މިހުރިހާކަމެއްގެ ސަބަބުން ކުޑަ ކުޑަ ޔަނާލަށް ލިބެމުން ދިޔައީ ހައިރާންކަމެކެވެ. މަންމަގެ ނިޔާވުމަށްފަހު އޭނާގެ ބައްޕަޔަށް ބޮޑެތި ބަދަލުތަކެއް އައިސްފިކަން އެ ޅަސިކުނޑިއަށްވެސް ވިސްނުނެވެ. ލޯބިވާ ބައްޕަގެ ފަރާތުން ލިބޭ ވޭނީ ހަޅޭކާއި ކުރާ އަނިޔާތަކުން ލިބޭ ޒަހަމްތަކުގައި އަޅާ ވޭނުން އޭނާ ނުރޮއެދާ އެންމެ ދުވަހެއްވެސް ނުދެއެވެ. އެ ގޭގެ މަސްލަހަތު އިތުރަށް ގޯސްވެގެން ދިޔައީ އައިކަލް އޭނާގެ ހަޔާތަށް އިތުރު އަންހެނަކު ގެނައުމުންނެވެ. އާލިމާއަކީ އޭނާގެ އުމުރުގެ މީހުންގެ ތެރެއިން ހޮވާލެވިދާނެ ފަދަ ރީތި […]
ކުޑައިރު ކޮޅަކު ހޮސްޕިޓަލް ގައި ހުރެފައި އަރެން ގެއަށް ދިޔައީމެވެ. ގެއަށް ދިޔަ މަގުމަތީ ރިހާމް އަށް ގުޅާފައި ގެއަށް އައިސް ދިނުމަށް ބުނީމެވެ. އަހަރެން ދިޔަ އިރު ރިހާމް ތިރީގައި ހުއްޓެވެ. ދެމީހުން އެކީގައި ގޮސް ލިފްޓައް އެރީމެވެ. *************************************** “ރިހާމް ޔޫ ނީޑް ޓު ހެލްޕް މީ ޓު ކްލީން އަޕް ދިސްމެސް!” އަހަރެން ކޮޓަރި ރިހާމަަށް ދައްކާލިމެވެ. “ލާހައުލަ ވަލާ ގުއްވަތަ އިއްލާބިއްލާހް!ޔާން މިކޮންކަމެން؟ސުބުހާނައްﷲ!” “ރިމް ވިލް ޔޫ ހެލްޕް މީ […]
ރާސިލް އުނދަގޫ ގޮތަކަށް ލޯ ހުޅުވާލުމާއެކު އޭނާ މޭޒުމަތީގައި އިން ފޯންނަގާ ނަމާދަށް ދާށޭ ލިޔެލާފައި ދަށްކާލިއެވެ. އައިލީޝް ގެ މިއަމަލުން ރާސިލް ގެ ތުންފަތަށް މިފަހަރަ ހިނިތުންވުމެއް ވެރިވިއެވެ. ހެޔޮލަފާ އަންބެކޭ ހިތަށް އެރިއެވެ. ރާސިލް ވެސް އެއްވެސް އެއްޗެއް އިތުރަށް ބުނުމެއްނެތި ފާހާނާއަށް މިސްރާބުޖެހިއެވެ. ޒީޝާ އޭނާގެ އެއްފަރާތުގައި އަރާމުކޮށް ނިދާފައިވާ މާނިއު އަށް ބަލާލިއެވެ. ފެންކަޅި ވެފައި ވީ ދެލޮލާ އެކީ އޭނާ ބަލަން އިން އިރު އެ ހިތުގައި އަޅަމުން ދިޔަ […]
ދޮންބެ. ވަރަށް ބަނޑުހައި ހިނގާ އަވަހަށް ކާން ދާ ރައި ދައްތަ ހަދާ އެއްޗިހި ވަރަށް މީރުވާނެ!” ނައިރާ ގޮވައިގެން ރޫމްއާއި ދިމާއަށް މިސްރާބު ޖެހިިީމެވެ. ****************************** ހެނދުނު ގެ ނާސްތާ ނިއްމާލުމަށް ފަހު ނައިރާ ގޮވައިގެން ގެއަށް ދިޔައީމެވެ. ނުވަ ބުރިއަށް ނަގާފައިވާ ގޭގެ ހަތަރުވަނަ ފަންގިފިލާ އެއީ އަހަރެމެން ގެ ބަޔެވެ. ގެއަކީ ބައްޕަ ފަރާތު ކާފަ ގެ ގެއެވެ. އަހަރެން ގެ އުމުރުން އެންމެ ހަތަރު އަހަރުގައި ބައްޕަ ވަނީ މި އަނިޔާވެރި […]
ޖެހެމުންދާ މަޑުވައިރޯޅިން ވަށައިގެންވާ ގަސްތަކުގައި ހީވަނީ ލުއި ނާނާއެއް އަޅުވާހެންނެވެ. ހުދުބޯ ކިރުކޮޅެއްފަދަ ދޮންވެލިގަނޑުގައި ބޮސްދެމުން ދިޔަ ކުދި ރާޅުތަކުގެ ހިތްގައިމު އަޑުން މުޅި އަތިރިމަތީގެ ހިމޭންކަން މުގުރާލަމުން ދިޔައެވެ. ވަގުތަކީ ރޭގަނޑުގެ ހިތްގައިމު ވަގުތުކަމުން ރޭގަނޑުގެ ރާނީކަމަށްވާ ހަނދު އޭގެ ދަރުބާރުގައި ހިނިތުންވެލައިގެން އިންއިރު ތަރިތައް އެދަރުބާރުގެ އަމީރުންގެ ގޮތުގައި ކުދި މުތީތަކެއްހެން އޭގެ އޭގެވާޖިބު އަދާކުރުމުގައި ދެމި ތިއްބެވެ. ހަނދުގެ ރިހި އަލިން މުޅި އަތިރިމަތި ހީވަނީ ހުދު ފަނޑު ބޮތްކަކުން ދިއްލާލާފައިވާހެންނެވެ. […]
މޯޅިއަކަށް ދެމެމުން ބަދިގެއާ ދިމާލަށް މިސްރާބު ޖެހީ ގޭތެރެއޮތް ހާލަތު ބަލާލުމަށްޓުކައެވެ. ބަދިގެ ދޮރުމައްޗައް އެރުމަށްފަހު އެތެރެއަށް ބޯދިއްކޮއްލީ އެއްވެސް މީހެއްގެ ހިލަމެއް ނުވުމުންނެވެ. ” މަންމާ..” މަންމަ އަށް ގޮވަމުން މަންމަގެ ކޮޓަރިއާ ދިމާލަށް އަޔާނީ ހިނގައިގަތީ ބަދިގެ ތެރެއިން މަންމަ ނުފެނުމުންނެވެ. މަަންމަ ކޮޓަރި ދޮރު ހުޅުވާލި އަޔާނީއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ތަޅުން ގަނޑު މަތީ ވެއްޓިފައި އޮތް އޭނާގެ މަންމަ އާމިރާ ފެނި މަންމަ އަށް ގޮވަންފަށައިފިއެވެ. އާމިރާގެ ފަރާތުން އެއްވެސް […]
ދެލޯ ހުޅުވާލި ވަގުތު އަހަރެންގެ ހަށިގަނޑަށް އިހުސާސް ކުރެވެމުން ދިޔައީ ފިނިކަމެވެ. ކަޅި އެކި ކޮޅުކޮޅަށް ދައުރުކޮށްލުމާއެކު މި އޮވެވުނީ ކޮންތާކުކަން ރޭކާލައިފިއެވެ. އެޖެންސީގައި ހުންނަ އަހަރެންގެ ކޮޓަރީގައެވެ. ދިގު ހުވަފެނަކުން ހޭލެވުމުން ކުރެވޭ ފަދަ އިހުސާސެއް އޭރު އަހަރެންގެ މުޅި ހަށިގަނޑަށް ކުރެވެމުން ދިޔައެވެ. އަނގަމަތީގައި އަޅާފައިވާ އޮކްސިޖަން މާސްކު ނައްޓާލަމުން އަހަރެން ބޯ ހިއްލައި އެނދުފަޑީގައި ލެނގެލީމެވެ. ކޮޓަރީގައި ހުރި ސޯފާގައި، ނިދިޖެހެމުން ދިޔަ ރާޔާއަށް މަންޒަރު ފެނުމާއެކު އޭނާ ފުންމައިގެން ތެދުވެއްޖެއެވެ. އަވަސް […]
އެތައް ދުވަހެއް ފަހުން ފަތިސްނަމާދު ބަންގީގެ އަޑަށް އަހައްނަށް ހޭލެވުނެވެ. ބަންގީގެ އަޑު އިވުމުން ބުނެދޭން ނޭނގޭ ކަހަލަ ހަމަ ޖެހުމެއް ލިބުނެވެ.ބަންގި ނިމުމާއެކު ނައިރާ އަހައްނަށް ގޮވާލިއެވެ. ލޯމަރާގެން އޮތުމުން އޭނާ ހީކުރީ އަހަރެން އޮތީ ނިދާފައި ކަމަށެވެ.”މމ ދޮންބެ ބަންގި ގޮވާފި ނަމާދުކޮށްލަން ދާންވީނު؟” އަހަރެން ބޯ ޖަހާލީމެވެ. އަދި މަންމަ ރަނގަޅަށް ބެލުމަށް ބުނުމަށް ފަހު އަހަރެން މިސްކިތައް ދާން ހިނގާގަތީމެވެ. ރިހާމް އަށް ގުޅުމަށް ފޯނު ނަގާފައި ވެސް ބޭއްވީ އޭނަ […]
އުޑުމަތިން އިރު އޮއްސުމުގެ ކުލަވަރު ފެންނަން ފެށިއެވެ. ގުދުރަތުގެ ފުރިހަމަކަމެވެ. ހީވަނީ މޮޅު ކުރެހުންތެރިއެއްގެ ފިއްސަކުން ފަވާފައިވާ މަންޒަރެއް ހެންނެވެ. މާގިނަ ވަގުތެއް ނުނެގިއެވެ. އިރު އޮއްސިއްޖެއެވެ. މެދު އުޑުގައި ރޭގަނޑުގެ ރާނީ ރަނިކަން ކުރަން ފެށިއެވެ. އަނދިރި ވެފައިވާ ރޭގަނޑު އަލި ކުރަމުންނެވެ. ހެންވޭރު އާޓިފިޝަލް ބީޗުން މީހުން މަދުވާން ފެށިއެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ މިސްރާބަށް ހިނގައިގަތެވެ. އަނދިރިވެފައިވާ އަތިރިމަތިން ކުޑަ ދެކުދިންގެ ހުނުމުގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ. އަތިރިމަތީގެ […]