ވެގެން. މީ ހާދަ ބޯހަރު މީހެކޭ. ހުރިހާ އިންސާނުންވެސް ހަމަ ތިހާ ބޯހަރުތަ؟” ރަސްގެފާނުން ހެމުން ބުނެލިއެވެ.

” ކަލޭމެން މޮޔަވީހެއްނު އަދި ރަނގަޅަށް ބޯހަރުމީހަކު ގެނެވުނުނަމަ މިތަނަށް. އެންމެ ބަސްއަނހާ މިހާ މަމީ އެތާގަ އުޅޭ.” ބަކުރުގެ މޭގައި އައްޖަހާލަމުންބުނެލިއެވެ.

އެއަށްފަހު ބަކުރުބެ އެއްޗެކޭ ނުބުނެ މަޑުން ހުއްޓެވެ. ދެން އިސް ފަޑިޔާރު ބޮޑުމަސް އައިސް ބަކުރުބޭގެ ކުރި މައްޗަށް ހުއްޓުނެވެ. ދެން ބަކުރުބެގެ މަތިން ތިރިއަށް ބަލާލިއެވެ. ދެން ހަމަ އެވަގުތުގައި ރަސްގެފާނު އެންމެ ލޯބިން ގެންގުޅޭ ކުޑަކުޑަ ރާބުޅެއް އައިސް ބަކުރުބެ ވަށައިގެން އެނބުރެން ފެށިއެވެ. އެއަށް ފަހު އެރާބުޅު އައިސް ބަކުރުބޭގެ ކަންފަތު ކުޑަ ފޫޅުގައި ކޮއްޓާ ދައިގަތެވެ. ބަކުރުބެއަށް ވީ ތަދުން ކުއްލިއަކަށް ރާބުޅާއި ދިމާލަށް ކަނާތް ހޫރާލިއެވެ. ބަކުރުބެގެ އަތް ގޮސް ޖެހުނީ ރާބުޅުގެ މޫނު މަތީގައެވެ. ޖެހުނުލެއް ބާރުކަމުން ރާބުޅުގެ ހަބަރު ހުސްވެގެން ގޮސް ޖެހުނީ ރަސްގެފާނުގެ ކުރިމައްޗަށެވެ. ރަސްގެފާނުގެ ދެލޯބޮޑުވިއެވެ. ވީދެރައިން ރަސްގެފާނު އަވަހަށް ތަޚުތުން ތެދުވެ ދިޔައީ ރާބުޅާއި ދިމާލަށެވެ.

” ބަކުރުބެ މަރާލާ.. ބަކުރުބެ މަރާލާ.. ބަކުރުބެ މަރާލާ.. މިހާރު ތިއޮތީ އެންމެ ބޮޑު ހެކި ލިބިފަ. އަވަހަށް ބަކުރުބެ މަރާލާ.” ހުރިހާ މަސްތައް އަނެއްކާ އަޑު ގަދަކޮށްލިއެވެ.

” އޭ މީދަ މުސްކުޅި ބަކުރުބޭ. ކަލޭ ބިރެއްވެސް ނުގަނޭތަ މަ އެންމެ ލޯބިން ގެންގުޅޭ ކުޑަކުޑަ ކުޑަ އެލޯބިލޯބި ރާބުޅަށް ހަމަލާދޭން؟ ތީގެ އަދަބު ވަރަށް ބޮޑުވާނެ!” އެހެން ބުނުމަށް ފަހު ރަސްގެފާނު އަވަސް އަވަހަށް ގޮސް ރާބުޅު ނަގާ ފިރުމާލިއެވެ. އެވަގުތު ހުރިހާ މަސްތައް ތިބީ ނޭވާ ހިފައްޓާލައިގެންނެވެ. ރަސްގެފާނު ދެތިން ފަހަރަށް ފިރުމާލުމުން ރާބުޅު ފުން ނޭވާއެއް ލުމަށްފަހު ލޯހުޅުވާލިއެވެ.

” ތަދުވިތަ އަނެއްކާ؟ އަނެއްކާ އޯކޭތަ އަނެއްކާ؟” ރަސްގެފާނު ވަރަށް މަޑުން އަނހާލިއެވެ.

” ތަދުވާނެދޯ. މޫނު މަތީގައޭ އެތި ފަހަރެއް އެޖެހީ. އެކަމަކު ރަސްގެފާނު ވާނެ ރަނގަޅަށް ބަކުރުބެއަށް މިކަމުގެ ސަޒާދޭން.” ރާބުޅު ކުކުރަމުން ބުނެލިއެވެ.

” އިސް ފަނޑިޔާރު ދެންވެސް ބަކުރުބެގެ މައްސަލަ އަވަސްކުރޭ.. ނޫނީ އަނެއްކާ މީނާ މާރާމާރީ ހިންގާނެ. ކޯޓުގައި މާރާމާރީ ހިންގާ މީހުންގެ އަދަބު ވަރަށް ބޮޑުވާނެ.” ރަސްގެފާނު ވަރަށް ހަރުކަށިކޮށް ބުނެލިއެވެ.

” އޭ ރަސްގެފާނު. ކަލޭ މޮޔަވެގެންތަ މަ މިތަނަށް ގެނައީ؟ މިތަނަށް މަގެނައީ ކުދި އަނިޔާކުރަންތަ ؟ ނުނީ ޝަރީޢަތްކުރަންތަ؟ ނޫނީ ކަލޭމެން ސަކަރާތްޖަހާ މަޖާ ނަގަންތަ؟ ” ބަކުރުބެވެސް ޒުވާބު ދިނެވެ.

” ކަލޭ ވާހަކަ ނުދައްކާތި! ކަލެއަށް ކުދިއަނިޔާކުރާވަރު އަދިވެސް މަދީ. މަނޫން ރަސްކަލަކާއި ޖެހުނުނަމަ ތިކަން އެނގޭނެ. ކުށްވެރިގެން ގެނައި އަނެއްކާ އިތުރަށް ކުށްތިކުރީ. ދެން ނޯންނާނެ ސަލާމަތެއް. އިސް ފަނޑިޔާރު ބަކުރުބެގެ މައްސަލަތައް ހުށަހަޅާ.” ރަސްގެފާނު އަޑު ބާރުކޮށް ބުނެލިއެވެ.

އެހެން ހަމަ ބުނުމާއިއެކު އިސް ފަނޑިޔާރު ބޮޑުމަސް ނޫކުލައިގެ މޫނު ވިނައިން ހަދާފައިވާ ބޮޑު ކަރުދާސްގަޑެއް ހުޅުވާލިއެވެ. އަދި މަޑުމަޑުން ބަކުރުގެ މައްސަލަތައް ހުށަހަޅަން ފެއްޓިއެވެ.

” ބަކުރުބެ އަކީ މީގެ 32 އަހަރު ކުރިންވެސް އަހަރެމެންނަށް ވަރަށް ގޯނާ ދިން މީހެއް. މީނާ އަހަރެމެންގެ މަސްމަހާ މެއްސަށް އަނިޔާ ކުރަން ފަށާފައިވަނީ މީނާގެ ޢުމުރުން އެންމެ ތޭރަ އަހަރުގަ. ދެން މިބަޔާން ކުރަނީ ބަކުރުބެގެ މައްސަލަތައް ތަރުތީބުން:

  • ޢުމުރުން 09 އަހަރުން ފެށިގެން މަސްތަކަށް ގާއުކުން. މިގޮތުން އެއްދުވަހަކު ހޫރާލި ގަލަކުން ޖެހި ކުޑަ 03 ކަނޑުގުރުވަ މަރުވުން.
  • ކުޅެ ސަކަރާތްޖަހަން ކުދި މަސްހިފުން. އަދި މިގޮތަށް ހިފާމަސްތައް މަރާލުމަށްފަހު އުކާލުން.
  •  ހިފަންނުވާ ވަރުގެ ކުދިމަސްހިފާ އެސޮރުމެން މަރަށް ތެޅިން ތުނޑިމައްޗަށް ދޫކޮށްލުން.
  • ޒުވާން ދުވަސް ވަރު ފީނައިގެން ޢުމުރު ހަމަނުވާ  ކުދިކުދި ޅަބޯވާތައް ނަގާ އަނިޔާކުރުން.

” ހުއްޓާލާ. ހުއްޓާލާ. ހުއްޓާލަ. ދެން ހެވޭ. އަޖައިބެއްނު.” ބަކުރުބެ އަޑުގަދަކޮށްލިއެވެ.

” އަޑުމަޑު ކުރޭ.” ރަސްގެފާނު ޢަމުރު އިއްވިއެވެ.

” އަޑު މަޑެއް ނުކުރާނަން. ކިހާ ރީތިތަ؟ ކަލޭމެން އެންމެން އިރުއިރުކޮޅާ މަ މަރަން ގޮވާފަ މީރު ހާ އެއްޗެހި ކަނީ. މިއޮތް ހުރިހާ އިރު، މަމިހުންނަނީ ކާއެއްޗެއްނުކައި ކޮޅަށް. ތި ހުރިހާ އެއްޗެއް ކިޔާ ނުދިނަސް ހެވޭ. މަށަށް ކާއެއްޗެއް ދީފަ ދެން ކުރިއަށްގެންދޭ.” ބަކުރުބެ އިލްތިމާސްކުރިއެވެ.

” ބަލަ ޕާޓީއަކަށްތަ ކަލޭ މިގެނައީ ކަލޭއަށް ކާންދޭން؟ ކަލޭ މިގެނައީ ޝަރީޢަތްކުރަން؟ ދެންވެސް އަނގަ މަޑުން ލައިން ހުރޭ. ނޫނީ 32 ދަތް އެތެރެއަށް ދުއްވާލާން. ބަލާބަލަ މިހުރީ މީގެ 10 އަހަރު ކުރިން ކަލޭ އެއްރޭ އެއްލި ބުޅީގަ ގަނެގެން މަށަށް ލިބުނު އަނިޔާ. މަގޭ މިއޮތް ރީތި ތުންފަތް މިއޮތީ ބަނޑި ޖަހާފަ. އެއީ އަދި އަހަރެންގެ އަލަތު ކައިވެނީގެ ރޭ. މިކަމާއި ހުރެ އަހަރެންގެ އަންހެނުން ކަމުގައިވާ ރަތް މަސް ވަރިކުރީ. އަނެއްކޮޅުން އޭގެ ފަހުން އިންނާނެ މަހެއްނުވެފަ މަމިނީ.” ކުއްލިއަކަށް ފުންމައިގެން އައިސް ރަތްމަސް ވާހަކަ ދައްކަން ފެށިއެވެ. އޭރު އެ ރަތްމަހުގެ ތިރީ ތުންފަތުގެ ދެބައިކުޅަ އެއްބައިވަނީ ހަލާކުވެފައެވެ. އަދި ހަމަ އެރަތްމަސް ބުނި ހެން އެސޮރުގެ އަނގަޔަށް ވަތް ބުޅިވެސް ހުއްޓެވެ.

” ހައްހައްހާ. އެއީ ކަލޭދޯ.. އެރޭ މަގޭ އަތަށް ލޭ އަރުވާލާފަ ނަނު ކަނޑާފަ ނައްޓާލީ. ތިވާހަކަ ދެން ނުދައްކާ. ކާ އެއްޗެއްދީ. ކޮބާތަ މަގޭ އިންސާނީ ޙައްޤްތައް؟ އެކަމަށް ކަލޭމެން ކަމޭހިތަން ވާނެއްނު.” ބަކުރުބެ ހެމުން ބުނެލިއެވެ.

” ކޮން އިންސާނީ ޙައްގެއް؟ މީ ކަނޑުރަސްގެފާނުގެ ދަރުބާރު. މިތާގަ އޮންނާނީ މަސްމަހާ މެހީގެ ޙައްޤްތައް؟” އިސް ފަނޑިޔާރު ބޮޑުމަސް ހަރުކަށިރާގަކަށް ބުނެލިއެވެ.

” ހެވޭ. ހެވޭ. ހެވޭ. ދެން ދީބަލަ ކާއެއްޗެއް؟” ބަކުރުބެ ބުނެލިއެވެ.

އެހެން ބުނުމާއިއެކު ރަސްގެފާނުގެ އިޝާރާތަކަށް ކޯމަހެއް ކަޅު އެންދެރިން ހަދާފައިވާ ތަބަކެއް ހިފައިގެން އައިސް ބަކުރުބެގެ ކުރިމައްޗަށް ހުއްޓުނެވެ. ބަކުރުބެ އެއަށް ބަލާލިއެވެ. އޭގައި ހުރީ ބަކުރުބެ ނުވެސް ދަންނަ ފާޑުގެ ކާބޯތަކެއްޗެވެ. ބަކުރުބެ އެންމެ އަޅައިގަތީ ހަނޑު ގުޅަހެން ވަށްކޮށް ހަދާފައި ހުރި ރީނދޫކުލައިގެ އެއްޗެއްގައެވެ. ބަކުރުބެ ހީކުރީ އެއީ ކުދި ކުޅަކަމަށެވެ. އެހެން ކަމުން އަވަސް އަވަހަށް އެކަންވާރުން އޭގެ ގުޅައެއް ނަގާ ކާލިއެވެ. ބަކުރުބެ އެއިން އެ ރީނދޫގުޅަ ނެގުމާއިއެކު އެ ތަބަށް ކޯމަސް ގެންދިޔައެވެ. ބަކުރުބެ އަށް އޭތި ވަރަށް މީރުވިއެވެ.

” އޭ. ތި ކޯއްޗެއް. ހާދަ މީރޭ. ދެން ނެތްތަ އެއްޗެއް؟” ބަކުރުބެ ކުޅު ދިޔާކޮށްލަމުން ބުނެލިއެވެ.

” އެއްޗެއް ކަޅެއްގެ އުޞޫލުން ކަލެއަށް ކާންލިބޭނީ. ދެން އޮތީ ޙުކުމް އިއްވުން. އަވަހަށް ޙުކުމް އިއްވާ.” ރަސްގެފާނު އިސްފަނޑިޔާރު ބޮޑު މަހަށް އަތުން އިޝާރާތް ކުރަމުން ބުނެލިއެވެ.

” އާދެ. ރަސްގެފާނު.” ބޮޑު މަސް ބުނެލިއެވެ.

” އޭ. ތީ ކޮންކަހަލަ ރަސްގެފާނެއް. ކޮބާ މައެ ދިފާޢީ ވަކީލު.” ބަކުރުބެ ޝަކުވާގެ ރާގަކަށް ބުނެލިއެވެ.

” ހައް. ހައް. ހައް. ކަލޭ ދިފާޢުކުރަންތަ މިތަނަށް މިގެނައީ މީދަ ބުރާންޗާ؟ މުސްކުޅިވީދުވަހު އަނގަ މަޑުން ލައިގެން ހުރެބަލަ. އޭރަށް ދެންވެސް ރަނގަޅުވާނީ.” ރަސްގެފާނު ހެމުން ބުނެލިއެވެ.

” އާނ. ތިކުރަނީ ޝަރީޢަތް؟ ކަލެއަށް ރަސްކަންދިން ބަޔަކުވާ ރަގަޅު. ހުސް ގަޅިން މިތާ މިތިބީ؟” ބަކުރުބެ މަލާމާތް ކޮށްލިއެވެ.

” ތިއެއް އަންގާލާނަން މިފަހަރު. އަނ. މީގަ ސޮއިކުރޭ. މީ މައްސަލަ ނިމުނު ގޮތުގެ ބަޔާން.” އިސްފަނޑިޔާރު ބޮޑުމަސް އިއްވި ބަޔާން ބަކުރުބެ އަތަށް ދެމުން ބުނެލިއެވެ.

ބަކުރުބެ އެ ބަޔާނާއި ދިމާލަށް ބަލާލިއެވެ. ބައްތިރީ ހަކަށް ފޫޓް ދިގު އެބަޔާނުގައި ލިޔެފައި ހުރި ހިސާބު ޢަދަދުތައް ފިޔަވައި އެއްވެސް އެއްޗެއް ބަކުރުބެއަކަށް ނޭނގެއެވެ. އޭގެ ހުރީ ލިޔުންތައް އެންމެ ވައްތަރީ ޒިލޭބީ ޑިޒައިނާއެވެ. ދެން ފާޑުފާޑުގެ ބޮޅާއި މޮހޮރާއި ބުޅިތަކެއްވެސް އޭގައި ކުރަހާފައި ހުއްޓެވެ. ބަކުރުބެއަށް އޭތި ކިޔަން ނޭނގުމުން އައި ރުޅީގައި އެ ބަޔާން ވީދަން ފެށިއެވެ.

ބަކުރުބެ ބަޔާން ވީދާލަން ފެށުމާއިއެކު ރަސްގެފާނުގެ އިޝާރާތަށް ބޯވާ އައިސް ބަކުރުބެ ހިލިހިލާ އެޅިއެވެ.

” ބަޔާން އިރާލާނެދޯ. އޭގަ ނެތޭ ކިޔަން އެނގޭ އެކައްޗެއްވެސް. މިތަނަށް މަ ގެނައިރު ކަލޭމެން ތި ލިޔާ ބަހުރުވަ ތަރުޖަމާކުރާނެ މީހަކުވެސް ގެންނަންޖެހޭނެދޯ. ކަލޭމެން ވާހަކަ ތިދައްކަނީ އަހަރުން ބަހުން އެކަމަކު ލިޔުން ތަފާތު. ތީ އަނެއްކާ ޤަދީމީ މިޞްރު ޤަބީލާއިން އައި މަސްތަކެއްތަ؟ ތީ އަނެއްކާ ކޮންތާކު ރަސްކަލެއް. ތިކަހަލަ ރަސްކަލުން އުޅޭނެ ކުނޑިގޮނޑުގަވެސް. މަދޫކޮށްލާ. ނޫނީ…” ބަކުރުބެ އަޑުގަދަކުރަން ފެށިއެވެ.

” ނޫނީ ކީއްކުރާނީ؟ ކީއް ކުރެވޭނީ؟ ” ހުރިހާ މަސްތައް ބަކުރުބެ ވަށާލައި އަޑު ގަދަކޮށްލިއެވެ.

” ބަލާބަލަ މި ކުޑަކުޑަ އިންސާނާގެ ހުރި ޙަޔާތެއްނެތްކަން. އަހަރުން ރަނގަޅެއްނު ކަލޭ ރަސްގެފާނަށް މަލާމަތްކުރާއިރު، ގޮތެއް ނަހަދާ ތިބި ކަންވެސް. ދެން ނުތިބޭނަން.” ހުރިހާ މަސްތައް ބަކުރުބެއާއި ދިމާލަށް ފުންމައިގަތެވެ. ބަކުރުބެ ހީކުރީ ދެން އެއީ ބަކުރުބެގެ އެންމެ ފަހު ވަގުތު ކޮޅުކަމަށެވެ. އެހެންކަމުން ހިތަށް އައިހާ ރަނގަޅު އެއްޗެއް ކިޔާލަ ކިޔާލަ ބަކުރުބެ ހުއްޓެވެ.

” އެންމެން މައިތިރިވޭ. މައިތިރިވޭ.” ރަސްގެފާނުގެ ގަދައަޑުން މުޅި ތަން ގުގުމައިގެން ދިޔައެވެ.

ރަސްގެފާނުގެ އެންގުމަށް ހުރިހާ މަސްތައް އަނެއްކާވެސް އެމީހުން ތިބި ހިރިގާ ތަކުގެ ކައިރިއަށް ގޮސް ހަމަޖެހުނެވެ. މަސްތައް ދުރަށް ދިއުމުން ބަކުރުބެ ހަމަޖެހުމުގެ ނޭވާއެއްލިއެވެ.

” ދެން އެންމެ ސިކުންތެއްވެސް މަޑުނުކޮށް ޙުކުން އިއްވާ. ނޫނީ އަހަންނަށް ހީވަނީ މިތަނުގަ ހިނގާނީ ޤަތުލު ޢާއްމެއްހެން. މިހާރު އަހަރެންގެ ރައްޔިތުން މަސްމަހާމެހިތައް އެތިބެނީ ލޭކެކިކެކި. އިސްފަނޑިޔާރު އަވަހަށް ޙުކުމް. އަވަހަށް ޙުކުމް. އެހެން ނޫނީ މުޒާހަރާކޮށް މަގޭ ރަސްކަންވެސް ވެއްޓިދާނެ. އެހާވެސް މައިދާން ހޫނުވަމުން މިދަނީ. އަވަސްކުރޭ! އަވަސްކުރޭ! ” ރަސްގެފާނު ބޭނުންވީ ޙުކުމް އަވަސްކުރާށެވެ.

” ޙުކުމް އަވަސްކުރޭ! ޙުކުމް އަވަސްކުރޭ! ޙުކުމް އަވަސްކުރޭ!” ހުރިހާ މަސްތައް ބާރަށް ހަޅޭއްލަވާ ބަކަތަޅަން ފެއްޓިއެވެ.

” އޭ ދޮގެއްނޫން. ދެން ސަކަރާތް ނުޖަހާ އަވަހަށް ޙުކުމް އަވަސްކުރޭ. އޭރަށްދޯ މަށަށްވެސް އަވަހަށް ގެއަށް ދެވޭނީ. މިހާރު އަހަރެންގެ އަންހެނުން އަހަރެން ހޯދާނެ. މިހާރު އިރުއަރަންކަން ނޭނގެއެއުޅެނީ.” ބަކުރުބެގެ އެއްވެސް ބިރެއްނެތެވެ.

” ހުށަހެޅިފައިވާ ހެކިތަކަށް ބަލާ މަސްމަހާމެހީގެ ޤާނޫނު އަސާސީގެ ބައްތިރީސް ވަނަ މާއްދާގެ ދަށުން ބަކުރުބެ ބައްތިރީސް އަހަރަށް ހުރަގެއަށް ލުމަށް ޙުކުމް ކޮށްފިން.” އިސް ފަނޑިޔާރު ބޮޑު މަސް ބަކުރުބެއަށް ހުކުމް އިއްވިއެވެ.

” ކާމިޔާބު. ކާމިޔާބު. ކާމިޔާބު.” ރަސްގެފާނުގެ އަޑުދަށުން ހުރިހާ މަސްތައް އެއްއަޑަކުން ގޮވާލިއެވެ.

ދެނަކާ ދެނެއް ނެތެވެ. ބަކުރުބެއަށް ޙުކުމް އިއްވުމުން ހީވީ މަސްތަކަށް ޢީދެއް އައިހެނެވެ. ހީވީ އެހެން ފަދަ ކަމެއް ހެންނެވެ. ހިރިގާތަކުގެ ކައިރީގަޔާއި، ހޮރޮ ހޮރާއި ހޮހަޅަތަކުން އެކި ފާޑު ފާޑުގެ މަސްތައް އެތަނަށް ޖަމާވެ ބަކަތަޅަންފެއްޓިއެވެ. ހުރިހާ މަސްތައް ބަކުރުބެ ވަށައިގެން އެނބުރި ނަށަން ފެއްޓިއެވެ. ހީވާނީ ބަކުރުބެ ވަށައިގެން ތަވާފްކުރަމުން ދިޔަ ހެންނެވެ. ބަކުރުބެ ލޮލަށް ދުވަހަކު ނުފެންނަ ކުދި ކުދިމަސްތަކާއި ދިހަބުރިއަށްވުރެ އުސް ބޮޑެތި މަސްތައް ބަކުރު ބެއަށް ފެނުނު ގަޑިއަކީ އެވަގުތެވެ. ބަކުރު ހިތަށް އެރިއެވެ. ހާދަހާ ވާ ތަފާތު ފާޑުފާޑުގެ މަސް އުޅޭދޯއެވެ. ބިރު ގަތުމުގެ ބޮޑަށް މިފެންނަ މަންޒަރުން ބަކުރުބެއަށް ލިބުނީ އުފަލެކެވެ. އެގޮތަށް އެމަސްތައް ބަކަތަޅަމުން އަޑުގަދަކުރަމުން އެތައް އިރެއް ވަންދެން ދިޔައެވެ.

” ޙުކުމް ތަންފީޒުކުރަން ހުރަގެއަށް ގެންދޭ.” ރަސްގެފާނުގެ ޢަމުރު އިއްވިއެވެ.

” އޭ ނެތްތަ ރަށު ބަންދަށް ބަދަލުކުރެވޭކަށް؟” ބަކުރުބެ ބުނެލިއެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (18)

  1. nihaa

    Vrh reethi..

  2. ifaasha

    V nice mi part vex

  3. Anonymous

    vrh majaa……

  4. fizaan

    reethi.. waiting 4 next part..

  5. Kiunehtheri eh

    Varah salhi!!! Hama habeys story eh!!! Enme 14yrs kuhjjeh ge liumakaa balaafa buneveyneee hama habeys liumekey, adhi thee varah hiyaalu thanavas kuhjjekey!!! Ithuru kurierumah edhen!!!

    1. Anonymous
      Kiunehtheri eh

      Not 14 he is really 10

  6. mishkyyyyyyy

    Varh intereting mi part ves

  7. xaaxaa

    Next part kbatha miwaahakaige awax kohlaba

  8. jailam

    Vvvvvvvvvvvvvvvvv.salhi

  9. jailam

    Haadha lahey up vaaley

  10. nazi

    alhe mivaahakaige 3 vana bai up kuranee konirakutha plz plz plz avaha up kolla dheebala

  11. fareeaaa

    mi vaahakaage next part kon irakun ta up kuranee.haadha lahey

  12. Anonymous

    Avah next baa

  13. bakurube

    Kobaa haadha laheyy……

  14. bakurube

    Kobaa haadha laheyy…..

  15. neesh

    mi story up nukurani tha plzzzz up koh dhy ba

  16. j

    Ik

  17. Anonymous

    please i am also waiting for the next part it is very very interesting ????

Comments are closed.