ނޭންގިހިތޭ ގެންދެވީމަ މިތުރާ… (8)
ދެފަހަރަށް ހެލޯއޭ ގޮވާލުމުންވެސް ހަބަރެއްނުވުމުން އަލްޔާ “ދޮންބޭ.. މީ އަލްކޮއޭ ” ބުނެލީ އޭނާގެ ދޮންބެ ވާހަކަ ނުދައްކަނީ ކާކުކަން ނޭންގޭތީކަން ފަހުމްވުމުންނެވެ. ” ހެއި އަލްކޮ.. މިގަޑީގަ .. ކަމަކުތަ.. މީކާކު ނަންބަރެއް.. އަނެއްކާ މަންމަޔާ ބައްޕައަށް ކަމެއްވީތަ.. ” އަލޫކްއަށް އެއީ އޭނަގެ އެއްބަނޑު އެއްބަފާ ކޮއްކޮކަން އެނގުމުން އުފާވިނަމަވެސް ވަގުތުގޮތުންހާސްވެ އެއްފަހަރާ އެތަކެއް ސުވާލުތަކެއް ކޮށްލިއެވެ. ” ދެން އަޅޭދޮންބޭ.. މީ އެންމެފަހުން އައި އަލްކޮގެ އުފަންދުވަހު ބައްޕަދެއްވި ގިފްޓޭ.. އެހުރިހާ ދުވަހު ބޭނުން ނުކޮށްއޮވެފަ މިހާރު ގިނައިން ސްކޫލްގަ އުޅެންޖެހޭތީ މީގެ ބޭނުންކުރަން މިނެގީ.. ޗާޖްކޮށްފަ އެންމެ ފުރަތަމަވެސް މިގުޅީ ދޮންބެއަށް.. ” އަލްޔާ ވީގޮތް ރަނގަޅަށް އޮޅުންފިލުވައިދިނެވެ. ” ހޫމް ނޭންގޭނުދެން.. މިހާލަސްވީމަ އަލްކޮ ގުޅާފާނެކަމެއްދޯ.. އޯކޭ އެހެންވީމަ ދޮންބެ އަލްކޮ ނަންބަރު މިސޭވްކޮއްލަނީ އިނގޭ.. ދެން މިރޭ ބަސްއަހައިގެން ނިދާލާއިނގޭ .. މާދަންވަންދެންހޭލާނޫޅޭތި.. މާދާމާ ދޮންބެގުޅާނަން ހުކުރުދުވަސްވީމަ ގޭގަ ކައްކާއެއްޗެހީގެ ލިސްޓް ބަލަން.. ” އެހެން ބުނެފައި އަލޫކް ރޭގަނޑުގެ ސަލާމްކޮށްލުމަށް ފަހު ފޯނުބާއްވާފައި ބަލާލިއިރު ފަރޫން އިނީ ލާނެތްފާޑަކަށް ހީގެންނެވެ. ” ހޫމް.. މިހަާރު ކިހިނެއްވީ..” އަލޫކް ބުމައަރުވާލަމުން އެހެން އަހާލުމާއެކު ” ހާދަލޯބި ދޮންބެއެކޭ” ފަރޫން ބުނެލިއެވެ. “ހެހެ.. ކިހާދެރަކަމެއް.. ދެންހެވޭ.. މިއައީ އިތުރުވާހަކައެއްވެސް ދައްކަންވެގެން.. މިއަދު ބައްޕައަށް ގުޅާހަމަޖައްސައިފިން.. ބައްޕަބުނި ފަރޫން ފުރީމަ ގުޅާށޭ.. ހަމަ ބައްޕަމެންގެ ދަރިއަކުހެން ގޭގައުޅެވޭނެއޭ.. އެކަމަކު ދަރިއަކުހެން އިނގޭ.. އޭގެ މާނައަކީ ބައްޕަމެންގެ ބަސްއަހަންޖެހޭނޭ.. ” އަލޫކް އެވާހަކަ އިތުރަށް ތަފްސީލުކޮށްލަދިނެވެ.
******
ލޫޔާގެއަށް ގޮސް ވަންއިރު އިބާ ސޯފާގައި ހިޔާލަކަށް ގެއްލިފައި އޮތްތަންފެނުމުން ބަލާލިއެވެ. އެހެންޏާ އަބަދުވެސް ލޫޔާއަށް އިބާކިބައިން ފެންނަނީ ތުއިކަމެއްނަމަވެސް މިރޭ އެމޫނުމަތީން ފެންނަ ހިތާމަވެރިކަން ލޫޔާއަށްވެސް ފާހަގަކުރެވުނެވެ. ނަމަވެސް މޫޑް ގޯސްވެފައިހުރުމުން މާބޮޑަށް އެކަމާނުވެ ގޮސް ކޮޓަރިއަށްވަދެ ތަޅުލިއެވެ. އަދި އަވަހަށް މޫނުދޮވެލީ ކްލެޖްގައި އިނދެ އެވަރަށް ރުއިމުން ދެލޯ ރަތްވެފައިހުރުމުން ނެވެ. ލޫޔާއަށް ގަބޫލުކުރެެވުނީ ފަރޫން ބަލިވުމުގެ އަސްލަކީ އޭނާކަމުގައެވެ. އެންމެފަހުން ފަރޫންގެ ކްލާސްވެސް އެގެއްލުނީ ހުދު ލޫޔާގެ ސަބަބުންކަމަށް ހީކުރެވި ލޫޔާއަށް އޭނާގެ ނަފްސު ކުއްވެރިކުރެވެނީއެވެ. ނަމަވެސް އަދިވެސް ފަރޫން އެވާ ލޯތްބަށް ލޫޔާގެ ހިތުގައި ސުވާލުއުފެދެއެވެ. ސިކުންޑިއަށް ވެރިވަމުންދިޔަ ހިޔާލުތަކާއި ވެފައިވާ ވަރުބައްޔާއިއެކު ލޫޔާ އެނދުގައި އޮށޯވެލުމާއެކު މަޑުމަޑުން ލޯމެރި ފުންނިންޖަކަށް ގެނބިގެން ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ.
**
ހަފްތާބަންދު ނިމިގެންދިޔައީ ހީވެސްނުކުރާހާ އަވަހަށް ކަމުން އަލޫކް ތައްޔާރުވަމުން ގެންދިޔައީ އޮފީހަށް ނިކުތުތައްޔާރު ވަމުންނެވެ. ފަރޫން ގެނައި ގަމީހާއި ފަޓްލޫނުތަށް ހަމަ ބަރާބަރެވެ. އަދި ޓައީތަށްވެސް އެހާ ގުޅެއެވެ. ވީއިރު މިއަދު އަލޫކް ހުރީ އޭގެތެރޭން އެންމެކަމުދިޔަ ރޯޔަލްބްލޫ ކުލައިގެ ގަމީހާއި ކްރީމްކުލައިގެ ފަޓްލޫނުލައިގެންނެވެ. އަދި ހަމަ ތަންކޮޅެއް ކުލަގަދަ ކްރީމްކުލައެއްގެ ޓައީ އަޅާލާފައި ހުރި އިރު އަލޫކް ފެންނަލެއް ކިތަންމެހާވެސް ހިތްގައިމެވެ. ބޮލުގެ އިސްތަށިގަނޑު ރީތިގޮތަކަށް ޖެލްލާ ތަތްކޮށްލާފައި ވާއިރު ދަށަށްޖަހާލާފައި ހުރުމުން އިތުރަށް އޮފިޝަލްކަމަށް ދައްކައެވެ. ބަރާބަރު ހަތްގަޑި ސާޅީސްފަހެއް ވީއިރު އަލޫކް ހުރީ އޮފީހަށް ގޮހެވެ. އެވަގުތުވެސް އޮފީހުގައި ތިބިމީހުންގެ ނަޒަރު އަލޫކްއަށް ހުޓެމުން ދިޔަކަން ހުދުއޭނާއަށް ވެސް އިހްސާސްވިއެވެ. އެހެންނަމަވެސް އެކަމަށް ފަރުވާލެއްނުބަަހަށްޓާ ކުރަންހުރި މަސައްކަތްތަށް އަލޫކްގެ ސްޕަވައިޒަރު ކިޔާދެމުން ދިއުމުން އެކަމަށް ސަމާލުވިއެވެ.
އެހެން ދުވަސްތަކާއި ހިލާފަށް އިބާ ފޯނުން ޗެތްކުރަމުން އައިސް ސޯފާގައި ޖައްސާލުމުން ނަސްރީނާ އިނީ ބުނާނެއެއްޗެއް ނޭންގިފައެވެ. އޭރުވެސް އިރުއިރުކޮޅާ ހެމުން އިބާ ކޮންމެވެސް މީހަކާއި ޗެޓްކުރަމުން ދެއެވެ. އެވަގުތު ތައްޔާރުވެގެން ނިކުތް ލޫޔާ އަރުޝަދުއަށް ގުޅާ ބަލާއައިސްދިނުމަށް އެދިފައި ނިކުތީ އަދިވެސް ފަރޫން އާއި ދެމީހުންގެ ދެމެދުގައި ވާ ގުޅުމުގެ ހީނަރުކަމުންނެވެ. ލޫޔާ ބޭރަށް ނިކުތުމާއެކު ނަސްރީނާގެ ބޯކޮޅުބަލާފައި އިބާ ސިއްރުން ބޭރުބަލާލިއެވެ. ފަރޫން ލޫޔާ ބަލާ ނާންނާނެކަން އިބާއަށް އެއީ ދުވާލުކަން ޔަގީންވާދައިން އިނގެއެވެ. އޭރުވެސް އިބާދިޔައީ ފަރޫންއާއި ޗެޓްކުރަމުން ކަމުން ސައިކަލްއައިސް މަޑުކޮށްލިކަން އިބާއަށް ނޭންގުނެވެ. އިސްއުފުލާ ބަލާލެވުން އިރު ލޫޔާ މެން ނައްޓާލައިގެން ދިއުމުން އައީ ކާކުކަމެއް އިބާއަކަށް އޮޅުންނުފިލުމުން އެއީ ފަރޫންގެ ކަންތަކޭ ހިތާ ރުޅިއާދެވުނެވެ.
“އަދިވެސް ގުޅުން ރަނގަޅުނުވަނީތަ.. ” އަރުޝަދު ވާހަކަދެއްކީ ސައިކަލްފަހަތުގައި އިން ލޫޔާއާއެވެ. ” އަރޫޝަދު ޕްލީޒް އޭނަގެ ވާހަކަނުދައްކާ.. އަހަންނަށްވެސް މިޖާރުހީވޭ ފަރޫން އަދި ހަގީގީ ލޯބިވާމީހަކާ ދިމާނުވަނީހެން.. އެހެން ނޫންނަމަ އެހެނެއް ނޫޅޭނު.. އެހެންވެ ލޫ މިހާރު ގޮތެއްނިންމައިފިން.. ” ” އެހެންތަ އެއަނެއްކާ ކޮންގޮތެއް.. ލޫ ދެރަވާނެ ފަރޫން އެހެންމީހަކާއެކު ހަމަފެންނައިރަށް ޔަގީން.. ” ލޫޔާ ދެއްކިވާހަކައާއި ވިއްދާ އަރުޝަދުވެސް ބުނެލިއެވެ. އޭރުހުރީ ޔުނިވަރސިޓީ އަށް އާދެވިފައިކަމުން ދެކުދިން އެކީގައި ޔޫނިއަން އޮފީހާދިމާއަށް ދިގައެވެ.
“ހެހެ .. ތީ އަރުޝަދުއަށް ހީވާއެއްޗެއް.. ލޫ ރޭގަވަރަށް ވިސްނިން.. އެންޑް ފަރޫންއާއި ނުލާ ލޫއަށްވެސް އުޅެވޭނެކަން މިހާރު ޔަގީން.. އެކަަމަކު ފުރަތަމަ ދުވަކޮޅު އުނދަނގުވާނެ…އެކަމަކު ދުވަސްކޮޅަކުން އެކަން ހަމަޔަކަށް އެޅިދާނެ.. ” ހަމަޖެހިލާފައި ލޫޔާދެއްކި ވާހަކައަކުން ސީދާ ނުބުނި ކަމުގައިވީނަމަވެސް އަރުޝަދު ވަރަށް ހިތްހަމަޖެހުނެވެ. ފަރޫންއާއި ހެދި ލޫޔާ ހިތާމަކުރާވަރު އެންމެ ގާތުން ދެކޭ އެކަކަކީ އޭނާކަމުން ، ލޫޔާއަށް ހިތްވަރުދިނެވެ. ” ހޫމް ދެން ލޫއަކަށް ނޫނޭ ނަސޭހަތްދޭންވީ.. އަރުޝަދު ކޮންއިރަކުން ބިޓެއްނަގާނީ.. ” ލޫޔާއެހެން ބުނުމާއެކު އަރުޝަދު ކަމުދަ ކުއްޖަކު ފެނިފައިވަ ކަމަށް ބުނުމުން ލޫޔާ ވަރަށް ދިމާކުރިއެވެ.
އިބާއަށް މެސެޖް ކުރަން އިން ފަރޫން ހަތަރުވަނަ ފަހަރަށް ރިމައިންޑާއެރުމުން ފޫހިގޮތަކަށް ބަލާލުމާއެކު މެޔަށްނުބައިގޮތެއް ވެގެން ދިޔައެވެ. އެއީ ކޮންމެދުވަހަކު ލޫޔާ ކޮލެޖަށް ލާންދާން ފަރޫން ހަދާފައިންނަ ރިމައިންޑާއެވެ. މިހާރު ޔަގީނުންވެސް ލޫޔާ ކޮލެޖްއަށް ދާނެއެވެ. ފަރޫންއަށް މިހާރު ލޫޔާއަށް ދުރުވެވިފައުވާ ވަރު ހިތަށް އެރުމުން ދެރަވިނަމަވެސް މާބޮޑުކަމަކަށްނުވިއެވެ. އެދުވަހު ލޫޔާބުނިފަދައިން މިއަދު ފަރޫންއަށްވެސް އޭނާ ލޫޔާދެކެވަނީ ހަގީގީ ލޯބިނޫންކަން އިހްސާސްވެއެވެ. ނަމަވެސް ލޫޔާއަކީ ފަރޫންގެ ހިތުން ހާއްސަ ގަދަރެއްދެވިފައިވާ ފަރާތެކެވެ. އެޔަކަށް ލޯތްބޭ ނުކިޔޭނެކަން މިވީ ދެދުވަހުތެރޭގައި ފަރޫންއަށްވެސް ކަށަވަރުވިއެވެ. “އެހެންްވީމަ އަހަރެންނަށް ހަގީގީ ލޯބިވެވޭނީ ކާކުދެކެބާ.. އަނެއްކާ ކިހިނެއް ކޮންތާކު ކޮންކަހަލަ ކުއްޖަކުދެކެބާ.. ” ފަރޫން ބޮލަށް އަތްމަހާލައިގެން އިނދެ އަމިއްލަ ނަފްސާއި ސުވާލުކޮށްލިއެވެ. އިބާފެނިގެން ނޫނީ ޝަޔާފެނިގެން އާދަޔާހިލާފް އެއްވެސްގޮތެއް ނުވާކަން ފަރޫން އަށް ޔަގީނެވެ. ވީއިރު އަދި އެމީހަކާއި ދިމާނުވަނީއޭ ހިތާހިތާ ކިއަމުން ފަރޫން ފެންވަރަން ދިޔައީ ލޫޔާއާއި ރީތިކޮށް އެވާހަކަ ދައްކަން ނިންމާ މެސެޖް ކޮށްލާފައެވެ.
އޮފީހުގައި އިން އަލޫކް އަށް އެންމެފުރަތަމަ ދުވަހުވެސް އަންހެނުންގެ ކިބައިން ސަލާމަތް ނުވެވުމުން އިނީ ބޯގޮވާވަރު ވެފައެވެ. އެއްޑިޕާޓްމަންޓްގަ މަސައްކަތް ކުރަމުންދިޔަ އަންހެން ކުދިންގެ އިތުރުން ސްޕަވައިޒަރަކަށް އިން ދެބައި އުމުރަށް ދާ އަންހެންމީހާވެސް ބަލާވަރުން ހީވަނީ އެހެންފަދަކަމެއް ހެންނެވެ. ނަމަވެސް އަލޫކް ނިންމީ އެއިން އެންވެސް ކަމެއް ނުފެންނަކަމަށް ހަދާލައިގެން ހުންނާށެވެ. ދުވަސްކޮޅަކުން އެކަން ހަމަޔަކަށް އެޅޭނީ އޭރުންކަމަށް އޭނާގެ ސިކުނޑިއާއި ހިތް އެއްބަސްވުމުންނެވެ. ބްރޭކް ގަޑި ޖެހެން ވެފައި ހުއްޓައި ފަރޫން ގުޅުމުން އަލޫކް ނިކުތް އިރުވެސް އެމީހުންގެ ނަޒަރު ސީދާވެފައިވަނީ އޭނާއަށް ކަން އަލޫކްއަށް އިނގެއެެވެ. ނަމަވެސް އަޅާނުލާދާންފެށުމުން އެކަކު “އެއީ މީހެއްގެ ފިރިއެއްވައްތަރޭ ޖަހަނީ” ބުނެލި އަޑު އިވުނެވެ. ހިނިއައި ނަމަވެސް އެކަން ނުދައްކާ އަލޫކް އަވަހަަށް ނިކުތީ ފަރޫންއަށް ލަސްވެދާނެތީއެވެ.
ރަސްފަންނުގައި ހަދާފައިވާ ކޭ.އެފް.ސީ ރެސްޓޯރަންޓް ކައިރީގައި މަޑުކޮށްލުމަށްފަހު ފަރޫން ލޫޔާއަށް އެތަނަށް އައުމަށް ދައުވަތުދިނެވެ. އަލޫކް އާއި ފަރޫން އެތެރޭގައި މަޑުކޮށްލައިގެން ތިބޭތާ ފަސްވަރަކަށް މިނެޓް ފަހުން އަރުޝަދުއާއި އެކުގައި ވަދެގެން އައި ލޫޔާ އަލޫކް އަށްފެނި ފަރޫންއަށް ދައްކާލިއެވެ. އެއާއެކު ހަނާއަޅާލުމުން އެދިމާއަށް ލޫޔާއާއި އަރުޝަދު އެކީގައި އައިސް އިށީންދެލީ ހުދު ލޫޔާވެސް އެއައީ ނޭންގިނަމަވެސް ފަރޫންއާއި ރީތިގޮތުގައި ވަކިވުމަށް ނިންމައިގެން ކަމަށްވާތީއެވެ.
” ހޭއި ލޫ.. ހޭ އަރުޝަދު.. އަސްލު މީޓްކޮށްލަން ބުނީ ވާހަކައެއްދައްކާލަން.. އެކަމަކު އެހަށް ހިނގާ އެއްޗެއްކާލަން.. ” ފަރޫން ހާސްވިނަމަވެސް މޫނުމަތިން އެކަން ނުދައްކާ ވާހަކަދެއްކިއެވެ. ” މައްސަލައެއްނެތް.. ލޫވެސް މިއައީ ފަރޫން އާއި ވާހަކައެއް ދައްކަން ވެގެން.. ” ” ސޯ.. ކައިގެން އަހަރުމެން އެއްފަރާތްވެލާނީ ދޯ ލޫކް.. ” ލޫޔާ އެެެން ބުނުމާއެކު އަރުޝަދުވެސް ވިއްދާފައި ބުނެލިއެވެ. އަލޫކްވެސް އެކަމާއެއްބަސްވެ ބޯޖަހާލިނަމަވެސް ލޫޔާގެ މޫނުމަތި މިލާފައިވާތަން ފެނުމުން ނޭންގޭ ރިހުމެއް ހިތުގައި އުފެދުނެވެ.
އަލޫކްއާއި އަރުޝަދު ކައިގެން ނިކުމެ ބޮޑުތަކުރުފާނުމަގުގައި އެރެސްޓޯރަންޓްއަށްދާން ހަދާފައި އިންނަ ކުޑަ ބްރިޖްމަތީގައި މަޑުކޮށްލިއެވެ. ކާރޫ ބާރޫބޮޑު އެމަގުގައި ދެކޮޅަށް ދުއްވަމުން ދިޔަ ސައުކަލް ތަކާއި ކާރުއަދި ލޮރީ ޕިކަޕްތަކަށް ގެއްލިފައި ތިއްބާ ދާދި އަވަހަށް ފަރޫން އާއި ލޫޔާވެސް ނިކުތެވެ. ދެމީހުންގެ މޫނުމަތީގައިވަނީ ހިތާމައާއި އުފާވެރިކަން އެކުލެވޭ ހިނިތުންވުމެއް ކަމުން އެއިންމީހެއްގެ މޫނުގައިވާ ކުލަތަށް ތަރުޖަމާކުރާކަށް އަލޫކްއަކަށް ނޭންގުނެވެ. ނަމަވެސް ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ހަމަގައިމެވެ. ” ފަރޫން ބުނި ލޫކް މެންރަށަށް އަންނަ ހުކުރުދުވަހު ދާވާހަކަ.. އަދި އެކޮޅުން ހުރިހާކަމެއް ހަމަޖެހިފަ ހުރިވާހަކަ.. ” ” އެހެންވީމަ އޯކޭއްްނު.. އެކަމަކު ލޫ ބޭނުމީޔާ ފަރޫންއަށް އަހަރުމެންނާއެކުވެސް ދެވޭނެ.. ” ލޫޔާއައިސް އަރޫޝަދުކައިރީ ފަރޫންވެސް ދާވާހަކަ ބުނުމާއެކު އަރުޝަދު އެމީހުން ކުރިންވެސް ނިންމާފައޮތް ގޮތް ބަދަލު ނުވާކަން ހާމަ ކޮށްލިއެެެވެ. ” ފަރޫން އަހަރެން ގަޑިޖެހެނީ.. ” އަލޫކް ފޯނަށް ބަލާލާފައި ބުނެލިއެވެ.
“ކޮބ ކިހިނެއް ނިންމީ.. ” އަރުޝަދު ވާހަކަ ދެއްކީ އެކީގައި ޔޫނިއަން އޮފީހަށް ވަތް ލޫޔާއަށެވެ. “ފަރޫން އާއި އަހަންނާއި ދެމީހުނަށްވެސް ދެވުނީ އެއްވާހަކައެއްދައްކަން.. ފަރޫން ބޭނުމެއްނުވޭ ހަޔާތުގެ ބައިވެރިޔާއަށް އަދި ނުވިކަމުގަވިޔަސް އެއްކޮށް ގުޅުން ކަނޑާލާކަށް.. އަބަދުވެސް ގާތް ރަހްމަތްތެރިކަން އޮންނާނޭ.. އެންޑް ލޫ މީ އަބަދުވެސް ސްޕެސަލްކުއްޖެކޭ.. ” ލޫޔާ ފަރޫންއާއި ދެމެދު ދެކެވުނު ވާހަކަތަށް ކޮންމެވެސް ވަރަކަށް އަރުޝަދުއާއި ހިއްސާ ކޮށްލިއެވެ. ” އެހެންތަ.. ވަރަށއ އުފާވެއްޖެ މިއަދު ލޫއަށް ތިކަމުން އަރައިގަނެވުނީމަ.. އެކަަަމަކު އަހަންނަށް ޔަގީން ލޫ ފަރޫން ދެކެ އަދިވެސް ލޯބިވާކަން.. އެކަމަކު ލިބެންނެތް އެއްޗެއް ހޯދަން އުޅުނީމަ ހިތަށްލިބޭނީ އިތުރު އަނިޔާތަކެއް.. ދެން އެރަށަށް ފަރޫން އެދަނީ ކީއްކުރާށޯ.. ” އަރުޝަދު އުފާވިއެއްކަމަކު ހިތުގައި އެނބުރެމުންދިޔަ ސުވާުކޮށްލިއެވެ. ” ފަރޫންބުނީ ބޯހަމަޖައްސާލަން ދަނީޔޯ.. ލޫކްއަށް ޗުއްޓީއެއްނުލިބޭ އެހެންނޫންނަމަ ލޫކްވެސް ދާނެޔޯ.. ” “އެހެންތަ ދެން ރަނގަޅުތާ.. އިންޝާﷲ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް..” އެހެން ބުނެފައި އަރުޝަދުއާއި ލޫޔާ އެދުވަހުގެ ހުރި ކަންކަން ނިންމަން މަސައްކަތާއިގެން މަސްއޫލުވިއެވެ.
ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ އިން އިބާ މޫނަށް ބަލާލި.ކޮންމެ މީހަކަށްވެސް އޭނާ ހާސްވެ ކަންބޮޑުވެފައިވާ ވަރު އިނގޭނެއެވެ. “އަޅެ އެއީ ހަމަޒޭންތަ.. އެހެންނަމަ ޒޭން އަހަރެން ހޯދަން ނޫޅެނީކީއްވެތަ.. އަހަރެން އެދުވަހު ޖަވާބެއްނުދީ ދިޔާމަ ރުޅިއައިސްފަ ކަންނޭގެ.. ނޫން އެހެންނެއްނުވާނެ ޒޭން އަހަރެންދެކެ ރުޅިއެއް ނާންނާނެ..އެކަމަކު ލޫޔާ އާއި އެކުގަ އުޅޭއިރު އަހަރެންމަތިން ހަނދާންވެސް ނުވަނީތަ.. އަނެއްކާ ލޫޔާއާ.. ނޫން .. ނޫން.. ޒޭން ހަމައެކަނި ލޯބިވާނީ އަހަރެންދެކެ.. މިދޭތެރެއަށް އެލޫޔާގެ ހިޔަނިވެސް އެޅުނަކަ ނުދޭނަން.. ހުރެބަލަ ދެން އަހަރެން ހަދާގޮތް ބަލަން .. އަދި ފަރޫންއާއި އަހަރެން ފްރެންޑް ވެލާއިރަށް އެދެމީހުންވެސް ވަކިވެއްޖެއްނު.. ވަރަށް ފޫހިވޭ.. ” އެކަނިމާއެކަނި އަނގަތަޅަމުންދިޔަ އިބާ ސިހުނީ ގެއަށް އައިސްވަން ޔާސިރު ފެނުމުންނެވެ.
“ބައްޕާ ކިހިނެއްތޯވީ.. އަނެއްކާ ބަލީތޯ.. ” ގެއަށް ވަދެގެން އައި ޝަކީބް ހުރިގޮތްފެނުމުން އަލްޔާއަހާލިއެވެ. ” ބަލި ބައްޔަކީ ނޫންދަރިފުޅާ.. ބައްޕަ ކުޑަކޮށް ބޮލުގަ ރިއްސަނީ.. ކޮބާ މަންމަ.. ބަދިގޭގަ އުޅެންޏާ ގޮވާލަބަލަ.. ޝަކީބު އައިސް ސޯފާގައި އިށީންދެލަމުން އެހެން ބުނުމާއެކު “ލައްބާއޭ” ބުނުމާއެކު އަލްޔާ ބަދިގެއާދިމާއަށް ދިޔައެވެ.
“އަނެއްކާ ކޮންކަމަކާތަ ތިވިސްނަނީ.. ” ޝަކީބްއަތަށް ބޭސްގުޅައާއި ފެންތަށިލައިދެމުން ނާދިޔާއަހާލިއެެވެ. ” ނުވިސްނަން.. ކަމަކާ މިހާރުދެން އަހަރެމެންގެ ދަރިފުޅަށް ވެސް ވަޒީފާއެލިބުނީ ދެން މިހިތަށް އަރަނީ އަލްޔާ ކިޔަވަ ނިމެންވާއިރަށް ލާރިކޮޅެއްއެއްކޮށްލާފަ ވިޔަފާރިއެއް ފަށާ މާލެބަދަލްވާން.. އޭރުން އަލްޔާއަށްވެސް އިތުރަށް ކިޔެވި އަލޫކްވެސް ގެއަށްދައްކަންޖެހޭ ލާރި ނުދައްކާ އަހަރެމެންނާއެކުގަ އުޅެވޭނެއްނު.. ” ޝަކީބު ރެއިންސުރެ ހިޔާލުކުރަމުން އައިގޮތް ނާދިޔާއާއި ހިއްސާކޮށްލިއެވެ. ” ތީ ރަނގަޅުހިޔާލެއް.. ގެވެސްމިހުރީ ރަނގަޅުފެންވަރަކަށް ހެދިފަ އެހެންވީމަ ޗުއްޓީއަށް އައިނަމަވެސް އަހަރެމެން މާލޭގަ ތިބޭއިރު ބޭރުން ރަށަށް އަރާމީހުނަށް ކުއްޔަށްވެސް ދީފަ ބެހެއްޓޭނެ.. އެކަމުންވެސް ވާނީ ފައިދާއެއް.. އެކަމަކު ޝަކީބްގެ ވަޒީފާ ކިހިނެއްހަދާނީ..” ނާދިޔާއަށް އެހިޔާލު ކަމުދިޔަ ނަމަވެސް ޝަކީބްއާއިމެދުގައި ކަންބޮޑުވިއެވެ. ” ނާދިޔާ އެކަމާ ނުވިސްނާ ހުރިހަ ކަމެއް ކޮޅެއްގަ ނުޖެހެނީސް ވަޒީފާ ދުލެއްނުކުރާނެއްނު އަހަންނެއް.. ” ޝަކީބް އެހެން ބުނުމާއެކު ނާދިޔާވެސް އެކަމާ އެއްބަސްވުމުން އަލޫކް ފަރޫންއާއި ގުޅޭގިތުން ކިޔާދިން ހުރިހާ ވާހަކައެއް ޝަކީބް ކިޔާދިނެވެ. ” އެކަމާ އަލޫކް ހާސްވާކަށް ނުޖެހޭނެ.. އަހަރެމެންގެ ދަރިއަށް އެހާ ހެޔޮކުއްޖަކު އަހަރެމެން ވެސް ބަލައި ގަންނާނީ ދަރިއަކުފަދައިން.. ”
ދުވަސްތަށް ފާއިތުވަމުންގޮސް މިއަދަކީ ފުރަތަމަ ސެމިސްޓާ ބްރޭކްކުރިން ކިޔަވާ އެންމެ ފަހުދުވަސްކަމުން ޔުނިވަރސިޓީތެރޭގައި ވަނީ ހަލަބޮލިވެފައެވެ. ޖޫން އިންޓޭކްއަަށް އެޕްލައި ކުރަން އަންނަ ކުދިންނާއި ޔުނިވަރސިޓީގެ ދަރިވަރުންދެކޮޅު ދެކޮޅަށް ހޭލަމޭލަ ވަމުންދިޔައީ ކޮންމެމީހަކުވެސް ކުރަމުން ދިޔަ ކަންތަށް ވީ އެންމެއަވަހަކަށް ނިންމާލެވޭތޯއެވެ. އަލީ އާއި އަރުޝަދުގެ އިތުރުން ލޫޔާވެސް އަތްމަތިއަވަސްކޮށް ތައްޔާރުވަމުންދިިޔައީ މެންދުރުފަހުގައި ފުރަން ހަމަޖެހިފައިވާތީ ގެންދަންޖެހޭ އެއްޗެހި ޕެކްކުރުމުގައެވެ. “ލޫ ދާންވީދު ގެއަށް ތައްޔާރުވާން ހަތަރެއްޖަހާއިރު ޗެކިންއަށް ދާންވާއިރަށް ރެޑީވާތި.. އަހަންނާ އަރުޝަދުދާނަން މިއެއްޗެހި ގެންގޮއްސަ.. ” ކުރަން ހުރިކަންރަކުގެ ބޮޑު ބައިނިމުމުން އަލީ ލޫޔާކައިރީގަ ބުނެލިއެވެ. އެވަގުތު އެތަނަށް އައި ފަރޫންއަށް އެއަޑު އިވުމުން “ހިނގާށޭ އަހަރެން ގެންގޮސްދޭނަމޭ” ބުނުމުން ލޫޔާވެސް ފަރޫން އާއި އެކުގައި ދިޔައީ އެދެމެދުގައި މިހާރު އޮންނަނީ ގާތް ރަހްމަތްތެރި ކަމަށްވާއިރު އެއީ މައްސަލައެއްނޫންކަމުގައި ފެނުމުންނެވެ.
“ލޫމެންފުރަނީ މިއަދުދޯ.. އަހަރެންދަނީ މާދަމާ ފެރީ ލާންޗްގަ ސީދާރަށަށްދެވޭނެއޭގެން.. ލޫމެން ދާނީ ކުޑަހުވަދުއަށް ގޮސްސައެއްނު.. ” ފަރޫން އެހެންބުނުމާއެކު އެއީ އަލީ ކަންތަކޭ ލޫޔާވެސް ބުނެލިއެވެ. ދެމީހުން ވާހަކައިގައި ތިބެ ގެއާ ހަމަޔަށް އާދެވުން އިރުވެސް ނޭންގުނެވެ. ނަމަވެސް ފަރޫންއަށް އެވަގުތު އެގެއިން ނިކުތް އަންހެން ކުއްޖާފެނުމުން ކާރުން ނިކުމެ ރަނގަޅަށް ބަލާލުމާއެކު ދެލޯބޮޑުކޮށްލެވުނެވެ. އިބާއަށްވެސް އެވަގުތު ފަރޫންއާއި އެކުގައި އައި ލޫޔާފެނުމުން މެޔަށް ނުބައިގޮތެއް ވެގެންދިޔައެވެ. އަވަހަށް ގެއަށް ވަދެގެންދިޔައީ ކުރަންނިކުތް ކަންތަށްވެސް ހަނދާންނެތް ފަދައަކުންނެވެ. “އިބާ އެއީ މިގޭކުއްޖެއްތަ.. އެއީތަ ލޫބުނާ ޖައްސާލައިގެން އުޅޭކުއްޖަކީ.. ” ފަރޫން އަށް އަށް އެއްވެސް އިހްތިޔާރަކާނުލައި އެެެން އަހާލެވުނެވެ. އެއާއެކު ފަރޫންއަށް އިބާ އެނގުނީ ކިހިނެއްތޯ ލޫޔާއަށް ވެސް އަހާލެވުނެވެ.
” އެއީ މީގެ ހަފްތާއެއްކުރިން.. އޭނަ އަހަރެންގެ ފަހަތުން ފޮލޯކުރީ.. އެންޑް އަމިއްލަޔަށް ފްރެންޑްވާން ބުނުމުން ފަރޫންވެސް ފްރެންޑްވީ… އޭނަ އެކަމަކު ލޫބުނިހާ ފޮނިގޮތެއްނުހުރޭ.. ” ފަރޫން އެހެންބުނުމާއެކު ” އެއީ ފަރޫންއަށް ފީލްވާގޮތްކަމަށްވެދާނޭ.. ” ބުނިއަޑު އިވުނީ ފަހަތުންނެވެ. ހައިރާންވެފައި ފަރޫންއާއި ލޫޔާ ބަލާލީ އެއަޑުއައި ދިމާއަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
36 Comments!
Comments are closed.






Salaam hurihaaa kiuntherin..? kihinehtha .. layaa balivegen vaahaka upkoh nulevidhiyaama v bodah maafaha edhen.. kiriyaa ulhelevey varuveema miavahah upkohla dhine unmeedhukuran mibaivess thihurihaa kiuntherinnah kamudhaanekamah .. loabivey thihurihaa kiuntherin dhekevess ??????
Awa dhooni thank you so much inform kohladhineema layaa ah vaahaka upkoh nudhevun sababu ?? ly bigkoh
Anytime layaa dhoonii.. lymm???
I like this part?? layaa.. arshadh akee ibaa ge zeyn aa vahtharu kuhjja dhw??! Handhaan nethihjje e thankolhu? zeyn n arshadh aa othy kon gulhumeh baa??!! Hehehe.. anyways… story hama fab❤ when.nxt part? Waiting… goodluck dear?
Hehe sham dhoonyaa handhaanethidhaane aee massalaehnun .. aee zeyn aee arushadhge bodudhahitha dhariehkan innane bunefa .. ? btw thankyou so much my dear ???
Story vv reethi me first dhw…
Thank you dear eenaa .. hehe no dear mifaharu second dhen faharakun first hoadhaanee dhw ???
Varah reethi mi part ves ?
When next part ?
Thank you dear nau .. insha allah maadhamaa genessdheynan ???
Salhi
Thank you dear mimmi ???
Awwww… Wow… Story is fabulous…. Varah varah reethi… Waiting for next part.. Gws Layaa…
Alhe konmefaharaku shifuge comment mifennanee haadhafahakunney .. keehvetha ehaalahun mi comment publish vanee. ? .. thankyou dear shifu ..? ly ???
Varah salhi.. maadhan avahah up kohdhehchey ingey layaa loabi..
Thank you dear nees .. insha allah balaanan ingey? ??
When next??
Thank you dear jm insha allah maadhamaa next part
Vvv reethi mi baivs????
Thank you dear shafa .. ???
Hi layaa. Hows u now??????
Stroy hama obiness to the max ??
Waiting???
Love yuu❤❤❤
Hei dear aiminaabee ? haha layaa mihaaru kudakoh oki ehenve mihaaru mi up kureevess. Btw thankyou dear SJK ? ly ? ??
Yey…. my lovely sissy is back???? now ok???? Story hama habeys???❤❤ whn nxt prt? ??? Waitingssss ??
Yehuda.. jumakko now sis hama stable .. ? insha allah Miadhu vaahaka up kohlaanan ingey.. ly ???
Masha allah stry vvvv salhi.keep it up layaa.
Plx upload tonyt one.
Waiting 4 next part.
Gud nyt layaa.????
Hei dear friends .. v trykurin reyga vaahaka ige one part upkohlan Bt hama nidhi annavarun typenukurevigen .. avahah nidhaalee .. eyrun dhw miadhuge part rangalhah liyeveynee ? hope u understand and thank you dear friends. ?ly ??
layaa haadha molhey vahaka liyan.v kiyaahithun hunaira kome parte ves nime ni hehe.avaha up kodheeba kiyaa hivanee?love u
Shukuran dear saadhu.. kihinehtha.. dhuvasskolheh kohlaafadhw midhimaavee ? and thank you dear saadhu .. ?ly ??
Thnx layaa… story vrh reethi.. reygadu nidhan ive wx visnenii story ga vaane gothaa dheytherey… avahah story up khladhehcheyy
Mishy ekamaku dhoonyaa rangalhah nidhaathi ? vaahakayaa real life v thafaathuvaane ? btw thank you dear mishy ?ly ??
Mi vaahaka 1 prt in feshigen mi hisaabahh mi kii adhi. V salhi.
Assluvesstha ? alhey thankyou dear chokkolhey ?ly ??
Heheheh… Yeah knme faharakuvx shifoo ge comment varah lahun publish vanee… Neynge kyhve kameh… Baivaru faharu balaairuvx publish nuvey… So sad
V Reethi
Story is nice ❤
If you don’t mind can I ask yuh a question??
Thy “Ekugaivaan Beynumey” story liyaa kujjaa tha
*Ekugaivaan Edhemey*
Hey layaa .
Dear kobaa today ge part.plx upload .waiting.