އަހަރެންގެ މަންމައަށް ވީގޮތް ފެނި ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރިއެވެ. މަންމަ ގާތަށް މިސްރާބުޖެހީ މަންމަގެ ޙާލަތު އިތުރަށް ގޯސްވެދާނެތީއެވެ. އަހަންނަށް މަންމަގާތަށް ދެވުނީ ކިރިޔާއެވެ. ޚަބަރު ހުސްވެގެން އަހަރެންގެ އަތުތެރެއަށް މަންމަ ވެއްޓުނެވެ. އަހަރެން އިތުރަށް ހާސްވިއެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ކަންތައްތައް މިދަނީ މުޅިން ގޯހުން ގޯހަށެވެ. އާޔާއަށްފަހު މަންމައަށް މިވީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. މަންމައަކަށް ދެރަގޮތެއް ނުވާނެއެވެ. މި ހަށިގަނޑުގައި ވިންދު ހުރި ހިނދެއްގައި މާތް ﷲގެ އިރާދަފުޅުން މަންމައަށް […]
“ހޫމް އަހަރެން ފޯނަށް ވަގުތުދޭ ވާހަކަ ދައްކާސޮރު ހާދަވަރަކަށް ތިމާފޮޅުވަނީ.. އަދި އަހަރެން އައިމަ ފޯނު ބާއްވައިފިއެއްނު.. ” އެނދުގައި ޖައްސާލަމުން ޖައިލަމް ލަޔަކް އާއި ދިމާކޮށްލިއެވެ. “ބަލަ އަހަރެންވާ ހިތްކިޔާ ކުއްޖާ ކާމިޔާބުކޮށްފަދޯ މާފޮޅުވަނީ.. އެކަމަކު ޖައި ތިއުޅެނީ އަދި ވީތަންވެސް ނޭންގިތޯއްޗެއް.. ހެހެ ދެން އޯކޭ.. ކޮންމަޖެއަކަށްތަ ހިތްކިޔައިގެން އަސްލު އަތުން ފޯނުދޫނުވެތިއުޅެނީ.. ” ލަޔަކްވެސް ދެރަނުވާން ރައްދުދިނުމަށްފަހު ސީރިޔަސް ރާގެއްގައި އަހާލިއެވެ. “ސާބަސް ބްރޯއަށް މިއުރީދޫއިން ސަލާމަތް ނުވާވަރަށް މެސެޖްކުރާވަރުން އެވަރަށް ފޯނަށް […]
ރާސިލް އައިލީޝް ގެ ކޮންމެ ހަރަކާތަކަށް ސަމާލުވެގެން އިންފަދައެވެ. ކުއްލިއަކަށް އައިލިޝް ގެ އަތަށް ދަމާލުމާއެކު ގެނެސް އެމޭގައި ފޮރުވާލިއެވެ. ވެހެމުން ދިޔަ ވާރޭ ގެ ތެރޭގައިވެސް އައިލީޝް ގެ ލޮލުން އަންނަމުން ދިޔަ ކަރުނަތަށް އޭނާ އަށް އިހްސާސް ކުރެވެމުން ދިޔަފަދައެވެ. އެ ހޫނު ކަރުނައިން އޭނާގެ ހިތް މަތީގައި ބާއްވާލާފައިވާ ހިލަގަނޑު ވިރުވާލަން އުޅޭ ފަދައެވެ. “ޝްޝްޝް” ރާސިލް އަށް ބުނެވުނެވެ. އިތުރަށް އައިލީޝް ހަމަޖައްސަން ބުނާނޭ އެއްޗެއް އޭނާގެ ސިކުނޑިއަށް ނައީ ޚުދު […]
އަހަންނަށް ދެއަތުން މޫނުގައި ފިރުމާލެވުނެވެ. ގެއަށް ދާއިރަށް ޑެލްޓާގެ ލެކްޗަރުފަތި އަހަރެންގެ ކަންފަތް ހިޞާރުކުރާނެކަން ހަމަ ޔަޤީނެވެ. ** ** އެޕާޓްމެންޓުގެ ދޮރު ހުޅުވައި އަހަރެން އެތެރެއަށް ދެމިގަތް ވަގުތު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ބިއްލޫރި މޭޒު ކައިރީގައި ރުޅިއައިސް ރަތްވެފައި އިން ޑެލްޓާއެވެ. ދަތްތައް ފެންނަވަރުގެ ހިނިތުންވުމެއް އޭނާއަށް ހަދިޔާކޮށްލަމުން އަހަރެން ދޮރު ލައްޕާލީމެވެ. ނަމަވެސް އެ މޫނުމަތިން ސަމާސާގެ އެއްވެސް ކުލަވަރެއް ނުފެނުނެވެ. އެ ދެލޮލުން ބުރަމުންދާ އަލިފާންކަނިތައް ހީވަނީ އަހަރެން […]
ވަޔާއެކު އާދަޔާ ޙިލާފު ބާރަކުން ފަޒާގެ ތެރެއައް އަރަމުން ދިޔަ އަޔާނީއަށް އެކަމުގެ ހިލަމެއްވެސް ނުވާ ކަހަލައެވެ. ލޯމެރިފައިވާ އަޔާނީ ބެހެއްޓުނީ ހަނދު މަތީގައެވެ. އެއާއެކު އޭނާގެ ފައިން ވާގިދޫވެގެން ވެއްޓުނެވެ. ހީވާ ގޮތުން އޭނާގެ ހަށިގަނޑުގައި ހުރި އާދަޔާޙިލާފު ބާރު ކެނޑުނީއެވެ. ******************************************** ” މަންމާ…ކޮބާ ޔާނީ” ފުޓުބޯޅަ ކުޅެނިންމާފައި ގެއަށް ވަދެގެން އައި އީތަން އޭނާ މަންމަ ރާނިޔާ ކުރެން އެއްސެވެ. ******************************************* ” މަންމަ އަކަށް ނޭނގޭ.. އެ މަންޖެ ގެއްލިގެން އުޅޭ ވާހަކަ […]
“ބޭނުމީ ހުރިހާ ކަމެއްގެ ހަގީގަތް އެނގޭކައްނު ދޯ… އާދޭ އަހަރެންނާއެކު” ރާސިލް އައިލީޝް އާ ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ. އައިލީޝް ދެފަރާތަށް ބޯ ހޫރާލިއިރު އޭނާގެ ހިތަށް ވެރިވެފައިވަނީ އާދަޔާހިޔާފު ބިރުވެރިކަމެކެވެ. އައިލީޝް ހުރިގޮތުން ރާސިލް ގެ ހިތަށް މަޑުމޮޅިކަން ވެރިވެގަތް ކަމުގައިވިޔަސް އޭނާގެ އިހްސާސް ތަކުގެ މައްޗަށް އެވަގުތު ހުރީ އެހެން ރުޅިވެރިކަމެއް ވެރިވެފައެވެ. “ބަލަ ގޮވައިގެން ދާކައްނު މިއުޅެނީ ކަންތައް ތައް ކިޔައިދޭން… ކީއްވެ ފަހަތަށް ތި ޖެހެނީ… ފަހަތަށް ނުޖެހި އާދޭ…” ރާސިލް […]
އަހަރެން މިބުނި އެއްޗަކުން މަންމައާއި ބައްޕަ ހުރީ ފާޑަކަށް ގަނޑުވެފައެވެ. ހައިރާންކަމެއްގެ ތެރޭގައެވެ. “ދަރިފުޅު ކީކޭތަ ތިކިޔަނީ؟ ” ބައްޕަ އަހަރެން ގާތު އަނެއްކާވެސް ސުވާލުކުރީ ގަބޫލުކުރަން ދަތިވެގެންނެވެ. ބައްޕަމެންނަށް ވިސްނައިދޭންވެގެން އާޔާ ހޮސްޕިޓަލުގަ އޮތް ވާހަކަ ބުނަންވެގެން އަނގަ ހުޅުވާލި ވަގުތު އެކަމަށް ހުރަސްއެޅީ ބިރުވެރި ފާޑަކަށް ރިންގުވާންފެށި އަހަރެންގެ ފޯނެވެ. ލޮލުން ކަރުނަ ފޮހެލަމުން ބިރުންހުރެ މަޑުމަޑުން އަހަރެންގެ ޖީބުގައި އޮތް ފޯނުނަގައި ކަންފަތުގައި ޖައްސާލީމެވެ. އެވަގުތު އިވުނު ބަސްތައް އަހަންނަށް އިވުނީ ކަންފަތައް […]
އައިލީޝް އޭނާގެ އިންތިޒާރުގައި ހުންނާނޭ ހިތަށް އެރިއެއްކަމަކު އެކަމަށް ރާސިލް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އަމިއްލަ ހިޔާލީ ދުނިޔޭގައި އޭނާ ހުރީ އުޅެލަން ބޭނުންވެފައެވެ. އެ ހަނދާން ތަކުން މިންޖު ނުވެވޭނޭ ހަނދާންތަކެއް އޭނާގެ މުޅި ސިކުނޑި ވަނީ ހިސާރުކޮއްފައެވެ. ދެލޯ މަރާލުމާއެކު އޭނާ ލޯ ހުޅުވާލީ އަނބުރާ އެދުވަސްތައް ލިބޭނެ ނަމައޭ ހިތަށް އަރާ ހާލުގައެވެ. އެދުވަހު އޭނާ އަށް ނުކުރެވުނު އެތަކެއް ކަމެއް މިއަދު މީ އެދުވަސްނަމަ ކޮއްދޭނަމޭ ބުނާހާލުގައެވެ. އެހެންނަމަވެސް ގެއްލިއްޖެ […]
ބާރުދުވެލީގައި އައި ޕޮލިސްޖިޕް މަޑުކޮށްލީ ގާސިމް އެހާލުގައި އޮއްވައެވެ. ” އޭނާ ނަގާ.. މިތާންގައި މަސްތުވާތަކެތީގެ މުއާމަލާތެއް ހިނގާކަމުގެ ރިޕޯޓްލިބިގެން މިއައީ.. ” ޕޮލިހުން ފައިބާ ދެފުލުހަކު އައިސް ގާސިމް ނަގަމުން ބުނެލި ވާހަކައަކުން ގާސިމްގެ ދެލޯބޮޑުކޮށްލެވުނެވެ. އެވަގުތު ދުރުގައި ހެވިފައިހުރި އާޔާ ފެނުމާއެކު ގާސިމްއަށް ތެޅިގަނެވުނީ ބޭއިހްތިޔާރުގައެވެ. ” އޭނާ ބާރަށް ހިފާއްޓާ އެއުޅެނީ ފިލަން.. ރަނގަޅަށްޗެކް ކޮށްފަނޫނީ ދޫކޮށްލައިގެން ނުވާނެ..” އިސްކޮށް ހުރި ފުލުސްމީހާ އެހެންބުނުމާއެކު އެދެމީހުން ގާސިމް ބަލާފާސްކުރަން ފެށިއެވެ. ފުޅާ ހިނިތުންވުމަކާއެކު […]