އިރުއެރުމާއެކު ރޭޝަމް އަވަސްވެގަތީ ސައި ތައްޔާރުކުރުމަށެވެ. އޭރު އިމްލީވެސް ބަދިގެތެރޭގައި އަވަދިނެތި އުޅެއެވެ. ސައި ތައްޔާރުކޮށް ނިމުމާއެކު ޒާހިދަށް ގޮވަން ރޭޝަމް ދިޔައެވެ. އޭރުވެސް ޒާހިދު އޮތީ ގަދަ ނިދީގައެވެ. ރޭޝަމް ގޮވާ ގޮވާ ޒާހިދު ތެދުވާކަށް ނޫޅުނެވެ. ” ތިހެނެއް ނުނިދޭނެ ކުރިން ނިދާހެންނެއް ދެން އަބަދަކު…..“ އެނދުން ތެދުވަމުން ކައިރީގައި ހުރި މޭޒުމަތީގައި ހުރި ފެންފުޅިން އަތަށް ފެންފޮދެއް އަޅާލުމަށްފަހު ޒާހިދުގެ މޫނުގައި ރޭޝަމް އަތް ކާއްތާލިއެވެ. އެއާއެކު ފުންމައިގެން ގޮސްފައި ޒާހިދު ތެދުވިއެވެ. […]
ރަށުތެރެޔަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. ދެނަމާދު ދޭތެރެ ކަމުން މަގުމަތީގައި މީހުން ވެސް ވަރަށް މަދެވެ. ރަށުގެ ބޮޑު މަގު ހުރިގޮތަށް ހިނގަމުން އައި އަލާންގެ ފިޔަވަޅުތައް އަވަސް ވެފައި ވީއިރު އޭނަގެ މޫނުމަތިން ކަމަކާ ހިތްހަމަ ނުޖެހިފަ ހުރިކަން އެނގެއެވެ. އޭނަ ފެނުނު ކޮންމެ މީހަކަށް ވެސް އެކަން ފާހަގަ ކުރެވޭނެއެވެ. “އެކަމެއްގެ ވަގުތުގައި އެކަމެއް ނުކުރެވޭ ގޮތްވަނީ ކީއްވެތަ؟ މިއީ ޤުރުޢާން ކިޔަވާގަޑި…. މިގަޑީގަ އިތުރު އެއްވެސް ކަމެއް ކޮށްގެންނުވާނެ…. ދޭ…. ޚަތިމް ހިފައިގެން […]
ޒާހިދު އެހެން އެހުމާއެކު ތުއި ގޮތަކަށް އެތެރެއަށް ވަނުމަށް އިޝާރާތްކޮށްލަމުން އެކުއްޖާ އެތެރެއަށް ހިނގައިގަތެވެ.މޫނުން އޮހެރެމުން ދިޔަ ދާތިކިތައް ގަމީހުގެ އަތުން ފޮހެލަމުން ޒާހިދު އެތެރެއަށް ވަނެވެ. އެތެރެއަށް ވަދެގެން ދިޔައިރު އެކި އުމުރުފުރައިގެ މީހުން މަސްހުނިވެ، ފާހިޝް އަމަލްތަކުގެ ތެރެއަށް ޢަރަޤުވަމުންދިޔަ މަންޒަރު ފެންނަމުންދިޔައެވެ. ޒާހިދު ހިނގަމުން ދިޔައީ އެއްކަލަ އަންހެން ކުއްޖާގެ ފަހަތުންނެވެ. ދަނބު ކުލައިގެ ދޮރަކާ ހަމައަށް ދެވުމާއެކު އެކުއްޖާގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. އެކޮޓަރި ތެރެއަށް ވަންނާށޭ ބުނެލަމުން އެކުއްޖާ އެތަނުން ދިޔައެވެ. […]
“ މެރީ ކުރުން …އެއްބަސްތަ؟“ ޒާހިދުގެ މޫނުން އުފާވެރިކަން ފާޅުވަމުންދިޔައެވެ. “ މެރީ ކުރަންށޭ؟؟؟؟“ ރޭޝަމްއަށް ގަބޫލުކުރަންދަތިވިއެވެ. ” ހްމް.. މެރީ ކުރަން…. އެއްބަސްތަ؟ އަހަރެންނަކަށް އިތުބާރެއް ނުކުރަންތަ؟“ ޒާހިދު ރޭޝަމްއާ އިތުރަށް ގާތަށް ޖެހިލިއެވެ. “ އަހަރެންނަކަށް ނޭނގެ… އަހަރެން ޒަފޫ ކައިރީ ވެސް އަހާލަން ބޭނުން…“ ރޭޝަމް ލަދުންގޮސް އިސްދަށަށް ޖަހާލިއެވެ. ” ކީއްކުރަން އެހެން މީހުން ކައިރީ އަހަނީ؟ މެރީ ކުރަނީ އަހަރުމެން ދެމީހުންނެއްނު… އަހަރެން ބޭނުން ޖަވާބެއް ހަމަ މިވަގުތު“ ރުޅި […]
އިތުރު ވަގުތު ބޭކާރުނުކޮށް އެކޮޓަރިން މިންހާ ނެރުމަށްފަހު ގޭގެ ބޮޑު ދޮރާ ދިމާލަށް އެމީހުން ހިނގައިގަތެވެ. ރޮވިފައިވާ ހާލު ނިދާފައި އޮތް ނަރީމާއަށް މިންހާ ބަލާލިއެވެ. އެހީއަށް އެދި ގޮވަން ބޭނުންވިޔަސް އެފުރުސަތެއްވެސް މިންހާއަކަށް ނެތްކަހަލައެވެ. “ އަވަހަށް ކާރަށް އަރުވާ…10 މިނިޓްތެރޭ ބަނދަރުމައްޗަށް ދާންޖެހޭނެ.. ބޭނުންހާ އިރެއް ވަންދެން ލޯންޗެއް ނޯންނާނެ… ކަމޯން ލެޓްސް ގޯ…“ އެތަނުން އެކަކު ގޮވާލި އަޑުއިވުނެވެ. އެވަގުތު އެތަނުން އެކެއްގެ ފައިން ޖެހިފައި ގޭތެރޭގައި ބަހައްޓާފައި ހުރި ބިއްލޫރި ފުޅިތަކެއް ވެއްޓުނެވެ. […]
“ އަހަރެންވެސް ވަރަށް ހިތްހަމަޖެހޭ އަދި ވަރަށް އުފާވޭ ރޭޝަމް އަހަރެނަށް ލިބުނީމަ… އަދި އޭރު އަހަރެން އުޅުނު ގޮތް ދޫކޮށްލެވޭތީވެސް ވަރަށް ހިތްހަމަޖެހޭ.. އެކަމަކު..“ ޒާހިދު ވާހަކަ ހުއްޓާލިއެވެ. ” އެކަމަކު ކިހިނެއްވީ؟“ރޭޝަމް ހާސްވެފައި އަހާލިއެވެ. “ މައްސަލައަކީ އަހަރެންގެ ފެމިލީ…. އާމިރާއްތަ ނެތުމުގެ ފަޅުކަން ވަރަށް ބޮޑަށް އިހުސާސްކުރެވޭ… އާމިރާއްތަ ހުރީ ކޮންތާކު ކަމެއްވެސް،ކޮންފަދަ ހާލެއްގަ ކަމެއްވެސް އަހަރެންނަކަށް ނޭނގެ… ރޭޝަމްއަކަށް ނޭނގޭނެ އަހަރެން އެކަމާ ދެރަވާ ވަރެއް…“ ޒާހިދު އިސްދަށަށް ޖަހާލިއެވެ. ” […]
“ އަހަރެން ކިހިނެއް ރޭޝަމްއަށް އޮޅުވާލައިގެން މިންހާގެ މައުލޫމާތު ހޯދާނީ… ރޭޝަމް ބޭނުމެއްނުވާނެ މިންހާއަށް ދެރަގޮތެއް ވާކަށް …އެކަމަކު އެގޮ ތަށް އެކަންތައް ނުވެއްޖެއްޔާ ރޭޝަމްގެ ދިރިއުޅުން ވެއްޔާ މޮޑެވިގެންދާނެ…… އޭރުން އަހަރެންގެ ދިރިއުޅުންވެސް ނިމިގެންދާނެ….“ ޒާހިދުގެ ހިތަށް އަރަމުންދިޔަ އެއްޗެހިން ބޮލުގަ ރިއްސަންފެށިއެވެ. ދެލޮލުން ކަރުނަ ފާއްދާލުމާއެކު އަވަސް އަވަހަށް ޒާހިދު ދެލޯ ފޮހެލިއެވެ. މިއަދު އެއައި މީހަކީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަން ރޭޝަމްގެ ހިތުގައި އުފެދެމުން ދިޔައެވެ. ކޮންމެފަދަ ހާލެއްގައި ވިޔަސް ރޭޝަމް ބޭނުންވަނީ […]
ޒާހިދުގެ ދެލޮލުން ފާޅުވަމުންދިޔަ ހިތްދަތިކަމާ އާދޭސް ރޭޝަމްއަށް ބަލާކަށް ފަސޭހައެއް ނުވިއެވެ. ޖަވާބެއް ދިނުމުގެ ބަދަލުގައި ރޭޝަމް އެނދުން ތެދުވިއެވެ. ” އަހަރެން ބޭނުންވާ ކަހަލަ މީހެއް ނޫން ތީ …އަހަރެންނަށް މައާފްކުރޭ…“ ރޭޝަމް ވާހަކަދެއްކީ ޒާހިދަށް ފުރަގަސްދީގެން ހުރެއެވެ. ” ޕްލީޒް… ތިހެން ނުބުނޭ… ރޭޝަމްވެސް އަހަރެންދެކެ ލޯބިވާކަން އަހަރެންނަށް ޔަގީން… ރޭޝަމްގެ ދެލޮލުން ފެނޭ އަހަރެންނަށްޓަކައި ތިހިތުގަވާ ލޯބި…“ ޒާހިދު އެނދުން ތެދުވެ ރޭޝަމްގެ ކުރިމައްޗަށް ހުއްޓުނެވެ. އޭރު ރޭޝަމްގެ ދެލޮލުން ކަރުނަ އޮހެރެމުންދިޔައެވެ. […]
އެގޮތަށް 20 ފަހަރު ފޯނު ރިންގުވީތަނާ ރޭޝަމްއަށް ސިހިފައި ފޯނަށް ބަލާލެވުނެވެ. ނުދަންނަ ނަމްބަރަކަސް އެކާ ގިނައިން ގުޅާފަ އިނުމުން ދެވިސްނުމެއްގައި އޮވެ ރޭޝަމް އެކޯލަށް ޖަވާބުދިނެވެ. ” ޖަނާހުއޭ މީ….ހާދަ ވަރަކަށް ގުޅިއްޖެއޭ …“އެކޮޅުން ވާހަކަދެއްކީ ޖަނާހުކަން އެނގުމާއެކު ރޭޝަމްއަށް ގިސްލެވެންފެށުނެވެ. “ ރޮނީތަ؟ ކިހިނެއްވީ؟ ޕްލީޒް ބުނެބަ ރޭޝަމް ޕްލީޒް..“ ހާސްވެފައިހުރެ ޖަނާހު ސުވާލުކުރިއެވެ. އެއާއެކު ރޭޝަމްގެ ރުއިން ވީ އިތުރެވެ. ” އަޅެ އާދޭސްކޮށްފަ މިއަހަނީ ޕްލީޒް ވީ ގޮތެއް ބުނެބަލަ…“ ރޭޝަމް […]