ދެމީހުން އެބުރި ހޮޓެލަށް ދިޔައީ މެހެކް ގުޅުމުންނެވެ. އަބަދު ޒުވާބުކޮއް ހަދާ ދެމީހުން އެޕާކުން ނިކުމެ ދިޔައީ އެކުވެރިންގެ ގޮތުގައެވެ. އެލައިޝާގެ ހަޔާތުގެ އެންމެ ބޮޑު ސިއްރު އިބާންއާއި ހިއްސާކުރެވުމުން ހުރީ ހައިރާންވެފައެވެ.ހައިރާން ނުވާންވީ ކީއްވެ ހެއްޔެވެ. އިބާންއާއި ދިމާވިތާ އަދި ހަފްތާއެއްވެސް ނުވެއެވެ.މެހެކްއާއިއެކު އެތަށް އަހަރަކު އުޅެފައިވާއިރުވެސް އެލައިޝާއަށްވަނީ މެހެކް ގާތުގައި އެވާހަކަ ނުބުނެވިއެވެ. ދެމީހުން އެކީގައި ހޮޓެލް ކައިރިއަށް ދިޔައިރު އެމީހުންގެ އިންތިޒާރުގައި ޒެވިޔަންއާއި މެހެކް ތިއްބެވެ. “ދެމީހުން ހަމަ އެކީގަތަ ތިއުޅެނީ…މެހެކް […]
އެސްފިޔައިގެ ހުނަރުވެރި ލިޔުންތެރިންނަށާއި ފޫހިކަމެެއްނެތި ވާހަކަ ވިދާޅުވާ ކިޔުންތެރިންނަށް 2018 ވަނަ އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމެވެ.
2018 ވަނަ އަހަރުގެ ފުރަތަމަ ދުވަހަށް ދިވެހިރާއްޖެ މަރުހަބާކީ ހިތާމައާއި މޮޅިވެރިކަމާއެކުއެވެ. އެންމެންގެވެސް ހިތުގައި އުފެދިފައިވަނީ ސުވާލުތަކެކެވެ. ވާނީވެސް އެހެންތާއެވެ. 1 ޖަނަވަރީ 2018 ގެ ފަތިހުގެ ހަމަހިމޭންކަން ނަގާލީ މާލޭގެ ގެއެއްގެ ސިޓިންރޫމްގައި މާރާލެވިފައިވާ ޒުވާނަކު ފެނުނު ހަބަރު ނޫސްތަކުގެ ފަލަސުރުހީތަކަށް އެރުމުންނެވެ. އޭނާގެ މަރުގެ ގާތިލަކި ކާކުކަން އަދި ކަށަވަރު ނުވިކަމުގައިވިޔަސް އެއްކަމެއް ވަނީ ކަށަވަރުވެފައެވެ. އެއީ އޭނާ މަރާލީ އޭނައާއެކު އެއްފުރާޅެއްގެ ދަށުގައި ދިރިއުޅޭ އޭނާގެ އާއިލާގެ ކޮންމެވެސް އެއް މެންބަރެއް ކަމެވެ. […]
އެއީ 2017 ވަނަ އަހަރުގެ ޑިސެންބަރ މަހުގެ ދުވަހެކެވެ. އަހަރެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ދިޔައީ ކައްދު އަށް ދިއުމަށްޓަކައެވެ.ކަންދިމާކުރިގޮތުން ޖާގަ ލިބިފައި އޮތީ ސީދާ ކައްދުއަށްދާ ފުލައިޓަކުންނެވެ. ނަމަވެސް 2:00 ވީއިރު ބޯޑިންގ އަށް ވަތްގޮތަށް ފުލައިޓް “ޑިލޭ”ވަމުން ގޮސް ފުރޭވަރުވީ 4ޖެހިފަހުންނެވެ.އެހެންކަމުން މުޅިމީހާ ހުރީ ފޫހިވެގެންގޮސް ހަލާކުވެފައެވެ.ފުލައިޓްގައި ދަންނަ އެކަކުވެސް ނެތެވެ.ކުރާނެ ކަމެއް ނެތެވެ.45މިނެޓެއް ހާއިރުގެ ދަތުރަކަށް ފަހު ކައްދުއަށްވެސް އާދެވިއްޖެއެވެ.މަޑުކުރީ ދައްތައެއް ކައިރީގައެވެ. އަހަރެން މިދަތުރު އައީ ލާމު އަތޮޅު ބަލާލުމަށްޓަކައެވެ. އަހަރެން […]
އިބާންއެއް ނޭވާއިން ޖޫސްތަށި ބޮއިލުމައްފަހު އަދި ޖޫސްތައްޓެއް ލިބިދާނެހޭ އެލައިޝާ ކައިރީގައި ބުނެލިއެވެ.އެލައިޝާ ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. މިއީ ހަމަ އޭނާއާއި އަބަދު ދިމާކުރާ އިބާން ހެއްޔެވެ.އޭނާއަށް ލަނޑެއް ދިނީމަވެސް އެއިންނަނީ އެކައްޗެކޭވެސް ނުކިޔައެވެ.އެލައިޝާ އެއްޗެކޭ ނުބުނެ ބަލަން ހުރުމުން އިބާން އެތަނުން ތެދުވެގެން ދިޔައެވެ. އިބާން ދިޔަގޮތަށްގޮސް ވަނީ އޭނާއާއި ޒެވިޔަން ހުންނަ ކޮޓަރިއަށެވެ. ކޮޓަރީ ތަޅުލުމައްފަހު އޭނާ ބެލީ ކުޅިފިލުވައިލެވޭނެ އެއްޗެއް ފެނޭތޯއެވެ. ކޮޓަރި އެއްފުށުން އަނެއްފުށަށް ޖެހިއިރުވެސް އޭނާއަށް ކުޅިފިލުވައިލާނެ އެއްޗެއް […]
ދެފަހަރަށް ހެލޯއޭ ގޮވާލުމުންވެސް ހަބަރެއްނުވުމުން އަލްޔާ “ދޮންބޭ.. މީ އަލްކޮއޭ ” ބުނެލީ އޭނާގެ ދޮންބެ ވާހަކަ ނުދައްކަނީ ކާކުކަން ނޭންގޭތީކަން ފަހުމްވުމުންނެވެ. ” ހެއި އަލްކޮ.. މިގަޑީގަ .. ކަމަކުތަ.. މީކާކު ނަންބަރެއް.. އަނެއްކާ މަންމަޔާ ބައްޕައަށް ކަމެއްވީތަ.. ” އަލޫކްއަށް އެއީ އޭނަގެ އެއްބަނޑު އެއްބަފާ ކޮއްކޮކަން އެނގުމުން އުފާވިނަމަވެސް ވަގުތުގޮތުންހާސްވެ އެއްފަހަރާ އެތަކެއް ސުވާލުތަކެއް ކޮށްލިއެވެ. ” ދެން އަޅޭދޮންބޭ.. މީ އެންމެފަހުން އައި އަލްކޮގެ އުފަންދުވަހު ބައްޕަދެއްވި ގިފްޓޭ.. އެހުރިހާ ދުވަހު […]
އުމުރުން ސާދަ އަހަރުގައި އަހަރެން މާލެ ބަދަލުވީ އިތުރަށް ކިޔެވުމުގެ ބޭނުމުގައެވެ. އެއީ އަހަރެން އަލަށް މާލެ ދިޔަ ފަހަރެވެ. އެރޭ މާލެ ފުރަން ބޯއްޓައް އެރީ ހިތުގައި އަތް އަޅައިގެންނެވެ. މަންމަޔާ ކޮއްކޮމެން ބަނދަރަށް އަހަރެން ފުރުވަން ނިކުމެ ތިއްބެވެ. ލޮލުން ކަރުނަ އޮހޭހާލު މަންމަ އަހަންނަށް ނަސޭހަތް ދެމުން ދިޔައެވެ. ލޯބިން ބަލާ ބޮޑު ކުރި ދަރިފުޅު ލޮލަށް ނުފެންނަ ހިސާބަށް ދާއިރު އަސަރު ނުކުރާނީ ކޮން މަޔަކަށް ހެއްޔެވެ؟ އެ ހުރިހާއިރު ވެގެން […]
އެލައިޝާ އިރުކޮޅަކު އިބާންއާއި ދިމާއަށް ބަލަންހުރެފައި ފޯނު އިބާންއަތަށް ދިނީ އިބާން އަވަހަށް އެތަނުން ފޮނުވާލުމުގެ ބޭނުމުގައެވެ.އޭނާ އުއްމީދުކުރި ގޮތަށް ފޯނުލިބުމުން އިބާން އެތަނުން ދިޔައެވެ. އެލައިޝާއަށް އިބާން ފޯނު އެގެންދިޔައީ ކަމެއް ރާވައިގެންކަމެއް ނޭންގެއެވެ. އެލައިޝާގެ ފޯނުން ފޮޓޯތައް އޭނާގެ ފޯނަށް ފޮނުވާލުމައްފަހު ދެމީހުންގެ ފޯނު ބޭއްވުމައްފަހު އިބާން މަޑުމަޑުން ހިނގައިގަތީ އެލައިޝާއާއި ދިމާއަށެވެ.ލަސް ފިޔަވަޅުތަކެއް އަޅަމުންގޮސް އިބާން ހުއްޓުނީ އެލައިޝާގެ ފުރަގަހުގައެވެ. އިރުކޮޅަކު އެހެން ހުރުމައްފަހު އެލައިޝާ އޭނާގެ އަތްދަނޑިމައްޗަށްނެގިއެވެ.އަދިމީ އޭނާގެ ގަޔަށް ކޭކްޖެހީމަ […]
“ އެހެންވެއްޖެއްޔާ ދެއަންބަށް އަހަރެންނާ އިނދޭ… ސިމްޕަލް..“ އަސްމާ ޒާހިދުގެ އަތުގައި ހިފާލިއެވެ. “ ދެއަންބަށޭ؟ ކޮންމެފަދަ ހާލެއްގަ އުޅެން ޖެހުނަސް ކަލެއަކާ ނިއިންނާނަން… ކަލޭތީ ކާކު މީހަކު އިންނަން…“ އަސްމާގެ އަތް ފޮޅުވާލަމުން ޒާހިދު ގޮނޑިން ތެދުވިއެވެ. ” އިންނަން ޖެހޭނީ.. އެހެން ނޫނީ ރޭޝަމްއަށް ހުރިހާ ހަގީގަތެއް ކިޔައިދޭނަން… އަހަރެންނަށް ޒާހިދު ނުލިބުނިއްޔާ އެހެން މީހަކަށްވެސް ލިބުނަކަ ނުދޭނަން…“ އަސްމާ ޔަގީންކަމާއެކު ބުންޏެވެ. މުޅި ދުވަސް ހޭދަވީ އަސްމާ ދެއްކި ވާހަކަތަކާ ދޭތެރޭ ވިސްނުމުގައެވެ. […]