Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާދޭސް ކުރާ ހިތްވޭ ރޮމުން (14)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
April 14, 2018 12 Mins Read
58 Comments

ރާސިލް އުނދަގޫ ގޮތަކަށް ލޯ ހުޅުވާލުމާއެކު އޭނާ މޭޒުމަތީގައި އިން ފޯންނަގާ ނަމާދަށް ދާށޭ ލިޔެލާފައި ދަށްކާލިއެވެ. އައިލީޝް ގެ މިއަމަލުން ރާސިލް ގެ ތުންފަތަށް މިފަހަރަ ހިނިތުންވުމެއް ވެރިވިއެވެ. ހެޔޮލަފާ އަންބެކޭ ހިތަށް އެރިއެވެ.

ރާސިލް ވެސް އެއްވެސް އެއްޗެއް އިތުރަށް ބުނުމެއްނެތި ފާހާނާއަށް މިސްރާބުޖެހިއެވެ.


ޒީޝާ އޭނާގެ އެއްފަރާތުގައި އަރާމުކޮށް ނިދާފައިވާ މާނިއު އަށް ބަލާލިއެވެ. ފެންކަޅި ވެފައި ވީ ދެލޮލާ އެކީ އޭނާ ބަލަން އިން އިރު އެ ހިތުގައި އަޅަމުން ދިޔަ ވޭން ދުލުން ބަޔާންކޮއްދޭކަށް ނޭނގެއެވެ. ހަމަގައިމުވެސް އިނގޭ ކަމަކީ ދެން އޭނާ އަށް ކެތް ނުކުރެވޭނޭ ކަމެވެ. މިހެން އުޅެން ވެއްޖެނަމަ އޭނާ ގެ އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ވެއްޔާ މޮޑެވި އޭނާ ބަލިކަށި މީހަކަށް ހަދާލާނޭކަމެވެ.

ފަތިސް ނަމާދު ބަންގީގެ އަޑު ކަންފަތުގައި ޖެހުމާއެކު އޭނާ ނަމާދު ކުރަން އަވަސް ވެ ގަތް އިރު މާނިއުއަށް ކުރިން ރޭގައި ނަމާދުކުރަން ގޮވުމުން އޭނަ އަށް ދިން އަނިޔާ ހިތަށް އެރުމާއެކު މާނިއު އަށް ގޮވަން ޖެހިލުންވިއެވެ. އެހެންނަމަވެސް އޭނާ އެ އީ ކޮންމެ މުސްލިމަކު ކުރަން ވާޖިބު މުހިންމު އަޅުކަމަކަށް ވާއިރު އަމިއްލަ ފިރިމީހާ އަށް ގޮވުމަކީ އޭނާ އަށް ކުރަންޖެހޭ ކަމެއްކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނީ މާނިއު ގެ ނުރަނގަޅު އާދަތަށް ވެސް ފޮހެވޭނީ އީމާންތެރިކަން ވަރުގަދަކޮށްގެންކަން ހިތާ އެރުމުންނެވެ.

މަޑުމަޑުން ގޮވާލުމާއެކު މާނިއު އަތް ފޮޅުވާލި ގޮތުން އޭނާ އަށް ވެސް ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ބިރުންނެވެ.

މާނިއު އަށް ގޮވަން ދެވަނަ ފަހަތަށް އަތް ގެންގޮސްވެސް އޭނާ އެ ހިޔާލުހިތުން ނެރެލަމުން ފާހާނާއާ ދިމާލަށް މިސްރާބުޖެހިއެވެ.

ނަމާދު ގެ ފަހުގައި އޭނާގޭ ހަޔާތް ބާއްޖަވެރި ކުރެއްވުމަށް އެދި މާތް ﷲ ގެ ހަޟްރަތުގައި އޭނާ ދުޢާ ކުރިއެވެ.

ނަފްސަށް ލިބުނު ހިންހަމަ ޖެހުމާ ހަށިގަނޑަށް ލިބުނު ތާޒާކަމާއެކު ދެން އޭނާ އަވަސްވެގަތީ ކޮފީއެއް ބޯލުމަށެވެ. އެއީ ކޮންމެ ހެނދުނަކު އާއްމުކޮއް އޭނާ ބޯ އެއްޗަށް ވުމާއެކު ހުރެވެނީ ފާ ޑަކަށް އެޑިކްޓްވެފައެވެ.


އައިލީޝް ގެ ބޮލުގައި ރިއްސަމުން ދިޔުމާއެކު އޭނާ ތިރިއަށް ދިޔުމުގެ ބަދަލުގައި ނަމާދުކޮށްގެން ޖައްސާލީ ކުޑަކޮށް އަރާމުކޮއްލާށެވެ. މާގިނަ އިރެއްނުވެ އޭނާގެ ބޮލަށް ނިދި ސަވާރުވިއެވެ.

އައިލީޝް ނިދާފައި އޮތް މަންޒަރު ކޮޓަރިއަށް ވަތް ރާސިލް އަށް ފެނުމާއެކު ހިނިތުންވުމެއް އެ ތުންފަތުގައި ދެވެލިއެވެ.

އައިލީޝް އަށް ގޮވުމުގެ ބަދަލް ގައި އޭނާ އައިސް އައިލީޝް ގެ ރަޖާ ރަނގަޅު ކޮއްލަމުން އޭނާ ވެސް އެއްފަރާތުގައި އޮށޯވެ ލޯ މަރާލިއެވެ.

އެކަމަކު ނިދޭ ގޮތް ނުވީ ސިކުނޑީގައި ދައުރުވަމުން ދިޔަ ހިޔާލް ތަކެއްގެ ބޮޑުކަމުންނެވެ. ދާނިޝް އާ ދެމެދު ވެވުނު ބަހުސްގެ މަތިން ހަނދާން ވުމާއެކު މޫޑުއެއްކޮށް ސަކަރާތް ވެގެން ދިޔައެވެ. އޭނާ ގެ މަގްސަދު ދާނިޝް ގެ ވިސްނޭ ސިކުނޑިއަށް ނަގައިގަނެވޭނެކަން ޔަގީންވި ކަމުގައި ވި ނަމަވެސް އެއީ ކީއްވެކަން ދާނިޝް އަކަށް އަދި ނޭގޭނެއެވެ. އެހެންވުމާއެކު އަދިވެސް އޭނާ އާއި ދާނިޝް ގެ ކުރިމަތިލުން އޮތީ ކުރިއަށޭ އޭނާ އަށް ޔަގީންކުރެވުނެވެ. އައިލީޝް އަށް ބަލާލުމާއެކު އޭނާ ގެ ވިސްނުން އެ ހުރިހާ ކަމަކާ އެކުވެ އައިލީޝް އާ ވެސް ގުޅުނެވެ.

އޭނާ އައިލީޝް އާއި ކައިވެނި ކުރީ ލޯބިން ނޫންކަމާއި ބަދަލް ހިފުމަށްކަމަށް އެނގޭ ދުވަހު އެ ހިތް ކުދި ކުދި ވެގެން ދާނެކަން ޔަގީނެވެ. ދުނިޔެއާ ކުރިމަތިލާ ދިރިއުޅުމުގެ ހިތްވަރު ގެއްލޭނެކަން ޔަގީނެވެ. ދެލޮލުން ކަރުނަ ހުސްނުވާނެއެވެ. ދެން ކަންތައް ވާނީ ކިހިނެތްކަން ރާސިލް އަކަށް ނޭނގެއެވެ. އެހެންނަމަވެސް މުޅި އުމުރަށް އައިލީޝް ގެއްލޭނޭ އޭ ހިތަށް އެރުމާއެކު އޭނާގެ މޭތެރޭގައި ރިހުމެއް އުފެދިގެން ދިޔައެވެ. ހަމަ އެކަނި އެ ހިޔާލުން ވެސް އޭނާ ގެ ހިތަށް ގޮތެއްވެގެން ދިޔައެވެ. އަނެއްކާ އޭނާ އައިލީޝް ދެކެ ލޯބި ވާކަމަށް ދެއްކި އެކްޓް ގެ ސަބަބުން ޔަގީނުންވެސް އޭނާއަށް ލޯބިވެވުނީބާއެވެ. އެހެންވާކަށް އޭނާ ބޭނުމެއްނޫނެވެ.

އޭނާ އަކީ ކާކުކަން އެނގުމަށްފަހު ދާނިޝް ވެސް އެ އާއިލާ އާ ރާސިލް އާ ގުޅުމެއް ބާއްވާކަށް ނޭދޭނެއެވެ. އެ ދެމީހުން ދުވަހަކުވެސް ނުގުޅޭނެއެވެ. އެއަށްވުރެ އޭނާ އާއި ދާނިޝް އާ ދެމެދު ވާ ރުޅިވެރިކަން ބޮޑެވެ. ދާނިޝް އާ އޭނާ އާ ދެމެދު ވާ ނަފްރަތުގެ ފާރު ދުވަހަކު ފުޑުފުޑުނުވާނެއެވެ.

އައިލީޝް ފުރޮޅި ލުމާއެކު ރާސިލް އަށް ވެސް ލޯ މަރާލެވުނީ އޭނާ ހޭލާ އޮތްކަން އައިލީޝް އަށް ނޭނގުމަށެވެ.

އައިލީޝް ކަންތައް ކުރާގޮތް ބަލާލަން އޭނާ ބޭނުންވުމުންނެވެ.

ދެފަރާތަށް ފުރޮޅިލި އައިލީޝް އަށް ހޭލެވުމާއެކު ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ގަދަ ނިދީގައި އޮތް ރާސިލް އެވެ.

އޭނާ މަޑުމަޑުން ރާސިލް އާ ދިމާލަށް ޖެހިލާ އެ ނިތުގައި ބޮސް ދިނެވެ. އަދި އެ މޫނަށް ބަލަން އޮތެވެ. އައިލީޝް ގެ އެ އަމަލުން ރާސިލް ގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. އެއީ ހަމަ އައިލީޝް ކޮންމެ ދުވަހަކުވެސް ކަންތަށް ކުރާ ގޮތްބާއޭ ރާސިލް ހިތަށް އެރިއެވެ.

އެ ހިނދުވެސް އެ ހިތުގައި ހިނގައިގަތް އޮއޮވަރުތަކަކުން ދެންމެ ދެންމެ ލޯ ހުޅުވާލާފައި އައިލީޝް ގެ މޫނުމައްޗަށް އަރާނޭ ކުލަވަރު ބަލާލަން ބޭނުން ވިއެވެ. އެހެންނަމަވެސް އެ ވަގުތު ކެތްތެރިކަމާއެކު އަދިވެސް އޭނާ މަޑުން އޮތީ އައިލީޝް ގެ ހިޔަނި އޭނާ އާ ދިމާލަށް އެޅިގައި ހުރި ކަމުގެ އިހްސާސްކުރެވުނީމައެވެ. ދެން ސިހުނ ގެނުވީއޭނާގެ ކޯތާފަތަށް ވެއްޓުނު ކަރުނަ ތިކީގެ ސަބަބުންނެވެ. އެ ހިނދުކޮޅު ރާސިލް ހިތުގެ ހިނގުން މަޑުޖެހިލިހެން ހީވިއެވެ.

އައިލީޝް އަށް ވެސް ކަރުނަ ތިކި ވެއްޓުމާއެކު ސިހިފައ އެނދުން ތެދުވެވުނެވެ. އޭނާ ރާސިލް ހޭލާކަށް ބޭނުމެއްނޫނެވެ. އެނދުން ތެދުވެގެން އައިލީޝް ދިޔަކަން ޔަގީންވުމާއެކު ރާސިލް އަށް ދެލޯ ހުޅުވާލެވުނެވެ. އަދި އޭނާގެ ކޯތާފަތުގައި އިން ކަރުނަ ތިކީގައި އަތް ލާ ފޮހެލިއެވެ. އެނބުރި އަތަށް ބަލާލަމުން އޭނާ ލޯ މަރާލިއެވެ.

ހަގީގަތުގައިވެސް އޭނާ ކުރަން އައި ބޭނުމުގެ ތެރެއަށް އައިލީޝް ވައްދަން އެހާ ބޭނުންނުވި ވަގުތެއް އަދި ނާދެއެވެ. އޭނާ ވިސްނިއެވެ. އައިލީޝް އަށް އެކަމުގެ ކުޑަވެސް ހިލަމެއް ވާކަށް ބޭނުމެއްނޫނެވެ. އެކަމަކު އެކަން އަބަދު ސިއްރު ނުކުރެވޭނެކަން ވެސް ރާސިލް އަށް އެނގެއެވެ.

މިވީ ދުވަސްކޮޅުތެރޭގައި އައިލީޝް ގެ ކެތްތެރިކަމާ ނިޔަނެތިކަމާ އޯގާތެރިކަން އޭނާ އަށް ފެނިފައިވެއެވެ. އެ ހިތްވަރު އޭނާ އަށް ފެންނަ ކޮންމެ ފަހަރަކު އަމިއްލަ ނަފްސް ނޭނގި ނަމަވެސް ކުށްވެރިކުރެވެމުން ދިޔައެވެ. އައިލީޝް އަށް އެ ދެވޭ އަނިޔާ ނުދިނުމަށް އޭނާގެ އަމިއްލަ ސަމީރަށް ވިސްނައިދެވެއެވެ. އެހެންނަމަވެސް…..

އަމިއްލަ ހިތްވިސްނައިދޭގޮތާ އަމަލު ކުރެވޭ ގޮތާ ހާސްބައި ތަފާތެވެ. އަތުން އަނިޔާކޮށް ދުލުން ބުނެލާ ރަހުމް ކުޑަބަސްތަކުން ވެސް ރާސިލް ދިޔައީ އައިލީޝް ގެ ހިތް ޒަހަމް ކުރަމުންނެވެ. އަދިވެސް އޭނާ ގެ ކައިރީގައި ދެގޮތެއްނުވެ އެ ހުރިހާ ކަމަކަށް ކެތްކޮށްގެން އައިލީޝް ހުންނާތީ ހައިރާންވެއެވެ. ހަދަންވީ ގޮތެއް ނޭގެއެވެ. ދާންވީ މިސްރާބެއްނޭނގެއެވެ. އައިލީޝް ގެ ކުށެއް ނެތަސް ދާނިޝް އަކީ ދުވަހަކު މާފު ނުދެވޭ ވަރުގެ ކުށްވެރިއެކެވެ.

އޭނާ ކުރި ކުށަށް އަދަބު ނުލިބި ހުރި ނުލަފާ މީހެކެވެ. އެ ނަފްރަތަށް ދުވަހަކު ބަދަލް ނާންނާނެއެވެ.


ދާނިޝް ރޭ ހަތަރު ދަމު ނުނިދާ އޮފީހުގައި އުޅުމުގެ ސަބަބުން ބޮލުގައި ރިއްސަމުން ދިޔައީތީ ގޭގައި މަޑުކުރީއެވެ. އަނެއްކޮޅުން ރާސިލް އެ ބުނި ބަސްތަށް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ކޮން ދުޝްމަނުކަމެއްހެއްޔެވެ؟. އެއިން އެންމެ ފަހަރަކުވެސް އިފްޝާ ގެ ނަން އޭނާގެ ހިތަށް ނޭރިކަމީ އޭނާގެ ނަސީބުކަމެއް ނޫނީ ބަދު ނަސީބުކަމެއް ނޭނގެއެވެ.

އެދުވަހު ރާސިލް އާ ވާހަކަ ދައްކަން ބޭނުންވެފައި ހުރުމާއެކު އޭނާ ރާސިލް ގެ ފޯނަށް ގުޅާލިއެވެ. މިހާރު އޮފީހަށް ދާން ހޭލާ އުޅޭނެތީއާ އެކީގައެވެ. ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮއްލަމުން އޭނާ ރާސިލް އާ ވާހަކަދައްކަން ތައްޔާރުވިފަދައެވެ.

ޑެރެސިން ޓޭބަލް ކައިރީގައި ރީތިވާން ހުރި ރާސިލް ފޯން ރިންގް ވާން ފެށުމާއެކު ބަލާލިއެވެ. ދާނިޝް ކަމަށް ވުމުން ފޫހިކަން ވެރިވެފައި ހުރި ކަމަށް ވިޔަސް ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ. އޭނާ ވެސް ހުރީ އަދިވެސް ދާނިޝް އާ ކުރިމަތިލާން ނިންމައިގެންނެވެ.

ރާސިލް އަށް ކޮފީ ހަދައިގެން އާދައިގެ މަތިން އައިލީޝް ކޮޓަރިއަށް އައިސް ވަނެވެ. އޭނާ ކޮފީތަށި ހިފައިގެން ހިނގައިގަތްތަނާ ބޮލަށް އެނބުރުން އެރިއެވެ. ހިނދުކޮޅަކަށް މަޑުޖެހިލީ ރަނގަޅުވޭތޯއެވެ. އެހެންނަމަވެސް ފަހަރަކަށް ވުރެ ފަހަރެއް ގޯސް ވާހެން ހީވިއެވެ. ހިތްވަރުކޮށްފައި ކޮފީތަށި ގެނެގޮސް ޑްރެސިޓް ޓޭބަލް މަތީގައި ބަހައްޓާފައި އެނދާ ދިމާލަށް ދާން އެނބުރިލިތަނާ ބޮލަށް އެނބުރުން އަރާ އޭނާ އަރިއަޅާ ލާގޮތްވިއެވެ. އެ ހިނދު ރާސިލް އަށް އެ މަންޒަރު ފެނުމާއެކު އައިސް އައިލީޝް ހިފެއްޓިއެވެ. އަދި ދެފަހަރަކު ގޮވާލިއެވެ.

“އައިލީ… އައިލީ” އެކަމަކު އައިލީޝް ގެ ހަބަރެއްނުވިއެވެ. ކުރިން ދުވަހަކު ވެސް އައިލީޝް އަށް މިހެން ވިއެވެ. އެހެންކަމުން އޭނާ ހިސާބަކަށް ހާސްވީ އައިލީޝް އަށް ކޮންމެވެސް ކަމެއް ވަނީ އޭ ހީކޮށެވެ. އެނދުމަތީގައި އޭނާ އައިލީޝް ބޭއްވީ އަތް ދަނޑި މައްޗަށް އުފުއްލާލައިގެން އައިހެވެ.

ދެފަހަރަކު އައިލީޝް އަށް ގޮވާލަމުން ފެން އުނގުޅާލީ އޭނާ ވެސް އައިލީޝް ގާތު އިށީނަމުންނެވެ. ހާސްވީ މިއަދު ހެނދުނު އައިލީޝް އޯކާދެމުނު އަޑުވެސް އޭނާ އަށް އިވުމުންނެވެ. އަނެއްކާ އައިލީޝް ބަލިވީބާއޭ ރާސިލް ހިތަށް އެރިއެވެ. އެއްފަހަރުވެސް އައިލީޝް އޭނާ ގާތު ބުނާނެ ނަމައޭ ހިތަށް އެރި ކަމުގައި ވިނަމަވެސް އެފަދަ ފުރުސަތެއް ނުދެވެޔޭ އެ ސިކުނޑިއަށް އެވަގުތު ވިސްނުނެވެ.

ރާސިލ މަޑުމަޑުން ދެފަހަރަކު ފެން އުނގުޅާލުމަށް ފަހު އައިލީޝް އަށް ގޮވާލުމާއެކު މަޑުމަޑޫން ދެލޯ ތަޅުވާލާ އައިލީޝް ލޯ ހުޅުވާލިއެވެ. އަދި ފަރާތް ފަރާތަށް ބަލާލީ އެތަން އަދިވެސް އެނބުރެމުން ދިޔައީތީއެވެ.

“މަޑުކުރައްޗޭ އައިލީ” ރާސިލް ފޯން ނަގާ ކަންފަތުގައި ޖަހާލަމުން އައި ފޯންކޯލަށް ޖަވާބުދިނެވެ. އޮފީހަށް ސަލާމް ބުނެފައި އޭނާ ގަސްތުކުރީ މިއަދު ގޭގައި މަޑުކުރުމަށެވެ.

ޒާހިދު ގެ ފަރާތުން އައިލީޝް އަށް އަޅާލުމެއް ނުލިބޭނެކަން އޭނާ އަށް އެނގެއެވެ. އަނެއްކޮޅުން އައިލީޝް ވެސް ހިޝްމާ ދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ.

އަދިވެސް އެނބުރުން އަރަނީތަ؟” އޯގާތެރިކަމާއެކު ރާސިލް އަހާލިއެވެ. އެއާއެކު އައިލީޝް ބޯ ޖަހާލީ އާއެކޭ ބުނުމަށެވެ.

“ރޭގައި ކައިގެންތަ ނިދީ…. މިއަދު… މިއަދު ހޮޑު ލެވުނު ދޯ” ރާސިލް ހިސާބެއްގެ ޖެހިލުންވުމަކާ އެކީ އެހީ އޭނާ ހެނދުނު ހޭލާ އޮތްކަން އައިލީޝް އަށް އެނގިދާނެތީއެވެ. އައިލީޝް ރާސިލް ގެ އެ ސުވާލަށް ވެސް ޖަވާބުދިނެވެ. ބޯޖަހާލަމުން އައިލީޝް ސީދާ ރާސިލް ގެ ދެލޮލަށް ބަލާލިއެވެ. އެ ހިނދު އެ ލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަ ކަރުނަތަށް ނުހިފެއްޓުމާއެކު އެ ކޯތާފަތް މަތިން ފައިބައިގެން ދިޔައެވެ.

“ހިނގާ މިއަދު ޑޮކްޓަރަށް ދައްކަން ދާން… މިހާރު ދެދުވަހު އެނބުރުން އެރީ” ރާސިލް އައިލީޝް ގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ. އޭނާ އެ ކަރުނަތަށް ފޮހެލަދިނެވެ. އެހެންނަމަވެސް މަރައިގެން އޮތް ދެލޯ ހުޅުވާ ހިޔާލެއް އައިލީޝް ނުކުރިއެވެ. އޭނާ އޮތް ގޮތަށް އޮތީއެވެ.

އެޓްލީސްޓް އިޝާރާތުން ވިޔަސް ޖަވާބެއް ދީބަލަ… އައި އެމް ސޮރީ… އައި ވޯންޓް ޖަޖް ޔޫ” އެ އަޑުގައިވި އަސަރުން އައިލީޝް އަށް ލޯ ހުޅުވާލަން މަޖުބޫރުވިއެވެ.

އޭނާ މަޑުމަޑުން ބޯ ޖަހާލިއެވެ. އަދި ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ. ލޯ މައްޗަށް އަނދިރިވާހެން ހީވުމާއެކު އައިލީޝް އަށް އަނެއްކާ ރާސިލް ގެ އަތަށް ބާރުކޮއްލެވުނެވެ.

ރާސިލް އައިލީޝް އަށް ވަމުން ދިޔަ ގޮތް ދެނެގަންނަން މަސައްކަތް ކުރަމުން ދިޔައެވެ. އައިލީޝް ގެ އިހްސާސްތައް ދެނެގަންނަން އޭނާ އަށް ހާދަ އުނދަގުލެވެ. ދުލުން އެ އިހްސާސްތައް ބުނެނުދެވޭތާނގައި އެންމެ ގާތުގައި ވި މީހާގެ ފަރާތުންވެސް އައިލީޝް އަށް އަޅާލުމެއް ނުލިބެއެވެ. އެ އިޝާރާތުން ބުނެދޭން މަސައްކަތް ކުރާ ވާހަކަ އޭނާ އަށް ނޭގެއެވެ. އައިލީޝް ގެ ދިރިއުޅުމުގެ އުދަގޫކަން އެންމެ ފަހަރަކުވެސް އޭނާ އަށް އެނގޭނެނަމައެވެ.

އައިލީޝް ދެން ވެސް ބޯ ޖަހާލުމާއެކު ރާސިލް ފޯން ނަގާ ގުޅާލުމާއެކު ޑޮކްޓަރަކަށް ދައްކަން އެޕޮއިންޓް މެންޓެއް ހޮސްޕިޓަލުން ހައްދާލިއެވެ. އަދި އައިލީޝް ގެ އިސްތަށިގަނޑުގައި ފިރުމާލަމުން އޭނާ ނިތަށް ބޮސްދިނެވެ. ފެންތަށި ނަގާ އައިލީޝް އަށް ފެންފޮދެއް ދިނުމާއެކު އޭނާ އައިލީޝް ގެ ހިދުމަތިގައި ބައި ގަޑިއިރު ހޭދަކުރިއެވެ. ބައެއްފަހަރު އޭނާ ގެ ހަރަކާތްތަކަކީ އަމިއްލަ އިޚްތިޔާރުން ބޭރުގައި ވާ ހަރަކާތްތަކެކެވެ. އެ ހަރަކާތްތަކަކަށް އަމިއްލަ ބާރު ރާސިލް އަށް ފޯރުވޭ ހަރަކާތްތަކެއް ނޫނެވެ. އެ އިހްސާސްތަށް އޮއްބާނުލެވޭހާ ވަރުގަދައެވެ.

“އައިލީޝް… އައި އެމް ސޮރީ… ސޮރީ…” އޭނާ އިސްޖަހާލައިގެން އިނދެ ދެފަހަރަކު މާފަށް އެދިފައި އިސްއުފުލާލިއިރު އައިލީޝް ނިދާފައި އޮތް ތަން ފެނި ހިނިތުންވެލެވުނެވެ. އަދި ރަޖާ ރަނގަޅުކޮއްލަމުން އެ މޫނަށް ބަލަން އެތަށް އިރަކުއިނެވެ.

ދާނިޝް ގުޅުމާއެކު ދެން ވެސް އޭނާ ފޯން ނެގިއެވެ. ދާނިޝް އެދުނީ އޮފީހަށް ނުދާކަމަށް ވާނަމަ އޭނާގެ ރޫމަށް ދިޔުމަށެވެ. އޮފީހުން ގުޅާފައި ދާނިޝް ގާތު ރާސިލް ސަލާމް ބުންޏޭ ބުނިކަން އެނގުމުން އޭނާ އަށް ރުޅި އާދެވުނެވެ. ގޭތެރޭގައި އަޑު ގަދަކުރުމަށްވުރެ އެ ގޮތަށް ވާހަކަ ދެއްކުން ރަނގަޅު ކަމަށް ދާނިޝް އަށް ދެކެވުނީއެވެ.

ރާސިލް ވެސް އައިލީޝް އަށް ބަލާލަމުން އެ ދިމާލަށް ދާން މިސްރާބުޖެހީ އޭނާ ދާނިޝް އަށް ހަގީގަތް ހާމަ ކުރުމަށެވެ. އެ ހަގީގަތް އެނގުމަށްފަހު އޭނާގެ ބޮލުން ތަރި ބުރާނެކަން ޔަގީނެވެ.

މަޑު ފިޔަވަޅުތަކެއްގައި ގޮސް އޭނާ ދާނިޝް ގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަނެވެ. އޭރު ދާނިޝް ދެކޮލަށް ހިގާލަ ހިނގާލާ ހުރި ފުން ވިސްނުމެއްގައި ހުރި މީހަކު ފަދައިންނެވެ. ރާސިލް ވަނުމާއެކު ދާނިޝް އަވަސް އަވަހަށް ގޮސް ދޮރުލައްޕާ ތަޅުލީ އެމީހުން ދައްކާ އެއްވެސް ވާހަކަ އެއް އެ ހަތަރު ފާރުން ބޭރަށް ދާން ނޭދޭތީއެވެ.

ދާނިޝް ރާސިލް އާ ކުރިމަތިލިއެވެ. އެ ދެލޮލުން އޭނާ އަށް ފެނުނީ ނަފްރަތެވެ. ރުޅިވެރިކަމެވެ. ބުނެދޭން ނޭނގޭ އަސަރުތަކަކާ އިހްސާސްތަކެކެވެ.

“ރާސިލް…..” ދާނިޝް ރާސިލް އަށް ގޮވާލަމުން ހުއްޓާލިއެވެ.

ހީވީ އޭނާ ރާސިލް ގެ ހުރިހާ ސަމާލްކަމެއް ބޭނުންވެފައިވީ ހެންނެވެ. ކެތްތެރިކަން އިސްކުރަމުން ދާނިޝް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “ކީއްވެ އެހެން ބުނަން ޖެހުނީ އަހަރެން ބޭނުމީ ސަބަބު” ދާނިޝް ބުނެލިއެވެ. އެއާއެކު ރާސިލް ނުލަފާ ވަށްތަރަކަށް ހިނިގަނޑެއް ޖަހާލިއެވެ. “ސަބަބު” ރާސިލް ވެސް ބުނެލިއެވެ. އަދި ވާހަކަ ހުއްޓާލިއެވެ.

ހީވަނީ ދާނިޝް ރުޅި އަރުވަން އުޅޭހެންނެވެ. “އަހަރެން ބުނީމެއްނު ސިކުނޑިއަށް ބާރުލާފަ ވިސްނާށޭ… ނުބުނަންތަ؟” ރާސިލް އަދިވެސް ވާހަކަ ދައްކަމުން ދިޔައީ ދުރުދުރުންނެވެ. ސީދާ ވާހަކަ ދެއްކުމުގެ ބަދަލްގައި ދުރުދުރުން މައުލޫއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދިޔަ ގޮތް ދާނިޝް އަކަށް ކަމަކު ނުދިޔައެވެ.

“ތިކިޔާ އެއްޗެއް ސާފުކޮށް ކިޔާލަދޭންވީނު” ދާނިޝް ބުނެލިއެވެ. “މިކިޔާ އެއްޗެއް ތި ސިކުނޑިއަށް އަދި ނުވިސްނެނީ ދޯ ހެހެ…..” ރާސިލް ވާހަކަ ދެއްކިއެވެ. “އެހެންވެސް ވާނެ… ކުރި ކުށް ފޮރުވަން އުޅޭ މީހުންނަށް މި ކަހަލަ ކަންތައް ތައް ވެސް ވާނެ… އެއީ ކީ މާ ބޮޑު މައްސަލައެއްނޫން ކަންނޭގެ… ބައެއްފަހަރު ތިހެން ވިޔަސް… އެކަމަކު އެ އަނިޔާ ލިބޭ ފަރާތުން ދުވަހަކުވެސް ތިކަހަލަ މީހުން ކުރާ އެކަހަލަ ހަޑި ހުތުރު އަމަލުތަށް ހަނދާނެއް ނުނެތޭނެ… ހަނދާން ކުރައްޗޭ….” ރާސިލް ދާނިޝް އާ ދިމާލަށް އިނގިލި ދިއްކޮށްގެން ހުރެ ބުނެލިއެވެ.

“ކޮންކަމެއްތަ؟” ދާނިޝް ގެ އަޑުވެސް މިފަހަރު ބާރުވެފައިވެއެވެ.

“ހެހެ… އަހަރެން ބުނެފާނަން އެކަމަކަ އޭގެ ކުރިން ވެސް ވާހަކަ އެއްބުނަން ބޭނުން… އަހަރެން ކުރާ އެއްވެސް ކަމަކަށް ހުރަސް އަޅައިފިނަމަ އެކަމުގެ އަދަބު…. ހިތި ރަހަ… ޒަހަމް ލިބޭނީ ހަމަ ކަލޭގެ ކޮއްކޮ އައިލީޝް އަށް… ހަހަހަހަހަ….. އަހަރެން ކަލެއާ ކުރިމަތި މިލަނީ ކެރިގެން…..” ރާސިލް ބުނެލިއެވެ. ރާސިލް އެ ބުނި އެއްޗަކުން ހަމަ ގައިމުވެސް ދާނިޝް ގެ ބޮލުން ތަރިބުރައިލިއެވެ.

“ހެހެ. ނޭގުނު ދޯ މި ބުނި އެއްޗެއް… ތި ކުންފުނީގެ ކަންތައްތައް މީގެ ފަހުން އަހަރެން ބުނާ ގޮތަށް ހަދަން ޔަގީންކަމާއެކު ކެރޭނެތަ…. ” ދާނިޝް ބުނާނެ އެއްޗެއް ނޭގި ހުއްޓާ އަނެއްކާ ރާސިލް ވާހަކަ ދެއްކިއެވެ.

“ތި ކީއްވެގެން ރާސިލް ކުރާ ކަމެއްކަން ވެސް އަހަރެންނަށް ވެސް އެނގެން ޖެހޭ… އައިލީ އާ އިނީ ލޯބިން ނޫން ކަމަށް ވާނަމަ… ބަދަލް ހިފަން ކަމަށް ވާނަމަ އެކަމުގެ ހިތި ސަޒާ ކަލޭ އަށް ވެސް ލިބޭނެ… އެ ހިތް ހަލާކުކޮށްލާފައި ކަލެއަށް އުފަލެއް ނުލިބޭނެ… ދާނިޝް ވެސް ރުޅި އައިސްފައި ބުނެ ލިއެވެ. ރާސިލް ގެ އަޑުގައިވި ހިތްދަތި އަސަރުތަށް އޭނާއަށް ނަގައިގަނެވުނު ކަމުގައި ވިނަމަވެސް ރާސިލް ވާހަކަ ދައްކަމުން ދިޔަ ގޮތުން އޭނާ އަށް ވެސް ރުޅި އާދެވޭނީއެވެ.

“ހައްހައް… ސާބަހޭ ދާނިޝް… ތި ސިކުނޑިއަށް ބާރުލާބަލަ”

ރާސިލް އެ ޖަހާލާ ހިނިގަނޑުން ދާނިޝް ގެ ރުޅި ދިޔައީ ހައްތަހާ ގަދަ ވަމުންނެވެ.

“ކަލޭ ގެ ކޮއްކޮއަށް ލިބޭނެ ޒަހަމަކަށް ކަލޭ…. ތިހާ ފަރުވާތެރިވާއިރު އެހެން މީހެއްގެ ދަރިއަކަށް އެފަދަ ނުބައި ރަހުމް ކުޑަ އަމަލަކުން ލިބިދާނެ ޒަހަމަކަށް ތި ސިކުނޑިއަށް ނުވިސްނުނީމަ މަ ހަމަ ހައިރާން ވެފަ މިހުރީ… އަދިވެސް ނުވިސްނޭތަ….. ވިސްނަބަލަ….. ނޭނގޭތަ އެހެން އާއިލާ އަކަށް ލިބިދާނެ ހިތާމައެއް… އެ ފަދަ ނުބައި އަމަލެއްގެ ސަބަބުން ހަލާކުވެގެން ދާނެ އެތައް ދިރުއުޅުމަކާ ދޭތެރޭ ނުވިސްނަންތަ؟” ރާސިލް ބުނެލިއެވެ.

“އިފްޝާ ގެ ހިތަށް ލިބޭނެ އަނިޔާ އަކަށް ނުވިސްނަންތަ؟” ކުއްލިއަކަށް ދާނިޝް ގެ ގާތަށް ޖެހިގަންނަމުން ރާސިލް ހަޅޭއްލަވައިގަތެވެ.

ރާސިލް ގެ އެ އަމަލުންނާ އި އޭނާގެ އަނގައިން ނުކުތް ނަމެއްގެ ސަބަބުން ދާނިޝް އެއްޗެއްކޭ ބުނަން ހުޅުވާލި އަނގަ ލައްޕާލާ އަދިވެސް އެއްފަހަރު ރާސިލް ގެ މޫނަށް ބަލާލުމާއެކު ދެލޯ ބޮޑު ކޮށް ލެވުނެވެ.

އެ ހިނދު އޭނާގެ ހަރަކާތްތައް ހުއްޓި މީހާ ހުރިތަނަށް ގަނޑުވެގެން ދިޔައެވެ. “ކީކޭ” ދެން ވާހަކަ ދެއްކިއިރު އެ އަޑަށް ވެރިވި ތުރު ތުރު ރާސިލް އަށް ވެސް ފާހަގަވެގެން ދިޔައެވެ.

އެ ވަގުތު ދާނިޝް އަށް ވެސް ރާސިލް އޮފީހުގައި ހުރި ދުވަހު އިފްޝާގެ ފޮޓޯ ގަނޑު ފެނިގެން ބުނި ވާހަކަ ކޮޅު ހަނދާނަށް އައެވެ. “އެއް އިރެއްގައި ވަރަށް މަޝްހޫރުވި ކުއްޖެއް ނު” އެ ޖުމްލަ އޭނާގެ ކަންފަތުގައި ގުގުމާފައި ހުއްޓާ ހަމަ ބިމަށް އާދެވުނީ ރާސިލް ވާހަކަ ދެއްކުމުންނެވެ.

“ކިހިނެތްވީ… ހަނދާނެއް އައީތަ… ނޫނީ އަދިވެސް އިތުރަށް ކިޔާލަދޭންވީތަ… ހަނދާންވޭދޯ… އިފްޝާ… ކަލޭ ގެ ތި އޮފީހުގަ މީގެ ތިން އަހަރު ކުރިން އުޅުނު އަންހެން ކުއްޖާ… ހަދާންކޮއްލަ ދީފާނަން… އެ އަންހެން ކުއްޖާގެ ކޮން ކުށެއް އޮވެގެން ތަ ރޭޕް ކޮއްލީ އޭތް…” ރާސިލް ހަޅޭއްލަވައިގަތެވެ.

“އަހަ…” ދާނިޝް އަށް ވާހަކަ ދައްކަން އުނދަގޫވީ އޭނާ އަށް އަންނަން ފެށި ހަނދާނަކުންނެވެ. އެ ހިނދު ނޭވާ ކުރުވެ މީހާ ދާހިތްލަން ފެށީ ހަނދާން ކުރަން ބޭނުންނުވާ އެތަކެއް ކަމެއް އޭނާގެ ސިކުނޑީގެ ތެރޭގައި ދައުރުވާން ފެށުމުންނެވެ.

އޭނާ ރާސިލް އަށް ބަލާލިއެވެ. އަދި އެ ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ. އެ އަތުގައި ހިފާ އޭނާ ރާސިލް ދޮރާ ދިމާލަށް ކޮއްޕާލިއެވެ.އ އަދި އަތުން ނުކުމެގެން ދިޔުމަށް އިޝާރާތް ކޮއްލީ ދެން އޭނާ އަށް ހަމަހޭގައި ނުހުރެވޭނެހެން ހީވުމުންނެވެ. ވަމުން ދިޔަ އުނދަގޫތަށް އެއްވެސް މީހަކަށް އެނގޭކަށް އޭނާ ބޭނުމެއްނުވެއެވެ. އެ ހިނދު އިފްޝާގެ އެ ހަނދާންތަކުން އޭނގެ ނަފްސަށް އަންނަމުން ދިޔަ ބަދަލް ތަކާ ހަށިގަނޑަށް ވަމުން ދިޔަ އުނދަގޫތަށް އިތުރުވާހެން ހީވިއެވެ. ރާސިލް ނުދާން ހުރުމުން އޭނާ ރާސިލް ކޮއްޕާލިއެވެ. ދާނިޝް އަށް ގޮތެއް ވަމުން ދިޔަ ކަން ދެނެގަންނަން ރާސިލް އަށް އުނދަގޫ ނުވިކަމުގައި ވިނަމަވެސް އެ ބަދަލް ގެ އަޑީގައިވާ ސިއްރު ދެނެގަންނަނަށް އޭނާ ނުކުޅެދުނެވެ.

ކޮއްޕާ ރާސިލް ބޭރުކޮއްލުމަށް ފަހު ދާނިޝް ޑްރެސިން ޓޭބަލް ކައިރިއަށް ޖެހިލާ ދެ ގުޅަ ބޭސް ނަގާ ފެނާ އެއްކޮށް ދިރުވާލީ ނޭވާލާންވެސް ދަތި ވުމުންނެވެ.

ތުރު ތުރު އަޅަމުން ދިޔަ އަތް ހަމަ އަކަށް އެޅޭތޯ އޭނާ ހަމަޖެހެން މަސައްކަތް ކުރަމުން ދިޔައެވެ. އަވަސް ވެފައިވާ ނޭވާ ހަމައަކަށް އަޅުވަމުން ދިޔައިރު ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

ރޮއިގަނެވުނީ އިތުރަށް ކެތް ނުވުމުންނެވެ. އެ ހިޔާލް ތަކުން އޭނާ ނިކުންނާނީ ކިހިނެތް ހެއްޔެވެ؟. ރާސިލް އަކީ ކޮންމެ މީހަކަށް ވިޔަސް މިއަދުވެސް އެދިޔައީ އެ ހާދިސާ އޭނާ އަށް ދުވަހަކުވެސް ހަނދާން ނުނައްތާލެވޭނެކަން ސާބިތު ކޮއްދީފައެވެ. އެ ހަނދާން ތަކުން އޭނާ އަށް ލިބެމުން ދާ ވޭން އެކަކަށް ވެސް ވަޒަން ނުކޮއްލެވޭނެއެވެ.

ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އިފްޝާ ދެކެ އޭނާ ގީ ހަގީގޯ ލޯއްބެވެ. އިފްޝާ އޭނާ އަށް ގެއްލުނު ކަމުގައި ވިނަމަވެސް އޭނާ ދިރިއުޅުމައިގެން އުޅެން ދަސްކުރީ އެތަކެއް ރޭ ހަތަރު ދަމު ރުއިމަށް ފަހުއެވެ. ހިތްވަރާ އެކު ކުރިމަތިވާ ކޮންމެ އިމްތިހާނަކާ ކުރިމަތި ލުމަށް އަމިއްލަ ނަފްސަށް ވައުދުވަމުންނެވެ.

އެހެންނަމަވެސް…..


ރާސިލް ވެސް އެނބުރި ކޮޓަރިއަށް ދިޔައިރު އައިލީޝް އޮތީ ލޯ ހުޅުވައިލައިގެން ސީލިންގަށް ނަޒަރު ހުއްޓައި ލައިގެންނެވެ. އެ މޫނަށް ބަލާލާފައި އެ އޮތީ ވަރަށް ފުން ވިސްނުމަކަށް ގެއްލިފައިކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. އަތް ބަނޑު މަތީ ބާއްވައިލައިގެން އޮތް އިރު ލަމުން ދިޔަ ފުން ނޭވާގެ އަޑު ކޮޓަރިތެރޭން އިވި އިވި ހުރީ އޭސީ ޖައްސާފައި ހުރުމުން އެ ތަނަށް ވެރިވެފައި އޮތް އާދަޔާ ހިލާފު ހަމަ ހިމޭން ކަމުގެ ސަބަބުންނެވެ.

“އައިލީ” ރާސިލް ގޮވާލިއެވެ. އޭނާ ބޭނުންވީ ސިކުނޑި ހަމަ ޖައްސާލާށެވެ. ވިސްނުމަށް ގެއްލިފައި އޮތް ލެއް ބޮޑުކަމުން ރާސިލް އައިސް ވަތް އިރުވެސް ނޭނގުނު އައިލީޝް ސިއްސައިގެން ދިޔައީ އެ ހިސާބުންނެވެ. އޭނާ މަޑު މަޑުން ތެދުވަން މަސައްކަތް ކުރިއެވެ. އަދި އެނދުގެ އެފަރާތުގައި ލެނގިލަމުމް ފުން ކޮށް ރާސިލް އަށް ބަލާލިއެވެ.

“ގަޑިން ދިހައެއްޖަހާ ބޮޑުވީ… ހިނގާ ރެޑީވާން… ދިހަ ގަޑި ބަޔަށް އެ ޕޮއިންޓްމެންޓް ލިބިފަ އިންނާނީ” ރާސިލް ގަޑި ބަލާލަމުން ބުނެލިއެވެ. އައިލީޝް ބޯ ޖަހާލިއިރު އެ ތުންފަތުގައި ހިނިތުންވުމެއް ވީ ރާސިލް އޭނާ އަށް އަޅާލާކަށް އެނގުމުންނެވެ.


ޒީޝާ ސިޓިން ރޫމް ގައި ވިސްނުމަކަށް ގެއްލިފައި އިނީ ދެން ހަދަން ވީ ގޮތެއް ނޭނގިފައެވެ. ރޭގައިވެސް ހަތަރު ދަމު މާނިއު އޭނާގެ ކުރިމަތީގައި އެހެން އަންހެނަކަށް ގުޅައިގެން އޮވެ ލޯބީގެ މާ ފޮޅުވަމުން ދިޔައިރު އޭނާ އަނެއްފަރާތަށް އެނބުރި އޮންނަން ޖެހުނީ ރޯލަ ރޯލައެވެ. އިއްޔެ މާނިއު ގެ ފަރާތުން ލިބުނު އަނިޔާތަކާ ލީ ލަކުނުތަށް މޭކަޕުން ފޮރުވުމު ކަމުގައި ވިނަމަވެސް ހިތުން ފޮހެލާނީ ކިހިނެތްހެއްޔެވެ؟. ސިއްސައިގެން ދިޔައީ ކާޑުޖަހާލާފައި ދޮރު ހުޅުވާލެވުނު އަޑަށެވެ. މާނިއު ހެނދުނު ބޭރަށް ދިޔަ ގޮތަށް އަދިކިރިއާ އައީއެވެ.

މާނިއު ފެނިގެން އޭނާ އަށް ކޮޅަށް ތެދުވެވުނުއިރު ދެލޮލަށް ކަރުނަ ޖަމާވީ އޭނާގެ އަތުން އަންހެންކުއްޖެއްގެ އުނަގަނޑުގައި ހިފައްޓާފައި ހުރީތީއެވެ.

މަޑުމަޑުން ފައިން ފެށިގެން ބޮލާ ހިސާބަށް ޒީޝާ ބަލާލިއެވެ. ކަނދުރާ އާ ހިސާބަށް ކިރިއާ އަންނަވަރަށް ކޮށާލާފައިވާ އިސްތަށި ގަނޑުގައި ރަތް ކުލަ އެއްޖައްސާލާފައި ވާއިރު ނޭފަތުގައި ބޮޅެއް އަޅުވާފައި އިނެވެ. އަތުގައި ވެސް ތަފާތު ވައްތަރުގެ ދެތިން ޗޭނެއް އަޅާފައިވިއިރު ލާފައިވާ ޖީންސް ގެ ތަންތަން ގަނޑުން ވަނީ ވީދިފައެވެ. ވީދާފައި ކަމެއް ނޫނީ ވީދިފައޭ ބުނާކަށް ޒީޝާ އަކަށް ނޭނގެއެވެ. ތުންފަތުގައި ޖައްސާފައިވާ ގަދަ ރަތް ކުލައިގެ ސަބަބުން ހީވަނީ ރަތް ލޭކޮޅެއް ހެންނެވެ. ލާފައިވާ ޓޮޕް ބާރުކަމުން ގައިގެ ބައްޓަން ރީއްޗަށް ހާމަވާން ހުއްޓެވެ. ފުރަތަމަ ނަޒަރުންވެސް ޒީޝާ ގެ ހިތަށް ފޫހިކަން ވެރިވެގެން ދިޔައެވެ. ފުށްޖަހާފައި ވާއިރު އަތުގެ ހަމުގެ ކުލައަށް ވުރެ މޫނުމަތި ދެގުނަ ދޮންވެފައި ވެއެވެ.

“ތިއަށް ވުރެ މަދުން ފައުންޑޭޝަން އުނގުޅިޔަސް ވާނެ ކަންނޭގެ” ހިތާ ހިތުން ޒީޝާ އަށް ބުނެވުނެވެ. އޭނާ އަޅާފައި ހުރި ބުރުގާ ރަނގަޅުކޮއްލަމުން އެދެމީހުނަށް ފުރަގަސްދިނެވެ. އޭނާ އަށް އެ މަންޒަރު ބަލަން ކެތް ނުކުރެވުނީއެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ވެއްޓުނަ ނުދީ ޒީޝާ މަސައްކަތް ކުރަމުން ދިޔައީ ހިފެއްޓޭތޯއެވެ. އެ ކަރުނަތަށް އެ ތެރެއަށް ހިންދާލެވޭތޯއެވެ.

ފިޔަވަޅުތަކަށް ހުއްޓުމެއް ގެނުވީ އޭނާގެ ކަންފަތުގައި އެ އަންހެންކުއްޖާގެ އަޑު ޖެހުނީމައެވެ. “ހުއް… މި ކަހަލަ ކަޓު ކުއްޖަކާ ތަ މާން އިނދެގެން ތިއުޅެނީ… އޭނާ ޖަހާ ވައްތަރު… ބޮޑު ޖުއްބާ އެއް ލާފަ…” ޒީޝާ އޭނާ އަށް ރައްދުދޭން ބޭނުންވިއެވެ.

“ބަލަ މީ ކަޓު އެއްޗެއް ނޫނޭ… މި ހެދުމަކީ ކަޓު އެއްޗެކޭ ކަލޭ ތިބުނަނީ ހެދުން އެޅުމަށް ދީނުގައި އަންގަވާފައި އޮތް ގޮތް ނޭނގޭތީ… ޖަހާ ވައްތަރު… އަތުގައިއާ ބުމައިގަޔާ ދެފައަގަޔާ ބޮޅު އަޅުވާފަ ހުރިއިރު ބަލާލަން ނުކުރެޔޭ” އެ ވާހަކަތަށް ވީ ޒީޝާގެ ހިތުގައެވެ. އޭނާ އަބާޔާ ހެދުން ލީ ގޮތަށް ފިހާރެއިން އައިސް ވެސް އިނދެވުނީ އެ ހެނދުމާ އެކީގައެވެ. އެއީ އޭނާ އާއްމުކޮށް ހަވީރު ލާ ހެދުމަކަށް ވުމާއެކު އޭނާގެ ރޭނދާ ގަނޑެއް އަޅާފައި އިނެވެ.

“ވިދާހާ މިނާތަކާ އެއްޗެހި ހެދުމުގަ ހިއްޕައިގެން މީނަ މާން އަށް ތިއްތި ދެއްކެން ތަ މި އިނީ” އެ އަންހެން ކުއްޖާ ގެ އަޑުގައިވަނީ މަލާމާތެވެ. މާނިއު ވެސް ހީލަ ހީލާ ހުރީއެވެ. އެނބުރި ފަގަތަށް ބަލާލާފައިވެސް ޒީޝާ ފޫހިވެފައި ހުރެ ކޮޓަރިތެރެއަށް ވަނީއެވެ.


ހޮސްޕިޓަލް ކުރިމަށްޗަށް ހުއްޓާލި ކާރުން އައިލީޝް ފޭބުމާއެކު ރާސިލް ވެސް އެއްފަރާތުގައު ކާރު ޕާރކްކޮއްލުމަށްފަހު ފޭބީ ގަޑި ޖެހޭތީއެވެ. އެމީހުް ދިޔައީ އޭޑީކޭ އަށް ކަމަށް ވުމާއެކު އެތަނުގައި މީހުން ފުދޭވަރަކަށް ގިނައެވެ. ވަންނަ މީހުންނާ ނިކުންނަ މީހުންނެވެ. އައިލީޝް އަށް ނުތަނަވަސް ކަން ވެރިވެފައި ވަނީ ކިއްވެކަން ބުނެދޭކަށް ނޭނގެއެވެ. މެސެޖް ގައި ލިޔެފައި ރާސިލް ގާތު ވީ ގޮތް ކިޔާ ދިން ކަމުގައި ވީ ނަމަވެސް އޭނާ ބޭނުންވަނީ ޚުދު އޭނާ އަމިއްލައަށް ޑޮކްޓަކާ ވާހަކަ ދައްކާށެވެ. އެހެންނަމަވެސް މި ވަގުތު އޭނާ ޖެހޭނީ ކެތްތެރިވާށެވެ.

މާގިނަ އިރު މަޑު ކުރާކަށް ނުޖެހުނެނެވެ. ލިބިފައިއިނީ ދެވަނަ ނަންބަރަށް ވުމާއެކު އަވަސްވީއެވެ. ޑޮކްޓަރު ކޮޓަރިއަށް ވަތް އައިލީޝް އަށް ރާސިލް ގެ އަތުގައި ހިފާ ބާރުކޮށްލެވުނީ ލޯ މަރާލާ ފުންނޭވާއެއް ލަމުންނެވެ. “ރިލެކްސް…” އައިލީޝް އާ ދިމާލަށް ބަޅާލަމުން އެ ކަންފަތް ދޮށުގައި ޜާސިލް ބުނެލިއެވެ. “އައިލީ ތިހާ ހާސްވަނީ ކީއްވެ” އައިލީޝް ގެ ފަރާތުން އިޝާރާތެއް ނުވުމުން ދެންވެސް ރާސިލް ބުނެލިއެވެ.

ގޮނޑީގައި އިށީދެ ހަމަޖެހިލުމާއެކު ޑޮކްޓަރުގެ ސުވާލުތައް އެ ދެމީހުންނަށް އަމާޒްވިއެވެ.

“އަޅުގަނޑު ގެ ވައިފް މީ… އަސްލު މިހާރު ވީކް އެއް ވެއްޖެ ހަމަ ހޮޑު ލެވޭތާ… ދެން ބޯ އަނބުރާ ވާހަކަވެސް ބުނި…އެހެންވެ ބޭނުންވަނީ މައްސަލައެއް ހުރިތޯ ބަލާލަން ޓެސްޓް ހަދަން” ރާސިލް ބުނެލިއެވެ. އެއާއެކު ޑޮކްޓަރު ހިނިތުންވެލަމުން އަދިވެސް ވަމުން ދިޔަ ގޮތް އިތުރަށް އޮޅުން ފިލުވިއެވެ. އޭނާ ލޭގެ ބައެއް ޓެސްޓާ އަދިވެސް އިތުރު ދެ ޓެސްޓް ދިނެވެ.

ރާސިލް އާއި އައިލީޝް ނުކުމެގެން ދިޔައި ލެބޯޓްރީއަށެވެ. ޓެސްޓް ތަށް ހަދާ ނިންމާލުމަށްފަހު ދެމީހުން ނުކުމެގެން ގެއާ ދިމާލަށް މިސްރާބުޖެހީ ނަތީޖާ ލިބުމުން އެމީހުން ގުޅާނެކަމަށް ބުނުމުންނެވެ، ނޫނީ މެސެޖަކުން ވިޔަސް އަންގާނޭ ކަމަށް ބުނުމުންނެވެ.

ގެއަށް ގޮސްވެސް ރާސިލް އެދުނީ އަރާމް ކުރުމަށެވެ. ރާސިލް ހާދަ ބަދަލް ވެއްޖެއެވެ. އޭނާ ރާސިލް ގާތު ބުނަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުއްޓެވެ. ޑޮކްޓަރަށް ދެއްކިއިރުވެސް އޭނާ ބުނަން ބޭނުންވި ވާހަކަ ހުއްޓެވެ. އެހެންނަމަވެސް އެކަން ނުވީއެވެ. ރާސިލް އޭނާއަށް ފުރުސަތު ނުދިނީއެވެ.

އެދުވަހުގެ ހުރިހާ ވަގުތެއް ރާސިލް އައިލީޝް އަށް ހުސްކުރިއިރު ދާނިޝް ވެސް ދިޔައީ ވިސްނަމުންނެވެ. އޭނާ ގެ ސިކުނޑި ފަޅައިގަން ގޮސްފާނޭހެން ހީވުމާއެކު ގޭގައި ނޯވެ ބޭރަށް ދާން މިސްރާބުޖެހިއެވެ.


ރޭގަނޑުގެ ވަގުތެވެ. މެސެޖް ލިބުމާއެކު އައިލީޝް އާއި ރާސިލް އާއި ދެމީހުންވެސް މިސްރާބުޖެހީ އޭޑީކޭ އަށް ދިޔުމަށެވެ. ރިޕޯޓް ނަގައިގެން ޑޮކްޓަރަށް ދައްކަން ދެމީހުން ދިޔައީ އެއަށް ބަލާލުމެއް ނެތިއެވެ. އެތަނުގައި ހަރަކާތް ތެރިވަމުން ދިޔަ ނަރުހުންނާ ގިނަ މީހުންގެ ނަޒަރު އެ ދެމަފިރިންނަށް ހުއްޓިފައިވިއެވެ. އެއިން ކޮންމެ މީހަކުވެސް ހާދަ ގުޅެޔޭ ހިތާ ހިތުން ކިޔަމުން ދިޔައެވެ. އެކަމަކު އެ ގުޅުން އޮތް ހިސާބު އެކަކަށް ވެސް ހަގީގަތުގައި ނޭނގޭނެއެވެ.

ޑޮކްޓަރު ކޮޓަރިއަށް ވަދެފައި ރާސިލް ރިޕޯޓް ތައް ނަގާ ޑޮކްޓަރަށް ދިއްކޮއްލިއެވެ. އަދި ހިނިތުންވެލިއެވެ. ރިޕޯޓް ތަށް ބަލަން އިން ޑޮކްޓަރުގެ މޫނުމަތިން ވެސް އުޖާލާކަން ފެނިގެން ދިޔައެވެ. އެ މޫނުމަތިންވެސް ހިތުންވުމެއް ފާޅުވާން ފެށިއެވެ.

ދެއަތް ދެއަތާ މޮޑެމުން ދިޔަ އައިލީޝް ގެ އަތުގައި ރާސިލް ހިފާލީ ހުރިހާ ކަމެއް ވެސް ރަނގަޅުވާނޭ ބުނަމުންނެވެ. އިސްޖަހައިގެން އިން އައިލީޝް އިސްއުފުލާލާ ރާސިލް ގެ ލޮލަށް ބަލާލިއެވެ. ރާސިލް އެހެން ބުނީ ޑޮކްޓަރުގެ މޫނުމަތިން ފެނުނު އުޖާލާކަން އޭނާ އަށް ފާހަގަ ކުރެވުމުންނެވެ.

ދެމީހުން ދެމީހުންގެ ލޮލަށް ގެއްލިފައި ތިއްބައި ސިހުން ގެނުވީ ޑޮކްޓަރުގެ އަޑުންނެވެ.

އެނބުރި ޑޮކްޓަރަށް ބަލާލި ދެމީހުންނަށް އަނެއްކާވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ލޯބި ނުވިޔަސް ފިރުމާލަދީ….17

Next

މަކުނުދޫގެ ޒިޔާރަތް (ބަނދި)

Next
April 14, 2018

މަކުނުދޫގެ ޒިޔާރަތް (ބަނދި)

Previews
April 14, 2018

ލޯބި ނުވިޔަސް ފިރުމާލަދީ….17

58 Comments!

  1. unique says:
    April 14, 2018 at 6:25 pm

    Hi mi lovess ….. haadha dhuvaheh fahun

    1. Hi Mi says:
      April 14, 2018 at 10:35 pm

      Yes. Unique. Sorry to keep u waiting ingey dear. ☺☺☺

  2. Hi Mi says:
    April 14, 2018 at 6:27 pm

    Assalaam Alaikum. Kobaa kihinehtha?. Varah las vehjje dw. Himi kurin bunihen rashyn beyrah dhiyaama. Varah dhigu kuran try kyrin mi bai. 6 hours ge long dgathurakah fahu tirrd kamun v varu mi. Over 2500 words. I think 2845 words kanneyge. So lets see what hpnsss… and pls comment on DHEN VAANI KIHINEHBAA?. Varah kanthah thah vehjje dw.
    Thankyou for ur patience support love and care.
    Jazakallah Khairan… ???

  3. Icy says:
    April 14, 2018 at 6:30 pm

    wow
    nice

    1. Hi Mi says:
      April 14, 2018 at 10:35 pm

      Thanks icy. V ufaavehjje. Much loves from me. ☺☺☺

  4. annoying reader says:
    April 14, 2018 at 6:42 pm

    himi haadha dhuvaheh kohllafa thi up kohlli. omg so curious. i think ailish is preg hen. and rasil u will regret dhanish kibain badhal hifan ulhegen aili and baby gehllijjeya. varah reethi. i still think dhanish eh noon hen ifsha rape kohlli. dhanish kurin gen gulhunu handi xgf ge kameh hen heevani ei. mi ulhe maniu eh ves dhw ladhun bo halaaku. zeesh ah vaane nulaahiku rangalhu kudhin. divorce veba thi aniya veriya kairi noolhe. varah reethi mi part ves. i cant wait to see the shock on rasils face when he hear she is preg ?

    1. Hi Mi says:
      April 14, 2018 at 10:38 pm

      Yes dear. V dhuvs vehjje dw. Last ep was on last week ga dw. Eyi himi bunimehnu thanakah dhan jehuniyyey. Ehenve eyi ingey. Hehe. Maaniu e ulheni maa fonivegen. Massala aki zeesh madun hunnaathy ey dw. Raasil ah visna dhrveythoa himi eba balan. Haadha guess thakrkey dw. Himi vvvvvv ufaavehjje thihaa loabi comment eh kohlima
      Much loves from me. Ingey. Dhen lets see vaa ne gotheh dw. ☺☺☺

  5. unique says:
    April 14, 2018 at 6:46 pm

    story is awesome n avahah rest HiMi……….. story is mind blowing superb nice n so on

    1. Hi Mi says:
      April 14, 2018 at 10:39 pm

      Thanks unique. Thihaa understanding v ma varah happy vehjje. Thihaa loabi kiyun therin thibeythy v ufaavey aslu. Much loves from me. ☺☺☺

  6. mishy says:
    April 14, 2018 at 6:47 pm

    Alheyyy… himii…. vrh reethi…. I guess ailii preg v kanneynge… ahahah… its jst I thnk…waitin 4 the nxt prt… whn nxt prt?… luv yuh…♥♥♥♥♥

    1. Hi Mi says:
      April 14, 2018 at 10:41 pm

      Alheyh. Thanks mishy. Happy to see ur comment ingey. Hingaa balamaa dw. Hama vedhaane thihen kamah ves. Nuny ehen kamakah ves vedhaane. Next ep in fhen ingeyne. Next ep ah tomorw nyt ah inthixaar kohlan jeheyni ingey. Cox next ep is on tomo nyt. Ga. Hehe. Much loves from me. ☺☺☺

  7. Maai says:
    April 14, 2018 at 6:56 pm

    She is preg I guess.. When is the next part?? Plxx up it soon.. Plx up tonight one part..

    1. Hi Mi says:
      April 14, 2018 at 10:42 pm

      Thanks maai. Maadhan rey ingeyne In Sha Allah. Mirey dhen part up kohlaanama varah kuruvaane dear. Ehenve tomo nyt ga ingey. Hingaa balamaa de vaa gotheh. Much loves. ☺☺☺

  8. Pinky shifoo says:
    April 14, 2018 at 7:06 pm

    Yayyyyyy ????… My favourite story kiyaalan libuny ????… Thank you soooooo much Hi Mi ????… Mi part vx v v v reethi ????… V furihama ????… I really liked it ❤️❤️❤️❤️… Raasil hageegai haama kury dhw dhaanish ah…. Dhn kihineh baa vaanee??? Pinky ah heevany ailee preg henn ????… Heheh… Raasil Ailee ah mihaaru care kuraathy v happy ????… N zeeshaa thihen nuhurebala madunn… I hate maaniu ????… V v v inthizaaru kohfin mi story ah ????… Adhivx bunelan beynun ” I love your stories Hi Mi” ❤️❤️❤️❤️… Asluvx hama… Hi Mi ge stories kiyaa foohi nuvey ????… Keep up the good work ????… N btw maaniu aa eku e huri anhenn kuhjakee raaidhaa henn pinky ah heevany… Heheheh… V baivaru kanthah guess kurevihje dhw… Let’s see dhw vaagotheh ????… Curiously waiting for the next part ????… Lots of love my favourite Hi Mi ❤️❤️❤️❤️????????????????????

    1. Hi Mi says:
      April 14, 2018 at 11:00 pm

      Alheyh pinky sorry ingey. First of all. Dhen thiloabi comment ah keeky bunaani. Colourful loabi loabi commebt eh thy. Dhe gotheh nuve huti himi ge supporter eh. Vvv ufaavey thikahala frnd eh libunima.ingey hehe. Maaniu ah ladeh dheyn v dw pinky thihaa rulhi annairu. Dhen zeesh ah ves visnadheveytho eba balan madun nuhurumah. Dhen huree raasil eyna ah ves visnadheveythoa miulheny. Hehe. Hingaa balamaa vaa negotheh. Miss yh. And much loves from me. ☺☺☺

  9. lotus says:
    April 14, 2018 at 7:11 pm

    yey!!! Himi is bek in action???.. asluvx ailee preg v tha.. i didnt know that rasil n ailee had that kind of deep relation.. e kon iraku v kameh………. curiously waitin

    1. Hi Mi says:
      April 14, 2018 at 10:44 pm

      Hehe. Thanks lotus. Thi comment aki mihaaru v inthixaar kurevey comment akah vehjje. V ufaavey konne part akah ves comment kohlaathy. So happy that i got a reader like yuh. Hehe. Hingaa balamaa vaa gotheh. Maadhan rey ingeyne ingey. In Sha Allah. Keep waiting. In Sha Allah. Next ep is on tomo nyt. Much loves from me. ☺☺☺

  10. Rifu says:
    April 14, 2018 at 7:13 pm

    Ailee preg v baa?????
    Or something else….
    Neynge dhw….but hama vvv reethi mi prt vxxx…
    ???

    1. Hi Mi says:
      April 14, 2018 at 10:46 pm

      Hingaa balamaa rifu. Rifu ah heevani kihineh?. Hingaa balamaa preg vun ves nuny ehen kamakah vun ves ekasheegen vey. So maadhan rey ingeyne ingey. Hehe. Lets see. V ufaavehjje. Thankyou. Much loves. ☺☺☺

  11. Axy says:
    April 14, 2018 at 7:44 pm

    V V reethi ?

    1. Hi Mi says:
      April 14, 2018 at 10:46 pm

      Thanks axy. Happy to see ur comment. ☺☺☺

  12. Queen angela? says:
    April 14, 2018 at 7:51 pm

    Sure she’s preg..

    1. Hi Mi says:
      April 14, 2018 at 10:47 pm

      Hingaa balamaa dw queen angela… thankyou… ☺☺☺☺☺

  13. sheen says:
    April 14, 2018 at 8:17 pm

    Thanks himi.. lap aa hama ah aadhevuneethee ufaakuran.. hehe

    1. Hi Mi says:
      April 14, 2018 at 10:49 pm

      Hehe. Sheen men kahala loabi readers thibeythy ey himi ah mihaa hiyy vareh mi libeny story liyan. In Sha Allah. Alhamdhulillah. Mi aafhrvuni sheen bunihen lap aa hisaabah. Much loves. And thanks dear. ☺☺☺

  14. Amin says:
    April 14, 2018 at 8:39 pm

    She is pregnant dho.. Maybe her dad had raped her.. Don’t think rasil GE baby eh hene

    1. Hi Mi says:
      April 14, 2018 at 10:50 pm

      Hingaa balamaa. Hama possible. Btw haadha salhi guess ekey thy. Hehe. V ufaavehjje comment kiyaalaafa guess kohlaafa bunelima. Thanks again and much loves
      ☺☺☺

  15. Blue beauty says:
    April 14, 2018 at 8:47 pm

    preg dhw aileesh….nice story….keep it up ????????❤❤???????

    1. Hi Mi says:
      April 14, 2018 at 10:51 pm

      Thanks blue beauty. Lets see. Varah ufaavehjje comment fenunima. Much loves. ☺☺☺

  16. Green beauty says:
    April 14, 2018 at 9:01 pm

    Emeehun ekan nukoseh nuvaane dhw eyna akah prag eh .dhen aneh bai kon irakun thabkolheh avas kurahchey

    1. Hi Mi says:
      April 14, 2018 at 10:52 pm

      Thanks hingaa balamaa dw blur beauty. Adhi vaa gotheh neyge ehnu. Maadhan rey ingey ne. Inthixaar kohlahchey. In Sha Allah. V ufaavehjje. Much loves from me. ☺☺☺

  17. chumpu says:
    April 14, 2018 at 9:53 pm

    Alhey kihinetha comment kuraa iru face beynun kurany …kudhinney angaala dheeba mivàahaka v v nice.. Kithah part baaky

    1. Hi Mi says:
      April 14, 2018 at 10:53 pm

      Phone in kanneyge himi ah heevani chunpu. Btw cute name ingey hehe. Ehen neyge bunaakah hama gaimuves morevthan 20. V ufaavehjje ingey. Thankyou. ☺☺☺ much loves.

  18. ❤kingsanjel? says:
    April 14, 2018 at 9:59 pm

    Hen??? Kihinehh mi vany ….aily preg????how…I mean when….hehe waiting for next part….himi dooonya waiting waiting…reply plx?

    1. Hi Mi says:
      April 14, 2018 at 10:55 pm

      Hehe. Hingaa balamaa dear. Hama vun ves ekasheegen vey. Maafhamaa reah kuda inthixaareh ingey. Sorry reply las v ma. V happy vehjje comment kohlima. Unmeedhu kuran kuri ah huri bai thakun ves fennaane kamah thikahala loabi comments. Much loves from me. ☺☺☺

  19. Twingirl says:
    April 14, 2018 at 10:03 pm

    Alheyy. .. vvv rythi story. .. ailee preg ????. Raasil ah loabi vevuny kanneynge ailee dheke. .. vvv happy ehnve ??? .dhaanish ah vaa gothun nikann dhera veyy???.. I think aslu dhaanish ge kusheh nethey … ehn myhaku kuri kameh dhaanish boa mahchah jehy kamah vaany… alhe story v rythi dhaairaa goii. .. v miss himi mathin. .. loabivey bodu bodu koh ??❤❤❤

    1. Hi Mi says:
      April 14, 2018 at 10:57 pm

      Alhy twin girl haadha loabi comment ekey thy. Himi akah neyge bunaanr ehchei ves. Vvv ufaavehjje. Yhi giess thah rangalhu veythoa balamaa dw. Hehe. Much more loves from me dear. ☺☺☺

  20. Ainee says:
    April 14, 2018 at 11:14 pm

    Raasil fahun roanvegen ulheyhaa vahtharu thee… Raaidha adeega huregen Maaniu Ifsha rape kuraanee thi…. evaguthu ethan Dhanish ah fenunee kamah vaanee…. dhen konmeves gothakun Dhanish boluga ekan elhuvifa e otheee… Dhanish ah kurin dhuvahu meehehge athun fenunu tatoo ae Maaniuge athun…. Ae Ifsha rape kuri meehaa faahaga kureven Dhanisha ah oiy hama ekani gothakee…. Raasil varah visnaigen ulheythi…. Himi dhen Raasil aa Zee ge loabeege Manzil fashaabala… zee eyna kairin varikoffa zeeves jehihaa berakah nashan hunnaane kameh neh mihaaru

    1. Hi Mi says:
      April 15, 2018 at 10:05 am

      Hehe. Alheyg ainee. Haadha loabi comment ekey thi kohoi. Vvv ufaavehjje. Himi ah ves eba heevey raasil adhi fahun roane hen. Varah baivaru guess thakeh dw. Dhen hingaa kuri ah huri bai thakun dhen vaa goi balamaa. Happy to see ur comment… Thankyou so much for ur support dear. Much loves from me. ☺☺☺

  21. Luba says:
    April 14, 2018 at 11:45 pm

    Ain !!?? Kihineh preg vaanvii … ? any way waiting for next part himi missed ??

    1. Hi Mi says:
      April 15, 2018 at 10:07 am

      Hey luba dear. Hingaa balamaa dhen vaa gotheh dw. Thanks a lot… ingey. Miss v yey himi ves. Much loves. ☺☺☺

  22. Afy says:
    April 15, 2018 at 1:42 am

    Hi mi varah inthizaar koffin ?. V happy vejje nw parteh kiyalan libuneema. Preg kanneynge n olhign ehn meehegge report eh kanneynge e libunee.heevanee maaniu a ekee e ulhenee raaidha hn.n dhaanish eh noon kanneynge kuvveri akee. Raaidha bunegen maaniu kanneynge ekan e kuree.dhaanish ah ifsha salaamay nukurevuneema amilla nafsu kuvveri kuranee hn afy ah heevanee.as usual story is best ?❤️

    1. Hi Mi says:
      April 15, 2018 at 10:09 am

      Thankyou so much afy. Afy ge guess thakeh himi ah ingihjje. Hehe. Dhen hingaa balamaa va agitheh dw. Balamaa afy ge thi hurihaa guess thakeh thedhu veythoa dw. Himi ah hama lasv mi oart up kohlan sorry dear. Rashun beyrah dhiyaama. Much loves from me. ☺☺☺

  23. Maradhoo Beauty says:
    April 15, 2018 at 7:33 am

    How preg vaany. Kanthah gandeh nuhiga ennu

    1. Hi Mi says:
      April 15, 2018 at 10:10 am

      Hingaa balamaa manadhoo beauty. Adhi neyge ehnu vaa ne gotheh dw. Hehe. Thanks and much loves. ☺☺☺

  24. Chim says:
    April 15, 2018 at 9:10 am

    Vvv reethi story..keep going HiMi ????

    1. Hi Mi says:
      April 15, 2018 at 10:11 am

      Alheyh chim. V ufaavehjje chim ge comment eh fenunima. Thanks a lot. Much loves. ☺☺☺

  25. shaba says:
    April 15, 2018 at 10:23 am

    Vvvv reethi mi part ves

    1. Hi Mi says:
      April 15, 2018 at 3:35 pm

      Thanks shaba. Vvv ufaavehjje. Much loves from me. ☺☺☺

  26. love says:
    April 15, 2018 at 1:27 pm

    hi….mi part ves vvvvvvarah nice…and can u help me plxx….i need ur help….i m also a writer in esfiya…and i don’t know pic edit kuraakah…kiyaa dhevidhaane tha…plxx….plxx….himi gaathu help ah mi edenii becox i m ur big supporter ….hope u will reply soon…best of luck…ur ge story ah…:]

    1. Hi Mi says:
      April 15, 2018 at 3:38 pm

      Yes dear. Of course. Thanks ingey story kiyaathy. Himi ge mail ah msg eh kohleveyne tha?. [email protected]
      Ingey. Pls mail mi id ah. Eyrun faseyha vaane dw talk kohlan. Vvv ufaavehjje. Nuch loves. Waiting ingey reply akah. ☺☺☺

  27. Xaaan says:
    April 15, 2018 at 1:33 pm

    Hi Mi dhooni haadha lahun up thikury v inthizaar kurevijje Masha Allah mi baives v reethi ingey ilee preg vee dhw…….. Waiting next part

    1. Hi Mi says:
      April 15, 2018 at 3:39 pm

      Alheyh. Xaaaan dw miulheny. Himi miss v ingey xaaan mathin. Vvv ufaavehjje. Kuch loves from me. ☺☺☺

  28. Think says:
    April 15, 2018 at 9:02 pm

    Where is the next part??

    1. Hi Mi says:
      April 15, 2018 at 9:40 pm

      Nw kiyaaleveyne ingey dear. Thanjyou so much for ur support. ☺☺☺

  29. lotus says:
    April 15, 2018 at 9:31 pm

    Himi dhooni.. mirey up vaanetha nxt prt.. up vayya kiyaafa noonee nunidheyne alhugadaka.. pls avaha up kollade chey

    1. Hi Mi says:
      April 15, 2018 at 9:40 pm

      Yes. Nw kiyaaleveyne dear. Thankyou for ur support ah. Much loves. ☺☺☺

  30. Athinaa says:
    May 10, 2018 at 11:47 pm

    Salaam. Can anyone help me to find the first part of this story. Online koh story kiyaa furathama faharu vefa first part nufenigen

Comments are closed.

Next Episodeއާދޭސް ކުރާ ހިތްވޭ ރޮމުން (15)←


All Right Reserved!