“އިއްސޭ… އިއްސޭ ދެން ތެދުވެބަލަ… ދެން ކިހައި އިރެއް މިހާރު މިގޮތަށް ގޮވޭތާ! ގައިމު ހޭލަން ވެއްޖެއްނު!” ޒަހުރާ ކުދިކިޔަމުން އެނދުކައިރިއަށް ވެއްޓިފައިވާ ބާލީސް ނަގައި ހިންދެމިލިއެވެ. [ބުނާނެ މަށޭ ނިދި ގަދައީ… ނިދި ގަދައީ ކާކުބާ… އަހަރެން ބަދިގެއަށް ދިޔައީ ވެސް އެވަރަށް ގޮވައިފަ… ތި ދެން ތިހާ ނިދިގަދަ މީހެއް ވެސް ނޫނެއްނު… ދެން ތެދުވެ ބަލަ…] އެނދުގައި ބާލީސް ބާއްވާލަމުން އިސްމާޢިލްގެ ބުރަކަށީގައި ކޮއްޓައިލިއެވެ. “އަދިވެސް އޮތީތަ… އެބައިވޭތަ؟…” މަޑުމަޑުން އެނދުގެ މަގަތުގައި […]
ހިތާމައިގެ ކަނޑުގައި ޤަރަގްވީ ފަހުންނޭ ފިތާމޭ މިދިޔައީ މަގޭވިރި ކަތުންނޭ ސިކިނޑި ކެކިއޮހޭތީ ލޮލުން ފައިބަނީދެން ހަށީނެތިމުޅިން ހެއިޖެހުނު ހާލުދެކިފައި ކަށީގައި ރިހުން މިއުޅެނީ ބޮޑުވެގެންނޭ ވިކުލަރަތް ކަރުނުތައް އެދުވަހަށް ފަހުންނޭ ވަޒަންގެސްލިދާތަން ނުފެނި ފަރުޖެހޭތޯ މަޒަންގާލި ލޮލުގައި މިލީ ފަށްފަށުންނޭ
“ކިހާ ދެރަކަމެއްތަމި ދެން؟؟” ނަހުލާ ރުޅިއައިސް ރަތްވެހުރެ ޖަމީލުއާ ދިމާލަށް ޓެބްލެޓް ދިއްކޮށްލަމުން ބުންޏެވެ. ޖަމީލް ޓެބްލެޓް އަތުލާ ބަލާލިއިރު އޭގައި ހުޅުވާފައި އިން ހަވީރު ނޫސް ޕޭޖުގެ ފަލަ ސުރުހީއަކަށް އިނީ ރިޝްވާން ކާމިލްގެ ގަޔަށް ވަޅިހަރާ މަރާލި ޚަބަރެވެ. “ހަވީރު އެކަންޏެއް ނޫން، ރާއްޖޭގައި ޚަބަރު ފަތުރާ ހުރިހާ ވަސީލަތެއްގެ ފަލަ ސުރުހީ އަކީ ވެސް ހަމަ މި ވާހަކަ، އަދި މިމީހުންގެ ވަރު ބަލާބަލަ، އެވާހަކަ އެދައްކަނީ އިތުރަށް ފޮނިތޮށި އާއި ކާފޫރު […]
ކަލާގެ ލޯތްބައް ކަލާގެ ލޯތްބައް އެދި އެދި ރޮނީ ކީއްވެ ކަލާ ބުނެދީބަލާށޭ މިހިތައް އަނިޔާ ނުދެއްޗޭ ކަލާ ރޮއްވާފަ ނުދާށޭ ކޮން ކަހަލަ މަޖުބޫރެއް ވީފަހެ ކަލާ، ކަލާގެ ލޯތްބައް އެދެމޭ ކީއްވެ ކަލާތިހެން ތިހަދަނީ
ހޯލު ތެރޭތިބި އެންމެން ތިބީ ވާނުވާ ނޭނގިފައެވެ. މީގެ ކުޑައިރު ކޮޅެއްކުރިން އެކި ކުލަ ކުލައިގެ ބޮކިތަކުން ދިއްލާފައި އޮތް ހޯލުތެރެއަށް މިހާރު ވެރިވެފައި ވަނީ ކަނު އަނދިރިކަމެވެ. އެރޭ ސެންޓްރަލް ހޯލުގައި ޑިއުޓީ އަދާ ކުރަމުން ދިޔަ މުއައްޒަފުންގެ ތެރެއިން ދެތިން މުއައްޒަފުން އަވަސްވެގަތީ ހޯލަށް އަވަހަށް ކަރަންޓު ހޯދާދެވޭތޯއެވެ. ކުޑައިރުކޮޅެއްގެ އަނދިރި ކަމަށްފަހު މުޅިތަން އަލިވެގެން ދިއުމާއެކު އިވުނީ އަންހެނެއްގެ ހަޅޭކުގެއަޑެވެ. ހަފްލާއަށް އައިސްތިބި އެންމެންގެ ނަޒަރު ހުއްޓިފައި ވަނީ ހޯލުގެ ކަނާތްފަރާތަށް ވާގޮތަށް […]
“އަންހެން ދޮޅާ. އަމައްޔާތް! އެއްކަލަ ރަނޑު ދޯ އެހެރަދަނީ” އަވަސް ހިނގުމެއްގައި ސްކޫލަށްދިޔަ ޒައިން ފެނިފައި މަގުމަތީގައި ގޮތެއް ފޮތެއް ނެތިގެން އުޅޭ ގްރޫޕެއްގެ ކުއްޖެއް ގޮވާލިއެވެ. އެއާއިއެކު ދެނތިބި ކުދިންތައް ބާރަށް ހޭން ފެށިއެވެ. އެމީހުންގެ މަލާމާތައް ބެލުމެއްނެތި ޒައިން ބެލީ އަވަހަށް ސްކޫލަށް ދެވޭތޯއެވެ. މަގުމަތީގައި ގޮތެއް ފޮތެއް ނެތިގެން އުޅޭ ކުއްތާތަކެއްގެ އުސޫލުން ހިނގާހައި މީހަކާ ބެހި ދިމާކުރުމަކީ އެމީހުންގެ އާދައެވެ. އެފަދަ މީހުން ދައްކާ ވާހަކައަށް އަޅާލުމަށްވުރެ ނުލުން މާ ބުއްދިވެރިއެވެ. […]
ފަރީޝާއަކީ ދެބައި އުމުރަށް އަޅާފައިވާ އަންހެނެކެވެ. އެހެންނަމަވެސް އޭނާ އަކީ އެންމެ ފަހުގެ ފެޝަންތަކަށް ލޯބިކުރާ މީހެކެވެ. މިއާ ހިލާފަށް ފަރީޝާގެ ފިރިމީހާ މިހާދު އަކީ އެންމެ އާދައިގެ އެއްޗެއްސަށް ލޯބިކުރާ މަސްވެރިއެކެވެ. ބައެއްފަހަރު ފަރީޝާގެ ހުންނަ ދެއްކުންތެރި ކަމެއްގެ ސަބަބުން މިހާދުގެ ހިތަށްވެސް ސަހަރޯހީވެއެވެ. އާދައިގެމަތިން ކަންނެލި ދަތުރެއް ނިންމާލުމަށްފަހު މިހާދު މާލެ އައިސް ހުރި ދުވަހެކެވެ. ޖެހިގެން އޮތް ދުވަހަކީ ފަރީޝާގެ އުފަންދުވަހެވެ. ފަރީޝާއަކީ ރައްޓެހިންނާއެކު އުފަންދުވަސް ފާހަކަކޮށް އުޅޭ މީހެކެވެ. އެހެންވުމުން ފަރީޝާ […]
އޭރު އަހަރެންގެ އުމުރަކީ އެންމެ ހަ އަހަރެވެ. އަހަރެންގެ ތަޢުލީމީ ޙަޔާތް ޔޫކޭޖީ އިން ފެށީވެސް ހަމަ އެހަރުގައެވެ. އަހަރެންނާއި އެކުވެރި ދެތިން ކުއްޖަކު ކުޅެން އުޅުނީމެވެ. ގޭ މަގުމަތީގައެވެ. އަހަރެމެން ދުވެ ދުވެ އުޅެނިކޮށް ގޭދަށަށް މާގިނަ މީހުން އެއްވާތަން ފެނި އަހަރެން ބަލަން ހުރީމެވެ. ވަނީ ކީއްކަމެއް ނޭނގި ހުރެ ދުވެފައި ދިޔައީ ގެއަށެވެ. ކާގެ ދޮރުހުޅުވާފައި ހުރުމުން ކާގެއަށް ބޯދިއްކޮއްލި އިރު މޭޒުމަތީގައި ކުދިބިސްކޯދު ތައްޓަކާއި ޖޫސް ޖަގެއް ހުއްޓެވެ. އަދިވެސް މީހުންތައް […]
ރޭގަނޑުގެ ކެއުމަށްފަހު މީހުންތައް އެކި ކަންކަމުގައި ހޭލިމޭލިވަމުންދަނީއެވެ. ރެއަކީ އުޑުމަތި ސާފުރެއެކެވެ. މަޑު މަޑު ވައިރޯޅިވެސް ޖެހެމުންދިޔައެވެ. ވިލާރޮއްޖެއް، ތަރިއެއް ނެތް ހާމަ އުޑަށް ބަލަހައްޓައިގެން ޒާއިން ހުއްޓެވެ. ޖެހެމުންދާ ހިތްގައިމު ވައިރޯޅީގެ އިހްސާސް ވެސް އޭނާއަށް ނުވާކަހަލައެވެ. ބެލްކަނީގެ ދަގަނޑުގައި ދެއަތް އަޅުވާލައިގެން މައްޗަށް ބަލަން ހުރިއިރު އޭނާގެ ދެލޮލުން ކަރުނަ ވިދަ ވިދާ ހުއްޓެވެ. ކުއްލިއަކަށް އިވުނު އަޑެއްގެ ސަބަބުން އޭނާގެ ސަމާލުކަން އެއަޑަށް ހުއްޓުނެވެ. އެއީ ތަންކޮޅެއް ކުރީގެ […]