Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ނުފޫޒު

DESTINY2020 Level 210 Stories
July 14, 2015 4 Mins Read
14 Comments

ޢާއިލާއެއްގެ ދިރިއުޅުން ހަމަޖެހޭ އުފާވެރިގޮތެއްގައި ވޭތު ކުރެވޭނީ، އެޢާއިލާގެ އިސްކޮށް ތިބި މީހުންނަކީ ނުފޫޒުން އެއްކިބާވެގެންވާ މިނިވަން ވިސްނުމެއްގެ މަތީގައި ދިރިއުޅުން ވޭތުކުރާ ބަޔަކަށް ވެގެންނެވެ. މިތާނގައި ޢާއިލާއެއްކަމަށް ސިފަ މިކުރަނީ ދެމަފިރިންނާއި ދަރިންގެ މައްޗަށެވެ. މިދެންނެވި ޢާއިލާގެ ދިރިއުޅުން ހަމަޖެހޭގޮތެއްގައި ވޭތުކޮށް، ބާއްޖަވެރި ޙަޔާތަކަށް މަގުފަހިކުރެވޭނީ، ދެމަފިން، އެކަކު އަނެކެއްގެ މައްޗަށް ނުފޫޒު ނުފޯރުވާ، ގުޅިގެން އެއް ރޫޙެއްގައި ދިރިއުޅުން ވޭތުކޮށްގެންނެވެ. ނަމަވެސް، އަޅުގަނޑުމެންގެ މިމުޖުތަމަޢުގައި ޢާއިލާތައް ސިފަކުރެވިގެންދަނީ މިދެންނެވިގޮތާއި މުޅިން ޚިލާފަށެވެ. މިމުޖުތަމަޢުގައި ގިނައިން ފެންނަމުންދާ މަންޒަރަކީ ފިރިމީހާ އަނބިމީހާގެ މައްޗަށް ނުފޫޒުފޯރުވާ، އަނބިމީހާ ފިރިމީހާގެ މައްޗަށް ނުފޫޒުފޯރުވާ އަދި ދަރިން މައިންބަފައިންގެ މައްޗަށް ނުފޫޒުފޯރުވާ، ނުވަތަ މައިންބަފައިންގެ ނުފޫޒު ދަރިންގެ މައްޗަށް ފޯރުވާ މުޖުތަމަޢުއެއްގެ ގޮތުގައެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން ޢާއިލާތައް ރޫޅި، ކުށެއްނެތް މަޢުސޫމް އެތައް ބަޔަކު ހާލުގައި ޖެހި، އެމީހުންގެ ދިރިއުޅުން އަނދިރކަމުގެ ތެރެއަށް ވަދެގެންދަނީވެސް މަދެއްކޮށެއްނޫނެވެ. މުޖުތަމަޢުގެ އަސާސުން ބަލާކަމުގައި ވަނީނަމަ، މިއީ ވަރަށް ހިތާމަ ހުރިކަމެކެވެ. ނުވަތަ އެއްގޮތަކަށްވެސް ހިނގައިގެންވާނެ ކަމެއްނޫނެވެ.

ޖަމާޢަތެއް ނުވަތަ ތަނެއް ކުރިއަރާ މަތީ ހަރުފަތްތަކަށް ވާޞިލުވެވޭނީ އެތަނެއްގައި އުޅޭ ބަޔަކީ ޒިންމާދާރުކަމާއިއެކު، ނުފޫޒުން އެއްކިބާވެ ތިބެ، އެމީހުންގެ މަސްއޫލިއްޔަތު އަދާކުރާ ބަޔަކަށް ވެގެންނެވެ. ތަފާތު ނުފޫޒުތަކުން އެއްކިބާވެގެންވާ، ބޭނުންވާ ދަނޑިވަޅުތަކުގައި ނިންމަންޖެހޭ ނިންމުންތައް އޭގެ އެންމެ ފުރިހަމަ އަދި ފައިދާހުރިގޮތުގައި ނިންމުމުގެ އިޚްތިޔާރާއި ބާރުލިބިފައިވާ ބަޔަކަށްވެގެންނެވެ. ހަމައެކަނި މިދެންނެވި ބާރު ލިބިގެންވެސް ނުފުދޭނެއެވެ. ތިމާ ނިންމާ ނިންމުންތައް ވާންޖެހޭނީ މިލިބިދީފައިވާ ބާރުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި، ބޭނުންކުރަންޖެހޭ ދަނޑިވަޅުތަކުގައި އިންސާފާއި ހަމަހަމަކަންމަތީގައި ބޭނުންކޮށްކޮށްގެން ތަނަށް އެންމެ ފައިދާހުރި ގޮތުގައި ނިންމުންތައް ނިންމޭ ބަޔަކަށް ވެގެންނެނެވެ. މިނިންމޭ ނިންމުންތައްވާންޖެހޭނީ، އެތަނަކަށާއި، އެތަނުގެ މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށްވެސް ފައިދާކުރުވަނިވި، މުހިއްމު ނިންމުންތަކަކަށެވެ. ވަކިފަރާތެއްގެ ނުފޫޒު ނުވަތަ ބާރު ފޯރުވިގެން، އެއްވެސް ޙާލެއްގައި އެއްވެސް ކަމެއް، ވަކި ހާލަތްތަކެއްގައި ނަމަވެސް، ވަކިގޮތަކަށް ނިންމިގެންނުވާނެއެވެ. ވަކި ބަޔެއް ނުވަތަ ވަކި ޖަމާޢަތެއްގެ ފައިދާއާއި ލާބައަށްޓަކައި، ނުވަތަ އެމީހުންގެ މަސްލަޙަތަށްޓަކައި ނަމަވެސް، ތިމާއަށް ލިބިފައިވާ ބާރުގެ ތެރެއަށް ނުފޫޒުވަދެ، ދެން ތިބި މީހުންގެ ޙައްޤުތަކަށް އުނިކަން ލިބޭގޮތަށް އެއްވެސް ކަމެއް ކުރުމަނީ އިންސާނީ ހަމަތަކާއި ޚިލާފްކަމެކެވެ. މިދެންނެވި އުޞޫލުން ބުނާކަމުގައިވާނަމަ، ތަނެއް، ޤައުމެއް، ޖަމާޢަތެއް ނުވަތަ ތަނެއް ކުރިއަރާ ތަރައްޤީވާނީ، މިދެންނެވި ތަންތަނުގައި އިސްކޮށް ހިންގާ ތިބޭ ފަރާތްތަކަކީ އެތެރެއާއި ބޭރުގެ ހުރިހާ ނުފޫޒުން އެއްކިބާވެގެންވާ ސާދާސީދާ ބަޔަކަށް ވެގެންނެވެ. މިކަން މިގޮތަށް ނުވާނަމަ، ހަނިދޭތެރެ ދޭތެރެއިން ކުރެވޭ ބައެއް އުނި ކަންތައްތަކުގެ ނޭދެވޭ އަސަރު މުޅި މުޖުތަމަޢުއަށް ކުރުމަކީ ދުރުގައިވާ ކަމަށްވުރެން، ކައިރީގައިވާ ކަމެކެވެ.

ސާދާ ސީދާ ޤާބިލް އިންސާނުންނަކީ ހުރިހާ ނުފޫޒާއި ބާރުތަކުން އެއްކިބާވެގެންވާ މިނިވަން ވިސްނުމުގެ ވެރިންނެވެ. ނަމަވެސް، ކުރިއަރަމުން އަންނަ ޤައުމުތަކާއި ބައެއް ޖަމާޢަތްތަކުގެ މީހުން އެންމެ ޖެހިލުންވާ ވައްތަރުގެ މީހުންނަކީވެސް މިދެންނެވި މީހުންނެވެ. ސަބަބަކީ މިފަދަ މީހުންނަކީ މުޖުތަމަޢު މިފަދަކަންތައްތަކަށް ހޭލުންތެރިކުރުވާ މީހުންކަމަށްވީއެވެ. މިފަދަ މީހުންނަކީ އަދުގެ ދުނިޔޭގައި ދެތިން އިނގިލިން ގުނާލެވޭވަރަށް ވުރެވެސް މަދު ބަޔެކެވެ. އިންސާނީ ޙަޔާތުގެ ދިގު ތާރީޚަށް ބަލާރު، ދެން ތިބި މީހުންގެ މައްޗަށް ތިމާއަށް ލިބިފައިވާ ބާރާއި ނުފޫޒު ފޯރުވައިފާ މަންޒަރު ވަރަށް ގިނައިން ފެނިގެންދާނެއެވެ. މަދު ފަހަރެއްގައި މިފަދަ ނުފޫޒުތަކުން އިންސާނީ ޙަޔާތަށް ފައިދާކޮށްފައިވީނަމަވެސް، ޖުމްލަގޮތެއްގައި ވެފައިވަނީ ގެއްލުމެވެ. މިފަދަ ބައެއް ނުފޫޒުތަކާއި ނޭދެވޭ ގޮތުގައި ބާރުގެ ބޭނުންކޮށް، ނުފޫޒުގެ ބޭނުން ނޭދެވޭގޮތުގައި ހިފުމުގެ ސަބަބުން ބޮޑެތި މުޞީބާތްތަކާއި ހަލާކުގެ ތެރެއަށް އިންސާނުން ގެންގޮސްދީފައިވަނީވެސް މަދެއްކޮށެއްނޫނެވެ. ދުނިޔޭގެ ތާރީޚުގައި ހިނގާފައިވާ ބައެއް ހަނގުރާމަތަކަށް ނަޒަރުހިންގާލާއިރު، މިދެންނެވި ޙަޤީޤަތުގެ ތެދުކަން ސާބިތުވާނެއެވެ.

ކޮންމެ ޖަމާޢަތެއް ނުވަތަ ތަނެއް ނަމަވެސް އެތަނެއްގެ ވެރިން ވާންޖެހޭނީ، މިދެންނެވުނު ނޭދެވޭ ހުރިހާ ނުފޫޒާއި ބާރުތަކުން އެއްކިބާވެގެންވާ، އަދި އެމީހެއްގެ ދަށުގައިވާ މީހުންނަށް ނަމޫނާ ބަޔަކަށެވެ. ތިމާގެ ވިސްނުމާއި ރަޢުޔު ބޭނުންކޮށްގެން އެތަނުގައި މަސައްކަތްކުރާ ހުރިހާ މީހުންނަށް ފައިދާހުރި ނިންމުންތައް ނިންމާ ބަޔަކަށެވެ. ތިމާގެ ތަސްވީރު ފުރިހަމަ ކުރުމުގެ ނިޔަތުގައި ނަމަވެސް، ވަކި ފަރާތަކަށް ޖެހި، އިންސާފުގެ މަގުން އެއްކިބާވެ، ނުފޫޒުން އެއްވެސް ކަމެއް ނިންމުމަކީ އިންސާފުވެރިކަމަށް ނުވާނެއެވެ. ތިމާއަށް އެއްޗެއް އުނިވެ، ނުވަތަ ލިބިދާނެ ގެއްލުމަކަށްޓަކައި ނަމަވެސް، ނުވަތަ ތިމާގެ ހައިބަތު ގެއްލިދާނެކަމަށްޓަކައިނަމަވެސް، ތިމާއަށް ލިބިފައިވާ ނުފޫޒުގެ ބޭނުންކޮށްގެން ބޭއިންސާފުން އެއްވެސް ކަމެއް ކުރުމަކީ ނުވަތަ ނިންމުމަކީ، ދެން ތިބި މީހުންނަށް ކުރެވޭ ބޭއިންސާފަކަށް ނޫނީ ނުވާނެއެވެ. މިފަދަ ޢަމަލުތަކުން ދުރުވެގެން ތިބެން ޖެހެނީ، ކުރާ ހުރިހާ ކަމެއް އޭގެ އެންމެ ފައިދާ ހުރި ރަނގަޅު ގޮތުގައި ކުރަންޖެހޭތީއެވެ. ހަމަމިއާއިއެކު، ތިމާއާއި ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތާއި ވާޖިބަކީ އެތައް ބަޔެއްގެ މަޞްލަހަތު އެކަމުގައި ހިމެނި އެކުލެވިގެންވާ ކަމެއްކަމުގައި ދަނެގެން، ތިމާއަށް އެޅޭ އެންމެ ޅައެއްޗެއްގެ ސަބަބުން އެކަމުގެ އަސަރު މުޅި މުޖުތަމަޢުއަށް ފޯރަފާނެތީއެވެ. މިފަދަ ކަމެއް ހިނގައި، އޭގެ ނޭދެވޭ އަސަރުކުރަން ފަށައިފިނަމަ، ހީނުކުރާފަދަ ހިތާމަވެރި ހާދިސާތައްވެސް ހިނގުމަކީ ހަމަ އެކަށީގެންވާކަމެކެވެ.

ތަރައްޤީއާއި ކުރިއެރުމަކީ އިންސާނީ ހަޟާރަތުގެ އެންމެ މުޙިއްމު އެކައްޗެވެ. މިދެންނެވި ތަރައްޤީގެ ފޮނި މީރުކަން ފެންނާނީ ކަންތައްތަކާއި ޙަވާލުވެގެން ތިބޭ މީހުންނަކީ، ދަށުގައި މަސައްކަތްކުރާ މީހުންނަށް ހިތްހެޔޮ، އެމީހުންގެ ކުރިއެރުމަށް ވިސްނާ އިންސާނީ ވަޞީލަތް ތަރައްޤީކުރަން މަސައްކަތްކުރާ ބަޔަކަށް ވެގެންނެވެ. މިދެންނެވި ވާޖިބު އެންމެ ފުރިހަމަޔަށް އަދާކުރެވޭނީ، ފުރިހަމަ ވިސްނުމަކުން ވިސްނާ، ހުރިހާ ނުފޫޒުން އެއްކިބާވެ، މަސައްކަތްކުރުމުގެ ފުރިހަމަ އިޚްތިޔާރު ލިބިފައިވާ މީހަކަށްވެގެންނެވެ. މީގެ އިތުރުން ދަށުގައި މަސައްކަތްކުރާ މީހުންނަށް އެކުވެރި، އެއްބައިވަންތަ، ނޭދެވޭ ނުފޫޒުތަކާއި ނޭދެވޭ ބާރުތަކުން އެއްކިބާވެގެންތިބެ، މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމުކޮށްދީ، އެކަންތައްތަކަށް މަގުފަހިކޮށްދީގެންނެވެ. ވަކި ފަރާތަކުން ބުނީތީ އެކަމެއް ކުރާ އުޞޫލު ދޫކޮށްލާ، މުޅިޖަމާޢަތުގެ ފައިދާއަށް މަސައްކަތްކުރެވޭނެ މާހައުލެއް ބިނާކުރުވައިދީގެންނެވެ. މިދެންނެވި ފަދަ މާހައުލެއް ޤާއިމުކުރަންޖެހެނީ މަސައްކަތްކުރާ މީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އެންމެ ފުރިހަމަޔަށް އަދާކުރުމަށް މަގުފަހި ކޮށްދިނުމަށްޓަކައެވެ. މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ކިތަންމެ ހަނދާއިރާއަކުންނަމަވެސް ނުފޫޒާއި ބާރު ފޯރާފައިވާނަމަ، އެމަސައްކަތެއް ނުވަތަ ވާޖިބެއް އެންމެ ފުރިހަމަޔަށް އަދާކުރުމަށް ހުރަސް އެޅިގެންދާނެއެވެ. އިންސާނީ ދިރިއުޅުމުގައި ނަމަވެސް، މިކަންވާނީ ހަމަ މިހެންނެވެ. ނުފޫޒާއި ގަދަ ބާރުން ކުރާ ކަންތައްތަކުގެ ފައިދާއަށްވުރެ ބޮޑަށް ފެންނާނީ ގެއްލުމެވެ. ވީއިރު، މިފަދަ ކަންކަމުން އެއްކިބާވެގެން މަސައްކަތްކުރަންޖެހެނީ އަންނަންއޮތް ޖީލުތަކާއި މުޅި ޖަމާއަތުގެ މަސްލަޙަތު ރައްކާތެރިކުރުމަށެވެ. މިބުނެވުނު އުޞޫލުން، ނުފޫޒުން އެއްކިބާވެގެންވާ، މިނިވަން މާހައުލެއް ޤާއިމުކޮށް މަސައްކަތް ކުރަމުންދާނަމަ، ދުވަހެއް ދުވަހަކަށް އެތަނެއް ކުރިއަރާ ތަރައްޤީވަމުންދާނެއެވެ.

ކުރިއެރުމުގެ ހަޤީޤީ މާނައަކީ ރަނގަޅު ހުރިހާ ގޮތަކުންވެސް ކުރިއަށް ދިޔުމެވެ. އެކަނި މާއެކަނި ވަކިފަރުދަކު ކުރިއަށް ދިއުމެއް ނޫނެވެ. ކުރިއަރާ ތަރައްޤީގެ މިދަތުރުގައި ތިމާއާއި އަދި ތިމާއާއިއެކު މަސައްކަތްކުރާ ހުރިހާ މީހުންނަށްވެސް އެތަރައްޤީގެ ފުރިހަމަ ރަހަ ހޯދައިދިނުމަށް މަސައްކަތްކުރަންޖެހޭނެވެ. ވަކި މީހެއްގެ ވިސްނުން ހުންނަގޮތަކުން، ނުވަތަ ދެކޭ ގޮތަކުން، އެމީހަކަށް ތިމާގެ ނުފޫޒާއި ބާރު ފޯރުވާ، އެމީހަކު ލައްވާ ނޭދެވޭ އެއްވެސް ކަމެއްކޮށްގެންނުވާނެއެވެ. އެފަދަ މީހަކީ އެމީހެއްގެ މަސްއޫލިއްޔަތާއި ވާޖިބު އެންމެ ފުރިހަމައަށް އަދާކުރާ މީހެއް ކަމުގައި ވާނަމަ، އެމީހަކާއި ދޭތެރޭ އަދި އަމުދުން މިދެންނެވި ގޮތަށް ޢަމަލުކުރުމަކީ ވަރަށް ހިތާމަހުރި ކަމެކެވެ.

ޤައުމެއް ނުވަތަ ޖަމާޢަތެއް ނަމަވެސް، ކުރިއަރާ ތަރައްޤީވަމުންދާނީ ތެދުވެރި ވަފާތެރި އިޚްލާސްތެރި، މިނިވަން ވިސްނުމަކުން ވިސްނާ، އެތެރެއާއި ބޭރުގެ ނުފޫޒުތަކުން އެއްކިބާވެގެންވާ މީހުން އެތަނެއްގައި ދިރިއުޅެމުންގެންދާނަމައެވެ. މިދެންނެވި މީހުންގެ ވިސްނުން އަބަދުވެސް ހުންނާނީ ފަރުދީ ފައިދާއަށްވުރެ، މުޅި އަފުރާދުންގެ ފައިދާއަށެވެ. އަމިއްލަ މަސްލަޙަތަށްވުރެ، މުޅި ޤައުމީ މަސްލަޙަތު ކުރިއަށްނެރެ، އެގޮތަށް ޢަމަލުކުރުމަށެވެ. މިދެންނެވި ގޮތަށް އަމަލުކޮށްގެންމެނުވީ ފުރިހަމަ ތަރައްޤީގެ ހެޔޮ ރަހައެއް ނުލިބޭނެއެވެ. މިހެން ކަމުން އަޅުގަނޑުމެން ހުރިހާ އެންމެންގެ އިސްވާޖިބެއްކަމުގައި ވާންޖެހޭނީ މުޅި މުޖުތަމަޢުއަށް ފައިދާ ހުރިގޮތުގައި ޚިދުމަތްކޮށް، އެޚިދުމަތުގެ ސަބަބުން މުޅި ޖަމާއަތަށް ކުރިއަށްދާނެ ގޮތަކަށް ޢަމަލުތައް ބެހެއްޓުމަށެވެ. މުޅި ޤައުމަށް ލިބޭ ކޮންމެ ތަރައްޤީއާއި ކުރިއެރުމަކީ ޚުދު އަޅުގަނޑުމެންނަށްވެސް ލިބޭ ތަރައްޤީ ކަމުގައި ބަލައިގެން ޤައުމު ކުރިއަށް ގެންދަން މަސައްކަތްކުރުމަށެވެ. މިގޮތުން އަޅުގަނޑުމެން ކޮންމެ މީހަކީވެސް އެމީހެއްގެ ފުރިހަމަ ހިއްސާ ޤައުމުގެ ތަރައްޤީގައި ބޭނުންވާ މީހެއްކަން ވިސްނާ ފިކުރުކޮށް، ޤައުމަށް ފައިދާހުރި ނިންމުންތައް ނިންމައިގެންނެވެ. އޭރުން އަޅުގަނޑުމެންގެ ކޮންމެ ޢާއިލާއެއްގެ ތެރޭގައި ބުލްބުލްތްކާއި ކޮކާތަކާއި އުފަލުން މިނިވަންކަމާއިއެކު، ދިރިއުޅޭތަން އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ފެނިގެންދާނެއެވެ. މިއުޞޫލުން އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަމުންދާކަމުގައިވާނަމަ، ތަރައްޤީއާއި ތަމައްދުންގެ ހަރުފަތްތަކުގައި މަޑުނުޖެހި، ކުރިއަށްދާ ބަޔަކުކަމުގައި އަޅުގަނޑުމެންވާނެކަން ކަށަވަރެވެ.

=ނިމުނީ=

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ސަޚްޝިއްޔަތު

Next

ހީކުރި ހެނެއް ނުވިއެވެ….

Next
July 14, 2015

ހީކުރި ހެނެއް ނުވިއެވެ….

Previews
July 14, 2015

ސަޚްޝިއްޔަތު

14 Comments!

  1. shiuna says:
    July 14, 2015 at 12:41 am

    Mi vaahakaeh noonehnu
    Mi majumooneh

  2. stranger says:
    July 14, 2015 at 12:42 am

    Majunoonekey…

  3. Someone says:
    July 14, 2015 at 4:50 am

    hehehe. Asluves. Mii vaahaka eh nun. Miyah kiyaany moya govany

  4. Nai says:
    July 14, 2015 at 9:03 am

    Me esfiya dhivehi vaahaka site eh noon tha?? But I have started to see articles from this site… How is it possible. Articles in a story site?????

  5. ABNCORP says:
    July 14, 2015 at 9:45 am

    EynA moyAvythA anekaaa…. maaikamooo
    ..

  6. ***** says:
    July 14, 2015 at 11:27 am

    eyna liyaa hiy vaa ehcheh liyaa ne ehnu.. roa auguraana nogovanyaa aharemennnah ves heyo.. e dhinee naseyhathekey dhoa koifulhaa

  7. Anonymous says:
    July 14, 2015 at 2:15 pm

    hoo meehaku naseyhatheh dhenyaa thi meehunnah heevaany moya gova neehen.. mashah heevany thi meehun hen moya govany.. meehunge phone number ah dhandhen aamu koh.. alhe fahe insaanun baa? buhdhi ey mi kiyaa ethi hureybaa boluga? thima meehaa ah nuvisneythy anekunnah faadu kiyaany hama fahkaa moyain.. mi oh roadha mahuge fahu dhi haiga mi mees meehunah igeny aneh meehaa ah nuruhumuge bas rahdhu kuran.. Heyo vaany kihineh?

  8. Rafa says:
    July 14, 2015 at 4:15 pm

    I agree with you, Anonymous.

  9. calmdown says:
    July 14, 2015 at 6:11 pm

    Den kae vahaka liyanvynudw…. aharunah lian neygeythy angain nubune mi hunany…..

  10. Anonymous says:
    July 14, 2015 at 8:36 pm

    ey huthuru bas beynun kuraa meehunnah igeytha thimaa liyaa ehchehsaa bunaa ehchehi adhi kuraa kankan allah dhene vodi gannavaakan.. adhi thima kiyaa hiy nuvaa ehcheh meehaku upload kurias thi varah fuppa fa ulhen heyi nuvaane.. keerithi quran ga onaane bimuga bodaa kamaa ekee noolheyshey.. thimaa farubadhathakah vure uheh nuvaaney.. ehen veema madun thibey.. thiya kanthah maa kuraa hiy vanyaa beyfulhaku govaigen avahan dhey thikan kuran.. muslimunneh thi vahtharakah noolheyne..

  11. Anonymous says:
    July 14, 2015 at 8:41 pm

    Thiya liyaa ehchehsah ves azaabu dhehvavaane.. avahah thaubaa vey.. narakaige hoonu azaabu thi maa gaiga jehumuge kurin thaubaa vey.. Heyo edheythy muslimehge haisiyyathun mi Bunely.. Dhen Fumma fummaigen naannahchey.. mee fahu dhiha? Fahu dhiha hoadhan vegen dhoa huthuru bahun muaamalaai thi kurany? thihen ulheynama thimaa ge agu vehtun noon kameh nuvaane

  12. How says:
    July 14, 2015 at 9:17 pm

    Dhen kithamme rulhianna meehun rulhi ayas mee vaahakaeh noon. Aharun mi site ah vannanyy vaahaka kiyan. Mikahala haasaru beynumeh noon

  13. nanneyngey says:
    July 16, 2015 at 1:50 am

    mi site ah vaahka kiyan vananyaa vaahka kiyaabala… keehkuran mi liyun thah kiyan v aky….. mi noonas baivaru vaahaka eba hurihn mashah hyvany mi site ga……

  14. nanneyngey says:
    July 16, 2015 at 1:54 am

    hama iru irukolhaa knmes eh liyumehge cmnt baaga mahaadha foohi veyey…. nuny mikahla liyun nuliyebalaashey… nuny mikahla beykaaru haasaru nudhamaashey kiyumuge badhaluga thimaa amihlain mi liyun thah kiyun huhtaaly ma maa rangalhu vaane hn mashah hyvany. thikahla liyuntha liyumaky liyun therin nah vx libey hadi namehkan visnaagen cmnt liyan aadha kohba

Comments are closed.



All Right Reserved!