Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ސޫރަ 1

Ninninaal Level 1
April 12, 2018 3 Mins Read
19 Comments

އުޑުމަތިން އިރު އޮއްސުމުގެ ކުލަވަރު ފެންނަން ފެށިއެވެ. ގުދުރަތުގެ ފުރިހަމަކަމެވެ. ހީވަނީ މޮޅު ކުރެހުންތެރިއެއްގެ ފިއްސަކުން ފަވާފައިވާ މަންޒަރެއް ހެންނެވެ. މާގިނަ ވަގުތެއް ނުނެގިއެވެ. އިރު އޮއްސިއްޖެއެވެ. މެދު އުޑުގައި ރޭގަނޑުގެ ރާނީ ރަނިކަން ކުރަން ފެށިއެވެ. އަނދިރި ވެފައިވާ ރޭގަނޑު އަލި ކުރަމުންނެވެ.

ހެންވޭރު އާޓިފިޝަލް ބީޗުން މީހުން މަދުވާން ފެށިއެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ މިސްރާބަށް ހިނގައިގަތެވެ. އަނދިރިވެފައިވާ އަތިރިމަތިން ކުޑަ ދެކުދިންގެ ހުނުމުގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ. އަތިރިމަތީގެ ވެލިގަނޑު މަތީ އިށީނދެގެން ރޮވިފައި އިން އަންހެން ކުއްޖާ ފެންނަ ކޮންމެ މީހެއްގެ ހިތް ހަމްދަރުދީއިން އިން ފުރޭނެއެވެ. ހިތާމަ ވެރިކަމުގެ ތަސްވީރެކެވެ. ހަނދުގެ އަލިކަން އެޅިފައިވާ އެ އަންހެން ކުއްޖާގެ ލޮލުގައިވި ޝަބްނަމު ތިކިތަކެއް ފަދައިން ބަބުޅަމުން ދިޔަ ކަރުނަތައް ކިތަންމެ ދުރުން ބަލާލި މީހަކަށްވެސް ފެންނާނެއެވެ.

އަޔާނީގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ ކުރިމަތީ ކުޅެމުން ދިޔަ ދެކުދިންނަށެވެ. އެއްކުއްޖަކު އެނެއް ކުއްޖެއް ގަޔަށް ވެލިއުކަމުން ދުވަމުން ދިޔަ މަންޒަރު ފެނި މާޒީގެ ސަފުހާއެއް އޭނާއަށް ސިފަ ކޮށްލެވުނެވެ. މާޒީގެ ހަނދާން އާވުމުން އޭނާގެ ލޮލަށް ޖަމާވި ކަރުނަ އިތުރު ވިކަހަލައެވެ. ކިތަންމެ ހަނދާނުން ފޮހެލަން ބޭނުންވިޔަސް އެއީވެސް އޭނާގެ ހަޔާތުން ދުވަސްތަކެކެވެ. ހިތް އުފާކޮށްލަދޭ ހަނދާން ތަކެކެވެ.

ހިޔާލުތަކުގެ ތެރޭގައި ފީނަމުން ދިޔަ އަޔާނީ ސިއްސުވާލީ އޭނާގެ ފޯނަށް އައި ފޯން ކޯލެވެ. ރާނިޔައްތަގެ ފޯނު ކޯލެއް ކަމުން އެއަށް ޖަވާބު ދޭން އޭނާ އަވަސްވެގަތެވެ. ” ދައްތަ ކިތަށްފަހަރު މެސެޖު ކޮށްފިން…. އިރުވެސް އޮއްސިއްޖެ މިހާރު.. ދެ ނަމާދު ދޭތެރޭ ކުޑަކުދިން ގޮވައިގެން ބޭރުގަ އުޅޭކަށް ނުވާނެ.. ކޮއްކޮ މެން ގޮވައިގެން ގެއަށް އަންނަ އުޅޭ އަވަހަށް ” ފޯނު ނެގުމާއެކު ރާނީޔާއްތަ އެއްފައްޗަކަށް އަމުނާލިއެވެ. ރާނިޔާއްތަ ކައިރީ މިދަނީ ކަމަށް ބުނެ ފޯނު ބޭއްވުމަށްފަހު އަޔާނީ އޭނާގެ ފޯނު ރަނގަޅަށް ބަލާލިއެވެ. ރާނިޔާއްތަގެ ދިހަ މެސެޖު ފެނި އޭނާ އަމިއްލަ ނަފްސާ ދިމާލަށް ކުދި ކިޔަމުން ކޮއްކޮމެން ގޮވައިގެން ގެއަށް ދާން ހިނގައިގަތެވެ.

ދަންވަރުގެ ވަގުތެވެ. ނުނިދިގެން އެނދުގައި ދެކޮޅަށް ފުރޮޅެމުން ދިޔަ އަޔާނީގެ ލޮލާ ނިދިވަނީ އެތައް ހާސް މޭލު ދުރުގައެވެ. އެނދުގައި އަޅާފައި އޮތް ބޮޑު ރަޖާގަނޑު އޮތީ އޭނާގެ ގައިގައި އޮޅިފައެވެ. އަޔާނީގެ ނަޒަރު ގޮސް ހުއްޓުނީ އެނދުގެ ވާތް ފަރާތުގައި ހުރި ކަބަޑު މަތީ ބަހައްޓާފައި ހުރި ފޮޓޯގަނޑަށެވެ. ފޮޓޮއިން ފެންނަމުން ދިޔައީ ފުރާވަރު އުމުރުގެ އަންހެން ކުއްޖަކާ ފިރިހެން ކުއްޖެކެވެ. ގެއެއްގެ ފާރު ބުރިމަތީ އިށީނދެގެން އައިސްކޯން ބޯން ތިބިއިރު ދެކުދިންގެ މޫނުމަތީގައިވެސް ނުފިލާ ހިނިތުން ވުމެއް ރަސްކަން ކުރަމުން ދިޔައެވެ. ފޮޓޯގަނޑަށް ބަލަހައްޓައިގެން އޮތް އަޔާނީގެ ހިޔާލުތަށް މާޒީގެ ފުން ކަނޑަކަށް ގެނބިގެން ދިޔައެވެ.

********************************************

ފަސް އަހަރު ކުރި…….

ގެއެއްގެ ފާރުބުރި މަތީ އިށީނދެގެން އީތަން އިނީ އޭނާގެ އެންމެ ގާތް އެކުވަރިޔާގެ އިންތިޒާރުގައެވެ. އޭނާގެ އިންތިޒާރު ނިމުމަކަށް ގެނުވީ ގޭތެރެއިން ނިކުމެގެން އައި އަޔާނީއެވެ. ” ޔޫ އެންޑް އައި ބެސްޓީސް ” ޖަހާފައި އިން ހުދު ކުލައިގެ ޓޮޕްކޯޅަކާ ނޫ ކުލައިގެ ކަކުލާ ހަމައަށް އަރާ ސްކާރޓް ކޮޅުގައި އަޔާނީ ފެންނަލެއް ވަރަށް ލޯތްބެވެ. އޭނާގެ ޓީޝާރޓުގައި ޖަހާފައި އިން ބަސްކޮޅަކީ އީތަން އަށް ޙާއްސަ ބަސްކޮޅެއްކަން އީތަން ވަގުތުން ދެނެގަތެވެ. ” ސްލޯ ޕޯކް ” އަޔާނީގެ އާ ހެދުމަށް ތައުރީފު ކޮށްލުމުގެ ބަދަލުގައި އީތަން އަޔާނީގެ ތަތްކަމަށް މަލާމާތް ކޮށްލިއެވެ. ” ހަތަރެއް ޖަހާއިރަށް އަންނާށޭދޯ ބުނީ… އަދިކިރިޔާ ބަރާބަރު ހަތަރެއް އެޖެހީ.. ސޯ މަ ލަސް ވި ކަމަކަށް ނުބެލެވޭނެ.. އީތަން މާ އަވަހަށް ތިޔައީ .. ” އަޔާނީ ބުނި ވާހަކައިން އީތަންގެ އަނގަ ބަނދުވިއެވެ. ބުނާނެ އިތުރު އެއްޗެއް އޭނާ އަކަށް ނޭނގުނެވެ. ” ހިނގާ އައިސްކުރީމް ބޯން ” ކުޑަ ވަގުތު ކޮޅެއްގެ ހިމޭންކަމަށްފަހު އީތަން ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.

އީތަންގެ އެދުމަށް އިޖާބަ ދެމުން ގޭ ކުރިމަތީ ހުރި ފިހާރައަށް ގޮސް ދެ އައިސް ކުރީމް ގަނެގެން އަޔާނީ އައެވެ. ތަފާތު އެކި ވާހަކަ ތަކުގައި ތިބެ އައިސް ކުރީމް ބޯން ފެށިއެވެ. ކޮންމެ ދުވަހަކު އެތަށް ފަހަރަކު ބައްދަލު ވާއިރުވެސް ދެމީހުން ދައްކާނެ ވާހަކަ ހުސްނުވެއެވެ. އަޔާނީ މެންގޭ ފާރުބުރިމަތި އިށީންގެން އައިސް ކުރީމް ބޯން ތިބިއިރު ސޯޅަ އަހަރުގެ ދެ ކުދިން ފެންނަމުން ދިޔައީ ތިން އަހަރުގެ ކުޑަކުދިން ތަކެއް ފަދައިންނެވެ. ” އީތަން ޗީ…..ސް” އަޔާނީ އޭނާގެ އެޕަލް ފޯނު އަތަށް ހެޔޮވަަރު ކޮށްލިއެވެ. ” ސެލްފީ އަކަށް ވުރެ ރީތިވާނެ ފޮޓޯއެއް ނެގިއަސް ” އީތަން އޭނާގެ ޙިޔާލު ހިއްސާ ކޮށްލިއެވެ. ” އޭ އިބޫ.. އާދެބަލަ ފޮޓޯއެއް ނަގައިދޭން ” އެވަގުތު މަގުމަތިން ލާފާއި ދިޔަ އީތަންގެ ރައްޓެއްސެއް ކަމަށްވާ އިބްތިހާލައަށް އޭނާ ގޮވާލިއެވެ. އިބްތިހާލް އެވަގުތު ނަގައިދިނީ ރީތި އަދި އެހާމެ އާސާރީ ފޮޓޯއެކެވެ.

ބަރަކާތްތެރި ހުކުރު ދުވަހަށް އިރު އަރައިގެން ދިޔައީ އެކި މީހުންގެ ހަޔާތުގައި އެކި ކުލަ ޖައްސަމުންނެވެ. ބަޔެއް މީހުންގެ ހަޔާތުގައި އަލި ކުލަތަކެވެ. އަނެއް ބައިމީހުންގެ ހަޔާތުގައި އަނދިރި ކުލަތަކެވެ. އަރައިގެން އައި އިރާއެކު އަޔާނީވެސް ތެދުވީ އާ އުންމީދުތަކަކާއެކުގައެވެ. ކުރިމަތި ވާން އޮތް ކަޅު ބޯ ތޫފާން ވިލާގަނޑުގެ ހިލަމެއްވެސް ނުވާ ހާލުއެވެ. މޯޅިއަކަށް ދެމިލަމުން ބަދިގެއާ ދިމާލަށް މިސްރާބުޖެހީ މަންމަ ކޮބައިތޯ ބަލާލުމަށްޓަކައެވެ. ބަދިގެ ދޮރުމައްޗައް އެރުމަށްފަހު އެތެރެއަށް ބޯދިއްކޮށްލީ އެއްވެސް މީހެއްގެ ހިލަމެއް ނުވުމުންނެވެ. ” މަންމާ…” އަޔާނީ އޭނާގެ މަންމަ އަށް ގޮވަމުން މަންމަގެ ކޮޓަރިއަށް ދިޔައެވެ. މަންމަ ކޮޓަރި ދޮރުހުޅުވާލުމުން އޭނާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ninninaal

Level 1

a girl who loves reading and writing stories . i have been writing stories for a long time . and i thought writing stories in a site like this would be a great way to show you all my talent. please point out my mistakes for me so i could improve. your support can be the the best path to my success. - Ninninaal-

Other Articles

Previous

ލޯބިނުވިޔަސް ފިރުމާލަދީ…. 14

Next

ކެތްކުރާނަން އުއްމީދުގައި 3

Next
April 12, 2018

ކެތްކުރާނަން އުއްމީދުގައި 3

Previews
April 11, 2018

ލޯބިނުވިޔަސް ފިރުމާލަދީ…. 14

19 Comments!

  1. Ninninaal says:
    April 12, 2018 at 3:10 pm

    Salaam friends❤ here’s my first part of my first story SOORA hope you like it..?
    I will be publishing a new part every Sunday Tuesday and Thursday. I am a school student so if I am not busy on Friday Saturday’s i will try to publish a new part insha allah ☺
    PLEASE let me know what I should improve in my story?
    With love – ninninaal -?

  2. Meee says:
    April 12, 2018 at 3:40 pm

    Aslu ninmaafa than thanuga thi hunnaany nu dhw for example feshieve jahaafa ehen nujahaa fashiafi jahaafa ekahala than than nimaanama v furihama vaane …..but overall it stry is nice ????…best of luck

    1. Ninninaal says:
      April 12, 2018 at 5:25 pm

      Thank you will try to improve it in the upcoming parts ❤

  3. zaik says:
    April 12, 2018 at 4:28 pm

    reethi vaane kamah ummeedhu kuran

    1. Ninninaal says:
      April 12, 2018 at 5:31 pm

      Thank you ?

  4. Afaa says:
    April 12, 2018 at 5:22 pm

    Varah salhii…waiting for next part.. And best of luck..❤❤❤

  5. Ham says:
    April 12, 2018 at 5:36 pm

    Wow!
    Waiting for next part

    1. Ninninaal says:
      April 12, 2018 at 5:41 pm

      Thank you ? ham and afaa
      Next part will be on Friday or sunday

  6. Pinky shifoo says:
    April 12, 2018 at 5:50 pm

    Nice ???… Waiting for next part… Keep it up ninninaal

  7. Shiman says:
    April 12, 2018 at 7:25 pm

    Vv reethi ??

  8. Fai says:
    April 12, 2018 at 7:26 pm

    V V Reethi vaanehen heevany
    ????

  9. Saadhu says:
    April 12, 2018 at 8:37 pm

    Maa kuree .ekamaku ves v furihama.

  10. aakko says:
    April 12, 2018 at 9:39 pm

    wow varah reethi ninninaal

  11. Ninninaal says:
    April 13, 2018 at 8:22 am

    thank you friends 🙂
    will make the next part longer insha allah

  12. Insha says:
    April 13, 2018 at 4:13 pm

    Keep it up sis love your story good luck

    1. Ninninaal says:
      April 13, 2018 at 5:56 pm

      Thanks sis ❤

  13. ThuGer,♥ says:
    April 13, 2018 at 5:23 pm

    Hama vrh habeys muuwah? l loved it??

  14. love it says:
    April 27, 2018 at 2:59 pm

    love it my broes

  15. Anonymous says:
    October 27, 2018 at 9:16 pm

    Varah salhi hama habeys?

Comments are closed.

Next Episodeސޫރަ 2←


All Right Reserved!