ވަރުބަލިވެފައިވާ ހަށިގަނޑަކާއި އެކީ ނިދިފައިވާ އަޝްވާއަށް ހޭލެވުނެވެ. އޭރު މުޅި ކޮޓަރީގައި ވަނީ ފަޑު އައްޔެކެވެ. ވަރަށް އުދަގުލުން ކަހަލަ ގޮތަކަށް އަޝްވާ ތެދުވާން މަސައްކަތް ކުރަން ފެށިއެވެ. ބޮލުގައި އަތް އަޅާއިގެން އަޝްވާއަށް ކޮޅަށް ތެދެވެވޭވަރު ވިއެވެ. އަޝްވާ ދެތިން ފިޔަވަޅު ކުރިއަށް އަޅާލިއެވެ. ނަމަވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ބޯ އަބުރައި ގަންނަ ގޮތް ވިއެވެ. އެހީއަށް އެދެވޭނެހާ ހިތްވަރެއް ނުލިބި އަޝްވާ ވެއްޓެމުން ދިޔައެވެ. ދެންވާނީ ކިހިނެތް ކަމެއް ނޭނގޭ ހާލު […]
މިހާރު ޝައިމްގެ ކައިވެނީގެ ހަފުލާއަށް ޒީނަތްތެރި ކޮށްފައިވާ ޓެރަސްގައި ދެފަރާތުގެ އާއިލާގެ މެމްބަރުންނާއި ރައްޓެހިން ހަރަކާތްތެރިވަމުން ދިޔައެވެ. އަލަތު ކައިވެނީގެ ގޮށް ޖެހުނު މަލަކާއާއި ޝައިމް އެއްމެނާއި ސަލާމް ކުރަން އެއްފަރާތުގައި ތިބި އިރު މެހުމާނުންގެ ފޮޓޯ ނެގުމުގައި ކާއިން އަވަދިނެތި އުޅެމުން ދިޔައެވެ. ކާއިންއަކީ ޝައިމްގެ އެއްމެ ގާތް ރަހުމަތްތެރިއާއެވެ. ޝައިމްއަށް ލޯބި ހޯދަން ދިމާވި ދަތިތަކުގައި އޭނާއަށް އެހީވެ ދިނުމަށް ކާއިން ދިވެހިރާއްޖެއަށް އައިސްގެން އެއުޅެނި އޭނާ ކިޔަވަމުންދާ އެމެރިކާގެ ކޮލެޖުގެ ޗުއްޓީ ދުވަސްކޮޅާއި […]
“ފޯނު އަތަށް ނަގައިގެން ކިހިނެތް ވެފައި ތިއިނީ” އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން، އުނގުމަތީ އޮތް ބާލީސް މަތީ އޮތް ފޯނަށް ގެއްލިފައި އިން ހިންދު ފެނިފައި ރީމް އަހާލިއެވެ. “މިއުޅެނީ އަޝްވިންއާއި ވާހަކަ ދައްކާނެ ގޮތެއް ނޭނގިގެން. އަހަރެން ތެންކުޔޫ މެސެޖެއް ފޮނުވީމަ އޭނަ ރިޕުލައި ކުރީ “އެނީޓައިމް ” އޭ ކިޔާފަ.. ރީމް ބުނެބަލަ އަހަރެން ކީކޭތަ ކިޔަންވީ” ބޯ އަރިކޮށްލައި ރީމްއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ދެން ލިޔޭ.. އައި ލަވް ޔޫ.. ލެޓްސް […]
އަސުރުން ތިރިވި ފަހުން ފެށިގެން ބޯކޮށް ވާރޭ ވެހުމަށްފަހު މިހާރު ވިލާތައް ކެހި އުޑުމަތި ސާފުވާން ފައްޓައިފިއެވެ. އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ހަނދަށް މަރުހަބާ ކިޔަމުން އަލްވަދާއު ކިޔަން ތައްޔާރުވަނީއެވެ. އުޑުގެ ކޮންމެ ދިމާލަކުންވެސް ވީ އެއްމެ ރީތި ކުލައެއް ދިއްލޭތޯ މަސައްކަތް ކުރަމުން އެބަދެއެވެ. ގުދުރަތީ ރީތި މަންޒަރަކުން އެއްމެންނަށް އާޝޯހުކަން ގެނެސްދެމުންނެވެ. ހުޅުމާލެއިން މާލެއަށް ދަތުރު ކުރަމުން ދިޔަ ފެރީގައި އަޝްވިން އިނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަޝްވާއާއި ޖެހިގެންނެވެ. ހުޅުމާލޭގައި […]
އެއްވެފައިވާ ނޫސްވެރިންގެ ކެމެރާތަކުގެ ކުރިމަތީ ހުރެ އިންސާފަށް އެދި ސަލާންޖަހަމުން އެދަނީ ޒައިނަބްގެ މަންމައެވެ. ލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހޮރެމުން ދާއިރު އެފަކީރު އާދޭސް ކުރަމުން އެދަނީ ހަމަ އެންމެ ކަމަކަށެވެ. އެއީ އަނިޔާވެރިކޮށް މަރާލެވިފައިވާ އޭނާގެ ދަރިފުޅަށް އިންސާފު ހޯދައި ދިނުމަށެވެ. އެއީ މީގެ ކުޑަ ދުވަސްކޮޅެއް ކުރީގެ ހާދިސާ އެކެވެ. ޒައިނަބަކީ އެއާއިލާގަ ހުރި އެންމެ ހަގު ކުއްޖާއެވެ. އުމުރުން ނުވަ އަހަރުގެ ޒައިނަބްގެ މައިންބަފައިން ވީ އުމްރާއަށް ގޮސްފައެވެ. އޭރު ޒައިނަބާ […]
“އަހަންނަށް ޖަވާބެއް ދީ މި ދެހަފްތާ ތެރޭ..ރަގަނޅަށް ވިސްނައްޗޭ އިނގޭ..މެހެކްއާއި ދޭތެރޭ..ހެހެ..ތިހެން ކަންބޮޑުވެފައި ހުންނަ އިރު ހާދަ ލޯތްބޭ..” އެލައިޝާގެ މޫނުގައި ހިފައިލުމަށްފަހު އަޒެލް ބުނެލިއެވެ. އަދި ދަނީއޭ ބުނެފައި އެތެރަށް ދާން ދިޔައެވެ. “އަދި ހަނދާން ނެތުނީއޭ..ދީބާ ލައި ނަމްބަރު..އޭރުންނެއްނު އަހަންނަށް ގުޅޭނީ..” ގެޔަށް ވަންނަން ދިޔަ އަޒެލް އެބުރި އައިސް ބުނެލިއެވެ. އެލައިޝާ އެއްޗެކޭ ނުބުނުމުން އަޒެލް އޭނާގެ ފޯން އަތުލައިފައި އެއިން އަޒެލްގެ ނަމްބަރަށް ގުޅައިލިއެވެ. “އިންނާނެ އަހަރެންގެ ނަމްބަރު ސޭވް ކޮއްފަ..ލަވް […]
” މަމް އެވްރިތިންގ އިޒް ގްރެއިޓް ، އައި ހޭވް ސަމްތިންގ ޓު ޓެލް ޔޫ ” … އީވާ ވަރަށް ކަންބޮޑުވެ ހުރެ އަހައިލިއެވެ. ” އަނެއްކާ ކިހިނެއްވީ ؟ ” .. އާނިޔާ އަހައިލިއެވެ.. ” މަންމާ އީވާ ގެ ……” ” ދަރިފުޅާ އީވާ މަންމަ މިވަގުތު ތަންކޮޅެއް ބިޒީ ކޮށް މިއުޅެނީ ، އެންޑް އީވާ ބީ ވެރީ ކެއާފުލް އިނގޭ އެންޑް ޓޭކް ކެއަރ ، މަންމަ ފްރީ ވި […]
މެހެކްއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. އޭނާގެ ބައްޕައަކީ ހަމަ އެހާ ހިތްހަރު މީހެއް ހެއްޔެވެ. އޭނާގެ އުފަލަކީ އެބައްޕައަށް މުހިއްމު ނުވީ ކީއްވެ ހެއްޔެވެ. މަޖްބޫރުން ކުރެވޭ ކައިވެންޏަކުން އޭނާއަށް ލިބޭނީ ކޮން އުފަލެއްހެއްޔެވެ. ކޮޓަރިއަށް ވަދެ މެހެކް އަވަސްވެގަތީ އެލައިޝާއަށް ގުޅައި އެވާހަކަތަށް ކިޔައިދޭށެވެ. “އަޅޭ ހާދަ ދެރަ ގޮތެކޭ ތިވީ..މެހެކް ދެން ނުރޮއި ހުއްޓާލާ..ކިތަންމެ ވަރަކަށް ރުޔަސް ކަމެއް ހައްލެއް ނުވާނެ އެއްނު..ލައި ދަންތަ މެހެކް ކައިރިއަށް.. އެކަނި އިނީމަވެސް ބޮޑަށް ވިސްނޭނީ..” […]
ދެމީހުން ކައިރީ ހުރި ކެފޭއަށް ވަދެ އޯޑަރު ދިން ތަނުން އެލައިޝާއަށް މެހެކްގެ ކޯލެއްއައެވެ. މެހެކް ހުރީ ވަރަށް ހާސްވެފައިކަން އަޑުން އިނގުނެވެ.މެހެކް ބުނީ ވަރަށް އަވަހަށް އެލައިޝާމެން ގެޔަށް އައިސް ދިނުމަށެވެ. އޭނާ ހުރީ އެލައިޝާ ހޯދަން އެގެޔަށް އައިސް ކަމަށެވެ.”ވަރަށް އަވަހަށް ގެޔަށް ދާން ޖެހިއްޖެ..މެހެކް އެގުޅީ..ޔަގީން އޭނައަށް ކަމެއް ވެއްޖެ..އިބާން އާދޭ އިނގޭ ކޮފީ ބޮއެގެން..އަހަރެން މިދަނީ..” އިބާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އެލައިޝާ ކެފޭއިން ނިކުންނަން ދިޔައެވެ. އެލައިޝާ ގެޔަށް ވަދެ […]